1908މ ޖުލައި 3(1326ހ ޖުމާދިލްއާހިރު 9)ގާ، ރާއްޖޭގެ ރަދުންނަށް ލިބެންވާ(ހީވަނީ ޝްރީލަންކާއިން ހެން) 'ސަބްސިސްޓަންސް އަލައުއަންސް'ގެ ގޮތުގާ ލިބެންވާ، 1908މ(1326ހ)ގެ ޖުލައި އަދި އޯގަސްޓްގެ ފައިސާ އަބްދުލް ހަމީދު ދީދީގެ ފަރާތުން، ލިބުނުކަމުގެ(ކޮން ފަރާތަކަށް ކަމެއް ނެތް) ރަސީދެއް.
(Size: 4.65" x 4.01")
Sri Lanka - Maldivian Embassy - Account(Money)
1926މ ޖޫނު 16(1344ހ ޒުލްހައްޖު 5)ގެ، 'ޓައިމްޒް އޮފް ސިލޯނު' ނޫހުގާ، 'ނޯވީޖިއަން ޔޮޓް އެޓް ދަ މޯލްޑިވްޒް'(ނޯވޭގެ ނަވެއް ދިވެހިރާއްޖޭގާ)، މި ސުރުހީގެ ދަށުގާ ލިޔެފާވާ ލިޔުންކޮޅެއް އޮތް ނޫސްކެފުމެއް.(N-56ގާވާ އުރައިގާ އޮތް)(Size: 6.75" x 2.55")
Sri Lanka - News Cuttings (Foriegn)
މަތީގާ އިނގިރޭސިން ބޮޑެތި އަކުރުން 'އޮން ހިޒް ހައިނެސަޒް ސާވިސް' މިހެން ޗާޕުކޮށްފާވާ، 'އެޗް.އީ. އަބްދުލް މަޖީދު ދީދީ، ރަންނަބަނޑޭރި ކިލެގެފާނު' މިހެން އިނގިރޭސިން ޓައިޕްކޮށް، އެޑްރެސްކޮށް، ތާނައިން އަރިމަތީގާ، ރަސްކަމަށް ކޮލިލާދުވަހަށް މާލެ އައުމަށް ވަޒީރުންގެ މަޖިލީހުން ފޮނުއްވި ސިޓީ، މިހެން ނޯޓެއްކޮށްލާ، ތިރީގާ، 57/2/18(ހިޖްރީ.. އަރަބިން) އަދި 38/6/17(މީލާދީ)، މިދެތާރީހުކޮށްފާވާ، ސްޓޭންޕް ނުޖަހާ އޮތް، (10N- އޮތް ސިޓީ ލާފާވާ)ސިޓީއުރައެއް.(Size: 9.1" x 4")
Envelope
(ތާރީހު ރަދުންނަށް ބަލާފާ)1352ހ(1933މ)، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 33ވަނަ އަހަރު، އެރަދުންގެ ހިރިޔާފާތުރާދަށުގާ(ދަރުބާރުގާ)، 1134ހ(1722މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ހއ.އުތީމު މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ، ކުރީގާ ފަޅަށްއޮތް، ހއ.ދިއްދޫގެ އެއިރުގެ ރައްޔިތުން؛ އެރަށް ބޯގަޔަކަށް އޮތުމުން، ދިރިއުޅެން ދަތިކަމުގާ ދެންނެވުމުން؛ އެކަމާ، މާލޭގެ އިލްމުވެރިންގެ ޖަމާއަތަކުން އެރަށަކީ ވަގުފެއް ނުވަތަ ބޯގަޔެއްތޯ ބެއްލެވުމަށް އަމުރުކުރެއްވުމުން، އެކަން ބެލިއިރު އެއީ ބޯގައެއް ކަމާ، އުތީމު މިސްކިތަށް، ދިއްދޫގެ ބަދަލުގާ އެހެން ރަށެއް ނުވަތަ އެހެން އެއްޗެއް، ދެއްވުމަކީ ސައްހަކަމެއް ކަމުގާ އިރުޝާދު ދިނުމުން، އެ މިސްކިތަށް ހުރި ބޯގައިގެ ތެރެއިން، ދިއްދޫ ނަގާ، އޭގެ ބަދަލުގާ، ހއ.މުލިދޫ ލަށްވާ، އެމިސްކިތުގެ ބޯގަޔަށް ވަނީ، އުތީމު ގޮއިފާލައްބައިގެ ވާރުދުރޯ، ހއ.ފަރިދޫ ގޮއިފާލައްބަ، ރަހުރާ(ރަލުން ނަގާ ޓެކްސް)، ކޮންމެ އަހަރަކު އަތޮޅުވެރިންގެ އަތުން 3 ތުޅު(1ފައުލާ، 28ރާތާ)ރޯނު އަދި އުތީމުން މަހަށް ދިޔަ ކޮންމެ އޮޑިޔަކުން މަސް ބައެއް ކަމާ، އަދި އެތަނުގެ ހަވާލުވެރިންނަކީ އުތީމުގެ ރައްޔިތުން ކަމާއި، އުތީމުގާ ކޮންމެ މީހަކު ގޮވާމެއް ކޮށް، ރުއް އިންދާ ހެދިޔަސް އެއެއްޗެތިން އެމިސްކިތުގެ ބެލެނިވެރިންނަށް ދޭންޖެހޭނެ ކަމާ، އަދި އުތީމު ރައްޔިތުން ބަންޑާރަ މަސައްކަތަށް ނުކުންނަން ނުޖެހޭނެ ކަމާ، އުތީމު ގަނޑުވަރަކީ އެރަށު އެންމެންގެ މައްޗަށް އޮތް ތަނެއް ކަމާ، އައްސުލްތާނު އަލްގާޒީ މުހައްމަދު ތަކުރުފާނު (ސިރީ ސަވާދީއްތަ މަހާރަދުން)ނަށް ކޮންމެ އަހަރަކު ފާތިހާ ކިޔަވާ، އެރަދުންނަށް ދިޔަފުރަސޫތާވެ(އަށަގަނެ)އުފަން އައްސުލްތަނު އިބްރާހީމް އަށް، ވީވަރަކުން، ކޮންމެ ރަބީލްއައްވަލް މަހަކު ދުއާއެއް ކިޔާ، އިހުފަދައިން މާލޫދު ކިޔާ އަދި މި އެންމެހާ ކަންކަން ކުރުމަށް، އެއިރަކު މާލޭގެ ރަސްކަމުގާ އިންނެވި ރަސްކަލަކު، އުތީމު މީހަކާ ހަވާލުކުރައްވާ، އެމީހަކު އެކަން ކުރަންޖެހޭނެކަމާ، އެޔަށްފަހު އުތީމު މީހުން ދިއްދޫއަށް، ކުރީގާ ގޮސްއުޅުނުހެން ގޮސްގެންނުވާނެ ކަމާ، މިއެންމެހާ ކަންކަމުގެ އަމުރު ނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ފަތެއްލިޔުމަށް، ވަޒީރުލް އައުޒަމް އަލްއަމީރު މުހައްމަދު ފަރީދު ދީދީ އެންގެވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔުނު ފަތެއް. (Size: 19.25" × 12")
H.A.Utheem - Mosque in Utheemu - Endowment for Shrine (ziyaaraiy)
1207ހ(1792/1793މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރު، މާޅޮސްމަޑުލު ދެކުނުބުރި(ބ.)ދަރަވަންދޫ ރައްޔިތުން، އެރަދުންގެ ދަރުބާރުގާ، އެރަށު މިރިއަބުކަނބުލޮ އެޅި މިސްކިތު ބޯގަޔަށް، ސިރީ ކުލަ ސުންދުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުން(އައްސުލްތާނު މުހައްމަދު އިމާދުއްދީނު 1) ދެއްވި ފަތްކޮޅު އަނދައިގެން ދިޔުމުން، އޭގެ މައްޗަށް، ރަންނަވަ ލޯކަ މަހާ ރަދުން(އައްސުލްތާނު މުހައްމަދު(ކުޑަ)) ދެއްވި ފަތްކޮޅު، މަލަބާރިން ވީދާ ހަލާކުކޮށްލައިފި ކަމުގާ ބުނެ، އިހުގާ އެމިސްކިތް މައްޗަށް ހުރި ބޯގަ ލަށްވާ، އާ ފަތެއް ދެއްވުމަށް އެދުމުން؛ އެކަން ބެއްލެވިއިރު، އެމިސްކިތައް ހުރި ބޯގަޔަކީ، އެރަށު ގޮއިފާލައްބައިގެ 2/1އާއި، އެރަށު ރާބަޔާއި، ބޮލުރޯނު( ބިތް ފަންގަނޑުގެ އެންމެމަތީ ރޯނު)އާއި، ގޮއި މަހުން 2/1އާއި، 2މީހުންގެ ވާރާއި، އެރަށުގެ ކުޑަހިންނަ އާއި، އަލަ ދަނޑާއި، ބޮޑުމަގު ދަނޑާ، އަލަދަނޑުގެ ދެކުނުން އޮތް ދަނޑާއި، ރަށު ދެކުނު އޮތް ދަނޑާއި، މަސްކާރަ(ކުޅި)ގެ 2/1 ކަމުގާ ފެނުމުން، ހަމަ އެއްޗެތި އެމިސްކިތުގެ ބޯގަޔަށް ލަށްވާ. އެބޯގައިގެ ހަވާލުވެރިކަން އެރަށު ރައްޔިތުންނަށް ދެއްވާ، ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ އެ ރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން މުހައްމަދު ހަނދޭގިރި ކީހިނދު މާލެ ފަތްލިޔާ އަލީ ލިޔެފާވާ ފަތުގެ ނަކަލެއް.
މިފަތުގެ ތިރީގާ، މިނިސްޓްރީ އޮފް އެގްރިކަލްޗާގެ ތައްގަޑެއް ޖަހާފާ ވެއެ.
(Size:16.65" × 13.3")
(B.Dharavandhoo - Mariyan'bu Kan'bulo Mosque - Endowment for Shrine (ziyaaraiy)
1327ހ ރަބީލްއާހިރު 22(1909މ މޭ 13)ގާ،(އެކަމަކު މައިގަނޑުގާ ލިޔެފާވަނީ، 1325ހ ސަފަރު 28(1907މ އޭޕްރިލް 12)ގާ ކަމުގާ) އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 5ވަނަ އަހަރު، އެރަދުން، މާލޭގެ (މއ.)މާންދޫގޭ ދެކުނުން، ކޮލިހިނގާމަގާ(މަޖީދީމަގު)އިންވެގެން ހުރި، ކަލާފާނު މިސްކިތް ބާވެ ވީރާނާވެފާވާތީ، އެމިސްކިތް އާކުރެވޭނެ ގޮތެއް ބެއްލެވުމުގާ، އެ މިސްކިތުގެ ހަވާލުވެރިން، އެކަން ކުރެވެންނެތް ކަމުގަ ބުނުމުން، އެ ރަދުން އެ މިސްކިތް އާކުރަށްވާ، އިހުއްސުރެ އެމިސްކިތުގެ ބޯގަކަމުގާ ލަށްވާފާވާ ކަމުގާ އެނގެންހުރި، ހުވަދޫއަތޮޅު(ގދ.) ހަވައްޑޭ(ހަވޮށްޑާ)އޭ ކިޔާ ރަށު ގޮއިފާލަށްބައާއި، ހައްދުންމަތީ(ލ.) އިސްދޫ، އިސްދޫގަޑު ކިޔާ ތަނުގާ އޮތް، ވަށަމިނުގާ 260ބަމަ ހުރި، އަންހެނުން ބޮނބިތަޅާ ރުއްގަނޑޭ ކިޔާ ހިންނައާއި، އިސްދޫގާ، ކަލައިދޫއޭ ކިޔާ ތާގާ އޮތް، ވަށަމިނުގާ 158ބަމަ ހުރި، ސަންބަޔާޕަ ކިޔާ ހިންނަޔާ، ވަށަމިނުގާ 246ބަމަ ހުރި، ކުކުޅުދޫ ކިއާ ހިންނައާއި، މާލޭ، ފަނޑިޔާރުގެ އޮތް ހިންނައިގެ، ވަށަމިނުގާ 175ބަމަ ހުރި، ރުއްގަހު ފާލަށްބައާއި، އަތިރީފަނޑިޔާރުގެ އޮތް ހިންނައިގެ، ވަށަމިނުގާ 143ބަމަ ހުރި، ރުއްގަހު ފާލައްބައާއި، ދޮށިމޭނާ ގަނޑުވަރު ކިޔާ ތަނުގާ އޮތް، ވަށަމިނުގާ 94ބަމަ ހުރި، ރުއްގަހު ފާލައްބައާއި، ކަލާފާނު މިސްކިތުގާ އޮތް، ވަށަމިނުގާ 202ބަމަ ހުރި، ރުއްގަހު ފާލައްބަ، އެއީ އެމިސްކިތުގެ އާ ބޯގަ ކަމުގާ ނިންމަވާ، އެމިސްކިތުގެ ހަވާލުވެރިކަން، މާލޭ ހުކުރު މިސްކިތުގެ 8 ދޮށުންނަށް ލަށްވާ، އަދި އެ މިސްކިތް މަރާމާތު ކޮށްފި ކޮންމެ މުސްލިމަކަށް ހެވާ ދަރުމަ ލިބޭނެކަމާ، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި ހުސެއިން(ސަލާހުއްދީނު) ލިޔެފާވާ ފަތެއް. Size: 18.9" X 12"
K.Male' - Kalaafaanu Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1207ހ މުހައްރަމް(1792މ ސެޕްޓެންބަރު)ގައި، އަލްގާޒީ ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހާޖީ ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ކުރަމަތީ މީހުން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެއަތޮޅު ހަންޏާމީދޫ ޒިޔާރަތުގެ ކިޔެވެނިންނަށް ދެއްވެވި ފަތުގާވާ އެއްޗެއް އޮޅުންފިލުވާދެއްވާ، އެގޮތުގެ މަތިން އެރަށުގެ ކަންތައް ހަމަޖަށްސާދެއްވުމަށް އެދުމުން، އެފަތް ބަށްލަވާ، ކުރަމަތީ ގޮއިފާލަށްބައިން ލިބޭ ތަކެތީގެ 2/1 އާއި، އެރަށުން އަޅާ ކޮންމެ ރުކެއްގެ ރުކުރަލާ، ލަށްވާފާވަނީ ކުރަމަތީ މިސްކިތަށް ކަމުގަޔާ، ބިންބަޔަށް ނުކުންނަތަކެތީގެ 2/1އާއި، ހަންޏާމީދޫ ކަލާފާނު ޒިޔާރަތަށް ހުރިބައިން ލާރިއަކާ، ބަންޑާރަޔަށްވީ ބައިން ލާރިއަކާ، ހަންޏާމީދޫ ކަލާފާނު ޒިޔާރަތަށް ލަށްވާފާވާ ކަމާ، އަދި މަށްޗަންގޯޅި ގަނޑުވަރަށްވީ ބައިން ލާރިއަކާ، ކުރަމަތީ މިސްކިތަށްވީ ބައިން ލާރިއެއް، މާލޭ މާމިސްކިތަށް ލަށްވާފާވާ ކަމާ، އެތަނުން ކޮންމެ ތަނެއްގާ، ރުކެއް، ގަހެއް، ކޭލެއް، ފަލަމަޑިއެއް އިންދި މީހަކަށް، 2/1 އޮންނަންވާނެ ކަމުގާ، ނިންމަވާ، އެކަންކަމުގެ އަމުރު ނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާއްޖަ އަލްކަބީރު މުހައްމަދު ހަނދޭގިރިންނާއި، ފެހެންދޫ އަލީ ހަކުރުވެތީގެ ދަރި އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 15" X 9.5"
A.Hangnyaameedhoo - Kalaafaanu Shrine, Kuramathi Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1376ހ ޒުލްހައްޖު 14(1957މ ޖުލައި 12)ގާ، މަހްކަމަތުލް ޝަރީޔާގާ، ނިލަންދެއަތޮޅު(ފ؟/ދ) މީދޫ ރައްޔިތުންގެ ފަރާތުން މިދޫ ކަތީބު މުހައްމަދު ކަލޭފާނު، މީދޫ މީހުން ރުއްއަޅާ ދ.އުއްދޫގެ ފަތް ބާވެގެން އެ ފަތް އާކޮށްދެއްވަން އެދުމުން، އިހުފަތް ބަށްލަވާ، އަލްގާޒީ ހަސަން ތާޖުއްދީނު ލިޔެދެއްވާފާވާ ފަތް ބާވެގެން، 1257ހ(1841މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު އާކޮށްދެއްވާފާވާ ފަތުގާ ވާމަގަށް، އެ މީދޫ މީހުން، އުއްދޫގާ އިންދާފާވާ ރުކުން، އެމީހަކު އިންދިބައި އެއީ އެމީހަކަށް ވާނޭ އެއްޗެއް ކަމާ، އަދި އެމީހަކު އިންދިރުކަކުން ބިންބަޔަށްވީ ރުކުގެ ވަރުވާ އެމީހުން އަތުން ނަގާ، އެރަށުގެ ވަރުވާ ހަމަކުރަން ނިންމާ، އެ މަހްކަމާއިން ލިޔެފާވާ ފަތެއް. Receipt of real estate documents: Mahkamath Al-Dhakhiliyya (Size: 10" X 8")
R/Dh/S.Meedhoo - U'dhoo
1285ހ ޝައްވާލް 29(1869މ ފެބްރުވަރީ 11(ގާ؛ އަލްގާޒީ އިބްރާހީމް މަޖުދުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ދުނބުރުގުދުގޭ ފާތުމާފުޅުގެ ދަރި އަލީ ކަލޭފާނު، އޭނާގެ މާމަ ތޮއްޑޫ ސަންޕާ ކަނބުލޯފާނު ގަތް، ހައިވަކަރު ދައިތަގެ ގޯތިން، އެ އަލީ ކަލޭފާނުގެ ބޮޑުބޭބެ މޫސާފުޅުގެ ދަރި ހަސަން ދުބުރިކޮއިއަށް ވީތަން، އޭނާ، 8ކޮށްޓޭ ބޮއްޔާއި 4މުޅި ހަނޑުލާ ގަނެފާ އޮށްވާ، ހަސަން ދުނބުރިކޮއި ނިޔާވުމުން، އޭނާގެ ދަރިންގެ މާމަ، އެތަން ހިފާށްޓާ، އަލީ ކަލޭފާނުއަށް ނުދީގެން އުޅޭ ކަމުގާ ދައުވާކޮށް، އެތަން އޭނާޔަށް ލިބިދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، ލޯފިނދު އަހައްމާ ތަކުރުފާނާއި، ބަނޑުއީސާ ތަކުރުފާނާއި އަދި ކަޅުއޮށްކޮޔާއި، މިތިންމީހުން، އެމުއާމަލާތް އެގޮތަށް ހިނގިކަމުގާ ހެކިބަސް ދީ، އަދި އެގޯތިން ސައްޔިދު ކަތްދާފާނަށް ވީތަނާ، އެ އަލީ ކަލޭފާނުގެ މަންމައަށް ވީތަން، އޭނާއަށް މިލްކުވެއޮތް ކަމުގާ އޮތް ފަތަކުން ސާބިތުވެ، އެގޯތިން(ހ.ގަރަބުގޯތި)، ކުޑަފަރީ މަލިން ތަކުރުފާނުނަށް އޮތްތަން ނޫން އެހެން ހުރިހާ ތަނެއް، ދުނބުރުގުދުގޭ އަލީކަލޭފާނުއަށް މިލްކުވެއްޖެ ކަމާއި، އޭނާގެ ދަރިކޮޅަށް އެތަން ވަގުފްކުރި ކަމުގާ ބަޔާންކޮށް އަލްގާޒީ އިބްރާހީމް މަޖުދުއްދީނު ލިޔެފާވާ ފަތެއް. (F0-15އާގުޅޭ)
އަދި މިފަތުގެ ނުފުށުގާ:
1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާވާ ގޯތީގެ ފަތް އަލުން ލިޔެފާވާ ކަމުގާ، ބުނެފާވާ ލިޔުމެއް.
(Size:8.2" X 6.5") Chief Justices - Al Ghaazee Ibrahim Majduddin
K.Male' - H.Garabu Goathi (Housing Plot) - Deed for housing plot
(Size:9.9" X 7.8") Chief Justices - Ah Naaib Ismail 1296ހ ރަޖަބް 6(1879މ ޖޫނު 26)ގާ، އައްނައިބު އިސްމާއީލް ބަހާއުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ތަކަންދޫ ދޭވާނީ މުހައްމަދު ތަކުރުފާނުގެ ދަރި ސަންފާ މަނިކުފާނުގެ ދަރި ތުޅާދޫގެ މުހައްމަދު މަނިކު، މާފަންނު ކުޑަކޮށީގައި އޮތް އޭނާގެ މަންމަމެންގެ ބީނާކޮށި ކިޔާ، ވަގުފް ގޯތިން އޭނާގެ ބޮޑުދައިތަ ފާތުމާފުޅުގެ ދަރި ދޭވާނީ އަހުމަދުފުޅު އާއި، ހޮޅުދޫ ހާޖީއާއި، މިދެބެންނަށްވީ ތަނާއި، އޭނާގެ ބޮޑުބޭބެ ދޮންއަލިފުޅުގެ އައިމިނާފުޅުގެ ތިބި ތިން ބެއިން ކުރެ ފިރިހެން ދެބެއިންނަށް ވީތަން، އެދެތަނުގެ ވަގުފް ފުއްދާ ބެލެހެއްޓުމަށް، އޭނާޔާ ހަވާލުކޮށްފި ކަމުގާ ބުނެ، އަދި އެދެބަޔާއި، އޭނާގެ މަންމަގެ ބަޔާއި މިތިންބައި އެއްކޮށް، މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނު، ސަންފާ މަނިކުފާނާއި، ފާތުމާފުޅާއި އަދި ހޮޅުދޫ ހާޖީ، މިތިންބެއިންނަށް ބައްސަވާ ވަކިކޮށްދެއްވާފާ ވުމާއެކު، އެތިންބައި އެއްކޮށް، ތުޅާދޫ މުހައްމަދު މަނިކުއަށް އެތަނުގެ ހަވާލުވެރިކަން ލިބިއްޖެކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، ނައިބު އީސާ ގެދަރި ނައިބު މުހައްމަދު ލިޔެފާވާ ފަތެއް.Bahaauddin
K.Male' - Kuda Koshi (Housing Plot - Deed for housing plot