1351ހ ޖުމާދިލްއާހިރު 5(1932މ އޮކްޓޯބަރު 6)ގާ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރު ޝަރީއަތު މަޖިލީހަށް، މަލިން މޫސާ ކަލޭފާނު ގޮސް، މައްޗަންގޯޅި ފައިތިލަކޮށީގެ ދެކުނުން އޮތް މަގާ އިންވެ ދެކުނުން އޮތް، އޭނާގެ މިލްކު ގޯތީގެ، އުތުރާއި ހުޅަނގުން އޮތް ދެ މަގު ސީދާ ކުރެއްވުމުން، މިން ތަފާތުވެފާ ވާތީވެ، އެގޯތީގެ މިން ހަމަކުރަށްވާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ، 1345ހ(1927މ)ގާ ލިއެފާވާ ފަތަކުން، އެގޯތި އެއީ އޭނާގެ މިލްކެއް ކަމާއި އަދި އެތަނުގެ އިމާއި މިން ސާބިތުވެ ހުރުމުން، އެބޮޑުމިނަށް ގޯތީގެ މިން ހަމަކުރަށްވާ، އެގޯތި(މއ.ގުލާބީގެ)އެއީ، ކޮއެލު މިސްކިތު މަލިން މޫސާ ކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Gulaabeege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
1370ހ ޖުމާދިލްއާހިރު 25(1951މ އޭޕްރިލް 2)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ނިޔާކުރައްވާ މަޖިލީހުން؛ ސީވަލު ދޮންތުއްތު އާއި ކުޑަތުއްތު އާއި ދެބެންނަށް، މިލްކުވެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ ހުޅަނގުން ގުމްރީގޯޅިއާއި އިންވެ ދެކުނުން ގާފަރުގެއާ އިންވެ އިރުން އޮތް، ގޯތީން ދޮންތުއްތު އަށްވީ ބައި، އޭނާގެ ދަރި ޝަރީފާއަށް ހިބައިންދީފާވާކަން ސާބިތުވެ އޮތުމުންނާއި، އަދި ކުޑަތުއްތުގެ ބައި ދޮންތުއްތު، 50/111ރުފިއާއަށް ގަނެ، އޭނާ މިލްކުކުރުމަށް ފަހު، އޭނާގެ ދޮންދަރި އަހުމަދު ނަޒީރުއަށް ހިބައިންދީފި ކަމުގާ ސާބިތުވުމާއެކު؛ އެގޯތި(މއ.ގުމްރީގެ)، ސީވަލު ދޮންތުއްތުގެ ދަރި، ޝަރީފާއަށާއި، އަދި ދޮންދަރި، އަހުމަދު ނަޒީރުއަށް މިލްކުވެއްޖެކަމުގާ، އެތަނުގެ އިމާއި މިން ހިމަނާ، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Gumreege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Jalaluddin
1356ހ ޖުމާދިލްއާހިރު 8(1937މ އޯގަސްޓް 15)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މަލިން މޫސާ ކަލޭފާނު ގޮސް، އޭނާގެ ބައްޕަ ކުޑަހަސަން ތަކުރުފާނުގެ ތަރިކަމުދާ ބަހައިގެން އޭނާއަށާއި އޭނާގެ ބޭބެ، މުހައްމަދުފުޅުއަށް ލިބިފާވާ، މައްޗަންގޯޅި ފާތިލަކޮށީގެ ދެކުނުން ހިނގަންއޮތް މަގާ އިންވެ އޮތް ގޯތިން، މުހައްމަދުފުޅުއަށް ލިބިފާވާ ބައިގެ ފަތް ނުލިޔެވި އޮށްވާ، އޭނާ ނިޔާވެއްޖެ ކަމުގާ ބުނެ، އެތަން އޭނަގެ ދަރިންގެ މައްޗަށް ލަށްވާ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1329ހ(1911މ)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތަކުން، އެތަން އެއީ ކުޑަހަސަން ތަކުރުފާނުގެ މިލްކެއް ކަމާއި، އަދި އެތަނުގެ އިމާއި މިން، ސާބިތުވެ، އަދި އެތަކުރުފާނުގެ ތަރިކަ ބަހާ، އެގޯތީގެ އިރުމަތީ، 2/1، އޭނާގެ މުހައްމަދުފުޅުއަށް މިލްކުވެފާވާކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވެފާވުމާއެކު؛ އެގޯތީގެ އިރުމަތީބައި(މއ.ކަށިމާގެ)، އެއީ މަލިން މުހައްމަދުފުޅުގެ ދަރިންގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްސައްޔިދު އިސްމާއީލް މަހްލީ ގެދަރި އައްސައްޔިދު އިބްރާހީމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Kashimaage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1329ހ ޖުމާދިލްއާހިރު 16(1911މ ޖޫނު 14)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން، ރިބުދޫ މުހައްމަދު ތަކުރުގެ ދަލޭކާފުޅުގެ އާދަމްފުޅުގެ ތަބައް ދޮންކޮއްކޮއަށް ފަތްލިޔެދީފާވާ، މައްޗަންގޯޅި ގުމްރީގޯޅިއާ އިންވެ އުތުރުން ތަބައްގެއާ އިންވެ އިރުން، މާބަޑޭރިގޭ ކުދިންނަށް މިލްކުވެއޮތް، އިހުގާ ރިބިދޫ ކޮށި، ކިޔާ ގޯތީގެ އުތުރުބިތުން 19ރިޔަން 14އަނގޫ އަދި ދެކުނު ބިތުން 17ރިޔަން 6އަނގޫގެ ބޮޑުމިނުގާ އޮތް ބައި، އެދަލޭކާފުޅުގެ ހަނދޭގިރި ތަކުރުފާނުއަށް މިލްކުވެއޮތް ކަމުގާ އެފަތުން ސާބިތުވާ ކަމާއި، އަދި އެހަނދޭގިރި ތަކުރފާނުގެ ދަރި އިބްރާހީމް މަނިކުގެ، މާބަނޑޭރި އަލިމަނިކު އަދި ހަސަން މަނިކުއަށް އެތަން ލިބިފާ ވަނިކޮށް، އެދެބެއިންނަށް އޮތް، ހެންވޭރު، އޭރު ވާނީގެ ކިއާގޯތިން، އަލީ މަނިކަށްވީ ބައި ހަސަން މަނިކުއަށް ދީ، އަދި މައްޗަންގޯޅި ގޯތިން ހަސަން މަނިކަށްވީ ބައި އަލިމަނިކުއަށް ދީ، އެދެބައިންގެ ހަޔާތުގާ އެކަން އެގޮތަށް ނިންމާފާވާ ކަމުގާ، އެދެބެންގެ ބެހެނިވެރިން އިގުރާރުވާ ކަމާއި، 1375 މުހައްރަމް 2(1955މ އޯގަސްޓް 20)ގާ، ދާހިލިއްޔާ އަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ، ހ-2/4ނަންބަރު ސިޓީއިން، އެތަން އެއީ، އެއަލިމަނިކުގެ ދަރިންގެ ތަނެއްކަމުގާ ސާބިތުވާ ކަމުގަޔާ؛ އަދި ގަލޮޅުގާ އޮތް، މަލިކު ދޮންނަ..؟ ގޯތި ކުޑައަލީ ތަކުރުއަށް މިލްކުވެފާވާ ކަމުގާ، މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ ގޯތީގެ 3/2ބައި، ލިބިފާވަނީ އެތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުއަށް ކަމާއި، އަނެއް 3/1 އެއީ، މާބަނޑޭރި ހަސަން މަނިކު އާއި އަލީ މަނިކާއި ދެމީހުންގެ މަންމަ، އެ އަލިތަކުރުގެ ދޮންމަނިކެގެ ތަނެއް ކަންވެސް އެފަތުން ނާއި އަދި، 1374ހ ޝައުބާން 20(1955މ އޭޕްރިލް 14)ގާ، ދާހިލިއްޔާއަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ ހ-2/53ނަންބަރު ސިޓީން ސާބިތުވެފާވާ ކަމާއި؛ އަދި ޝަރީޔަތް މެދުވެރިކޮށް، މަޑިފުށީ މުހައްމަދު މަނިކުއަށް އެގޯތިން ލިބިފާވާ 3/2 ބޮޑުމިން، މާބަނޑޭރިގޭ އަލިމަނިކުގެ ދަރިންނަށް މިލްކުވެފާވާ ބައި(މއ.ޗިޅިޔާގެ)އާއި ބަދަލުކޮށް، ޗިޅިޔާގެއިން އިތުރުވީ ބޮޑުމިނަށް، އޭނާ އަގުދައްކާފާވާ ކަމާއި، ގަލޮޅުގާ އެއޮތް ގޯތީގެ، 6/1ނޫން ހުރިހާ ބައެއް، އަލިމަނިކުގެ ދަރިން، މުހައްމަދު މަނިކު، އަހުމަދު ދީދީ އަދި އައިޝަތު ދީދީ އަށް މިލްކުވެފާވާ ކަމާއި، އެ 6/1 މިލްކުވެފާވަނީ، މާބަނޑޭރި ހަސަން މަނިކުގެ ދަރިންނަށާއި، އޭނާގެ އަނބި، ކަނޑި މޫސާގެ ނޫރުއްނަހާރުއަށް ކަމަށާއި، އަދި މއ.ޗިޅިޔާގެ އެއީ، މަލިކު އަލީ ތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ދާހިލިއްޔާއިން ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Chilhiyaage, written in Thaana, stating ownership of the land (Size: 8.8" X 6.65")
1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ފަހާގޭ އަލީކަލޭފާނުގެ މުހައްމަދު މަނިކު، ގަލޮޅު ގިނިރާހިގެ އިރުން އޮތް، އޭނާގެ މައިފުށުގެ ކާފަ ދިގުކުޑަކޮއި މުދިންކަލޭފާނުގެ ގޯތީގެ ވާރިސުން މުހައްމަދު މަނިކަށް، -/130ރުފިއާއަށް، އެގޯތި ވިއްކައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1263ހ(1847މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ނެލު މޫސާފުޅުގެ އަލީ ކަލޭފާނަށް މިލްކުވެ އޮތްތަނެއްކަމާއި، އަދި އެތަނުގެ އިމާއި މިން ސާބިތުވެ، އެޔަށްފަހު އެ އލީ ކަލޭފާނުގެ ދަރި ތަކަންދޫ އާދަމް އަށް މިލްކުވެ، އަދި އޭނާ، ދިގުކުޑަކޮއި މުދިން ކަލޭފާނަށް ވިއްކާފާވާކަން ޝަރީއަތު މަޖިލީހަށް ސާބިތުވެގެން ވުމާއެކު، އޭނާގެ ވާރިސުން، އެތަން، މުހައްމަދު މަނިކުއަށް ވިއްކައިފި ކަމުގާ އިގުރާރުވުމުން، އެ މުއާމަލާތް ސައްހަކަމުގާ ނިޔާކުރަށްވާ، އެތަނުގެ މިން ހަމަކޮށް؛ ގަލޮޅު ކޮލިހިނގާ މަގާ، އެތަނުގެ އުތުރުބިތް އިންވެ، ހުޅަނގު ބިތް، ގަލޮޅު ގިނިރާހިގެއާ އިންވެ އޮތް، ގޯތި(ގ.ކަރަންކާގެހުރި ގޯތި)އެއީ، ފަހާގެ އަލީކަލޭފާނުގެ މުހައްމަދު މަނިކުއަށް މިލްކުވެއޮތް ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އައްނައިބު އަބްދުއްލޯ ކަމާލުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Galolhu Karankaage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
1351ހ ޝައުބާން 5(1932މ ޑިސެންބަރު 3)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތު، އޭނާގެ ބައްޕަގެ ތަރިކަމުދާ ބަހައިގެން އޭނާއަށް މިލްކުވެފާވާ، މައްޗަންގޯޅި ހޮޅުދޫ ހާޖީގެ ގޯއްޗާއިންވެ އިރުން އޮތް ގޯތި، އޭނާގެ ރުހުމުގާ ބައިތުލްމާލަށް ނަގާ، އޭގެ ބަދަލުގާ، ބައިތުލްމާލުން އޭނާއަށް ދިން ގޯތީގެ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1929މ)ގާ، ހަމަ އެ ޝަރީއަތުގެ މަޖިލީހުން ލިޔެފާވާފަތަކުން އެގޯތީ އެއީ އެ ދޮންތުއްތުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި ބަދަލުގާ ބައިތުލްމާލުން ދިން ގޯތީގެ މިން ހަމަކޮށް؛ އެތަނުގެ ދެކުނުބިތް ހޮޅުދޫ ހާޖީގެ ގޯތީގެ ދެކުނުން އޮތް މަގާ އިންވެ، އިރުބިތް، އައްސައްޔިދު މުހައްމަދު ސައީދުއްލޯ ޒުހުރީ ހެންވޭރު ހަތީބު މަނިކުފާނުގެ ގޯއްޗާ އިންވެ އޮތް ގޯތި(މ؟.ހިރިކުއްޅަގެ ގޯތި)، އެއީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތުގެ މިލްކުވެއޮތް ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Maafannu Hirirkulhlhage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
1346ހ ރަބީލްއާހިރު 8(1947މ އޮކްޓޯބަރު 4)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތު އާއި އޭނާގެ ދޮންމައްމަ، މަރިޔަމް ދީދީ އާއި، އެބަނޑަށް އޭނާގެ ބައްޕައަށް ލިބިފާވާ ތިން އަންހެން ބޭންނާ ހާޒިރުވެ ތިބެ، އެ މޫސާ ކަލޭފާނުގެ ތަރިކަމުދާ ބަހައިގެން ދޮންތުއްތުއަށް ލިބިފާވާ އެންމެހާ ތަކެއްޗެއް، އޭނާގެ އެއްބަފާ، އެ، ތިން ބެއިންނަށް ހިބައިންދީފި ކަމުގާ، ދޮންތުއްތު ބުނެ، އަދި އެތަރިކައިން އެ ތިން ބޭންނާއި، އެމީހުންގެ މައްމައަށް، މާވެޔޮދޮށުގާ އޮތް ބިންކޮޅުން ލިބިފާވާ ތަން، ދޮންތުއްތުއަށް ހިބައިންދީފި ކަމުގާ، އެމީހުން ބުނުމުން، އެކަން ސައްހަ ކަމުގަޔާ، މޫސާ ކަލޭފާނުގެ ތަރިކަ މުދަލާ މެދު ދެން ދައުވާއެއް ނުވެވޭނެ ކަމުގާ ޝަރީއަތުން ނިޔާކޮށްފި ކަމުގާ، އެމަޖިލީހުން، މޫސާ މަލިން ކަލޭފާނު ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Boigasdhoshuge (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
1344ހ ޖުމާދިލްއައްވަލް 6(1925މ ނޮވެންބަރު 23)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަތިރީގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ ކާފަ، އަހުމަދު ދޮށިމޭނާކިލެގެފާނަށް މިލްކުވެގެންވާ މާފަންނު ކޮލިހިގާމަގުން ދެކުނުންއޮތް ހައިރުއްލޯ ގޯތިއޭ ކިޔާ ގޯތި، އެކާފަގެ، އެންމެހާ ބެހެނިވެރިން، އޭނާއަށް ހިބައިން ދީފި ކަމުގަޔާ، އަދި އެގޯއްޗާއި، ކޮލިގޭ ހާޖީގެ ދޮންކަމަނަގެ ވައްވެޔޮދޮށުގާ އޮތް ގޯއްޗާއި ބަދަލުކޮށް ދެގޯތި ލާޖައްސާ، އެ ވައްވެޔޮދޮށުގާ އޮތް ގޯތި، އޭނާއަށް މިލްކުވެފާވާ ކަމުގާ ބުނެ، އެކަންކަމުގެ މައްޗަށް، އެތަންތަނުގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1928މ)ގާ، މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެ ހައިރުއްލޯ ގޯތި އެއީ، އަހުމަދު ދޮށިމޭނާ ކިލެގެފާނުގެ މިލްކުތަނެއް ކަމުގާ ސާބިތުވެ، އަދި ބުޗާ މުހައްމަދު ތަންޑެހި ތައްހާނުއާއި، ބަނޑޭރި ދޮންހުސެއިންގެ ދޮންތުއްތުއާއި، އެ މަޖިލީހުގާ، އެތަނުގެ ބެހެނިވެރިން ކުރެ މާލޭގާ ތިބި މީހުންގެ ފަރާތުން، އެކަމަށް އިގުރާރުވެ، އަދި މާލޭގާ ނެތް މީހުން، ސިޓީއިން އެކަމަށް އިގުރާރުވުމުންނާއި، އަދި، 1340ހ(1922މ)ގާ، ހަމަ އެ މަޖިލީހުން، އެތާގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތަކުން، އެ ވައްވެޔޮދޮށުގާ އޮތް ގޯތި އެއީ، ކޮލިގޭ ދޮންކަމަނަގެ މިލްކެއް ކަމުގާ ސާބިތުވުމުން؛ އެ މުއާމަލާ ސައްހަކަމުގަ ނިޔާކޮށް، އެދެތަނުގެ މިން އަޅާ، ހައިރުއްލޯ ގޯތިން ބޮޑުވިތަން، އަބްދުލް މަޖީދު ދީދީ، ދޮންކަމަނައަށް ހިބައިން ދިންކަމާއި، މިއެންމެހާ ކަންކަން ބަޔާންކޮށް، އެދެގޯތީގެ އިމާއި މިންހިމަނާ، އައްނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް..
Real estate document for Maafannu Asrafeege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
K - Male' - M.Asrafee Goathi (Housing Plot), M.Hairuhloa Goathi (Housing Plot) - Private Property
1372ހ ޒުލްގައިދު 4(1953މ ޖުލައި 15)ގާ، މަހްކަމަތުލް ޝަރީޔާގާ، އަލީ ތައްހާނު ދޮންތުއްތު، މާފަންނު އޯކިޑްމަގާ އުތުރުބިތް އިންވެގެން އޮތް އޭނާގެ ގޯތި(މ.އަސްރަފީގެ ގޯތި)ގެ މައްސަލަ ހަމަޖައްސަވައިދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ ކޮލިގޭ ހާޖީގެ ދޮންކަމަނަގެ ދޮންތުއްތު، ކުޑަތުއްތު އަދި ޖަމީލާއަށް މިލްކުވެފާވާ ގޯއްޗެއްކަމުގާ ސާބިތުވެ، އަދި އެތާގާވާ ގެއިން ކުޑަތުއްތުއަށް ވީތަން ދޮންތުއްތުއަށް މިލްކުވެފައިވާތީވެ، ގޯތިންވެސް އޭނާއަށް ވީތަން އެދޮންތުއްތުއަށް މިލްކުކުރުމަށް ދޮންތުއްތު އެދޭތީވެ، ގޯތި އަގުކޮށް، ވީ -/400ރުފިއާއިން، ކުޑަތުއްތުގެ ހިއްސާއަކަށްވީ، -/120ރުފިއާ، އޭނާއަށް ދަރަންޏެއްގޮތުގާ ދިނުމަށް، އެމަހްކަމާއަށް ގެނައުމަށް ދޮންތުއްތުއަށް އަމުރުކޮށް، ކުޑަތުއްތުއަށްވެފާވީ ތަނެއް ދޮންތުއްތު އަށް މިލްކުވެއްޖެކަމުގާ ނިޔާކޮށް، އެ މަހްކަމާއިން، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު އުއްތަމަ ފަޑިޔާރު މަނިކުފާނު، ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Maafannu Asrafeege (Size: 8.8" X 6.65")
1339ހ ޒުލްގައިދު 4(1921މ ޖުލައި 10)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތުގެ މަޖިލީހުގާ، ލިޔާކޮއިގެ ކަޅުތުއްތު އާއި މަންދޫއެދުރުގޭ ހުސެއިން މަނިކުއާއި ހާޒިރުވެތިބެ، އޭނާގެ ބައްޕަ ލިޔާކޮއިއަށް މިލްކުވެފާވާ، ގަލޮޅު މައިމަގު ދެކުނުންއޮތް ގޯތި އޭނާގެ އެއްބަފާ އެހެންކުދިންގެ ރުހުމާއިއެކު، އަތިރީގޭ އަބްދުލް މަޖީދު ދީދީއަށް ދީފާ، އެދީދީގެ ފަނޑިޔާރު މިސްކިތްދޮށު ގޯތިން އެބޮޑުމިން އެމީހުން ހިފައިފިކަމުގާޔާ، އަދި އެ ދެގޯތި ލާޖައްސަން ބޭނުންވާކަމުގާ، އެ ކަޅުތުއްތު ބުނުމުން؛ އެތަންތަނުގެ އިހުފަތް ބަށްލަވާ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، އެގޯތީގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތަކުން، އެ ގޯތި އެއީ، ތުޅާދޫ އިސްމާއީލްގެ މިލްކެއް ކަމުގާ ސާބިތުވުމުން، އޭރު އެގޯތި ލިޔާކޮއިއަށް މިލްކުވެފާވާ ކަމުގާ ސާބިތުކޮށް، އަދި، 1339ހ ރަޖަބް(1921މ މާޗް)ގާ، ހަމަ އެ ޝަރީއަތު މަޖިލީހުން، އެތާގެ އިމާއި މިން ބަޔާންކޮށް ލިޔެފާވާ ފަތަކުން، ފަނޑިޔާރު މިސްކިތްދޮށުވާ ގޯތި އެއީ، ދެކުނުގޭ އަހުމަދު މަނިކުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި އޭނާ، އަބްދުލް މަޖީދު ދީދީއަށް އެތަން ވިއްކި ކަމުގާ ސާބިތުކޮށް، އެ ދެތަން ލާޖެއްސުން، ސައްހަކަމުގާ ނިޔާކޮށް، އެލިޔާކޮއިގެ ގޯތީގެ ބޮޑުމިނަށް، ފަނޑިޔާރުމިސްކިތްދޮށު ގޯތިން ތަންނަގާ، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުން އޮތް މަގާ އިންވެ، ދެކުނުން ބޮނޑިބަތްގޭ ކުޑަތުއްތު އެގޭ ކުޑަކޮއްކޮއަށް ވިއްކި ގޯތީގެ ހުޅަނގުން އޮތް ގޯތި(މ.މެޑެލްމާގެ) އެއީ، ލިޔާކޮއިއަށް މިލްކުވެފާވާ ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި 1351ހ ސަފަރު 22(1932މ ޖޫނު 27)ގާ، ޝަރީއަތުގެ މަޖިލީހުން؛ މ.މެޑެލްމާގެއިން ލިޔާކޮއިގެ ތުއްތުއަށް ވީތަނުގެ ބަދަލުގާ، ގަލޮޅުގާ އޮތް ލިޔާކޮއިގެ ގޯއްޗަކުން، އޭނަގެ އެހެން ދަރިންގެ ރުހުމުގާ، އެމިނަށް ތަން ދީ، ދެންއޮތް ބަޔަށް، ތުއްތު އަގުދީ، މ.މެޑެލްމާގެ، ލިއާކޮއިގެ، ތުއްތު ނޫން، އެހެން ދަރިންނަށް މިލްކުވެއްޖެ ކަމުގާ؛ އެފަތުގާވާ ލިއުމުގެ ބޭރުގާވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Maafannu Medelmaage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin