1339ހ ރަޖަބް 14(1921މ މާޗް 24)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުގެ މަޖިލީހުގާ، މާމިގިލީ އިބްރާހީމްގެ ދަރި، އަށްނައިބު އާދަމު، އޭނާގެ އެންމެހާ މިލްކިއްޔާތެއް، އޭނާގެ ކިބައިން މިލްކުކަނޑާ، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާއަށާ، އޭނާ ނެތުމުން، އޭނާގެ ދަރިން، އަބްދުލް ރަހުމާނު، ދާވޫދު އަދި އޭނާގެ ހަދީޖާގެ މޫސާ، މިތިންމީހުންގެ ދަރިކޮޅަށް، ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށް އެދުމުން؛ އެ ވަގުފް ސައްހަކަމުގާ ނިއާކުރެއްވުމުން، މޫސަލް މަހައްލީގެ ދަރި އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 8.8" X 5.5") Chief Justices - Al Ghaazee Hussain Salahuddin
A.Maamigili - Deed for housing plot
1106ހ(1695މ މާޗް)ގާ، ސުވަސްތިސިރީ މަތަމަހާސިރީ ފުރަސިތުރަ އައުދާނަސިރި ކުލަރަންމީބަ އައުދަކީރިތި ބޮވަނަ މަހާރަދުން(މުހައްމަދު ރަސްގެފާނު-ދެއްވަދޫ(ރަދުންގެ ނަން ތާރީހަށް ބަލާފާ)، އައްޑުއަތޮޅު މީދޫ ދޮންއަލީގެ ދަރި އަބޫބަކުރު، އެރަދުންގެ ދަރުބާރުގާ، އޭނާގެ ބައްޕަގެ ހުރިހާ މިލްކެއް، އޭނާގެ އެދުމުގެމަތިން، ރަންދިޔާގެފާނު(ރަދުންގެ ފުރަތަމަ އަންހެންބޭފުޅާ؟)އާއި، އަދި އެދޮންއަލީއަށް ދަރުމަ ލިބުމަށް ވަގުފްކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން...(ފެންނަށް އޮތީ، މިހިސާބަށް ލިޔެފާވާ، މިފަތު ފުރަތަމަ ސަފްހާ)Size: 10" X 8"
Sh .Meedhoo - Deed for housing plot, Housing plot (Property)
1962މ އޭޕްރީލް 3(1381ހ ޝައްވާލް 27)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ވަޒީރުލް އައުޒަމްގެ އޮފީހަށް، އެއޮފީހުން ފޮނުވާފާވާ ށ.62/38ނަންބަރު ސިޓީއިން އަންގަވައިގެން، މާލޭގެ މީސްމީހުންގެ ވަގުފް އަދި އަމިއްލަ ގޯތީގެ ލިސްޓެއް ނަގަން ފެށިކަމާ، އެހާތަނަށް ނެގިފާވާ ލިސްޓާއި، އެތަންތަނާ ބެހޭ ލިޔުންތައް، މިސިޓީއާ އެކީ ފޮނުވިކަމުގާ ބުނެ، ވަޒީރުލް ދާހިލިއްޔާގެ ނައިބު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް. Letter sent by Wzīr Al-Dhakhliyya, stating that the systematization of the housing list in Malé has been started and that the list is enclosed (Size: 9.1" X 6.2")
K - Male' - Letter (Endowed housing plot), letter(Private Property)
1962މ އޮކްޓޯބަރ 22(1382ހ ޖުމާދިލްއައްވަލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާއިން ފޮނުވި، ހ3.62/70ނަންބަރު ސިޓީގެ ޖަވާބުގާ، ދާލު އަތޮޅުގެ އެއްވެސް ރަށެއްގާ، އެއްވެސް މީހެއްގެ އަމިއްލަ ބިމެއް ވަގުފެއް ނެތް ކަމާ، އެކަހަލަ އެއްވެސް ލިޔުމެއް ނެތްކަމުގާ ބުނެ، އެކަމަކު އެއަތޮޅުގެ ބަޔެއް ރަށްރަށުގެ މިސްކިތް މައްޗަށް ވަގުފްކޮށްފާވާ، މީހުންއުޅޭ އަދި ފަޅު، ބައެއް ރަށްރަށް ހުރިކަމަށާ، އެތަނުން:
- ކުޑަހުވަދޫގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު މާފުށި، ކެދިގަޑު، ވައްލަ، ވައްލަޅޮހި އަދި ކުޑަހުވަދޫ ވަގުފްކޮށްފާވާ ކަމާ، އެތަންތަނުގެ ދިވެސްއަކުރު ފަތް، ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމުގަޔާ؛
- ވާނީގެ ރަށުމިސްކިތް މައްޗަށް، އެއަތޮޅު އިއްސެރި އާއި ވާނީ ވަގުފްކޮށްފާވާ ކަމާ، އެދެ ފަތްވެސް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާ ކަމުގަޔާ؛
- މީދޫގެ ފަންނު މިސްކިތް މައްޗަށް، އެއަތޮޅު މީދުއްފުށި ވަގުފްކޮށްފާވާ ކަމާ، އަދި ތަނުގެ ފަތް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު، ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމާއި، އަދި އެރަށު ރައްޔިތުންނާ ބެހޭ ވަގުފްބިންތަކުގެ ވާހަކަ ލިއެފާވާ ފަތްތައްވެސް ވަނީ އެވުޒާރާއަށް ފޮނުވާފާ ކަމުގަޔާ؛
- ހުޅުދެލިގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު މާދެއްޔާ އަދި ހުޅުދެލި، ވަގުފްކޮށްފާވާ ކަމާ، އަދި އެތަންތަނުގެ ފަތް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު، ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމުގަޔާ؛
- ގެމެންދޫގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު ހުޅަވެހި އާއި ގެމެންދޫ ވަގުފްކޮށްފާވާ ކަމުގާ އިނގިފާވާކަމާ، އެކަމަކު އެކަމާ ބެހޭ ލިޔުމެއް ނެތް ކަމުގަޔާ، އޭގެ އިތުރުން އެއަތޮޅުގާ ވަގުފެއް އޮތްކަމުގާ ސާބިތުވެ ނެތްކަމަގާ ބުނެ، އެއަތޮޅު އަތޮޅުވެރިޔާ ސޮއިކޮށް، ދ.ކުޑަހުވަދޫގާ ހުންނަ، ދާލު އަތޮޅުއޮފީހުން، ފޮނުވާފާވާ ސިޓީއެއް.
Letter sent by the Dhaalu Kudahuvadhoo Atoll Office to several mosques in the atoll, stating the objectives of the waqf endowment and the allocation of its asset (Size: 9.6" X 7.1")
1.Dh.Kudahuvadhoo, 2.Dh.Vaanee, 3.Dh.Meedhoo, 4.Dh.Hulhudheli, 5.Dh.Gemendhoo - 1.Island Mosque, 2.Island Mosque, 3.Fannu Miskiiy (Mosque), 4.Island Mosque, 5.Island Mosque - 1.Letter (Endowed housing plot), 2.letter(Property)
1939މ މޭ 22(1358ހ ރަބީލްއާހިރު 2)ގާ، ހެންވޭރު ގަނޑުވަރުއަށް ހެއްދި މުދިބައިޔަކާ، ފައްޓަރުބައަކަށް، ދިޔަ ހަރަދުގެ ތަފްސީލުގެ ކުޑަ ލިޔުންކޮޅެއް.Note on the cost of making a set of rings and necklaces (Fattaru) for Henveiru Palace (Size: 6" X 5.3)
K - Male' - Henveiru Ganduvaru (Royal House) - Writing
1388ހ ރަޖަބް 27(1968މ އޮކްޓޯބަރު 20)ގާ، ބޮޑުބަނޑޭރި އޮފީހުން ފޮނުވި، ށ-1.60/12ސިޓީ އާއެކު ފޮނުވާފާވާ ބޭރުގެ އެކި ފަރާތްފަރާތުން ރަދުންނަށް ލިބިވަޑައިގެންފައިވާ ސިޓީތައް، ވަޒީރުލްއައުޒަމް މާލެވަޑައިނަވަންދެން ބަހަށްޓާފާ ހުރިކަމުގާ ލިޔެފާވާ ކުޑަ ނަން ކަރުދާސްކޮޅެއް. Shipping tag on a letter received from overseas (Size: 1.2" X 5")
K - Male' - Bodu Ban'deyri Office - Writing (Name tag)
(ތާރީހެއް ލިއުނުފަރާތެއް ނެތް) އެއްގަމުގެއަށް ހެދި އުޅާބަޔަކާ ބެހޭ ތަފްސީލު ޖަހާފާވާ ލިޔުންކޮޅެއް.Notes on bangles for a recipint in Eggamuge (Size: 5.9" X 5.4")
Writing
(ތާރީހެއް، ލިއުނުފަރާތެއް ނެތް) ލޮއިން ބަޑިއެއް(ބެލެވެނީ ގައިގާ އަޅާ ބަޑިއެއް ކަމުގާ) ހަދާ، އެއަށް ދިއަ އަގުގެ ތަފްސީލު ޖަހާފާވާ ލިޔުންކޮޅެއް.Note on detailed pricing for lead-based equipment (Size: 3.6" X 4.1")
Writing
(ތާރީހެއް ލިއުނުފަރާތެއް ނެތް) ކެވެލިކޮޅެއް ހަދަން ރަންވިރު ވަރުގެ ބަރުދަނާ، އަދި ކެވެލިހެދުމަށްފަހު އޭގާ ހުރި ބަރުދަން ޖަހާފާވާ ލިޔުންކޮޅެއް.Note on the mass of gold used in casting a bracelet (Size: 2.4" X 5.1")
Writing
(ތާރީހެއް، ލިއުނުފަރާތެއް ނެތް) 3 ދުވަހެއްގެ މަތިން، ވަކިވަކި ދުވަހު، ވިރުވި ރަނުގެ ބަރުދަނާ، ތަކެތި(ގަހަނާ)ހަދާފަ ކިރިއިރު އޭގާ ހުރި ބަރުދަން ޖަހާފާވާ ލިޔުންކޮޅެއް.Record of the measurment and appraisal of gemstones (Size: 5" X 4.2")
Writing