Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F6-26 · Item · -
Part of Documents

(ތާރީހެއް ނެތް)'ހދ. އަތޮޅުއޮފީސް، ނޮޅިވަރަމްފަރު'(ލިޔުނު ފަރާތު އެޑްރެސް ޖަހާގޮތަށް ޖަހާ)، 'ނަންބަރު ހ3-62/16 ސިޓީއާ ގުޅޭ' މިހެން ސުރުހީކޮށް، ރުކާ، އެކިވަށްތަރުގެ ގަސް، އަދަދާއެކީ ޖަހާ، އަދި، ބޮޑުމިނާއެކު، ގެއެއް، ބަދިގެއެއް ބަނޑަހަގެއެއް ޖަހާފާވާ ލިސްޓެއް.(F6-26Aއާއިމި ކަރުދާހާ އެއްކޮށް ހީރަސްކޮށްފާ އޮތީތީވެ، މިއީ އޭގާ އެބުނާ ވަގުފްގެ ލިސްޓެއް ކަމުގާ ބެލެވޭ)

List of palm trees and the measurments of household plot (Size: 9.1" X 4.2")
H.Dh.Nolhivaranfaru - list(Endowment for property)

National Archives of Maldives
NAM DOC-MN-F6-25 · Item · 1967
Part of Documents

1284ހ ރަބީލްއާހިރު 4(1867މ އޯގަސްޓް 5)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހަށް، ނޮޅިވަރަމު ހަސަން ހަތީބު ތަކުރުފާނުގެ ދަރި އުމަރު ކަލޭގެ އައިސް؛ އޭނާގެ މިލްކުގާ، ނޮޅިވަރަމު ގާވާހާ، ގެވެހި، ރަންރިހި، ލޯ އަދި ސީނު ކަންވާރު އާއި ގުޅިރުނބާ، ނިދަނިވި ތަންމަތި، ރުއްގަސް، ދަނޑުފަގު، ކޭލަދަބިންފަލަމަޑި، މިއެންމެހާ އެއްޗެތި، އޭނާގެ މިލްކުން ކަނޑާ، ވަގުފްކޮށްފި ކަމުގަޔާ، އަދި އެވަގުފް ފުއްދާ، އިތުރަށް ހުރި ނަފާ 'ކެއުމުގެ' ހަވާލުވެރިކަން، އޭނާގެ ދަރިކޮޅަށް ލަށްވައިފިން ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެ މަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް.

(Size: 11" X 8.5") Chief Justices - Al Ghaazee Mohamed Muhibbuddin
H.Dh.Nolhivaram - Deed for housing plot, Endowment for property

National Archives of Maldives
NAM DOC-MN-F6-24 · Item · 1962
Part of Documents

1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ތިލަދުންމަތި ނޮޅިވަރަންފަރުގާ ހުންނަ ހދ.އަތޮޅުއޮފީސް(ހ)އިން، އެ ވުޒާރާގެ، 3-62/59ނަންބަރު ސިޓީގެ ޖަވާބުގާ؛ އެ އަތޮޅު ނޭކުރެންދޫގާ ދިވެހި ރުކާ ކަށިކެޔޮ ހަށްދާފާވާ، ނޭކުރެންދޫ ނަސީބުކަލޭގެ ވަގުފް ރުއްގަނޑު ކިޔާ ރުއްގަނޑެއް އޮތްކަމާ، ވަގުފްކޮށްފާވަނީ، ބިން ނުލާ، އެތާގާ ހުރި ރުއްގަސް އެކަނި ކަމާ، އެރުއްގަނޑުގާ ހުރީ އެ ނަސީބުކަލޭގެ އިންދާ ތައްޖަށްސާ، އޭގެ ތެރެއިން އޭނާއަށް އަމިއްލަވީ ބައި، އޭނާގެ ދަރިންނަށް ހަވާލުވެރިކަންދީ، ވަގުފްކޮށްފާވާ ކަމާ، އަދި އެރަށު މީހުން ބުނާގޮތުގާ، އެތަނުގެ ފަތެއް އޮށްވާ، ޔޫސުފް ކަތީބުގެ ވެރިކަމުގާ، އެފަތް މަހްކަމަތުލް ޝަރިއްޔާއަށް ގެންގޮސްފާވާކަމާ، އޭރު އެވަގުފްގެ ހަވާލުވެރިއެއް ނެތުމުން، އެދަރިކޮޅުގެ ބައިވެސް ބަންޑާރަވެ، އޭގެ ކުޑަދުވަސްކޮޅެއްކުރިޔާ ޖެހެންދޭ ވަރުވާޔަށް، ވުޒާރަތުލް ދާހިލިއްޔާއިން، އެކިމީސްމީހުންނަށް ދީފާވާ ކަމާއި، އަދި އޭގެ ކުޑަދުވަސްކޮޅެއް ކުރިން، މަގުކޮށާ، ބިންވަކިކުރުމުން އެރި އޮޅުމަކުން، އެތާގާވާ ބަންޑާރަ އަދި އަމިއްލަ(ވަގުފް)ބައި، ވުޒާރަތުލް އައުގާފުގާ ލިޔެގެން މީހަކު އުޅޭކަމާ، އަދި އެރަށުގާ އޭގެ އިތުރަށް، ވަގުފް އެއްވެސް އެއްޗެއް، އަމިއްލަ ބިމެއް، އޮތްކަމެއް ނޭނގޭކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއިލް ނަސީރު، ސޮއިކޮށްފާވާ ސިޓީ/ނަކަލު؟  Size: 8.2" X 6.5"
H.Dh.Neykurendhoo - letter(Endowment for property)

National Archives of Maldives
NAM DOC-MN-F6-23 · Item · 1885
Part of Documents

1302ހ ޖުމާދިލްއާހިރު(1885މ އޭޕްރިލް)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރުބާރަށް، ފާދިއްޕޮޅު ހިންނަވަރު މީހުން އައިސް، އެރަށުގެ ހުކުރުމިސްކިތް ބަލަހަށްޓާނެ ފަދަ ނެތިގެން އެ ރަސްގެފާނުންގެ އަރިހުގައި ދެންނެވުމުން؛ އެއަތޮޅު ފެލިވަރު އަދި ހިންނަވަރު، އެމިސްކިތުގެ ބޯގަޔަށްލެއްވި ކަމުގެ އަމުރަށް، މާލެ، ފަތްލިޔާ އުމަރު ލިޔެފާވާ ފަތުގެ، ހިންނަވަރު އޮފީހުން ފޮނުވާފާވާ، ނަކަލެއް. Size: 10" X 8"
Lh.Hinnavaru - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

National Archives of Maldives
NAM DOC-MN-F6-21 · Item · 1697
Part of Documents

1108ހ(1697މ)ގާ، އައްސުލްތާނު އިސްކަންދަރު އިބްރާހީމް(ކަލާފާނު)ގެ ރަސްކަމުގާ، އެރަދުންގެ ރަސްކަމުގެ 4ވަނަ އަހަރު، 997ހ(1589މ)ގާ، ހައްދުންމަތީ ގަމުގެ ހުކުރު މިސްކިތް ބާވެގެން، އެރަށު ރައްޔިތުން، އާ މިސްކިތަކަށް އެދި، އެރަދުންގެ އަމުރު ލިބި، އެޅި މިސްކިތް، ނިމިއްޖެ ކަމުގާ ބުނެ، އިހު މިސްކިތުގެ ލޯމާފާނުގާ، އެތަނުގެ ބޯގަޔަށް ލަށްވާފާހުރި އެއްޗެތި، އަލަށް އެޅި އެ މިސްކިތަށް ލަށްވާދެއްވުމަށް އެދުމުން؛ އެކަން އެގޮތަށް އޮންނަންވާނެ ކަމުގަޔާ، އެރަށު ގޮއިފާލަށްބާ ނޫން އެހެން ހުރިހާ އެއްޗެއް، އެމިސްކިތު ބޯގަޔަށް ލަށްވާ، އަދި، އިސްކަންދަރު ރަދުންގެ ބައްޕާ އައްސުލްތާނު މުހައްމަދު(ބޮޑުތަކުރުފާނު)، ލ.ގަމަށް ވަޑައިގެތް ފަހަރު، އެރަށު ރައްޔިތުން، އެރަދުންނަށް ދީފާވާ، 400ބަމަ ހިންނައާ، އިސްކަންދަރު ރަދުންނަށް، އެރަށު މީހުން ދީފާވާ ހިންނައާވެސް، ގޮއި(ސަރުކާރަށް އެތަނަކުން ދޭންޖެހޭ ތަކެތި)ކަނޑުއްވާ، އެމިސްކިތަށް ބޯގައަށް ދެއްވާ، އެތަނުގެ ހަވާލުވެރިކަން، އެރަށު ރައްޔިތުނަށް ލަށްވާފި ކަމުގެ އަމުރުނެރުއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިއުމުން، މުހައްމަދު ހަތީބު ލިޔުނު (ދިވެސްއަކުރުން) ފަތުގެ، 1962ހ މޭ 14(1381ހ ޒުލްހައްޖު 9)ގާ، ގަމު ނައިބު ހަސަން އިބްރާހީމް ދީދީ ކުރަށްވައިފާވާ ތާނަ ތަރުޖަމާ.Size: 10" X 8"
L.Gan - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

National Archives of Maldives
NAM DOC-MN-F6-20 · Item · 1920
Part of Documents

1339ހ މުހައްރަމް 17(1920މ ސެޕްޓެންބަރު 30)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ހުކުރު މިސްކިތް އަދި ކުޑަ މިސްކިތް، އެރަދުންގެ އަމުރުފުޅަށް، ހަދާ، އާކޮށްފިކަމުގަ ބުނެ، އެދެތަން ބެލެހެއްޓޭނެ ފަދައެއް ހަމަޖަށްސަވާދެއްވުމަށް އެދުމުން؛ އެދެތަނުގެ އިހުފަތް ބަށްލަވާ، 1266ހ(1850މ)ގާ، އޭރުގެ ރަދުންގެ، އަލްގާޒީ މުހިއްބުއްދީނުގެ ޝަރީއަތު މަޖިލީހުން، އެރަށުގެ ގޮއެފާލަށްބައަށް، އެދެމިސްކިތުގެ ހަވާލުވެރިން އަރާރުންވާތީވެ، އެތަން ބަންޑާރަޔަށް ލަށްވާފާވާކަން ސާބިތުވެ، އަދި، 1197ހ(1783މ)ގާ، މުހައްމަދު މުހިއްބުއްދީނުގެ ލިޔެފާވާ ފަތުން، އަލްވަޒީރު ހަސަން ދަހަރާދަ، އެކުޑަމިސްކިތް މައްޗަށް، ނ.ރާފުށި ވަގުފްކޮށްފާވާ ކަމުގާ ސާބިތުވެ، ހުކުރު މިސްކިތު ބޯގައަށް، ނައިފަރު ގޮއިފާލަށްބަ ލަށްވާ، އަދި ކުޑަ މިސްކިތަށް ވަގުފްވެ އޮތް ނ.ރާފުށި، އެގޮތަށް ބޭއްވުމަށާ، އެދެތަނުގެ ހަވާލުވެރިން އެނގި ނެތުމުން، ވަގުތީގޮތުން، ނައިފަރު ރައްޔިތުންގެ މައްޗަށް އެކަން ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މޫސާ ދީދީގެ އަބްދުއްލޯ ދީދީ(އަބްދުއްލާ ކަމާލުއްދީނު)، ލިޔެދީފާވާ ފަތުގެ ނަކަލެއް. Size: 8.8" X 5.5"
Lh.Naifaru - Hukuru Miskiiy (Mosque), Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy), Endowment for Mosque

National Archives of Maldives
NAM DOC-MN-F6-19 · Item · 1923
Part of Documents

1342ހ މުހައްރަމް 29(1923މ ސެޕްޓެންބަރު 11)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ދެކުނުކޮޅުގާ ހުރި އާމިސްކިތް ބާވެ ހަލާކުވެފާވާ ކަމުގާ ބުނެ، އެމިސްކިތް އާކުރުމުގެ ހުއްދަޔަށް އެދުމުން؛ އެކަމަށް އިޒްނަދެއްވާ، އަދި އެރަށުގާ އިހު ހުރި ދެ މިސްކިތުގެ ބޯގައިން، އެ މިސްކިތުގެ 'ކުނަލަވެރިކަމުގެ ނާޒިރުކަން' އެރަށު ރައްޔިތުންނަށް ލަށްވާފި ކަމުގާ އަމުރުނެރެއްވުމުން، އެރަދުންގެ ސިއްކަޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު، ލިއެފާވާ ފަތުގެ ނަކަލެއް.Document approving the renovation of the old mosque at the request of the people of Naifaru and the allocation of assets (Size: 8.8" X 5.5")
Lh.Naifaru - Aa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

National Archives of Maldives
NAM DOC-MN-F6-18 · Item · 1818
Part of Documents

1234ހ ސަފަރު(1818މ ޑިސެންބަރު)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހަށް، ހައްދުންމަތީ ގާދޫ މީހުން އައިސް، އެމީހުންގެ ވަގުފް ފަތެއް ބާވެގިން އާކޮށްދެއްވުމަށް އެދުމުން؛ އެފަތް ބަށްލަވާ، 1021ހ ރަޖަބް 27(1612މ ސެޕްޓެންބަރު 23)ގާ، ހުސެއިން ފާމުލަދޭރި ކިލެގެފާނު، އާކޮށްދެއްވާފާވާ ފަތުގާ ވާގޮތުގެ މަތިން، ލ.ގާދޫ އައިމިނަ، ގާދޫގާ އޮތް އޭނާގެ ބިން ހިންނައަކާ، އެތާގާވާހާ ތަކެއްޗާ، އަދި އޭނާގެ މިލްކުގާވާހާ ރުކެއް، އޭނަގެ ދެމަފިރިން، ނަރަކައިން ސަލާމަތް ކުރުމަށް އެދި، ކޮންމެ ޝައްވާލް މަހެއްގެ 8ވަނަ ދުވަހަކު، 3ކެއިން ކަށްކާ، 10މީހުން ލަށްވާ ފާތިހާ ކިޔަވާ، އަދި އެދުވަހު އެރަށުގާ ތިބި އެންމެހާ މީހުންނަށް ކާންދިނުމަށް، ޝަރުތުކޮށް، ވަގުފްކޮށް، އަދި އެވަގުފްގެ ހަވާލުވެރިކަން އޭނާގެ ދަރިންނަށާ، އެދަރިން ނެތްނަމަ، އެރަށުގެ 'ވަރުހަރުދީ ތިބޭމީހުން'؟ގެ މައްޗަށް ލަށްވާ، ސިރާޖުއްދީނު ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް.(Size: 10" X 8") Chief Justices - Al Ghaazee Ibrahim Sirajuddin
L.Gaadhoo - Gaadhoo Aiminaa Goathi (Housing Plot) - Deed for housing plot

National Archives of Maldives
NAM DOC-MN-F6-17 · Item · -
Part of Documents

(ތާރީހެއްނެތް)، އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ ދަރުބާރަށް، ލ.ގަމު އަށްނައިބު ހުސެއިން އައިސް، އެރަށު ހުކުރުމިސްކިތަށް ވަގުފްކޮށްފާވަނީ، އެއަތޮޅު ކަޅަދޫ ކަމާ، އެތަނަށް ކަތީބެއް ނުލަށްވާ އޮތިމުން، ރަށުގާ ހަމަނުޖެހުން ވާތީ، އެތަނަށް ކަތީބަކު ލަށްވާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ ކަޅައިދޫ އަކީ އެހުކުރު މިސްކިތަށް އޮތް ރަށެއް ކަމުގާ ބަޔާންކޮށް، އެރަދުންގެ ސިއްކަޖަހާ، ބަނޑޭރި އިބްރާހީމް ކިޔުމުން، އުމަރު ގަދަހަމާދި ލިޔެފާވާ، ދިވެސްއަކުރު ފަތުގެ، 1962މ މޭ 14(1381ހ ޒުލްހައްޖު 9)ގާ، ގަމު ނައިބު ހަސަން އިބްރާހީމް ދީދީ ކޮށްފައިވާ ތާނަ ތަރުޖަމާ. (މިފަތުގާ، ކަތީބެއް އައްޔަނުކުރި ކަމެއް ބުނެފަކާ ނެތެ.) Size: 10" X 8"
L.Gan - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

National Archives of Maldives