Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-F7-22 · Item · 1929
Parte de Documents

1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ފަހާގޭ އަލީކަލޭފާނުގެ މުހައްމަދު މަނިކު، ގަލޮޅު ގިނިރާހިގެ އިރުން އޮތް، އޭނާގެ މައިފުށުގެ ކާފަ ދިގުކުޑަކޮއި މުދިންކަލޭފާނުގެ ގޯތީގެ ވާރިސުން މުހައްމަދު މަނިކަށް، -/130ރުފިއާއަށް، އެގޯތި ވިއްކައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1263ހ(1847މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ނެލު މޫސާފުޅުގެ އަލީ ކަލޭފާނަށް މިލްކުވެ އޮތްތަނެއްކަމާއި، އަދި އެތަނުގެ އިމާއި މިން ސާބިތުވެ، އެޔަށްފަހު އެ އލީ ކަލޭފާނުގެ ދަރި ތަކަންދޫ އާދަމް އަށް މިލްކުވެ، އަދި އޭނާ، ދިގުކުޑަކޮއި މުދިން ކަލޭފާނަށް ވިއްކާފާވާކަން ޝަރީއަތު މަޖިލީހަށް ސާބިތުވެގެން ވުމާއެކު، އޭނާގެ ވާރިސުން، އެތަން، މުހައްމަދު މަނިކުއަށް ވިއްކައިފި ކަމުގާ އިގުރާރުވުމުން، އެ މުއާމަލާތް ސައްހަކަމުގާ ނިޔާކުރަށްވާ، އެތަނުގެ މިން ހަމަކޮށް؛ ގަލޮޅު ކޮލިހިނގާ މަގާ، އެތަނުގެ އުތުރުބިތް އިންވެ، ހުޅަނގު ބިތް، ގަލޮޅު ގިނިރާހިގެއާ އިންވެ އޮތް، ގޯތި(ގ.ކަރަންކާގެހުރި ގޯތި)އެއީ، ފަހާގެ އަލީކަލޭފާނުގެ މުހައްމަދު މަނިކުއަށް މިލްކުވެއޮތް ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އައްނައިބު އަބްދުއްލޯ ކަމާލުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Galolhu Karankaage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Sem título
NAM DOC-MN-F7-32 · Item · 1960
Parte de Documents

1379ހ ޒުލްގައިދު 28(1960މ މޭ 24)ގާ، މަހަކްމަތުލް ޝަރީއްޔާ(ހ)އިން؛ 1379ހ ޒުލްގައިދު 15(1960މ މޭ 11)ގާ، މއ.އަދުންކޮށީގޯތީގެ މިން ހަމޖެއްސުމަށް، އަދުން ހަސަން މަނިކު ހުށަހެޅި މައްސަލަ ބަށްލަވާ، އެގޯއްޗަކީ، އަމިއްލަ ގޯއްޗެއް ކަމާ، އެތަނުގެ އިމާއި މިން އިނގެންނެތުމުން، އެކަން ދެނެހުރި ދުވަސްވީ މީހުންކުރެއަހާ އޮޅުންފިލުވާ، އެގޮތުގެމައްޗަށް، އެމައްސަލަ މުޅިން ނުނިމި އޮށްވާ، އެ މަހްކަމާގެ 'ގޮވަތިގޮވަތީގެ ފަތްފަތުގައި ހުންނަ ރިޔަންކޮޅު ނަގާފޮތް' ކިޔާ ފޮތް ވުޒާރަތުލް ދާހިލިއްޔާއިން ފެނި، އެފޮތުން، މައްޗަންގޯޅި ރެކީގޮވަތި(އަދުންކޮށީގެ)ގެ މިން އިނގި، އަދި ފަތުގެ ތިރީގާ، އެފަތަކީ، 1240ހ(1825މ)ގާ ލިޔެފާވާ، ސިއްކައެއް، ސިއްކަފުޅެއް، ސޮޔެއްނެތް، އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިއުއްވާފާވާ ކަމުގާ ބަޔާންކޮށްފާވާ ފަތެއްކަމުގާ، 1349ހ ރަޖަބް 29(1930މ ޑިސެންބަރު 20)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމެއް އޮތްކަމާ، އަދި އެހެން އެއްވެސް ގޮތަކުން، އެވަރަށްވެސް އެގޯތީގެ މިން، އިނގެން ނެތުމުން، އަދުންކޮށީގޯތީގެ މިންތަކަކީ، އެ ފޮތުގާވާ ލިއުމުގާ، އޮތް މިންތައް ކަމުގާ ނިޔާކޮށް، އެމިންތައް ހިމަނާ، މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރު ސޮއިކޮށްފާވާ ލިޔުމެއްގެ، 1381ހ ޝައުބާން 4(1962މ ޖަނަވަރީ 11)ގާ، އެ މަހްކަމާއިން އަލީ އަހުމަދު ކޮށްފާވާ ނަކަލެއް. Real estate document for Machchangoalhi Adhunkosheege (Size: 8.8" X 6.65")

Sem título
NAM DOC-MN-F9-8 · Item · 1959
Parte de Documents

1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1177ހ ޝައްވާލް(1764މ އޭޕްރިލް)ގާ، ގުރައިދޫ އަލިމަނިކުފާނުންގެ ދަރި ފާތުމަތު މަނިކުފާނުގެ މިލްކުގާ އޮށްވާ، އޭނާ ވަގުފްކޮށް، ހަވާލުވެރިކަން އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނުއަށް ދިންކަމުގާ އަލްގާޒީ ބަހާއުއްދީނު ފަތްލިޔެފާވާ ދާންނާ ގޯޗާއި، ބަދަލުކޮށް ލާޖަށްސާ، 1365ހ ސަފަރު 24(1946މ ޖަނަވަރީ 28)ގާ، މަހްކަމަތުލް ޝަރިއްޔާއިން ފަތް(F0-82) ލިޔެދެއްވާފާވާ މާފަންނު ބޮޑުދިއްގާގަސްދޮށު ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - M.Bodudhiggaagasdhoshuge (28th Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"

Sem título
NAM DOC-MN-F9-4 · Item · 1956
Parte de Documents

1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ތުނބުޅި ހަސަން ތަކުރުފާނުގެ ފީވަކު ގޯތީ ވަގުފްކޮށް، އެ ހަސަން ތަކުރުފާނުގެ 3 ފިރިހެންދަރިން، އެތަނުގެ ހަވާލުވެރިކަން، ފައިނު އަހުމަދު ފަށަވާޅުކަލޭފާނުއާއި އޭނާ ނެތިއްޖެނަމަ އޭނާގެ ދަރިކޮޅަށް ދީފާވާކަމަށް 1234ހ(1819މ)ގާ، އަލްގާޒީ ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއްޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - H.Dhoalhan'buge/Feevaku Goathi (20th Housing Plot) - Deed for housing plot (Th.Elaa)

Sem título
NAM DOC-MN-F9-2 · Item · 1953
Parte de Documents

1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ބަބުރު ފަޑިއްތަކުރުފާނުގެ ދަރި އައިޝާފާނުން ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، ދޮންރިނބުދޫ ހަސަން ތަކުރުގެ ދަރި އައިޝާފަނުގެ ދަރިކޮޅަށް ދީފާވާކަމަށް، 1338ހ ޖުމާދިލްއައްވަލް 28(1920މ ފެބްރުވަރީ 19)ގާ، މޫސަލް މަހައްލީ ބަންޑާރަނައިބު ގެ ދަރި އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއްޔަތު މަޖިލީހުން، ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 4ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - Roashanee Hotel (10th Housing Plot) (Housing Plot) - Deed for housing plot (Th.Elaa)

Sem título
NAM DOC-MN-F7-18 · Item · 1932
Parte de Documents

1351ހ ޖުމާދިލްއާހިރު 5(1932މ އޮކްޓޯބަރު 6)ގާ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރު ޝަރީއަތު މަޖިލީހަށް، މަލިން މޫސާ ކަލޭފާނު ގޮސް، މައްޗަންގޯޅި ފައިތިލަކޮށީގެ ދެކުނުން އޮތް މަގާ އިންވެ ދެކުނުން އޮތް، އޭނާގެ މިލްކު ގޯތީގެ، އުތުރާއި ހުޅަނގުން އޮތް ދެ މަގު ސީދާ ކުރެއްވުމުން، މިން ތަފާތުވެފާ ވާތީވެ، އެގޯތީގެ މިން ހަމަކުރަށްވާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ، 1345ހ(1927މ)ގާ ލިއެފާވާ ފަތަކުން، އެގޯތި އެއީ އޭނާގެ މިލްކެއް ކަމާއި އަދި އެތަނުގެ އިމާއި މިން ސާބިތުވެ ހުރުމުން، އެބޮޑުމިނަށް ގޯތީގެ މިން ހަމަކުރަށްވާ، އެގޯތި(މއ.ގުލާބީގެ)އެއީ، ކޮއެލު މިސްކިތު މަލިން މޫސާ ކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Gulaabeege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Sem título
NAM DOC-MN-F8-5 · Item · 1921
Parte de Documents

ދިވެހިރާއްޖޭގެ މީހުންގެ ހިސާބު ބަލާ ކަރުދާސް (1921)'{1339ހ}،މަތީގާ ލިޔެ، 23 ފަތި(ކޮލަމް)، 17 ސަފު(ރޯ)ގެ، ބޯހިމެނުމަށް ބޭނުންކުރަން ފަރުމާކޮށްފާވާ، (ހުސް) ފޯމެއް.
މީގެ 25 ފޯމު އެބައޮތް.
Census form (Size: 30" X 13.15)

Sem título
NAM DOC-MN-F6-8 · Item · 1962
Parte de Documents

1962މ މޭ 25(1381ހ ޒުލްހައްޖު 20)ގާ، އުނގޫފާރުގާ ހުންނަ، ރ.އަތޮޅު އޮފީހުން؛ 'ނަންބަރު 3-62/62 ސިޓީއިން، އަންގަވާފައިވާ އެންގެވުމަށް ބެލިބެލުމިން. ރ.އަތޮޅުގައި ވަގުފް އެއްގެ ގޮތުންހުރި ތަންތަނައި މެދު ފިލާފައިވާ މައުލޫމާތުގެ ރިޕޯތް' މިހެން ސުރުހީކޮށް:

  1. ގާއުޑޫދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ ވަގުފްކުރެވި، ވުޒާރަތުލް އައުގާފުގާ އެތަން ލިއުއްވައިގެން އުޅެނީ، ގާއުޑޫދޫ މުދިމް އަހްމަދު ސަލީމް، ކަމާ، އެވަގުފާ ބެހޭ ލިއުމެއް ނެތް ކަމުގަޔާ،
  2. މާކުރަތުގާ، ވަގުފް ރުއް ހުރިކަމާ، އެކަމުގެ ލިއުމެއް ނެތްކަމާ، ވުޒާރަތުލް އައުގާފުގާ، އެއެއްޗެތި ލިއުއްވައިގެން އުޅެނީ، ބަނޑޭރި މޫސާ ކަމުގަޔާ،
  3. ރަސްމާދޫގާ، އެރަށު ހިންނަ ކިޔާ ތަނަކާ، ރ.އޮރިމަސްފުށި، ވަގުފްކޮށްފާވާ ކަމާ، ވުޒާރަތުލް އައުގާފުގާ، އެހިންނަ ލިއުއްވައިގެން އެތަނާ ހަވާލުވެ ހުންނަނީ އުނގޫފާރު އިބްރާހީމް ކަލޭފާނު ކަމާ، އަދި އޮރިމަސްފުށި އޮތްކަމަށްވަނީ، ރަސްމާދޫ މާމާފުޅެއްގެ މައްޗަށް ކަމަށާ، އެމާމާފުޅެއް އަދި އޭނާގެ ދަރިކޮޅެއްވެސް ނޭނގޭކަމާ، އެއިން އެއްވެސް ތަނެއްގެ ލިއުމެއް ނެތްކަމަކު، އެދަރިކޮޅޭ ކިޔާ، އެތަނާ ހަވާލުވެ، 'ރަށްކަމުން'އަންނަ ބަޔަކު އެރަށުގާ އުޅޭކަމުގަޔާ،
  4. އިންނަމާދޫގާ، 5 ބަނބުކެޔޮ ގަހާ، 20 ކަށިކެޔޮގަސް، ބައެއްގެ އަމިއްލަ ވަގުފެއްގޮތުގާ ހުރިކަމާ، އެވަގުފުން 9 ބަޔަކަށް ބައިއަޅާ ކަމާ، އެބައިމީހުންނަށްވެސް އެތާގެ މައުލޫމާތެއް ނޭނގޭކަމާ، ކޮންމެ ރަބީލްއައްވަލު މަހަކު 10ވަނަ ރޭ، ވަގުފް ސޮލަވާތަށް ކަށްކައިގެން، ރަށުމެދަށް، އެމީހުން، ކެއިން ނެރޭކަމަށާ، އަދި ތަބުރޭޒުގެފާނަށް ނަދުރުބުނެ އިންދާފާހުރި ރުކެއް، އިންނަމާދޫ، އާގޭ މުހައްމަދުގެ ކުދިން ގެންގުޅޭ ކަމާ، އަދިވެސް، ކުރެންދޫ ޒިޔާރަތުގެ ނަމުގަ 2 ރުއް ހުރިކަމާ، އެތަނުގެ ހަވާލުވެރިޔާ ބުނެގެންނޭކިޔާ އެކިފަހަރު އެކިމީހުން އައިސް އެރުކުގެ ތަކެއްޗާ ހަވާލުވާ ކަމާއި، އެކަމަކު އެއިން އެއްވެސް ވަގުފެއްގެ ލިއުމެއްނެތް ކަމުގަޔާ،
  5. އިނގުރައިދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ، 3 ވަގުފް ރުއް ހުންނަ ކަމާ، އެކަމާ ބެހޭ އެއްވެސް ލިއުމެއް ނެތް ކަމާ، އެތަނުން 1 ރުއް، ވުޒާރަތުލް އައުގާފުގާ ލިއުއްވައިގެން ހަވާލުވެ އުޅެނީ، އެރަށު ޔޫސުފް އަބޫބަކުރު ކަމާ، އަނެއް ދެރަށާ ހަވާލުވެގެން އުޅެނީ، އެރަށު އާދަމް އަލީ އާއި ގާސިމް އަހްމަދު ކަމާ، އެމީހުން އެ ދެ ރުއް ގެންގުޅެނީ، ލިއުއްވައިގެން ނުވަތި ވަރުވާޔަކަށް ނޫން ކަމުގަޔާ،
  6. މީދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ ވަގުފް 31 ރުއް ހުންނަ ކަމާ، އެޔާބެހޭ އެއްވެސް ލިއުމެއް އަދި ހަވާލުވެހުރި އެއްވެސް ފަރާތެއްވެސް، އިނގެން ނެތް ކަމާ، އަދި ރ.ދިގަލި، އެރަށު ހުކުރު މިސްކިތަށް ވަގުފްކޮށްފާވާ ކަމާ އެވަގުފް ފަތް ވީ ވުޒާރަތުލް އައުގާފަށް ގެންގޮސްފާ ކަމުގަޔާ،
  7. އުފުލަންދޫގާ، އެރަށުގެ މިސްކިތަށް، ރ.ކުކުޅުދޫ އާއި އެރަށުގެ 2/1 ވަގުފްކޮށް އަދި، ފަތް ވަނީ ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގަޔާ،
  8. މަޑޫވަރިގާ، ވަގުފް 7 ރުއް ހުންނަކަމާ، އެކަމުގެ އެއްވެސް ލިއުމެއްނެތް ކަމާ، އެ ހަތްރުއް، ވުޒާރަތުލް އައުގާފުގާ ލިއުއްވައިގެން އުޅެނީ، އެރަށު އަލީކޮއި އިބްރާހީމް ކޮއި ކަމުގަޔާ،
  9. ކަނދޮޅުދޫގާ، އެރަށުގެ ރައްޔިތުންގެ ހުކުރު މިސްކިތަށް، ނ.ކަފަކޮމަންޑޫ ވަގުފްކޮށްފާވާ ކަމާ، އަދި ކަނދޮޅުދޫ އޮންނަނީ، އެރަށު މިސްކިތަށް ވަގުފްކޮށްފާ ކަމާ، އެ ދެތަނުގެ ފަތް ވަނީ ދާހިލިއްޔާ ގެންގޮސްފާ ކަމުގަޔާ،
  10. އަލިފުށިގާ، އެރަށު ހުކުރު މިސްކިތަށް، ށ.ދޮޅިއަދޫ، ވަގުފްކޮށްފާވާ ކަމާ، އެފަތް ވަނީ ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގަޔާ؛ އަދި، މީހެއްގެ އަމިއްލަ ބިމެއް ވަގުފް އިމާރާތެއް، އެއަތޮޅުގާ ނުވާކަމުގާ ބަޔާންކޮށް ލިޔެފާވާ ލިއުމެއް.
    Size: 10" X 8"
    1.R.Gaaun'doodhoo, 2.R.Maakurathu, 3.R.Rasmaadhoo, 4.R.Innamaadhoo, 5.R.In'guraidhoo, 6.R.Meedhoo, 7.R.Ufulandhoo, 8.R.Maduvvari. 9.R.kan'dholhudhoo, 10.R.Alifushi - 6.Hukuru Miskiiy (Mosque), 7.Island Mosque, 9.Hukuru Miskiiy (Mosque),Island Mosque - 1.Writing (Endowed housing plot), 2.Writing (Private Property), 3.Wriiting (Endowment for property), 4.Writing (Report)
Sem título
NAM DOC-MN-F6-13 · Item · 1962
Parte de Documents

1962މ އޮކްޓޯބަރ 22(1382ހ ޖުމާދިލްއައްވަލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާއިން ފޮނުވި، ހ3.62/70ނަންބަރު ސިޓީގެ ޖަވާބުގާ، ދާލު އަތޮޅުގެ އެއްވެސް ރަށެއްގާ، އެއްވެސް މީހެއްގެ އަމިއްލަ ބިމެއް ވަގުފެއް ނެތް ކަމާ، އެކަހަލަ އެއްވެސް ލިޔުމެއް ނެތްކަމުގާ ބުނެ، އެކަމަކު އެއަތޮޅުގެ ބަޔެއް ރަށްރަށުގެ މިސްކިތް މައްޗަށް ވަގުފްކޮށްފާވާ، މީހުންއުޅޭ އަދި ފަޅު، ބައެއް ރަށްރަށް ހުރިކަމަށާ، އެތަނުން:

  1. ކުޑަހުވަދޫގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު މާފުށި، ކެދިގަޑު، ވައްލަ، ވައްލަޅޮހި އަދި ކުޑަހުވަދޫ ވަގުފްކޮށްފާވާ ކަމާ، އެތަންތަނުގެ ދިވެސްއަކުރު ފަތް، ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމުގަޔާ؛
  2. ވާނީގެ ރަށުމިސްކިތް މައްޗަށް، އެއަތޮޅު އިއްސެރި އާއި ވާނީ ވަގުފްކޮށްފާވާ ކަމާ، އެދެ ފަތްވެސް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާ ކަމުގަޔާ؛
  3. މީދޫގެ ފަންނު މިސްކިތް މައްޗަށް، އެއަތޮޅު މީދުއްފުށި ވަގުފްކޮށްފާވާ ކަމާ، އަދި ތަނުގެ ފަތް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު، ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމާއި، އަދި އެރަށު ރައްޔިތުންނާ ބެހޭ ވަގުފްބިންތަކުގެ ވާހަކަ ލިއެފާވާ ފަތްތައްވެސް ވަނީ އެވުޒާރާއަށް ފޮނުވާފާ ކަމުގަޔާ؛
  4. ހުޅުދެލިގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު މާދެއްޔާ އަދި ހުޅުދެލި، ވަގުފްކޮށްފާވާ ކަމާ، އަދި އެތަންތަނުގެ ފަތް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު، ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމުގަޔާ؛
  5. ގެމެންދޫގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު ހުޅަވެހި އާއި ގެމެންދޫ ވަގުފްކޮށްފާވާ ކަމުގާ އިނގިފާވާކަމާ، އެކަމަކު އެކަމާ ބެހޭ ލިޔުމެއް ނެތް ކަމުގަޔާ، އޭގެ އިތުރުން އެއަތޮޅުގާ ވަގުފެއް އޮތްކަމުގާ ސާބިތުވެ ނެތްކަމަގާ ބުނެ، އެއަތޮޅު އަތޮޅުވެރިޔާ ސޮއިކޮށް، ދ.ކުޑަހުވަދޫގާ ހުންނަ، ދާލު އަތޮޅުއޮފީހުން، ފޮނުވާފާވާ ސިޓީއެއް.
    Letter sent by the Dhaalu Kudahuvadhoo Atoll Office to several mosques in the atoll, stating the objectives of the waqf endowment and the allocation of its asset (Size: 9.6" X 7.1")
    1.Dh.Kudahuvadhoo, 2.Dh.Vaanee, 3.Dh.Meedhoo, 4.Dh.Hulhudheli, 5.Dh.Gemendhoo - 1.Island Mosque, 2.Island Mosque, 3.Fannu Miskiiy (Mosque), 4.Island Mosque, 5.Island Mosque - 1.Letter (Endowed housing plot), 2.letter(Property)
Sem título
NAM DOC-MN-F6-47 · Item · 1962
Parte de Documents

1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، މ.އަތޮޅު އޮފީހުން، 'މިއަތޮޅުގައި ހުރި ވަގުފްތަކުގެ ތެރެއިން މިވަގުތަށް ލިބިފައިވާ ބައި' މިހެން ސުރުހީކޮށް؛ މ.ކޮޅުފުށީގާ، އައްސުލްތާނު މުހައްމަދު ތަކުރުފާނު އައުޒަމް އެރަށުގެ ދެކުނުއަވަށް(ކޮޅުފުށި) މިސްކިތަށް، ކޮޅުފުއްޓާއި ދިއްތުނޑި، ވަގުފްކޮށް، އެރަށު ރައްޔިތުންނަށް ލަށްވާފަވާކަމާ، އަދި، އެރަށުގެ އުތުރުއަވަށް(ވާރެޔާފުށި)ގެ މިސްކިތަށް، އެއަތޮޅުގެ ދޫނިފުށި، ކުޑައުސްފުށި، މާއުސްފުށި ހާފުށި ވަގުފްކޮށް، އެތާގެ ރައްޔިތުންނަށް ލަށްވާފާ އޮތްކަމާ، އަދި، މަދީނާ ޒިޔާރަތަށް، އެރަށުގެ ހިންނައެއް ވަގުފްވެ އޮތްކަމާ، އެވަގުފް ފަތްތައް ވީ، ވުޒާރަތުލް މާލިޔާއަށް ގެންގޮސްފާ ކަމާއި؛ މ.މުލިގާ، އެރަށުގެ އުތުރުކޮޅުގާ، މަދީނާ ޒިޔާރަތަށް ވަގުފްވެ އޮތް، ހިންނައެއް އޮތްކަމާ، އެކަމާބެހޭ އެއްވެސް ލިޔުމެއް ނެތް ކަމުގަޔާ؛ މ.ދިއްގަރުގާ، އަލްސުލްތާނު ހަސަން އިއްޒުއްދީނު (ދޮންބަންޑާރައިން)، އެރަށު ހުކުރު މިސްކިތަށް، އެދިއްގަރު ވަގުފްކޮށްދެއްވާފާވާ ކަމާ، އެވަގުފްގެ ފަތް ވަނީ، ވުޒާރަތުލްމާލިޔާއަށް ގެންދަވާފާ ކަމާ، އެއިން އެއްވެސް ރަށެއްގާޔާ އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް ނެތްކަމުގަޔާ؛ އަދި މ.މަޑުއްވަރީގާ، އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް، އަދި އެޒާތުގެ އެއްވެސް ލިޔުމެއް ނެތްކަމުގާ، ބަޔާންކޮށްފާވާ ލިޔުމެއް.Size: 9.9" X 8"
1.M.Kolhufushi, 2. M.Muli, 3.M.Dhiggaru, 4.M.Maduvvari - 1.Kolhufushi Mosque, Vaareyaafushi Mosque, 3.Hukuru Miskiiy (Mosque) - Endowment for Mosque, Endowment for Shrine (ziyaaraiy)

Sem título