Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F7-23A · Item · 1947
Part of Documents

1346ހ ރަބީލްއާހިރު 8(1947މ އޮކްޓޯބަރު 4)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތު އާއި އޭނާގެ ދޮންމައްމަ، މަރިޔަމް ދީދީ އާއި، އެބަނޑަށް އޭނާގެ ބައްޕައަށް ލިބިފާވާ ތިން އަންހެން ބޭންނާ ހާޒިރުވެ ތިބެ، އެ މޫސާ ކަލޭފާނުގެ ތަރިކަމުދާ ބަހައިގެން ދޮންތުއްތުއަށް ލިބިފާވާ އެންމެހާ ތަކެއްޗެއް، އޭނާގެ އެއްބަފާ، އެ، ތިން ބެއިންނަށް ހިބައިންދީފި ކަމުގާ، ދޮންތުއްތު ބުނެ، އަދި އެތަރިކައިން އެ ތިން ބޭންނާއި، އެމީހުންގެ މައްމައަށް، މާވެޔޮދޮށުގާ އޮތް ބިންކޮޅުން ލިބިފާވާ ތަން، ދޮންތުއްތުއަށް ހިބައިންދީފި ކަމުގާ، އެމީހުން ބުނުމުން، އެކަން ސައްހަ ކަމުގަޔާ، މޫސާ ކަލޭފާނުގެ ތަރިކަ މުދަލާ މެދު ދެން ދައުވާއެއް ނުވެވޭނެ ކަމުގާ ޝަރީއަތުން ނިޔާކޮށްފި ކަމުގާ، އެމަޖިލީހުން، މޫސާ މަލިން ކަލޭފާނު ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Boigasdhoshuge (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

National Archives of Maldives
NAM DOC-MN-F7-23 · Item · 1932
Part of Documents

1351ހ ޝައުބާން 5(1932މ ޑިސެންބަރު 3)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތު، އޭނާގެ ބައްޕަގެ ތަރިކަމުދާ ބަހައިގެން އޭނާއަށް މިލްކުވެފާވާ، މައްޗަންގޯޅި ހޮޅުދޫ ހާޖީގެ ގޯއްޗާއިންވެ އިރުން އޮތް ގޯތި، އޭނާގެ ރުހުމުގާ ބައިތުލްމާލަށް ނަގާ، އޭގެ ބަދަލުގާ، ބައިތުލްމާލުން އޭނާއަށް ދިން ގޯތީގެ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1929މ)ގާ، ހަމަ އެ ޝަރީއަތުގެ މަޖިލީހުން ލިޔެފާވާފަތަކުން އެގޯތީ އެއީ އެ ދޮންތުއްތުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި ބަދަލުގާ ބައިތުލްމާލުން ދިން ގޯތީގެ މިން ހަމަކޮށް؛ އެތަނުގެ ދެކުނުބިތް ހޮޅުދޫ ހާޖީގެ ގޯތީގެ ދެކުނުން އޮތް މަގާ އިންވެ، އިރުބިތް، އައްސައްޔިދު މުހައްމަދު ސައީދުއްލޯ ޒުހުރީ ހެންވޭރު ހަތީބު މަނިކުފާނުގެ ގޯއްޗާ އިންވެ އޮތް ގޯތި(މ؟.ހިރިކުއްޅަގެ ގޯތި)، އެއީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތުގެ މިލްކުވެއޮތް ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Maafannu Hirirkulhlhage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

National Archives of Maldives
NAM DOC-MN-F7-22 · Item · 1929
Part of Documents

1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ފަހާގޭ އަލީކަލޭފާނުގެ މުހައްމަދު މަނިކު، ގަލޮޅު ގިނިރާހިގެ އިރުން އޮތް، އޭނާގެ މައިފުށުގެ ކާފަ ދިގުކުޑަކޮއި މުދިންކަލޭފާނުގެ ގޯތީގެ ވާރިސުން މުހައްމަދު މަނިކަށް، -/130ރުފިއާއަށް، އެގޯތި ވިއްކައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1263ހ(1847މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ނެލު މޫސާފުޅުގެ އަލީ ކަލޭފާނަށް މިލްކުވެ އޮތްތަނެއްކަމާއި، އަދި އެތަނުގެ އިމާއި މިން ސާބިތުވެ، އެޔަށްފަހު އެ އލީ ކަލޭފާނުގެ ދަރި ތަކަންދޫ އާދަމް އަށް މިލްކުވެ، އަދި އޭނާ، ދިގުކުޑަކޮއި މުދިން ކަލޭފާނަށް ވިއްކާފާވާކަން ޝަރީއަތު މަޖިލީހަށް ސާބިތުވެގެން ވުމާއެކު، އޭނާގެ ވާރިސުން، އެތަން، މުހައްމަދު މަނިކުއަށް ވިއްކައިފި ކަމުގާ އިގުރާރުވުމުން، އެ މުއާމަލާތް ސައްހަކަމުގާ ނިޔާކުރަށްވާ، އެތަނުގެ މިން ހަމަކޮށް؛ ގަލޮޅު ކޮލިހިނގާ މަގާ، އެތަނުގެ އުތުރުބިތް އިންވެ، ހުޅަނގު ބިތް، ގަލޮޅު ގިނިރާހިގެއާ އިންވެ އޮތް، ގޯތި(ގ.ކަރަންކާގެހުރި ގޯތި)އެއީ، ފަހާގެ އަލީކަލޭފާނުގެ މުހައްމަދު މަނިކުއަށް މިލްކުވެއޮތް ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އައްނައިބު އަބްދުއްލޯ ކަމާލުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Galolhu Karankaage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

National Archives of Maldives
NAM DOC-MN-F7-21 · Item · 1956
Part of Documents

1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1329ހ ޖުމާދިލްއާހިރު 16(1911މ ޖޫނު 14)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން، ރިބުދޫ މުހައްމަދު ތަކުރުގެ ދަލޭކާފުޅުގެ އާދަމްފުޅުގެ ތަބައް ދޮންކޮއްކޮއަށް ފަތްލިޔެދީފާވާ، މައްޗަންގޯޅި ގުމްރީގޯޅިއާ އިންވެ އުތުރުން ތަބައްގެއާ އިންވެ އިރުން، މާބަޑޭރިގޭ ކުދިންނަށް މިލްކުވެއޮތް، އިހުގާ ރިބިދޫ ކޮށި، ކިޔާ ގޯތީގެ އުތުރުބިތުން 19ރިޔަން 14އަނގޫ އަދި ދެކުނު ބިތުން 17ރިޔަން 6އަނގޫގެ ބޮޑުމިނުގާ އޮތް ބައި، އެދަލޭކާފުޅުގެ ހަނދޭގިރި ތަކުރުފާނުއަށް މިލްކުވެއޮތް ކަމުގާ އެފަތުން ސާބިތުވާ ކަމާއި، އަދި އެހަނދޭގިރި ތަކުރފާނުގެ ދަރި އިބްރާހީމް މަނިކުގެ، މާބަނޑޭރި އަލިމަނިކު އަދި ހަސަން މަނިކުއަށް އެތަން ލިބިފާ ވަނިކޮށް، އެދެބެއިންނަށް އޮތް، ހެންވޭރު، އޭރު ވާނީގެ ކިއާގޯތިން، އަލީ މަނިކަށްވީ ބައި ހަސަން މަނިކުއަށް ދީ، އަދި މައްޗަންގޯޅި ގޯތިން ހަސަން މަނިކަށްވީ ބައި އަލިމަނިކުއަށް ދީ، އެދެބައިންގެ ހަޔާތުގާ އެކަން އެގޮތަށް ނިންމާފާވާ ކަމުގާ، އެދެބެންގެ ބެހެނިވެރިން އިގުރާރުވާ ކަމާއި، 1375 މުހައްރަމް 2(1955މ އޯގަސްޓް 20)ގާ، ދާހިލިއްޔާ އަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ، ހ-2/4ނަންބަރު ސިޓީއިން، އެތަން އެއީ، އެއަލިމަނިކުގެ ދަރިންގެ ތަނެއްކަމުގާ ސާބިތުވާ ކަމުގަޔާ؛ އަދި ގަލޮޅުގާ އޮތް، މަލިކު ދޮންނަ..؟ ގޯތި ކުޑައަލީ ތަކުރުއަށް މިލްކުވެފާވާ ކަމުގާ، މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ ގޯތީގެ 3/2ބައި، ލިބިފާވަނީ އެތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުއަށް ކަމާއި، އަނެއް 3/1 އެއީ، މާބަނޑޭރި ހަސަން މަނިކު އާއި އަލީ މަނިކާއި ދެމީހުންގެ މަންމަ، އެ އަލިތަކުރުގެ ދޮންމަނިކެގެ ތަނެއް ކަންވެސް އެފަތުން ނާއި އަދި، 1374ހ ޝައުބާން 20(1955މ އޭޕްރިލް 14)ގާ، ދާހިލިއްޔާއަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ ހ-2/53ނަންބަރު ސިޓީން ސާބިތުވެފާވާ ކަމާއި؛ އަދި ޝަރީޔަތް މެދުވެރިކޮށް، މަޑިފުށީ މުހައްމަދު މަނިކުއަށް އެގޯތިން ލިބިފާވާ 3/2 ބޮޑުމިން، މާބަނޑޭރިގޭ އަލިމަނިކުގެ ދަރިންނަށް މިލްކުވެފާވާ ބައި(މއ.ޗިޅިޔާގެ)އާއި ބަދަލުކޮށް، ޗިޅިޔާގެއިން އިތުރުވީ ބޮޑުމިނަށް، އޭނާ އަގުދައްކާފާވާ ކަމާއި، ގަލޮޅުގާ އެއޮތް ގޯތީގެ، 6/1ނޫން ހުރިހާ ބައެއް، އަލިމަނިކުގެ ދަރިން، މުހައްމަދު މަނިކު، އަހުމަދު ދީދީ އަދި އައިޝަތު ދީދީ އަށް މިލްކުވެފާވާ ކަމާއި، އެ 6/1 މިލްކުވެފާވަނީ، މާބަނޑޭރި ހަސަން މަނިކުގެ ދަރިންނަށާއި، އޭނާގެ އަނބި، ކަނޑި މޫސާގެ ނޫރުއްނަހާރުއަށް ކަމަށާއި، އަދި މއ.ޗިޅިޔާގެ އެއީ، މަލިކު އަލީ ތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ދާހިލިއްޔާއިން ލިޔެފާވާ ފަތުގެ ނަކަލެއް.

Real estate document for Machchangoalhi Chilhiyaage, written in Thaana, stating ownership of the land (Size: 8.8" X 6.65")

National Archives of Maldives
NAM DOC-MN-F7-20 · Item · 1937
Part of Documents

1356ހ ޖުމާދިލްއާހިރު 8(1937މ އޯގަސްޓް 15)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މަލިން މޫސާ ކަލޭފާނު ގޮސް، އޭނާގެ ބައްޕަ ކުޑަހަސަން ތަކުރުފާނުގެ ތަރިކަމުދާ ބަހައިގެން އޭނާއަށާއި އޭނާގެ ބޭބެ، މުހައްމަދުފުޅުއަށް ލިބިފާވާ، މައްޗަންގޯޅި ފާތިލަކޮށީގެ ދެކުނުން ހިނގަންއޮތް މަގާ އިންވެ އޮތް ގޯތިން، މުހައްމަދުފުޅުއަށް ލިބިފާވާ ބައިގެ ފަތް ނުލިޔެވި އޮށްވާ، އޭނާ ނިޔާވެއްޖެ ކަމުގާ ބުނެ، އެތަން އޭނަގެ ދަރިންގެ މައްޗަށް ލަށްވާ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1329ހ(1911މ)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތަކުން، އެތަން އެއީ ކުޑަހަސަން ތަކުރުފާނުގެ މިލްކެއް ކަމާއި، އަދި އެތަނުގެ އިމާއި މިން، ސާބިތުވެ، އަދި އެތަކުރުފާނުގެ ތަރިކަ ބަހާ، އެގޯތީގެ އިރުމަތީ، 2/1، އޭނާގެ މުހައްމަދުފުޅުއަށް މިލްކުވެފާވާކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވެފާވުމާއެކު؛ އެގޯތީގެ އިރުމަތީބައި(މއ.ކަށިމާގެ)، އެއީ މަލިން މުހައްމަދުފުޅުގެ ދަރިންގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްސައްޔިދު އިސްމާއީލް މަހްލީ ގެދަރި އައްސައްޔިދު އިބްރާހީމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Kashimaage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

National Archives of Maldives
NAM DOC-MN-F7-19 · Item · 1951
Part of Documents

1370ހ ޖުމާދިލްއާހިރު 25(1951މ އޭޕްރިލް 2)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ނިޔާކުރައްވާ މަޖިލީހުން؛ ސީވަލު ދޮންތުއްތު އާއި ކުޑަތުއްތު އާއި ދެބެންނަށް، މިލްކުވެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ ހުޅަނގުން ގުމްރީގޯޅިއާއި އިންވެ ދެކުނުން ގާފަރުގެއާ އިންވެ އިރުން އޮތް، ގޯތީން ދޮންތުއްތު އަށްވީ ބައި، އޭނާގެ ދަރި ޝަރީފާއަށް ހިބައިންދީފާވާކަން ސާބިތުވެ އޮތުމުންނާއި، އަދި ކުޑަތުއްތުގެ ބައި ދޮންތުއްތު، 50/111ރުފިއާއަށް ގަނެ، އޭނާ މިލްކުކުރުމަށް ފަހު، އޭނާގެ ދޮންދަރި އަހުމަދު ނަޒީރުއަށް ހިބައިންދީފި ކަމުގާ ސާބިތުވުމާއެކު؛ އެގޯތި(މއ.ގުމްރީގެ)، ސީވަލު ދޮންތުއްތުގެ ދަރި، ޝަރީފާއަށާއި، އަދި ދޮންދަރި، އަހުމަދު ނަޒީރުއަށް މިލްކުވެއްޖެކަމުގާ، އެތަނުގެ އިމާއި މިން ހިމަނާ، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Gumreege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Jalaluddin

National Archives of Maldives
NAM DOC-MN-F7-18 · Item · 1932
Part of Documents

1351ހ ޖުމާދިލްއާހިރު 5(1932މ އޮކްޓޯބަރު 6)ގާ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރު ޝަރީއަތު މަޖިލީހަށް، މަލިން މޫސާ ކަލޭފާނު ގޮސް، މައްޗަންގޯޅި ފައިތިލަކޮށީގެ ދެކުނުން އޮތް މަގާ އިންވެ ދެކުނުން އޮތް، އޭނާގެ މިލްކު ގޯތީގެ، އުތުރާއި ހުޅަނގުން އޮތް ދެ މަގު ސީދާ ކުރެއްވުމުން، މިން ތަފާތުވެފާ ވާތީވެ، އެގޯތީގެ މިން ހަމަކުރަށްވާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ، 1345ހ(1927މ)ގާ ލިއެފާވާ ފަތަކުން، އެގޯތި އެއީ އޭނާގެ މިލްކެއް ކަމާއި އަދި އެތަނުގެ އިމާއި މިން ސާބިތުވެ ހުރުމުން، އެބޮޑުމިނަށް ގޯތީގެ މިން ހަމަކުރަށްވާ، އެގޯތި(މއ.ގުލާބީގެ)އެއީ، ކޮއެލު މިސްކިތު މަލިން މޫސާ ކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Gulaabeege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

National Archives of Maldives
NAM DOC-MN-F7-17 · Item · 1948
Part of Documents

1367ހ ޝައުބާން 23(1948މ ޖުލައި 1)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ އަބްދުއްލޯ ފަހްމީ ދީދީގެ ޝަރީއަތު މަޖިލީހުން؛ މައްޗަންގޯޅި ޗާންދަނީ މަގާ އިންވެ ހުޅަނގުން ދިދިގޯޅިއާ އިންވެ ދެކުނުން އޮތް ލަންދޫ މޫސާ ކޮއިގެ އަހުމަދު މަނިކު އަތުން ކަޅުހުރާގޭ އައްސައްޔިދު އަލީ ބައްލަވައިގަތް، ބ.މ.އ ގޯއްޗާ އިންވެ ދެކުނުން އޮންނަ، މއ.ބޮޑުގަލުމާފަތްގެ، އެއީ، ތޮއްޑޫ މޫސާ މަނިކުގެ ސަންފާދީދީގެ އަލިމަނިކުގެ ދޮންދީދީގެ ގޯއްޗެއްކަމުގާ، 1348ހ ރަބީލްއައްވަލް 6(1929މ އޮކްޓޯބަރު 9)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއަތު މަޖިލީހުން ލިޔެދީފާވާ ފަތުން ސާބިތުވުމުން؛ އެކަން ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Bodugalumaafaiige, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Fahumee Didi

National Archives of Maldives
NAM DOC-MN-F7-16 · Item · 1945
Part of Documents

1364ހ(1945މ)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ފަހްމީ ދީދީގެ ޝަރީއަތު މަޖިލީހުން؛ 1248ހ މުހައްރަމް(1832މ ޖޫނު)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެފާވާ ފަތަކުން ނާއި، އަދި، 1249ހ(1833މ)ގާ ލިޔެފާވާ ފަތަކުން، ލަންދޫ މޫސާ ކޮއިގެ އަހުމަދު މަނިކުއަށް މިލްކުވެފައިވާކަމުގާ ސާބިތުވާ، މައްޗަންގޯޅި، މައިޒާންދޮށުން އުތުރަށް ހިނގަންއޮތް މަގާ އިންވެ ހުޅަނގުން، ރަންވިއްކާގޯޅިއާ އިންވެ ދެކުނުން އޮތް، މއ. ބޮޑުގަލުމާފަތްގެގެ އުތުރުން އޮތް ގޯތި، އެތަނުގެ ވެރިން، ކަޅުހުރާގޭ އަބްދުއްލޯގެ ދަރި އައްސައްޔިތު އަލީ(ތުއްތު ސީދީ)އަށް ވިއްކާ، އޭނާއަށް ލިބިއްޖެ ކަމުގާ ސާބިތުވެ، އެތަނުގެ މިން ހަމަކޮށް، އެގޯތި އެއީ ކަޅުހުރާގެ އައްސައްޔިދު އަލީ(ތުއްތުސީދީ)ގެ މިލްކެއްކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ ލިޔެފާވާ ފަތުގެ ނަކަލެއް.


Real estate document for Machchangoalhi B.M.A, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Fahumee Didi

National Archives of Maldives
NAM DOC-MN-F7-15 · Item · 1913
Part of Documents

1331ހ ޒުލގައިދު 15(1913މ އޮކްޓޯބަރު 16)ގާ، މަހްކަމަތުލް ޝަރީޔާއިން، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބުޅި ދޮށީގޮއްޔެ، އޭނާއަށް ތުރުކީކޮށީ އެދުރު މަނިކު ދީފާވާ، ނިކަގަސްމަގަށް އެރޭ މީހާގެ ކަނާއަތުގާ އޮތް ގޯތި،(މއ.ކެދިފަށުވިގޯތި)، ޒަކަރިއްޔާ ހުސެއިންފުޅުއަށް -/130ރުފިއާއަށް ވިއްކައިފި ކަމުގާ ބުނުމުން، އެކަން ބަށްލަވާ، އެތަނުގެ އިހުފަތުން އެގޯތި އެއީ، އެދުރު މަނިކުގެ މިލްކެއް ކަމުގާ ސާބިތުވެ، އަދި، އޭނާ އެތަން، ބުޅީ މަރިޔަމް ފުޅު(ދޮށީގޮއްޔެ؟)އަށް ހިބައިން ދީފާވާ ކަމުގާ ސާބިތުވުމުން، އެމުއާމަލާތް ސައްހަކަމުގާ ނިޔާކޮށް، އެގޯތި ޒަކަރިއްޔާ ހުސެއިންފުޅުއަށް މިލްކުވެއްޖެ ކަމުގަ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އެޝަރީއަތު މަޖިލީހުން، ނައިބު އަބްދުއްލޯ ލިޔެދީފާވަ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Ke'ndhifashuvigoathi, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

National Archives of Maldives