Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F8-2 · Item · -
Part of Documents

އެއްފުށުގެ މަތީގާ، 'ހާއްސަ އިނާޔަތެއްގާ ކަރައަށް ތަކެތި ފޮނުވާ ޑިކްލަރޭޝަން ފޯމް' ޖަހާ، އެކިބައި ފުރާލުމަށް ފަރުމާކޮށް، އަދި އަނެއްފަރާތުގާ، 'އެންގުން'، މަތީގާ ޖަހާ، ރާއްޖެއަށް، ތަކެތި އެތެރެކުރުމާއި ބޭރުކުރުމާއި ރީއެކްސްޕޯޓްކުރުމުގާ، އެކި ފަރާތްފަރާތުން، ޑިއުޓީ ނެގޭނެ ގޮތާއި މިންވަރު، އަދި އެހެން މައުލޫމާތު ލިޔެ، މާލޭ ކަސްޓަމްގެ ނަމުގާ ޗާޕްކޮށްފާވާ، (ހުސް) ފޯމެއް.
މީގެ 5 ފޯމު އެބައޮތް.
Export declaration form used by Maldives Customs (Size: 6.5" X 8.25")

National Archives of Maldives
NAM DOC-MN-F8-3 · Item · -
Part of Documents

މަތީގާ، 'ޑިއުޓީފްރީފޯމް' ޖަހާފާވާ، ދައުލަތުން، ރާއްޖެއަށް، ތަކެތި ގެނައުމަށް ބޭނުންކުރުމަށްޓަކާ، ޗާޕްކޮށްފާވާ، ފޯމުގެ (ހުސް) ފޯމެއް.
މީގެ 19 ފޯމު އެބައޮތް.
Duty free import declaration form used for declaration of duty free goods imported into the Maldives (Size: 8.25" X 6.4")

National Archives of Maldives
NAM DOC-MN-F8-4 · Item · -
Part of Documents

ދިވެހިރާއްޖޭގެ ނިޝާން މަތީގާ ޖަހާ، 'ދިވެހި ރާއްޖޭގެ ކީރިތި މަހާރަ ރަދުންގެ ކިބައިން،، ރާއްޖޭގެ އެކި ކަންކޮޅުގެ މީހުންނަށް މަގާމް ދިން ކަމުގާ، އަތޮޅާ، ރަށާ، މީހާގެ ނަމާ އަދި މަގާމް ލިޔެ، ފުރާލުމަށާ، އަދ އެމީހުންނަށް އޮތް އިގްރާރެއް ލިޔެ، އައްސުލްތާނު މުހައްމަދު ފަރީދުދީދީގެ ނަން، ސޮއިވެރިއަކަށް ޖަހާ، ....137ހ، ތާރީހު ޖަހާ ފުރަން އޮތް ބައިގާ، ލިޔެ، ޗާޕްކޮށްފާވާ، (ބޭނުންނުކޮށް އޮތް، ހުސް) ކަރުދާހެއް.
މީގެ 25 ފޯމު އެބައޮތް.
Announcement letter on the appointment of a new government official (Size: 8.25" X 6.4")

National Archives of Maldives
NAM DOC-MN-F8-5 · Item · 1921
Part of Documents

ދިވެހިރާއްޖޭގެ މީހުންގެ ހިސާބު ބަލާ ކަރުދާސް (1921)'{1339ހ}،މަތީގާ ލިޔެ، 23 ފަތި(ކޮލަމް)، 17 ސަފު(ރޯ)ގެ، ބޯހިމެނުމަށް ބޭނުންކުރަން ފަރުމާކޮށްފާވާ، (ހުސް) ފޯމެއް.
މީގެ 25 ފޯމު އެބައޮތް.
Census form (Size: 30" X 13.15)

National Archives of Maldives
NAM DOC-MN-F8-6 · Item · 1931
Part of Documents

ދިވެހިރާއްޖޭގެ މީހުންގެ ހިސާބު ބަލާ ކަރުދާސް = (1931)'{1349ހ}،މަތީގާ ލިޔެ، 17 ފަތި(ކޮލަމް)، 12 ސަފު(ރޯ)ގެ، ބޯހިމެނުމަށް ބޭނުންކުރަން ފަރުމާކޮށްފާވާ، (ހުސް) ފޯމެއް.
Census form (Size: 29.1" X 11.25")

National Archives of Maldives
NAM DOC-MN-F9-1 · Item · 1953
Part of Documents

1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ނަރަވައި މާވަޑި ކަލޭފާނުގެ ދަރި އިބްރާހީމް މާވަޑި ކަލޭފާނު ގެ ދަރި އަލިމަނިކުގެ މިލްކު ގޯތި ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، އެ އަލިމަނިކުގެ ދެ އަންހެން ދަރިންނަށާއި، އެމީހުންގެ ދަރިކޮޅަށް ދީފާވާކަމަށް، 1267ހ(1851މ)ގާ، އަލްގާޒީ ސިރާޖުއްދީނު ބަންޑާރަނައިބުގެ ދަރި އައްނައިބު އަހުމަދު ލިޔެފާވާ ފަތުން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - Satharu Koshi (3rd Housing Plot) (Housing Plot) - Deed for housing plot (Th.Elaa)

National Archives of Maldives
NAM DOC-MN-F9-2 · Item · 1953
Part of Documents

1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ބަބުރު ފަޑިއްތަކުރުފާނުގެ ދަރި އައިޝާފާނުން ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، ދޮންރިނބުދޫ ހަސަން ތަކުރުގެ ދަރި އައިޝާފަނުގެ ދަރިކޮޅަށް ދީފާވާކަމަށް، 1338ހ ޖުމާދިލްއައްވަލް 28(1920މ ފެބްރުވަރީ 19)ގާ، މޫސަލް މަހައްލީ ބަންޑާރަނައިބު ގެ ދަރި އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއްޔަތު މަޖިލީހުން، ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 4ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - Roashanee Hotel (10th Housing Plot) (Housing Plot) - Deed for housing plot (Th.Elaa)

National Archives of Maldives
NAM DOC-MN-F9-3 · Item · 1953
Part of Documents

1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ގޮއިދޫ ކާސިންތަކުރުގެ ބިޔާދޫގޯތި، އޭނާގެ ދަރި މޫސާތަކުރު ވަގުފްކޮށް، އެ މޫސާތަކުރުގެ ދަރިކޮޅަށް އެތަނުގެ ހަވާލުވެރިކަން ދީފާވާކަމަށް، 1273ހ ސަފަރު 20(1856މ އޮކްޓޯބަރު 20)ގާ، އަލްގާޒީ ސިރާޖުއްދީނުގެ ދަރި އައްނައިބު އަހުމަދު ބަންޑާރަ ނައިބުގެ ޝަރީއްޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - G.Biyaadhoo Goathi (13th Housing Plot) - Deed for housing plot (Th.Elaa)

National Archives of Maldives
NAM DOC-MN-F9-4 · Item · 1956
Part of Documents

1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ތުނބުޅި ހަސަން ތަކުރުފާނުގެ ފީވަކު ގޯތީ ވަގުފްކޮށް، އެ ހަސަން ތަކުރުފާނުގެ 3 ފިރިހެންދަރިން، އެތަނުގެ ހަވާލުވެރިކަން، ފައިނު އަހުމަދު ފަށަވާޅުކަލޭފާނުއާއި އޭނާ ނެތިއްޖެނަމަ އޭނާގެ ދަރިކޮޅަށް ދީފާވާކަމަށް 1234ހ(1819މ)ގާ، އަލްގާޒީ ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއްޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - H.Dhoalhan'buge/Feevaku Goathi (20th Housing Plot) - Deed for housing plot (Th.Elaa)

National Archives of Maldives
NAM DOC-MN-F9-5 · Item · 1956
Part of Documents

1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ހެންވޭރު ވެލާނާގޭ ތެރޭގާ އޮތް، ވާދޫ ދަންޑެހެލުގެ ދަރިން ކުރެ ވަށްޓާލާ އިބްރާހީމް ކަލޭފަނު އިނދެގެން އުޅުނު ކެޔޮޅު ހުސެއިން ކަލޭފަނުގެ އަންހެން ދަރިޔަށް ވީތަން ނޫން ދެންއޮތްހާ ތަނެއްގެ، ބެހެނިވެރިން، ހުކުރު މިސްކިތު މަލިން މަނިކުފަނުގެ ދަރި އަލްވަޒީރު ހަސަން ޝާހު ބަންދަރުއަށް ވިއްކި ކަމުގާ، 1308ހ ރަބީލްއައްވަލް 21(1890މ ނޮވެންބަރު 4)ގާ، އަލީ ހުޝާމުއްދީނު ފަތް(F0-4) ލިޔެދެއްވާފާވާ، ވެޔޮދޮށު ގޯތިއޭ ކިޔާ ވަގުފް ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - H.Veyodhoshu Goathi (22nd Housing Plot) - Deed for housing plot (Th.Elaa)

National Archives of Maldives