1331ހ ރަޖަބް(1913މ ޖޫނު(ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ، ޝަރީޔަތު މަޖިލީހަށް، ތުޅާދޫގޭ (...ވީދިފަ) ގެދަރި އިސްމާއީލް މަނިކުގެ އިބްރާހީމް މަނިކު ހާޒިރުވެ ހުރެ، އެމީހުންގެ ކާފަގެ ގޯތިތައް ބަހައިގެން، އޭނާގެ ބޮޑުބޭބެ މޫސާ މަނިކު އަށް ވީ ދެގޯތިން، ކުޑަކޮށީގާ އޮތް ވަގުފް ގޯތީގެ ވަގުފް، އެ މޫސާ މަނިކުގެ ދެ ފިރިހެން ދަރިން، އޭނާޔާ ހަވާލުކުރި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށްއެދުމުން؛ އެގޯތީގެ އިހު ފަތް ބެއްލެވިއިރު، އެގޯއްޗަކީ، ތުޅާދޫގޭ މުހައްމަދު މަނިކުގެ މަންމަ އާއި، މަންމަގެ އެއްބަނޑު އެއްބަފާ ފާތުމާފުޅު އާއި އަދި ދޭވާނިގޭ ދޮން...(ވީދިފަ)ފުޅާއި، މި ތިން ބެއިންގެ ވަގުފް ގޯއްޗެއް ކަމާއި، އަދި އެގޯތި ތުޅާދޫގެ މުހައްމަދު މަނިކުގެ ހަވާލުން، އޭނާގެ ދަރި މޫސާ މަނިކުއަށް، އަދި އޭގެ ފަހުން އެ މޫސާ މަނިކުގެ ދެދަރިންނަށް ހަވާލުވެފާވާ ކަމުގާ ސާބިތުވެ، އަދި، އެ ދެމީހުން، އެ އިބަރާހީމް މަނިކު އާއި ގޯތި ހަވާލުކުރިކަމުގެ ހެކިބަސް ގަބޫލުކުރަށްވާ؛ އެގޯތީގެ ވަގުފް އެއީ އެ އިބްރާހީމް މަނިކުގެ ހަވާލެއް ކަމުގާ އެ މަޖިލީހުން ނިޔާ ކުރުމުން، މޫސަލް މަހައްލީގެ ދަރި އަބްދުއްލޯ ލިޔެފާވާ ފަތެއް.
އަދި ނުފުށުގާ:
1346ހ ޖުމާދިލްއައްވަލް 24(1927މ ނޮވެންބަރު 19)ގާ، މި ގޯތީގެ ހުރިހާ ބެހެނިވެރިންގެ ގަބޫލުގާ، ތުޅާދޫގެ ހުސެއިން މަނިކުގެ ދަރި އިބްރާހީމް މަނިކާއި ހަވާލުކުރިކަމުގެ މައްޗަށް ލިޔެފާވާ ލިޔުމަކާ،
އަދި، މި ގޯތީގެ ބޮޑުމިން، ފަނޑިޔާރުގޭގެ ފަތްލިޔާ 4 ނަންބަރު ފަތްލިޔާ ދަފްތަރުގެ 14ވަނަ ސަފްހާގާ ވާނެކަމަށް، އެހެން އިރެއްގާ، ކޮށްލާފާވާ ނޯޓެއް.
(Size: 9.65" × 8.1")Al Naaibu Hussain Salahuddin
K.Male' - M.Meybiskadhuruge (Housing Plot in Male) - Deed for housing plot
1332ހ ސަފަރު 24(1914މ ޖަނަވަރީ 21)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، އދ.ފެންފުށި ރައްޔިތުން، ބ.ހިބަޅިދޫ އެއީ، އެމީހުންގެ ރަށުގެ 2 މިސްކިތުގެ ބޯގައެއް ކަމާ، އެކަމަކު، ބ.މާޅޮހު މީހުން އެރަށް ގެންގުޅޭތާ އެތައް އަހަރެއް ވެއްޖެކަމުގާ ބުނެ، އެކަން ބައްލަވާދެއްވުމަށް އެދުމުން؛ ފެންފުށި 2 މިސްކިތުގެ އަދި މާޅޮހު މިސްކިތުގެ ބޯގަ ފަތް ގެންނަވާ ބެއްލެވިއިރު، އެ ދެ ބޯގައިގާވެސް އެރަށް ހިމެނޭކަމާއި، މާތުރަ(ނަމަވެސް) ފެންފުށި ދެ މިސްކިތަށް ބޯގަ ލެއްވީ، އައްސުލްތާނު އަލްގާޒީ މުހައްމަދުލް އުތީމީ ބޮޑުތަކުރުފާނު ކަމާ، މާޅޮހު މިސްކިތަށް އެރަށް ބޯގަޔަށް ލަށްވާފާވާ ކަމުގާ އޮތީ، އިސްކަންދަރު ޝާހު މަހާރަދުން އެމިސްކިތަށް ދެއްވި ފަތް، އެތާ ފަރަންޖީން އުޅުނުއިރު، އެމީހުން ގެންގޮސްގެން، އެރަށު ރައްޔިތުން އައިސް އައްސުލްތާނު އަލްގާޒީ މުހައްމަދު އިމާދުއްދީނު(ދިޔަމިގިލީ ރަދުން)އާކޮށްފާވާ ފަތެއްގާ ކަމާއި، އެހެންވެ، އެދަރުބާރުގެ ބޮޑުންނާއި، ޝަރީއަތު މަޖިލީހުގެ ބޭފުޅުންނާއި މަޝްވަރާކުރައްވާ، ފެންފުށީ ބޯގަޔަށް އިސްކަން ދެއްވާ، ހިބަޅިދޫ، މާޅޮސް މިސްކިތު ބޯގައިން ކަނޑުއްވާ، މާޅޮސް މިސްކިތު ބޯގަ ފަތުގާވާ، ހިބަޅިދޫ ނޫން، އެންމެހާ ތަކެއްޗެއް އެއީ މާޅޮހު ގޮއިފާލައްބަ އާއި ....(ވީދިގޮސްފާ)..މެކުރެއްޖާއި ލަށްވާ، އެބޯގައިގެ ހަވާލުވެރިކަން އެރަށުގެ ރައްޔިތުންނަށް ލެއްވި ކަމާ، މިއެންމެހާ ކަންކަމަށް އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް.(Size: 18.05" × 12")
A.Dh.Fenfushi - A.Dh.Fenfushi 2 Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، 'މުޒްހިރުއްދީނު މިސްކިތް' މިހެން ތާނައިން ޖަހާފާވާ، އަރަބިން ލިޔެފާވާ ފަތެއް. (މިފަތުގެ ތަރުޖަމާއަކީ F0-100ކަމުގާ ބެލެވޭ)(Size: 17" × 12.2")
K.Male' - Muzhiruddeen Mosque
1347ހ ސަފަރު 27(1928މ އޯގަސްޓް 14)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 26ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހދ. ނައިވާދޫ ރައްޔިތުން، އެރަށުގެ މާމިސްކިތް ބަލަހެއްޓޭނެ ގޮތެއް ހަށްދަވާދެއްވުމަށް އެދުމުން؛ އެރަށުގެ ފާލަށްބައިން ސަރުކާރަށް އޮންނަ އެއްޗެއްގެ 2/1، އެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެ އެއްޗެތިން އެމިސްކިތުގެ އެންމެހާ ކަންކަން ކުރުމަށާ، އަދި އެބޯގައިގެ ތައުލީއްޔަމޫލަ ވެރިކަމުގެ ނާޒިރުކަން(ހަވާލުވެރިކަން) އެ ރަށުގެ އެންމެހާ ރައްޔިތުންނަށް ލަށްވާ، އަދި އެއިރަކު ދިވެހި ރަސްކަމުގެ ތަހުތުގާ އިންނެވި ކޮންމެ ރަދުނަކުވެސް އެކަމަށް އިހުތިރާމް ކުރައްވަންވާނެ ކަމުގާ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަ(ބޮޑު، މައި)މާލޭ ޔޫސުފް ގެދަރި އަލީ ލިޔެފާވާ ފަތެއް
(Size: 15" × 9.95")
H.Dh.Naivaadhoo - Maa Miskiiy (Mosque)Endowment for Shrine (ziyaaraiy)
(ތާރީހެއް ނެތް.. ކޮލިނަން އަދި ރަސަކަމުގެ އަހަރަށް ބަލާފާ)1032ހ(1623މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު 1، ސުވާސްތިސިރީ މަތަމަހާސިރީ ކުލަސުންދުރަ ސިއާކަސާސްތުރަ އައުދަކީރިތި ކައްތިރި ބޮވަނަ މަހާރަދުންގެ ރަސްކަމުގެ 3ވަނަ އަހަރު؛ މިލަދުންމަޑުލު(ބ. & ރ.)އަތޮޅު އަށް، ސަރުކާރުން ދާ މީހުންނަށާއި، އަދި އެކިއެކި ކަންކަމު ދާ އެހެނިހެން މީހުންނަށާއި، އަދި ބ.ގޮއިދޫ ރައްޔިތުންނަށާއި، އެންމެހާ ދިވެހެންނަށް، ގޮއިދޫ ފަޑިއަތް އަޅާ ގެދަރި ތުއްބިބީ ގެދަރި ހަސަންގެ އަދި އޭނާގެ ދަރިންގެ އެއްވެސް މިލްކަކަށް އަރާ އެމީހުންނަށް އެއްވެސް ކަހަލަ ގޯނާއެއް އަނިޔާއެއް ނުކުރުމަށާއި، އަދި އެފަދަ ކަމެއް ކޮށްފިއްޔާ އެކަމަށް އުގޫބާތް އޮންނާނެ ކަމުގާ، ބަސްއިއްވަވާ އަމުރުކުރެއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ހަސަން ހަތީބު
ލިޔެފާވާ ފަތެއް
Royal decree declaring that all assets of Ḥasan's family are inviolate(Size: 8.2" × 8.3") --
B.Goidhoo - Order
(ލިޔެފާވާ ތާރީހެއް، ފަރާތެއް ނެތް)، 'އަހުރެމެންގެ ސާހިބު – މާތް- ރަދުންގެ ފުތް ރަދުން – އެއީ އިބްރާހީމް އިސްކަންދަރު ރަދުންނެވެ ކިޔޭ ރަދުނެވެ-' މިހެން ފަށްޓާ، އަދި މިސްކިތާ ބެހޭ ކުޑަ ހަދީސް އެއް ލިޔެ، 'ލިޔުންތެރިޔާ' އެރަދުންނަށް ދެންނެވި ހަދީސެއް އައްސަވާ، އެކަމާ ވިސްނަވާ، އެރަދުންނާއި އެރަދުންގެ ބައްޕަގެ ކުއްފާފަތަކުން މިންޖުކުރެއްވުމަށް އެދި، އެ ބަރަކާތްތެރި ބޮޑު ހުކުރު މިސްކިތް ބިނާކުރަށްވަން ފެއްޓެވި ކަމާއި، އެ، ބިނާކުރަން ފެއްޓެވީ، ކުރީގާ އެތާގާހުރި، އައްސުލްތާނު ދަރްސަން؟؟(ދަރުމަވަންތަ)ރަދުން، އަޅުއްވާފާ ހުރި ހުކުރު މިސްކިތް ބާވެގެން ކަމުގަޔާ، އެ މިސްކިތް ބިނާކުރައްވަން ފެއްޓެވީ، 1066ހ ޝައުބާން 22(1656މ ޖޫނު 15)ވަނަ ހުކުރުދުވަހު ކަމާއި، ދިގުމިނުގާ 120މުށް(180ފޫޓު) ހުރި ކަމާ، ބޭނުންކޮށްފާވާ ލަކުޑިއާއި، މިސްކިތުގެ އެކި އެކި ތަންތަނާއި ލިޔުންތަކުގެ ވާހަކަޔާ އަދި އެ އެންމެހާ ކަންތައް އެކުލަވާ ހެއްދެވީ އެރަދުންގެ ބެއްލެވުމުގެ ދަށުން ކަމުގާ ލިޔެފާވާ ލިޔުމެއް.
ފަތުގެ ނިމުން ނެއްކަމުގާ ބެލެވޭ... އަދި މިއީ ދިވެސްއަކުރުގެ ތަރުޖަމާއެއް ކަމުގާ ހީވޭ.
Update on construction work for a new mosque(Size:13.35" × 8.4")
K.Male' - Hukuru Miskiiy (Mosque) -Writing(Report)
1294ހ މުހައްރަމް(1877މ ޖަނަވަރީ)ގާ، އަލްގާޒީ އިބްރާހީމް މަޖުދުއްދީނު ގެދަރި އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ ޝަރީއްއަތު މަޖިލީސްއަށް، ހުތް އައިމިނާ ދީދީ، އޭނާ އިނދެވަރިކުރި ބާބާގޭ ދޮންމަނިކުގެ ގޯތި، ހެކިންގެ ހާޒިރުގާ، އޭނާއަށް ހިބައިންދީ، އެކަމުގެ މައްޗށް ލިޔުން ދީފާ، އެ ހިބަޔަށް ދޮންމަނިކު އިންކާރުކޮށް، އެގޯއްޗަށް އައިމިނައިދި ވަނިޔަކަނުދިނޭ ކިޔާ ދައުވާ ހުށައެޅުމުން، ދޮންމަނިކު ހާޒިރުކުރުމުން، އެލިޔުން އެގޮތަށް ދިންކަމަށް އެއްބަސްވެ، އެކަމަކު ގޯތި ނުދެވެޔޭ ހިތަށްއަރާ އެގޮތަށް އުޅެވުނީކަމުގާ ބުނުމުން، އެ މަޖިލީހުން އެއީ ސައްހަ ހިބައެއް ކަމުގާ ނިޔާކޮށް، ސިންގަޅަގެގެ ހުޅަނގުން، ބައިކަނޑިގެގެ އިރުން އޮތް ބާބާގެ ކިޔާ ގޯތި، އެއީ، ހުތް އައިމިނާ ދީދީގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެގޯތީގެ ބޮޑުމިން ހިމަނާ އެމަޖިލީހުން ލިޔެފާވާ ފަތެއް.
އަދދި ފަތުގެ ނުފުށުގާ:
1302ހ ޒުލްގައިދު؟؟ 18(1885މ އޯގަސްޓް 29)ގާ، އަލްގާޒީ އިބްރާހީމް މަޖުދުއްދީނު ގެދަރި އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ ޝަރީއްއަތު މަޖިލީހުން؛ އެގޯތި ފުއްކޭގޭ އާބަކުރު ކަލޭގެފާނަށް މިލްކުވެއްޖެކަން ސާބިތުވެ، އެކަން ބަޔާންކޮށްފާވާ ލިޔުމެއް.
(Size:13.3" × 8.5")Ismail Bandaara Naaibu Thakurufaanu
K.Male' - Baabaa Dhon Maniku Goathi (Housing Plot) - Private Property
1309ހ ޝައުބާން 10(1892މ މާޗް 10)ގާ، އަބްދުލް ގާދިރު އަލް ނަސްކީ އަލް ގާހިރިއްޔާ ގެދަރި އަލްގާޒީ ހާޝިމުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ މަޖިލީހަށް، ހަސަން ޝާހު ބަންދަރު ވެލަވަޅުނާ މަނިކުފާނު ހާޒިރުވެހުރެ، އޭނާ، -/211 ރުފިޔާ ދީފަ ގަތް ހެންވޭރު ކޮލިހިނގާ މަގުގެ ދެކުނުން، އަތިރީ ހަކުރާގެއާއި ޖެހިގެން އިރުން، އަތިރީގޭ ހުޅަނގުން އޮތް ވެޔޮދޮށުގެ ކިޔާ ގޯތި، އެ ގޯތީގެ ވެރިން، އެ ފައިސާ އޭނާއަށް ދައްކާ، އަނބުރާ އެގޯތި އެމީހުންނަށް ލިބެންދެން، އޭނާގެ އަނބި، ސިއްތި އަށް، އެގޯތީގެ ވަގުފް ހަވާލުކޮށް، އެގޯތި އާއި އެގޯތީގާ އޭނާ އަޅާފާވާ ގޭގެ ކޮޓަރި އާއި، އެ ސިއްތިޔަށް ދެއްވައިފި ކަމަށާއި، އޭނާގެ ދަރިޔަކަށްވެސް އެކަމާ ދައުވާއެއް ނުކުރެވޭނެ ކަމާ، އެގޯތީގެ ވެރިން، އެގޯތި ބޭނުންވީ ދުވަހަކުން، އެއްފަހަރާ، -/211 ރުފިޔާ ސިއްތިޔަށް ދައްކާ އެގޯތި ލިބިގަތް ދުވަހަކާ ޖެހެންދެން، އެގޯތިން ކޮންމެ ފައިދާއެއް ނެގިޔަސްވެސް، ގޯތިވެރިންނަށް ނުބެހެވޭނެ ކަމަށާއި، އަދި އެ ސިއްތި އެކަންކަން ގަބޫލުކުރަށްވައިފި ކަމަށާއި، މި ހުރިހާކަމެއްގެ މައްޗަށް ފަތެއް ދެއްވުމަށްއެދުމުން؛ އެކަންތައް ބައްލަވާ، އެގޮތަށް ފަތެއް ލިޔުމަށް ކުރެއްވި އަމުރަށް، ހަސަންލް މުލައްގަބް މާރަދަލް މުލަކީ ގެދަރި އައްނައިބު އަލްކަބީރު މުހައްމަދު މިން ނަވާއިބު އަލް މަހަލްދީބިއްޔާ ނައިބު މަނިކުފާނު ލިޔެދެއްވާފާވާ ފަތެއް.(Size:12.05" × 8")Al Ghaazee Haashimuddin
K.Male' - H.Veyodhoshuge (Housing Plot) - Deed for housing plot
1346ހ(1927/1928މ)ގާ،(މިފަތުގެ ފެށުން ވަނީ ވީދިގެން ގޮސްފާ) ބޮޑުގަލުގޭ ބަނޑޭރި ދޮންހުސެއިންގެ ދޮންތުއްތު އާއި،(ފުރަތަމަ ނަން ވީދި ގޮސްފަ) ދެމީހުން(އެބައި ވީދިގެން ގޮސްފާވާތީ، ކޮން ތަނަކަށް ކަމެއް ނޭނގެ...ތާރީހަށް ބަލާއިރު، އެއީ ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީސް ކަމުގާ ދެކެވޭ)، ހެންވޭރު ކަނބާ ގަނޑުވަރު ހުޅަނގު ބުރީގާ، އަލް އަމީރު އަލް ހާއްޖަ އަލް މަރްހޫމް އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ބިނާކުރައްވާފާވާ ގެއާއި، ދެންވެސް ހުރިއްޔާ ހުރި އިމާރާތެއް ވަނީ، އޭނާގެ ދަރި އަތިރީގޭ އަބްދުލް(ވީދިގެން ގޮސްފާ ވާތީ މަޖީދު ކަމެއް ހަމީދު ކަމެއް ސާފެއް ނުވޭ)އަށް ހިބައިން ދެއްވާފައޭ ބުނެ، އެކަމަށް ފަތެއް ދެއްވުމަށްއެދުމުން؛ އެކަމުގެ ސާބިތު އެ މަޖިލީހުގާ އޮތުމުން، އެތަން އެއީ، އެ، ދަރިކަލުންގެ ތަނެއް ކަމުގަޔާ، އެކިލެގެފާނުންގެ އެހެން ބޭފުޅުންނާ ބެހޭ ތަނެއް ނޫންކަމުގާ ބަޔާންކޮށް، އެ ޝަރީއްޔަތު މަޖިލީހުން ލިޔެފާވާ ފަތެއް.
އަދި ނުފުށުގާ:
1970މ ނޮވެންބަރު 16(1390ހ ރަމްލޯނު 16)ގާ، މިނިސްޓްރީ އޮފް ޖަސްޓިސް ޕްރޮޕަޓީ އެންޑް އޯނާޝިޕް ޑިވިޝަން އިން، މި ފަތުގާ ބުނެފާވާ އިމާރާތަށް ސުއްމުލް އަމީރު އަލް މަރްހޫމް މުހައްމަދު ފަރީދު ފާށަނާ ކިލެގެފާނު އަށް މިލްކުވެފާވާކަން، އެ ޑިވިޝަނުގެ 70/P&OD/667 ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓުން ސާބިތުވާކަމުގާ ބަޔާންކޮށް، އެއޮފީހުގެ ގާޒީ ސޮއިކޮށް، އެ ޑިވިޝަންގެ ތައްގަނޑާ، އަދި ރާއްޖޭގެ 1 ރުފިޔާގެ ސްޓޭމްޕެއް ޖަހާފާވާ ލިޔުމެއް.
(Size:8.8" × 5.5")Al Ghaazee Hussain Salahuddin
K.Male' - H.Kan'baa Gan'duvaru (Old Royal House) - Private Property
1334ހ ޒުލްގައިދު 26(1916މ ސެޕްޓެންބަރު 24)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދީނުގެ ބަންޑާރަނައިބު މަޖިލީހުގާ، ރ.އަތޮޅު މާމުނަގަލުގެ ރުއްބައިގެ ވަގުފްވެރި، ބޮޑުފުށި މުހައްމަދު ތަކުރުފާނުގެ ދަރި ހުސެއިން ތަކުރުފާނުގެ ދަރިކޮޅު މީހުންނާއި، ކައްޗޭމީދޫ(ރ.މީދޫ) މީހުންނާއި ގޮވައިގެން، ބަނޑޭރި ބޭކަލުން ހާޒިރުވެ ތިބެ؛ މީދޫ މީހުންގެ ފަތުގާވާ މާމުނަގާ ކިޔާ ރަށާއި، އެ ހުސެއިން ތަކުރުފާނުގެ ވަގުފް ފަތުގާ އޮތް މާމުނަގާ ކިޔާ ރަށާއި މެދު އޮޅުން އަރާތީ މިކަން ސާފުކޮށްދެއްވުމަށް އެދުމުން، މިމާމުނަގަލުގެ ރުއްއިންދިބަޔާއި އަދި ބަންޑާރައިން އެރަށުގާ ރުއް އިންދާފާވާ ބައި ވެސް، ހަސަން ތަކުރުފާނުގެ ދަރިކޮޅަށް އޮތްކަމަށް ނިޔާކުރައްވާ، އެދަރިކޮޅުގެ މީހުންގެ ތެރެއިން، ކުޑަރިކިލު ކަތީބު ހުސެއިން މަނިކު، ބުޗާ މުހައްމަދު ދަންޑެހެލު ތަކުރުފާނު، ރުއްކޮށީ ހުސެއިންގެ އާދަނު، މީދޫ ކެޔޮޅު މުހައްމަދުގެ އިބްރާހީމް އަދި ނެވި އާދަމްބެގެ ހުސެއިން، ޝަރީއްއަތުގެ މަޖިލީހުގާ ހާޒިރުވެ ތިބެ، މި ވަގުފް ބެލެހެއްޓުން ކުޑަރިކިލު ކަތީބު ހުސެއިން މަނިކުއާއި ހަވާލުކުރުމަށް އިގުރާރުވުމުން، ކޮންމެ އަހަރަކު މާމުނަގަލަށް ލިބޭ ވަރުވާގެ ½އިން، ކުރީގެ ފަތުގާ އޮތްގޮތައް ވަގުފް ފުއްދުމަށް ޝަރުތުކޮށް، ބާކީ އޮތް ބަޔެއް، މުހައްމަދު ތަކުރުފާނުގެ ދަރިކޮޅަށް އެއްވަރަށް ބެހުމަށާއި، އަދި ވަގުފް ފުއްދުމަށް 8ރުފިޔާއިން ފުދޭނެ ކަމަށާއި، އަދި އެ މަސައްކަތުގެ އުޖޫރައަކަށް، އެ ކަތީބު ހުސެއިންއަށްވީ ބައިގެ އިތުރުން، އޭނާޔަށް، އެ ވަގުފްން ލިބޭ މީހަކާއި އެއްވަރަށް ބަޔެއް، ލިބޭގޮތަށް އެ މަޖިލީހުގާ އެ 6 މީހުން އިއްތިފާގުވުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް. F0-37)އެއީ މިފަތުގެ ނަކަލެއް)
އަދި ފަތުގެ ނުފުށުގާ:1971މ ނޮވެންބަރު 24(1391ހ ޝައްވާލް 6)ގާ، މިނިސްޓްރި އޮފް ޖަސްޓިސް، ޕްރޮޕަޓީ އެންޑް އޯނާޝިޕް ޑިވިޝަން އިން، އެތަނުގެ ގާޒީ ސޮއިކޮށް، 71/P&OD/673 ގަޒިއްޔާއިން، މި ފަތުގާވާ ވަގުފް އަކީ ސައްހަ ވަގުފެއް ނޫންކަމުން އެވަގުފް އުވާލަން ހުކުމް ކުރިކަމުގާ ލިޔެ، އެ މިނިސްޓްރީގެ ތައްގަނޑު ޖަހާފާވާ ލިޔުމެއް.
(Size:12.05" × 8.3")Al Naaibu Hussain Salahuddin
A.Maamunagau - Coconut Grove - Deed for housing plot