1349ހ ޝައުބާން 9(1930މ ޑިސެންބަރު 29)ގާ، ބޮޑުބަނޑޭރިގެއިން، އަރިއަތޮޅު(އދ.) މަންދޫ ކުޑަގޮއިގަނޑަށް އަރާ މީހުންނަށް؛ ޝަމްސުއްދީނު ރަދުން3 (ރަދުންގެ ނަމެއްނެތް.. ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 30ވަނަ އަހަރުގެ ރަޖަބް މަހުން ފަށައިގެން، އެރަށުގެ ވަރުވާ، ހަންޏާމީދޫގެ ރައްޔިތުންނަށް އަހަރުންއަހަރަށް ހަމަޔަށް ދެއްކުމަށް އަންގާ، ލިޔެފާވާ ފަތެއް.Size: 5.6" X 4.2"
Adh - Mandhoo - Kuda Goegan'du - Order
1346ހ ޝައްވާލް 6(1928މ މާޗް 28)ގާ، 'އެތެރެބަޑަހަލުން ފިތުރު ދޭނެ ތަންތަނާއި ދޭނޭ އަދަދު'، މިހެން ސުރުހީކޮށް، ގަނޑު ދިގަށް ދެބައިކޮށް ކޮންމެބަޔެއްގާ 4ފަތި(ކޮލަމް)އަށް، ތަންތަނުގެ ނަމާއި، ނިސްބަތްވާ ދިމާލުގާ، ހަނޑުލުގެ އަދަދު ނާޅި-ލާހިން ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.
List of places where Zakat Fitr is collected (Size: 13.2" X 8.25")
Sans titre1349ހ ޝައުބާން 9(1930މ ޑިސެންބަރު 29)ގާ، ބޮޑުބަނޑޭރިގެއިން، ކޮޅުމަޑުލު(ތ.) މާލިފުށިއަށް އަރާ މީހުންނަށް؛ ޝަމްސުއްދީނު ރަދުން3 (ރަދުންގެ ނަމެއްނެތް.. ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 30ވަނަ އަހަރުގެ ރަޖަބް މަހުން ފަށައިގެން، އެރަށުގެ ވަރުވާ، ހަންޏާމީދޫގެ ރައްޔިތުންނަށް އަހަރުންއަހަރަށް ހަމަޔަށް ދެއްކުމަށް އަންގާ، ލިޔެފާވާ ފަތެއް.Size: 5.1" X 4.2"
Th - Maalifushi - Island - Order
54/2/22މ(18.6.1373ހ) ތާރީހުކޮށް، 'ބާރަ މައުލޫދުއަށް އެތެރެ ބަނޑަހަލަށް' ސުރުހީކޮށް، އެކިއެކި ތަންތަނަށް އެކެއެކި ކެއިން ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3")
K - Male' - Royal Palace - list
1331ހ ޒުލގައިދު 15(1913މ އޮކްޓޯބަރު 16)ގާ، މަހްކަމަތުލް ޝަރީޔާއިން، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބުޅި ދޮށީގޮއްޔެ، އޭނާއަށް ތުރުކީކޮށީ އެދުރު މަނިކު ދީފާވާ، ނިކަގަސްމަގަށް އެރޭ މީހާގެ ކަނާއަތުގާ އޮތް ގޯތި،(މއ.ކެދިފަށުވިގޯތި)، ޒަކަރިއްޔާ ހުސެއިންފުޅުއަށް -/130ރުފިއާއަށް ވިއްކައިފި ކަމުގާ ބުނުމުން، އެކަން ބަށްލަވާ، އެތަނުގެ އިހުފަތުން އެގޯތި އެއީ، އެދުރު މަނިކުގެ މިލްކެއް ކަމުގާ ސާބިތުވެ، އަދި، އޭނާ އެތަން، ބުޅީ މަރިޔަމް ފުޅު(ދޮށީގޮއްޔެ؟)އަށް ހިބައިން ދީފާވާ ކަމުގާ ސާބިތުވުމުން، އެމުއާމަލާތް ސައްހަކަމުގާ ނިޔާކޮށް، އެގޯތި ޒަކަރިއްޔާ ހުސެއިންފުޅުއަށް މިލްކުވެއްޖެ ކަމުގަ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އެޝަރީއަތު މަޖިލީހުން، ނައިބު އަބްދުއްލޯ ލިޔެދީފާވަ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Ke'ndhifashuvigoathi, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
1146ހ ޖުމާދިލްއާހިރު(1733މ ނޮވެންބަރު)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނުގެ ޝަރީއްޔަތު މަޖިލީހުގާ، ނައިފަރު ކަދީދާ، އޭނާ އާއި، މާފިލާފުށީ ޔަހުޔާ އާއި ދެމީހުންނަށް އީދުމިސްކިތް ދޮރުއެޅި ކޮށިން އޮތް ތަނުން، އޭނާއަށް ވީތަނުގާ ހުރިހާ ރުއްގަހާކާއި އެހެނިހެން އެއްޗެތިން، ބަންޑާރަ ނައިބު ހުސެއިން ތަކުރުފާނުގެ މަދްރަސާއަށް ބައިނާޅި ތެޔޮ ދީފާ، ދެން އޮތް ފައިދާއެއް، އެ ހުސެއިން ތަކުރުފާނުގެ ދަރި އައްނައިބު މުހައްމަދު ތަކުރުފާނު ނާއި އޭނާގެ ދަރިކޮޅަށް، އަދި މި ދަރިކޮޅު ނެތްނަމަ، މިތަކުރުފާނުގެ އެއްބަފާ ހައްވަ އާއި މަރިޔަމް ބީފާނާއި، މިދެބެންގެ ދަރިކޮޅަށް، އަދި މިދަރިކޮޅު ނެތްނަމަ، މުހައްމަދު ތަކުރުފާނުގެ އެއްބަނޑު ހުސެއިން ތަކުރުފާނުގެ ދަރިކޮޅަށް، އަދި މިދަރިކޮޅު ނެތްނަމަ އެދެތަކުރުފާނުގެ މަދްރަސާގާ ދަންނަކަން ކިޔަވާދޭ މީހަކަށް، އަދި އެމީހަކު ނެތްނަމަ، ދެންތިބި ދަންނަބަޔަކަށް ލަށްވާ، އެތަން ވަގުފް ކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެގާޒީ ލިޔެފާވާ ފަތެއް. (Size: 7.2" X 11.7") Chief Justices - Al Ghaazee Mohamed Shamsuddin
K- Male' - M.Eid Miskiiy Dhoruelhi Koshiige baeh - Deed for housing plot
1302ހ(1884މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 4ވަނަ އަހަރު، މާޅޮސްމަޑުލު ދެކުނުބުރީ އައިދޫގެ ޒިޔާރަތުގެ ބޯގައަށް، އެއައިދޫ ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، މާލެ ފަތްލިޔާ އުމަރު ލިޔެފާވާ ފަތެއް. Document on the consecration of Boaga Ziyaarat on Aidhoo Island (Size: 7.6" X 5.5") Ba.Aidhoo - Aidhoo Shrine - Endowment for Shrine (ziyaaraiy)
Sans titre1304ހ ރަޖަބް 22(1887މ އޭޕްރިލް 16)ގާ؛ އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގާ، ފަނޑިޔާރު އައްޝައިހުލް އަލީ އަށްނަސްކީ އަލްގާހިރިއްޔާގެ ޝަރީއަތު މަޖިލީހުގާ، މަލިންގޭ ހަސަންދީދީ، ވާދޫ ދަންޑެހެލުގެ، ވަގުފް ގޯތި، ވެޔޮދޮށު ގޯތިން ވަށްބެރުގޭ އެންމެންނަށް ވީބަޔާއި، ހައްދުންމަތީ ހަސަން މަނިކުގެ ދަރިއަށްވީ ބަޔާއި، ހުރާ އިސްމާއީލްފުޅުގެ ދަރިންނަށް ވީބަޔާއި، އައްޔަފުޅު ދޮންކޮއްކޮގެ ދަރިޔަށް ވީބަޔާއި؛ މިހުރިހާތަނެއް، އޭނާ -/111 ރުފިޔާއަށް ގަނެ، އެތަނުގެ ހަވާލުވެރިކަން އޭނައަށް ލިބިއްޖެކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ފަނޑިޔާރު، ލިޔެފާވާ ފަތެއް. Size: 10.2" X 5.8 "
K.Male' - Part of H.Veyodhoshu goathi (housing plot) - Deed for housing plot
(Size: 13.3" × 8.3) -- 1355ހ ޒުލްހައްޖު 23(1937މ މާޗް 7)ގާ، 'މައިވާރާ ފުނަވާރާއި ފުނަވާރާއި ފަރާތްފަރާތަށް ދެވިފާހުރި ތަކެތީގެ އަގު'، މިހެން ސުރުހީކޮށް، ފުރަތަމަ ކޮލަމްގާ އަގުޖަހާ، އެޔާ ނިސްބަތްކޮށް އެކި ގުރާބު، ބާޑީ އަދި އޮޑި ފަދަ އެއްޗެހީގެ ނަން ޖަހާ، އެނަންތަކާ ނިސްބަތްވާގޮތަށް، 'ކަޅުބެކޮއްކޮ، މާދޫ ދަންޑެހެލު ތައްހާނު، ބުޗާ ދަންޑހެލު ތައްހާނު، ވައިކަރދޫގޭ ކުޑަތުއްތު، ފުއްލާ ދަންޑެހެލު ތައްހާނު، ގަރަހިތަ ދަންޑެހެލު ތައްހާނު، ސައިކުރާ ހަސަން ކަލޭފާނު، ފުރަހަނި ދަންޑެހެލު ތައްހާނު، އަލީ ހާޖީ ދަންޑެހެލު، ކުޑަނެވި ހަސަން މަނިކު، ރަނަހަމާދި ކަލޭގެފާނު އަދި ފާމުދޭރި ތަކުރުފާނު'، މިނަންތައް ލިޔެފާވާ ލިސްޓެއް.
K.Male' - list(Tax)
5....(އަހަރު ލިޔެފާވަނީ މިހެން) ޑިސެންބަރު 14ގާ، 38 ގޯލްރޯޑް، ބަންބްޅަޕިޓިޔަ އެޑްރެހުން، މރ. އޭ.އެމް މުހައްމަދު އިސްމާއީލް، 19 ހައި ސްޓްރީޓް ގާލީ އަށް؛ ފަތުހުލް އަޒީޒު އޮޑީގެ އޮޑިވެރިޔާ، ކޮންމެ ރެޔަކު އޮޑިން ބޭރުގާ އުޅޭ ކަމުގަޔާ، އަދި އެ އޮޑިން ގެންދިޔަ މަސް، -/75ރުފިޔާއަށް ހަންދަރެއް ވިއްކި ހިނދު، އޭނާގެ 3 ބަސްތާ މަސް، އެހެން ފަރާތަކަށް -/100ރުފިޔާއަށް ހަންދަރެއް ވިއްކާ، އެކަމުން އެހެން މީހުންނަށް، އެމީހުންގެ މަސް ބޮޑުއަގަކަށް ވިއްކުމުގެ ފުރުސަތު ނަގާލިކަން، ވަރަށް މުއުތަބަރު ގޮތެއްގާ އަންގާފާވާ ކަމާ، އެފަރާތުން މިކަން ނާންގާ އޮތީ ކީއްވެތޯ ސުވާލުކޮށް، އެކަމަކީ، ދިވެހި ސަރުކާރު ނުރުހޭ އަދި ކުރިމަގުގާ، ބަލައިނުގަންނާނެ ކަމެއް ކަމުގަޔާ، މިއީ އިންޒާރެއް ކަމުގަޔާ، އަދި، ދިވެހި ސަރުކާރަށް އެކަން އެންގުމަށްޓަކާ، ހަމަ ވަގުތުން، މި މައްސަލަޔާ ބެހޭ ގޮތުން އެމީހުންގެ ފަރާތުގެ ވާހަކަ ފޮނުވާދިނުމަށް އެދި؛ ލިޔެފާވާ ސިޓީއެއްގެ ކޮޕީއެއް.
މި ސިޓީގެ ވައަތު ތިރީ ކަނުގާ:
އަބްދުލް ހަމީދު ދީދީގެ ސޮއި ކޮށް، 'ގާލީ މުހައްމަދު އިސްމާއީލަށް ލިޔުނު ސިޓީ، މިކަންތައް އަދި ނުނިމޭ' މިހެން ތާނައިން ލިޔެފާ ވެއެ.
(Size: 9.9" x 7.95")
Sri Lanka - Fathul Azeez - letter(Official)