Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F6-8 · Item · 1962
Part of Documents

1962މ މޭ 25(1381ހ ޒުލްހައްޖު 20)ގާ، އުނގޫފާރުގާ ހުންނަ، ރ.އަތޮޅު އޮފީހުން؛ 'ނަންބަރު 3-62/62 ސިޓީއިން، އަންގަވާފައިވާ އެންގެވުމަށް ބެލިބެލުމިން. ރ.އަތޮޅުގައި ވަގުފް އެއްގެ ގޮތުންހުރި ތަންތަނައި މެދު ފިލާފައިވާ މައުލޫމާތުގެ ރިޕޯތް' މިހެން ސުރުހީކޮށް:

  1. ގާއުޑޫދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ ވަގުފްކުރެވި، ވުޒާރަތުލް އައުގާފުގާ އެތަން ލިއުއްވައިގެން އުޅެނީ، ގާއުޑޫދޫ މުދިމް އަހްމަދު ސަލީމް، ކަމާ، އެވަގުފާ ބެހޭ ލިއުމެއް ނެތް ކަމުގަޔާ،
  2. މާކުރަތުގާ، ވަގުފް ރުއް ހުރިކަމާ، އެކަމުގެ ލިއުމެއް ނެތްކަމާ، ވުޒާރަތުލް އައުގާފުގާ، އެއެއްޗެތި ލިއުއްވައިގެން އުޅެނީ، ބަނޑޭރި މޫސާ ކަމުގަޔާ،
  3. ރަސްމާދޫގާ، އެރަށު ހިންނަ ކިޔާ ތަނަކާ، ރ.އޮރިމަސްފުށި، ވަގުފްކޮށްފާވާ ކަމާ، ވުޒާރަތުލް އައުގާފުގާ، އެހިންނަ ލިއުއްވައިގެން އެތަނާ ހަވާލުވެ ހުންނަނީ އުނގޫފާރު އިބްރާހީމް ކަލޭފާނު ކަމާ، އަދި އޮރިމަސްފުށި އޮތްކަމަށްވަނީ، ރަސްމާދޫ މާމާފުޅެއްގެ މައްޗަށް ކަމަށާ، އެމާމާފުޅެއް އަދި އޭނާގެ ދަރިކޮޅެއްވެސް ނޭނގޭކަމާ، އެއިން އެއްވެސް ތަނެއްގެ ލިއުމެއް ނެތްކަމަކު، އެދަރިކޮޅޭ ކިޔާ، އެތަނާ ހަވާލުވެ، 'ރަށްކަމުން'އަންނަ ބަޔަކު އެރަށުގާ އުޅޭކަމުގަޔާ،
  4. އިންނަމާދޫގާ، 5 ބަނބުކެޔޮ ގަހާ، 20 ކަށިކެޔޮގަސް، ބައެއްގެ އަމިއްލަ ވަގުފެއްގޮތުގާ ހުރިކަމާ، އެވަގުފުން 9 ބަޔަކަށް ބައިއަޅާ ކަމާ، އެބައިމީހުންނަށްވެސް އެތާގެ މައުލޫމާތެއް ނޭނގޭކަމާ، ކޮންމެ ރަބީލްއައްވަލު މަހަކު 10ވަނަ ރޭ، ވަގުފް ސޮލަވާތަށް ކަށްކައިގެން، ރަށުމެދަށް، އެމީހުން، ކެއިން ނެރޭކަމަށާ، އަދި ތަބުރޭޒުގެފާނަށް ނަދުރުބުނެ އިންދާފާހުރި ރުކެއް، އިންނަމާދޫ، އާގޭ މުހައްމަދުގެ ކުދިން ގެންގުޅޭ ކަމާ، އަދިވެސް، ކުރެންދޫ ޒިޔާރަތުގެ ނަމުގަ 2 ރުއް ހުރިކަމާ، އެތަނުގެ ހަވާލުވެރިޔާ ބުނެގެންނޭކިޔާ އެކިފަހަރު އެކިމީހުން އައިސް އެރުކުގެ ތަކެއްޗާ ހަވާލުވާ ކަމާއި، އެކަމަކު އެއިން އެއްވެސް ވަގުފެއްގެ ލިއުމެއްނެތް ކަމުގަޔާ،
  5. އިނގުރައިދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ، 3 ވަގުފް ރުއް ހުންނަ ކަމާ، އެކަމާ ބެހޭ އެއްވެސް ލިއުމެއް ނެތް ކަމާ، އެތަނުން 1 ރުއް، ވުޒާރަތުލް އައުގާފުގާ ލިއުއްވައިގެން ހަވާލުވެ އުޅެނީ، އެރަށު ޔޫސުފް އަބޫބަކުރު ކަމާ، އަނެއް ދެރަށާ ހަވާލުވެގެން އުޅެނީ، އެރަށު އާދަމް އަލީ އާއި ގާސިމް އަހްމަދު ކަމާ، އެމީހުން އެ ދެ ރުއް ގެންގުޅެނީ، ލިއުއްވައިގެން ނުވަތި ވަރުވާޔަކަށް ނޫން ކަމުގަޔާ،
  6. މީދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ ވަގުފް 31 ރުއް ހުންނަ ކަމާ، އެޔާބެހޭ އެއްވެސް ލިއުމެއް އަދި ހަވާލުވެހުރި އެއްވެސް ފަރާތެއްވެސް، އިނގެން ނެތް ކަމާ، އަދި ރ.ދިގަލި، އެރަށު ހުކުރު މިސްކިތަށް ވަގުފްކޮށްފާވާ ކަމާ އެވަގުފް ފަތް ވީ ވުޒާރަތުލް އައުގާފަށް ގެންގޮސްފާ ކަމުގަޔާ،
  7. އުފުލަންދޫގާ، އެރަށުގެ މިސްކިތަށް، ރ.ކުކުޅުދޫ އާއި އެރަށުގެ 2/1 ވަގުފްކޮށް އަދި، ފަތް ވަނީ ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގަޔާ،
  8. މަޑޫވަރިގާ، ވަގުފް 7 ރުއް ހުންނަކަމާ، އެކަމުގެ އެއްވެސް ލިއުމެއްނެތް ކަމާ، އެ ހަތްރުއް، ވުޒާރަތުލް އައުގާފުގާ ލިއުއްވައިގެން އުޅެނީ، އެރަށު އަލީކޮއި އިބްރާހީމް ކޮއި ކަމުގަޔާ،
  9. ކަނދޮޅުދޫގާ، އެރަށުގެ ރައްޔިތުންގެ ހުކުރު މިސްކިތަށް، ނ.ކަފަކޮމަންޑޫ ވަގުފްކޮށްފާވާ ކަމާ، އަދި ކަނދޮޅުދޫ އޮންނަނީ، އެރަށު މިސްކިތަށް ވަގުފްކޮށްފާ ކަމާ، އެ ދެތަނުގެ ފަތް ވަނީ ދާހިލިއްޔާ ގެންގޮސްފާ ކަމުގަޔާ،
  10. އަލިފުށިގާ، އެރަށު ހުކުރު މިސްކިތަށް، ށ.ދޮޅިއަދޫ، ވަގުފްކޮށްފާވާ ކަމާ، އެފަތް ވަނީ ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގަޔާ؛ އަދި، މީހެއްގެ އަމިއްލަ ބިމެއް ވަގުފް އިމާރާތެއް، އެއަތޮޅުގާ ނުވާކަމުގާ ބަޔާންކޮށް ލިޔެފާވާ ލިއުމެއް.
    Size: 10" X 8"
    1.R.Gaaun'doodhoo, 2.R.Maakurathu, 3.R.Rasmaadhoo, 4.R.Innamaadhoo, 5.R.In'guraidhoo, 6.R.Meedhoo, 7.R.Ufulandhoo, 8.R.Maduvvari. 9.R.kan'dholhudhoo, 10.R.Alifushi - 6.Hukuru Miskiiy (Mosque), 7.Island Mosque, 9.Hukuru Miskiiy (Mosque),Island Mosque - 1.Writing (Endowed housing plot), 2.Writing (Private Property), 3.Wriiting (Endowment for property), 4.Writing (Report)
National Archives of Maldives
NAM DOC-MN-F6-7 · Item · -
Part of Documents

• (ތާރީހެއް ނެތް)، 'ލިއުންނެތިހުރި ވަގުފް ނުވަތަ އަމިއްލަ ތަންތަނާ ބެހޭ އިތުރު މައުލޫމާތު' މިހެން ބޮޑުއަކުރުން ސުރުހީކޮށް،

• 'މާޅޮސް' މިހެން ލިޔެ، އޭގެ ދަށުގެ، ހ.ގާ، އެރަށުގާ އޮންނަ ވިޔޯރްދަޑު ކިޔާ ދަނޑަކީ، އެރަށު ކޮށްޓޭތެރެ ކިޔާ ތަން، ބަންޑާރަކޮށް، މާފަތްކިލެގެފާނު އެރަށުގާ ތައްޖެއްސެވި(ބަންޑާރަރުއްގަހާއި އަމިއްލަރުއްގަހާ ދެބައިވަކިކުރުމަށް ރުކުގައި ޖަހާފާހަގަ ޖެހުން)ދުވަހު، އޭގެބަދަލުގާ އަމިއްލަކޮށްދެއްވާފާ ތަނެއްކަމާ، އެތަނުގެ ލިއުމެއްނެތްކަމުގާ ބުނެފާވާ ލިއުމެއް.
• 'ފެންފުށި' މިހެން ލިޔެ، އޭގެ ދަށުގެ، ހ.ގާ، ކަކާގޭ ބޭފުޅުންގެ ކުޑަގަނޑުވަރު ކިޔާ ތަނެއް، އެރަށުގާ އޮތްކަމާ، އެތަން ވަގުފްކުރިކަން އިނގެން ނެތްކަމާ، އެތަނަކީ އަމިއްލަ ބިމެއް ގޮތުގާ ވަކިކޮށްފާވާ ތަނެއް ނޫންކަމުގާ ބުނެ، އަދި ށ.ގާ، އެރަށު ފިނިފެންމާގެ، ފެންފުށީ މުހައްމަދު އަލީ، އެމީހުންގެ އަތުގާ، ވަގުފްފަތެއް އޮތް ކަމުގާ ބުނިކަމާ، އަދި އެފަތްވީ، އޭނާގެ ބޭބޭ އަބޫބަކުރު އަލީގެ އަތުގާ ކަމާ، އޭނާ އޭރުވީ މާލެގާ ކަމުގާ ބުނެފާވާ ލިއުމެއް.
• 'ދަގެތި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށު އަހުމަދު އަބޫބަކުރުގެ މުދާކޮޅެއް، އެއީ ވަގުފްކޮށް، އޭނާގެ ދަރިންނަށް ހަވާލުވެރިކަންދީފާވާ އެއްޗެއްކަމުގާ، އެމީހުން ބުނާ ކަމުގަޔާ، ނަމަވެސް އެކަމުގެ އެއްވެސް ލިއުމެއް ނެތްކަމުގާ ބުނެފާވާ ލިއުމެއް.

• 'ހަންޏާމީދޫ' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގާވާ ކަލާފާނު ޒިޔާރަތުގެ ބައެއް ލިއުން ހުރިކަމާ، އެއެއްޗެތިވީ، ވުޒާރަތުލް އައުގާފަށް ގެންގޮއްސާ ކަމުގާ ބުނެފާވާ ލިއުމެއް.
• 'ތޮއްޑޫ' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގާ، ކަމަނާގޯތީގެ ވަގުފް ކިޔާތަނެއް އޮންނަކަމަށްވާ ކަމުގަޔާ، އެހެނަސް، އެކަމުގެ އެއްވެސް ލިއުމެއް ނުވާކަމުގާ ބުނެފާވާ ލިއުމެއް. އަދި، ށ.ގާ، އެރަށުގެ ގޮއިއާއި، 8 ހިންނަ ފިޔަވާ، އެހެންތަންތަނަކީ، އެރަށުގެ ހުކުރު މިސްކިތުގެ ފަތުގާ ލިޔެވި، ރައްޔިތުންނަށް އެއްޗެހި ހަށްދަން، އަމިއްލައެއްގޮތުގާ ދޫކޮށްފާވާ ތަންތަންކަމާ، އެ ފަތްތައް ވީ މާލެ ފޮނުވާފާވާ ކަމުގާ، ބުނެފާވާ ލިއުމެއް.

• 'މާމިގިލި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގެ ވަށާއޮތް ހޭޅި އެއީ ވަގުފެއް ކަމުގާ ބުނާކަމާއި، އެއީ ރަށު މިސްކިތުގެ ބޯގައެއް ކަމާ، އެކަމުގެ ފަތްތައް ވަނީ މާލެ ގެންގޮސްފާ ކަމުގާ، ބުނެފާވާ ލިއުމެއް.
• 'މަތިވެރި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގެ މިސްކިތަށް، އ.މަތިވެރި އާއި އެމަތިވެރީގެ ފަޅުގާވާ ފިނޮޅުއާއި ކުޑަފޮޅުދޫ، ވަގުފްކޮށްފާވާ ކަމާއި، އެވަގުފްގެ ފަތް ވީ، ވުޒާރަތުލް ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގާ ބުނެފާވާ ލިއުމެއް.
Size: 8.8" X 5.4"
1.A.Maalhos, 2.A.Dh.Fenfushi, 3.A.Dhan'gethi, 4.A.Hangnyaameedhoo, 5.A.Thoddoo, 6.A.Maamigili, 7.A.Mathiveri - 1. Viyoz dhan'du (plot) and Kottethere, 2.Kuda Gan'duvaru (Palace), 3.Dhangethi Ahmed Aboobakuruge Kuda Gan'duvaru , 4.Kalaafaanu Shrine, 5.Kamana Goathi (Housing Plot), 6.Maamigili vashaaoi Heylhi, 7.Mathiveri Miskiiy (Mosque) - 1.Writing (Endowed housing plot) and Writing (Private Property), 2.Wriiting (Endowment for property)

National Archives of Maldives
NAM DOC-MN-F6-6 · Item · 1951
Part of Documents

1370ހ ޒުލގައިދު 30(1951މ ސެޕްޓެންބަރު 2)ގާ، މަހްކަމަތުލް ދާހިލިއްޔާއިން، ބާޑިގެ މުހައްމަދު ދީދީ ގެނައި، ހުތް އައިމިނާދީދީގެ (ބާބާކޮށި) ގޯތީގެ ފަތް، އެމަހްކަމާއަށް ބަލައިގަނެ، ދީފާވާ ރަސީދެއް.

އަދި އަރިމަތީގާ، އާފަތް ދީފާ ރަސީދުއަތުލީ ކަމުގަ ލިޔެފާވޭ.
Size: 4.4" X 4.6"
K.Male' - Baabaakoshee Goathi (Housing Plot) - Accounts (housing plot)

National Archives of Maldives
NAM DOC-MN-F6-5 · Item · -
Part of Documents

(ތާރީހެއް ނެތް) މަތީގާ ގުރުއާނުގެ އާޔަތެއް ލިޔެ، ވާދަދުއްވުމާ(ރޭސްޖެހުން) ހެވިކަން(ކަނޑި، ބަޑި ލޮންސިފަދަ ތަކެއްޗަށް ކުޅަދާނަކަން)ކުރުމާއި، ވެވުނުވަރަކުން އުޅަނދުފަހަރާ، ހަތިޔާރު ހަދާ، އަބަދުވެސް އަދާވާތްތެރިންނާއި ދުޝްމިނުނުން ދިފާއުވެ، ހަމަލާދޭން ތައްޔާރަށް ތިބުމަށް، އައްލޯހު ސުބްހާނަހޫ ވަތައާލާ، އަމުރުކުރަށްވާފާވަ ކަމާ، އިސްލާމްދީނަށް ނަސުރުލިބި، މުސްލިމުންނަށް ކުރިލިބެންދެން، ރަސޫލާއާއި އަސްހާބު ބޭކަލުން ހަނގުރާމަކުރެއްވި ކަމާ، ބޮޑެތި ގަނީމާއާއި، ފުރިހަމަ ފަތަހަ ލިބި، ދީނުގެ ދުޝްމަނުން ނިކަމެތިވެދާދެން ހަނގުރާމަކުރެއްވި ކަމާއި، މާތްރަސްކަލާންގެ، އެކަލާންގެގެ ޝިއާރުތައް އާކޮށް، އަނިޔާވެރިކަން ރަފްއުކޮށް؟؟، އަމަންއާންމު އާއި، އާންމު މަސްލަހަތު ބެލެހެއްޓުމަށް، އެކަލާންގެގެ މުއުމިން އަޅުތަކުންގެ ތެރެއަށް، އެމީހުންގެ ތެރެއިން މާތްބަޔަކު އިސްކުރެއްވި ކަމާއި، އެއީ އެމީހުންގެ ދީނާއި، ދުނިޔޭގެ އެންމެހާ ކަންތައްތައް އިސްލާހުކުރެއްވުމުގެ ވެރިން ކަމުގަޔާ، ދީނާއި، ދުނިވީ ކަންތައްތައް ކުރުމަށް، އެކަލާންގެ ހިޔާރުކުރެއްވި ވެރިން، ބިރުތަކުން ސަލާމަތްކުރަށްވާ، ނަސްރުދެއްވާ، އިއްޒަތްތެރިކުރެއްވުމަށާ، އެބައިމީހުންގެ ވެރިކަން އިސްލާމްދީނުގާތިބެ، އަދުލުއިންސާފުކަންމަތީ ދަމަހަށްޓާ އެމީހުންނަށް ހެޔޮކަން ދެއްވުމަށާ، އެންމެންގެ ހިތްތައް އެކުވެރިކޮށް ސުލްހަވެރިކުރަށްވާ، ސަލާމަތުގެ މަގުދައްކަވާ، ގާފިލުކަމުގެ އަނދިރިން ވިސްނުންތެރިކަމުގެ އަލިކަމުގެތެރެއަށް ނެރުއްވާ، ރޯދިބަރަކާތް ދެއްވާ، ހެޔޮވިސްނުމުގެ ބަޔަކަށް ހަށްދަވާ، މާތްރަސްކަލާނގެ އަކީ ވާގިވެރި އަދި ނަސްރުވެރިޔާ ކަމުގަޔާ، އެކަލާންގެ ކިބައިން ވާގިއެދިތިބެ، ދުޝްމަނުންނަށް ހަމަލާދީ، ބަރަކާތް އެދިތިބެ ހަނގުރާމަކުރާނެ ކަމާ، އަދުއްވުންތައް ނިކަމެތިކުރަށްވާ ނަސްރަށް އެދިފަޔާ، ދުޝްމިނުންގެ ނުބައިކަމުން ސަލާމަތްކުރަށްވާ، މާތްރަސްކަލާންގެގެ ރަށްކާތެރިކަންމަތީ، ހިތްތަކާ، ވިސްނުން ތެދުގޮތުގާ ބަހަށްޓަވާ، ހިކުމަތްތެރި، ބުއްދިވެރި ބަޔަކުކަމުގާ ލަށްވާ، ލިޔެފާވާ ލިޔުމެއް.Size: 8.9" X 6.7"
Writing (Religious)

National Archives of Maldives
NAM DOC-MN-F6-4 · Item · 1.1962, 2.1799,3.1768,4.1825,5.1825,6.1798,7.1813,8.1927
Part of Documents

1962މ މޭ 8(1381ހ ޒުލްހައްޖު 3)ގާ،ފ.އަތޮޅުއޮފީސް(ހ)، މަގޫދޫއިން، އަތޮޅުވެރިޔާ ސޮއިކޮށް، ފޮނުވާފާވާ، 8ފަތުގެ ނަކަލު.

  1. 1214ހ ސަފަރު 28(1799މ އޯގަސްޓް 1)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ފީކަޅާ ދަންޑެހެލު ހަސަންބެ، އޭނާގެ މިލްކުގާ ހުރި، ފީކަޅާދެމަގުދޭތެރެ ކިޔާތަނުގާ ހުރި، އޭނާގެ ހުރިހާ ރުކަކާ، ވޮށިމަސްފަރުހުރަޔާ އަދި ދިގުވަރުހުރާ، އޭނާގެ މިލްކުން ކަނޑާ، ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލެއްވި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް.
  2. 1181ހ ޒުލްގައިދު(1768މ އޭޕްރިލް) މަހުގާ، ފ.ނިލަންދޫ މާވަޑި މޫސާތަކުރުގެ ދަރި އައިމިނަބީ، އޭނާގެ ބައްޕަގެ އެއްބަނޑުއެއްބަފާ ފޫޅުމައި އައިސާބީގެ ދަރި ފާތުމަބީގެ މިލްކިއްޔާތުން، ރުއް، ކަށިކެޔޮ، ހިފާގެންގުޅޭ ސާމާނު، ގަހަނާ، ރަން، ރިހި އަދި ތަށި، އެކިއަދަދަށް، އެ އައިމިނަބީއަށް ވަގުފްކޮށް، ވަގުފްގެ ހަވާލުވެރިކަން އޭނާއަށާ، އޭނާގެ ދަރިކޮޅަށް ލަށްވާފިކަމުގާ ބުނުމުން، އެކަމުގެމައްޗަށް، އެތަކެތީ އަދަދު ބަޔާންކޮށް، އިބްރާހީމުލް ގަމަވިއްޔީ؟؟ ގެދަރި ނައިބު ހަސަން ލިޔެދީފާވާ ފަތުގެ ނަކަލެއް.1241
  3. 1241ހ ރަބީއުލްއައްވަލް 11(1825މ އޮކްޓޯބަރު 23)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ފ.ނިލަންދޫ އުބުރެހިން ތަކުރުގެ ދަރި ހައްވާމަނިކެގެ މިލްކުގައިވާހާ، ރަންރިހި، ގެކަންވާރު، ރުއްގަސް، ދަނޑުފަގު، ގެދޮރު، ނިލަންދޫ އާއި ދަރަނބޫދޫގާ ހުރި އޭނާގެ ރުއްގަހާ ދަނޑުފަގާ އެ އެންމެހާ ތަކެތި، އޭނަގެ މިލްކުން ކަނޑާ، ވަގުފްކޮށް، އެކަމުގެ ހަވާލުވެރިކަން އޭނާއަށް ލަށްވާ، އޭނާ ނެތިދިއުމުން، އޭނާގެ ދަރިން، މުހައްމަދު މަނިކު، ދޮންކަމަނަ އަދި މާމަދަރި ކޮއްކޮ އަށާ އެމީހުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނުމުން، އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް.
  4. 1241ހ އަހަރުގެ ރަބީޢުލްއައްވަލް 11(1825މ އޮކްޓޯބްރު 23)ގާ، އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ފ.ނިލަންދޫ ކުޑަމަނިކުގެ ދަރި އުބްރަހީމް މަނިކުގެ މިލްކުގާވާ، އެއަތޮޅު ނިލަންދޫ އަދި ބިލެއްދޫގާ ހުރި އޭނާގެ ބިމާއި އެންމެހާ މުދާ ވަގުފްކޮށް، އެވަގުފް އާއި އޭނާ ހަވާލުވެ، އޭނާނެތުމުން، އޭނާގެ ދަރިން، އަލިމަނިކު އާއި މޫސާ މަނިކުއަށާ، އެދެބެއިންގެ ދަރިކޮޅަށް ލަށްވާފި ކަމުގާ ބުނުމުން، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް.
  5. 1213ހ މުހރަމް(1798މ ޖޫނު)މަހުގާ، އަލްގާޒީ މޫސާ މުހިޔުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހަށް، ދަރަބޫދޫ ހަސަންގެ ދަރި ނިލަންދޫ ހަތީބު އިބްރާހީމް އައިސް، 1102ހ މުހައްރަމް 15(1690މ އޮކްޓޯބަރު 18)ގާ ލިޔެފާވާ، އޭނާގެ ދަރިކޮޅަށް އޮތް ވަގުފް ފަތް ބާވެ، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެއެފަތް ބަށްލަވާ، އޭގާވާހެން، ހަތީބު އިބްރާހީމް އާއި އޭނާގެ ދަރި ތަކުރު އާއި މިދެބަފައިންގެ، ދަރަބޫދޫއާއި، ނިލަންދޫގާ ހުރި، އެމީހުންގެ ވަގުފްސައްހަވާ ހުރިހާ ތަކެއްޗެއް، ރަސޫލާގެ ޝިފާއަތު ފުއްދާ، ދެންހުރި އެއްޗަކުން، ކޮންމެ ރަޖަބް، ޝައުބާން އަދި ރަމްލޯނު މަހަކު، ހުރކުރުމާމިސްކިތު ވޮށްދިއްލާ، އެދެބަފައިންނާ، އެމީހުންގެ މައިންބަފައިންގެ އަހަރުފާތިހާ ކިޔަވުމަށް ޝަރުތުކޮށް ވަގުފްކޮށްފާވާ ކަމާއި، އެތަނުގެ ހަވާލުވެރިންނަކީ އެދެބަފައިންގެ ދަރިންނާ، އެދރިންގެ ދަރިކޮޅު ކަމުގާ އެމީހުން ނެތިދިއުމުން އެމީހުންގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފިކަމުގާ ލިޔެ، އެފަތް އާކޮށް ފަތްލިޔާ ހަސަން ލިޔެފާވާ ފަތުގެ ނަކަލެއް.
  6. 1228ހ ޝައްވާލް(1813މ އޮކްޓޯބަރު)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު(ތާރީހަށް ބަލާފާ)ގެ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހަށް، ނިލަންދޫ މޫސާ ހަތީބް ތަކުރުގެ ދެމަފިރިންގެ ބެހެނިވެރިން އައިސް، އެބައިމީހުންގެ ވަގުފް ފަތް ބާވެގެން އެފަތް އާކޮށްދެއްވަން އެދުމުން؛ އެފަތް ބަށްލަވާ، އޭގާ ވާގޮތުގެ މަތިން، ނިލަންދޫގާ، އެމީހުންގެ މަތިކޮޅަށް ހުރި މިސްކިތް ހަދާ، ބަލެހެއްޓުމަށްޓަކާ ނިލަންދޫ މޫސާ ހަތީބު ތަކުރުގެ ދެމަފިރިން ނިލަންދޫ އަދި ދަރަބޫދޫގާވާހާ ތަކެއްޗަކާ، ބަނޑިދޫ އާއި ޅޮހީގާވާ އެމީހުންގެ ރުއްގަހާ، މިހުރިހާ މިލްކެއް، ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، އެދެމަފިރިންނާ، އެދެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ ކަމުގާ ލިޔެ، އާކޮށްދެއްވި ފަތުގެ ނަކަލެއް.
  7. 1206ހ ޖުމާދިލްއާހިރު 22(1792މ ފެބްރުވަރީ 15)ގާ، ފަނޑިޔާރުގެއިން؛ ނިލަންދެ އަތޮޅު ނިލަންދޫ އިސްމާއިލު ތަކުރުގެ ހަސަން ތަކުރު، އޭނާގެ ކާފަ ދޮންހަސަންބެ އާއި، މަރިޔައިބީގެ ކާފަ ކުރު އިސްމާއިލްބެ އާއި ދެމީހުންގެ ދަރިފަސްކޮޅަށް ހަވާލުވެރިކަން ލަށްވާ، ނިލަންދޫ މާރާދަކަލޭގެ ކުރި ވަގުފްގެ ފަތް ގެއްލިޖެކަމުގާ، އެ ހަސަންތަކުރު ބުނެ، އެވަގުފްގެ މައްޗަށް ފަތެއް ލިއެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެވަގުފް އަކީ، މާރާދަކަލޭގެ، އޭނާއަށް މިލްކުވެގެން ވާހާ ތަކެއްޗެއް ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، ދޮންހަސަންބެ އަށާ އަދި ކުރު އިސްމާއީލްބެށާ، އެދެމީހުންގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ވަގުފެއްކަން ސާބިތުކޮށް، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު، ލިޔެދީފާވާ ފަތުގެ ނަކަލެއް.
  8. 1345ހ ޒުލގައިދު 13(1927މ މޭ 15)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ނިލަންދޫ މޫސާމަނިކު، އޭނާގެ މިލްކިއްޔާތުގާ ވާހާ އެއްޗެތިން، ވަގުފް ސައްހަވެގެންވާ އެންމެހާ މުދަލެއް ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާއަށާއި އޭނާގެ ދަރިކޮޅަށް މަތިކޮށް ވަގުފްފަތެއް ލިޔެދެއްވުމަށް އެދުމުން، އައްނައިބު މުހައްމަދު އަހުމަދުލް މަހުލީ ލިޔެދެއްވި ފަތެއްގެ ނަކަލެއް.
    (Size: 10" X 8") 1.Chief Justices - Al Ghaazee Moosa Muhyiddin, 4.Chief Justices - Al Ghaazee Ibrahim Sirajuddin, 5.Chief Justices - Al Ghaazee Ibrahim Sirajuddin, 6.Chief Justices - Al Ghaazee Moosa Muhyiddin, 7.Chief Justices - Al Ghaazee Moosa Muhyiddin, 8.Chief Justices - Al Naaibu Hussain Salahuddin
    F.Magoodhoo - Feekalhaa Dhandaheli Hassanbe Milku - 1.Deed for housing plot, 2.Endowment for property
National Archives of Maldives
NAM DOC-MN-F6-3 · Item · -
Part of Documents

(ތާރީހެއް، ލިޔުނު ފަރާތެއް ނެތް) ގދ.އަތޮޅުގެ މިސްކިތް މިސްކިތާއި، ބައެއް ދަރިކޮޅަށް ކުރެވިފައިވާ ވަގުފް' މިހެން ސުރުހީކޮށް، ގދ. ހަވަރުތިނަދޫ، ފުށިކޮޅު މިސްކިތަށް، ގދ. ހާދޫ؛ ގދ. ހުކުރުމިސްކިތަށް، އެއަތޮޅު ރަހަދޫ، ބޮޑުރެހާ އަދި މެންތަންދޫ؛ ގދ. ވާދޫ ހުކުރުމިސްކިތަށް، އެއަތޮޅު ވާދޫގެ 2/1، ކަޑަހަލަގަލަ، ވަޓަވަށްރެހާ، އުއިނިގިއްލާ، ހަޑާދޫ އަދި ގއ.ކުބުރާ؛ ގދ.ފިޔޯރީ ކުޑަ މިސްކިތަށް، އެއަތޮޅު ދިގުލާބަދޫ؛ ގދ.މާތޮޑާ ހުކުރުމިސްކިތަށް، އެއަތޮޅު މާތޮޑާ؛ ގދ. ހޯޑެއްދޫ މާމިސްކިތަށް، އެއަތޮޅު ދެކާންބާ އަދި ގދ. ގައްދޫ ދޮންބެއްޔާ މިސްކިތަށް، އެއަތޮޅު މާގަލާ ވަގުފްކޮށްފާވާ ކަމުގާ، ދެ ކޮލަމަކަށް ލިސްޓުކޮށް، އެތަންތަނުގެ އެއްވެސް ފަތެއް ނެތްކަމުގަޔާ، އަދި ހަވާލުވެރިންވެސް އެގޭނެގޮތެއް ނެތްކަމުގާ، ލިސްޓުގެ ތިރީގާ ލިޔެ، އަދި ހޯޑެއްދޫގާ 100ފޫޓު×100ފޫޓު ވަގުފް ބިމެއް، އޮޅުއޮމަރާގެ ދަރިކޮޅަށް ހަވާލުވެރިކަން އޮތް ކަމާ، އަދި އެދަރިކޮޅުގެ މިހާރު ތިބީ ހުސެއިންފުޅު ޒަކަރިއްޔާ އާއި ހަސަންފުޅު ޒަކަރިއްޔާކަމުގަޔާ، އަދި އެރަށުގާ، ހަވާލުވެރިން ނޭގޭ، 'އައްޑޫވަލާ' ކިޔާ ވަގުފް ތަނެއް، އޮތްކަމުގާ ލިޔެފާވާ ލިޔުމެއް.Size: 9.9" X 7.9"
1.G.DH.Thinadhoo, 2.G.DH.Vaadhoo, 3.G.DH.Fiyoaree, 4.G.DH.Maathodaa, 5.G.DH.Hoade'dhoo, 6.G.DH.Ga'dhoo - 1.Fushikolhu Miskiiy (Mosque), 2.Hukuru Miskiiy (Mosque), 3.Kuda Miskiiy (Mosque), 4.Hukuru Miskiiy (Mosque), 5.Maa Miskiiy (Mosque), 6.Dhonbeyyaa Miskiiy (Mosque) - Endowment for Mosque

National Archives of Maldives
NAM DOC-MN-F6-2 · Item · -
Part of Documents

މިފަތުގެ މާނަ، ރަނގަޅަކަށް ދޭހައެއް ނުވޭ...
(ތާރީހެއް ނެތް..ފުރަތަމަ ބައި ނެތްކަމުގާ ބެލެވޭ) ސިރީ ކުލަ ރަންމަނި އައުދަކީރިތި ކައްތިރި ބަވަނަ މަހާރަދުން(ރަދުންގެ ނަމެއް ނެތް)ގެ ދަރުބާރުން؛ އައްޑު އަތޮޅު މީދޫ ދޮން އަލީގެ ހުރިއްޔާ ހުރި ގޯއްޗަކާ މުދަލެއް، ކޮންމެ އަހަރަކު ރަބީލްއައްވަލް މަހު ބާރަ ދުވަހަކު، ރަދުންނަށާ، އޭނާޔަށާ 2 މީހުންނަށް، ސުވަރުގެ ލިބުމަށް ދުއާކުރުމަށް ޝަރުތުކޮށް، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އެ ދޮންއަލީގެ ދަރިކޮޅަށް ލަށްވައިފި ކަމުގެ އަމުރަށް، އެރަދުންގެ ސިއްކަ ޖަހާ، ވަޒީރު ހާޖީ މުހައްމަދު ކިއުމުން، ލިއާ މުހައްމަދު ހަތީބު، ދިވެސްއަކުރުން ލިޔެފާވާ ފަތުގެ، 1353ހ ރަބީލްއާހިރު 10(1934މ ޖުލައި 22)ގާ، ކޮށްފާވާ ތާނަ ތަރުޖަމާގެ(ބެލެވޭގޮތުގާ ފަހުބައި).
މިފަތުގެ މަތީގާ '6 އެޅެހެށިގޭ ފަތުގެ ޖުމްލަ' މިހެން ލިޔެފާވޭ.
Size: 10" X 8"
S.Meedhoo - Elheheshige (Housing Plot) - Deed for housing plot, Endowment for property

National Archives of Maldives
NAM DOC-MN-F6-1 · Item · 1961
Part of Documents

1380ހ ޒުލްގައިދު 7(1961މ އޭޕްރިލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1302ހ ޒުލްހައްޖު 4(1885މ ސެޕްޓެންބަރު 13)ގާ، އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރުމަނިކުފާނުގެ ދަރިން ކުރެ، ހައްވާ މަނިކުފާނު އާއި، ޒައިނަބު މަނިކުފާނުގެ ދަރިކޮޅުގެ ތެރެއިން، ޒައިނަބު މަނިކުފާނުގެ ދަރި، އަލިމަނިކުފާނުގެ ދަރިން ކުރެ، މުހައްމަދު މަނިކުފާނު، ހުސެއިން މަނިކުފާނު އަދި އިސްމާއީލް މަނިކުފާނު ނޫން އެހެން އެންމެހާ ދަރިންނަށް އެގޯތިން ވާ، ގޯތީގެ4/3، ވަގުފްކޮށް، އެ އަލިމަނިކުފާނުގެ ދަރި ފާތުމަތު މަނިކުފާނަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ ސާބިތުވާ، މަޖީދީމަގާ އިންވެ އެމަގުގެ އުތުރުން، ޗަންޕާމަގާ އިންވެ އިރުން، ބަގުފަޑިއަތްގޭ ހުޅަނގުން އޮތް، ފާވާ، މއ.'ފަސްގެރިގެ' ކިޔާ ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 23)ގެ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ތ.އެލާއިން ނަގާ، ލާޖައްސާ ހަމަކޮށް، އެވުޒާރާއިން ލިޔެފާވާ ފަތެއް. Size: 10" X 7.5"
K.Male' - Ma.Fasgeri Goathi (G.40 No. Housing Plot) - Deed for housing plot

National Archives of Maldives
NAM DOC-MN-F5-28 · Item · 1928
Part of Documents

1347ހ ރަބީލްއައްވަލް 25(1928މ ސެޕްޓެންބަރު 10)ގާ، މަހްކަމަތުލް ޝަރީޔާގެ އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބުގެ ޝަރީޔާ މަޖިލީހުން؛ މީދޫ އިބްރާހީމްގެ ދަރި އިސްމާއީލް ތައްހާނު، ހެންވޭރު އަރޮޅިގޯއްޗާ އިންވެ ދެކުނުން އޮތް، މިލަދޫ ޔޫސުފްގެ ދަރި އަބްދުއްރަހްމާނުގެ ދަރީންގެ އަތުން، އޭނާ ގަތް ގޯތި، ފަސްބިތަށް އޮއްވާ، އަވަށުވެރިން އެގޯތި ހަތަރު ބިތަށް ހެދުމުން، މިން ތަފާތުވެފާވާތީ، އަލުން، އެތާގެ އިމާއި މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެ ގޯތީގެ 1334ހ(1916މ)ގާ، ހަމަ އެ މަޖިލީހުން، އެގޯތީގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތަކުން، އެތަނަކީ، މިލަދޫ ޔޫސުފްގެ ދަރި އަބްދުއްރަހްމާނުގެ މިލްކެއްކަން ސާބިތުވެ، އަދި 1340ހ(1922މ)ގާ، ހަމަ އެފަތުގާ، ހަމަ އެ މަޖިލީހުން ލިޔެފާވާ ލިޔުމަކުން، އެގޯއްޗާ، އެތާގާ ހުރި ގެއާ ދެ ފެންވަޅާއި، އަބްދުއްރަހްމާނުގެ ދަރިން، އިސްމާއީލް ތައްހާނަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާކަން ސާބިތުވުމުން؛ އެގޯތީގެ މިން އަޅާ، ހަމަކޮށް، ހެންވޭރު އަރޮޅިގޯއްޗާއި އުތުރުން އިންވެ، ހުޅަނގުން ތުރުކީގޯއްޗާ އިންވެގެން އޮތް ގޯއްޗަކީ މީދޫ އިބްރާހީމްގެ ދަރި އިސްމާއީލް ތައްހާނުއަށް މިލްކެއްކަމުގާ ބަޔާންކޮށް، އެތާގެ، އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 10 September 1928 regarding the ownership of the land Henveiru Chanpaapoolge (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Champaapooluge (Housing Plot) - Private Property

National Archives of Maldives
NAM DOC-MN-F5-27 · Item · 1926
Part of Documents

1345ހ މުހައްރަމް 27(1926މ އޯގަސްޓް 6)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދިނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ދަރި އަހުމަދު ކަލޭފާނުއާއި، މާފަންނު ސަރުދާރު އިބްރާހީމް ކަލޭފަނުއާއި، ތުލުސްދޫ އުމަރުގެ ދަރި މުހައްމަދުގެ ދަރި ޔޫސުފް ފުޅުއާއި، 3 މީހުން ހާޒިރުވެތިބެ، ހެންވޭރު ކަޅުހުރާގެ އިރުންއޮތް މަގާ އިންވެ، އިރުން އޮންނަ މެދުރީމުސްކުޅި މަނިކަގެ ވަގުފް ގޯތީގެ އުތުރުން އިންވެ އޮތް، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރި އަތިރީގޭ އަބްދުއްލޯ ދީދީ ބައްލަވައިގަނެ މިލްކުވެފާވާ، ލޮނު ގޮއްޔެގޯތި ކިޔާ ގޯތި، އެގޯތީގާ ހުރި ރުއްގާހާ، ފެންވަޅާ އަދި ގެޔާ އެކު، -/300ރުފިޔާ އަށް، ޔޫސުފްފުޅުއަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާ ކަމުގާ ބުނެ، ޔޫސުފްފުޅުގެ މައްޗަށް އެގޯތީގެ ފަތް ލިޔެދެއްވުމަށް، އޭނާގެ ފަރާތުން އެދުމުން؛ 1339ހ(1921މ)ގާ، ހަމަ އެ މަޖިލީހުން، އިމާއި މިން ހިމަނާ ލިޔެދެއްވާފާވާ އެގޯތީގެ އިހު ފަތުން، އެތަނަކީ އަބްދުއްލޯ ދީދީގެ މިލްކެއް ކަމުގާ ސާބިވެ، ކޮށްފާވާ އެވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ އެގޯއްޗާއި، އެތަނުގާ ވާހާ ތަކެތި، ޔޫސުފް ފުޅުއަށް މިލްކުވީ ކަމުގާ، އެ މަޖިލީހުން، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް. އަދި
1345ހ ރަމްލޯނު 15(1927މ މާޗް 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ފާދިއްޕޮޅު، ވާރުވެރި އަލީބޭ އާދަމް ކަލޭފާނުއާއި، ތޮއްޑޫ އިބްރާހީމް މަނިކުއާއި، 2 މީހުން، ތުލުސްދޫ މުހައްމަދުގެ ދަރި ޔޫސުފްފުޅުގެ މިލްކުގާވާ، މަތީގާ ބުނެވިފާވާ ފަތުގާ އެވާ ގޯއްޗާ، އެތާގެ ހުރި ގެޔާ، އޭނާގެ ދަރިފުޅަށް، އެދަރި ނެތުމުން އެދަރީގެ ދަރިންނަށް، އަދި އެދަރިކޮޅު ނެތްނަމަ، ޔޫސުފްފުޅުގެ މަންމަގެ ދަރިކޮޅަށް ވަގުފްކޮށްފި ކަމުގާ، ބުނުމުން، އެކަމުގެ މައްޗަށް؛ މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
A copy of the report originally written on 6 August 1926 about the ownership of the land Henveiru Hikifinifenmaage and all the assets in it. (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin
K.Male' - H.Hikifinifenmaagege (Housing Plot) - Private Property

National Archives of Maldives