1380ހ ޒުލގައިދު 7(1961 އޭޕްރިލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މާފަންނު ދޮއްތަޑަފި ގޯތީގެ އަލީ ބަހީ މަނިކަގެ ތަރިކަ ބަހައިގެން، އެގޯތީގެ 2/1 އޭނާގެ މުހައްމަދު މަނިކުއަށް މިލްކުވެ، އެބައިގެ އުތުރުފަރާތުން 3ރިޔަން ފުޅާމިނުގެ ބައެއް، އަލީ ހާޖީ މަނިކުގެ އަލިމަނުކުގެ ދޮންމަނިކުގެ މިލްކު އެހެން ގޯތިކޮޅަކާ ބަދަލުކޮށް، އޭނާޔަށް މިލްކުވެފާވާ ކަމުގާ، 1369ހ ޖުމާދިލްއާހިރު 19(1950މ އޭޕްރިލް 7)ގާ، މަހްކަމަތުލް ޝަރީޔާ އިން އަލްގާޒި އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ސޮއިކުރަށްވާފާވާ ފަތަކުން ސާބިތުވެ، އެ 2/1ގެ ދެންއޮތް ބައި، އަލީ ހާޖީގެ އަލިމަނިކުގެ ތުއްތު މަނިކަގެ އަބްދުލް ގާދިރު، އަބްދުލް ހާދީ، ދޮންމަނިކެ، އަބްރިއްޔަތު އަދި ފާއިޒާ، މިފަސް ބެއިންނަށް، މުހައްމަދު މަނިކު ހިބައިން ދީ، އެމީހުންނަށް މިލްކުވެފާވާ ކަމާއި އަދި، އެތަނުން އަބްދުލް ގާދިރަށް ވީ ބައި، ކޮލިގޭ އުމަރު މަނިކުއަށް -/500ރ އަށް ވިއްކާ، އުމަރު މަނިކު، ހަމަ އެއަގަށް، ސާހިބުއްދައުލަތު އަލްފާލިލް އިބްރާހީމް ނާސިރުއަށް ވިއްކާ، ނާސިރު، އެތަނުގެ ބޮޑުމިނަށް، ހ.މޭވާގަސްދޮށުގެ ކިޔާ ބަންޑާރަ ގޯތިން ނަގާ ލާޖައްސާ، މ.ދޮއްތަޑަފި ގޯތީގެ އެބައި ދައުލަތަށް މިލްކުވެފާވާކަމުގާ، 1380ހ ސަފަރު 29(1960މ އޯގަސްޓް 22)ގާ، މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، އައްޝެއިހު މުހައްމަދު ޖަމީލު ދީދީގެ ޝަރީޔަތުގެ މަޖިލީހުން ލިޔެފާވާ 2 ލިޔުމަކުން ސާބިތުވެ، މ.ދޮއްތަޑަފި ގޯތީގެ 2/1 އިން، 3ރިޔަން ފުޅާމިނުގެ ބައި ކަނޑާ، ދެންއޮތް ބައިގެ 5/4، އަލީ ހަބީ މަނިކަގެ އަލިމަނިކުގެ ތުއްތު މަނިކަގެ އަބްދުލް ހާދީ، އިބްރިއްޔަތު، ދޮންމަނިކެ އަދި ފާއިޒާ، މި ހަތަރު މީހުންގެ މިލްކެއްކަމުގާ ބަޔާންކޮށް، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 23 April 1961 regarding the ownership of part of the land in Maafannu Dhoththadafi (Size: 8.85" X 6.7")
K.Male' - Part of M.Dhohthodafi Goathi (Housing Plot) - Private Property, Housing plot (government)
1361ހ ސަފަރު 28(1942މ މާޗް 16)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ކެއްކުޅަ ދޮންކަލޭފާނު ހާޒިރުވެ، 1360ހ ޖުމާދިލްއާހިރު 24(1941މ މޭ 21)ގާ، އޭނާއަށް ބެރު މުހައްމަދު ކަލޭފާނު ވިއްކި ގޯތީގެ ފަތް ގެއްލި، އެގޯތީގެ މައްޗަށް ދައުވާކުރުމުން، ބެރު މުހައްމަދު ކަލޭފާނުން އެ މަހްކަމާއަށް ހާޒިރުކޮށް، ދޮންކަލޭފާނަށް އޭނާ ދަރާއޮތް ދަރަންޏެއް އަދާކުރުމުގެ ގޮތުން، މާފަންނު މާވެޔޮދޮށަށް ހިނގަންއޮތް މަގާ އިންވެ ހުޅަނގުން އޮތް ވަޅިކޮށި ގޯތީގާ، އޭނައަށް މިލްކުވެފާވާ ބައި ،އެ ދޮންކަލޭފާނަށް ދީ އޭނާޔަށް އެތަން މިލްކުވެފާވާކަމުގާ ބުނެ، އެކަން ސާބިތުވުމުން، ގާޒީ އަބްދުއްލޯ ފަހުމީ ދީދީ، ބަންޑާރަނައިބު އިބްރާހީމް ލުތްފީ ދީދީ، ކުޑަ ނައިބު އަދި ފަތްލިޔާ ނައިބު، އެތަނަށް ގޮސް، އެހިސާބުގަނޑުގެ ދުވަސްވީ މީހުންކުރެ އަހާ، އެމީސްމީހުންގެ ހެކިބަހުން އެތަނުގެ މިން ސާބިތުކޮށް، އެގޯއްޗަކީ، ކެއްކުޅަ ދޮންކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެދީފާވާ ލިއުމުގެ ނަކަލެއް.
އަދި، 1368ހ ރަމްލޯނު 7(1949މ ޖުލައި 4)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ މަތީގާ ބުނެފާއެވާ މ.ވަޅިކޮށި ގޯތީގެ މިލްކުވެރިޔާ، ދޮންކަލޭފާނު، ނިޔާވުމުން، އޭނާގެ ދަރި ކަޅުތުއްތު އާއި އެހެނިހެން ދަރިން، -/700ރުފިޔާއަށް، އެތަން، ދަންވަރުގޭ ކުޑަދޮންމަނިކު މާލިމީގެ ތުއްތުމަނިކެއަށް ވިއްކާ، އޭނާއަށް އެތަން މިލްކުވެފާވާ ކަމުގާ؛ މަތީގާ ނަކަލުކުރިކަމަށް ބުނެވިފާވާ ލިއުމުގެ ނުފުށުގާ، މުހައްމަދު ނަސީރު މަނިކު ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
A copy of the report originally written on 16 March 1942 in to the investigation of the ownership of the land Maafannu Vaifilaa (Size: 8.85" X 6.7")
K.Male' - M.Vaifilaa (Vaikosi) Goathi (Housing Plot) - Private Property
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެދަށުން، 1340ހ ރަބީލްއާހިރު 20(1921މ ޑިސެންބަރު 20)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުންގެ ޝަރީޔަތު މަޖިލީހުން، މުޑާ އިބްރާހީމް(ގެ) އޮޅުތެރެ އަހުމަދު ކަލޭފާނު ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ ފަތްލިޔެފާވާ، މ.ކުރިކިހަށްފިލާގޯތި، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު އެލައިން ދެއްވާ، ލާޖައްސާ ހަމަކޮށް ވުޒާރަތުލް ދާހިލިއްޔާއިން ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް.(Size: 8.85" X 6.7") K.Male' - M.Kurikihahfilaa Goathi (Housing Plot) - Private Property
National Archives of Maldives1343ހ ޒުލްގައިދު 22(1925މ ޖޫނު 14)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކުޑަނެވި ހަސަން ކަލޭފާނުގެ ހުރިހާ ދަރިން، މާފަންނު ބޮޑުހިރުނދުގަސްދޮށުގާ އޮތް، އެއްލިފައިދޮންބީފާނުގޯއްޗޭ ކިޔާ ގޯތިން އެމީހުންގެ ބައްޕަޔަށް ވީހާ ތަނެއް، އެމީހުންގެ އެއްބަފާ އަހުމަދު މަނިކުއަށް ހިބައިން ދީފި ކަމަށް ބުނެ، އެތަނުގެ އިމާއި މިން ބަޔާންކޮށް އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1285ހ(1868މ)ގާ، އެތަނުގެ އިމާއި މިން ހިމަނާ، އަލްގާޒީ އިބްރާހީމް މުހީބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތުން، އެގޯއްޗަކީ، ކުޑަނެވި މާފަތްކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ސާބިތުވެ، އަދި އޭގެ ފަހުން އެގޯތީގެ 2/1 ބަންޑާރަވެ، އަނެއްބައި، އިބްރާހީމް ކަލޭފާނުގެ ދަރި މޫސާ ކަލޭފާނަށް މިލްކުވެ، އެނާގެ ދަރި އިސްމާއީލް ކަލޭފާނަށާއި، ކުޑަނެވި ކަމަނަޔަށާ މިލްކުވެފާވާކަން ސާބިތުކުރައްވާ، އެބައިގެ 3/2، އިސްމާއީލް ކަލޭފާނަށް އަދި އަނެއްބައި ކަމަނަޔަށް މިލްކުވެފާވާ ކަމަށާއި، އިސްމާއީލް ކަލޭފަނުގެ ބައި، އޭނާގެ ދަރި އަހުމަދު މަނިކުއަށް މިލްކުވެއްޖެ ކަމަށާއި، އެތަން، ބޮޑުހިރުނދުގަސްދޮށުން އަތިރިޔަށްދާ މަގާ ދެކުނުން އިންވެ، އަދި އެމަގުން ކުޑަކޮށްޓަށް ދާންއޮތް ގޯޅީޔާ އިރުން އިންވެ އޮތްކަމުގާ އެތަނުގެ އިމާއި، މިން ބަޔާންކޮށް، އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް.
އަދި 1354ހ ޝައްވާލް 24(1936މ ޖަނަވަރީ 19)ގާ، މަތީގާ ނިސްބަތް އެވާ ގޯއްޗާ، އެތާހުރި ގެޔާ، އެތަނުގާ ވާހާ ތަކެއްޗާ، ކުޑަނެވި އަހުމަދު މަނިކު، ތަކަންދޫ ހުސެއިން ކަލޭފާނަށް ވިއްކާފާ އޮއްވާ، އެގޭގާ ހުރި ވިޔަފާރި މުދަލާއެކު، ހުސެއިން ކަލޭފާނުގެ ނީލަމުން، ދަންވަރުގޭ ނަހުދާ ކުޑަދޮންމަނިކު، -/810 ރުފިޔާއަށް ގަނެ، އެ ގޯއްޗާއި ގޯތީގާވާހާ ތަކެއެއްޗެއް، އެ ކުޑަދޮންމަނިކުއަށް މިލްކުވެއްޖެކަމުގާ، މަތީގާ ނަކަލުކޮށްފާވާ ކަމުގަ ބުނެވިފާއެވާ ފަތުގެ ނުފުށުގާ، ޝަރީޔަތުގެ މަޖިލީހުން ލިޔެފާވާ ލިއުމުގެ ނަކަލެއް.
A copy of the report originally written on 14 June 1925 regarding the ownership of the land Maafannu Jeymuge Goathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin
K.Male' - M.Jeymuge Goathi (Housing Plot) - Private Property
1346ހ ޖުމާދިލްއައްވަލް 29(1927މ ނޮވެންބަރު 24)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، އަލްއަމީރު އިބްރާހީމް ދޮށިމޭނާކިލެގެފާނުގެ ދަރި އަތިރީގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ ގޯއްޗެއް ކަމުގާ، 1345ހ(8/1927މ ޖަނަވަރީ 29)ގާ، ހަމަ އެ މަޖިލީހުން ފަތްލިޔެދެއްވާފާވާ، މާފަންނު، އީދަށްވަޑައިގަންނަވާ ބޮޑުދެގޯޅިއާ އިންވެގެން ހުޅަނގުން އޮންނަ ހަތީބު މަނިކުފާނު ގޯއްޗޭ ކިޔާ އޭނާގެ މިލްކު ގޯއްޗާއި، އެ ގޯތީގާ ހުރި ގެޔާއި، ހުރިހާ ބިނާޔަކާއި، ގޯތީގާވާ އެންމެހާ ތަކެއްޗެއް، އޭނާ ކައިވެނިބައްލަވައިގެން ހުންނެވި ދޮންދީދީގެ މަންމަ، ހަތީބު މަނިކުފާނުންގެ ދަރި ޅަދީދީ އަށް ހިބައިން ދެއްވައިފި ކަމުގާ ވިދާޅުވެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެތަނުގެ ކަންތައް ބަށްލަވާ، އެހިބަ ސައްހަކަމަށް ނިޔާކުރައްވާ، ފަތެއް ލިޔަން އަމުރުކުރެއްވުމުން، އައްނައިބު މުހައްމަދު ލިޔުނު ފަތުގެ ނަކަލެއް. A copy of the report originally written on 24 November 1927 about the ownership of the land Maafannu Nooraaneege (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin
K.Male' - M.Nooraaneege Goathi (Housing Plot) - Private Property
1369ހ ޝައްވާލް 6(1950މ ޖުލައި 22)ގާ، މަހްކަމަތުލް ޝަރިއްޔާއިން، ހެންވޭރު އަބަދަށްހިނގާ މަގުގެ އިރުން، މެދުރީމުސްކުޅިގެޔާ އިންވެގެން އުތުރުން އޮންނަ ތުލުސްދޫ މުހައްމަދު ގެދަރި ޔޫސުފްފުޅު ވަގުފްކޮށްފާވާ މަސްއޮޑިގެޔޭ ކިޔާ ގޯތި(މިހާރުގެ ހިކިފިނިފެންމާގެ)، އެތާގެ ވަގުފްވެރީން ކުރެ ކެރަފާ މުހައްމަދު ކަލޭފާނު މިލްކުގާ އޮތް ގ.ހިކިފިނިފެންމާގެ(މިހާރުގެ އެންޓާރިސް)އާއި ލާޖައްސައި ދިނުމަށް އެދުމުން، މިދެގޯތި އަގުކޮށް ދެގޯތީގެ އަގުން އިތުރުވީ ބައި، މަސްއޮޑިގޭގެ ވަގުފްމައްޗަށް ދޫކޮށްލާ، މިމަސްއޮޑިގެ ކިޔާ ގޯއްޗާ(މިހާރުގެ ހިކިފިނިފެންމާގެ) އެތާގާވާ ގެ، މީނާގެ މިލްކެއް ކަމަށް ނިޔާކުރަށްވާ، އެގޯތި ވަގުފްފަތުގެ (F3-17)ގެ އަސްލުފަތުގެ އަނެއްފުށުގާ، އެ ޝަރީއަތު މަޖިލީހުން، ލިޔެދެއްވާފާވާ ލިގެ ނަކަލެއް. Size: 8.8" X 6.7"
K.Male' -G.Hikifinifenmaage/G.Antaaris (Housing Plot) - Deed for housing plot
1369ހ ޝައްވާލް 6(1950މ ޖުލައި 22)ގާ، މަހްކަމަތުލް ޝަރިއްޔާގެ، އަލްގާޒީ އަބްދުލް ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުން، ހެންވޭރު ކަޅުހުރާގޭ އިރުން އޮތް މަގާ އިންވެ އިރުން އޮތް މެދުރީމުސްކުޅިގޭ އުތުރުން އޮތް ވަގުފް ގޯއްޗާއި އެތާގާވާ ގެ، ގަލޮޅު ހުސްނުހީނާމަގާ އިންވެގެން އިރުން، އަންނާރުގެއާއި އިންވެގެން، އުތުރުން އޮތް، ހެންވޭރުގާ ވާގޯތީގެ ވަގުފްވެރީން ކުރެ ކެރަފާ މުހައްމަދު ކަލޭފާނު މިލްކުގާވާ، ގ.ހިކިފިނިފެންމާގެ(މިހާރުގެ އެންޓާރިސް) ގޯއްޗާއި، ލާޖައްސައި ދިނުމަށް، އެދުމުން؛ މިދެގޯތި އަގުކޮށް ދެގޯތީގެ އަގުން އިތުރުވީބައި، މިވަގްފު ގޯތީގެ މައްޗަށް މުހައްމަދު ކަލޭފާނުން ދޫކޮށްލުމުން، މި ހިކިފިނިފެންމާގެ ކިޔާ ގޯއްޗާ އެތާގާވާގެ، މީނާގެ މިލްކެއް ކަމަށް ނިޔާކުރަށްވާ، އެގޯތި ވަގުފްފަތުގެ (F3-17) އަސްލުފަތުގެ އަނެއްފުށުގާ، އެ ޝަރީއަތު މަޖިލީހުން، ޖަލާލުއްދީނު ސޮއިކުރައްވާ، ލިޔެފާވާ ލިޔުމުގެ ނަކަލެއް. F3-17B)) (Size: 8.8" X 6.7") Chief Justices - Al Ghaazee Abdul Jalaluddin
K.Male' -G.Hikifinifenmaage/G.Antaaris (Housing Plot) - Deed for housing plot
1346ހ ރަޖަބް 2(1927މ ޑިސެންބަރު 27)ގާ، މަހްކަމްތުލް ޝަރިއްޔާގެ، ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހަށް، ފާދިއްޕޮޅު އަތޮޅުވެރި އަލީބެ އާދަމް ކަލޭފާނު އާއި ތޮއްޑޫ އިބްރާހީމް މަނިކު އައިސް، ތުލުސްދޫ މުހައްމަދުގެ ދަރި ޔޫސުފްފުޅުގެ މިލްކުކަމުގާ،1345ހ(1927މ)ގާ ފަތް(F5-27)ލިޔެދެއްވާފާވާ، ހ.ކަޅުހުރާގޭ އިރުން އޮތް މަގާ އިންވެގެން އިރުން އޮތް، މެދުރީ މުސްކުޅި މަނިކުގެ ވަގުފް ގޯތީގެ އުތުރުން އޮތް ގޯއްޗާ(މަސްއޮޑިގެF3-17B-)އި އެގޯތީގާވާ ގެ، ވަގުފްކޮށް، އެތާގެ ހަވާލުވެރިކަން ޔޫސުފްފުޅުގެ ދަރިފުޅަށް، އަދި އޭނާ ނެތުމުން އޭނާގެ ދަރިކޮޅަށް، އެދަރިކޮޅު ނެތްނަމަ، ޔޫސުފްފުޅުގެ މަންމަގެ ދަރިކޮޅަށް ލަށްވާ، ފަތެއް ލިޔުމަށް ޔޫސުފްފުޅު ފޮނުވީތީ އައިކަމުގާ ބުނުމުން، އެކަން ބައްލަވާ، އެވަގުފް ސައްހަ ކަމަށް ނިޔާ ކުރެއްވުމުން، އެމަޖިލީހުން، އައްނައިބު އަހުމަދު މަހައްލީ ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' -G.Hikifinifenmaagege - Deed for housing plot
1195ހ ރަމްލޯނު(1781މ ސެޕްޓެންބަރު)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ފިހާރަ ހަސަން ކަލޭފާނު، އޭނާ ތުނބުޅި ކާސިން ތަކުރުފާނުގެ މަންމަ ބީފާނު އަތުން ގަތް މާފަންނުގާ އޮތް ގޯތި، ވަގުފްކޮށް، އޭނާ ދަރިޔެއްހެން ބޮޑު ކުރި އިބްރާހީމް ކަލޭފާނު އަށް ހިބައިންދީ، އެތަނުގެ ހަވާލުވެރިކަން، މި އިބްރާހީމް ކަލޭފާނުގެ ދަރިކޮޅަށް ލަށްވާ، އެގޮތަސް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަޖިލީހުން ދެއްވި ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Ghaazee Ibrahim Majduddin
K.Male' - M.Fihaara Hassan Kaleygefaanu Goathi (Housing Plot) - Deed for housing plot
1208ހ ރަޖަބް(1794މ ފެބްރުވަރީ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ހިމިތީ ދޮންމަނިކު އާއި ފިހާރަ ކޮއިގެ ދަރި(ނަމެއްނެތް) ދެމީހުން އައިސް، ފިހާރަކޮއިގެ ދަރީގެ ކާފަ ފިހާރަ ހަސަން ކަލޭފާނު އޭނާއަށް ހިބައިން ދިން މާފަންނުގާ އޮތް ވަގުފް ގޯތިން(F3-16B) ލިބޭއެއްޗަކުން، ވަގުފް ފުއްދާފާ ދެން އިތުރަށް އޮތް މަންފާއެއް، އޭނާއަށާ، އޭނާގެ އެއްބަފާ އަންހެންކޮޔާ އިން އެހިމިތީ ދޮންމަނިކު އަތުން 30ކޮއްޓޭ ބޮލި އަތުލާ، އެ ހިމިތީ ދޮންމަނިކުއަށް އެތަނުގެ ހަވާލުވެރިކަން ދީ، އަދި އެދެބެއިންގެ ދަރިކޮޅު މީހަކަށްވެސް އެތަން ނުނެގޭނެ ކަމުގާ ފަތެއް ލިޔދެއްވުމަށް އެދުމުން އެކަން ބެއްލެވިއިރު، 1190ހ ރަމްލޯނު(1776މ އޮކްޓޯބަރު)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީއަތު މަޖިލީހުން، އައްނައިބު އަހުމަދު ބަންޑާރަނައިބު ލިޔެދެއްވި އެތަނުގެ އިހު ފަތުގާ ފިހާރަހަސަން ކަލޭފާނު އެގޯތި ވަގުފްކޮށް، އޭނާ ދަރިއެއްގެ ގޮތުގާ ބޮޑުކުރި އިބްރާހީމް ކަލޭގެއަށާއި އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ސާބިތުވެ، އެއެދުމުގެ މައްޗަށް، އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް.
މިނަކަލުގާ ބުނެފާވާ އެއްޗެއް މާކަ ސާފެއް ނޫން.
(Size: 10" X 7.4") Chief Justices - Al Ghaazee Ibrahim Majduddin
K.Male' - M.Fihaara Hassan Kaleygefaanu Goathi (Housing Plot) - Deed for housing plot