Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F9-26 · Item · 1960
Part of Documents

1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1178ހ ޖުމާދިލްއައްވަލް 15(1764މ ނޮވެންބަރު 9)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވާފާވާ ފަތެއްގެ ނަކަލުން ގަލޮޅު ހަދީބީ މިސްކިތުގެ އުތުރުން އޮތް، މާރަންދޫ ދަންޑެހެލު ތަކުރުގެ ދަރި ކަދީދާފާނު، ފެންފުށީ ކަކާތަކުރުފާނުގެ ދަރި އައިމިނާ މަނިކުފާނުއަށް ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ދީފާ ކަމުގާ ބަޔާންކޮށްފާވާ، އަދި އޭގެ ފަހުން ހަމަ އެމަގަށް ހުސެއިން ސަލާހުއްދީނު ފަތްލިޔެދެއްވާފާވާ ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - H.Foolhuma Goathi (34 number Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"

National Archives of Maldives
NAM DOC-MN-F10-1 · Item · 1940
Part of Documents

1359ހ(1940މ)ގެ ރަބީލްއައްވަލް މަހުގެ ދުއާޔަށް ކެއިން ކައްކާ އަދި އެހެނިހެން ރަސްމީކަންކަން، އެއަހަރުގެ ސަފަރު މަހު 23، 27، 29ގާ ގަނޑުވަރުގެ އެކިއެކި ކޮއިލުގައަ، ގޭގޭގާ ކުރެވުނު ކަންތައްތަކާ، ކަންތައްތައް ކުރީ ކޮންކޮން ބަޔެއްކަމާ، ކަންތައްތައް ކުރި ގޮތާ، އިންތިޒާމުތައް ހުރި ގޮތާއި، އެ ރަސްމިއްޔާތަށް ރަދުންގެ ކަންކަން ކުރެވުނު ގޮތުގެ ތަފްސީލާއި، ރަބީލްއައްވަލް 12ގެ މާލޫދުއަށް، އެމަހުގެ 8ވަނދުވަހުން ފެށިގެން ކަންތައްތައް ކުރެވުނު ގޮތުގެ ތަފްސީލާއި، 1360ހ ޝައުބާން 3(1941މ އޯގަސްޓް 26)ގާ ގަނޑުވަރުގާ ވަރުހަނގުން ބެހުމަށްޓަކާ، ރަދުންނަށް ވެދުމަށް ގެނައި 'ދަޅުފުޅު' ދެއްވިކަމާއި، އަދި ވެދުން ބޮނޑިޔަށް ކަންތައް ކުރިގޮތާއި، އަދި އެއަހަރު ޝައުބާން 23ގާ ބޮޑުބޮލި ބެއްސެވިކަން ބަޔާންކޮށްފާވާ ލިޔުމެއް.
މި ކަރުދާހުގާވާ 7 ގަނޑު ވަނީ ތަރުތީބުން ނޫން ކަމާ، އަދި ދޭތެރެއިން ގަނޑު މަދުވެފާވާ ކަމަށް ބެލެވެއެ.
Report on the ceremony planning and food preparation (Size: 8.05" X 5.95")
K - Male' - Royal Palace - Writing(food)

National Archives of Maldives
NAM DOC-MN-F10-2 · Item · -
Part of Documents

(ތާރީހެއް ނެތް)ބޮޑުބަދިގެ، ކައްކާބަދިގެ، ކުޑަކިބާ ބަދިގެ އަދި ރަންބަދިގެ، މީން ކޮންމެ ބަދިގެޔަކަށް ލާރީގެ އަދަދެއް ޖަހާފާވާ، ނުފުށުގާ 'ތެލިމުށިދޭގޮތް' މިހެން ޖަހާފާވާ ކަރުދާހެއް.
List of kitchen expenses (Size: 4.6" X 4.2")
K - Male' - Royal Palace - Writing

National Archives of Maldives
NAM DOC-MN-F10-3 · Item · -
Part of Documents

(ތާރީހެއް ނެތް)ކޮންއެއްޗެއްކަން ބަޔާންނުކޮށް، 'ދޭންވީ ވަރު'، 'ކަށްކާ ވަރު'، 'ގެނާ ވަރު'، ލިޔެ އެނަންނަމަށް ނިސްބަތް ވާގޮތައް އަދަދުތަކެއް ޖަހާފާވާ ކަރުދާހެއް.Size: 7.05" X 3.9"
K - Male' - Writing(Different Items)

National Archives of Maldives
NAM DOC-MN-F10-4 · Item · -
Part of Documents

(ތާރީހެއް ނެތް)މަތީގާ 'ކޮށްތު' ޖަހާ، މުޅީގެ އަދި ނާޅީގެ އަދަދު ޖަހާ، ނުފުށުގާ 'ތޭރަރުފިޔާބާއި' ޖަހާފާވާ ކަރުދާހެއް.
K - Male' - Writing(Different Items)

Food ration list (Size: 3.85" X 6.7")

National Archives of Maldives
NAM DOC-MN-F10-5 · Item · 1933
Part of Documents

1352ހ ސަފަރު 9(1933މ ޖޫނު 3)ގާ، ސުރުހީއަކަށް 'ބޮއިދޮންތުއްތު އަށް ބަހެ'، އަދި ' އަހަރު ދުވަހަށް މެދުރީމީހުން ހޮވާ ފޯއްކިބައިގެ ހިސާބު' މިހެން ޖަހާ، ތަފްސީލީ ހިސާބު ޖަހާފާވާ ކަރުދާހެއް.
List of products (Size: 6.85" X 6.2")
K - Male' - Royal Palace - Account

National Archives of Maldives
NAM DOC-MN-F10-7 · Item · 1930
Part of Documents

1349ހ ސަފަރު 10(1930މ ޖުލައި 7)ގާ ސުރުހީއަކަށް 'ބޮއިދޮންތުއްތު އަށް ބަހެ' އަދި ' އަހަރު ދުވަހަށް މެދުރީމީހުން ހޮވަންދޭ ފުވަށްކިބައިގެ ހިސާބު' މިހެން ޖަހާ، އެ އެއްޗެތި ބަހާފާވާގޮތުގެ ހިސާބު ޖަހާފާވާ ކަރުދާހެއް.
Food ration list (Size: 8.15" X 5.85")
K - Male'? - Royal Palace

National Archives of Maldives
NAM DOC-MN-F10-8 · Item · -
Part of Documents

(ތާރީހެއް ނެތް) އެކި ރަދުން ރަދުންގެ ތަކެއްޗާއި ލިއުމާއި، ރަދުންގެ ނަމާއި(ބަޔެއް އެއްޗެތީގާ) ޖަހާ، 'ލޮގްކޮށް'ފާވާ (ފޮތެއް)ކަރުދާހެއް.
List of assets and the appointment of heirs (Size: 8" X 6.5")

National Archives of Maldives