1908މ އޭޕްރިލް 6(1326ހ ރަބީލްއައްވަލް 4)ގާ، ސުތުލި، ރަނާއި ރިހީގެ ގަހަނާ އަދި ސީނުކަރާގެ 'އާޓްސް' އެއްޗެތީގެ ވިޔަފާރިކުރާ، އިންޑިޔާގެ ސާދާގަރުންގެ ކުންފުންޏެއް ކަމުގާވާ ދަޔަރާމް ބްރޯޒްގެ ޝްރީލަންކާގާ ހުންނަ ގޮފިން، ދިވެހި ސަފީރުގެ ނަމުގާ ހަދާފާއޮތް ފައިސާދެއްކި ކަމުގާ ޖަހާ، ޝްރީލަންކާގެ 5 ސެންޓު އިސްޓޭންޕެއް ޖަހާފާވާ، -/141 ރުޕީޒް ގެ އިންވޮއިސް އެއް.(Size: 10.2" x 7.8")
Sri Lanka - Account
(ތާރީހެއް ނެތް)، ޝްރީލަންކާގާ ހުންނަ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ(ސޮއިއަށް ބަލާފާ)، މާލެ ބޮޑުބަނޑޭރިގެޔަށް؛ މޫސާ ބަހީގެ ހައިދަރީ އިން ފޮނުއްވި، ޖުމާދިލްއާހިރު މަހު 20ގާ ލިޔުއްވާފާވާ ސިޓީއާ، ދަގަނޑު ކީހާ ތިލަބުރިޔެއް، ލިބުނު ކަމާ، އަހު؟(އަސް)ކާ ސާމާނާޔާ، ކާށިތެލާ ފޮނުވަން ލަސްވީ، ކަރާ(ޝްރީލަންކާ؟؟)ގެ، ސުލްތާނު ކިޔާ ބޯޓަށް އެ ސާމާނުލާ، އެ ބޯޓު ޖޫނު 12ގާ ފުރިނަމަވެސް، 40 ދުވަހު ކަނޑުމަތީއުޅެފާ، ނުދުއްވިގެން އަނބުރާ ގޮސް، އަދި 3 ދުވަހު ބަނދަރުގާ އޮވެފާ، ދެން ފުރައިގެން ދިޔުމުން ވީ ލަހެއް ކަމާ، ބަންގާޅުގާ، ކާށީގެ އަގަކީ 20 ރުފިޔާ ކަމާ، ހަނޑުލުގެ އަގު އަދިވެސް ދަށްނުވާ ކަމާ، އަދި ކޮޅުނބުގާ މަހުގެ އަގުހުރީ 33-34ގާ ކަމާ، ޖުލައި 22ގާ ފުރި، ކަރީމު؟(ވީދިގެން ކިޔަން ނޭނގޭ)ޖީގެ 'ޑޭލާ' އިން ވެޔޮދޮށުގޭ އިބްރާހީމް މަނިކުގެ ހަވާލުގާ، ލަކުޑިޔާ، ކޮންނަބޯޓުގެ ސާމާނާ، ޑައިނަމައިޓް ފޮނުވި ކަމާ، ހައިދަރީން ދަނގަނޑު ކީހާ 12ކީސްތިލަ ފޮނުވާނެ ކަމާ، އަދި ފުލުހުންނަށް ކޭ.މިސްކީނު ކިޔާ ސޯޅިޔާއެއް ފުލުހަށް ފޮނުވާފާވާ ސިޓީއެއްގެ ކޮޕީއަކާ، އެ ސިޓީއާ ހަވާލާދީ ފުލުހުންގެ ވެރިޔާ ފޮނުވި ސިޓީއާއި، ސަފީރު، އެޔަށް ދެއްވި ޖަވާބުގެ ކޮޕީއާ(N-15،N-15A )ވެސް މިސިޓީއާ އެކު ފޮނުވާ ކަމާ، އެސިޓީގާ އޮތް ކަންތައް ބަލާ، އެކަންތައް ވެފާއޮތް ގޮތެއް، ވީހާވެސް އަވަހަކަށް އެންގުވުމަށާއި، މިކަންކަން ބަޔާންކޮށް؛ ފޮނުވާފާވާ ސިޓީއެއް.
(Size: 10.1" x 7.85")
Sri Lanka - Maldivian Embassy - letter(Official)
1905މ އޯގަސްޓް 8(1323ހ ޖުމާދިލްއާހިރު 3)ގާ، 'ގުންޖާ އަލީމަޑާލް'؟؟؟(ލިޔުން ކިޔަން އުދަނގޫ) އާއި ގުންޖާ ހުސެއިނީ ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ކޮޅުނބުއިން، 1904މ ސެޕްޓެންބަރު 15(1322ހ ރަޖަބް 5)ގާ 15 އާއި 1904މ ޑިސެންބަރު 8(1322ހ ރަމްލޯނު 30)ގާ (N-50B އަދި N-50C) ފޮނުވާ، ރާއްޖެއަށް ވިއްކާފާވާ، 450؟؟؟ 950؟؟؟ ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 467.91'ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.
(މަތީގާވާ 50 ނަންބަރުގެ ހިސާބުކިތާބުގެ ކަރުދާސް އެއީ އެއް ލެޖަރެއްގެ ކަރުދާސް ކަމަށް ބެލެވޭ)
(Size: 9.45" x 7.75")
Sri Lanka - Delmege Forsyth Company - Account
(ތާރީހެއް ނެތް)އައްސުލްތާނު މުހައްމަދު މުއީނުއްދީނު ކުލަސުންދުރަ ކައްތިރިބޮވަނަ މަހާރަދުން ފަނިކެންދޫގާ ހުރި ތަބްރީޒު މަގާމް ހަދާ، އެތަން ބެލެހެއްޓުމަށް، އެރަށު ގޮއިފާލަށްބައަށް ނުކުންނަ ކާއްޓާ، ރިއްސާ؟ ކޮޅުވަން، އެމަގާމުގެ ބޯގައަށް ލަށްވާ، ދެއްވި ފަތް ހަލާކުވެގެން، މަހްކަމަތުލް ޝަރިއްޔާއިން، އެ މަހްކަމާ(ޑިޕާޓްމެންޓް)ގެ 'ލެޓާހެޑް'ގާ، އެތާގެ ސިއްކަ ޖަހާފާ ދެއްވި އެ ބޯގަ ފަތުގެ، 1374ހ މުހައްރަމް 29(1954މ ސެޕްޓެންބަރު 27)ގާ، ކޮށްފާވާ ނަކަލެއް.
އަސްލުފަތުގެ ތާރީހު އިނގޭކަށް ނެތްކަމުގާ މިކަރުދާހުގާ ބަޔާންކޮށްފާ ވެއެ.
B - Kendhoo - Endowment for Shrine (ziyaaraiy)
1345ހ މުހައްރަމް 29(1926މ އޯގަސްޓް 8)ގާ ލިބިފާވާ، 1926މ ޖޫނު 28(1344ހ ޒުލްހައްޖު 17)ގާ ޕޯސްޓު ތައްގަނޑު ޖަހާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދގެ ފަރާތުން، ބޮޑުބަނޑޭރިގޭ 'ޗީފް ޓްރެޝަރާ(ދައުލަތުގެ ހަޒާންދާރު)، މާލެ މޯލްޑިވް އައިލަންޑްޒް' އަށް އެޑްރެސްކޮށް، އަނެއްފަރާތުގާ، 6 ސެންޓުގެ 2 ސްޓޭންޕް ޖަހާ، ރެޖިސްޓްރީކޮށް ފޮނުވާފާވާ ސިޓީއެއްގެ(N-57) އުރައެއް. (Size: 9.35" x 4.25")
Sri Lanka - Maldivian Embassy - Envelope
(ތާރީހެއް ނެތް) 'ރަސްކަމަށް ކޮލިލާދުވަހުގައްޔާއި ބަޑިބޭހުގެކުޅިވަރުކުޅޭރޭ ގަޑުވަރުތެރެޔަށްވަނުން ހުއްދަ މީހުން' ސުރުހީކޮށް، މަގާމީ ނަމުން އެފަރާތްތައް ބަޔާންކޮށް، ހިސާބުއަކުރުން ސިލްސިލާ ނަންބަރު ދީ، 11 ނުކުތާއަކަށް އޮތް، އެކި ބޭކަލުންގެ މަގާމީ ނަން ލިސްޓެއް.(Size: 10" x 8.5")
K - Male' - Royal Palace - Coronation(list)
1962މ ސެޕްޓެންބަރު 16)1382ހ ރަބީލްއާހިރު 16)ގާ، މާލެ އައިސްފާވާ ކަމުގެ ޕޯސްޓު ތައްގަނޑުޖަހާ، އައްސުލްތާނު މުހައްމަދު ދީދީ މޯލްޑިވް އައިލަންޑްޒް، ޓައިޕްކޮށް، އެޑްރެސްކޮށް، އެމެރިކާގެ 1 ސެންޓް އިސްޓޭންޕެއް ޖަހާފާވާ ސިޓީއުރައެއް.(Size: 9.45" x 4.25")
America - Envelope
1356ހ ސަފަރު 22(1937މ މޭ 4)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 3ވަނަ އަހަރު، ހުވަދޫންމަތި(ހުވަދޫއަތޮޅު) ހަވަރުތިނަދޫ، ކާޑެއްދޫ، ކުބުއްޑޫ، ތިނަދޫ މާފުށި، ތިނަދޫ ދަނޑުކޮޅު އަދި ކަންނިގިލިކޮޅު އާއި، މިއެއެންމެހާ ރަށްރަށުގެ ވަރުވާއަކަށް، އެއަހަރުގެ ރަޖަބް މަހުން ފެށިގެން، ކޮންމެ އަހަރަކު -/3000 ރުފިއާއާއި، ހުދުކުނަލުގެ 944 ކުނަލާއި ފުޅަހިކުނަލުގެ 48 ކުނަލާއި، ތިންފަލުކުނަލުގެ 48 ކުނާ، ހަވަރު(ހަގުބޭކަލުން ބެހިފައި އޮންނަ ހަބައި، ރަދުންގެ ލަޝްކަރު)އަށް ދެއްކުމަށާއި، ދެން ލިބޭ މަންފާ ހަވަރު ތިނަދޫ ރައްޔިތުންނަށް ލަށްވާ، ގަވައިދުން އެ ވަރުވާ، ހަވަރަށް ދެއްކުމަށް، އެރަށު އަލީގެ ދަރި އަބޫބަކުރު ހަތީބު އިސްކޮށް، އޭނާ ދިއުމުން، ގޮއިވެރިން ދަންކަންޖެހޭ އެއްޗެއް، ހަމަޔަށް ދައްކާ، އޭނާއާ ނުލައި އެއްވެސް ދުއާ މައުލޫދެއް ކަށުކަމާ ކެމީގެ ކަމެއް ނުކުރުމަށާއި، މީނާގެ ބަހަކާއި ނުލާ، ދަނޑުކޮޅަށް ވަނުމަކީ މަނާކަމެއް ކަމާ، އެއްވެސް ފަނެއް އެއްޗެއް ނުކެނޑޭނެ ކަމާއި، މިއެންމެހާ ކަންކަން ތަސްދީގުކޮށް، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ހުރާ ހަސަން ގެދރި މާލޭ ފަތްލިޔާ މޫސާ މަލިން ލިޔެފާވާ ފަތެއް. List of items that can be obtained in exchange for islands and land (Size: 13.2" X 8.4")
G.DH.Thinadhoo - Thinadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1216ހ ރަމްލޯނު 16(1802މ ޖަނަވަރީ 21)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު ފަޑިޔާރުމަނިކުފާނުގެ ޝަރީއަތުގެ މަޖިލީހުގާ، ރިނބުދޫ ދޮންއަލީ ކަލޭގެ، މައްޗަންގޯޅި ރަށްދެބައި މަގުން އެރޭތަނުގެ ކަނާއަތު ފޅީގާ އޮތް، ވާތީ އަހަންމާބޭގެ ގޯތިން، މުލަކުގާ ތިބި އޭނާގެ ވާރުތަވެރިންނަށް ވީބަޔާ، އެތާނގާ ހުރި ރުކާއި އަދި ބަނބުކެޔޮގަސް، ތިނަދޫ ކާސިންކަލޭގެޔާ ފުއްލާ މުހައްމަދު ފުޅުގެ ހާޒިރުގާ، ގަތްކަމުގާ ބުނުމުން، އެއެންމެހާ މީހުން އެމަޖިލީހަށް ހާޒިރުކުރުމުން، އެގޯތި ބަހައިގެން، މޫސާ ތަކުރުފާނުއަށް ވީބަޔާއި، އައިމިނާފާނުއަށް ވީބަޔާއި، މުހައްމަދު ތަކުރުފާނުއަށް ވީބައިބަޔާއި، އެބައިބައިގާ ހުރި ހުރިހާ ރުކާއި ބަނބުކެޔޮގަސް، އެގޯތީގެ އެއްބައި ގަނެގެން ހުރި، ރިނބުދޫ ދޮންއަލީއަށް ވިއްކާ އަގުދީ ހަލާސްކޮށްފި ކަމުގާ އިގުރާރުވުމުން، އެތަނަކީ އެ ރިނބުދޫ ދޮންއަލީ ކަލޭގެ މިލްކެއްކަމުގާ ނިޔާކުރެއްވުމުން، އޭނަގެ އެދުމަކަށް، އެކަންކަން ބަޔާންކޮށް، އައްނައިބު މުހައްމަދު ބަންޑާރަނައިބު ކަލޭފާނު ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތެއް ލިޔުނު ކަމުގާ، ބުނެފާވާ ލިޔުމެއް.
(Size:11" X 9.2") Chief Justices - Al Ghaazee Moosa Muhyiddin
K.Male' - Endowment for property
1205ހ(1791މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރަށް، ވާދޫ އަހުމަދު މަނިކުފާނު، ވެދުން ހިފައިގެން އައުމުން، ވާދޫ ހުކުރު މިސްކިތައް ލަށްވާފާވާ ބޯގަ ފަތް، ހަމަ އެގޮތަށް ބޭއްވުމަށާއި، އެއްވެސް އުނިއިތުރެއް ނުގެނެވޭނެކަމުގާ އަމުރުކުރެއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އެމަގަށް، އަލްހާޒިން އަލްކަބީރު ހަނދޭގިރި މުހައްމަދު، ކިއުމުން، މަލިން ހަސަން ލިއެފާވާ ފަތެއް . Size: 13.4" X 10.6"
G.A/G.DH.Vaadhoo - Vaadhoo Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)