29.9.88ހ(20.10.1968މ) މަތީގާ ޖަހާ، ހިސާބުތަކެއް ހަދާފާވާ ކަރުދާހެއް.
Note with mathematical calculations (Size: 6.35" X 2.8")
(ތާރީހެއް ނެތް) އެކިއެކި ބަދިގެއާއި ގަނޑުވަރުތަކާއި، ބޭބޭކަލުންނާއި، ތަކެތީގެ އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް.
List of palace kitchens and their staff (Size: 6.9" X 3.85")
(ތާރީހެއް ނެތް) ޖަމާއަތްތެރި އަންހެނުންނާއި، މުސްކުޅި ބޭކަލުންނާއި، މެދުރީމީހުންނާއި ގަޑުވަރުގެ އެކިއެކި ބަދިގެތަކުގެ އަދި އެކިއެކި ގަޑުވަރުތަކުގެ ނަން ލިޔެ، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.
List of palace kitchens and their staff (Size: 8.65" X 4.45")
(ތާރީހެއް ނެތް) އެކި ބަދިގެއާއި، ގަނޑުވަރުތަކާއި، ބޭބޭކަލުންނާއި، އެއްޗެތިކޮޅު ބަޔާންކޮށް، އެއެއްޗެއް ކައިރީ އަދަދު ޖަހާ ލިސްޓުކޮށް، ރަސްގެލާފާވާ(ޗެކްކުރާގޮތަށް)ވާ ކަރުދާހެއް.
List of palace kitchens and their staff (Size: 8.65" X 6.85")
1343ހ ޝައްވާލް 16(1925މ މޭ 9) އަދި 1344ހ ރަޖަބް 17(1926މ ފެބްރުވަރީ 1) އަދިވެސް އެހެން ތާރީހުގާ(މިބައި ވީދިފާ)ގާ، ރާއްޖޭން ބޭރަށް ދިޔަ ނާފަހަރާއި އޮޑީގެ އަދަދާއި، ދިޔަ ތަންތަނާއި، އެއިން ގެނައި ތަކެއްޗާއި، އެތަކެތިން ކުރި ވިޔަފާރިއާއި އެހެނިހެން ކަންކަން ބަޔާންކޮށްފާވާ ކަރުދާހެއް.
List of ships that have traveled abroad, their destinations, and the products they brought back (Size: 7.8" X 6.4")
1952މ ފެބްރުވަރީ 6(1371މ ޖުމާދިލްއައްވަލް 10)ގާ، މަތިގެއިން، ''އަލީރަސްގެފާނު ގަޑުވަރު މަނިއްޕުޅު ފޮނުއްވަވަންވީ'' މަތީގާ ޖަހާ، 16 ނާޅި ތެއްޔަކާ އެޔަށް ވާވަރަށް މަސް، އުސްހަކުރު، ލޮނުލުނބޯ، މިތަކޭތީގެ އަދަދާއެކު ޖަހާ، ދެންއަންނަ ހޮނިހިރު ވިލޭރޭ ހަތްފުޅިޔަށް(ހަތެއް)ޖަހާއިރަށް، އެތަކެތި އެތެރެބަޑަހަލަށް، ފޮނުއްވައިދެއްވުމަށް އެދި، ލިޔެފާވާ ކަރުދާހެއް.
List of ingredients and cooking utensils required by the palace (Size: 6.2" X 4.1")
1370ހ ޒުލްހައްޖު 6(1951މ ސެޕްޓެންބަރު 8)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ އައްޑޫ އަހުމަދު ދީދީ ގެ ތުއްތު ދީދީ، އެ މަހްކަމާއަށް ގެންދިޔަ ފަށަވާޅުގޯތީގެ އަދި 1248ހ(1832މ) އަދި (1275ހ(1859މ)ގެ ފަތާއި، ދާހިލިއްޔާގެ ނަންބަރު 51 ގެ ފަތާއި، އެޔާއެކު ގެންދިޔަ، 1350ހ ރަޖަބް 27(1931މ ޑިސެންބަރު 7)ގާ، ޝަރުއިއްޔާގެ ސިޓީއަކާ ބަލައިގެންފާ ދީފާވާ ރަސީދެއް.
Receipt issued by authorities when renewing the real estate document (Size: 5.4" X 4.6")
މަސްއަލަ ބައްލަވައިދެއްވުމަށް ޝަރުއިއްޔާގައި ދެންނެވުނު ގޯތިތަކާއި ގޯތި ތަކުގެމަސްއަލަ ނިމެމުންދާގޮތް' ނަމަކަށް ޖަހާ، ވައަތު ތިރީ ކަނުގާ 'ވަޒީރުލް އައުޒަމްގެ އޮފީސް' ޖަހާފާވާ، ފޮތެއްގެ ބަނޑޭރިގަނޑެއް ކަހަލަ ކަރުދާހެއް.
Book cover (Size: 12.9" X 8.1")
ހިސާބުތަކެއް ޖަހާފާވާ ކަރުދާހެއް.
Note with mathematical calculations (Size: 6.3" X 4.2")
1350ހ ރަބީލްއައްވަލް 3(1931މ ޖުލައި 19)ގާ، '(ކުޑަ މުހައްމަދު ކަލޭގެފާނައް ބަހެ.' '(ބާރަ މައުލޫދުއަށް އެތެރެބަޑަހަލަށް ދޭނޭ ތަކެތި' ދެފޮޅުވަތަށް މަތީގާ ޖަހާ، އެކިއެކި ކެއިމުގެ ނަން މަތީޖަހާ، ކާއެއްޗެތީގެ ނަމާއި އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް.
Food ration list (Size: 13.2" X 8.3")