1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ގޯޅާލި މުހައްމަދު ތަކުރުފާނުގެ ދަރި އާއިޝާފާނު، މޫސާ ހިރިހަމާދި ކަލޭފާނުއަށް ވަގުފްކޮށްދީފާވާ ގޯއްޗެއް ކަމުގާ، 1200ހ ޒުލްހައްޖު(1786މ އޮކްޓޯބަރު)ގާ، އަލްގާޒީ މޫސާ ނަޖްމުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީއްޔަތު މަޖިލީހުގާ ލިޔެފާވާ ފަތުގެ ނަކަލަކުންނާއި، 1290ހ ޝައުބާން(1873މ އޮކްޓޯބަރު)ގާ، އަލްގާޒީ މުސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު، މޫސާ ހިރިހަމާދި ކަލޭފާނުގެ ދަރި އުބްރަހިން މަނިކުގެ ދަރި އައިމިނާ ދީދީ އާއި، އެ ކަލޭފާނުގެ ދަރި އައިމިނާ މަނިކުފާނުގެ ދަރި އިބްރާހީމް މަނިކުގެ ދަރި މުހައްމަދު ދީދީ އާއި މި ދެބެއިންގެ އެދުމަކަށް، ގޯތީގެ މިންއަޅާ ލިޔެދެއްވި ފަތަކުންނާއި، 1246ހ ޖުމާދިލްއައްވަލް 12(1830މ އޮކްޓޯބަރު 29)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން، ލިޔެދެއްވި ފަތަކުންނާއި ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވުމުން، އެގޯތީގެ 2/1ގެ މައްސަލަޖެހުމުން، 1378ހ ޖުމާދިލްއާހިރު 20(1958މ ޑިސެންބަރު 31)ގާ، ދާހިލިއްޔާއަށް ފޮނުވާފާވާ، މަހްކަމަތުލް ޝަރީޔާގެ، ށ-3-59/2 ނަންބަރުސިޓީއިން، ވުޒާރަތުލް އައުގާފުއިން، އެ ފާތުމަތު ދީދީއަށް، -/97ރުފިޔާ ދީ، އެ ވުޒާރާޔަށް ގޯތި ހަވާލުކުރުމަށް ނިޔާ ކަނޑައަޅާފި ކަމާއި، އަދި 1378ހ ޝައުބާން 27(1959މ މާޗް 7)ގާ، އައުގާފުން، ދާހިލިއްޔާއިން ފޮނުވި ހ-3-59/14ނަންބަރު ސިޓީއިން، އެކަން އެގޮތަށް ކޮށްފި ކަމުގަޔާ، އަދި އެ މުޅި ގޯތި ހިރިހަމާދި ކަލޭފާނުގެ ދަރިކޮޅަށް އޮތުމުން، އެގޯތީގެ ވަގުފް ފުއްދާ، އެކަންތައްތައް ކުރުމަށް، އެލާއިން ލިބޭ މަންފާއެއް، ވުޒާރަތުލް މާލިޔާއިން، އައުގާފް އާޢި ހަވާލު ކޮށްފާވާ ކަމަގާ ލިޔެ، އަދި 7ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - Goalhaali Goathi (30 number Housing Plot) - Deed for housing plot (Th.Elaa)
1380ހ ޒުލގައިދު 7(1961 އޭޕްރިލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މާފަންނު ދޮއްތަޑަފި ގޯތީގެ އަލީ ބަހީ މަނިކަގެ ތަރިކަ ބަހައިގެން، އެގޯތީގެ 2/1 އޭނާގެ މުހައްމަދު މަނިކުއަށް މިލްކުވެ، އެބައިގެ އުތުރުފަރާތުން 3ރިޔަން ފުޅާމިނުގެ ބައެއް، އަލީ ހާޖީ މަނިކުގެ އަލިމަނުކުގެ ދޮންމަނިކުގެ މިލްކު އެހެން ގޯތިކޮޅަކާ ބަދަލުކޮށް، އޭނާޔަށް މިލްކުވެފާވާ ކަމުގާ، 1369ހ ޖުމާދިލްއާހިރު 19(1950މ އޭޕްރިލް 7)ގާ، މަހްކަމަތުލް ޝަރީޔާ އިން އަލްގާޒި އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ސޮއިކުރަށްވާފާވާ ފަތަކުން ސާބިތުވެ، އެ 2/1ގެ ދެންއޮތް ބައި، އަލީ ހާޖީގެ އަލިމަނިކުގެ ތުއްތު މަނިކަގެ އަބްދުލް ގާދިރު، އަބްދުލް ހާދީ، ދޮންމަނިކެ، އަބްރިއްޔަތު އަދި ފާއިޒާ، މިފަސް ބެއިންނަށް، މުހައްމަދު މަނިކު ހިބައިން ދީ، އެމީހުންނަށް މިލްކުވެފާވާ ކަމާއި އަދި، އެތަނުން އަބްދުލް ގާދިރަށް ވީ ބައި، ކޮލިގޭ އުމަރު މަނިކުއަށް -/500ރ އަށް ވިއްކާ، އުމަރު މަނިކު، ހަމަ އެއަގަށް، ސާހިބުއްދައުލަތު އަލްފާލިލް އިބްރާހީމް ނާސިރުއަށް ވިއްކާ، ނާސިރު، އެތަނުގެ ބޮޑުމިނަށް، ހ.މޭވާގަސްދޮށުގެ ކިޔާ ބަންޑާރަ ގޯތިން ނަގާ ލާޖައްސާ، މ.ދޮއްތަޑަފި ގޯތީގެ އެބައި ދައުލަތަށް މިލްކުވެފާވާކަމުގާ، 1380ހ ސަފަރު 29(1960މ އޯގަސްޓް 22)ގާ، މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، އައްޝެއިހު މުހައްމަދު ޖަމީލު ދީދީގެ ޝަރީޔަތުގެ މަޖިލީހުން ލިޔެފާވާ 2 ލިޔުމަކުން ސާބިތުވެ، މ.ދޮއްތަޑަފި ގޯތީގެ 2/1 އިން، 3ރިޔަން ފުޅާމިނުގެ ބައި ކަނޑާ، ދެންއޮތް ބައިގެ 5/4، އަލީ ހަބީ މަނިކަގެ އަލިމަނިކުގެ ތުއްތު މަނިކަގެ އަބްދުލް ހާދީ، އިބްރިއްޔަތު، ދޮންމަނިކެ އަދި ފާއިޒާ، މި ހަތަރު މީހުންގެ މިލްކެއްކަމުގާ ބަޔާންކޮށް، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 23 April 1961 regarding the ownership of part of the land in Maafannu Dhoththadafi (Size: 8.85" X 6.7")
K.Male' - Part of M.Dhohthodafi Goathi (Housing Plot) - Private Property, Housing plot (government)
1371ހ ރަބީލްއައްވަލް 21(1951މ ޑިސެންބަރު 20)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަންދުއެދުރުގެ ހުސެއިން މަނިކުއަށް މިލްކުވެފާވާ ކަމުގާ، 1355ހ ސަފަރު 10(1936މ މޭ 2)ގާ، އަލްގާޒީ އަފީފުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، ފަތްލިޔެދެއްވާފާވާ، ނަސީމީ ގޯޅިޔާ އިންވެގެން، ވައްބެރު ކޮށީގާ އޮތް ގޯތި، ދައުލަތަށް ބޭނުންވެ، ހ.ނޫމާގެޔާ އެގޯތި ބަދަލުކޮށް ލާޖެއްސުމަށް ދައުލަތުން އެދި، ހުސެއިން މަނިކުގެ ބެހެނިވެރިން އެކަން ގަބޫލު ކޮށް، އެދެގޯތި ބަދަލުކޮށް، ލާޖައްސާ، އެދެތަނުގެގެ އަކަމިނުން، އަމިއްލަ ގޯތީން އިތުރުވީ ބައިގެ ބަދަލަށް، މަހްކަމަތުލް ޝަރީޔާއިން އެތާގެ ބެހެނިވެރިންނަށް ބަށްސަވާ އެ މުއާމަލާތް ނިމިފާވާ ކަމާއި، އަދި، އެބެހެނިވެރިން، އެގޯތި، ހުސެއިން މަނިކުގެ ދަރި ތުއްތުމަނިކެއަށް ހިބައިން ދީ، އޭނާޔަށް އެގޯތި މިލްކުވެއްޖެ ކަމުގާ، އަލްގާޒި އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ނިޔާކުރެއްވާފާވާ ކަމުގާ، އެމަހްކަމާއިން 1371ހ ރަބީލްއައްވަލް 23(1951މ ޑިސެންބަރު 22)ގާ ދާހިލިއްޔާއަށް ފޮނުވާފާވާ ސިޓީއަކުން ސާބިތުވެ؛ ހ.ނޫމާގެ އަކީ، މަންދުއެދުރުގޭ ހުސެއިން މަނިކުގެ ދަރި ތުއްތުމަނިކެގެ މިލްކު ގޯއްޗެއް ކަމުގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 20 December 1951 regarding Henveiru Noomaage (Size: 8.85" X 6.7")
K.Male' - H.Noomaage (Housing Plot) - Private Property, Housing plot (government)
(ތާރީހެއްނެތް)، އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ ދަރުބާރަށް، ލ.ގަމު އަށްނައިބު ހުސެއިން އައިސް، އެރަށު ހުކުރުމިސްކިތަށް ވަގުފްކޮށްފާވަނީ، އެއަތޮޅު ކަޅަދޫ ކަމާ، އެތަނަށް ކަތީބެއް ނުލަށްވާ އޮތިމުން، ރަށުގާ ހަމަނުޖެހުން ވާތީ، އެތަނަށް ކަތީބަކު ލަށްވާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ ކަޅައިދޫ އަކީ އެހުކުރު މިސްކިތަށް އޮތް ރަށެއް ކަމުގާ ބަޔާންކޮށް، އެރަދުންގެ ސިއްކަޖަހާ، ބަނޑޭރި އިބްރާހީމް ކިޔުމުން، އުމަރު ގަދަހަމާދި ލިޔެފާވާ، ދިވެސްއަކުރު ފަތުގެ، 1962މ މޭ 14(1381ހ ޒުލްހައްޖު 9)ގާ، ގަމު ނައިބު ހަސަން އިބްރާހީމް ދީދީ ކޮށްފައިވާ ތާނަ ތަރުޖަމާ. (މިފަތުގާ، ކަތީބެއް އައްޔަނުކުރި ކަމެއް ބުނެފަކާ ނެތެ.) Size: 10" X 8"
L.Gan - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1359ހ(1940މ)ގެ ރަބީލްއައްވަލް މަހުގެ ދުއާޔަށް ކެއިން ކައްކާ އަދި އެހެނިހެން ރަސްމީކަންކަން، އެއަހަރުގެ ސަފަރު މަހު 23، 27، 29ގާ ގަނޑުވަރުގެ އެކިއެކި ކޮއިލުގައަ، ގޭގޭގާ ކުރެވުނު ކަންތައްތަކާ، ކަންތައްތައް ކުރީ ކޮންކޮން ބަޔެއްކަމާ، ކަންތައްތައް ކުރި ގޮތާ، އިންތިޒާމުތައް ހުރި ގޮތާއި، އެ ރަސްމިއްޔާތަށް ރަދުންގެ ކަންކަން ކުރެވުނު ގޮތުގެ ތަފްސީލާއި، ރަބީލްއައްވަލް 12ގެ މާލޫދުއަށް، އެމަހުގެ 8ވަނދުވަހުން ފެށިގެން ކަންތައްތައް ކުރެވުނު ގޮތުގެ ތަފްސީލާއި، 1360ހ ޝައުބާން 3(1941މ އޯގަސްޓް 26)ގާ ގަނޑުވަރުގާ ވަރުހަނގުން ބެހުމަށްޓަކާ، ރަދުންނަށް ވެދުމަށް ގެނައި 'ދަޅުފުޅު' ދެއްވިކަމާއި، އަދި ވެދުން ބޮނޑިޔަށް ކަންތައް ކުރިގޮތާއި، އަދި އެއަހަރު ޝައުބާން 23ގާ ބޮޑުބޮލި ބެއްސެވިކަން ބަޔާންކޮށްފާވާ ލިޔުމެއް.
މި ކަރުދާހުގާވާ 7 ގަނޑު ވަނީ ތަރުތީބުން ނޫން ކަމާ، އަދި ދޭތެރެއިން ގަނޑު މަދުވެފާވާ ކަމަށް ބެލެވެއެ.
Report on the ceremony planning and food preparation (Size: 8.05" X 5.95")
K - Male' - Royal Palace - Writing(food)
1343ހ ޝައްވާލް 16(1925މ މޭ 9) އަދި 1344ހ ރަޖަބް 17(1926މ ފެބްރުވަރީ 1) އަދިވެސް އެހެން ތާރީހުގާ(މިބައި ވީދިފާ)ގާ، ރާއްޖޭން ބޭރަށް ދިޔަ ނާފަހަރާއި އޮޑީގެ އަދަދާއި، ދިޔަ ތަންތަނާއި، އެއިން ގެނައި ތަކެއްޗާއި، އެތަކެތިން ކުރި ވިޔަފާރިއާއި އެހެނިހެން ކަންކަން ބަޔާންކޮށްފާވާ ކަރުދާހެއް.
List of ships that have traveled abroad, their destinations, and the products they brought back (Size: 7.8" X 6.4")
14.10.72މ(6.9.1392ހ) މަތީގާ ޖަހާ، ހަދާފާވާ ހިސާބުތަކެއްގެ ކަރުދާހެއް.
Note with mathematical calculations (Size: 6.35" X 2.8")
(ތާރީހެއް ނެތް)މަތީގާ 'ކޮށްތު' ޖަހާ، މުޅީގެ އަދި ނާޅީގެ އަދަދު ޖަހާ، ނުފުށުގާ 'ތޭރަރުފިޔާބާއި' ޖަހާފާވާ ކަރުދާހެއް.
K - Male' - Writing(Different Items)
Food ration list (Size: 3.85" X 6.7")
1369ހ މުހައްރަމް 1(1949މ އޮކްޓޯބަރު 23)ގާ، މަހްކަމަތުލް މާލިއްޔާއިން، މ.މުލަކުގެ ކަތީބުން، މުދިމުން އަދި އެންމެހާ ރައްޔިތުންނަށް؛ އެމީހުން، ދައުލަތުގާ އެދިފާވާ އެދުމުގެ މަތިން، އެރަށު މާމިސްކިތުގެ ބޯގަޔަށް އޮތް ރަތްމަންދޫގެ ބަދަލުގާ، އެރަށު ރަސްގެހިންނަ ލަށްވާދެއްވާފިކަމާއި ރަތްމަންދޫ، މާލިއްޔާއަށް ނެންގެވިކަމުގާ، ބަޔާންކޮށް، އިބްރާހީމް މުހައްމަދު ސޮއިކޮށް ލިޔެފާވާ ސިޓީއެއް. Letter stating changes in the waqf endowment for Mulaku Maa Miskiyy (Size: 8.8" X 5.5")
M.Mulah - Maa Miskiiy (Mosque) - letter(Endowment for Mosque)
1952މ ފެބްރުވަރީ 6(1371ހ ޖުމާދިލްއައްވަލް 10)ގާ، 'މަލިން މަނިއްޕުޅު މުހައްމަދު ދީދީ ފޮނުއްވަވާންވީ' މަތީގާ ލިޔެ، ފޮނުވާނެ ތަކެތި ބަޔާންކޮށް، އެއެއްޗެތި އެކެއްޖަހަންވާއިރަށް، އެތެރެ ބަނޑަހަލަގެޔަށް ފޮނުއްވާން އެދި، މަތިގެއިން ލިޔެފާވާ ކަރުދާހެއް.List of items for delivery to the palace (Size: 6.2" X 4.1")
K - Male' - Royal Palace (Mathige) - Writing(Note)