Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F0-45 · Item · 1620
Part of Documents

1029ހ(1620މ)ގައި، (ރަދުންގެ ނަމެއްނެތް..ތާރީހަށް ބަލާފާ)އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ދަރުބާރުގާ، މުލަކު އަތޮޅު ވާރެޔާފުށި މީހުން، އެރަށުގާ އެރަދުންގެ 'ބެއިކަލާ'(އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު ކަމުގާ ބެލެވޭ)އެޅުއްވި މިސްކިތް ބެލެހެއްޓުމަށް، އެތަކުރ ލލަށްވާފާވާ ގަލޮޅު ފާތުމާބީ ގޯތީގެ އިރުމަތީ މަގުގެ ދެކުނުފަރާތުން އަތިރިޔަށް އެރޭތާ އޮތް، އުމަރު މާރާދަ ތަކުރު އެޅި މިސްކިތައް ދެއްވާފާވާ، މުލަކު އަތޮޅު މާއުސްފުށި ފާލަށްބައިން، މާއުސްފުށީ މިސްކިތުގެ ބޯގައަށް އޮތް 2/1 ނަގާ، އަނެއްބަޔާއި، އެ މާއުސްފުށީގެ ރަސްބޮލި(ބޮލިން ނަގާ ޓެކްސެއް)އާއި، ކުޑައުސްފުށީގާ ހުރި ރުއްރުކާއި، އެ ވާރެޔާފުށީ މިސްކިތަށް ބޯގައަށް ލަށްވައިފި ކަމާ، އަދި އިހުގާވެސް، މިމިސްކިތުގެ ހަވާލުވެރިންނަށް ތިބި މީހުންނާ، އެމީހުންގެ ދރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، ކުރެއްވި އަމުރަށް، އަލީ ހަކުރާވަތި ކަލޯ ލިޔެފާވާ ފަތުގެ ނަކަލެއް. Size: 13.5" X 8.5"
M.Vaareyaafushi - Endowment for Shrine (ziyaaraiy)

National Archives of Maldives
NAM DOC-MN-F0-46 · Item · 1761
Part of Documents

މި ކރުދާހުގާ 4 ފަތް ވެއެ، އެއީ.

  1. 1174ހ(1761މ)ގައި، އައްސުލްތާނު ހަސަން އިއްޒުއްދީނު(ދޮންބަނޑާރައިން)، ރާއްޖެ ކާފަރުންއަތުން(މަލަބާރީން) ސަލާމަތްވެއްޖެއްޔާ، ކޮންމެ އަހަރަކު މަދީނާ ޒިޔާރަތަށް 300ރިޔާލަ ދެއްވާށާއި، ހުރާގާ މިސްކިތެއް އަޅުއްވާ އަދި ކޮންމެ އަހަރަކު ހުރާގާ ވަގުފް މާލޫދެއް ކިޔުއްވަން، މާލޭ މެދުމިސްކިތުގާ ހުންނަވާ ނަދުރެއް ވިދާޅުވިކަމާއި، އެރޭ ކާފަރުން އަތުން ރާއްޖަ ސަލާމަތް ވީކަމަށް ބުނެ ލިޔެފާވާ ލޯފަތުގެ ނަކަލެއް.
  2. 1174ހ ރަޖަބް 11(1761މ ފެބްރުވަރީ 17)ގައި، އައްސުލްތާނު ހަސަން އިއްޒުއްދީނު އިސްކަންދަރު(ދޮންބަނޑާރައިން) ވިދާޅުވި ނަދުރު ފުއްދެވުމަށް، ހުރާގާ މިސްކިތެއް އަޅުއްވާ، މިސްކިތަށް ބޯގައެއްލަށްވާ، އެމިސްކިތް އެރަށު ރައްޔިތުންނަށް ހަވާލުކުރެއްވިކަމުގާ ބަޔާންކޮށްފާވާ ލޯފަތުގެ ނަކަލެއް.
  3. 1174ހ ރަޖަބް 11(1761މ ފެބްރުވަރީ 17)ގާ، އައްސުލްތާނު ހަސަން އިއްޒުއްދީނު އިސްކަންދަރު(ދޮންބަނޑާރައިން)، އެރަދުން ހުރާގާ އެޅުއްވި މިސްކިތުގ ބޯގަޔަށް، ހުރާގެ އެއްކޮޅުގާ އޮތް ފިނޮޅާއި(ކުޑަހުރާ)، ވަށްބޯހުރާ، ކަނުއޮތްހުރާ އަދި ހުރާގެ ފާލަށްބަ، އެ މިސްކިތަށް ލަށްވާ، އެ ބޯގަ ވަގުފްކުރަށްވާ، އެކަމުގެ ހަވާލުވެރިކަން ހުރާގެ ރައްޔިތުންނަށް ލަށްވާފިކަމުގާ ލިޔެފާވާ ލޯފަތުގެ ނަކަލެއް. (އަނެއްސަފްހާގާވެސް)
    މަތީގާވާ 3ފަތަކީ، ހުރާ މިސްކިތުން، 1335ހ ޒުލްހައްޖު 9(1915މ އޮކްޓޯބަރު 18)ގާ ފެނުނު ލޯ ތިން ފަތުގެ ނަކަލު ކަމުގާ، ޝުރުހީކުރެވިފާވެއެ.
    އަދި މިކަރުދާހުގެ ތިރީގާ، ހުރާމިސްކިތް ރޫޅިއިރު ބެރިއެއްގެ ދަށުން ފެނުނު ލޯ ފަތެއް ކަމުގާ ޝުރުހީކޮށް:
  4. 1174ހ ރަޖަބް(1761މ ފެބްރުވަރީ)ގާ، އައްސުލްތާނު ހަސަން އިއްޒުއްދީނު އިސްކަންދަރު(ދޮންބަނޑާރައިން)، ހުރާގާ މިސްކިތެއް އެޅުއްވި ކަމާއި، އޭނާގެ ރަށު(ހުރާ)ގާ، 'ވާރުކޮޑި'(ވާރު ނުދެއްކުން ކަމުގާ ބެލެވޭ) ހުންނަންޖެހޭނެ ކަމާއި، އަދި ސަރުކާރުން މީހަކު އެރަށަށް އަރައިގެން ނުވާނެ ކަމާއި، އެމިސްކިތް ބެލެހެއްޓުމަށް، ކޮންމެ މަހަކު، އެރަށުން ދެމީހުން ތިބެންޖެހޭނެ ކަމުގާ އަންގަވާފާވާ ލޯފަތުގެ ނަކެލެއް
    Size: 11.6" X 8.2"
    K.Huraa - Loamaafaanu)
National Archives of Maldives
NAM DOC-MN-F0-47 · Item · -
Part of Documents

(ތާރީހެއް އިނގޭކަށް ނެތް) އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ދަރިކަލުން، އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ ސިއްކަޖަހާފާވާ ދިވެސް އަކުރުން ލިޔެފައިވާ ފަތެއް.
ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ 'ކައްޗޭ މީދޫމިސްކިތުގެ ބޯގަ' އަދި 'ރ.މީދޫ' މިހެން ލިޔެފާވޭ.
Size: 12.1" X 10.5"
R.Meedhoo - Meedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

National Archives of Maldives
NAM DOC-MN-F0-48 · Item · -
Part of Documents

(ތާރީހެއް އިނގޭކަށް ނެތް) މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ހަންޏާމީދޫ މީހުން ގެނައި' މިހެން ޖަހާފާވޭ. Size: 15.1" X 11.5"
A.Hangnyaameedhoo - A.Hangnyaameedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy), Order

National Archives of Maldives
NAM DOC-MN-F0-48T · Item · 1665
Part of Documents

1075ހ(1665މ)(ތާރީހެއް ނެތް، ރަސްކަމުގެ އަހަރަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ، ރަސްކަމުގެ 17ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ އަރިއަތޮޅު (އދ.)ހަންޏާމީދޫ މީހުން، އެމީހުންގެ ރަށުމަސައްކަތާ ހުރެ، އެރަށުގެ މިސްކިތް ބެލެހެއްޓެން ނެތްކަމުން، ރަށުމަސައްކަތް މަދު ކޮށްދެއްވުމަށް އެދުމުން، މިސްކިތް ބަލަހަށްޓާ މީހުންނަށް ރަށުމަސައްކަތް ކުރަން ނުޖެހޭގޮތަށް ނިންމަވާ އަދި، އެމިސްކިތުގެ ބޯގަޔަށް އޮންނަ އެއްލައިދޫއަށް، ހަންޏާމީދޫ މީހުން ނޫން އެހެން މީހަކަށް، އަރާ އެއްވެސް އެއްޗެއް ނުގެންދެވޭނެ ކަމުގެ އަމުރުނެރުއްވުމުން، އުމަރު ގަދަ ހަމާދި ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-84)ގެ، 1962މ މާޗް 27(1381ހ ޝައްވާލް 20)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 9.8" X 7.8"
A.Hangnyaameedhoo - A.Hangnyaameedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy), Order

National Archives of Maldives
NAM DOC-MN-F0-49 · Item · 1804
Part of Documents

1218ހ ޒުލްހައްޖު 12(1804މ މާޗް 24)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނުގެ ޝަރީއަތު މަޖިލީހުގާ، ރިނބުދޫ ދޮންމޫސާ ހަތީބު ތަކުރުފާނުގެ ދަރި ދޮންއަލީ ކަލޭގެ، މައްޗަންގޯޅި ރަށްދެބައިމަގަށް އަތިރިއަށް އެރޭ މަގުގެ ވައަތުފަޅީގާ އޮތް، ކުޅުދުފުށީ ހުސެއިން ތަކުރުފާނުގެ ގޯތި ބަހާ، އެތަކުރުފާނުގެ ދަރިން ހައްވާބީ އާއި ވާތީ އަހަންމާބެ، އަދި އެތަކުރުފާނުގެ އަނބި ހައްވާފާނުއަށް ވީތަން ނޫން އެހެން ހުރިހާތަނެއް، އެ ދޮންއަލީ ކަލޭގެ ގަނެ މިލްކުކޮށްފި ކަމުގަޔާ، އަދި އެގޯއްޗާ އެތަނުގާ ވީހާ ރުއްގަހާ އަދި އެތާގާ ވީހާ ތަކެއްޗެއް، އޭނަގެ މިލްކުން ކަނޑާ، އެތަން ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ ތިބިއްޔާތިބި ދަރިއަކަށާ، އަދި އެދަރިން ނެތްނަމަ، އެދަރިންގެ ދަރިކޮޅަށް ލަށްވާފިކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެޝަރީއަތު މަޖިލީހުން ލިޔެވާފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މިފަތުގާ ބުނެފާވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތްލިއެދީފާވާ ކަމުގާ، ބުނެފާވާ ލިޔުމެއް.
Court order arranging for the division of a plot of land owned by Kulhudhufushi Hussein Thakurufaanu on the road to the sea on the left side of Machangoalhi Rahdhebai Magu. It is stipulated that it be divided between his children: Hawwaabee Ahannmaabe and Vaathee Ahannmaabe, and his wife Hawaafaanu, after which the remainder shoudl be sold to Dhon Alikileyfaanu, son of Rinboodhoo Dhonmoosa Hatheebu Thakurufaanu. Kulhudhufushi Hussein Thakurufaanu also endowed palm trees and other assets to his descendants. On the reverse is written a note recording that the order of the court was executed on October 23, 1953, and copied by Elaa. (Size:15.8" X 10.6") Chief Justices - Al Ghaazee Moosa Muhyiddin
K.Male' - Kunnaaru Goathi (Housing Plot) - Deed for housing plot

National Archives of Maldives
NAM DOC-MN-F0-50T · Item · -
Part of Documents

(ތާރީހެއް ނެތް ރަސްކަމުގެ އަހަރަށް ބަލާފާ)1081ހ ރަމްލޯނު(1671މ ޖަނަވަރީ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު I ގެ ރަސްކަމުގެ 23ވަނަ އަހަރު، އެރަސްގެފާނު، ހުވަދޫއަތޮޅަށް ރަސްބަންޑާރަ ކަންތަކު ދާ މީހުންނަށާ، އެއަތޮޅު ތިނަދޫ ހުރިހާ ރައްޔިތުންނަށާ އަދި އެއަތޮޅު އެންމެހާ ރައްޔިތުންނަށް، މާފަރު ކިޔާ ފަރު، އެއަތޮޅު ހައޮއްޑޭ؟(ހަވޮށްޑާ؟) މީހުނަށް ދެއްވި ކަމާއި، އަދި އެ ހަވޮށްޑާގެ އެއްވެސް މީހަކަށް އަދި އެއްޗަކަށް، އެއްވެސް މީހެއް، ގެއްލުމެއް ދީގެން ނުވާނެކަމާ، ދީފިނަމަ އަދަބުލިބޭނެ ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އިބްރާހީމް އާއި އުމަރު ގަދަހަމާދި ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-50)ގެ، 1962މ މާޗް 28(1381ހ ޝައްވާލް 21)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Transcription from Dhives Akuru into Thaana script of stating ownership of the deserted island (Size: 9.8" X 7.8")
G.Havo'ddaa - Maafaru - Order

National Archives of Maldives
NAM DOC-MN-F0-51 · Item · -
Part of Documents

(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ: 'އައްޑޫ ހުޅުދޫ ފުރަބަންޑާރައި ރާވެރީންނާއި އެރަށު މާމިސްކިތް ހަވާލުކުރެއްވި ފަތްކޮޅޫ' މިހެން، ތާނައިން ޖަހާފާވޭ. Size: 15.4" X 11.7"
S.Hulhudhoo - Hulhudhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

National Archives of Maldives
NAM DOC-MN-F0-51T · Item · 1761
Part of Documents

1175ހ ރަބީލްއައްވަލް(1761 އޮކްޓޯބަރު)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު(ދޮންބަންޑާރައިން)ގެ ދަރުބާރުގާ، އައްޑުއަތޮޅު ހުޅުދޫ، ފުރަބަންޑާރަ ރާވެރިން، އެރަށުގެ މިސްކިތަށް ބޯގައެއް ލަށްވާދެއްވުމަށް އެދުމުން، ހުވަދޫއަތޮޅު 'ބުރެހިގިއްޓެ'؟ ކިޔާ ރަށް އެ މިސްކިތު ބޯގައަށް ލަށްވާ، އަދި އެމިސްކިތުގެ މުދިމަކަށް، ކޮންމެ ކެއުޅުކަމަކުން މަސްބައެއް އޮންނަންވާނެ ކަމާއި، އެމުދިމަކަށް ވާރު އިސްތިސްނާ ވާނެކަމާ، އެ ބޯގައިގެ ހަވާލުވެރިންނަކީ، އެރަށު ފުރަބަންޑާރަވެރިން ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އުމަރު ހަނދޭގިރި ކިއުމުން، ހުސެއިން ފަޑިއަތް ލިއެފާވާ، ދިވެސްއަކުރު ފަތުގެ 1381ހ ޒުލްގައިދު 6(1962މ މާޗް 11)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Size: 10" X 8"
S.Hulhudhoo - Hulhudhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

National Archives of Maldives