Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F6-51 · Item · 1962
Part of Documents

1962މ އޭޕްރިލް 27(1381ހ ޒުލްގައިދު 22)ގާ، ވ.އަތޮޅުއޮފީހުން، ވުޒާރަތުލް ދާހިލިއްޔާގެ(ހ)އަށް، އެ ވުޒާރާގެ، ހ3،62/67 ނަންބަރު ސިޓީގެ ޖަވާބެއްގެ ގޮތުގާ؛ އެއަތޮޅުގާ އެއްވެސް ވަގުފް ބިމެއް، އިމާރާތެއް ނެތްކަމާއި، އެކަމަކު، އެއަތޮޅުގެ ތިނަދޫއަކީ ފާލަށްބަ މިސްކިތް މައްޗަށް ވަގުފްކުރެވިފާވާ ރަށެއްކަމާއި އަދި އެވަގުފްގެ ފަތް ވީ، ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގާ، މާލެ ގެންގޮސްފާ ކަމަށާ، އަދި އެރަށު މިސްކިތުގާ، ދިވެސްއަކުރުން ލިޔެފާ ހުންނަ ލިޔުމެއް ހުރިކަމުގާ ބަޔާންކޮށް؛ އަތޮޅުވެރިޔާ، އަހުމަދު އަލީ، ލިޔެފާވާ ސިޓީއެއް.Letter sent by the Vaavu Atoll Office, stating that there is no waqf endowment in the atoll, but that Vaavu Thinadhoo is an island allocated to Faalabba Miskiyy. It clarifies that the documentation for Faalabba Miskiy has been transferred to Malé, where that Dhives Akuru document is kept. (Size: 9.6" X 7.1")
V.Thinadhoo - Faalabba Mosque - letter(Mosque)

National Archives of Maldives
NAM DOC-MN-F6-50 · Item · 1905
Part of Documents

1323ހ(1905މ)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ދަރުބާރުގާ، ކެލާ ވަތުބަނޑޭރި އޭނާޔަށް ދަރުމައެއްކޮށްދެއްވުމަށް އެދުމުން، އޭނާ، ކެލާގާ ބިނާކޮށްފާވާ....(ތަނެއްނެތް) އެރަށު ކާސިންބެޔާ ގެވަޅާ އިންވެ އިރުން، ގަނޑު މަގާ އިންވެ އުތުރުން އޮތް، އެވަތުބަނޑޭރިގެ ގޯތިން ގޮއިފާލައްބަ ކަނޑުއްވާ، އޭނާޔަށް ދެއްވިކަމުގާ، ލިޔެފާވާ ފަތުގެ ނަކަލެއް.Document on the distribution of private property (Size: 4.9" X 7.9")
H.A.Kelaa - Private Property

National Archives of Maldives
NAM DOC-MN-F6-49 · Item · 1933
Part of Documents

1352ހ ރަޖަބް 17(1933މ ނޮވެންބަރު 6)ގާ، އަލްގާޒީ އިސްމާއިލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ކެލާ ކަތީބު ދޮންމަނިކު، ބޮޑުގޯތި ދޮށީމަނިކު، އަދި ބޭބެ މޫސާ އައިސް، ކެލާ ކޯމަސްދަނޑުން މާކަނދުމެރިތަނޭ ކިޔާ ތަނުން ރަށްމެދުގޯތި އާދަމް މަނިކުގެ ދޮށީ ދަރިއަށް ވީތަން، ބަނޑޭރިތަކުރުގެ އަހުމަދުފުޅުއަށް ވިއްކި ކަމުގާ ހެކިބަސްދީ، އަދި އެ އަހުމަދުފުޅު އެތަން ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރިންނަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 6.1" X 7.9") Chief Justices - Al Ghaazee Ismail Bahaauddin
1.H.A.Kelaa - Kelaa Koamasdhan'du maakadhumeri thanuge baeh - Letter (Endowed housing plot), letter(Endowment for property)

National Archives of Maldives
NAM DOC-MN-F6-48 · Item · 1962
Part of Documents

1962މ އޭޕްރިލް 17(1381ހ ޒުލްގައިދު 12)ގާ، ށ.އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ، ހ.3-62/10ނަންބަރު ސިޓީގެ ޖަވާބެއްގެ ގޮތުން؛ އެއަތޮޅުގާ އެއްވެސް ވަގުފް އިމާރާތެއް، ބިމެއް ނެތްކަމާއި، އެކަމަކު، ފީވަށް، މަރޮށި، ގޮއިދޫ، ބިލެތްފަހި، މިރަށްރަށް ވަގުފް ކުރެވިފާ އޮތްކަމާ، އެކަމަކު ވަގުފްކޮށްފާ ފަރާތެއް އިނގެން ނެތްކަމާ، ފަތްތައް ވަނީ ވުޒާރަތުލް މާލިއްޔާއަށް ގެންގޮސްފާކަމާ، އޭރު އެރަށްރަށް އޮންނަނީ، މީހުންގެ އަމިއްލަ ރަށްރަށުގެ ގޮތުގާ ކަމުގަޔާ، އަދި އެއަތޮޅު، މާކަނޑޫދޫގާ، 'ދޮންސޮރު އައިހާ(އައިސަ)ކަނބުލޭގެ ވަގުފް' ކިޔާ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، 12 ރުކުގެ، ވަގުފް އަކާއި، 'ކަނދިކަނބުލޭގެ ވަގުފް' ކިޔާ، 80ވަރަކަށް ރުކުގެ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، ވަގުފެއް އޮންނަ ކަމާ، އެތަންތަނުގެ ފަތް ކުރީގާ އޮތްކަމުގާ ވިއަސްވެސް، އޭރު، އެއްވެސް ލިޔުމެއް އެތާ ނެތް ކަމުގަޔާ، އިތުރު ވަގުފްހުރިތޯ ބަލަމުންގެންދާ ކަމުގާ ބަޔާންކޮށް؛ އަތޮޅުވެރިޔާ، މޫސާ އިބްރާހީމް ލިޔެފާވާ ސިޓީއެއް. Letter sent by the Shaviyani Atoll Office regarding a waqf endowment (Size: 8.2" X 6.5")
1.Sh.Feevah, 2. Sh.Maroshi, 3.Sh.Goidhoo, 4.Sh.Bilehfahi, 5.Sh.Maakan'doodhoo - Letter (Endowed housing plot), letter(Endowment for property)

National Archives of Maldives
NAM DOC-MN-F6-47 · Item · 1962
Part of Documents

1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، މ.އަތޮޅު އޮފީހުން، 'މިއަތޮޅުގައި ހުރި ވަގުފްތަކުގެ ތެރެއިން މިވަގުތަށް ލިބިފައިވާ ބައި' މިހެން ސުރުހީކޮށް؛ މ.ކޮޅުފުށީގާ، އައްސުލްތާނު މުހައްމަދު ތަކުރުފާނު އައުޒަމް އެރަށުގެ ދެކުނުއަވަށް(ކޮޅުފުށި) މިސްކިތަށް، ކޮޅުފުއްޓާއި ދިއްތުނޑި، ވަގުފްކޮށް، އެރަށު ރައްޔިތުންނަށް ލަށްވާފަވާކަމާ، އަދި، އެރަށުގެ އުތުރުއަވަށް(ވާރެޔާފުށި)ގެ މިސްކިތަށް، އެއަތޮޅުގެ ދޫނިފުށި، ކުޑައުސްފުށި، މާއުސްފުށި ހާފުށި ވަގުފްކޮށް، އެތާގެ ރައްޔިތުންނަށް ލަށްވާފާ އޮތްކަމާ، އަދި، މަދީނާ ޒިޔާރަތަށް، އެރަށުގެ ހިންނައެއް ވަގުފްވެ އޮތްކަމާ، އެވަގުފް ފަތްތައް ވީ، ވުޒާރަތުލް މާލިޔާއަށް ގެންގޮސްފާ ކަމާއި؛ މ.މުލިގާ، އެރަށުގެ އުތުރުކޮޅުގާ، މަދީނާ ޒިޔާރަތަށް ވަގުފްވެ އޮތް، ހިންނައެއް އޮތްކަމާ، އެކަމާބެހޭ އެއްވެސް ލިޔުމެއް ނެތް ކަމުގަޔާ؛ މ.ދިއްގަރުގާ، އަލްސުލްތާނު ހަސަން އިއްޒުއްދީނު (ދޮންބަންޑާރައިން)، އެރަށު ހުކުރު މިސްކިތަށް، އެދިއްގަރު ވަގުފްކޮށްދެއްވާފާވާ ކަމާ، އެވަގުފްގެ ފަތް ވަނީ، ވުޒާރަތުލްމާލިޔާއަށް ގެންދަވާފާ ކަމާ، އެއިން އެއްވެސް ރަށެއްގާޔާ އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް ނެތްކަމުގަޔާ؛ އަދި މ.މަޑުއްވަރީގާ، އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް، އަދި އެޒާތުގެ އެއްވެސް ލިޔުމެއް ނެތްކަމުގާ، ބަޔާންކޮށްފާވާ ލިޔުމެއް.Size: 9.9" X 8"
1.M.Kolhufushi, 2. M.Muli, 3.M.Dhiggaru, 4.M.Maduvvari - 1.Kolhufushi Mosque, Vaareyaafushi Mosque, 3.Hukuru Miskiiy (Mosque) - Endowment for Mosque, Endowment for Shrine (ziyaaraiy)

National Archives of Maldives
NAM DOC-MN-F6-46 · Item · 1962
Part of Documents

1962މ އޭޕްރިލް 16(1381ހ ޒުލްގައިދު 11)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން ވަޒީރުލްއައުޒަމް އޮފީހަށް؛ އެ ވުޒާރާގެ، ހ.1.62/19 ނަންބަރު ސިޓީއާ އެކު ފޮނުވި ފަތުގެ ނަކަލުގެ އިތުރުން، އޭރު ނިމިފާހުރި ލިއުމާއި، ފަތުގެ ނަކަލްތައް ފޮނިވާ ކަމުގާ ބަޔާންކޮށް؛ ވަޒީރުލް އައުޒަމްގެ ނައިބުގެ ބަދަލު ނ.ތ. ހސަންދީދީ، ސޮއިކޮށްފާވާ ސިޓީއެއް.Letter stating that documents are being prepared and will be sent once they are ready (Size: 9.1" X 6.2")
K - Male' - letter

National Archives of Maldives
NAM DOC-MN-F6-45 · Item · 1747
Part of Documents

1611ހ ރަބީލްއާހިރު 29(1747މ މޭ 9)(މީގެ ނިމުމުގާވާ ތާރީހާ، މައިގަނޑުގާވާ ތާރީހާ ތައާރުޒްވޭ)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއްޔަތު މަޖިލީހުން؛ އެމަޖިލީހުގާ، ކާށިދޫ ބޮޑުފެން އަލީ ތަކުރުފާނުގެ ދަރިން އައިސް، އެމީހުންގެ ބައްޕަ ވަގުފްކޮށްފާ އޮތް 'މުހައްމަދުކޮށިތަން' ކިޔާ ތަނާއި، އެތާގާ ވީހާ ރުއްގަސް، ދިއްފުށީ މާވަޑިތަކުރުފާނުގެ ދަރިން އަތުލަން އުޅޭކަމުގާ ދައުވާކުރުމުން، އެ ޝަރީއަތަށް ކުރަށްވާ، އެވަގުފް އެއީ، ކާށިދޫ ބޮޑުފެން އަލިތަކުރުފާނުގެ ދަރިކޮޅުގެ ވަގުފެއް ކަމާ، އެތާގެ ވަގުފް ފަތް ސައްހަ ކަމުގާ ނިޔާކުރަށްވާ؛ ލިޔެދީފާވާ ފަތެއް. (Size: 8.8" X 6.6") Chief Justices - Al Ghaazee Mohamed Shamsuddin
K.Kaashidhoo - Mohamed koshithan (plot) - Deed for housing plot, Endowment for property

National Archives of Maldives
NAM DOC-MN-F6-44 · Item · 1879
Part of Documents

1296ހ(1879މ)ގާ؛ އަލްސުލްތާން މުހަންމަދު އިމާދުއްދީން(3)، ދިއްފުށީ އެންމެހާ ރައްޔިތުންނަށް، އެމީހުން މަހަށްދާ ކޮންމެ އުޅަނދަކުން މަސްބައެއް، ގޮޔަށް(ޓެކްސެއް)، ދިނުމަށް އަމުރުކުރަށްވާފާ ފަތެއްގެ، 1357ހ ރަމްލޯނު 16(1938މ ނޮވެންބަރު 9)ގާ، ކޮށްފާވާ ނަކަލެއް.Copy of royal decree stating that a dozen fish should be submitted as a tax from each ship of Dhiffushi Island (Size: 5" X 5.1")
K./Dh.Dhiffushi -Tax

National Archives of Maldives
NAM DOC-MN-F6-43 · Item · 1952
Part of Documents

1371ހ ރަޖަބް 9(1952މ އޭޕްރިލް 4)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ ވަލުގަނޑުވަރު އިސްމާއިލް ދީދީ ގެނައި މައްޗަށްގޮޅި ބޮޑުގަލުގެ އުބުރާހީމް މަނިކު ވަގުފްކުރި މުދަލާއި ގޯތީގެ، 1215ހ(1800މ)ގާ، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަޑިޔާރު މަނިކުފާނު ލިޔުއްވާދެއްވި ފަތް ބަލައިގެންފައި ދިން، އާފަތެއް ހަދާ އަތުލާފާވާ ރަސީދެއް..Receipt of real estate documents: Machchangoalhi Bodugaluge (Size: 7.9" X 4.5")
K - Male' -Ma.Bodugaluge (Housing Plot) - Accounts (housing plot)

National Archives of Maldives
NAM DOC-MN-F6-42A · Item · 1958
Part of Documents

1377ހ ރަމަލޯނު 15(1958މ އޭޕްރިލް 5)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ހ.ގަރަބު ގޯތީގެ 1279ހ(1863މ)ގެ ފަތާއި 1285ހ(1868މ)ގެ ފަތް ބަލައިގެންފާ ދިން، އާފަތެއް ހަދާ އަތުލާފާވާ ރަސީދެއް. Receipt for real estate documents: Henveiru Garabu (Size: 4.6" X 3.8")
K - Male' - H.Garabu (Housing Plot) - Accounts (housing plot)

National Archives of Maldives