Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F7-32 · Item · 1960
Part of Documents

1379ހ ޒުލްގައިދު 28(1960މ މޭ 24)ގާ، މަހަކްމަތުލް ޝަރީއްޔާ(ހ)އިން؛ 1379ހ ޒުލްގައިދު 15(1960މ މޭ 11)ގާ، މއ.އަދުންކޮށީގޯތީގެ މިން ހަމޖެއްސުމަށް، އަދުން ހަސަން މަނިކު ހުށަހެޅި މައްސަލަ ބަށްލަވާ، އެގޯއްޗަކީ، އަމިއްލަ ގޯއްޗެއް ކަމާ، އެތަނުގެ އިމާއި މިން އިނގެންނެތުމުން، އެކަން ދެނެހުރި ދުވަސްވީ މީހުންކުރެއަހާ އޮޅުންފިލުވާ، އެގޮތުގެމައްޗަށް، އެމައްސަލަ މުޅިން ނުނިމި އޮށްވާ، އެ މަހްކަމާގެ 'ގޮވަތިގޮވަތީގެ ފަތްފަތުގައި ހުންނަ ރިޔަންކޮޅު ނަގާފޮތް' ކިޔާ ފޮތް ވުޒާރަތުލް ދާހިލިއްޔާއިން ފެނި، އެފޮތުން، މައްޗަންގޯޅި ރެކީގޮވަތި(އަދުންކޮށީގެ)ގެ މިން އިނގި، އަދި ފަތުގެ ތިރީގާ، އެފަތަކީ، 1240ހ(1825މ)ގާ ލިޔެފާވާ، ސިއްކައެއް، ސިއްކަފުޅެއް، ސޮޔެއްނެތް، އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިއުއްވާފާވާ ކަމުގާ ބަޔާންކޮށްފާވާ ފަތެއްކަމުގާ، 1349ހ ރަޖަބް 29(1930މ ޑިސެންބަރު 20)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމެއް އޮތްކަމާ، އަދި އެހެން އެއްވެސް ގޮތަކުން، އެވަރަށްވެސް އެގޯތީގެ މިން، އިނގެން ނެތުމުން، އަދުންކޮށީގޯތީގެ މިންތަކަކީ، އެ ފޮތުގާވާ ލިއުމުގާ، އޮތް މިންތައް ކަމުގާ ނިޔާކޮށް، އެމިންތައް ހިމަނާ، މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރު ސޮއިކޮށްފާވާ ލިޔުމެއްގެ، 1381ހ ޝައުބާން 4(1962މ ޖަނަވަރީ 11)ގާ، އެ މަހްކަމާއިން އަލީ އަހުމަދު ކޮށްފާވާ ނަކަލެއް. Real estate document for Machchangoalhi Adhunkosheege (Size: 8.8" X 6.65")

National Archives of Maldives
NAM DOC-MN-F7-31 · Item · 1794
Part of Documents

1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15 ވަނަ އަހަރު، މާލޭގާވާ އަމިއްލަ ގޯއްޗާއި ބަންޑާރަ ގޯތި ވަކިކުރެއްވުމަށް އަންގަވާ، އެކަން ކުރުމަށް ނެންގެވި ކޮމިޓީއަށް، އެތެރެބަނޑަހަލު ބަނޑޭރި، ކިނޮޅަހު އަލީ މޭނާ ހާޒިރުކުރައްވާ، ގައްދޫ ގޯއްޗާ ބެހޭގޮތުން ސުވާލުކުރެއްވުމުން، އެގޯއްޗަކީ ކުޑަހުވަދޫ ކުޑަ މަރިޔަމްފާނުގެ މިލްކު ގޯއްޗެއްކަމާއި، އެ މަރިޔަމްފާނުގެ އައިމިނާފާނުގެ މަރިޔާފާނު އާއި، އެ އަލީ މޭނާގެ އެއްބަފާ ކިނޮޅަހު ކާސިމް ފަޑިއަތް އިނދެގެން ހުއްޓާ، އެފާނު ނިޔާވުމުން، އޭނާއަށް، އެގޯތިން 2/1 ލިބިފާވަނިކޮށް، އޭނާ ނިޔާވުމުން، އަލީ މޭނާއަށް މިގޯތި މިލްކުވެފާވާ ކަމުގާ، އެ އަލީ ދައުވާކުރުމުން، އެކަން ބަށްލަވާ، އެއިރުގެ މީހުނުން، އެކަން އެގޮތަށް ސާބިތުވުމުން؛ އެތެރެބަނޑަހަލު ބަޑޭރި ކިނޮޅަހު އަލީ މޭނާ އަށް މއ.ގައްދޫގެ މިލްކުވެފާވާ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ:
1970މ ޖޫނު 1(1390ހ ރަބީލްއައްވަލް 26)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މަތީގާ ބުނެވިފާވާ ގޯއްޗަކީ ވަލުގަނޑުވަރު އިސްމާއީލް ދީދީ މެންގެ ގައްދޫ ގޯއްޗެވެ ކިޔޭ ގޯއްޗެއްކަމާއި، މާލޭގެ މަގުތައް ހެއްދެވުމުގެތެރޭގާ، އެތަން ނެތިގޮސްފާވާ ކަމުގާ، އެމަހްކަމާގާ، ޒަކަރިއްޔާ ހަސަން ކަލޭފާނު އާއި ނައިބުގޭ ހުސެއިންފުޅު ހެކިބަސް ދިނުމުން، އެކަމުގެ މައްޗަށް؛ އަބްދުލޯ ފަހުމީ ދީދީ ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ:
1970މ ޖޫނު 1(1390ހ ރަބީލްއައްވަލު 26)ގާ، މަހްކަމަތުލް ޝަރީއާއިން؛ މަތީގާ ބުނެވިފާވާ ގޯއްޗަކީ ވަލުގަނޑުވަރު އިސްމާއީލް ދީދީ މެންގެ ގައްދޫ ގޯއްޗެވެ ކިޔޭ ގޯއްޗެއްކަމާއި، މާލޭގެ މަގުތައް ހެއްދެވުމުގެތެރޭގާ، އެތަން ނެތިގޮސްފާވާ ކަމުގާ، އެމަހްކަމާގާ، ޒަކަރިއްޔާ ހަސަން ކަލޭފާނު އާއި ނައިބުގޭ ހުސެއިންފުޅު ހެކިބަސް ދިނުމުން، އެކަމުގެ މައްޗަށް؛ އަބްދުލޯ ފަހުމީ ދީދީ ސޮއިކޮށްފާވާ ލިއުމެއްގެ ނަކަލެއް.
Real estate document for Machchangoalhi Gadhdhooge (Size: 8.8" X 6.65")

National Archives of Maldives
NAM DOC-MN-F7-30 · Item · 1928, 1934
Part of Documents

1346ހ ޒުލްގައިދު 4(1928މ އޭޕްރިލް 25)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އަހުމަދު ފުޅުގެ ދަރި އީސާފުޅު، މައްޗަންގޯޅި ނިކަގަސްމަގު އިރުން އޮތް، ވެލިދޫގޭ އަލީ ދީދީގެ ގޯތި، -/260ރުފިއާއަށް، އޭނާ ގަނެފި ކަމުގާ ބުނެ، އެތަނުގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ފިރުބައިދޫ ދަލޭކާބީއަށް މިލްކުވެފާވާ ތަނެއްކަމުގާ ސާބިތުވެ، އެތަނުގެ 2/1، ދޮންމަނިކުފާނުގެ ތުއްތުދީދީ އާއި ދޮންދީދީ އަށް، އަދި އަނެއްބައި، އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި އަލްހަތީބު ހުސެއިންއަށް މިލްކުވެ،(F7-2)، އެޔަށްފަހު، އެބައި، ވެލިދޫގޭ އަލީ ދީދީ އަށް މިލްކުވެފާވާ ކަމުގާ ސާބިތުވެ، އަދި ވެލިދޫގޭ އަލީ ދީދީ، އީސާފުޅުއަށް އެތަން ވިއްކައިފި ކަމުގާ އިގުރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކޮށް، އެގޯތި އެ އީސާފުޅުއަށް މިލްކުވެއްޖެ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މި ސަފްހާގެ ތިރީގާ:
1353ހ ރަބީލްއައްވަލް 25(1934މ ޖުލައި 7)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އީސާފުޅުގެ ދޮންތުއްތު އާއި ދުންބުރުވާ ކުޑަމަނިކު ހާޒިރުވެތިބެ، މަތީގާ ބުނެވިފާވާ ގޯތިން، އޭނާއަށްވީ ދެބައި، -/100ރުފިއާއަށް، ދުންބުރުވާ ކުޑަމަނިކުއަށް ވިއްކައިފި ކަމުގާ، ދޮންތުއްތު ބުނެ، އެކަމުގެ މައްޗަށް، އެކުޑަމަނިކަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރި ސައްހަކަމުގާ ނިޔާކޮށް، އެ މަޖިލީހުން ލިޔެފާވާ ލިއުމުގެ ނަކަލެއް.
Real estate document for Machchangoalhi Dhunbururvaa Kudamaniku goathi (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

National Archives of Maldives
NAM DOC-MN-F7-29 · Item · 1936
Part of Documents

1354ހ ޒުލްހައްޖު 3(1936މ ފެބްރުވަރީ 26)ގާ، މަހްކަމަތުލް ޝަރީޔާއިގެ، އަލްގާޒީ ހުސެއިން އަފީފުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އީސާފުޅު މަރުވިއިރު އިނދެގެން ހުރި، ކުޅުދުއްފުށީ މާވަޑި ހުސެއިންގެ ފާތުމާފުޅު، އޭނާއާއި އީސާފުޅުއަށް ލިބުނު ދަރި މަރިޔަމްފުޅު އަދި އީސާފުޅުގެ ތުއްތުކަނބުލޮ، އެތިންމީހުން ހާޒިރުވެ ތިބެ، އީސާފުޅުގެ ތަރިކަ މުދަލުގެ ތެރެއިން، މައްޗަންގޯޅި ނިކަގަސްމާގާ އިންވެ އިރުންއޮތް ގޯތީގެ އެންމެ ދެކުނުން އޭނާއަށް ލިބުނު ތަން، އޭނަގެ ދަރި މަރިޔަމްފުޅަށް ހިބައިން ދީފިން ކަމުގާ، ފާތުމާފުޅު ބުނެ، އަދި އެތަނުން، ތުއްތުކަނބުލޮއަށް ވެފާވާތަން، -/60ރުފިއާއަށް، މަރިޔަމް ފުޅަށް ވިއްކައިފި ކަމުގާ ތުއްތުކަނބުލޮ ބުނެ، އެދެތެނާ، އަދި އެ މަރިޔަމްފުޅަށް ލިބުނު ތަނާ، ތިންބައި އެކު، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެ މަރިޔަމްފުޅު އެދުމުން؛ 1346ހ(1928މ)ގާ، އައްނއިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ، އެގޯތީގެ އިމާއި މިން ހިމަނާއޮތް ފަތަކުން، އެތަން އެއީ މިރުސް އަހުމަދުފުޅުގެ އީސާފުޅުގެ މިލްކެއް ކަމުގާ ސާބިތުވުމުން، އެ މުއާމަލާތުތައް ސައްހަކަމުގާ ނިޔާކުރަށްވާ، މައްޗަންގޯޅި ނިކަގަސްމަގާ އެތަނުގެ ހުޅަނގު ބިތް އިންވެ، އުތުރުބިތް، އެގޯތިން މިރުސް އީސާފުޅުގެ ދޮންތުއްތުގެ ބަޔާ އިންވެ އޮތް ގޯތި(މއ.ފިޔަޖަހާގެ ގޯތި)އެއީ، މިރުސް އީސާފުޅުގެ މަރިޔަމްފުޅުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަލްގާޒީ ސައީދު ލިއެފާވާ ފަތުގެ ނަކަލެއް.Real estate document for Machchangoalhi Fiyajahaagoathi, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Afeefuddin

National Archives of Maldives
NAM DOC-MN-F7-28 · Item · 1960
Part of Documents

1379ހ ރަޖަބް 25(1960މ ޖަނަވަރީ 24)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1370ހ ޖުމާލިލްއާހިރު 25(1951މ އޭޕްރިލް 2)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ފަތަކުން، ބަޑިކޮށީ އެދުރުމަނިކު އަތުން، ތުއްތުމަންޖެ ޅަސޮރު ގަނެ، އޭނާއަށް މިލްކުވެފާވާ ކަމުގާ، ސާބިތުވާ، މައްޗަންގޯޅި ކޮތަރިވިލާގެ ކިޔާ ގޯތި، އޭނާގެ ބެހެނިވެރިން ކަމުގާވާ ދޮންކޮއްކޮ ހާޖީ، ދޮންއައިމިނާފުޅު، ތުއްތު، މުހައްމަދުފުޅު، ވޮއްކޮޅު ދޮންކަމަނަ، ހޮޅިކޮށީ ދޮންމަނިކު، ހޮޅިކޮށީ ތުއްތުމަނިކެ، ޅަސޮރުގެ ދޮންމަނިކެ، އަދި އޭނާ ނިޔާވިއިރު އިނދެގެން ހުރި ހޮޅީކޮށީ ދޮންމަނިކެއަށް މިލްކުވެފާވި ގޯއްޗެއް ކަމާއި، އަދި އެއަށްފަހު، އެބެހެނިވެރިންގެ އިއްތިފާގުން، އެގޯތި، ތުއްތު، މުހައްމަދުފުޅު، ހޮޅިކޮށީ ދޮންމަނިކު އަދި ވޮއްކޮޅު ދޮންކަމަނައަށް ހިބައިންދީ، އޭރު އެތަން މިލްކުވެފާވަނީ އެހަތަރު މީހުންނަށް ކަމުގާ ޝަރީއަތަށް ސާބިތުވެފާވާ ކަމާއި، އެތަނުގެ 4/1 ކަމުގާވާ، މއ.ފޮނިލުނބޯގެ(F5-4ބަލާ) އެއީ، ވޮއްކޮޅު ދޮންކަމަނައަށް ވީބައި ކަމާއި، ދެންއޮތް 4/3އިން، 4/1 އެއީ، ހޮޅިކޮށީ ދޮންމަނިކުއަށް ވެ، އޭނާ، ތުއްތުއަށް ވިއްކާފާވާ ބައެއްކަމާ، ދެން އޮތް 4/1އެއީ، އެ ތުއްތުއަށް ވީބައި ކަމާއި، ދެން އޮތް 4/1އަކީ އޭނާގެ ދަރި މުހައްމަދުފުޅުއަށް ވެފާވާ ބައިކަމުގަޔާ، އަދި ޅަސޮރު ތުއްތުއަށް، އެގޯތިން، ވެފާވާ ހުރިހާ ތަނެއް، އޭނަގެ ދަރި މުހައްމަދުފުޅުއަށް، ހިބައިންދީ އޭނާއަށް އެގޯތީގެ 4/3މިލްކުވެފާވާ ކަމުގާ، 1379 ޖުމާދިލްއާހިރު 16(1959މ ޑިސެންބަރު 17)ގާ، މަހްކަމަތުލް ޝަރީޔާއިން، ދާހިލިއްޔާއަށް، ފޮނުވާފާވާ، ށ.3،59/116ނަނަބްރު ސިޓީއިން ސާބިތުވުމުން؛ މައްޗަންގޯޅި ކުރިކީލަމަގާ އިންވެ އުތުރުން ފޮނިލުނބޯގެއާ އިންވެ އިރުން، ބިލެއްތަޅާގެއާ އިންވެ ހުޅަނގުން އޮތް، މއ.ކޮތަރިވިލާގެ އެއީ، ތުއްތުމަންޖެ ޅަސޮރުގެ ތުއްތުގެ މުހައްމަދުފުޅުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިއެފާވާ ފަތެއްގެ ނަކަލެއް.Real estate document for Machchangoalhi Kotharivilaage, written in Thaana, stating ownership of the land (Size: 8.8" X 6.65")

National Archives of Maldives
NAM DOC-MN-F7-27 · Item · 1962
Part of Documents

1962ހ މާރޗް 4(1381ހ ރަމްލޯނު 27)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެމަހްކަމާއަށް ހުށަހެޅި މުދަލުގެ މައްސަލައެއް ބެލުމުގާ، ނައިބުތުއްތުގެ ކަޅުތުއްތު، އޭނާގެ ދަރި އައިސާމަނިކެ 1381ހ ޝައުބާން 21(1962މ ޖަނަވަރީ 28)ގާ ނިޔާވެއްޖެ ކަމުގަޔާ އަދި އޭނާގެ ފިރިއެއް ދަރިއެއް ނެތް ކަމާއި، ހުރި ވަރިސަކީ، ހަމައެކަނި އޭނާ ކަމުގާ ބުނެ، ފަށަވާޅު ކުޑަދޮންތުއްތު، އެ އައިސާ މަނިކެއަށް ދީ އޭނާއަށް މިލްކުވެފާވާ، މ.ފިޔާތޮށިގެ، ކަޅުތުއްތު އަށް ލެއްވުމަށް އޭނާ އެދުމުން، އައިސާ މަނިކެގެ މަރު ސާބިތުކޮށް، އެގޯތި އިހު ފަތުންނާއި، ޝަރީޔާއިން ލިއެފާވާ ލިއުމަކުން، 1366ހ ރަބީލްއައްވަލް 21(1947މ ފެބްރުވަރީ 13)ގާ ކުޑަދޮންތުއްތުގެ، އެގޯއްޗާ އެތާގާވީ ގެއާއި، އަދި އޭނާގެ ހުރިއްޔާ ހުރި މުދަލެއް، އެ އައިސާ މަނިކެއަށް ދީފާވާކަން ސާބިތުވެ، އަދި އުއްސަކުރު ހާޖީ އާއި ކަރުކެހޭ ހުސެއިންފުޅުގެ ހެކިބަހުން، އެކަޅުތުއްތު ނޫން، އޭނާގެ އެހެން ވާރިސެއް ނެތްކަމުގާ ސާބިތުވުމުން؛ މ.ފިޔާތޮށިގެ ކިޔާ ގޯއްޗާ، އެތާގާވާ ގެއާ، އަދި އެ އައިސާ މަނިކެގެ ހުރިހާ މުދަލެއް އެ ނައިބުތުއްތުގެ ކަޅުތުއްތުއަށް މިލްކުވެއްޖެ ކަމުގާ ނިޔާކުރަށްވާ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.Real estate document for Maafannu Fiyaathoshige, written in Thaana, stating ownership of the land (Size: 8.8" X 6.65")

National Archives of Maldives
NAM DOC-MN-F7-26 · Item · 1947, 1960
Part of Documents

1366ހ ރަބީލްއައްވަލް 29(1947މ މޭ 21)ގާ، މަހްކަމަތުލް ޝަރީޔާއިން، މާދޫގެ އަހުމަދު ކަލޭފާނުގެ ތަރިކައިން، އޭނާގެ ދަރި ތުއްތުދީދީއަށް މިލްކުވެފާވާ ހެންވޭރު ގައްޑާމީ ގޯއްޗާއި، އެތާގާ ހުރި ގެ، ދައުލަތަށް ބޭނުންވެ، އެގޯތީގެ ބަދަލުގާ، މާފަންނުން ގޯއްޗެއް ދެއްވުމަށް އޭނާ އެދުމުން، މާފާންނު އަނދިރިއަނދިރި މަގުގާ އޮތް ބަންޑާރަ، ހަނިމާ ގޯއްޗާއި އަދި އެހެން ދެގޯއްޗަކުން، އެގައްޑާމީ ގޯތީގާ އޮތްވަރަށް މިން ހަމަކޮށް، ދެތަން ބަދަލުކޮށް ލާޖައްސާ، އެތާގާހުރި ގެއަށް ދައުލަތުން އަގުދެއްވާ، އެގައްޑާމީ ގޯތި ބަންޑާރަވެ، އަދި މާފަންނު އަނދިރިއަނދިރި މަގާ އިންވެ އިރުން، މާފަންނު ކަންމަތީގޭ އުތުރުން ހިނގާން އޮތް މަގުގެ ފުރަތަމައަށް އޮތް ގޯތި(މ.ދިލްބަހާރު ގޯތި) އެއީ، މާދޫގެ އަހުމަދު ކަލޭފާނުގެ ތުއްތުދީދީ ގެ މިލްކެއްކަމުގަޔާ، އަދި އެ ގައްޑާމީ ގޯތީގެ އިރުން އޮތް ގައްޑާމީ ދަރިކޮޅަށް އޮތް ވަގުފް ތަން އެއީ، އަހުމަދު ކަލޭފާނު -/150ރުފިއާ ދައްކާ، އޭނައަށް ހަވާލުވެރިކަން ލިބިފާވާ ތަނެއް ކަމާއި، އަދި އޭނާގެ ތަރިކަ ބެހުމުގާ، ތުއްތުދީދީ، އެފައިސާ، އެތާގެ އެހެން ބެހެނިވެރިންނަށް ދައްކާ، އެތަނުގެ ހަވާލުވެރިއަކީ، އެ ތުއްތުދީދީ ކަމުގަޔާ، އެގޯތި އޮންނަން ވީވަރަށްވުރެ 90އަކަ އަނގޫ ކުޑަވެފާވާނެ ކަމާއި، މި އެންމެހާ ކަންތައްތައް ބަޔާންކޮށް، އެ އަމިއްލ ގޯއްޗާ އަދި ވަގުފްގޯތީގެ އިމާއި މިން ހިމަނާ، އެމަހްކަމާއިން ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 3ވަނަ ގަނޑުގާ:
1380 ރަބީލްއައްވަލް 29(1960 ސެޕްޓެންބަރު 21)ގާ، ޝަރީއަތުގެ މަޖިލީހުން؛ މ.ދިލްބަހާރު ގޯތި، މާދޫގޭ އަހުމަދު ކަލޭފާނުގެ ތުއްތުދީދީގެ ތިން ދަރިން، ދޮންމަނިކު، އަބްދުލް މައްނާނު އަދި ޖަމީލާއަށް، ހަމަހަމައަށް، އޭނާ ހިބައިން ދީ، އެމީހުންނަށް އެތަން މިލްކުވެފާވާ ކަމުގާ، މަހްކަމަތުލް ޝަރީޔާގެ 60/132ނަންބަރު ގަޒިއްޔާއިން ސާބިތުވެފާވާކަމުގާ؛ އައްޝެއިހު މުހައްމަދު ޖަމީލް ދީދީ ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Maafannu Dhilbahaarugoathi and Henveiru Gaddaamee, written in Thaana, stating ownership of the land (Size: 8.8" X 6.65")

National Archives of Maldives
NAM DOC-MN-F7-25 · Item · 1921
Part of Documents

1339ހ ޒުލްގައިދު 4(1921މ ޖުލައި 10)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތުގެ މަޖިލީހުގާ، ލިޔާކޮއިގެ ކަޅުތުއްތު އާއި މަންދޫއެދުރުގޭ ހުސެއިން މަނިކުއާއި ހާޒިރުވެތިބެ، އޭނާގެ ބައްޕަ ލިޔާކޮއިއަށް މިލްކުވެފާވާ، ގަލޮޅު މައިމަގު ދެކުނުންއޮތް ގޯތި އޭނާގެ އެއްބަފާ އެހެންކުދިންގެ ރުހުމާއިއެކު، އަތިރީގޭ އަބްދުލް މަޖީދު ދީދީއަށް ދީފާ، އެދީދީގެ ފަނޑިޔާރު މިސްކިތްދޮށު ގޯތިން އެބޮޑުމިން އެމީހުން ހިފައިފިކަމުގާޔާ، އަދި އެ ދެގޯތި ލާޖައްސަން ބޭނުންވާކަމުގާ، އެ ކަޅުތުއްތު ބުނުމުން؛ އެތަންތަނުގެ އިހުފަތް ބަށްލަވާ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، އެގޯތީގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތަކުން، އެ ގޯތި އެއީ، ތުޅާދޫ އިސްމާއީލްގެ މިލްކެއް ކަމުގާ ސާބިތުވުމުން، އޭރު އެގޯތި ލިޔާކޮއިއަށް މިލްކުވެފާވާ ކަމުގާ ސާބިތުކޮށް، އަދި، 1339ހ ރަޖަބް(1921މ މާޗް)ގާ، ހަމަ އެ ޝަރީއަތު މަޖިލީހުން، އެތާގެ އިމާއި މިން ބަޔާންކޮށް ލިޔެފާވާ ފަތަކުން، ފަނޑިޔާރު މިސްކިތްދޮށުވާ ގޯތި އެއީ، ދެކުނުގޭ އަހުމަދު މަނިކުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި އޭނާ، އަބްދުލް މަޖީދު ދީދީއަށް އެތަން ވިއްކި ކަމުގާ ސާބިތުކޮށް، އެ ދެތަން ލާޖެއްސުން، ސައްހަކަމުގާ ނިޔާކޮށް، އެލިޔާކޮއިގެ ގޯތީގެ ބޮޑުމިނަށް، ފަނޑިޔާރުމިސްކިތްދޮށު ގޯތިން ތަންނަގާ، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުން އޮތް މަގާ އިންވެ، ދެކުނުން ބޮނޑިބަތްގޭ ކުޑަތުއްތު އެގޭ ކުޑަކޮއްކޮއަށް ވިއްކި ގޯތީގެ ހުޅަނގުން އޮތް ގޯތި(މ.މެޑެލްމާގެ) އެއީ، ލިޔާކޮއިއަށް މިލްކުވެފާވާ ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި 1351ހ ސަފަރު 22(1932މ ޖޫނު 27)ގާ، ޝަރީއަތުގެ މަޖިލީހުން؛ މ.މެޑެލްމާގެއިން ލިޔާކޮއިގެ ތުއްތުއަށް ވީތަނުގެ ބަދަލުގާ، ގަލޮޅުގާ އޮތް ލިޔާކޮއިގެ ގޯއްޗަކުން، އޭނަގެ އެހެން ދަރިންގެ ރުހުމުގާ، އެމިނަށް ތަން ދީ، ދެންއޮތް ބަޔަށް، ތުއްތު އަގުދީ، މ.މެޑެލްމާގެ، ލިއާކޮއިގެ، ތުއްތު ނޫން، އެހެން ދަރިންނަށް މިލްކުވެއްޖެ ކަމުގާ؛ އެފަތުގާވާ ލިއުމުގެ ބޭރުގާވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Maafannu Medelmaage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

National Archives of Maldives
NAM DOC-MN-F7-24A · Item · 1953
Part of Documents

1372ހ ޒުލްގައިދު 4(1953މ ޖުލައި 15)ގާ، މަހްކަމަތުލް ޝަރީޔާގާ، އަލީ ތައްހާނު ދޮންތުއްތު، މާފަންނު އޯކިޑްމަގާ އުތުރުބިތް އިންވެގެން އޮތް އޭނާގެ ގޯތި(މ.އަސްރަފީގެ ގޯތި)ގެ މައްސަލަ ހަމަޖައްސަވައިދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ ކޮލިގޭ ހާޖީގެ ދޮންކަމަނަގެ ދޮންތުއްތު، ކުޑަތުއްތު އަދި ޖަމީލާއަށް މިލްކުވެފާވާ ގޯއްޗެއްކަމުގާ ސާބިތުވެ، އަދި އެތާގާވާ ގެއިން ކުޑަތުއްތުއަށް ވީތަން ދޮންތުއްތުއަށް މިލްކުވެފައިވާތީވެ، ގޯތިންވެސް އޭނާއަށް ވީތަން އެދޮންތުއްތުއަށް މިލްކުކުރުމަށް ދޮންތުއްތު އެދޭތީވެ، ގޯތި އަގުކޮށް، ވީ -/400ރުފިއާއިން، ކުޑަތުއްތުގެ ހިއްސާއަކަށްވީ، -/120ރުފިއާ، އޭނާއަށް ދަރަންޏެއްގޮތުގާ ދިނުމަށް، އެމަހްކަމާއަށް ގެނައުމަށް ދޮންތުއްތުއަށް އަމުރުކޮށް، ކުޑަތުއްތުއަށްވެފާވީ ތަނެއް ދޮންތުއްތު އަށް މިލްކުވެއްޖެކަމުގާ ނިޔާކޮށް، އެ މަހްކަމާއިން، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު އުއްތަމަ ފަޑިޔާރު މަނިކުފާނު، ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Maafannu Asrafeege (Size: 8.8" X 6.65")

National Archives of Maldives
NAM DOC-MN-F7-24 · Item · 1925
Part of Documents

1344ހ ޖުމާދިލްއައްވަލް 6(1925މ ނޮވެންބަރު 23)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަތިރީގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ ކާފަ، އަހުމަދު ދޮށިމޭނާކިލެގެފާނަށް މިލްކުވެގެންވާ މާފަންނު ކޮލިހިގާމަގުން ދެކުނުންއޮތް ހައިރުއްލޯ ގޯތިއޭ ކިޔާ ގޯތި، އެކާފަގެ، އެންމެހާ ބެހެނިވެރިން، އޭނާއަށް ހިބައިން ދީފި ކަމުގަޔާ، އަދި އެގޯއްޗާއި، ކޮލިގޭ ހާޖީގެ ދޮންކަމަނަގެ ވައްވެޔޮދޮށުގާ އޮތް ގޯއްޗާއި ބަދަލުކޮށް ދެގޯތި ލާޖައްސާ، އެ ވައްވެޔޮދޮށުގާ އޮތް ގޯތި، އޭނާއަށް މިލްކުވެފާވާ ކަމުގާ ބުނެ، އެކަންކަމުގެ މައްޗަށް، އެތަންތަނުގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1928މ)ގާ، މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެ ހައިރުއްލޯ ގޯތި އެއީ، އަހުމަދު ދޮށިމޭނާ ކިލެގެފާނުގެ މިލްކުތަނެއް ކަމުގާ ސާބިތުވެ، އަދި ބުޗާ މުހައްމަދު ތަންޑެހި ތައްހާނުއާއި، ބަނޑޭރި ދޮންހުސެއިންގެ ދޮންތުއްތުއާއި، އެ މަޖިލީހުގާ، އެތަނުގެ ބެހެނިވެރިން ކުރެ މާލޭގާ ތިބި މީހުންގެ ފަރާތުން، އެކަމަށް އިގުރާރުވެ، އަދި މާލޭގާ ނެތް މީހުން، ސިޓީއިން އެކަމަށް އިގުރާރުވުމުންނާއި، އަދި، 1340ހ(1922މ)ގާ، ހަމަ އެ މަޖިލީހުން، އެތާގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތަކުން، އެ ވައްވެޔޮދޮށުގާ އޮތް ގޯތި އެއީ، ކޮލިގޭ ދޮންކަމަނަގެ މިލްކެއް ކަމުގާ ސާބިތުވުމުން؛ އެ މުއާމަލާ ސައްހަކަމުގަ ނިޔާކޮށް، އެދެތަނުގެ މިން އަޅާ، ހައިރުއްލޯ ގޯތިން ބޮޑުވިތަން، އަބްދުލް މަޖީދު ދީދީ، ދޮންކަމަނައަށް ހިބައިން ދިންކަމާއި، މިއެންމެހާ ކަންކަން ބަޔާންކޮށް، އެދެގޯތީގެ އިމާއި މިންހިމަނާ، އައްނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް..
Real estate document for Maafannu Asrafeege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
K - Male' - M.Asrafee Goathi (Housing Plot), M.Hairuhloa Goathi (Housing Plot) - Private Property

National Archives of Maldives