Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-S3-38 · Item · 1931
Part of Documents

1350ހ މުހައްރަމް 7(1931މ މޭ 25)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 30ވަނަ އަހަރު، ތިލަދުންމަތި ދެކުނުބުރި(ހދ.) (މާ)މަކުނުދޫ، އާދަމް ގެދަރި ގާސިމްއަށް މާމަކުނުދޫ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
Letter of appointment for an Imam (Size: 13.2" X 8.15")
Hdh - Makunudhoo - Shrine endowment letter

National Archives of Maldives
NAM DOC-MN-S3-39 · Item · 1960
Part of Documents

1349ހ ޒުލްހައްޖު 17(1960މ ޖޫނު 12)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 30ވަނަ އަހަރު، އަރިއަތޮޅު އުތުރުބުރި(އއ.) ހިމެންދޫ، މުހައްމަދު ގެދަރި އިބްރާހީމްއަށް ހިމެންދޫ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.15")
Aa - Himandhoo - Shrine endowment letter

National Archives of Maldives
NAM DOC-MN-S3-40 · Item · 1960
Part of Documents

1349ހ ޒުލްހައްޖު 27(1960މ ޖޫނު 22)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 30ވަނަ އަހަރު، ނިލަންދެއަތޮޅު އުތުރުބުރި(ފ.) ފީއަލި، އަލީ ގެދަރި އީސާއަށް ފީއަލި ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
(Size: 13.2" X 8.15")
F - Feeali - Shrine endowment letter

National Archives of Maldives
NAM DOC-MN-N-1 · Item · 1691
Part of Documents

1102ހ ޝައްވާލް(1691މ ޖުލައި)ގާ، އައްސުލްތާނު މުހައްމަދު މުހްޔިއްދީނު އާދިލް(ރަދުންގެ ނަމެއް ނެތް... ކޮލިނަން: ސުވަސްތިސިރީ މަތަމަހާސިރީ ދިރިކުސަ ފުރަދާނަސިރީ، ނަވަރަންނަ ކުލަސުންދަރަ ބޮވަނަ މަހާރަދުން އަދި ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ ފުރަތަމަ އަހަރު، އެރަދުންގެ ދަރުބާރުގާ، (މުލަކުއަތޮޅު)ނާލާފުށި ރައްޔިތުން، ނާލާފުށީގެ މާމިސްކިތުގެ އިހުގެ ފަތްކޮޅު އާކޮށްދެއްވުމަށް އެދި ދެންނެވުމުން، އެ ފަތްކޮޅުގާ ވީފަދައިން އެފަތް އާކޮށްދިނުމުގެ އަމުރަށް، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އަލީ ހަނދޭގިރި ކިއުމުން، އަލީ މާމުދިން ލިޔެފާވާ ދިވެސް އަކުރު ފަތުގެ، 2 ޖުމާދިލްއާހިރު(އަހަރެއްނެތް)ގާ، ކޮށްފާވާ ތަރުޖަމާ.(Size: 13.5" X 8.35")
M - Naalaafushi - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

National Archives of Maldives
NAM DOC-MN-N-2 · Item · 1908
Part of Documents

1908މ ސެޕްޓެންބަރު 3(1326ހ ޝައުބާން 7)ގާ، ޝްރީލަންކާގެ ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ، އިނގިރޭސި 'ލެޓާހެޑް' އެއްގާ)، އޭނާ ސޮއިކޮށް، ފޮނުވާފާވާ 'ތިރިނާކޮޅުން މިދަތުރު ގެންދާ ތަކެތީގެ ހިސާބު'، ޖަހާފާވާ، އެކިއެކި ތަކެތި(މސލ: ހަނޑޫ ބަސްތާ، ސައީދު އަބްދުލް ގާދިރުގެ ގުޑާކު ފޮށި، އަހުމަދު ދީދީގެ ރާނާ އީޓު، އަބްދުލް މަޖީދު ދީދީގެ ގިތެޔޮ ފޮށި، ބުޗާ މުހައްމަދު ފުޅުގެ ސިމެންޓު ފީފީ، ކަޅުހުރާގެ ދޮށީ ސީދީގެ ސިމެންޓު ފީފާ އދވސ) އަދަދާއެކު ލިސްޓުކޮށްފާވާ ލިޔުމެއް.(Size: 13.5" X 8.5")
Sri Lanka - Maldivian Embassy - list(Package)

National Archives of Maldives
NAM DOC-MN-N-3 · Item · 1908
Part of Documents

1908މ ސެޕްޓެންބަރު 3(1326މ ޝައުބާން 7)ގާ، ޝްރީލަންކާގެ ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ، އިނގިރޭސި 'ލެޓާހެޑް' އެއްގާ)، އޭނާ ސޮއިކޮށް، ފޮނުވާފާވާ '- ސަރުކާރުގެ ހިސާބު – ތިރިނާކޮޅު އައީ އަގޮސްތުން 22 ދުވަހު އެވެ' ޖަހާ، 1908މ އޯގަސްޓް 22(1326ހ ރަޖަބް 24)އިން 1908މ ސެޕްޓެންބަރު 2(1326މ ޝައުބާން 6)ގެ ނިޔަލަށް، ބަލަހަށްޓާފާވާ ހިސާބް ކަރުދާހެއް.(Size: 13.5" X 8.35")
Sri Lanka - Maldivian Embassy - Account

National Archives of Maldives
NAM DOC-MN-N-4 · Item · 1955
Part of Documents

(ތާރީހެއް ނެތް، ލިޔުމަށް ބަލާއިރު ބެލެވެނީ، 1374ހ(1955މ)ކަމުގާ) ވުޒާރަތުލް މާލިއްޔާއިން، '75ހ ވަނައަހަރުގެ ބަޖެޓްގެ ހިސާބު'ޝުރުހީކޮށް، 1374ހ(1955މ)ގާ ހިނގި ހަރަދާއި، އަދި ލިބުނު ވަރު ޖަހާ، ވަޒީރުލް މާލިޔާ، އިބްރާހީމް އަލީ ސޮއިވެރިޔެއްގެ ގޮތުގާ ބަޔާންކޮށް، ޖުމްލަ 2685349.11ރުފިޔާ އަރާފާވާ، (1375ހ)(1956މ)އަށް އެކުލަވާލާފާވާ ބަޖެޓު.Budget accounting ledger for the Wuzārat al-Maliyya (Size: 13" x 8.25")
K - Male' - Account(Budget)

National Archives of Maldives
NAM DOC-MN-N-5 · Item · 1931
Part of Documents

1350ހ ރަބީލްއާހިރު 29(1931މ ސެޕްޓެންބަރު 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުއަށް، އެ ރަދުންގެ ދަރިކަލުން، ހަސަން އިއްޒުއްދީނު މަނިއްޕުޅު، ބޭސްފަރުވާޔަށް ރާއްޖޭންބޭރަށް ފޮނުއްވުމާ ގުޅިގެން، ބޮޑުވަޒީރު އަބްދުލް މަޖީދު ދީދީ، ލިޔުއްވާފާވާ (ތާނަ)ސިޓީ(N-49)ގެ އިނގިރޭސި ތަރުޖަމާ.Notification that Muḥammad Shams al-Dīn Iskandar was abroad for medical reasons (Size: 13" x 8.25")
Sril Lanka - letter(Royal)

National Archives of Maldives
NAM DOC-MN-N-6 · Item · 1962
Part of Documents

1962މ އޭޕްރިލް 7(1381ހ ޒުލްގައިދު 2)ގާ، 'މެގްނިފިޝަންޓް ކޮންސުމޭޝަން' ކިޔާ އެމެރިކާގެ އެރިޒޯނާގެ ޖަމާއަތަކުން، ނަސޯރާ ދީނާ ބެހޭ އެކި އެކި ވާހަކަ ލިޔެ، ކާމަން ވޭނު ޕޮލެން، ނަމަކަށް ކިޔާމީހަކު، މޭޖާ ޝާމަން ޓިޓޯވް ކިޔާ، ރަޝިޔާގެ 'ކޮސްމޮނޯޓް'(ސްޕޭސްއަށްދާ މީހުން)އަށް އެޑްރެސްކޮށް ދުނިޔޭގެ އެތަންމިތަނަށް އާންމުކޮށް ފޮނުވަން ލިޔެފާވާ(އިނގިރޭސިބަހުން ލިޔެ) ސިލްސިލާ ސިޓީތަކެއްގެ ތެރެއިން، ސިލްސިލާ ނަންބަރު 5ގެ ސިޓީއެއް. Letter on the propagation of Christianity (Size: 11" x 8.5")
America - Magnificient - letter(Religious)

National Archives of Maldives
NAM DOC-MN-N-7 · Item · -
Part of Documents

(ތާރީހެއް ނެތް) 'މެގްނިފިޝަންޓް ކޮންސުމޭޝަން' ކިޔާ އެމެރިކާގެ އެރިޒޯނާގެ ޖަމާއަތަކުން، ނަސޯރާ ދީނާ ބެހޭ އެކި އެކި ވާހަކަ ލިޔެ، ކާމަން ވޭނު ޕޮލެން، ނަމަކަށް ކިޔާމީހަކު، މޭޖާ ޝާމަން ޓިޓޯވް ކިޔާ، ރަޝިޔާގެ 'ކޮސްމޮނޯޓް'(ސްޕޭސްއަށްދާ މީހުން)އަށް އެޑްރެސްކޮށް ދުނިޔޭގެ އެތަންމިތަނަށް އާންމުކޮށް ފޮނުވަން ލިޔެފާވާ(އިނގިރޭސިބަހުން ލިޔެ) ސިލްސިލާ ސިޓީތަކެއްގެ ތެރެއިން، ސިލްސިލާ ނަންބަރު 4ގެ ސިޓީއެއް. Letter on the propagation of Christianity (Size: 11" x 8.5")
America - letter(Religious)

National Archives of Maldives