1331ހ ޒުލްހައްޖު 7(1913މ ނޮވެންބަރު 6)ގާ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ ހާޖީ މޫސާ ކަލޭފާނު އާއި އެގޭ ދޮންތުއްތު، މާފަންނު މާވެޔޮ ހުޅަނގުން އޮތް މަގާ އިންވެ، މާވެވުއާދިމާލު ހުޅަނގުން އޮތް، އެމީހުންގެ ކާފަ، މިނާ ދޮންއަލީގެ މިލްކުގާވާ، މ.ފިޔަނޫމާގެ ބައްސަވާދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތި، އެ، މިނާ ދޮންއަލީއަށް މިލްކުވެފާވާކަން، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވުމުން، ދޭވާނީން(އިހުގައި ސަރިއަތް ކުރާތަންތާނގައި ޕިޔޯނެއްގެ ވަޒީފާ އަދާކުރާ މިހުން)ގޮސް، އެތަނުގެ ބޮޑުމިން ބަލާ، މިނާ ދޮންއަލީގެ ދަރި، ބޮއިގަސްދޮށުގެ ހާޖީ ހުސެއިން ކަލޭފާނުގެ ބެހެނިވެރިންނަށް، ބަހާ، އެ ހުސެއިން ކަލޭފާނުގެ ދަރި އީސާ ކަލޭފާނުގެ ދަރި މޫސާ ކަލޭފާނުއަށް ވީތަން ނޫން އެހެން ހުރިހާ ތަނެއް، އެ އީސާ ކަލޭފާނުގެ ދަރި އަލީ ކަލޭފާނުގެ ދަރި މޫސާ ކަލޭފާނުއަށް، އެތަންތަނުގެ ވެރިން، ބަޔެއް މީހުން ވިއްކާ، އަނެއްބައި މީހުން ދީ، އެގޯތީގެ، އިރުމަތީ ބިތުން، 19ބަމަ 2ރިޔަން 14އަގޫ، އަދި ދެކުނު ބިތުން، 16ބަމަ 2ރިޔަން 12އަގޫ، ބޮޑުމިން، ބޮއިގަސްދޮށުގޭ ހާޖީ އަލީ ކަލޭފާނުގެ މޫސާ ކަލޭފާނުއަށް މިލްކުވެ، އެތަނުގެ އެންމެ އިރުމަތީކޮޅު ދެކުނު ބިތުން ބައެއް، އޭނާގެ އެއްބަނޑުއެއްބަފާ ދޮންތުއްތުއަށް އަދި ދެން އޮތް ބައި، އޭނާގެ އެއްބަނޑުއެއްބަފާ ބޭބެގެ ތުއްތު ދީދީއަށް، އެމީހުންގެ މައްޗަންގޯޅި ބޮއިގަސްދޮށުގެ ކިއާގެއިން އެދެމީހުންނަށް ވީތަނުގެ ބަދަލުގާ، ދީ، އެދެބެއިން، އެކަން ގަބޫލު ކޮށްފި ކަމުގާ، އެ ޝަރީއަތުގެ މަޖިލީހުގާ އިގުރާރުވުމުން؛ އެ ގޯތީގެ އުތުރާއި ދެކުނު ބިތުގާ އޮތް ބައި އެއީ، ބޮއިގަސްދޮށުގޭ ހާޖީ އީސާ ކަލޭފާނުގެ މޫސާ ކަލޭފާނަށް މިލްކުވެއޮތްކަމާ، ދެންއޮތް ބައިން އިރުމަތީ ބައި އެއީ ބޮއިގަސްދޮށުގޭ ހާޖީ އަލީ ކަލޭފާނުގެ ދޮންތުއްތުގެ ތަނެއް ކަމާ، ދެންއޮތްބައި އެއީ ހާޖީ އަލީ ކަލޭފާނުގެ ކާފަދަރި ތުއްތު ދީދީގެ ތަނެއް ކަމުގާ ބަޔާންކޮށް، އެބައިބައިގެ އިމާއި މިން ހިމަނާ، ނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް. (F7-23އާ ގުޅޭ)
އަދި މިކަރުދާހުގެ 3ވަނަ ގަނޑުގާ:
1350ހ ޝައުބާން 11(1931މ ޑިސެންބަރު 31)ގާ، މަތީގާ އެބުނާ ގޯތިން، ތުއްތު ދީދީގެ ބައި، ދޮންތުއްތު ގަނެ، އޭނާއަށް އެގޯތިން މިލްކުވެފާވާހާ ތަނަކާ، އެތާގާ ހުރި ގެއާ، ބަދިގެއާ، އެތަނުގާ ވާހާ ތަކެއްޗަކާ، ފެންވަޅާ، -/1500 ރުފިއާއަށް، ތަކަންދޫ ހުސެއިންގެ ދަރި އަލީއަށް ވިއްކައިފި ކަމުގާ، ޝަރީއަތު މަޖިލީހުގާ، ދޮންތުއްތު އިގުރާރުވުމުން، އެ މަޖިލީހުން، އެފަތުގެ ނުފުށުގާ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
މީގެ އިތުރުން، 3ވަނަ ގަނޑުގެ ތިރީގާ:
1351ހ ޖުމާދިލްއައްވަލް 4(1932މ ޖުލައި 8)ގާ، މަހްކަމަތުލް ޝަރީޔާއިން، މަތީގާ އެބުނާ ގޯތީގެ މިލްކުވެރިޔާ، ތަކަންދޫ އަލީ، ނިއާވެ، އެތަން، އޭނާގެ ދަރި ދޮންކަމަނައަށް މިލްކުވެފާވާ ކަމުގާ، ލިއެ، ވުޒާރަތުލް ހައްގާނިއްޔާއިން ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Maafannu Fiyanoomaage (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
1371ހ މުހައްރަމް 12(1951މ އޮކްޓޯބަރު 13)ގާ، މަހްކަމަތުލް ދާހިލިއްޔާއިން، ކާޅުގޭ ދޮންކޮއްކޮ ގެނައި ހ.ހޮޅިގެގެ، 1298ހ(1881މ)ގެ ފަތް ބަލައިގެންފާ، އެ މަހްކަމާއިން ދީފާވާ ރަސީދު.
Receipt for publication of property inventory of Henveiru Holhige (Size: 8.85" X 6.7")
1351ހ ޖުމާދިލްއައްވަލް 13(1932މ ސެޕްޓެންބަރު 14)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކު، ހެންވޭރު ކަޅިހަރުގެއާ އިންވެގެން އޮތް، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކު އޮތް ގޯތީގެ، އެހުސެއިން މަނިކުގެ މުނިމާމަ، ހަތިފުށީ ފާތުމާފުޅުއަށް މިލްކުވެއޮތް ދެކުނުބުރީގެ ބެހެނިވެރިން، ބައެއް މީހުން، އެމީހުންގެ ބައި އޭނާއަށް ހިބައިން، އަދި އަނެއްބައި މީހުން، ރިޔަނަކަށް 4 ރުފިއާގެ މަގުން، އޭނާއަށް ވިއްކާ، މުޅި އެބައި އޭނާއަށް މިލްކުވުމަށް ފަހު، ބޮޑުފެންވަޅުގެ ތުއްތު ދީދީގެ ބަނޑުން، އޭނާއަށް ލިބިފާވާ ދަރި، ދޮންތުއްތު ދީދީއަށް ހިބައިން ދީފިކަމުގާ ބުނެ، އެކަމުގެ މައްޗަށް، އެތަނުގެ އިމާއި މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1230ހ(1815މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކެއް ކަމުގާ ސާބިތުވެ، އަދި އެތަނުގެ ދެކުނުބުރި، ހަތިފުށީ ފާތުމާފުޅަށް މިލްކުވެއޮތް ކަމާ، އެތަނުގެ ބެހެނިވެރިންގެ އަތުން ބައެއްބައިބައި ހިބައިން ލިބުމުންނާއި އަދި އެނެއްބައިބައި ގަތުމުން، މުޅި އެތަން އެ ހުސެއިން މަނިކުއަށް މިލްކުވެފާވާ ކަމުގާ، ޝަރީއަތުގެ މަޖިލީހަށް، ސާބިތުވެފާވުމާ އެކު، ހެންވޭރު ކަޅިހަރުގެއާ، ހުޅަނގުބިތް އިންވެ، އަދި އުތުރުބިތް، އެގޯތިން ހިލިހިލާގޭ މޫސާ ދީދީ ގަނެ މިލްކުކޮށްފާވާ ތަނާ އިންވެ އޮތް، އެގޯތީގެ ދެކުނުބުރި އެއީ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކުގެ ދޮންތުއްތު ދީދީ ގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އެ ޝަރީއަތުގެ މަޖިލީހުން، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Henveiru Hathifushi, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
1374ހ ރަބީލްއައްވަލް 20(1954މ ނޮވެންބަރު 16)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އައްޑޫ ހާޖީގެ ދޮން އައިސާފާނުގެ ކަމަނަގެ ތުއްތުގެ މިލްކު ގޯތި، އެއްގަމުގޭ ހަސަން ފާމުލަދޭރި ކިލެގެފާނުގެ އިބްރާހީމް ދީދީއަށް ވިއްކާ، އޭނާއަށް މިލްކުވެފާވަނިކޮށް، އެގޯތި ދައުލަތަށް ބޭނުންވުމުން، އިބްރާހީމް ދީދީ އެގޯއްޗަށް(ބުރުނީގޭދެކުނުގެ؟) އެދިވަޑައިގެން އެދެގޯތި ބަދަލުކޮށް، ލާޖަށްސާ، އަދި އިބްރާހީމް ހަސަންދީދީގެ ގޯތިން އިތުރުވީ ތަން، އެގޯތީގާ އޮތް ބަންޑާރަތަނުން(ބުރުނީގެދެކުނުގެ؟) ނަގާ ހަމަކޮށް، އެގޯތި، އައްނަބީލް އިބްރާހީމް ހަސަން ދީދީ އަށް މިލްކުވެއްޖެ ކަމުގާ، 1366ހ ސަފަރު 26(1947މ ޖަނަވަރީ 19)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ފަތުގެ މައްޗަށް، ދާހިލިއްޔާއިން ލިޔެދީފާވާ ފަތެއްގެ ނަކަލެއް. (މީގާ މިބުނާ ކަމަނަގެ ތުއްތުގެ މިލްކު ގޯއްޗަކީ ކޮބައިކަމެއް އިނގޭކަށް ނެތް.. އަދި މުޅި ނަކަލަށް ބަލާއިރު، މާރަގަޅަކަށް ވީގޮތް ސާފެއް ނުވޭ.)
Real estate document for Henveiru Burunige, written in Thaana, stating ownership of the land (Size: 8.8" X 6.65")
1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރުގެ ޝަރީއަތު މަޖިލީހުން؛ 1208ހ ރަބީލްއާހިރު 15(1794މ ޖަނަވަރީ 17)ގާ އެރަދުން، އަލްހާޒިން މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، ބަނޑޭރި މުހައްމަދު، ބަނޑޭރި އަލީ މޭނާ، ބަނޑޭރި އަލީ ސައިފުއްލާ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް، އެކުލެވޭ ކޮމިޓީއެއް ހައްދަވާ، މާލޭގެ ހަތަރު އަވަށުގާ ހުރި ބަންޑާރަ ގޯއްޗާއި އަދި އމިއްލަ ގޯތިތަށް ވަކިވާނެގޮތް ހެދުމަށް އެންގެވި އެންގެވުމަށް، ކުޑަފަރީ އަލީގެ ދަރިން އެ ކޮމިޓީއަށް ހާޒިރުކުރެއްވުމުން، ހެންވޭރު ފުނަގަސްމަގަށް އެރޭ މަގުގެ ދެކުނުން އެ އެމީހުންގެ މިލްކު ގޯތީގެ އިރުން އޮތް، ރުވާދައިތަގެ އަތުން އެމީހުން ގަތް ގޯތީގެ މައްސަލަ ބަލާ، އޭރު ތިބި ދުވަސްވީ މީހުންގެ ހެކިބަހުން، އެއީ ކުޑަފަރީ އަލީގެ ދަރިންގެ ގޯއްޗެއްކަމުގާ ސާބިތުވުމުން، އެކޮމިޓީ އެކަމަށް އިއްތިފާގުވުމުން، އެރަދުންގެ ދަރުބާރުން ލިޔެފާވާ ޝަރީއަތުގެ ފަތުގެ ނަކަލެއް. އަދި 2ވަނަ ގަނޑުގާ:
1348ހ މުހައްރަމް 11(1929މ ޖޫނު 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، އެގޯތީގެ ބެހެނިވެރިން ކުރެ، ބޮޑަކަށް ތިބި، ކައިރު ކުޑަތައްހާނު އާއި ބަބުރު ހަސަންފުޅު އާއި ދެމީހުން، ރިޔަނެއް -/3ރުފިއާގެ މަގުން، އެގޯތި، ދޮންމަނިކުފާނުގެ ދޮންދީދީއަށް ވިއްކައިފި ކަމުގާ، އެ މަހްކަމާއިން، މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ ލިއެފާވާ ލިޔުމެއްގެ ނަކަލެއް. އަދި:
1351ހ ރަބީލްއާހިރު 5(1932މ އޯގަސްޓް 8)ގާ، މަހްކަމަތުލް ޝރީއާއިން، މަތީގާ ބުނެވިފާވާ ގޯތި، ހެންވޭރު ކަންހިނަވާމަގު ދެކުނުން އޮތް ހަގުދީދީގެ އިބްރާހީމް ދީދީގެ މިލްކު ގޯތިން އެދީދީގެ ފާތުމަތު ދީދީއަށް ވީތަނާއި ބަދަލުކޮށް، އެ ހެންވޭރު ކަންހިނަވާމަގުގެ ދެކުނުން އޮތް ގޯތި(ހ.ދެމާގަސްދޮށުގެ އެބައި؟؟)، ދޮންމަނިކުފަނުގެ ދޮންދީދީ އަށް މިލްކުވެ، އަނެއް ގޯތި އެފާތުމަތު ދީދީ އަށް މިލްކުވީ ކަމުގާ، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ލިޔުމެއްގެ ނަކަލެއް. (މި ލިއުމަކުން، ހ.ދެމާގަސްދޮށުގޭ ގޯތި އެއީ ކޮބައި ކަމެއް އިނގޭކަށް ނެތް)
Real estate document for Henveiru Dhemaagasdhoshuge, written in Thaana, stating owership of the land (Size: 8.8" X 6.65")
National Archives of Maldives1339ހ ޒުލްގައިދު 4(1921މ ޖުލައި 10)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުން؛ މައްޗަންގޯޅި މަގުތެދުކުރެއްވުމުގެ ތެރޭގާ އުނިވެފާހުރި މީސްމީހުންގެ އަމިއްލަ ގޯތިގޯތި ހަމަކޮށްދެއްވާ ފަތްލިޔެދެއްވުމަށް، މާފަންނުގެ ސަރުދާރުންނާއި މުދިމުން އެދުނު އެދުމުގެ މަތިން، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުން ހުރި އަމިއްލަ ގޯތިތަކުގެ މިން ހަމަކުރެއްވި އިރު، ހިރިމަރަދޫ އިސްމާއީލް ތަކުރު ގަނެ، މިލްކުކޮށްފާވާ ކަމުގާ، 1287ހ(1870މ)ގާ، އަލްގާޒީ އިބްރާހީމް މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ ގޯތި، ހަމަކުރައްވާ، އެގޯތިން އެ އިސްމާއީލްތަކުރުގެ 5 ދަރިންގެ ބައިން، ކުރެންދޫ ވާނީ އާދަމްފުޅުއަށް ނުވިއްކާއޮތް، އެތާގެ އިރުމަތީބިތް، މާފަންނާއި މައްޗަންގޯޅި ދެއަވަށް ދެމެދުގާ އޮތް މަގާ އިންވެ، އަދި ހުޅަނގު ބިތް ވެލިދޫގޭ ހަދީޖާ ދީދީގެ ގޯއްޗާ އިންވެ އޮތް، އެދޮންކަމަނަގެ ބައި(މ.ފާގަތިގޯތި؟)، އެއީ އެދޮންކަމަނަގެ ދަރިންނަށް އޮތް، އޭނާގެ މިލްކު ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެބައިގެ މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ:
(ތާރީހެއް ނެތް)، މަތީގާ ބުނެފާއެވާ ގޯތީގެ ބެހެނިވެރިން، އެތަން، ވެލިދޫގޭ މުހައްމަދު ދީދީ އަށް -/90 ރުފިއާއަށް ވިއްކާ، އަގުހިފާ ހަލާސްކޮށް،(މިހިސާބަށް ނަކަލުކޮށް) އަދި، ދެންއޮތްބައި ކިޔަން ނޭނގޭ ކަމުގާ ލިޔެފާވާ ލިޔުމެއް.
Real estate document for Maafannu Faagathigoathi, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
1371ހ ރަބީލްއާހިރު 22(1952މ ޖަނަވަރީ 20)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީސްއަށް، ވެލިދޫގޭ މުހައްމަދު ދީދީގެ އައިމިނަތު ދީދީގެ ފަރާތުން ހިމިތީކޮއްކޮ ގޮސް، ވެލިދޫގެ ކިޔާ ގޯއްޗާއި، އަދި އެތާގާވާ ގެއިން އޭނާ އަށް ލިބުނު ބައި، މުހައްމަދު ދީދީގެ އެހެން ބެހެނިވެރިންނަށް ދޫކޮށް، އެތަރިކައިގާވާ، މާފަންނު ފާގަތިގޯތި އައިމިނަތު ދީދީއަށް މިލްކުވެއްޖެކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެތަރިކައިގެ ބެހެނިވެރިންނާއި އަދި އެބެހެނިވެރިންގެ ބަލަދުވެރިކަން ހަވާލުވެހުރި، ވެލިދޫގެ މޫސާ ދީދީ އާއި، އެކަމަށް އިގުރާރުވުމުން، އެމުއާމަލާތް ސައްހަކަމުގަ ނިޔާކޮށް، މ.ފާގަތިގޯތި އެއީ ވެލިދޫގޭ އައިމިނަތު ދީދީގެ މިލްކެއްކަމުގާ، އެފަނޑިޔާރު މަނިކުފާނު ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Maafannu Faagathigoathi (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Jalaluddin
National Archives of Maldives1331ހ ޒުލގައިދު 15(1913މ އޮކްޓޯބަރު 16)ގާ، މަހްކަމަތުލް ޝަރީޔާއިން، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބުޅި ދޮށީގޮއްޔެ، އޭނާއަށް ތުރުކީކޮށީ އެދުރު މަނިކު ދީފާވާ، ނިކަގަސްމަގަށް އެރޭ މީހާގެ ކަނާއަތުގާ އޮތް ގޯތި،(މއ.ކެދިފަށުވިގޯތި)، ޒަކަރިއްޔާ ހުސެއިންފުޅުއަށް -/130ރުފިއާއަށް ވިއްކައިފި ކަމުގާ ބުނުމުން، އެކަން ބަށްލަވާ، އެތަނުގެ އިހުފަތުން އެގޯތި އެއީ، އެދުރު މަނިކުގެ މިލްކެއް ކަމުގާ ސާބިތުވެ، އަދި، އޭނާ އެތަން، ބުޅީ މަރިޔަމް ފުޅު(ދޮށީގޮއްޔެ؟)އަށް ހިބައިން ދީފާވާ ކަމުގާ ސާބިތުވުމުން، އެމުއާމަލާތް ސައްހަކަމުގާ ނިޔާކޮށް، އެގޯތި ޒަކަރިއްޔާ ހުސެއިންފުޅުއަށް މިލްކުވެއްޖެ ކަމުގަ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އެޝަރީއަތު މަޖިލީހުން، ނައިބު އަބްދުއްލޯ ލިޔެދީފާވަ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Ke'ndhifashuvigoathi, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
1364ހ(1945މ)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ފަހްމީ ދީދީގެ ޝަރީއަތު މަޖިލީހުން؛ 1248ހ މުހައްރަމް(1832މ ޖޫނު)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެފާވާ ފަތަކުން ނާއި، އަދި، 1249ހ(1833މ)ގާ ލިޔެފާވާ ފަތަކުން، ލަންދޫ މޫސާ ކޮއިގެ އަހުމަދު މަނިކުއަށް މިލްކުވެފައިވާކަމުގާ ސާބިތުވާ، މައްޗަންގޯޅި، މައިޒާންދޮށުން އުތުރަށް ހިނގަންއޮތް މަގާ އިންވެ ހުޅަނގުން، ރަންވިއްކާގޯޅިއާ އިންވެ ދެކުނުން އޮތް، މއ. ބޮޑުގަލުމާފަތްގެގެ އުތުރުން އޮތް ގޯތި، އެތަނުގެ ވެރިން، ކަޅުހުރާގޭ އަބްދުއްލޯގެ ދަރި އައްސައްޔިތު އަލީ(ތުއްތު ސީދީ)އަށް ވިއްކާ، އޭނާއަށް ލިބިއްޖެ ކަމުގާ ސާބިތުވެ، އެތަނުގެ މިން ހަމަކޮށް، އެގޯތި އެއީ ކަޅުހުރާގެ އައްސައްޔިދު އަލީ(ތުއްތުސީދީ)ގެ މިލްކެއްކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi B.M.A, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Fahumee Didi
1367ހ ޝައުބާން 23(1948މ ޖުލައި 1)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ އަބްދުއްލޯ ފަހްމީ ދީދީގެ ޝަރީއަތު މަޖިލީހުން؛ މައްޗަންގޯޅި ޗާންދަނީ މަގާ އިންވެ ހުޅަނގުން ދިދިގޯޅިއާ އިންވެ ދެކުނުން އޮތް ލަންދޫ މޫސާ ކޮއިގެ އަހުމަދު މަނިކު އަތުން ކަޅުހުރާގޭ އައްސައްޔިދު އަލީ ބައްލަވައިގަތް، ބ.މ.އ ގޯއްޗާ އިންވެ ދެކުނުން އޮންނަ، މއ.ބޮޑުގަލުމާފަތްގެ، އެއީ، ތޮއްޑޫ މޫސާ މަނިކުގެ ސަންފާދީދީގެ އަލިމަނިކުގެ ދޮންދީދީގެ ގޯއްޗެއްކަމުގާ، 1348ހ ރަބީލްއައްވަލް 6(1929މ އޮކްޓޯބަރު 9)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއަތު މަޖިލީހުން ލިޔެދީފާވާ ފަތުން ސާބިތުވުމުން؛ އެކަން ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Bodugalumaafaiige, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Fahumee Didi