1349ހ މުހައްރަމް 12(1896މ ޖޫނު 24)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނު ޝަރީއަތު މަޖިލީހުގާ، ވެލިދޫގޭ މުހައްމަދު ދީދީ، މާލޭގާ ހުރި އޭނާގެ ބައްޕަގެ މިލްކު ގޯތިތައް، އެމަހްކަމާއިން ބައްސަވައިދެއްވާ، އެތަނުން އޭނާއަށް މިލްކުވި، މާފަންނު ފަނޑިޔާރުގެއާ އިންވެ ހުޅަނގުންއޮތް ވެލިދޫގެ ކިޔާ ގޯތީގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ އިރުމަތީ ބައި އެއީ، އެ މުހައްމަދު ދީދީގެ ކާފަ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުއަށް މިލްކުވެފާވާ ތަނެއް ކަމުގާ، 1254ހ(1838މ)ގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތަކުން، ސާބިތުވެ، އަދި، އެގޯތީގެ ދެން އޮތް، ހުޅަނގު، ބައި އެއީވެސް ހަމަ އެއޭނާއަށް މިލްކުވެފާވާ ތަނެއް ކަމުގާ، 1283ހ(1866މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އޭގެ ފަހުން، އޭނާގެ ތަރިކަ ބަހާ، އެގޯތި، އޭނާގެ ދަރި އަލްހަތީބު ހުސެއިން އަށް މިލްކުވެ، އެ ހަތީބުގެ ގޯތިތައް ބަހާ، އެގޯތި، އޭނާގެ ދަރި، ވެލިދޫގޭ މުހައްމަދު ދީދީއަށް މިލްކުވެފާވާ ކަމުގާ، އެ ޝަރީއަތުގެ މަޖިލީހަށް ސާބިތުވެ އޮތުމުން؛ އެތާގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Velidhooge, written in Thaana (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
National Archives of Maldives1344ހ ޒުލްގައިދު 24(1926މ ޖޫނު 5)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ކަނޑޫދޫ އިބްރާހީމް ކަލޭފާނުއަށް މިލްކުވެފާވަނިކޮށް، އޭނާ އެތަން ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރިކޮޅަށް މަތިކޮށްފާވާ ކަމުގާ، 1272ހ(1856މ)ގާ، ނައިބު މުހައްމަދު ފަތްލިޔެދީފާވާ، މާފަންނު ކުޑަކޮށީގާ އޮތް ގޯތި، ކަނޑޫދޫ އަލްހާއްޖަ ހަސަން ކަލޭފާނުގެ ދަރިން، އަލްހާއްޖަ އަހުމަދު ކަލޭފާނު، މެދުތުއްތު އަދި ދޮށީތުއްތު، މި ތިންބެއިންނަށް ހަމަޔަށް ބަހާ، އެންމެ އުތުރުގާ އޮތް ބައި އޭނާއަށް، ޖެހިގެން ދެކުނަށް އޮތް ބައި، މެދުތުއްތުއަށް އަދި ދެންއޮތް ބައި ދޮށީތުއްތުއަށް ވެއްޖެ ކަމުގާ، އަހުމަދު ކަލޭފާނު ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިއެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ މެދުތުއްތުއަށް ވީ ބައިގެ، އިމާއި މިން ހިމަނާ، އެމަޖިލީހުން، ނައިބު ތުއްތު ލިއެދީފާވާ ފަތުގެ ނަކަލެއް.
Real estate document for Maafannu Janbugasdhoshuge (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
1349ހ ރަބީލްއާހިރު 27(1930މ ސެޕްޓެންބަރު 21)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، 1333ހ(1915މ)ގާ، ހަމަ އެޝަރީއަތު މަޖިލީހުން، ބާޑީގޭ އައިމިނަތު ދީދީއަށް މިލްކުވެ، އޭނާ ނިއާވުމުން، އޭނާގެ ދަރި ސާރާ ދީދީ އަށް މިލްކުވެފާވާ ކަމުގާ ފަތްލިޔެފާވާ، އަދި އޭގެފަހުން، ސާރާގެ އިޒްނަޔާ އެކު، އޭނާގެ ބައްޕަ، މަލިންގޭ މުހައްމަދު ދީދީގެ ދަރި އަލީ ދީދީ، ކަންޒުދޮށުގޭ މަނިއްޕުޅުގެ ދަރި އަބްދުލް މަޖީދު ދީދީއަށް ވިއްކާފާވާ ކަމުގާ އެ މަޖިލީހަށް ސާބިތުވެފާވާ، މައްޗަންގޯޅި ވައިދެރިމަގުގެ ހުޅަނގުން އޮތް، ކަންކޮށިގޯތި، އަބްދުލް މަޖީދު، ތަކަންދޫ ހުސައިނުގެ އަލީއަށް، -/472 ރުފިޔާއަށް ވިއްކާ، އަގުދީ ހަލާސްކޮށްފި ކަމުގާ، އަލީ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އަބްދުލް މަޖީދު ދީދީ އިގްރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ މއ.ދަބުގަސްދޮށުގެ އެއީ، ތަކަންދޫ ހުސައިނުގެ އަލީގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އައްސައްޔިދު އަބްދުލް ގައްޔޫމް، ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މިކަރުދާހުގެ 2ވަނަ ގަނޑުގެ ތިރީގާ:
1352 ޖުމާދިލްއައްވަލް 4(1933މ އޯގަސްޓް 26)ގާ، ވުޒާރަތުލް ހައްގާނިއްޔާއިން، ތަކަންދޫ ހުސައިނުގެ އަލީ ނިއާވުމުން، މއ.ދަބުގަސްދޮށުގެ، އޭނާގެ ދޮން ހައްވާފުޅުއަށް މިލްކުވެއްޖެ ކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ ވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Machchangoalhi Dhabugasdhoshuge (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ދޮންމަނިކުފާނުގެ ދޮންދީދީގެ ދެދަރިން، ބޮއިގަސްދޮށުގޭ ތުއްތުދީދީ އާއި ބިސްދޮންމަނިކުގެ ތުއްތުދީދީ އަދި ތަކަންދޫ ހުސެއިންގެ އަލީ ހާޒިރުވެ ތިބެ، މައްޗަންގޯޅި ނިކަގަސްމަގު އިރުން އޮތް، މިރުސް އީސާފުޅުއަށް، ވެލިދޫގޭ އަލީ ދީދީ ވިއްކާފާވާ ގޯއްޗާއި އެގޯއްޗާ އިންވެ އިރުންއޮތް ގޯއްޗާ ދެގޯތީގެ އެކު ބޮޑުމިނަށް އޮތް، 1208ހ(1794މ)ގާ، ފިރުބައިދޫ ދަލޭކާބީއަށް މިލްކުވެފާވާ ކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާވާ ގޯތި، އެމުޅިގޯތީން، 2/1 އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި އަލްހަތީބު ހުސެއިން އަށް ލިބި، އަދި މައްޗަންގޯޅި ދުންބުރުވާގެ ދޮންމަނިކުފާނުގެ ދޮންދީދީ އަށާއި ތުއްތުދީދީއަށް، ލިބުނު އެގޯތީގެ އިރުންއޮތް 2/1، އެތުއްތުދީދީ ނިއާވުމުން، އެތަނުން ބޮޑުގަލު ކުޑަމަނިކުގެ ދޮންމަނިކެއަށް، ހަލާލުބަޔަށް ލިބުނު ބައި، ބޮއިގޮސްދޮށުގޭ ތުއްތުދީދީ ގަނެ މިލްކުކޮށްފާވާކަމާއި، އަދި އެބަޔާއި، އެމީހުންގެ މަންމައަށް ވީބަޔާ، ދެބައި އެކުގާ، -/330 ރުފިޔާއަށް، ތަކަންދޫ އަލީއަށް ވިއްކައިފި ކަމުގާ ބުނެ، އަދި އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، ދޮންދީދީގެ ދެބެއިން އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރި ސައްހަ ކަމުގާ ނިޔާ ކުރަށްވާ؛ މއ.ދުންބުރުވާގެ އެއީ، ތަކަންދޫ ހުސެއިންގެ އަލީގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، އެ މަޖިލީހުން ނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މި ކަރުދާހުގެ 3ވަނަ ގަނޑުގާ:
1350ހ ޝައްވާލް 29(1932މ މާޗް 7)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ތަކަންދޫ ހުސައިނުގެ އަލީ އަތުން ބޮއިގަސްދޮށުގޭ އަހުމަދު ކަލޭފާނުތުއްތުގެ ދުންބުރުވާ ކުޑަމަނިކު -/400 ރުފިޔާއަށް ގަނެ، މއ.ދުންބުރުވާގެ، އެކުޑަމަނިކަށް މިލްކުވެއްޖެކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ، އެމަޖިލީހުން ނައިބު އަބްދުއްލޯ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Machchangoalhi Dhunburuvaage (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
1362ހ ޒުލްހައްޖު 1(1943މ އޮކްޓޯބަރު 30)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ 1362 ރަބީލްއާހިރު 22(1943މ އޭޕްރިލް 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ފޮނުވާފާވާ، ހ-25ނަންބަރު ސިޓީގާވާ ފަދައިން، 1331ހ ޒުލްގައިދު 15(1913މ އޮކްޓޯބަރު 16)ގާ ފަތްލިޔެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ، އިރުން ދެވިނަމަގުގެ އުތުރުން އޮތް، ދޭވާނި ހާޖީކޮއިގެ ގޯތި، އޭނާގެ 2 ދަރިން، ދޮންތުއްތު އާއި ކުޑަތުއްތުގެ މެދުގައި ބަހާ، ދޭވާނީ ހާޖީ ކޮއިގެ ދޮންތުއްތު އަށް ލިބުނުބައި، މައްޗަންގޯޅި ދެކުނުއިންނަގޯތިގެ އިމާއި މިން ހިމަނާ؛ ލިޔެފާވާ ފަތުގެ ނަކަލެއް. (F7-8އަކީ މިތަނުގެ އަނެއްބައިގެ ފަތުގެ ނަކަލު)
Real estate document for Machchangoalhi Dhekunuinnagoathi (Size: 8.8" X 6.65")
K.Male' - Part of Ma.Dhekunuinna Goathi (Housing Plot) - Private Property
1962 މޭ 3(1381ހ ޒުލްގައިދު 28)ގާ، ވުޒާރަތުލް ދާހިލިއްޔާގެ(ހ)އިން؛ (މައިގަނޑު ވަނީ ފޮހެވިފާ)، އެތަނުގެ ނައިބުގެ ބަދަލުގާ، ނ.ތ ނަމެއްގެ، ސޮއިކޮށްފާވާ ސިޓީއެއް.Very worn text - nearly illegible (Size: 9" X 6.3")
K - Male' - letter
1378ހ ޒުލްގައިދު 14(23 މޭ 1959)ގާ، ވުޒާރަތުލް މާލިއްޔާއިން؛ އައްސުލްތާނު ހަސަން ނޫރައްދީނުގެ ސިއްކަ ޖަހާފާވާ، ބ.ދަރަވަންދޫ މިސްކިތުގެ، ދިވެސްއަކުރުން ލިޔެފައިވާ ފަތަކާއި އޭގެ ތަރުޖަމާ، އެވުޒާރާއަށް ލިބުނުކަމުގާ، އާދަމް މުހައްމަދު ނަސީރު ސޮއިކޮށްފާވާ ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a the waqf endowment for Dharavandhoo Miskiyy, which was written in Dhives Akuru (Size: 4.3" X 5.7")
B.Dharavandhoo - Island Mosque - Account
1379ހ ޖުމާދިލްއައްވަލް 21(1959މ ނޮވެންބަރު 13)ގާ، ވުޒާރަތުލް މާލިއްޔާއިން، އަލްގާޒީ ހަސަންތާޖުއްދީނުގެ ސިއްކަ ޖަހާފާވާ، ބ.އަތޮޅު ހަނިފަރު އާއިބެހޭ ފަތެއް އެވުޒާރާއަށް ލިބުނުކަމުގާ، އާދަމް މުހައްމަދު ނަސީރު ސޮއިކޮށްފާވާ ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a copy of a document on B.Hanifaru (Size: 4.3" X 5.7") Chief Justices - Al Ghaazee Hassan Thajuddin
K.Male' - Account
1379ހ ޖުމާދިލްއައްވަލް 21(1959މ ނޮވެންބަރު 23)ގާ، ވުޒާރަތުލް މާލިއްޔާގެ(ހ)އިން؛ 1302ހ(1885މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ސިއްކަ ޖަހާފާވާ، ބ.އަތޮޅު އައިދޫ ޒިޔާރަތުގެ ބޯގަޔަށް އެއައިދޫ ލަށްވާފާވާ ފަތް، އެވުޒާރާއަށް ލިބިނުކަމުގާ، އާދަމް މުހައްމަދު ނަސީރު ސޮއިކޮށްފާވާ ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a copy of a waqf endowment for Aidhoo Ziyaarat (Size: 4.3" X 5.7")
B.Aidhoo - Aidhoo Shrine - Account
1379ހ ޖުމާދުލްއާހިރު 21(1959މ ނޮވެންބަރު 23)ގާ، ވުޒާރަތުލް މާލިއްޔާގެ(ށ)އިން؛ ބ.އަތޮޅު (ފަނި)ކެންދޫގާވާ، ތަބްރީޒްގެ މަގާމަށް، އެރަށު ގޮއިފާލަށްބަ ދެއްވި ފަތްކޮޅުގެ ނަކަލު، އެ ވުޒާރާއަށް ލިބުނުކަމުގާ؛ އާދަމް މުހައްމަދު ނަސީރު، ސޮއިކޮށްފާވާ ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a copy of a waqf endowment for Thabeez Maqaam (Size: 5.5" X 4.6")
B.Fanikendhoo - Thabreez Magaam (Shrine)