(ތާރީހެއް ނެތް)، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، އުމުރުން 14 އަހަރުގެ ކިޔަވާކުއްޖެއް ކަމުގާވާ، ޖޭކަބު ސޮމޭ، އޭނާގެ ސްޓޭންޕް ކަލެކްޝަނަށް ލުމަށްޓަކައި، ދިވެހިރާއްޖޭގެ ސްޓޭންޕްކޮޅެއް ފޮނުއްވާދެއްވުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Jacob Sømme, 14-year-old boy from Stavanger, Norway, to Sultan Mohamed Fareed Didi, requesting Maldivian stamps (Size: 11.6" X 8.1")
Norway - letter (Foriegn)
1957މ ޑިސެންބަރު 2(1377ހ ޖުމާދިލްއައްވަލް 10)ގާ، ރާއްޖޭގެ ރަދުނަށް، ލިއޯތިސް. އޭ. ހީރްސް، ކިޔާ އެމްސްޓާޑޭމް ޔުނިވާސިޓީ ދަރިވަރަކު، ދިވެހި ރައްޔިތަކަށް ސިޓީގެ ޒަރިއްޔާއިން ރައްޓެއްސަކު(ގަލަމު ރަށްޓެއްސެއް) ހޯދުމަށްޓަކާ، އެކަމަށް އެހީވެދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Leothis A, a student at the Amsterdam University, to Sultan of the Maldives on December 2, 1967, asking him to find her a Maldivian pen pal (Size: 10.2" X 7.9")
Holand - letter (Foriegn)
1958މ ޑިސެންބަރު 1)1378ހ ޖުމާދިލްއައްވަލް 19)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، "ހޫ އިޒް ހޫ އިން ހޫ އިން މިޔުޒިކް" ކުންފުންޏެއްގެ ފަރާތުން، ކްރިސްޓޮފާ ޕޯލްކިސް ކިޔާ މީހަކު، އިންޓަރނޭޝަނަލް މިޔުޒިކް ސާރވޭގާ ރާއްޖެ ބައިވެރިވުމަށް އެދި، 4 ޖޫނު އާއި 5 އޯގަސްޓްގާ ފޮނުއްވި 2 ސިޓީގެ ޖަވާބު ނުލިބިގެން، އަލުން ފޮނުވާފާވާ ސިޓީއެއް. Follow-up letter sent by Christopher Paviskis (MHS-ARC-MS36), Co-editor of "Who is Who" in Music International, to Sultan Mohamed Fareed Didi on December 5, 1958 (Size: 11" X 8.5")
America - letter (Foriegn)
1958މ ނުވެމްބަރު 13(1378ހ ޖުމާދިލްއައްވަލް 1)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، "'ދަ ޑޯގް ހައުސް' އިންޓަނެޝަނަލް ހެޑްކުއާޓާޒް ފޯ ދަ ކެނަލް ކްލަބު"ކިޔާ ބައިނިލްއަގްވާމީ ކުލަބަކުން، "ފްރޭންކް"އޭ ކިޔާ މީހަކު، އެ ކުލަބަކީ، ވައިންކަޓާފާ އަދި ވައިންކަޓާފާނެ މީހުންނަށް ހަދާފާވާ ކްލަބެއް ކަމާ، ދުނިޔޭގެ މީހުން، ހިނިތުންވުން ހަނދާންނެތި، ބުމަގޮއްޖެހިފާތިބޭ ކަމާ، އަދި އެއްވެސް އިރެއްގާ ރަދުންނަށް އެކަހަލަ ކަމެއް ދިމާވި ތޯޔާ، ދިމާވިނަމަ އެ ތަޖުރިބާ ކިޔާލަދެއްވުމަށާ، އަދި އެ ސިޓީއާ އެކު، އެ ކުލަބަށް ވަނުމުގެ ފޯމެއް ފޮނުވިކަމާއި، އދވސ. ލިޔެ، ފޮނުވާފާވާ ސިޓީއެއް. (އިނގިރޭސިން 'އިން ދަ ޑޯގް ހައުސް' އޭ އެބުނާ ވައިންކަޓާފާ/އަނދާފާ' އޭ ބުނާ ބުނުން ކަހަލަ މާނަޔެއްގާ) Letter sent by the Director of the Kennel Club to Sultan Mohamed Fareed Didi on November 13, 1958, with an invitation to join the club, a membership form, and an invitation to visit their facility, the “Dawg House” (Size: 10.5" X 7.2")
America - letter (Foriegn)
1959މ މޭ 25(1378ހ ޒުލްގައިދު 17)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ޖޯން ލުއީ އީ.ބްރިންޑަމޯ، ކިޔާ މީހަކު، ދުނިޔޭގެ ވެރިންގެ ފަރިއްކޮޅާ ބެހޭ ގޮތުން ފޮތެއް އެކުލަވާލަން އުޅޭ ކަމުގާ ބުނެ، ރަދުންނަށް އެންމެ މީރުފުޅު ކެއުން ނުވަތަ ކެއުންތަކުގެ 'ރެސިޕީ'(އެކާނާ ތައްޔާރުކުރާގޮތާ، ބޭނުންވާ ތަކެތި ބުނެ ކިޔާދީފާވާ ލިޔުން)އަކާ، އަދި އެޔާއެކީގާ އެ ފޮތުގާ ޖަހާނެ ރަދުންގެ ފޮޓޮޔަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Jean-Louis Brindamour, New York, who had compiled a book of favorite dishes of world leaders, to Sultan Mohamad Fareed Didi, inquiring about two representative Maldivian recipes (Size: 11" X 8.5")
America - letter (Foriegn)
1959މ ފެބްރުވަރީ(1378ހ ޝައުބާން)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ޖޯން މެޔާރސް ކިޔާ މީހަކު، އެރަދުންގެ 'އޮޓޯގްރާފް' އަށް އެދި ފޮނުވާފާވާ ސިޓީއެއް. Size: "8 X 5"
America - letter (Foriegn)
1959މ މޭ 6(1378ހ ޝައްވާލް 27)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ޖޭ.ކްރެސްވެލް، ކިޔާ މީހަކު، ހަނގުރާމާއިގެ ބުރަޔާ، އިސްރާފާ، މަކަރާ ހީލަތް، އެއީ ދުނިޔޭގެ އެންމެންހެން އެއްގޮތަކަށް ދެކޭ ކަމެއް ކަމުގާ، އޭނާގެ ސިކުނޑިއަށް ހިނދުހިނދަށް ވަންނަކަމުގަޔާ، އަދި އެއީ، ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދާދިނުމަށް މަސައްކަތްކުރާ ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް ކުރިމަތިވާ ހާސްވުމެއް ކަމުގަޔާ، އަލިފް ދާލުގެ 'އިންސާނީ ހައްގު'ގެ ގަރާރުން އޭނާޔަށް އުއްމީދު ލިބޭ ކަމާއި، އެ ބީދައިން އެކިއެކި ވާހަކަ ލިޔެ، އޭނާ، ސުލްހަޔާ ބެހޭ ގޮތުން ލިޔެފާވާ ލިޔުމެއްގެ ވާހަކަ ބުނެ 'ހިއުމަން ވެލިއުޒް އެކްސްޗޭންޖް' ކިޔާ ސުލްހައިގެ ޖަމިއްޔާ އަކަށް ވަދެވަޑައިގަތުމަށް އެދި، ދައުވަތު އަރުވާ، ފޮނުވާފާވާ ސިޓީއެއް. Letter sent by John Meyers, Baltimore, USA, to Sultan Mohamed Fareed Didi on February, 1959, requesting for his autograph (Size: 11" X 8.5")
America - letter (Foriegn)
1959މ ޖަނަވަރީ 31(1378ހ ރަޖަބް 21)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް އެޑްރެސްކޮށް ފޮނުވިފަރާތް ކަމުގާ، އެމެރިކާގެ މިސްޓަރ ޖޯން މޭޔާރޑް، ކަމުގާ ލިޔެ 2 ސްޓޭންޕް ޖަހާފާވާ ސިޓީއުރައެއް. Envelope with two stamps sent by John Meyard, Baltimore, USA, to Sultan Mohamed Fareed Didi on January 31, 1959 (Size: 1.1" X 5")
America - Envelope
1958މ އޯގަސްޓް 5(1377ހ ޒުލްހައްޖު 17)ގާ، އެމެރިކާގެ "ހޫ އިޒް ހޫ އިން މިޔުޒިކް އިންޓާނެޝަނަލް"( މިއުޒިކުގާ ކާކަކީ ކާކު، ބައިނިލްއަގްވާމީ) ކިޔާ ކުންފުންޏެއްގެ 'ކޯ އެޑިޓަރު' ކަމުގާވާ ކްރިސްޓޮފާ ޕަވްލަކިސް، އައްސުލްތާނު މުހައްމަދު ފަރީދަށް، ބައިނިލްއަގްވާމީ މިއުޒިކް ސާވޭގާ ރާއްޖެ ހިމެނުމުގާ، ރާއްޖޭން އެއްބާރުލުމަށް އެދި، ޖޫނު 4ގާ ފޮނުވާފާވާ ސިޓީއަކަށް ހަވާލާދީ، އެސިޓީ ނުލިބިވާކަމަށް ވަންޏާ، އޭގާ ބުނެފާވާ ކަންކަން ބަޔާންކޮށް އެހެން ސިޓީއެއް ފޮނުވާނެކަމާ، އަދި ސިޓީ ލިބި، އޭގާ އަހާފާވަ މައުލޫމާތު ހޯދަން ދަތި ނަމަ، އެކަމާ ބެހޭ ފަރާތަކަށް އެ ފޮނުވާދީ އެ މައުލޫމާތު ލިބޭނޭ ގޮތް ހަދާދިނުމަށާ، އަދި އެސާވޭ ކާމިޔާބުކޮށްދާ ދިއުމަކީ، ރާއްޖެ ބައިވެރިވުމަށް އެދޭ އެދުން ބޮޑުވެފާވާ ކަމެއްކަމުގަޔާ، މަޖައްލާގެ ޝާއިއު ތާރީހު ކުޑަތަންވެފާ ވީ ނަމަވެސް، ރާއްޖޭގެ މައުލޫމާތަށް މަޑުކުރާނެ ކަމުގަޔާ، އަދި އެ ސިޓީއާ އެކު، އެ ލިޔުމުގާ ހިމަނާނެ ރަށްރަށުގެ ލިސްޓެއް ފޮނުވި ކަމުގާ ބުނެ، ފޮނުވާފާވާ ސިޓީއެއް. Letter sent by Christopher Paviskis, Co-editor of "Who is Who" in Music International, to Sultan Mohamed Fareed Didi on December 5, 1958 (Size: 12" X 8.5")
America - letter (Foriegn)
1958މ މާރޗް 6(1377ހ ޝައުބާން 15)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެތެލް އެވާބެކް، އޭނާޔަކީ، އެކިއެކި ގައުމުތަކުގެ ސަގާފީ ހެދުމުގާ ތިބޭ ބުދު(ކުޅޭކުޅޭ) އެއްކުރާ ކަމާއި، އޭނާގެ 'ކަލެކްޝަނު'ގާ 128ގައުމުގެ ގާތްގަނޑަކަށް 550ބުދު ހުރި ކަމާއި، ސްކޫލް ކުދިންނަށާ، ޒުވާނުންގެ ޖަމިއްޔާތަކަށާ، އެފަދަ އެކިއެކި ތަންތަނުގާ އޭނާ އެއެއްޗެތި ހިލޭ ދައްކާދޭނެ ކަމުގާ ބުނެ، އޭނާޔަށް ދިވެހި ރާއްޖޭންވެސް އެފަދަ 2 ބުދު ލިބޭތޯ އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Ethel Averbach, a doll collector from California, to Sultan Mohamed Fareed Didi on March 6, 1958, requesting for two dolls from the Maldives (Size: 8" X 6")
America - letter (Foriegn)