Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F6-34 · Item · 1962
Part of Documents

1962މ މޭ 23(1381ހ ޒުލްހައްޖު 18)ގާ، ހދ. ނޮޅިވަރަމުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް؛ އެއަތޮޅު ކަނަމަނަ އަކީ އެރަށުގެ، އިހުޒަމާނުގާ، ބޮޑުގަލު މިސްކިތް ކިޔާ، ހުކުރު މިސްކިތަށް ވަގުފްކޮށްފާވާ ރަށެއް ކަމާ، އެރަށުގެ މުސްކުޅިން ބުނާ ގޮތުގާ އެކަމުގެ މައްޗަށް އޮތް ލޯފަތްކޮޅެއް، ޝަމްސުއްދީނު ރަސްކަމުގެ ދުވަސްވަރު މާލެ ގެންގޮސްފާވާ ކަމާ، އަދި އެރަށުގެ އެހެން އެއްވެސް ވަގުފެއް، އަމިއްލަ ބިމެއް އޮތްކަން އިނގެންނެތްކަމުގާ ބަޔާންކޮށް؛ ހދ. އަތޮޅުވެރިޔާ، އިސްމާއީލް ނަސީރު ލިޔެފާވާ ސިޓީ/ނަކަލެއް؟ Letter sent by the chief of Haa Dhaalu Atoll stating that Hdh. Kanaman is a waqf endowment distributed to Bodugalu (Hukuru) Miskiy, but that Hdh. Nolhivaramu is not endowed to any mosque (Size: 8.2" X 6.5")
H.Dh.Naivaadhoo - Hukuru Miskiiy (Mosque) - letter(Mosque)

National Archives of Maldives
NAM DOC-MN-F6-33 · Item · 1962
Part of Documents

1962މ މޭ 23(1381ހ ޒުލްހައްޖު 18)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ވައިކަރަދޫގާ، ކަޅުދައިތަ ވަގުފް ކިޔާ ވަގުފެއްގެ، އެކިތާހުރި 3 ބަނބުކެޔޮ ގަސް އަދި 4ރުއް ހުރި ކަމާ، އެވަގުފްގެ ފަތް، ދޮން ހުސެއިން މޫސާގެ ނައިބުކަމުގާ ހަލާކުވެދިއައީ ކަމުގާ، މީހުން ބުނާ ކަމުގަޔާ، އަދި، ހަމަ އެރަށުގާ، ހުސެއިން ކަލޭގެ ދަރި ހަސަން ހަތީބުކަލޭގެ، އެތައް މުދަލަކާ، ގޯއްޗާއި ރުއްގަސް، އޭނަގެ ދަރިކޮޅަށް ލަށްވާ، ވަގުފްކޮށްފާވާ ކަމުގެ 2 ފަތް އޮތް ކަމާ، އެ 2 ފަތުގެ ނަކަލެއް، ސިޓީއާއެކު ފޮނުވާ ކަމުގާ ބަޔާންކޮށް، ހދ.އަތޮޅުވެރިޔާ، އިސްމާއީލް ނަސީރު، ފޮނުވާފާވާ ސިޓީ/ނަކަލެއް؟

Size: 8.2" X 6.5"
H.Dh.Vaikaradhoo - letter(Endowment for property), Letter (Endowed housing plot)

National Archives of Maldives
NAM DOC-MN-F6-32 · Item · 1962
Part of Documents

1962މ އޭޕްރީލް 19(1381ހ ޒުލްގައިދު 14)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް؛ އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު މަކުނުދޫ އަކީ، އެރަށުން ފެޅި ކޮންމެ 2ގަހަކުން 1ގަހެއް އެރަށު މިސްކިތަށް ވަގުފްކޮށްފާވާ ރަށެއްކަމުގާ މުސްކުޅިން ބުނާ ކަމާ، އެކަމަކު، ރައްޔިތުން އެމިސްކިތް ބަލަހަށްޓާތީވެ، އެމީހަކު އިންދި އެއްޗަކުން ބޭނުންކުރަނީ އެމީހެއް ކަމާ، އަދި އެރަށުގާ އޮތް، ދިވެސްއަކުރު ފަތަކާ، ތާނަ ފަތެއް ވަނީ ވުޒާރަތުލް މާލިއާއަށް ގެންގޮސްފާކަމާ، އެތަކެތި ބަލައިގެންފާ އެވުޒާރާއިން ދިން ރަސީދު، ކަތީބުގެ ހަވާލުގާ އޮންނާނެ ކަމުގާވެސް އެރަށު މީހުން ބުނާކަމާ، އަދި އެކަތީބު ރަށުގާ ނެތުމުން އެރަސީދު ބެލިފާނުވާ ކަމުގަޔާ، އަދި، އެރަށުގާ 'ރޮގުވަރޭ' ކިޔާ ތަނެއް އޮތް ކަމާ، އެތަނާ ބެހޭ މައުލޫމާތު ފޮނުވޭނީ، އަދި އިތުރަށް ބަލާފާ ކަމުގަޔާ، އޭގެ އިތުރުން އެރަށުގާ، އަމިއްލަ ބިމެއް ވަގުފް އެއްޗެއް ނެތްކަމުގާ ބަޔާންކޮށް؛ ހދ. އަތޮޅުވެރިޔާ ފޮނުވާފާވާ ސިޓީ/ނަކަލެއް؟Letter sent by the Hdh.Nolhivaranfaru Atoll Office, stating that one of the two trees that grow in Makunudhoo belongs to a mosque on the island, however, the mosque is currently not in use; the documents relating to this waqf endowment (one in Dhives Akuru and the other in Thaana) are now kept at Wuzarathul Maliyya (Size: 8.2" X 6.5")
H.Dh.Makunudhoo - Island Mosque - letter(Endowment for property), Letter (Endowed housing plot)

National Archives of Maldives
NAM DOC-MN-F6-31 · Item · 1962
Part of Documents

F6-30 އެކޭ އެކަށްޗެއް. އޭގާ ބުނެފާވާ ސިޓީ/ނަކަލެއް؟Letter sent by Haa Dhallu Atoll Office stating that there is no private land in Kulhudhufushi, Ho'ndaidhoo, Ku'nbururdhoo, Kumundhoo and Maavaidhoo (Copy F6-30) (Size: 8.2" X 6.5")
H.Dh.kulhudhuffushi, H.Dh.Hon'daidhoo, H.Dh.Kun'burudhoo, H.Dh.Kumundhoo, H.Dh.Maavaidhoo - letter(Endowment for property)

National Archives of Maldives
NAM DOC-MN-F6-30 · Item · 1962
Part of Documents

1962މ މޭ 23(1381ހ ޒުލްހައްޖު 18)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ކުޅުދުފުށި، ހޮނޑައިދޫ، ކުނބުރުދޫ ،ކުމުންދޫ، މާވައިދޫ، މިފަސް ރަށުގާ، އެއްވެސް ވަގުފެއް، އަމިއްލަ ބިމެއް ނެތްކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ، އިސްމާއީލް ނަސީރު ލިޔެފާވާ ސިޓީ/ނަކަލެއް؟Letter sent by Haa Dhallu Atoll Office stating that there is no private land in Kulhudhufushi, Ho'ndaidhoo, Ku'nbururdhoo, Kumundhoo and Maavaidhoo (Size: 8.2" X 6.5")
H.Dh.kulhudhuffushi, H.Dh.Hon'daidhoo, H.Dh.Kun'burudhoo, H.Dh.Kumundhoo, H.Dh.Maavaidhoo - letter(Endowment for property)

National Archives of Maldives
NAM DOC-MN-F6-29 · Item · 1923
Part of Documents

1342ހ ސަފަރު 11(1923މ ސެޕްޓެންބަރު 22)ގާ، މަހްކަމަތުލް ޝަރީޔާއިން، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ނޮޅިވަރަމު ބޮޑުމޫސާގެ ދަރި އާދަމް އައިސް، އޭނަޔާ އޭނާގެ އަނބި ހިޔަލަޔާ ދެމީހުންގެ މުދަލުން، އޭނާއަށް ވީ ބަޔާ، ދެންވެސް އޭނާގެ މިލްކުގާ ވީހާ މުދަލެއް، ވަގުފްކޮށް، އެކަމުގެ ހަވާލުވެރިކަން، އޭނާއަށާ، އޭނާނެތުމުން އޭނާގެ ދަރިން ދަލޭކާ، އައިމިނަ އާއި އަދި އޭނާގެ ދަރި އިބްރާހީމްއަށް ލިބިހުރި ދަރިއަށާ އަދި އޭނާގެ އަނބި ހިޔަލައަށް މަތިކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް. (Size: 11" X 8.5") Chief Justices - Al Naaibu Hussain Salahuddin
H.Dh.Nolhivaram - Endowment for property

National Archives of Maldives
NAM DOC-MN-F6-28 · Item · 1803
Part of Documents

1218ހ ޝައުބާން 22(1803މ ޑިސެންބަރު 7)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު މަޖިލީހުގާ، ނޮޅިވަރަމު ހަސަންތަކުރުފާނުގެ ދަރި މޫސާކަލޭގެ، އޭނާގެ މިލްކުގާ ވާހާ، ރުއްގަސް، ދަނޑުފަގު، ރަންރިހި، ގެވަންތަ ކަންވާރު، އެއެންމެހާ ތަކެތި، ކަންފަތް ހަސަންތަކުރު އަދި ކޮރު ކާސިންތަކުރު ކާސިން އަލީ ހެކިކޮށް، އޭނާގެ މިލްކުންކަނޑާ، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ އެއްބަނޑު އައިޝަތުބީ އާއި އެބީގެ ފިރި ދަބަރު ހަސަން ތަކުރާއި، އެމީހުން ނެތްނަމަ، އެމީހުންގެ ދަރިކޮޅަށް ލަށްވާ، އަދި، އެ ހަސަންތަކުރަށް، އޭގެ ފަހުން ދަރިއެއް ލިބިއްޖެނަމަ، އެދަރި އަށާ އެދަރީގެ ދަރިކޮޅަށްވެސް ވާނެ ކަމުގާ، އެހެކިން ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްއވުމަށް އެދުމުން؛ އެ އެއްތަމަފަނޑިޔާރު ލިޔެދެއްވި ފަތުގެ ނަކަލެއް.(Size: 11" X 8.5") Chief Justices - Al Ghaazee Moosa Muhyiddin
H.Dh.Nolhivaram - Endowment for property

National Archives of Maldives
NAM DOC-MN-F6-27A · Item · 1922
Part of Documents

1341ހ ސަފަރު 17(1922މ އޮކްޓޯބަރު 9)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ މަޖިލީހުގާ، ނޮޅިވަރަމު މުދިން ބޮޑުމުހައްމަދު ކަލޭގެ ދަރި އިބްރާހީމް، އޭނާގެ މިލްކުގާ ވާހާ، ވަގުފްސައްހަވާ މުދަލެއް، ކޮންމެ ރަބީލްއައްވަލް 12 ދުވަހު، މެންދުރު، ކުކުޅުލީ ކެއުމެއް ކަށްކާ، ފަނިގިރާ، އެތަކެތިން، ރަސޫލާއަށް ސޮލަވާތެއް ކިޔެވުމަށް ޝަރުތުކޮށް، ވަގުފްކޮށްފި ކަމާ، އެތަނުގެ ހަވާލުވެރިކަން، އޭނާ ނެތުމުން، އޭނާގެ ދަރި މަރިޔަމް އަދި، އެދަރި ނެތުމުން، އެދަރީގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، އެވަގުފް ސައްހަކަމުގާ ނިޔާކުރެއްވުމުން، އެތެރެކޮއިލުމިސްކިތު މަލިން މޫސާ ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 11" X 8.5") Chief Justices - Al Naaibu Hussain Salahuddin
H.Dh.Nolhivaram - Endowment for property

National Archives of Maldives
NAM DOC-MN-F6-27 · Item · -
Part of Documents

(ތާރީހެއް ނެތް)'ހދ. އަތޮޅުއޮފީސް، ނޮޅިވަރަންފަރު'(ލިޔުނުފަރާތު އެޑްރެސް ޖަހާގޮތަށް ޖަހާފާ)، 'ނަންބަރު ހ3-62/13 ސިޓީއާ ގުޅޭ' މިހެން ސުރުހީކޮށް، ރުކާ، އެކިވަށްތަރުގެ ގަސް، ހިފާގެންގުޅޭ ސާމާނު، ފޮށި، ފިލާ، ރަން އަދި ރިހި ގަހަނާ، އަދަދާއެކީ ޖަހާ، އަދި، ބޮޑުމިނާއެކު 1ގެ، ޖަހާފާވާ ލިސްޓެއް.(F6-27Aއާއިމި ކަރުދާހާ އެއްކޮށް ހީރަސްކޮށްފާ އޮތީތީވެ، މިއީ އޭގާ އެބުނާ ވަގުފްގެ ލިސްޓެއް ކަމުގާ ބެލެވޭ)Size: 9.1" X 4.2"

National Archives of Maldives
NAM DOC-MN-F6-26A · Item · 1944
Part of Documents

1363ހ ރަބީލްއާހިރު 22(1944މ އޭޕްރިލް 16)ގާ؛ މަހްކަމަތުލް ޝަރީއްޔާގެ ޝަރީއަތު މަޖިލީހުގާ، އެމަހު 19ގާ، ތިލަދުންމަތީ ނޮޅިވަރަމު މާލިމީ މުހައްމަދުގެ މޫސާ، އޭނާ އާއި އޭނާގެ އަންހެނުން، ދޮންހަސަންގެ އައިސަ އާއި ދެމީހުންގެ މިލްކިއްޔާތުގެ ތެރެއިން ވަގުފް ސައްހަވާ އެންމެހާ މުދަލެއް، އެދެމަފިރިންގެ އަލީ، އުސްމާނު، މަރިޔަމް އަދި ސިއްތި، މި 4 ދަރިންނަށާ، އެދަރިން ނެތްނަމަ، އެދަރިންގެ ދަރިކޮޅަށް، އެވަފްގެ ހަވާލުވެރިކަން ލަށްވާފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދިނުމަށް އެދުމުން، އެ އައިސަ، އެރަށުގެ ނައިބުގޭގާ، އެކަމަށް އެދިފާވާކަން ސާބިތުވެ، އެ މަހްކަމާއިން ލިޔެދީފާވާ ފަތުގެ ނަކަލެއް.List of palm trees, tools, boxes, wood, gold and silver (Size: 11" X 8.5")
H.Dh.Nolhivaranfaru - Endowment for property

National Archives of Maldives