1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ބަބުރު ފަޑިއްތަކުރުފާނުގެ ދަރި އައިޝާފާނުން ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، ދޮންރިނބުދޫ ހަސަން ތަކުރުގެ ދަރި އައިޝާފަނުގެ ދަރިކޮޅަށް ދީފާވާކަމަށް، 1338ހ ޖުމާދިލްއައްވަލް 28(1920މ ފެބްރުވަރީ 19)ގާ، މޫސަލް މަހައްލީ ބަންޑާރަނައިބު ގެ ދަރި އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއްޔަތު މަޖިލީހުން، ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 4ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - Roashanee Hotel (10th Housing Plot) (Housing Plot) - Deed for housing plot (Th.Elaa)
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ނަރަވައި މާވަޑި ކަލޭފާނުގެ ދަރި އިބްރާހީމް މާވަޑި ކަލޭފާނު ގެ ދަރި އަލިމަނިކުގެ މިލްކު ގޯތި ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، އެ އަލިމަނިކުގެ ދެ އަންހެން ދަރިންނަށާއި، އެމީހުންގެ ދަރިކޮޅަށް ދީފާވާކަމަށް، 1267ހ(1851މ)ގާ، އަލްގާޒީ ސިރާޖުއްދީނު ބަންޑާރަނައިބުގެ ދަރި އައްނައިބު އަހުމަދު ލިޔެފާވާ ފަތުން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - Satharu Koshi (3rd Housing Plot) (Housing Plot) - Deed for housing plot (Th.Elaa)
ދިވެހިރާއްޖޭގެ މީހުންގެ ހިސާބު ބަލާ ކަރުދާސް = (1931)'{1349ހ}،މަތީގާ ލިޔެ، 17 ފަތި(ކޮލަމް)، 12 ސަފު(ރޯ)ގެ، ބޯހިމެނުމަށް ބޭނުންކުރަން ފަރުމާކޮށްފާވާ، (ހުސް) ފޯމެއް.
Census form (Size: 29.1" X 11.25")
ދިވެހިރާއްޖޭގެ މީހުންގެ ހިސާބު ބަލާ ކަރުދާސް (1921)'{1339ހ}،މަތީގާ ލިޔެ، 23 ފަތި(ކޮލަމް)، 17 ސަފު(ރޯ)ގެ، ބޯހިމެނުމަށް ބޭނުންކުރަން ފަރުމާކޮށްފާވާ، (ހުސް) ފޯމެއް.
މީގެ 25 ފޯމު އެބައޮތް.
Census form (Size: 30" X 13.15)
ދިވެހިރާއްޖޭގެ ނިޝާން މަތީގާ ޖަހާ، 'ދިވެހި ރާއްޖޭގެ ކީރިތި މަހާރަ ރަދުންގެ ކިބައިން،، ރާއްޖޭގެ އެކި ކަންކޮޅުގެ މީހުންނަށް މަގާމް ދިން ކަމުގާ، އަތޮޅާ، ރަށާ، މީހާގެ ނަމާ އަދި މަގާމް ލިޔެ، ފުރާލުމަށާ، އަދ އެމީހުންނަށް އޮތް އިގްރާރެއް ލިޔެ، އައްސުލްތާނު މުހައްމަދު ފަރީދުދީދީގެ ނަން، ސޮއިވެރިއަކަށް ޖަހާ، ....137ހ، ތާރީހު ޖަހާ ފުރަން އޮތް ބައިގާ، ލިޔެ، ޗާޕްކޮށްފާވާ، (ބޭނުންނުކޮށް އޮތް، ހުސް) ކަރުދާހެއް.
މީގެ 25 ފޯމު އެބައޮތް.
Announcement letter on the appointment of a new government official (Size: 8.25" X 6.4")
މަތީގާ، 'ޑިއުޓީފްރީފޯމް' ޖަހާފާވާ، ދައުލަތުން، ރާއްޖެއަށް، ތަކެތި ގެނައުމަށް ބޭނުންކުރުމަށްޓަކާ، ޗާޕްކޮށްފާވާ، ފޯމުގެ (ހުސް) ފޯމެއް.
މީގެ 19 ފޯމު އެބައޮތް.
Duty free import declaration form used for declaration of duty free goods imported into the Maldives (Size: 8.25" X 6.4")
އެއްފުށުގެ މަތީގާ، 'ހާއްސަ އިނާޔަތެއްގާ ކަރައަށް ތަކެތި ފޮނުވާ ޑިކްލަރޭޝަން ފޯމް' ޖަހާ، އެކިބައި ފުރާލުމަށް ފަރުމާކޮށް، އަދި އަނެއްފަރާތުގާ، 'އެންގުން'، މަތީގާ ޖަހާ، ރާއްޖެއަށް، ތަކެތި އެތެރެކުރުމާއި ބޭރުކުރުމާއި ރީއެކްސްޕޯޓްކުރުމުގާ، އެކި ފަރާތްފަރާތުން، ޑިއުޓީ ނެގޭނެ ގޮތާއި މިންވަރު، އަދި އެހެން މައުލޫމާތު ލިޔެ، މާލޭ ކަސްޓަމްގެ ނަމުގާ ޗާޕްކޮށްފާވާ، (ހުސް) ފޯމެއް.
މީގެ 5 ފޯމު އެބައޮތް.
Export declaration form used by Maldives Customs (Size: 6.5" X 8.25")
މަތީގާ، 'ޑިއުޓީފްރީފޯމު' ޖަހާފާވާ، ދައުލަތުން، ރާއްޖެއަށް، ތަކެތި ގެނައުމަށް ބޭނުންކުރުމަށްޓަކާ، ޗާޕްކޮށްފާވާ، ފޯމުގެ (ހުސް) ފޯމެއް.
މީގެ 8 ފޯމު އެބައޮތް.
Duty free import declaration form used for declaration of duty free goods imported into the Maldives (Size: 12.95" X 8.3")
1333ހ ރަބީލްއާހިރު 19(1915މ މޭ 4)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބޮޑުކިބާ ބަނޑޭރި، ފާމުދޭރިގެ ހަސަން ކަލޭފާނު އާއި ވެޔޮދޮށު ގަނޑުވަރު ބަނޑޭރި ބޮޑު ހަސަން ކަލޭފާނު، ގަލޮޅު ގަނޑުވަރުގެ އިރުން މާވާ ގަނޑުވަރުގެ ހުޅަނގުން އޮތް ވިލިނގިލިވަރު މަލިން ގޯތި، ބަންޑާރައަށް ނަގާ، އޭގެ ބަދަލުގާ، ގަލޮޅު ބަބުރުންކޮށިން ދެއްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، 1303ހ(1886މ)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު، އެތާގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތަކުން، އެ ވިލިނގިލިވަރު މަލިން ގޯތީ އެއީ، މަލިން ތަކުރުފާނުގެ ބެހެނިވެރިންނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ސާބިތުވުމުން؛ ގަލޮޅު ބިހުރޯޒު މިސްކިތާއި އާގަނޑުވަރާ ދެމެދުން އިރަށް އޮތްމަގާ އިންވެ ދެކުނުން ދެބައިރަނީންގެ ގޮނޑުގެ އިރުން ގަލޮޅު ކޮލިހިނގާ މަގަށް ނުކުންނަން އޮތް ގޯޅިއާ އިންވެ އިރުން އޮތް އެގޯތި(ގ.މަލިންގޯތި/އަބދަށްހިޔާގެ) އެއީ، މުންނާރު ހާޖީގެ ފިރިހެން ދަރީގެ އުމަރު މަނިކު އާއި ހާޖީގެ ކަތްދާމަނިކެ އަދި މަރިޔަމް މަނިކެއާއި، އެތިން ބެއިންގެ މިލްކެއް ކަމާއި، އެތަނުގެ މިން ހިމަނާ، ވިލިނގިލިވަރު މަލިން ގޯތި ބަންޑާރަ ވީކަމުގާ ބަޔާންކޮށް، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.Real estate document for Galolhu Malingoathi (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
National Archives of Maldives1319ހ ސަފަރު 8(1901މ މޭ 27)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރުގެ ރަސްކަމުގެ ހަސަން ދީދި އަލްއައްޑުވީ ގެދަރި އަލީ ދީދީ އާއި ނައިބު އީސަލް މުލަކީ ގެދަރި ޝެއިހު މުހައްމަދު އާއި ދެމީހުންގެ ޟަރީއަތު މަޖިލީހުގާ، ވަޑި(ދަންވަރު؟) ހުސެއިންފުޅުގެ ދޮންމޫސާ ކަލޭފާނު، ކާޅުގުއިރޭމަގުގެ ދެކުނުން އޮތް ޖަހާބަކަރި އައިމިނާފުޅުގެ ގޯތި ކިޔާ ގޯތީގެ މިލްކުވެރިޔާ، ތުޅާދޫގެ މޫސާ މަނިކުގެ އަތުން އޭނާ އެގޯތި ގަނެފި ކަމުގާ ބުނެ، އެ އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، އެ ވިޔަފާރި ސައްހަކަމުގަ ނިޔާކުރަށްވާ، އެގޯތި(މއ.އަންޑާޕޫލްގެ) އެއީ، ވަޑި ހުސެއިންފުޅުގެ ދޮންމޫސާ ކަލޭފާނުއަށް މިލްކުވެއޮތް ތަނެއް ކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ، އެ މަޖިލީހުން، މޫސަލް މުލަކީގެ ދަރި އައްނައިބު މޫސާ ދީދީ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 2ވަނަ ގަނޑުގާ:
1968މ އޯގަސްޓް 19(1388ހ ޖުމާދިލްއައްވަލް 24)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މޫސާ ކަލޭފާނު ނިޔާވެގެން، އޭނާގެ ތަރިކަ ބަހާ، ހިބައިން ލިބިމުންނާއި އަދި ގަތުމުން، އެ ގޯތީ، އޭނާގެ ދަރި، އައިސާފުޅު އާއި، އެ އައިސާފުޅުގެ އަލިފުޅު އަދި އައިމިނާފުޅުއަށް މިލްކުވެފާވާ ކަމުގާ؛ މަތީގާ ބުނެފާވާ ފަތުގެ ނުފުށުގާ، އަބްދުއްލޯ ފަހުމީ ދީދީ ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. އަދި ހަމަ އެގަނޑުގާ:
1367 ރަމްލޯނު 14(1948މ ޖުލައި 21)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެ މަޖިލީހުގާ، ހޯޑެއްދޫ ހުސެއިން ދީދީގެ މުހައްމަދު ދީދީ އާއި އުމުރުގެ ޔޫސުފްފުޅު އާއި ދެމީހުން، އެ ގޯތި(މއ.އަންޑާޕޫލްގެ)ގެއިން، ދަންވަރު(ވަޑި؟) ދޮންމޫސާ ކަލޭފާނުގެ އައިސާފުޅުއަށްވީ ބައި، އެދެމީހުން ހެކިކޮށް، އޭނާގެ ދެދަރިން، އަލިފުޅު އަށާ އައިމިނާފުޅުއަށް، ހަމަހަމައަށް، ހިބައިންދީފި ކަމުގާ، އެދެ މީހުން ބުނުމުން؛ އެކަން ބަލާ، ސާބިތުކޮށް، މަތީގާވާ ފަތުގެ ނުފުށުގާ، އަބްދުއްލޯ ފަހުމީ ދީދީ ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
މަތީގާވާ ދެ ލިޔުން ލިޔެފާވާ ތާރީހު، އިސްފަސް ވެފާވާ ކަމުގާ ބެލެވޭ.
Real estate document for Machchangoalhi Andaapoolge (Size: 8.8" X 6.65")