1356ހ ރަބީލްއާހިރު 24(1937މ ޖުލައި 3)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު ފަނޑިޔާރު މަނިކުފާނުގެ ޝަރީޔަތު މަޖިލީހުގާ، ފަހާގެ އަލީ ކަލޭފާނުގެ ދަރި (ނަން އޮތްތަން ވީދިފަ)، އޭނަގެ ބައްޕަގެ މައްޗަށް ހަވާލުވެ އޮތް ވަގުފް ގޯތި ހެންވޭރު(ނަން އޮތްތަން އޮތީ ވީދިފަ)، ސަރުކާރުން، މަގުތައް ސީދާ ކުރި އިރު ވަނީ...(ވީދިފާވާ).. ކަމާއި، އެހެންވެ އެގޯތީގެ އިމާއި، މިން ބަޔާންކޮށް، ފަތެއް ދެއްވުމަށްއެދުމުން، އެގޯތީގެ ފަތް ގެންނަވާ ބެއްލެވިއިރު، އެފަތަކީ، އެގޯތި، ފައިނު އަހުމަދު ފަށަވާޅު ކަލޭފާނުގެ ދަރިކޮޅަށް ވަގުފް ހަވާލުވެފާވާ ގޯއްޗެއް ކަމާ، އަދި އެތާގެ އިމާއި، މިން ބަޔާންކޮށް، 1234ހ(1819މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުމަނިކުފާނު ލިޔެދެއްވާފާވާ ފަތެއް ކަމާ، އަދި، އެދަރިކޮޅުގެ އަލީ ކަލޭފާނު ނޫން އެހެން އެންމެން، -/333 ރުފިޔާއަށް، އެ އަލީ ކަލޭފާނުންނަށް އެގޯތި ހަވާލުކޮށްފާވާކަން، ޝަރީއަތު މަޖިލީހަށް ސާބިތުވާތީ، މަހްކަމަތުލް ދާހިލިއްޔާއިން ބެއިކަލުންނާއި ނައިބު ބޭކަލުން އަދި ދޭވާނީން(އިހުގައި ސަރިއަތް ކުރާތަންތާނގައި ޕިޔޯނެއްގެ ވަޒީފާ އަދާކުރާ މީހުން)ފޮނުއްވާ، ފަތުގާވާ މިން ހަމަކުރުމަށް ފަހު، އެގޯތި އެއީ ފަހާގެ އަލީ ކަލޭފާނުގެ ހަވާލު ގޯއްޗެއްކަމާ، އެތާގެ ވަގުފްވެރިން ތެރެއިން މީހަކު ވިޔަސް، އެގޯތި ނެގޭނީ އޭނާޔަށް، -/333 ރުފިޔާ އާއި، އެތާގާ ކޮށްފާހުރި އިމާރާތަކަށް އަގު ދީފަ ކަމުގާ، އެ ޝަރީޔަތު މަޖިލީހުން ނިޔާކުރެއްވުމުން، އެގޯތީގެ އިމާއި، މިން ހިމަނާ، އައްސައްޔިދު އިސްމާއީލް މަހައްލީ ގެދަރި .....(ނަން އޮތްތަން ވީދިފާ) ލިޔެ، ކުޑަ ނައިބު، ފަތްލިޔާ ނައިބު، ބޮޑު ނައިބު އަދި (ވީދިފާ ކިޔަންނޭނގެ) ސޮއިކޮށްފާވާ ފަތެއް.
(Size: 14.6" × 8.7")
K.Male' - H.Feevaku Goathi (Dhoalhan'buge) (Housing Plot) - Deed for housing plot
1108ހ(1697މ)ގާ، އައްސުލްތާނު މުހައްމަދު ރަދުން(ރަސްކަލެއްގެ ނަމެއް... ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 4 ވަނަ އަހަރު، ލ.ގަމުގެ ރައްޔިތުން، އެރަދުންގެ ދަރުބާރަށް އައިސް، އެރަށުގެ ހުކުރު މިސަކިތް ބާވެ ހުކުރު ކުރެވޭނެގޮތެއް ނެތް ކަމަށާ، އެހެންވެ ހުކުރުމިސްކިތެއް ބިނާކޮށްދެއްވުމަށް އެދުމުން، އެކަން ކުރުމުގެ ހުއްދަދެއްވުމުން، އެ މިސްކިތް ބިނާކުރުމަށް ފަހު، ކުރީގެ މިސްކިތަށް، އިހު ރަސަކަލުން ދެއްވާފާވާ ލޯމާފާނު(އިހުގާ ލޮއި ގަނޑުގަނޑުގާ ކަނޑާނަގާފާވާ ލިޔުން..)ގާވާ ބޯގަ، މި މިސްކިތަށްވެސް ދެއްވެވުމަށް އެދުމުން، އެލޯމާފާނުގާ ބުނެފާވާ އެންމެހާ ކަންކަމެއް އެމިސްކިތައް ލަށްވާ... (މިފަތް ހަލާކުވެގެން ކިޔަން އުނދަގޫ) (Size: 15.3" × 9.8")
L.Gan - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް) 10ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު މުހައްމަދު އިމާދުއްދީނު' އަދި، 11ވަނަ ފޮޅުވަތުގާ 'ރަމްލޯނު މަހު' އަދި އެކިތަންތަންކޮޅުގާ 'ވަގުފް'، އަރަބިން ލިޔެފާވާ ދިވެސްއަކުރު ފަތެއް.(Size: 15.65" × 12.4")
Sans titreA royal decree of protection for Ha'oddey Dhamana Kanbulo(Size: 7.4" × 4.1") -- (ތާރީހެއް އިނގޭކަށް ނެތް) އަލްވަޒީރު ދޮށިމޭނާ މަނިކުފާނު، ހައޮއްޑޭ ދަމަނު؟ ކަނބުލޯއަށް އެކި ފަރާތްފަރާތުން ދީފާވާ ފަތް ބަލާ، އޭގާއޮތް ފަދައިން، އެމީހުންނަށް އަނިޔާކޮށް، ގެދޮރަށް ވަދެ ނެހެދޭނެ ކަމުގާ ލިޔެފާ ފަތެއް. (މިފަތުގެ ފަހުބައި ހަލާކުވެ ކިޔަން އިނގޭވަރެއް ނޫން)
G.Hao'ddaa - Order
(Size: 22" × 15") -- 1953މ ޖަނަވަރީ 1(1372ހ ރަބީލްއާހިރު 15)ތާރީހު ކޮށްފާވާ، ކޮންމެސް ޖަމާއަތަކުން ރާއްޖެއަށް ދީފާވާ، ވަރަށް ރީތިކޮށް ކައިރި ކުރަހާ ކުލަޖަށްސާ، ދިވެހި ދިދަ މަތީގާ ކުރަހާ، އަރަބި/އުރުދޫ ކަހަލަ އަކުރަކުން ލިޔެފާވާ ފަތެއް.
K.Male' - Writing
1304ހ ޝައްވާލް 6(1887މ ޖޫނު 28)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ، އަލްގާޒީ މުހައްމަދު މުހީބުއްދީނު ގެދަރި އަލްހަތީބު ހުސެއިން(ވެލިދޫގޭ ހުސެއިންދީދީ) ޝަރީއަތު މަޖިލީހުގާ، ނިލަންދެ އަތޮޅު މީދޫ މީހުންނާއި، ބަނޑިދޫ މީހުން ހާޒިރުވެ ތިބެ، އެއަތޮޅު ޅޮހިގާ މީދޫމީހުން އިންދާފާވާ ރުކުން އެއްވެސް އެއްޗެއް އެމީހުންނަށް ނުދީ، ބަނޑިދޫ މީހުން އުޅޭތާ ސަތާރަ އަހަރުވެއްޖެ ކަމާއި، އޭގެކުރިން އެދެރަށަށް، ހަމަހަމަޔަށް ލިބޭކަމަށް މުސްކުޅިން ބުނާކަމަށާއި، އެއެއްޗެތި ލިބޭގޮތް ހަށްދަވާދެއްވުމަށް، މީދޫ މީހުން، އެދުމުން، ބަނޑިދޫ މީހުން، އެމީހުން އެއެއްޗެތި ގަދަކަމުން އަތުލައިނުގަންނަކަމަށާއި، ވެގެން އުޅޭގޮތަކީ، އެމީހުން އެރަށުގާ ރުއްއިންދާ، އެބިމަށް، ދޮށްށުންނަށް ވަރުވާ ދައްކަން ފަނޑިޔާރުގެއިން ފަތެއް ދީ، އެވަރުވާދައްކާ، އަދި، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު، ލިޔެދެއްވި ފަތުގާ، މި ރުއްތަކުން، މީދޫ މީހުންނަށް ލަށްވާފާވަނީ ¼ ކަމާއި، އެފަތް އެބައޮތްކަމާ، އަދި، އެސަތާރަ އަހަރު ކުރިން މީދޫ މީހުން، މިތަކެތިން ½ ނަގާފާވާތީ، އެތަން ހަމަކުރުމަށް މިހާރު އެމީހުންނަށް އެކަށްޗެއްވެސް ނުދެނީ ކަމުގާ ބުނުމުން، މި މައްސަލަ ބަށްލަވަން، އެ ޅޮހިއާއި ބެހޭ ފަތްތައް ގެނެސް ބެއްލެވުމުން، ބަނޑިދޫ މީހުން އެބުނަނީ ތެދުކަމުގާ ސާބިތުވެ، މީދޫމީހުން ކުރި ދައުވާ ބާތިލްކުރަށްވާ، އޭގެފަހުން އެރަށުން ވަރުވާޔަށް ލިބޭ ތަކެތިން ½ ބައި، ހުކުރުމިސްކިތު ދޮށުންނަށް ދަށްކާ، ދެންއޮތްބައިން ¼، މީދޫ މީހުންނަށް އަދި އަނެއް ¾ ބަނޑިދޫ މީހުންނަށް ލަށްވާ، އެމަޖިލީހުން ލިޔެފާވާ ފަތެއް. Document on the distribution of goods from a deserted island (Size:13" X 8") Chief Justices - Al Khatheeb Hussain
Dh.Meedhoo, Dh.Ban'didhoo - Lhohi - Order (Iisland)
1128ހ ޖުމާދިލްއާހިރު 6(1716މ މޭ 28)ގާ، އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، މާލޭ ހުކުރު މިސްކިތުގެ ދޮށުން(މިސްކިތް ބަލަހަށްޓާ މީހުން)، ދިގުފިނޮޅު ކިއަނީ، އެހުކުރުމިސްކިތަށް، އިސްކަންދަރު ރަސްގެފާނު ލަށްވާފާވާ ތިލަދުންމަތި ހުވަރަފުށިގެ އެއްބަޔަށް ކަމުގަޔާ، އެކަމަކު، އެއީ ވަކި ދެރަށޭ ކިޔާ، މަރުދުރު މަނިކު، އެތަން ހިފައިގެން އުޅޭތީވެ އެކަން ބަށްލަވާދެއްވުމަށް އެދުމުން، ތިލަދުންމަތީ މުސްކުޅިން އެ މަޖިލީހަށް ހާޒިރުކުރައްވާ، އެދެތަން ވަކިން އޮށްވާ ދެކުނު އެއްވެސް މީހެއް ނެތުމުން، އެ ދިގުފިނޮޅު ކިޔާ ތަނަކީ ހުވަރަފުށީގެ ބައެއް ކަމުގާ ނިޔާކޮށް، ލިޔެފާވާ ޝަރީއަތު ފަތެއް. Land deed (Size:8.8" X 4.5") Chief Justices - Al Ghaazee Hassan Thajuddin
K.Male' - Hukuru Miskiiy (Mosque) - Order (Iisland)
1334ހ(1916މ)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދީނުގެ ބަންޑާރަނައިބު މަޖިލީހަށް، ރ.އަތޮޅު މާމުނަގަލުގެ ރުއްބައިގެ ވަގުފްވެރި، ބޮޑުފުށި މުހައްމަދު ތަކުރުފާނުގެ ދަރި ހުސެއިން ތަކުރުފާނުގެ ދަރިކޮޅުމީހުންނާއި، ކައްޗޭމީދޫ(ރ.މީދޫ) މީހުންނާއި ގޮވައިގެން ބަނޑޭރި ބޭކަލުން ހާޒިރުވެ ތިބެ؛ މީދޫ މީހުންގެ ފަތުގާވާ މާމުނަގާ ކިޔާ ރަށާއި، އެ ހުސެއިން ތަކުރުފާނުގެ ވަގުފް ފަތުގާ އޮތް މާމުނަގާ ކިޔާ ރަށާއި މެދު އޮޅުން އަރާތީ މިކަން ސާފުކޮށްދެއްވުމަށް އެދުމުން، މިމާމުނަގަލުގެ ރުއްއިންދިބަޔާއި އަދި ބަންޑާރައިން އެރަށުގާ ރުއް އިންދި ބައިވެސް، ހަސަން ތަކުރުފާނުގެ ދަރިކޮޅަށް އޮތްކަމަށް ނިޔާކުރައްވާ، އެދަރިކޮޅުގެ މީހުންގެ ތެރެއިން، ކުޑަރިކިލު ކަތީބު ހުސެއިން މަނިކު، ބުޗާ މުހައްމަދު ދަންޑެހެލު ތަކުރުފާނު، ރުއްކޮށީ ހުސެއިންގެ އާދަނު، މީދޫ ކެޔޮޅު މުހައްމަދުގެ އިބްރާހީމް އަދި ނެވި އާދަމްބެގެ ހުސެއިން، ޝަރީއްއަތުގެ މަޖިލީހުގާ ހާޒިރުވެ ތިބެ، މި ވަގުފް ބެލެހެއްޓުން ކުޑަރިކިލު ކަތީބު ހުސެއިން މަނިކުއާއި ހަވާލުކުރުމަށް އެއްބަސް ވުމުން، ކޮންމެ އަހަރަކު މާމުނަގަލަށް ލިބޭ ވަރުވާގެ ½އިން، ކުރީގެ ފަތުގާ އޮތްގޮތައް ވަގުފް ފުއްދުމަށް ޝަރުތުކޮށް، ބާކީ އޮތް ބަޔެއް، އޭނާގެ ދަރިކޮޅަށް އެއްވަރަށް ބެހުމަށާއި، އަދި ވަގުފް ފުއްދުމަށް 8ރުފިޔާއިން ފުދޭނެ ކަމަށާއި، އަދި އެ މަސައްކަތުގެ އުޖޫރައަކަށް، އޭނާގެ ބައިގެ އިތުރުން، އޭނާޔަށް، އެ ވަގުފްން ލިބޭ މީހަކާއި އެއްވަރަށް ބަޔެއް، ލިބޭގޮތަށް އެ މަޖިލީހުގާ އެ 6 މީހުން އިއްތިފާގުވުމުން، އެ މަހްކަމާގެ އަސްލު ތައްގަނޑު ޖަހާފާވަ ނަކަލެއް. R-19)އެއީ، މީގެ އަސުލު) (Size:12.8" X 8.3") Chief Justices - Bandaara Naaibu Hussain Salahuddin
A.Maamunagau - Endowment for Trees
1341ހ ޝައްވާލް 17(1923މ ޖޫނު 2)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ މަޖިލީހުގާ، ވަށަފަރު ހަސަން ވަތަބަޑޭރި ތަކުރުފާނުގެ ދަރި އަލީ ތަކުރުފާނު، އޭނާގެ މިލްކުގާވާ ހުރިހާ އެއްޗެއް، މިލްކުން ކަނޑާ، ވަގުފްކޮށް، އެއެއްޗެތީގެ ހަވާލުވެރިކަން އޭނާގެ ތިބިހާ ދަރީންނަށާއި، އޭނާގެ މަރުވި އަންހެން ދަރީގެ ދަރިންނަށާ، އެމީހުން ނެތުމުން، އެދަރީންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތެއް ލިޔުނު ކަމުގާ، ބުނެފާވާ ލިޔުމެއް.
Last will and testament (Size: 11.8" X 9.4")
K.Male' - Endowment for property
1906މ ޖޫނު 8(1324ހ ރަބީލްއާހިރު 15)ގާ، ޑެލްމޭޖް ފޯސީތު ގެ ފަރާތުން؛ ރާއްޖޭގެ ރަދުންނަށް ފޮނުވި ސިޓީ(N-90)ގާ ބުނެފާވާ، ރާއްޖޭގާ ހުރި އެމީހުންގެ ފިހާރަ އަގުކޮށްފާވާ، ހިސާބުކިތާބު.
(Size: 10.8" x 8")