Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-F1-92 · Item · 1958
Parte de Documents

1958މ ޖުލައި 26(1378ހ މުހައްރަމް 9)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ބެސިލް ޑަބްލިޔު. ކެޕްޓެއިން ކިޔާ މީހަކު، އެރަދުންނަށް ތައުރީފުކޮށް، އޭނާ ރަދުންގެ ސޮޔަކަށް އެދި، ފޮނުވާފާ ސިޓީއެއް. Letter sent by Basil WKaptain to Sultan Muhammed Fareed Didi on July 26, 1958, requesting his autograph (Size: 11" X 8.55")
America - letter (Foriegn)

Sem título
NAM DOC-MN-F1-80 · Item · 1956
Parte de Documents

1956މ މޭ 21(1375ހ ޝައްވާލް 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދި އަށް، އެމާ ކަނިންގްހަމް ކިޔާ މީހަކު، އެރަދުންގެ ސޮއިކުރައްވާފާވާ ސްޓޭމްޕަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Emma Canningham, requesting for a stamp signed by Sultan Muhammed Fareed Didi (Size: 7.25" X 5.25")
America - letter (Foriegn)

Sem título
NAM DOC-MN-F6-27A · Item · 1922
Parte de Documents

1341ހ ސަފަރު 17(1922މ އޮކްޓޯބަރު 9)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ މަޖިލީހުގާ، ނޮޅިވަރަމު މުދިން ބޮޑުމުހައްމަދު ކަލޭގެ ދަރި އިބްރާހީމް، އޭނާގެ މިލްކުގާ ވާހާ، ވަގުފްސައްހަވާ މުދަލެއް، ކޮންމެ ރަބީލްއައްވަލް 12 ދުވަހު، މެންދުރު، ކުކުޅުލީ ކެއުމެއް ކަށްކާ، ފަނިގިރާ، އެތަކެތިން، ރަސޫލާއަށް ސޮލަވާތެއް ކިޔެވުމަށް ޝަރުތުކޮށް، ވަގުފްކޮށްފި ކަމާ، އެތަނުގެ ހަވާލުވެރިކަން، އޭނާ ނެތުމުން، އޭނާގެ ދަރި މަރިޔަމް އަދި، އެދަރި ނެތުމުން، އެދަރީގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، އެވަގުފް ސައްހަކަމުގާ ނިޔާކުރެއްވުމުން، އެތެރެކޮއިލުމިސްކިތު މަލިން މޫސާ ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 11" X 8.5") Chief Justices - Al Naaibu Hussain Salahuddin
H.Dh.Nolhivaram - Endowment for property

Sem título
NAM DOC-MN-F6-28 · Item · 1803
Parte de Documents

1218ހ ޝައުބާން 22(1803މ ޑިސެންބަރު 7)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު މަޖިލީހުގާ، ނޮޅިވަރަމު ހަސަންތަކުރުފާނުގެ ދަރި މޫސާކަލޭގެ، އޭނާގެ މިލްކުގާ ވާހާ، ރުއްގަސް، ދަނޑުފަގު، ރަންރިހި، ގެވަންތަ ކަންވާރު، އެއެންމެހާ ތަކެތި، ކަންފަތް ހަސަންތަކުރު އަދި ކޮރު ކާސިންތަކުރު ކާސިން އަލީ ހެކިކޮށް، އޭނާގެ މިލްކުންކަނޑާ، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ އެއްބަނޑު އައިޝަތުބީ އާއި އެބީގެ ފިރި ދަބަރު ހަސަން ތަކުރާއި، އެމީހުން ނެތްނަމަ، އެމީހުންގެ ދަރިކޮޅަށް ލަށްވާ، އަދި، އެ ހަސަންތަކުރަށް، އޭގެ ފަހުން ދަރިއެއް ލިބިއްޖެނަމަ، އެދަރި އަށާ އެދަރީގެ ދަރިކޮޅަށްވެސް ވާނެ ކަމުގާ، އެހެކިން ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްއވުމަށް އެދުމުން؛ އެ އެއްތަމަފަނޑިޔާރު ލިޔެދެއްވި ފަތުގެ ނަކަލެއް.(Size: 11" X 8.5") Chief Justices - Al Ghaazee Moosa Muhyiddin
H.Dh.Nolhivaram - Endowment for property

Sem título
NAM DOC-MN-F6-1 · Item · 1961
Parte de Documents

1380ހ ޒުލްގައިދު 7(1961މ އޭޕްރިލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1302ހ ޒުލްހައްޖު 4(1885މ ސެޕްޓެންބަރު 13)ގާ، އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރުމަނިކުފާނުގެ ދަރިން ކުރެ، ހައްވާ މަނިކުފާނު އާއި، ޒައިނަބު މަނިކުފާނުގެ ދަރިކޮޅުގެ ތެރެއިން، ޒައިނަބު މަނިކުފާނުގެ ދަރި، އަލިމަނިކުފާނުގެ ދަރިން ކުރެ، މުހައްމަދު މަނިކުފާނު، ހުސެއިން މަނިކުފާނު އަދި އިސްމާއީލް މަނިކުފާނު ނޫން އެހެން އެންމެހާ ދަރިންނަށް އެގޯތިން ވާ، ގޯތީގެ4/3، ވަގުފްކޮށް، އެ އަލިމަނިކުފާނުގެ ދަރި ފާތުމަތު މަނިކުފާނަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ ސާބިތުވާ، މަޖީދީމަގާ އިންވެ އެމަގުގެ އުތުރުން، ޗަންޕާމަގާ އިންވެ އިރުން، ބަގުފަޑިއަތްގޭ ހުޅަނގުން އޮތް، ފާވާ، މއ.'ފަސްގެރިގެ' ކިޔާ ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 23)ގެ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ތ.އެލާއިން ނަގާ، ލާޖައްސާ ހަމަކޮށް، އެވުޒާރާއިން ލިޔެފާވާ ފަތެއް. Size: 10" X 7.5"
K.Male' - Ma.Fasgeri Goathi (G.40 No. Housing Plot) - Deed for housing plot

Sem título
NAM DOC-MN-F6-49 · Item · 1933
Parte de Documents

1352ހ ރަޖަބް 17(1933މ ނޮވެންބަރު 6)ގާ، އަލްގާޒީ އިސްމާއިލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ކެލާ ކަތީބު ދޮންމަނިކު، ބޮޑުގޯތި ދޮށީމަނިކު، އަދި ބޭބެ މޫސާ އައިސް، ކެލާ ކޯމަސްދަނޑުން މާކަނދުމެރިތަނޭ ކިޔާ ތަނުން ރަށްމެދުގޯތި އާދަމް މަނިކުގެ ދޮށީ ދަރިއަށް ވީތަން، ބަނޑޭރިތަކުރުގެ އަހުމަދުފުޅުއަށް ވިއްކި ކަމުގާ ހެކިބަސްދީ، އަދި އެ އަހުމަދުފުޅު އެތަން ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރިންނަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 6.1" X 7.9") Chief Justices - Al Ghaazee Ismail Bahaauddin
1.H.A.Kelaa - Kelaa Koamasdhan'du maakadhumeri thanuge baeh - Letter (Endowed housing plot), letter(Endowment for property)

Sem título
NAM DOC-MN-F6-2 · Item · -
Parte de Documents

މިފަތުގެ މާނަ، ރަނގަޅަކަށް ދޭހައެއް ނުވޭ...
(ތާރީހެއް ނެތް..ފުރަތަމަ ބައި ނެތްކަމުގާ ބެލެވޭ) ސިރީ ކުލަ ރަންމަނި އައުދަކީރިތި ކައްތިރި ބަވަނަ މަހާރަދުން(ރަދުންގެ ނަމެއް ނެތް)ގެ ދަރުބާރުން؛ އައްޑު އަތޮޅު މީދޫ ދޮން އަލީގެ ހުރިއްޔާ ހުރި ގޯއްޗަކާ މުދަލެއް، ކޮންމެ އަހަރަކު ރަބީލްއައްވަލް މަހު ބާރަ ދުވަހަކު، ރަދުންނަށާ، އޭނާޔަށާ 2 މީހުންނަށް، ސުވަރުގެ ލިބުމަށް ދުއާކުރުމަށް ޝަރުތުކޮށް، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އެ ދޮންއަލީގެ ދަރިކޮޅަށް ލަށްވައިފި ކަމުގެ އަމުރަށް، އެރަދުންގެ ސިއްކަ ޖަހާ، ވަޒީރު ހާޖީ މުހައްމަދު ކިއުމުން، ލިއާ މުހައްމަދު ހަތީބު، ދިވެސްއަކުރުން ލިޔެފާވާ ފަތުގެ، 1353ހ ރަބީލްއާހިރު 10(1934މ ޖުލައި 22)ގާ، ކޮށްފާވާ ތާނަ ތަރުޖަމާގެ(ބެލެވޭގޮތުގާ ފަހުބައި).
މިފަތުގެ މަތީގާ '6 އެޅެހެށިގޭ ފަތުގެ ޖުމްލަ' މިހެން ލިޔެފާވޭ.
Size: 10" X 8"
S.Meedhoo - Elheheshige (Housing Plot) - Deed for housing plot, Endowment for property

Sem título
NAM DOC-MN-F6-46 · Item · 1962
Parte de Documents

1962މ އޭޕްރިލް 16(1381ހ ޒުލްގައިދު 11)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން ވަޒީރުލްއައުޒަމް އޮފީހަށް؛ އެ ވުޒާރާގެ، ހ.1.62/19 ނަންބަރު ސިޓީއާ އެކު ފޮނުވި ފަތުގެ ނަކަލުގެ އިތުރުން، އޭރު ނިމިފާހުރި ލިއުމާއި، ފަތުގެ ނަކަލްތައް ފޮނިވާ ކަމުގާ ބަޔާންކޮށް؛ ވަޒީރުލް އައުޒަމްގެ ނައިބުގެ ބަދަލު ނ.ތ. ހސަންދީދީ، ސޮއިކޮށްފާވާ ސިޓީއެއް.Letter stating that documents are being prepared and will be sent once they are ready (Size: 9.1" X 6.2")
K - Male' - letter

Sem título
NAM DOC-MN-F6-41 · Item · 1951
Parte de Documents

1370ހ ޒުލްހައްޖު 3(1951މ ސެޕްޓެންބަރު 5)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ ހަސަން މޫސާދީދީ ގެނައި، ވީރު ހަސަންދީދީގެ ޑޭޒީފެހި ކިޔާގޭގެ 1208ހ(1794މ)ގެ ފަތް(F0-42) ބަލައިގެންފާ؛ ދިން، އާފަތެއް ހަދާ، އަތުލާފާވާ ރަސީދެއް.Receipt of real estate documents: Galolhu Daisyfehige (Size: 4.6" X 5.2")
K - Male' - G.Daisyfehi (Housing Plot)ge - Accounts (housing plot)

Sem título
R00437_E; އެހެނިހެން - ލިޔުމެއް
NAM DOC-MN-F6-9A · Item · -
Parte de Documents

(ތާރީހެއް ލިއުނުފަރާތެއް ނެތް) ކެވެލިކޮޅެއް ހަދަން ރަންވިރު ވަރުގެ ބަރުދަނާ، އަދި ކެވެލިހެދުމަށްފަހު އޭގާ ހުރި ބަރުދަން ޖަހާފާވާ ލިޔުންކޮޅެއް.Note on the mass of gold used in casting a bracelet (Size: 2.4" X 5.1")
Writing

Sem título