Mostrando 867 resultados

Descripción archivística
865 resultados con objetos digitales Muestra los resultados con objetos digitales
NAM DOC-MN-F0-24T · Unidad documental simple · -
Parte de Documents

(ތާރީހެއް ނެތް) ސިރީ ކުލަ ސަދައިރަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ބަވަނަ މަހާރަދުން(އައްސުލްތާނު ހަސަން ނޫރައްދީނު)ގެ ދަރުބާރުގާ، ހުވަދޫއަތޮޅު މާތޮޑާގެ މަހަމޫދު ކަތީބުގެ ދަރިން، އެރަށުގާ މިސްކިތެއް އިމާރާތްކުރެވޭނެ ގޮތް ހަށްދަވާދެއްވުމަށް، އެދުމުން، މާލޭ މިސްކިތުން ފަންސަހަ؟ ލާރީގެ ކުނަލާ، ބޮޑީ؟ 8 ލާރި އާއި، ގޮއިކަން ލިއުވުމުން، މޫނުން މިނޭ(ރަށްމެދު މާލޫދު ކިޔާއިރު މީހުން އެހީއަކަށް ދޭފައިސާ ނުވަތަ ތަކެތި)ތަނުން 4 ލާރި އާއި، އެރަށުގެ ގޮއިބަޔަށް ލިބޭ އެއްޗަކުން 8 ލާރިޔަށްވުރެ އިތުރުވާ އެއްޗަކާ، އެރަށުގެ 'ހަންކަންދަލިދާގަ'؟ ގޮނޑުދޮށު 'މޫނުންބާނު'(ރަށްމެދު މާލޫދު ކިޔާއިރު މީހުން އެހީއަކަށް ދޭފައިސާ ނުވަތަ ތަކެތި، ވެދުމަށް ނުވަތަ ހަދިޔާއަށް ގެންދާ ތަކެތި)އާއި، އެރަށުން މަހަށް ދިޔަ ކޮންމެ އޮޑިއެއްގެ ރަށު މަހާއި، އެރަށުގެ ދެކޮޅުގާ އޮތް ފަޅާއި، މަސްބަޔަކާއި، އެއެންމެހާ އެއްޗެއް އެ މިސްކިތް މައްޗަށް ލަށްވާ، ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-24)، ތާނަ ތަރުޖަމާއެއް. Size: 13.2" X 8.2"
G.DH - Lhohi

Sin título
NAM DOC-MN-F0-31 · Unidad documental simple · 1659
Parte de Documents

1071ހ ޒުލްގައިދު 22(1661މ ޖުލައި 19)ގާ؛ އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1(ފަތުގާ ލިޔެފައެއްނެތް – ތާރީހަށް ބަލާފަ)، 1070ހ(ހ(1660މ)ގާ، މާލެ އަތޮޅު ކާށިދޫ ފާލަށްބަކުރަށްވާ، އެރަދުންނަށް މިލްކުވެފާވާ 50 ރުއް، އެރަދުންގެ ބަނޑޭރިކަން ކުރެއްވި އަލީ ބަނޑޭރި، ކާށިދޫގާ، އިމާރާތްކުރި މިސްކިތް މައްޗަށް ވަގުފްކުރަށްވާ، އިހުގާވެސް އެމިސްކިތުގެ ހަވާލުވެރިކަން އޮތް މަގަށް އެވަގުފްގެ ހަވާލުވެރިކަން ލަށްވައިފި ކަމުގާ ބަސްވިދާޅުވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރި އާއި އަލްހަތީބު މުހައްމަދު ނައިބު، ދިވެސް އަކުރުން، ލިޔެފާވާ ފަތުގެ، 1337ހ ޒުލްހައްޖަ 29(1919މ ސެޕްޓެންބަރު 24)ގާ، ކޮށްފާވާ، ތާނަ ތަރުޖަމާ.Size: 12.5" X 8"
K.Kaashidhoo - Kaashidhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
NAM DOC-MN-F0-16 · Unidad documental simple · 1820
Parte de Documents

1235ހ ރަޖަބް(1820މ މޭ)ގައި، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރު؛ އެރަދުންނާ، އެރަދުންގެ ބައްޕަ އައްސުލްތާނު ހަސަން ނޫރައްދީނު އާއި، ރުއް އިންދެވި، މާލެއަތޮޅު މާހިތާހިންތެ(މިހާރުގެ ބޮޑުހިތި)އަށާއި، މާލެ އަތޮޅު އެރިޔަދޫ އާއި، މިދެރަށުން ކޮންމެ ރަށެއްގެ 2/1 އެދެބޭފުޅުން އެޅުއްވި އީދުމިސްކިތް މައްޗަށް ވަގުފްކޮށް، އެ ވަގުފްގެ 4/1 އެ މިސްކިތުގެ ބަންގީދޭ މީހާއަށް، ދެންއޮތް 4/3، އެ މިސްކިތް ބަލަހަށްޓާ މީހުންނަށް ލަށްވާ، އަދި، އެއިން ކޮންމެ ރަށެއްގެ ދެންއޮތް 2/1، އެދެބޭފުޅުންނާއި އެދެބޭފުޅުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ވިދާޅުވެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެކަން ސައްހަ ކަމުގާ ނިޔާކޮށް، އަލްއާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަފަޑިޔާރު ލިޔެފާވާ ފަތެއް. (Size:11" X 9.6") Chief Justices - Al Ghaazee Ibrahim Sirajuddin
K.Male' - Eid Mosque - Endowment for Shrine (ziyaaraiy)

Sin título
NAM DOC-MN-N-61 · Unidad documental simple · -
Parte de Documents

(އަހަރެއް ނެތް)..19 ޖޫނު 3، ތާރީހުކޮށް، ޝްރީލަންކާގާ ހުންނަ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ މާލެ ބޮޑުބަނޑޭރިގެޔަށް؛ 'ސިއްރުސިޓީ' މިހެން މަތީގާ ޖަހާ، ކޮޅުނބުގާ ތިއްބެވި، އެއްގަމުގޭ އަލީ ދީދީ އާއި އަބްދުއްލޯ ދީދީއަށް، އެއްފަހަރާ -/3000 ރުފިޔާ އައި ކަމުގެ ހަބަރު، ހަމީދު ދީދީ އަށް ލިބުނު ކަމާ، އެގޮތަށް އެތަށްފަހަރަކު ފައިސާ ލިބޭ ކަމާ، އަދި، އެދެބޭފުޅުން، ޖަވާހިރު ބައްލަވައިގަނެގެން ބަންގާޅަށް ވަޑައިގަންނަވަން އުޅުއްވާހެން ހީވާކަމުގެ ވާހަކަ އިވޭކަމާ، އެކަންތައްތައް އެވަނީ ސަރުކާރަށް ސިއްރުން ކަމާ، ކެނޑިނޭޅި އެބޭފުޅުންނަށް ސިޓީވެސް ދާ ކަމާ، އެހެންވެ، އެއްގަމުގެޔަށް ބަނޑޭރި ބޭކަލުން ފޮނުއްވައިގެން، ގޯތިތެރެޔާ އެއްކޮށް، ހުރިހާ ތަނެއް ރަންގަޅަށް ހޯދާ ބެލުން އެއީ އޭނާޔަށް ފެންނަކަމެއް ކަމުގަޔާ، އަދި މިކަމާ ހުސިޔާރުވެ، އެކަން މަނާވާނެ ގޮތެއް ހޯދަންވެއްޖެ ކަމުގަޔާ، އަދި ފައިސާޔާ، ސިޓީ ދަނީ މޫސާ ބަހީގެ ބޯޓުން ކަމުގާ ހީވާކަމާ، އެހެންވެ އޭނާގެ ބޯޓެއް ދަތުރަށް ވެގެން ފުރުމުން، ބަނޑޭރިގޭން މީހުން ފޮނުވާ އެބޯޓަށް އަރާ، ހުރިހާ ކަލާސީން(ބޯޓުގެ ފަޅުވެރިން)ނާ، ނަކުވާ(ބުންބާ ބޯޓުގެ ނެވިމީހާ)ޔާ މައްޗަށް ގެންގޮސް ރަންގަޅަށް ބޯޓު ބައްލަވާ ހަށްދަވަން، އޭނާޔަށް ފެންނަކަމާ، ފިހާރައިން ދާ ސިޓީޔާ، ފޮށިފޮށްޓާ، ފާސިންޖޯރަކު(ޕެސެންޖަރަކު) ދާނަމަ، އެމީހާގެ ފޮށްޓާ ސާމާނަ ބެއްލެވުމާ، އެގޮތުން އެއެއްޗެތި ފެނިދާނެކަމުގާ ހީވާ ކަމާ، އަދި ފިހާރަ ސިޓީ، އެ ފިހާރައިގެ މުނިމް(ހިސާބު ބަލާ މީހާ؟؟)ލަށްވާ ކަނޑާ، ކިޔަން ދަންނަ މީހަކު ލަށްވާ ކިޔުއްވާ، ހުންޑީއެއް ވާނަމަ، ގުޖުރާތީ ދަންނަ މީހަކަށް ދެއްކެވުމާ، މިކަންކަންވެސް ކުރަށްވަން އޭނާޔަށް ފެންނަކަމާ، ފެނިވަޑައިގަންނަވާ ރަންގަޅު އެހެންގޮތަކަށް ނަމަވެސް މިކަންތައް ކުރަންވެއްޖެ ކަމުގާ ލަފާދެއްވާ؛ ލިޔެފާވާ ސިޓީއެއް.
(Size: 10.1" x 7.85")
Sri Lanka - Maldivian Embassy - letter(Official)

Sin título
NAM DOC-MN-N-84 · Unidad documental simple · 1908
Parte de Documents

1908މ ޑިސެންބަރު 22(1326ހ ޒުލްގައިދު 28)ގާ، ދިވެހިރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ 'ލެޓާހެޑް'ގާ، ބޮޑުބަނޑޭރިގެޔަށް؛ އީޖީ އާދަމް އަލީ ކުންފުނީގެ ދީނުގަންޖާއިން، ޒުލގައިދު 12ގާ ފޮނުވާފާ ސިޓީއާ، ދަނގަޑު ނަމޫނާ ލިބި، އަދި އެ ސިޓީގާ ވީފަދައިން ކަންތައްތައް ކުރެވޭތޯ ބަށްލަވާނެ ކަމާ، މޭރީ ކިޔާ ނާ ޝްރީލަންކާޔަށް އެމަހު 4ގާ ގޮސް، 19ގާ އެއިން ވެދުން ބޭލިކަމާ، ބަންދުދުވަސް ގިނަކަމުން، އެކޮޅުން ފަތްކޮޅު 30ވަނަ ދުވަހު ލިބިއްޖެއްޔާ 31ވަނަ ދުވަހު ފުރުވާލެވޭނެކަމާ، ސްޓޭންޕް ހަދާ ނިމިފާވާ ކަމުގަޔާ އަދި ޑިލާރޫ ކިޔާ ކުންފުންނަކަށް ލިޔުއްވަނިކޮށް ބޭނުން ވަރަކަށް ސްޓޭންމްޕް ލިބޭނޭ ކަމުގާ، އެސަފީރަށް ޝްރީލަންކާ ސަރުކާރުން އަންގާފާވާތީ، ލަސްނުކޮށް އެކުންފުންޏަށް، އޭނާ އެކަން އަންގާނެ ކަމާ، މާލެ ސަރުކާރަށް ފޮނުވުމަށް ބޭނުންވާ، ވައްތަރަކުން 3 ލައްކަ، މުޅިއަކު 12 ލައްކަ ސްޓޭންޕްއަށް ޖުމްލަ 60 ހާސް ރުފިޔާ އަރާކަމާ، ކުރީގެ އަގަށް ބަލައިފިއްޔާ، އެހުރިހާ އިސްޓޭންޕަކަށް އަރާނީ 9 ސަތޭކަ ރުފިޔާ ކަމާ، އެހެންވީމާ އެކަން ރަނގަޅަށް ބަލާފާ އަންގާނެކަމާ، އެ ސްޓޭންޕްތައް ލާން ދަގަނޑު އަލިމާރިޔެއްވެސް ގަތުން ފެންނާތީ، އެކަމުގާ ފެނިވަޑައިގަންނަވާ ގޮތެއް އެންގެވުމަށާ، އޭރުގާ އެތާސަރުކާރުގާ ބާއްވާ ރާއްޖޭގެ ހިސާބުގެ ބާކީޔާ، އެހެނިހެން ވާހަކަ ލިޔެ، އެސަފީރު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.(Size: 7.95" x 9.9")
Sri Lanka - Maldivian Embassy - letter(Official)

Sin título
NAM DOC-MN-N-62 · Unidad documental simple · 1908
Parte de Documents

1908 މޭ 30(1326ހ ރަބީލްއާހިރު 29)ގާ، ޝްރީލަންކާގާ ހުންނަ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ މާލެ ބޮޑުބަނޑޭރިގެޔަށް؛ ބަނޑޭރިގެއިން، އަބްދުލް ހައިނީ ޝެއިހު ޖީވަންޖީގެ 'ޖަންދަރުން' ފޮނުއްވި، ރަބީލްއާހިރު 22ގާ، މަލިކު މީހުންގެ ހަބަރު ލިޔުއްވާފާވާ ސިޓީޔާ، މޫސާ ބަހީގެ ބަނޑަހަލުގެ -/1000 ރުފިޔާގެ ހުންޑީ ލަށްވާފާވާ ދެ ސިޓީޔާ، އެ ހުންޑީޔާ، މޭ 29ގާ ލިބިއްޖެ ކަމާ، އެ ސިޓީ ތަކުގާ ހުރިގޮތަށް ކަންތައް އެބަ ކުރަށްވާކަމާ، މިކަންކަން ބުނެ؛ ފޮނުވާފާވާ ސިޓީއެއް.
(Size: 10.2" x 7.85")
Sri Lanka - Maldivian Embassy - letter(Official)

Sin título
NAM DOC-MN-N-83 · Unidad documental simple · 1908
Parte de Documents

1908މ ޑިސެންބަރު 28(1326ހ ޒުލްހައްޖު 4)ގާ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ 'ލެޓާހެޑް'ގާ، ބޮޑުބަނޑޭރިގެޔަށް، އެދުވަހު ތިރިނާކޮޅަށް ލީ، ގާލީ ފައްޗީ(ޝްރީލަންކާގެ ގޯލް ބަޔެއްގެ ފިހާރަ؟؟)ޔަށްވީ އެއްޗެތި ލިސްޓުކޮށް، އެތަކެއްޗަށްވީ ނާލު އެފިހާރައިގެ މިސްކީނު އަތުން ނެގުމަށް ބުނެ، އެ ސަފީރު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.(Size: 9" x 9.9")
Sri Lanka - Maldivian Embassy - letter(Official)

Sin título
NAM DOC-MN-N-68 · Unidad documental simple · 1908
Parte de Documents

1908މ ޖަނަވަރީ 11(1325ހ ޒުލްހައްޖު 7)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، ކޮޅުނބުގާ ހުންނަ ދިވެހި ސަރުކާރުގެ އެންބަސީ އަށް ފޮނުވާފާވާ، 04/269 ރުޕީޒްގެ އިންވޮއިސްއެއް.
(Size: 10.5" x 8.2")
Sri Lanka - Walker Sons & Co. Ltd - Account

Sin título
NAM DOC-MN-N-69 · Unidad documental simple · 1908
Parte de Documents

1908މ މާޗް 31(1326ހ ސަފަރު 28)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، ކޮޅުނބުގާ ހުންނަ ދިވެހި ސަރުކާރުގެ އެންބަސީ އަށް ފޮނުވާފާވާ، 39/33 ރުޕީޒްގެ އިންވޮއިސްއެއް.
(Size: 10.5" x 8.25")
Sri Lanka - Walker Sons & Co. Ltd - Account

Sin título