Affichage de 867 résultats

Description archivistique
865 résultats avec objets numériques Afficher les résultats avec des objets numériques
NAM DOC-MN-F0-15 · Pièce · 1965
Fait partie de Documents

1282ހ ޖުމާދިލްއައްވަލް(1865މ އޮކްޓޯބަރު)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުގާ، ދުނބުރިގުދުގޭ އަލީ ކަލޭފާނު އާއި ކުޑަފަރީ މަލިންތަކުރުފާނުގެ ދަރިން، ހެންވޭރު މަރަވަޅި އެދުރުމަނިކުގޭގެ ހުޅަނގުން އޮތް، އެދެބައިމީހުންނަށް އޮތް ދުނބުރިގުދުގެ ކިޔާ ގޯއްޗާ މެދު ދެބަސްވެ އެކަމުގެ ޝަކުވާއުފުލުމުން، ކުޑަފަރީ ސަންޕާފާނުއަށް ހިބައެއްގޮތުގާ ލިބިފައިވާ ބައި، ކުރީގެ ފަތްފަތާއި، މީސްމީހުންގެ ހެކިބަހުން ސާބީތުވީގޮތުގެ މައްޗަށް، ވަކިކުރިކަމާ، އެތަނުގެ ފަތެއް ލިޔެދިނުމަށް، އޭނަގެ ދަރިން އެދުމުން، އެބައިގެ އިމާއި މިން ހިމަނާ، އެ ފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް. (F0-14އާގުޅޭ)
އަދި މިފަތުގެ ނުފުށުގާ:
1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން މަތީގާވާ ގޯތީގެ ފަތް އަލުން ލިޔެފާވާ ކަމުގާ، ލިޔެފާވާ ލިޔުމެއް.

(Size:7.4" X 5.2") Chief Justices - Al Ghaazee Mohamed Muhibbuddin
K.Male' - Dhun'buri Gudhuge (Housing Plot) - Deed for housing plot

Sans titre
NAM DOC-MN-F0-18/R-37 · Pièce · 1801
Fait partie de Documents

1216ހ ރަބީލްއާހިރު(1801މ އޯގަސްޓް)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ދަރުބާރުގާ، އަރިއަތޮޅު މާމިގިލި މީހުން، އެރަށުގެ ފަޅުގާ އޮންނަ ދިއްފުށީގެ ރުއްއަޅާ 2/1ބަންޑާރައަށް ނަންގަވާ އަނެއްބައި، އެމީހުންގެ ރަށުގެ ކުޑަމިސްކިތާއި، ކަނދިލި މިސްކިތަށް، ބޯގަޔަށް ލަށްވާދެއްވުމަށް އެދުމުން، އެގޮތަށް އެކަން ކުރުމަށާއި އަދި އެބޯގައިގެ ހަވާލުވެރިކަން، މާމިގިލި ރައްޔިތުންނަށް ލަށްވައިފި ކަމުގެ އަމުރު އިއްވެވުމުން، އެރަދުންގެ ސިއްކަޖަހާ، މުހައްމަދު ހަނދޭގިރި ލިޔެފާވާ ފަތެއް. 12.5" 9"
A.Maamigili - Kuda Miskiiy (Mosque), Kan'dhili Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sans titre
NAM DOC-MN-F0-48T · Pièce · 1665
Fait partie de Documents

1075ހ(1665މ)(ތާރީހެއް ނެތް، ރަސްކަމުގެ އަހަރަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ، ރަސްކަމުގެ 17ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ އަރިއަތޮޅު (އދ.)ހަންޏާމީދޫ މީހުން، އެމީހުންގެ ރަށުމަސައްކަތާ ހުރެ، އެރަށުގެ މިސްކިތް ބެލެހެއްޓެން ނެތްކަމުން، ރަށުމަސައްކަތް މަދު ކޮށްދެއްވުމަށް އެދުމުން، މިސްކިތް ބަލަހަށްޓާ މީހުންނަށް ރަށުމަސައްކަތް ކުރަން ނުޖެހޭގޮތަށް ނިންމަވާ އަދި، އެމިސްކިތުގެ ބޯގަޔަށް އޮންނަ އެއްލައިދޫއަށް، ހަންޏާމީދޫ މީހުން ނޫން އެހެން މީހަކަށް، އަރާ އެއްވެސް އެއްޗެއް ނުގެންދެވޭނެ ކަމުގެ އަމުރުނެރުއްވުމުން، އުމަރު ގަދަ ހަމާދި ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-84)ގެ، 1962މ މާޗް 27(1381ހ ޝައްވާލް 20)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 9.8" X 7.8"
A.Hangnyaameedhoo - A.Hangnyaameedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy), Order

Sans titre
NAM DOC-MN-F1-81 · Pièce · -
Fait partie de Documents

(ތާރީހެއް ނެތް)(ސިޓީއަކާއެކު ހިމަނާފާވާ ކަރުދާހެއް) މަޖައްލާއެއްގާ، ދުނިޔޭގެ މިއުޒިކާ، ދުނިޔޭގެ އެކި ގައުމުތަކުގެ މިއުޒިކީ ފަންނީ މީސްމީހުން(ލަވަ/ޅެން/ރާގު ހެދުން، ނެށުން، މިއުޒިކީ ތަމްސީލު، ޓީޗރުން، ރޭވުންތެރިން އދވސ.) އާއި އެކަމާ ބެހޭ އެކިއެކި ތާރީހީ ތަންތަނުގެ މައުލޫމާތާއި ބެހޭ ފޮތެއް އެކުލަވާލަން އުޅޭތީ، އެފަދަ މީހުންގެ ލިސްޓަކަށް އެދި، އަދި މައުލޫމާތު އެއްކުރަމަށް ގަސްތުކޮށްފާވާ ގައުމުތަކުގެ ލިސްޓެއް ހިމަނާ، ފޮނުވާފާވާ ސިޓީއެއް. Article on cultural activities in each country and a list of countries (Size: 11" X 8.5")
Writing (foriegn)

Sans titre
NAM DOC-MN-F1-95 · Pièce · 1957
Fait partie de Documents

1957މ މޭ 29(1376ހ ޝައްވާލް 27)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދި އަށް، މައިކަލް އޭ. ޕޮވިލްސް ކިޔާ 'ކޮއިން'(ފައިސާފޮތި)އެއްކުރާ މީހަކު، ޖޫނު 1957ގެ 'ނެޝަނަލް ޖިއޯގްރަފިކް މެގަޒިން'ގާ އޮތް 'ދަ މާވަލަސް މޯލްޑިވްޒް' ޝުރުހީގާވާ ލިޔުމެއް ކިޔާ، ރާއްޖޭގެ ފައިސާފޮތި(ލާރި)، ރާއްޖޭގެ ތާރީހީ ފޮތް އަދި ރަދުންގެ 'އޮޓޮގްރާފަށް' އަދި އޭނާގެ ލިޔުމެއް އޮތް ނޫހެއްގެ ސަފްހާއެއް(F1-94) އެ ސިޓީއާއެކު އޮންނާނެ ވާހަކަ ލިޔެ ފޮނުވާފާވާ ސިޓީއެއް. Letter sent by Michael A Povils on May 29, 1957, requesting the Sultan's autograph and a history book (Size: 11" X 8.5")
America - letter (Foriegn)

Sans titre
NAM DOC-MN-F3-5 · Pièce · 1885
Fait partie de Documents

1302ހ ޒުލްގައިދު 18(1885މ އޯގަސްޓް 29)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު ގެދަރި އަލްގާޒީ އިބްރާހީމް މަޖުދުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ނެލު މޫސާފުޅުގެ ދަރި ފުއްކޭ އަބޫބަކުރު ކަލޭފާނު ހާޒިރުވެ؛ އޭނާގެ މިލްކުގާވާ ގަލޮޅު ފުއްކޭގެ އާއި، ހުތް އާމިނާދީދީގެ މަންމަ ހައްވާފުޅުގެ އަތުން އޭނާ ގަނެ، މިލްކުކޮށްފާވާ، ބާބާގެއާއި، ނެލުގެއާއި، އެހުރިހާ ގޯއްޗާއި، އެގޯތީގާވާހާ ތަކެއްޗާއި؛ ވަގުފްކޮށް، އެއެއްޗެތީގެ ހަވާލުވެރިކަން އޭނާގެ ދަރިކޮޅަށް ލަށްވާދެއްވާ ފަތެއްލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ އެތިންގޯތިވެސް އެއީ އަބޫބަކުރުގެ މިލްކެއްކަމަށް ސާބިތުވެ، އެވަގުފް އެގޮތަށް އޮތްކަމުގާ، އަލްހަތީބު މުހައްމަދު ބުނު މުލަކީގެ ދަރި އައްނައިބު އީސާގެ ދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Ghaazee Ibrahim Majduddin
K.Male' - G.Fu'hkei Goathi (Housing Plot) - Deed for housing plot

Sans titre
NAM DOC-MN-F1-83 · Pièce · 1960
Fait partie de Documents

1960މ ފެބްރުވަރީ 19(1379ހ ޝައުބާން 21)ގާ، ރާއްޖޭގެ ރަދުންނަށް، ޕެޓަރސަން އިންޕޯޓް ކިޔާ ކުންފުންޏެއްގެ 'ލެޓާހެޑް'ގާ(މީހެއްގެ ނަމެއްނެތް)، ރާއްޖޭގާ ލަކުޑިން މާޖަހާ ވަށިގަނޑު ފަދަ އަތްތެރި މަސައްކަތކުރާ މީހެއްގެ ނަމާއި އެޑްރެހާއި، އަދި ރާއްޖޭގެ ބޮލިކޮޅަކާ ފޮނުއްވުމަށް އެދި، އަދި ރަދުންނަށާ ދިވެހިންނަށް ހެޔޮދުއާ ސަލާމު ފޮނުވާ، ރަދުން ކޮންމެވެސް ދުވަހަކުން އެމެރިކާޔަށް ވަޑައިގަންނަވޭނެކަމުގާ އުއްމީދުކުރާ ވާހަކަ ލިޔެ، ފޮނުވާފާވާ ސިޓީއެއް. Letter sent by Peterson Import Company, requesting for the name and address of the wood craftsman and Maldivian cowries (Size: 8.51" X 7.3")
America - letter (Foriegn)

Sans titre
NAM DOC-MN-F1-89 · Pièce · 1960
Fait partie de Documents

1960މ މާރޗް 4(1379ހ ރަމްލޯނު 6)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ކެނެތު އީ. ކްރައުޗް ކިޔާ މީހަކު، އެރަދުންގެ ސޮއިކުރައްވާފާވާ ފޮޓޯފުޅެއް ފޮނުވާދެއްވުމަށް އެދި ލިޔެފާވާ ސިޓިއެއް. Letter sent by Kenneth E Crouch to Sultan Muhammed Fareed Didi on March 4, 1960, requesting a photograph signed by the sultan (Size: 10.9" X 8.45")
America - letter (Foriegn)

Sans titre
NAM DOC-MN-F1-96 · Pièce · 1956
Fait partie de Documents

1956މ މޭ 4(1375ހ ރަމްލޯނު 23)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ކެތްރީން އެމް ކުއީން، ކިޔާ މީހަކު، އެރަދުންގެ ސޮއެ (އޮޓޯގްރާފް)އަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Kathryn MQuinn to Sultan Muhammed Fareed Didi on May 4, 1956, requesting his autograph (Size: 7.8" X 6.2")
America - letter (Foriegn)

Sans titre