Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F6-60 · Item · 1959
Part of Documents

1379ހ ރަބީލުއާހިރު 3(1959ހ އޮކްޓޯބަރު 6)ގާ، ވުޒާރަތުލް މާލިއްޔާގެ(ށ)އިން؛ 1237ހ(1822މ)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ސިއްކަ ޖަހާފާވާ، ބ.އަތޮޅު މާއްޑޫ މިސްކިތު ބޯގަޔަށް، އެއަތޮޅު ހުޅުދޫ ލަށްވާފާވާ، ދިވެސްއަކުރު ފަތެއް، އެވުޒާރާއަށް ލިބުނުކަމުގާ؛ އާދަމް އަހުމަދު ނަސީރު، ސޮއިކޮށްފާވާ، ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a waqf endowment for Maaddoo Rashu Miskiyy, which was written in Dhives Akuru (Size: 8.4" X 5.7")
B.Maa'ddoo - Island Mosque - Account

National Archives of Maldives
NAM DOC-MN-F6-59 · Item · 1959
Part of Documents

1379ހ ރަބީލްއައްވަލް 25(1959ހ ސެޕްޓެންބަރު 29)ގާ، ވުޒާރަތުލް މާލިއްޔާގެ(ހ)އިން؛ 1259ހ(1843މ)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނުގެ ސިއްކަޖަހާފާވާ، ބ.އަތޮޅު ކުޑަރިކިލް މިސްކިތުގެ ބޯގަޔަށް، އެއަތޮޅު ވޯވަށް އަދި ވިނެންފަރު(ވިނަނެތްފަރު) ދެއްވާފާވާ، ދިވެސްއަކުރު ފަތްކޮޅެއް، އެ ވުޒާރާއަށް ލިބުނުކަމުގާ؛ އާދަމް އަހުމަދު ނަސީރު، ސޮއިކޮށްފާވާ، ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a waqf endowment of assets to Kudarikilu Rashu Miskiyy, which was written in Dhives Akuru (Size: 8.4" X 5.7")
B.Kudarikilu - Island Mosque - Account

National Archives of Maldives
NAM DOC-MN-F6-58A · Item · 1909
Part of Documents

1326ހ ޒުލްހައްޖަ 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރަށް، ހުވަދޫއަތޮޅު (ހުވަދުއްމަތީ) މަދިރިވިލިނގިލި ރައްޔިތުން އައިސް، އެރަށު ކުޑަމިސްކިތްގެ ބޯގަޔަށް، އަލްހާއްޖަ އަލީ ތުއްކަލާ ގެދަރި އައްސުލްތާނު ގާޒީ މުހައްމަދު(ދެއްވަދޫ) ދެއްވި ފަތް، އެރަށް އެނދިއިރު، އަނދައިގެން ދިއުމުން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރު، 1287ހ(1870މ)ގާ ދެއްވި ފަތްކޮޅު އާކޮށްދެއްވުމަށް އެދުމުން، ކުރީގާވެސް އެމިސްކިތަށް އޮތް، ގއ.ފަޅުވެރިރާހަ އާއި ރާވެރިރާހަ(ރާވެއްރަހާ) ލަށްވާ، އެރަށު ރައްޔިތުންނަށް ހަވާލުވެރިކަން ދެއްވާ، އަދި ވިލިނގިލީގެ 81 ކާށިރުކާއި، 28 ރާރުކާއި، ފުޅަހިކޮޑި؟(ފަޅު)އާއި ވެސް އެމިސްކިތް މައްޗަށް ލަށްވާ، އަދި އެމިސްކިތު މުދިމާއި، ރާވެރިއަކާއި، 3 މީހުންގެ ވާރުވެސް އެ މިސްކިތްމައްޗަށް ހުންނަންވާނެ ކަމާ، އަދި މާނަގަލުން، ވިލިނގިލި ކޮޅާ ޖެހެންދެން އޮތް ފަޅުން، އެރަށު ރައްޔިތުންގެ ގަބޫލުގާ މެނުވީ އެއްވެސް އެހެން ރަށެއްގެ ބަޔަކަށް، މަސްހިފާ ނެހެދޭނެ ކަމުގާ، އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މާކޮށާރު ބަނޑޭރި މޫސާގެ ދަރި ހުސެއިން ލިޔެދެއްވި ފަތުގެ، 1351ހ ޒުލްހައްޖު 14(1932މ ނޮވެންބަރު 13)ގާ، ކޮށްފާވާ ނަކަލެއް.
F6-58) އާއި މިނަކަލު ލިޔެފާވަނީ އެއްދުވަހެއްގާ ކަމުގާ ބަލާ، މި ފަތް ލިޔުނު ތާރީހުކަމަށް މިނަކަލުގާ 1322ހ އެއޮތީ އޮޅުމެއްކަމަށް ބަލާފާ)
Size: 10" X 8"
G.A.Madhirivillin'gili - Kuda Miskiiy (Mosque) - Endowment for Shrine (Ziyaaraiy)

National Archives of Maldives
NAM DOC-MN-F6-58 · Item · 1909
Part of Documents

1326ހ ޒުލްހައްޖު 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރަށް، ހުވަދުއްމަތީ(ހުވަދޫއަތޮޅު) މަދިރިވިލިނގިލި ރައްޔިތުން އައިސް، އެރަށު މާމިސްކިތުގެ ބޯގަޔަށް، އިހުގެ ރަސްރަސްކަލުން ދެއްވި ފަތް، އެރަށް އެނދިއިރު، އަނދައިގެން، 1287ހ(1870މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރު ދެއްވި ފަތްކޮޅު އާކޮށްދެއްވުމަށް އެދުމުން؛ ކުރީގާވެސް އެމިސްކިތަށް އޮތް، ގއ.މާނާގަލަ، ދެއްވާ، އެތަނުގެ ހަވާލުވެރިކަން އެރަށު ރައްޔިތުންނަށް ލަށްވައިފިކަމުގެ، އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މާކޮށާރު ބަނޑޭރި މޫސާގެ ދަރި ހުސއިން ލިޔެފާވާ ފަތުގެ، 1351ހ ޒުލްހައްޖު 14(1932މ ނޮވެންބަރު 13)ގާ ކޮށްފާވާ ނަކަލެއް.Size: 10" X 8"
G.A.Madhirivillin'gili - Maa Miskiiy (Mosque) - Endowment for Shrine (Ziyaaraiy)

National Archives of Maldives
NAM DOC-MN-F6-57 · Item · 1962
Part of Documents

1344ހ(1926މ)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުން؛ ހުވަދޫއަތޮޅު ދިޔަދޫ އެއްގަމުގޭ ދޮންމުހައްމަދުގެ ދަރިން ކަދީދާ އާއި އައިސަ އާއި ދެމީހުންނަށް އޮތް މާރެހާ މިސްކިތް ބެލެހެއްޓުމަށް 1116ހ(1704މ)ގާ، އައްސުލްތާނުލް ގާޒީ މުހައްމަދު މުޒްހިރުއްދީނު؟؟،(ލިއުމުގާ ޖަހާފާވަނީ މުއީނުއްދީނު؟؟)ގެ ދަރުބާރުން، ބޯގަޔަށް ލަށްވާފާވާ، އެއަތޮޅު މާރެހާ، ފުރަބަންޑާރައަށް ބޮލިކޮއްޓޭ އެއް ދީފާ، ދެންއޮތް ބައިން، އެމިސްކިތް ބެލެހެއްޓުމަށް، ވަރުވާކުރަށްވާ، ހަވާލުވެރިކަން އެ ދެބެއިންގެ ދަރިކޮޅަށް ލަށްވައިފިކަމުގެ، އަމުރުނެރުއްވުމުން؛ މާމުދިން ލިޔެފާވާ ފަތުގެ ނަކަލެއް. ނަކަލެއް.
މި ކަރުދާހުގާ ބުނެފާވާ ތާރީހާއި، ރަދުންގެ ކޮލި އަދި އަސްލުނަމާއި،ދިމާނުވާތީ، ހުލާސާ ކުރެވިފާ އެވަނީ އެންމެ ހީވާގޮތަށް.
Size: 10" X 8"
G.A.Dhiyadhoo - Maarehaa Mosque - Endowment for Shrine (Ziyaaraiy)

National Archives of Maldives
NAM DOC-MN-F6-56 · Item · 1921
Part of Documents

1340ހ ރަބީލްއާހިރު 5(1921މ ޑިސެންބަރު 5)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ކޮލަމާފުށީ ސުރޫރުގެ އަލިފުތުގެ އާދަމްފުތު، އޭނާގެ މިލްކިއްޔާތުން، ވަގުފްސައްހަވާ ހުރިހާ މުދަލެއް ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން އޭނާގެ ދަރި ހަދީޖާ އާއި ދެންވެސް ތިބި ދަރިންނަށާ، އެދަރިންގެ ދަރިކޮޅަށް ލަށްވާފިކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެމަގަށް، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް. (Size:10" X 8") Chief Justices - Al Naaibu Hussain Salahuddin
G.A.Kolamaafushi - Deed for housing plot, Endowment for property

National Archives of Maldives
NAM DOC-MN-F6-55 · Item · 1928
Part of Documents

1346ހ ރަޖަބް 9(1928މ ޖަނަވަރީ 3)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އައްޑޫ، މީދޫ ފަންނިއަރު ހުސެއިންގެ ދަރި މުހައްމަދު ތަކުރުފާނު، އޭނާގެ މިލްކިއްޔާތުން، ވަގުފްސައްހަވެގެންވާ އެންމެހާ ތަކެތި ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިންކަން އޭނާއަށާއި އޭނާ ނެތުމުން އޭނާގެ ދަރިކޮޅަށް މަތިކޮށްދީފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެމަގަށް، ނައިބު މުހައްމަދު ލިއެފާވާ ފަތުގެ ނަކަލެއް.(Size:10" X 8") Chief Justices - Al Naaibu Hussain Salahuddin
S.Meedhoo - Deed for housing plot, Endowment for property

National Archives of Maldives
NAM DOC-MN-F6-54 · Item · 1962
Part of Documents

1962މ މޭ 21(1381ހ ޒުލްހައްޖު 16)ގާ، ނ.އަތޮޅު މަނަދޫގާ ހުންނަ، އެއަތޮޅުގެ އަތޮޅު އޮފީހުގެ(ހ)އިން، ވުޒާރަތުލް ދާހިލިއްޔާގެ(ހ)އަށް، އެވުޒާރާގެ، ހ.3-62/61ނަންބަރު ސިޓީގެ ޖަވާބެއްގެ ގޮތުގާ؛ އެއަތޮޅުން، މީސްމީހުންގެ އެއްވެސްކަހަލަ ވަގުފެއް، އަދި އެޒާތުގެ އެއްވެސް ލިޔުމެއް އެހާތަނަށް ފެނިފާނުވާކަމާ، އެފަދަ މައުލޫމާތެއް ލިބުނުވަރަކުން އަންގަމުންދާނެ ކަމުގާ، ބަޔާންކޮށް؛ އަތޮޅުވެރިޔާ، އ.ދ.ތ މުހައްމަދުފުޅު ސޮއިކޮށްފާވާ، ސިޓީއެއް.Letter sent by the N. Manadhoo Atoll Office on missing documentation for waqf endowments (Size: 8.2" X 6.5")
N.Manadhoo - Maa Letter (Endowed housing plot), letter(Endowment for property)

National Archives of Maldives
NAM DOC-MN-F6-53 · Item · 1949
Part of Documents

1369ހ މުހައްރަމް 1(1949މ އޮކްޓޯބަރު 23)ގާ، މަހްކަމަތުލް މާލިއްޔާއިން، މ.މުލަކުގެ ކަތީބުން، މުދިމުން އަދި އެންމެހާ ރައްޔިތުންނަށް؛ އެމީހުން، ދައުލަތުގާ އެދިފާވާ އެދުމުގެ މަތިން، އެރަށު މާމިސްކިތުގެ ބޯގަޔަށް އޮތް ރަތްމަންދޫގެ ބަދަލުގާ، އެރަށު ރަސްގެހިންނަ ލަށްވާދެއްވާފިކަމާއި ރަތްމަންދޫ، މާލިއްޔާއަށް ނެންގެވިކަމުގާ، ބަޔާންކޮށް، އިބްރާހީމް މުހައްމަދު ސޮއިކޮށް ލިޔެފާވާ ސިޓީއެއް. Letter stating changes in the waqf endowment for Mulaku Maa Miskiyy (Size: 8.8" X 5.5")
M.Mulah - Maa Miskiiy (Mosque) - letter(Endowment for Mosque)

National Archives of Maldives
NAM DOC-MN-F6-52 · Item · 1928
Part of Documents

1347ހ ޖުމާދިލްއާހިރު 26(1928މ ޑިސެންބަރު 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މުލަކުއަތޮޅު މުލަކުގާ ހުރި ހުކުރު މިސްކިތް ނޫން، ދެންހުރި، އުމަރު ނައިބުތަކުރުފާނު މިސްކިތް މިސްކިތް ކިޔާ 3 މިސްކިތް ބާވެގެން، އެތަންތަން އާކޮށްހެދުމަށްޓަކާ، ކަމުވޮށިގެންވާ މީހުންނާ މަޝްވަރާކުރަށްވާ، އެމިސްކިތްތަކުގެ ހަވާލުވެރިން ނަކީ ކޮބައިތޯ އާއި، އެތަންތަނަށް ހުރި ބޯގަ އަކީ ކޮބައިތޯ ބެއްލެވިއިރު، ހަވާލުވެރިން އިނގެންނެތް ކަމާ، އެތަންތަނުގެ ބޯގަކަމުގާ އިނގެންހުރީ، މުލަކު އޮޅުތެރެ، ކަތީބުކޮށި، މުދިމުގޯތި، އެއްގަމުގޯތި، ދިޔަރެހުގޯތި، މާފަންނުގޯތި، އަލައިތެރެ، ބަންޑާރައިގަހެތެރެ، ކަޅުބިބީ، ބަދުރު، ކިނބިގަސް، ގާތަންމަތި އަދި ވެލައިވަޅެ، މި ނަންނަން ކިޔާ ހިންނަ ކަމުގާ އިނގި އެތަންތަން އެ 3 މިސްކިތަށް ލަށްވާ، އެތަންތަނުގެ ހަވާލުވެރިކަން، އެރަށު ރައްޔިތުންނަށް ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް.Size: 10" X 8"
M.Mulah - 3 Mosques of Umaru Naibu Thakurufaanuge - Endowment for Shrine

National Archives of Maldives