(ތާރީހެއް ނެތް) އެކި ރަދުން ރަދުންގެ ތަކެއްޗާއި ލިއުމާއި، ރަދުންގެ ނަމާއި(ބަޔެއް އެއްޗެތީގާ) ޖަހާ، 'ލޮގްކޮށް'ފާވާ (ފޮތެއް)ކަރުދާހެއް.
List of assets and the appointment of heirs (Size: 8" X 6.5")
(Size: 12.01" × 2D") (ތާރީހެއް ނެތް)އައްޑުއޮތޮޅު މީދޫ، މަހްމޫދު ގާޒީ މިސްކިތުގެ ބޯގަ ފަތްކޮޅު މިހެން ޖަހާފާވާ، ލަކުޑި އުނގުރިއެއް ޖަހާފާވާ، ފަތްކޮޅު ފަދަ ލިޔެކިޔުން ލާ، ހޮޅިއެއް.
S.Meedhoo - Mahumoodhu Ghaazee Miskiiy (Mosque) - A bamboo tube for scroll
1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، އަލްއަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު 1213ހ ރަމްލޯނު(1799މ ފެބްރުވަރީ)ގާ، ފަތް(F0-83A) ލިޔެދެއްވާފާވާ، ކ.ހުރާ، ދޮންމުހައްމަދު ކަލޭގެ ދަރި ހަސަން ކަލޭގެ ވަގުފްކޮށްފާވާ، އަދި، 1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، ބަންޑާރަ ގޯއްޗަކާއި ބަދަލުކޮށް ލާޖައްސާ، ފަތްލިޔެފާވާ(F0-83)، މި ދޮންހުރާ ގޯތި، އެއީ ދޮންމުހުއްމަދު ކަލޭގެ އާއި ހައްވާބީ، މިދެމަފިރިންނަށާއި، އެދެމަފިރީންނަށް ލިބޭ ދަރިންނާއި، އެ ދަރިކޮޅަށް، ހަވާލުވެރިކަން ލިބިފާވާކަން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - M.Dhonhuraa Goathi (25th Housing Plot) - Deed for housing plot (Th.Elaa)
1326 ރަމްލޯނު 6(1908މ އޮކްޓޯބަރު 2)ގާ، ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ ޝައުބާން މަހު 26ވަނަ ދުވަހު، ވެލިދޫގޭ ބައްތެލި، ގާފަރުބޭރުން ނުކުމެ މާލެޔަށް އައުމުގެ މަގުމަތީ، ގަދަވެގެން، ބެހިގެންގޮސް، ޝްރީލަންކާގެ، އުސްވެތިކެއިޔަވަޔޭ ކިޔާ ހިސާބަކަށް އުރި، އެހިސާބުގާ ތިބި މީހުން އެމީހުންނަށް އެހީވުމުން ފުރާނަޔަކަށް ގެއްލުންނުލިބި ސަލާމަތްވީ ކަމުގާ އެބައްތެލީގާ ތިބި މީހުން ބުނި ކަމާ، އެމީހުން ރޯދަމަހުގެ 4ވަނަ ދުވަހު ކޮޅުނބަށް ގެނެސް، އޭރު އެމީހުން ތިބީ މަރަށްކާރުގޭގާ ކަމާ، އެމީހުންގެ އަތްކަނޑުވާފާ(ކަށިވިދުރި ވެކްސިން ދިނުން؟؟؟) ވީހާވެސް އަވަހަކަށް މާލެ ފޮނުވާނެ ކަމާ، އެބައްތެލީގާ ތިބީ ކުޅުދުފުށީ މީހުންކަމާ، އެމީހުންނަކީ: އަލީ، ކަނބުރު ހުސެއިންގެ ދަރި އާދަނު، އެދުރު އީސާގެ އަލީ، ރާވެރި އަހުމަދު، ހައްވާ އަލީގެ މޫސާ ކަމުގަޔާ، އޭގާ ހުރިކަމުގާ ބުނާ ތަކެއްޗަކީ: 700 ރޯނުބޮނޑި، ހުތްހަކުރު 15ބާގަ ކަމާ، އެއްޗެތިން ސަލާމަތްވީ 263 ރޯނުބޮނޑި ކަމުގަޔާ، އަދި މިހާދިސާޔާ ގުޅޭގޮތުން ބަދަލުވި ސިޓީތައް ފޮނުވި ކަމާ، އޭގެތެރެއިން އިނގިރޭސިން ހުރި ސިޓީ އަނބުރާ ފޮނުއްވާދެއްވުމަށް އެދި، 'އަބްދުލް ހަމީދު ދީދީ ދިވހިރާއްޖޭގެ ސަފީރު'ގެ 'ލެޓާހެޑް' ގަނޑެއްގާ ލިޔެ، އޭނަ ސޮއިކޮށް، މާލެ ފޮނުވާފާވާ ސިޓީއެއް.A letter sent to Malé updating a report on a ship that was wrecked in a storm off Sri Lanka (Size: 13.1" x 8.4")
Sri Lanka - Maldivian Embassy - letter(Official)
1349ހ ރަބީލްއާހިރު 30(1930މ ސެޕްޓެންބަރު 24)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު 3، އެރަދުންގެ ރަސްކަމުގެ 29ވަނަ އަހަރު، ނިލަންދި އަތޮޅު ދެކުނުބުރި(ފަތުގާ އޮތީ އުތުރުކަމަށް)(ދ.)ބަނޑިދޫގެ ފާލައްބަކޮށް(ގަސްރުކުގެ ތެރެއިން ސަރުކާރަށް ނަގާބައި ވަކިކޮށް، ތައްޖަހައި ފާހަގަ ކުރުން)އެފާލައްބައިގެ 2/1 އެރަށު މާމިސްކިތު ބޯގަޔަށް ލަށްވާ، އަނެއްބައި، އަހަރަކު 50ކޮއްޓޭ ބޮށްޔަށް، ބޮލިކޮއްޓޭއަކަށް 2ރުފިއާގެ މަގުން، އަހަރުންއަހަރަށް، ދޮށުން(ހުކުރު މިސްކިތާ މެދުޒިޔާރަތުގެ މިސްކިތް ބަލަހަށްޓަން، ރަސްގެފާނުން ހޮށްވަވާފާ ތިބޭ މީހުން)ނަށް ދިނުމަށް އަމުރުކުރެއްވުމުން، އެކަން އަންގާ، އެރަށު ރައްޔިތުންނަށް، ބޮޑުބަނޑޭރިގޭން، ސިއްކަ(ވީދިގެން ކޮންތަނެއްގެކަން ނޭނގޭ)ޖަހާ، ލިޔެފާވާ ފަތެއް.
Dh.Ban'didhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(Size: 8.45" x 5.75")
1319ހ ރަބީލްއައްވަލް(1901މ ޖުލައި)ގާ، އައްސުލްތާނު އަލްހާއްޖަ މުހައްމަދު އިމާދުއްދީނުގެ ރަސްކަމުގެ 9ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ނިލަންދި އަތޮޅު އުތުރުބުރީ(ފ) ހިމިތީ ރައްޔިތުން، އެމީހުންގެ ރަށުގެ ހުކުރު މިސްކަތް ބެލެހެއްޓޭނޭ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން؛ ހިމިތީގެ ރައްޔިތުން، އަހަރުން އަހަރަށް، ފުރަބަންޑާރަޔަށް(ސަރުކާރު) ދައްކަމުން އަންނަ ވާރުބޮލިން، އަހަރަކު 20ކޮއްޓޭ(12ހާސް ބޮލި = 1ކޮއްޓޭ) އެ މިސްކިތަށް އޮންނަންވާނެ ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ހަސަން ފާމުލަދޭރިކިލެގެފާނުގެ ދަރި އަލްވަޖީހު؟؟ އަލިމަނިކުފާނު ކިޔުމުން، މާލެ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެފާވާ ފަތެއް. F.Himithi - Hukuru Miskiiy (Mosque)
(Size: 8.85" x 7.95")
1908މ ސެޕްޓެންބަރު 3(1326ހ ޝައުބާން 7)ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީގެ 'ލެޓާހެޑް'ގާ، ބޮޑުބަނޑޭރިގެޔަށް؛ ރަޖަބް 19 އަދި 22ގާ ލިޔެ، ތިރިނާކޮޅުން ފޮނުއްވި، ސިޓީ ލިބި، އެ ނާކޮޅުން ފޮނުވުމަށް އެދުނު، ބެންތެކި ފިލާ ނޫން، ހުރިހާ އެއްޗެތި ފޮނުވިކަމާ، އަދި އެ ނާކޮޅުގެ މާލިމީ، ދޮންކޮއިފުޅުގެ އަތުގާ، ފޮނުވި ތަކެތީގެ ހިސާބުކިތާބު ފޮނުވި ކަމާއި، އަދި މާލެއަށް، ހަމައެކަނި އެ ތިރިނާކޮޅުން ހަނޑޫ ގެންގޮސް ވިޔަފާރި ކޮށްފިއްޔާ، ވިއްސަކަށް ހާހުގެ ފައިދާ ވާނެކަމާއި، މިކަންކން ލިޔެ އޭނާ ސޮއިކޮށް؛ ފޮނުވާފާވާ ސިޓީއެއް.(Size: 8.2" x 5.25"
Sri Lanka - Maldivian Embassy - letter(Official)
1900މ ޑިސެންބަރު(ދުވަހެއްނެތް)(1318ހ ރަމްލޯނު)ގާ، 12 ފަރާތެއް ސޮއިކޮށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ޝްރީލަންކާއަށް ވަޑައިގަތުމަށް މަރުހަބާކިޔާ، އަދި އެރަދުން އެއީ، ޝްރީލަންކާޔަށް ވަޑައިގެން އެންމެފުރަތަމަ ދިވެހި ވެރިޔާ ކަމުގާވުމުން އެކަމަށް ތަހުނިޔާ ދަންނަވާ، އެކިއެކި ތައުރީފާއި ހުޝާމަތުކޮށް، ފަށުވި އިބާރާތުން ލިޔެ، ފަހަތާއި ކާރި އަޅާ، ތައްޔާރުކޮށްފާވާ ހަނދާނީ ފަތެއް.
Sri Lanka - Mosque - Writing(Commemoration)
(Size: 19.35" x 11.8")
1908މ ޖުލައި 11(1326ހ ޖުމާދިލްއާހިރު 12)ގާ، ސްރީލަންކާގާ ހުންނަ ދިވެހި ސަފީރުގެ ނަމުގާ ހަދާފާއޮތް، އާދަމްޖީ ލުކްމަންޖީ ކިޔާ ކުންފުންޏެއްގެ، ހިސާބުކިތާބު ބަލަހަށްޓާފާވާ، ބާކީ(ބެލަންސް)އަށް، 87/757 ރުޕީޒް އޮތް، ކަރުދާހެއް.(Size: 7.9" x 8.2")
Sri Lanka - Adamji Lukmanji Company - Account
1908މ އޭޕްރިލް 7(1326ހ ރަބީލްއައްވަލް 5)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، ރާއްޖެޔަށް ފޮނުވި މުދަލެއްގެ، އެކްސްޕޯޓް ފޯމެއްގެ، އެޒަމާނުގެ ކޮޕީއެއް.
(Size: 9.95" x 7.75")
Sri Lanka - Walker Sons & Co. Ltd - Form(Package)