1370ހ ޖުލްހައްޖު 15(1951މ އޯގަސްޓް 18)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ ދައްޕަރު އިބްރާހީމް ދީދީ ގެނައި ބަނޑޭރިތަކުރު ގޯތީގެ(ރަންހަދާގެ)ގެ، 1356ހ(1937މ)ގެ ފަތް ބަލައިގެންފާ؛ ދިން ދިން، އާފަތެއް ހަދާ އަތުލާފާވާ ރަސީދެއް.Receipt of real estate documents: Henveiru Garabu Goathi (Size: 4.2" X 4.6")
K - Male' - H.Garabu Goathi (Housing Plot) - Accounts (housing plot)
1370ހ ޒުލްހައްޖު 2(1951މ ސެޕްޓެންބަރު 4)ގާ، މަހްކަމަތުލް ދަހިލިއްޔާއިން؛ އަބްދުއްލަތީފު ހުސެއިން މަނިކު ގެނައި ބޮޑުފުޅަށްގޭ މަނިކުގެ ރޯޝަނީގޯތީގެ 1208ހ(1794މ)ގެ ފަތް ބަލާގެންފާ ދިން، އާފަތެއް ހަދާ އަތުލާފާވާ ރަސީދެއް.Receipt for real estate documents: Machchangoalhi Roashaneege (Size: 4.5" X 4.6")
K - Male' - Ma.Roashanee Goathi (Housing Plot) - Accounts (housing plot)
1370ހ ޒުލްހައްޖު 3(1951މ ސެޕްޓެންބަރު 5)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ ހަސަން މޫސާދީދީ ގެނައި، ވީރު ހަސަންދީދީގެ ޑޭޒީފެހި ކިޔާގޭގެ 1208ހ(1794މ)ގެ ފަތް(F0-42) ބަލައިގެންފާ؛ ދިން، އާފަތެއް ހަދާ، އަތުލާފާވާ ރަސީދެއް.Receipt of real estate documents: Galolhu Daisyfehige (Size: 4.6" X 5.2")
K - Male' - G.Daisyfehi (Housing Plot)ge - Accounts (housing plot)
1370ހ ޒުލްހައްޖަ 2(1951މ ސެޕްޓެންބަރު 4)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ރިނބުދޫ ދޮންތުއްތު ގެނައި ރިނބުދޫގޭ ކުދިންގެ 1214ހ(1799މ)ގެ ފަތާއި، 1216ހ(1801މ)ގެ ފަތާއި 18؟1ހ)ގެ ފަތާއި 1320ހ(1902މ)ގެ ފަތް ބަލައިގެންފާ ދިން، އާފަތެއް ހަދާ، އަތުލާފާވާ ރަސީދެއް. Receipt for real estate documents: Machchangoalhi Ri'nbudhooge (Size: 4.6" X 4.8")
K - Male' - Rin'budhooge (Housing Plot) - Accounts (housing plot)
1370ހ ޒުލްހައްޖު 10(1951މ ސެޕްޓެންބަރު 2)ގާ، މަހްކަމަތުލް ދާހިލިއްޔާއިން، މާފަންނު ސަރުދާރު ލިޔާކޮއި ކަޅުތުއްތު ގެނައި، އޭދަފުށީ ދޮށީސޮރުގެ ގޯތި (ކުރިކިހަށްފިލާގޯތީގެ) ފަތާއި އެފަތާއެކު އޮތް 3 ސިޓީ ބަލައިގެންފާ ދިން، އާފަތެއް ހަދާ އަތުލާފާވާ ރަސީދެއް.
Size: 4.6" X 4"
K - Male' - M.Kurikihahfilaa Goathii (Housing Plot) - Accounts (housing plot)
1105ހ(1694މ)ގާ،(ރަދުންގެ ނަމެއް ނެތް.. ތާރީހަށް ބަލާފާ) މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ ދަރުބާރަށް، ފާދިއްޕޮޅު ކުރެންދޫ މީހުން އައިސް، އެރަށުގެ މާމިސްކިތް މައްޗަށާއި ޝެއިހު ނަޖީބު ހަބްޝީގެ ޒިޔާރަތް މައްޗަށް ހުރި ބޯގަ ނުލިބޭތީ އެދެތަން ނުބެލެހެއްޓޭނެކަމުގާ ބުނުމުން؛ އެތަނުގެ، މުހައްމަދު ރަދުން(ބޮޑުތަކުރުފާނު)ދެއްވި ފަތުގެ މައްޗަށް، އިސްކަންދަރު އިބްރާހީމް ދެއްވި ފަތުގެ މައްޗަށް، ކުޑަމުހައްމަދު ރަދުން ދެއްވި ފަތްކޮޅުގާ ވާގޮތު މުލިބަންއޯރަ؟؟އަށް އޮތް ދޮޅަސްކޮށި ނޫން ހުރިހާ ތަންތަނެއް ބޯގައަށް ލަށްވާ، އޭގެ ހަވާލުވެރިކަން ކުރެންދޫ ރައްޔިތުންނަށް ދެއްވާ، އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ އާއި އަހުމަދު ހަތީބު ދިވެސްއަކުރުން ލިޔެފާވާ ފަތުގެ، 1332ހ ޖުމާދިލްއައްވަލް 14(1941މ އޭޕްރިލް 10)ގާ، ކޮށްފާވާ ތަރުޖަމާއެއް.(F0-75އާއި އެކަށްޗެއް)Size: 10" X 8"
Lh.Kurendhoo - Maa Miskiiy (Mosque), Sheikh Najeeb Habsheege Ziyaaraiy (Mausoleum) - Endowment for Shrine (ziyaaraiy)
1370ހ ޒުލްގައިދު 30)1951މ ސެޕްޓެންބަރު 2)ގާ، މަހުކަމަތުލް ދާހިލިއްޔާއިން، ފަހާގެ މުހންމަދު މަނިކު އެތަނަށް ގެންދިޔަ، ހ.ފީވަކު ގޯތީގެ ފަތް ބަލައިގަނެ، ދީފާވާ ރަސީދެއް.Size: 4.5" X 4.6"
K - Male' - H.Feevaku Goathi (Housing Plot) - Account (writing)
1962މ ޑިސެންބަރު 15(1382ހ ރަޖަބް 17)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ވަޒީރުލްއައުޒަމްގެ އޮފީހަށް؛ އެއޮފީހުގެ ށ.62/38ގެ ސިޓީއިން އަންގަވާފާވާ އެންގެވުމެއްގެ ދަށުން، އޭރު، ރާއްޖެތެރެއިން ލިބިފާ ހުރި ލިއުމާއި އަދި ފަތް، ސިޓީއާއެކު ފޮނުވި ކަމުގަޔާ، އަދި، ލ. ގަމުން ގެނައި ދިވެސްއަކުރު ދެފަތަކާއި، ހދ. ހިރިމަރަދޫ ނިބޫގެއިން ގެނައި ދިވެސްއަކުރު ފަތަކާ، ލ.ގާދޫން ގެނެސްފާވާ މުސްކުޅިފަތަކާ، ފޮނުވިކަމުގާ ބަޔާންކޮށް، ވަޒީރުލް ދާހިލިއްޔާ، ސޮއިކޮށްފާވާ ސިޓީއެއް.(F6-36ވަނީ މިސިޓީއާއެކު ހީރަސް ޖަހާފާ)Letter sent by Wuzārath Al-Dhaakhiliyya to Wzir Al-Auzam, specifying the delivery of letters, including two (sent from Laamu Gan and Haa Dhaalu Hirirmaradhoo, Nibooge) which were written in Dhives Akuru (Size: 8.2" X 5.2")
K - Male' - Letter (Endowed housing plot), letter(private property)
1962މ ޑިސެންބަރު 15(1382ހ ރަޖަބް 17)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ވަޒީރުލްއައުޒަމްގެ އޮފީހަށް ފޮނުވި ސިޓީ(F6-37)އާއެކު ހީރސްކޮށްވާފާވާ، 15 އަތޮޅުގެ ނަމުގެ ދަށުގާ؛ 1.ހއ.އަތޮޅު ކެލާގާ، ވަތަބަނޑޭރި ތަކުރުފާނުގެ ގޯތި އަދި ބަނޑޭރިތަކުރުގެ އަހުމަދުގެ ދަނޑު އާއި ބެހޭ ދެ ލިޔުން 2. ހދ.އަތޮޅު ނޮޅިވަރަމުއިން، ބޮޑު މޫސާ ގެދަރި އާދަމްގެ މިލްކު މުދާ، އެރަށު ހަސަންތަކުރުގެ ދަރި މޫސާ ކަލޭގެ މިލްކު ތަކެތި، ބޮޑު މުހައްމަދު ކަލޭގެ ދަރި އިބރާހީމްގެ މުޅި މިލްކިއްޔާތެއްގެ ވަގުފް އާއި ބެހޭ ލިއުމާ، ނޮޅިވަރަމު ހަސަން ހަތީބު ތަކުރުފާނުގެ ދަރި އުމަރު ތަކުރުފާނުގެ ތަކެތީގެ ވަގުފް ފަތަކާއި ލިޔުމެއް ކަމާ، އަދި، ހިރިމަރަދޫ ނިބޫގެއިން ގެނާ ދިވެސްއަކުރު ފަތެއް ކަމާ 3. ށ.އަތޮޅު އަތޮޅު އޮފީހުގެ، ހ.3-62/94 ނަންބަރު ސިޓީގެ ނަކަލެއް 4. ނ.އަތޮޅު އަތޮޅު އޮފީހުގެ ހ.3-62/3 ސިޓީގެ ނަކަލެއް 5. ރ.އަތޮޅު، އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ ނަކަލަކާއި ފަތެއް 6. ބ.އަތޮޅު އަތޮޅު އޮފީހުން ފޮނުވި 2،79،49، 75، 42 މިނަންބަރުތަކު ގެ ލިއުމާއި އަދި އެހެން ލިޔުމެއްގެ ނަކަލެއް 7. ޅ.އަތޮޅުގާ އަތ އޮފީހުން ފޮނުވި 5 ފަތުގެ ނަކަލު 8. ކ.އަތޮޅު އޮފީހުން ފޮނުވި 1ފަތުގެ ނަކަލު 9. އ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ އަދި ފަތެއްގެ ނަކަލު 10. މ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއް އަދި ފަތެއްގެ ނަކަލު 11. ވ.އަތޮޅު އޮފީހުގެ، ހ.3-62/3 ސިޓީގެ ނަކަލެއްކަމާ 12. ފ.އަތޮޅު އޮފީހުން ފޮނުވި ފަތްތަކުގެ ނަކަލު 13. ދ.އަތޮޅު އޮފީހުގެ، ހ.3-62/7 ނަންބަރު ސިޓީގެ ނަކަލު 14. ލ.އަތޮޅު އޮފީހުން ފޮނުވި 3ފަތުގެ ނަކަލު އަދި ގަމު މިސްކިތް މަގުގެ ފަތަކާއި، ދިވެސްއަކުރު ވަގުފް ފަތަކާއި، ގާދޫ ވަގުފް ފަތަކާއި، 15. ގއ.އަތޮޅު އޮފީހުން ފޮނުވި ފަތްތަކުގެ ނަކަލާއި 16. ގދ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ ނަކަލެއް؛ ބުނެވިދިޔަ ލިޔުންތައް ޖަހާފާވާ ލިސްޓެއް. List of asset certificates, letters and waqf endowments received from atolls (Size: 9.6" X 7.2")
1.H.Dh, 2.H.A, 3.SH, 4.N, 5.R, 6.B, 7.Lh, 8.K, 9.A, 10.V, 11.M, 12.F, 13.Dh, 14.L, 15.GA, 16.G.Dh - 1.H.A.Kelaa, 2.H.Dh.Nolhivaram, H.Dh.Hirimaradhoo, 14.L.Gan, L.Gaadhoo - 1.Writing (Deed list), 2.Writing (Deed list)
1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ނޮޅިވަރަންފަރުގާ، އެރަށު ހުކުރު މިސްކިތުގެ އިރުން، 'ފައިބުރިވަރުވާ' ކިޔާ، ވަގުފް ބިންކޮޅެއް އޮތްކަމާ، އެތާގާ އޭރު ހުރީ، 3 ރުއް ކަމާ، އެތަނުގެ ހަވާލުވެރި ދަރިކޮޅުގެ މީހުން، އޭރު ތިބީ، އެއަތޮޅު ހިރިމަރަދޫ، ނޮޅިވަރަންފަރު އަދި ހއ.އުލިގަމުގާ ކަމުގަޔާ، އަދި، ހިރިމަރަދޫ އޮފީސް ހަދަންފަށާފާވާ ތަނުގެ އިރުން، ބަނބުކެޔޮ ފީންޏެއް ހުރި، ވާގަރު ސައްބު ކަތީބުގެ ދަރިކޮޅަށް ލަށްވާފާވާ، ވަގުފް ކުޑަ ބިންކޮޅެއް އޮތްކަމުގަޔާ، އަދި އެ'ފައިބުރިވަރު ކިޔާ ބިންކޮޅުވެސް އެއީ ހަމަ އެދަރިކޮޅުގެ ހަވާލުގާވާ ތަނެއްކަމުގާ، އެ ދެތަނުގެ އިތުރުން، ހއ. އުލިގަމުގާވެސް، އެވަގުފްގެ ތަކެތި ވާނޭ ކަމުގާ، އެރަށުގެ ދުވަސްވީ މީހުން ބުނާކަމުގަޔާ، އަދި، ހިރިމަރަދޫއިން ލިބުނު، އެތަންތަނުގެ ފަތްކޮޅުކަމުގާ ބުނާ، ދިވެސްއަކުރުގެފަތް ކޮޅެއް، ސިޓީއާއެކު،
ނައިވާދޫ އަބްދުއްސަމަދު؟ ހުސެއިންގެ ހަވާލުގާ ފޮނުވާކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއީލް ނަސީރު ލިޔެފާވާ ސިޓީ/ނަކަލެއް؟
Letter sent by the Haa Dhaalu Atoll Nolhivaramu Office on waqf endowments in the atoll (Size: 8.2" X 6.5")
1.H.Dh.Nolhivaranfaru, 2.H.Dh.Hirimaradhoo, 3.H.A.Uligamu - 1.Hukuru Miskiiy (Mosque) - letter(Endowment for property), Letter (Endowed housing plot)