Affichage de 867 résultats

Description archivistique
865 résultats avec objets numériques Afficher les résultats avec des objets numériques
NAM DOC-MN-S3-17 · Pièce · 1935
Fait partie de Documents

1353ހ ޒުލްހައްޖު 26(1935މ ފެބްރުވަރީ 1)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު(ޝާނީ)ގެ ރަސްކަމުގެ 1ވަނަ އަހަރު، ކޮޅުމަޑުލު0ތ.) ދިޔަމިގިލި، އަބޫބަކުރު ގެދަރި ހަސަން މަނިކުއަށް ދިޔަމިގިލީގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for a deputy island chief (Size: 13.2" X 8.15")
N - Dhiyamigili - Shrine endowment letter

Sans titre
NAM DOC-MN-S3-27 · Pièce · 1933
Fait partie de Documents

1351ހ ޒުލްހައްޖު 7(1933މ އޭޕްރިލް 3)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 32ވަނަ އަހަރު، ހައްދުންމަތީ(ލ.) މާމެންދޫ، ދޮންމޫސާ ގެދަރި އަލީއަށް މާމެންދޫ ކުޑަކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
Letter of appointment for a deputy island chief (Size: 13.2" X 8.15")
L - Maamendhoo - Shrine endowment letter

Sans titre
NAM DOC-MN-S3-21 · Pièce · 1933
Fait partie de Documents

1352ހ ޝައުބާން 2(1933މ ނޮވެންބަރު 20)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 33ވަނަ އަހަރު، މާޅޮސްމަޑުލު އުތުރުބުރި(ރ.) އަލިފުށި، އައްސައްޔިދު މުހައްމަދު ގެދަރި އައްސައްޔިދު އަހުމަދުއަށް އަލިފުށީގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.15")
R - Alifushi - Shrine endowment letter

Sans titre
NAM DOC-MN-S3-6 · Pièce · 1939
Fait partie de Documents

1358ހ ޖުމާދިލްއާހިރު 22)1939މ އޯގަސްޓް 8)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު(ޝާނީ)ގެ ރަސްކަމުގެ 5ވަނަ އަހަރު، އައްޑުއަތޮޅު ހިތަދޫ، ދޮންރަހާ ގެދަރި އަބްދުއްލޯ ދީދީއަށް ހިތަދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލެ އަހުމަދު މާފަތް ތަކުރުފާނުގެ ދަރި އާދަމް ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for a island chief (Size: 13.2" X 8.15")
S - Hithadhoo - Shrine endowment letter

Sans titre
NAM DOC-MN-S3-28 · Pièce · 1933
Fait partie de Documents

1351ހ ޒުލްގައިދު 23(1933މ މާޗް 23)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 32ވަނަ އަހަރު، އަރިއަތޮޅު އުތުރުބުރި(އއ.) މާޅޮސް، ކަތީބު ހަސަން ގެދަރި އާދަމްއަށް މާޅޮސްގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for a island chief (Size: 13.2" X 8.15")
Aa - Maalhos - Shrine endowment letter

Sans titre
NAM DOC-MN-S3-9 · Pièce · 1939
Fait partie de Documents

1358ހ ރަބީލްއައްވަލް 4(1939މ އޭޕްރިލް 24)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު(ޝާނީ)ގެ ރަސްކަމުގެ 5ވަނަ އަހަރު، އަރިއަތޮޅު ދެކުނުބުރި(އދ.) އޮމަދޫ، ބޮޑު އަލީގެ ގެދަރި މޫސާއަށް އޮމަދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް. Letter of appointment for a island chief (Size: 13.2" X 8.15")
Adh - Omadhoo - Shrine endowment letter

Sans titre
NAM DOC-MN-N-59 · Pièce · 1908
Fait partie de Documents

1908 އޭޕްރިލް 30(1326ހ ރަބީލްއައްވަލް 28)ގާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، އޭނާގެ ރަސްމީ 'ލެޓާހެޑް'ގާ، މާލެ ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ މަތީގާ '-ޔޫސުފް ބަހީގެ ސަފްދަރީން-'، މިހެން މަތީގާ ލިޔެ، މިލަދޫގޭ އަލިމަނިކު އަތުގާ ފޮނުއްވި، އެ އޭޕްރިލް މަހު 10ގާ ލިޔުއްވާފާ ވާ ސިޓީޔާ އަދި ސަރުކާރުގެ -/3000 ރުފިޔާ ހަމަޔަށް ލިބުނު ކަމާ، އަދި 'ވާކަރާ'(ވޯކާ) ވާހަކަދަށްކައިގެން، އެ އަލިމަނިކު އާއި ހަސަނާ، އެތާގެ ކޮންނަބޯޓަކަށް، އެއެތިފަހަރު ހިންގާ، ގެންގުޅެން ދަސްކުރުމަށްޓަކާ ފޮނުވުމުން، އެމީހުން ގޮސް އެއީ މާލޭގާ އޮތް އެއްޗާ މުޅިން ތަފާތު އެއްޗެއް ކަމުގަޔާ، އެވަށްތަރުގެ އެއްޗެއް ދަސްކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމާ، ޝްރީލަންކާ ސަރުކާރުން އެތަމްރީނު ދިނުމަށް ތައްޔާރަށް ތިބިކަމުގާ ވިޔަސް، އެތާގާ، މާލޭގާ އޮތްކަހަލަ ކޮންނައެތިގަނޑެއް ނެތްކަމުގަޔާ، އަދި މާލޭގާ އޮތް ކޮންނައެތި ވަކިވަރަކަށް ވުރެން ގިނައިން، އަދި އެކި ބާރުމިނުގާ ހިންގައިފިއްޔާ، އޭތި އަވަހަށް ހަލާކުވާނެކަމުގާ ވާކަރު(ވޯކާ) ލަފާދިންކަމާ، އަދި އޭގެ އިތުރުން، ގަންނަން އަންގާފާވާ ސާމާނު، އަލިމަނިކުމެން ދެމީހުންގެ ހަވާލުގާ، ސަފްދަރީން ފޮނުވާ ކަމާ، މިސިޓީއާއެކު، އެތަކެތީގެ ހިސާބު ފޮނުވާކަމާ، އަދި، ފޮނުވި، މާލޭ ކޮނުނުއިރު ފެނުނު ހިލަގާކޮޅުތައްވެސް ލިބި، އަދި އެގާތަކުތެރޭގާ، ވަރަށް ހުދުކޮށް، އޮތް ގާކޮޅު އެތާ މީހުންނަށް ދެއްކުމުން، އެކަހަލަ ގާ ހުރިތާކު ޖަވާހިރު ހުންނާނެކަމުގާ، ސިލޯނުގެ މީހުން ބުނިކަމާ، އެހެންކަމުން، ނެގޭ، އެޒާތުގެ ގާ ވަކިން ބެހެއްޓުމަށް ފެންނަކަމުގަޔާ، އަދިވެސް އެ ހިލަގާ ބަލާ، ފައިދާއެއް ހުރިއްޔާ، އަންގާނެ ކަމުގަޔާ، އަދި، އޭގެ އިތުރުން، ސަރުކާރުން، އާގުބޯޓެއް ދުއްވައިފިއްޔާ ފައިދާވާނެ ކަމުގާ ފެންނަކަމާ، އަދި އެވާހަކަ ވާކަރާ ދެއްކުމުން، އެމީހުންގެ 'ލޭޑީ ގޯޑަން' ކިޔާ ބޯޓު، އަހަރުދުވަހުގެ ޗާޓާރަށް، މަހަކު -/7500 ރުފިޔާއަށް ދީފާނެކަމުގާ ބުނިކަމާއި، ދެއްޔާ، ބަނދަރު-ހަރަދު ސަރުކާރުން ދެއްވާ، އެހެން ހުރިހާ ހަރަދަކާ 'ނޮކުސާނު'(ނުކުސާން/އުނދަގޫ؟؟) އެމީހުން އުފުލާނެކަމުގަޔާ، އެހެންވިއްޔާ އަހަރަކު ގިނަވެގެން ދާނީ 1ލައްކަ ކަމާ، އޭރުން -/70،000 ސަލާމަތް ކުރެވޭނެ ކަމާ، ބޯޓެއް ބަނދެއްޖެއްޔާ، އާހިރުގާ ހަރަދު ކުޑަވާނެކަމުގަޔާ، އެކަމަކު، ފުރަތަމަ ފަށައިގަނެ، އަހަރެއްހާދުވަސްވަންދެން، އަޖުމަބަލައިލަން ދުއްވަން، ރަންގަޅުވާނީ ކުއްޔަށް ހިފުންކަމުގާ ކަމާ، އަދި ޖޫނު 10ގެ ކުރީ ޖަވާބެއް ދިނުމަށާ، ކުއްޔަށް ހިފާނަމަ، ރަނގަޅަށް މަރާމާތުކޮށް، އޯގަސްޓް 1ގާ ހަވާލުކުރާނެ ކަމުގާ، ވާކަރުމެން ބުނިކަމާ، ބަރާކުރާނެ މުދާވެސް ލިބޭނެކަމުގަޔާ، އެހެން އެކަން ކުރުމުން، އެބަޔަކަށް އެކަނި މުދާ ބަރާކުރުމުގެ ކަންތައް ދިނުމުން، ސަރުކާރަށް އެތައް ހާސް ރުފިޔާއެއް ދީފާނެކަމުގާ ބުނެ، އެކަމުން ކުދި ވިޔަފާރިވެރިން ނައްތާލުމަށް އުޅޭ ބުންބާ މީހުން ކިބައިން ސަލާމަތް ވާނެކަމުގަޔާ، އިތުރު ފައިސާ ދެން ފޮނުވާނީ، އެންގުމުން ކަމާ، މި ހުރިހާ ކަންކަމެއް ބަޔާންކޮށް؛ ލިޔެފާވާ ސިޓީއެއް.
(Size: 10.1" x 7.85")
Sri Lanka - Maldivian Embassy - letter(Official)

Sans titre
NAM DOC-MN-N-128 · Pièce · 1901
Fait partie de Documents

1318ހ ޒުލގައިދު 18(1901މ މާޗް 9)ގާ، މާންދޫގޭ ތުއްތު މަނިއްޕުޅު، ބާޒާރުގާ ހުންނަ، ބަނޑަހަ(ވިޔަފާރިކުރާން ވަގުތީ ގޮތުން ހަދައިފައި ހުންނަ ތަންތަން)ތަކުގާ އުޅޭ ބުންބާ އަދި ސޯޅިޔާ(ޝްރީލަންކާގެ މުސްލިމުން)މީހުން، ބަނޑޭރިގެޔަށް ގެންނަވާ، އެމީހުން ކައިރީގާ، ދޮށިމޭނާކިލެގެފާނުންގެ ގެދޮރަކަށް ވަދެ، މުދަލެއް ފޭރި، އެކިލެގެފާނުންގެ ބޭފުޅަކަށް އުނދަގޫކޮށް، އޭނާގެ އެއްވެސް މިލްކެއް އަތުލައިގަނެ، އަރައިގަނެ ނުވަތަ އެފަދަ އެއްވެސް ކަމެއް، އެމަނިއްޕުޅު ކުރެއްވިކަން، އެއިން އެއްވެސް މީހަކު ދެނެތިބިއްޔާ ދެނެތިބިކަމުގާ، ނުދެނެތިބިއްޔާ، ނުދެނެތިބިކަމުގާ ބުނެ ސޮއިކުރުމަށް އަމުރުކުރެއްވިކަން ބަޔާންކޮށް، އަދި އެމީހުން އެކަހަލަ އެއްވެސް ކަމެއް ނުދެނެތިބީމޭ ބުނެ، އަލީ ބަހީ އީސާ؟؟ޖީ ބަނޑަހަލުން، ޖީވަންޖީ ބަނޑަހަލުން، މޫސާ ބަހީ މުހައްމަދު އަލީ ބަނޑަހަލުން، ޔޫސުފް ބަހީ ތޮއްޔިބު ބަހީ ބަނޑަހަލުން، ކާދީ ބަހީ ތާޖް ބަހީ ފިހާރައިން، އދވސ، އެތައް ބަނޑަހަލަކާއި ފިހާރައަކުން، 42 މީހެއްގެ ނަން ލިސްޓުކޮށް، 4 މީހުންގެ ނޫން އެހެން އެންމެގެ ނަމާއި ދިމާލުގާ ސޮއިކޮށްފާވާ ލިޔުމެއް.
K.Male' -Order
(Size:16.3" x 13.01")

Sans titre
NAM DOC-MN-N-51 · Pièce · 1908
Fait partie de Documents

1326ހ މުހައްރަމް 13(1908މ ފެބްރުވަރީ 16)ގާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރުގެ 'ލެޓާހެޑް'ގާ، '- ސަރުކާރުހިސާބު -'، ސުރުހީކޮށް، އެކި އެކި ތަކެއްޗާ ނިސްބަތްވާ އަގު ޖަހާފާވާ ލިސްޓަކާ، އެ ލިސްޓުގެ ތިރީގާ، އެ ހިސާބުގާ ބުނެފާވާ ތަކެއްޗަކީ، އަގުދީ ނިންމާފާވާ ތަކެތިކަމުގާ ލިޔެ، އަދި އޭގެ ތިރީގާ 'ކާރާގެ' ބޯޓުން 6ފީފާ ކާށިތެޔޮ އަދި 5 ފޮށިގަނޑު ފޮނުވިކަމާ، އެފޮށިގަނޑުގާ ވީ ކޮންކޮން ތަކެއްޗެއް ކަމާ، ހުންޑީއެއް ލިބިއްޖެއްޔާ، މާލެއިން، ވާކަރަށް('ވޯކާ އެންޑް ސަންޒް؟؟)، އެތެލުގެ އަގު ދެއްވުމަށާ، ވާކަރުގެ ބިލްތަކެއް މި ސިޓީއާއެކީ ފޮނުވިކަމާ، އަދި އެބިލްތައް ބައްލަވާ، އެޔަށްވީ ފައިސާ ފޮނުއްވާދިނުމަށާ، އަދި އެންމެކުރިން ފުރާ އެއްޗަކުން ފައިސާ ފޮނުއްވާދެއްވުމަށާއި، ފައިސާ ނެތިގެން ވަރަށް ދަތިވާކަމާއި ލިޔެ، އޭގެ އިތުރުން، ކަރުދާހުގެ ދެ އަރިމަތީގާވެސް އެކި އެއްޗެހި ނޯޓްކޮށްފާވާ ލިޔުމެއް.
(Size: 10.4" x 8.2")
Sri Lanka - Maldivian Embassy - Account

Sans titre