މަތީގާ، 'ޑިއުޓީފްރީފޯމް' ޖަހާފާވާ، ދައުލަތުން، ރާއްޖެއަށް، ތަކެތި ގެނައުމަށް ބޭނުންކުރުމަށްޓަކާ، ޗާޕްކޮށްފާވާ، ފޯމުގެ (ހުސް) ފޯމެއް.
މީގެ 19 ފޯމު އެބައޮތް.
Duty free import declaration form used for declaration of duty free goods imported into the Maldives (Size: 8.25" X 6.4")
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1329ހ ޖުމާދިލްއާހިރު 16(1911މ ޖޫނު 14)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން، ރިބުދޫ މުހައްމަދު ތަކުރުގެ ދަލޭކާފުޅުގެ އާދަމްފުޅުގެ ތަބައް ދޮންކޮއްކޮއަށް ފަތްލިޔެދީފާވާ، މައްޗަންގޯޅި ގުމްރީގޯޅިއާ އިންވެ އުތުރުން ތަބައްގެއާ އިންވެ އިރުން، މާބަޑޭރިގޭ ކުދިންނަށް މިލްކުވެއޮތް، އިހުގާ ރިބިދޫ ކޮށި، ކިޔާ ގޯތީގެ އުތުރުބިތުން 19ރިޔަން 14އަނގޫ އަދި ދެކުނު ބިތުން 17ރިޔަން 6އަނގޫގެ ބޮޑުމިނުގާ އޮތް ބައި، އެދަލޭކާފުޅުގެ ހަނދޭގިރި ތަކުރުފާނުއަށް މިލްކުވެއޮތް ކަމުގާ އެފަތުން ސާބިތުވާ ކަމާއި، އަދި އެހަނދޭގިރި ތަކުރފާނުގެ ދަރި އިބްރާހީމް މަނިކުގެ، މާބަނޑޭރި އަލިމަނިކު އަދި ހަސަން މަނިކުއަށް އެތަން ލިބިފާ ވަނިކޮށް، އެދެބެއިންނަށް އޮތް، ހެންވޭރު، އޭރު ވާނީގެ ކިއާގޯތިން، އަލީ މަނިކަށްވީ ބައި ހަސަން މަނިކުއަށް ދީ، އަދި މައްޗަންގޯޅި ގޯތިން ހަސަން މަނިކަށްވީ ބައި އަލިމަނިކުއަށް ދީ، އެދެބައިންގެ ހަޔާތުގާ އެކަން އެގޮތަށް ނިންމާފާވާ ކަމުގާ، އެދެބެންގެ ބެހެނިވެރިން އިގުރާރުވާ ކަމާއި، 1375 މުހައްރަމް 2(1955މ އޯގަސްޓް 20)ގާ، ދާހިލިއްޔާ އަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ، ހ-2/4ނަންބަރު ސިޓީއިން، އެތަން އެއީ، އެއަލިމަނިކުގެ ދަރިންގެ ތަނެއްކަމުގާ ސާބިތުވާ ކަމުގަޔާ؛ އަދި ގަލޮޅުގާ އޮތް، މަލިކު ދޮންނަ..؟ ގޯތި ކުޑައަލީ ތަކުރުއަށް މިލްކުވެފާވާ ކަމުގާ، މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ ގޯތީގެ 3/2ބައި، ލިބިފާވަނީ އެތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުއަށް ކަމާއި، އަނެއް 3/1 އެއީ، މާބަނޑޭރި ހަސަން މަނިކު އާއި އަލީ މަނިކާއި ދެމީހުންގެ މަންމަ، އެ އަލިތަކުރުގެ ދޮންމަނިކެގެ ތަނެއް ކަންވެސް އެފަތުން ނާއި އަދި، 1374ހ ޝައުބާން 20(1955މ އޭޕްރިލް 14)ގާ، ދާހިލިއްޔާއަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ ހ-2/53ނަންބަރު ސިޓީން ސާބިތުވެފާވާ ކަމާއި؛ އަދި ޝަރީޔަތް މެދުވެރިކޮށް، މަޑިފުށީ މުހައްމަދު މަނިކުއަށް އެގޯތިން ލިބިފާވާ 3/2 ބޮޑުމިން، މާބަނޑޭރިގޭ އަލިމަނިކުގެ ދަރިންނަށް މިލްކުވެފާވާ ބައި(މއ.ޗިޅިޔާގެ)އާއި ބަދަލުކޮށް، ޗިޅިޔާގެއިން އިތުރުވީ ބޮޑުމިނަށް، އޭނާ އަގުދައްކާފާވާ ކަމާއި، ގަލޮޅުގާ އެއޮތް ގޯތީގެ، 6/1ނޫން ހުރިހާ ބައެއް، އަލިމަނިކުގެ ދަރިން، މުހައްމަދު މަނިކު، އަހުމަދު ދީދީ އަދި އައިޝަތު ދީދީ އަށް މިލްކުވެފާވާ ކަމާއި، އެ 6/1 މިލްކުވެފާވަނީ، މާބަނޑޭރި ހަސަން މަނިކުގެ ދަރިންނަށާއި، އޭނާގެ އަނބި، ކަނޑި މޫސާގެ ނޫރުއްނަހާރުއަށް ކަމަށާއި، އަދި މއ.ޗިޅިޔާގެ އެއީ، މަލިކު އަލީ ތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ދާހިލިއްޔާއިން ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Chilhiyaage, written in Thaana, stating ownership of the land (Size: 8.8" X 6.65")
1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ދޮންމަނިކުފާނުގެ ދޮންދީދީގެ ދެދަރިން، ބޮއިގަސްދޮށުގޭ ތުއްތުދީދީ އާއި ބިސްދޮންމަނިކުގެ ތުއްތުދީދީ އަދި ތަކަންދޫ ހުސެއިންގެ އަލީ ހާޒިރުވެ ތިބެ، މައްޗަންގޯޅި ނިކަގަސްމަގު އިރުން އޮތް، މިރުސް އީސާފުޅުއަށް، ވެލިދޫގޭ އަލީ ދީދީ ވިއްކާފާވާ ގޯއްޗާއި އެގޯއްޗާ އިންވެ އިރުންއޮތް ގޯއްޗާ ދެގޯތީގެ އެކު ބޮޑުމިނަށް އޮތް، 1208ހ(1794މ)ގާ، ފިރުބައިދޫ ދަލޭކާބީއަށް މިލްކުވެފާވާ ކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާވާ ގޯތި، އެމުޅިގޯތީން، 2/1 އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި އަލްހަތީބު ހުސެއިން އަށް ލިބި، އަދި މައްޗަންގޯޅި ދުންބުރުވާގެ ދޮންމަނިކުފާނުގެ ދޮންދީދީ އަށާއި ތުއްތުދީދީއަށް، ލިބުނު އެގޯތީގެ އިރުންއޮތް 2/1، އެތުއްތުދީދީ ނިއާވުމުން، އެތަނުން ބޮޑުގަލު ކުޑަމަނިކުގެ ދޮންމަނިކެއަށް، ހަލާލުބަޔަށް ލިބުނު ބައި، ބޮއިގޮސްދޮށުގޭ ތުއްތުދީދީ ގަނެ މިލްކުކޮށްފާވާކަމާއި، އަދި އެބަޔާއި، އެމީހުންގެ މަންމައަށް ވީބަޔާ، ދެބައި އެކުގާ، -/330 ރުފިޔާއަށް، ތަކަންދޫ އަލީއަށް ވިއްކައިފި ކަމުގާ ބުނެ، އަދި އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، ދޮންދީދީގެ ދެބެއިން އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރި ސައްހަ ކަމުގާ ނިޔާ ކުރަށްވާ؛ މއ.ދުންބުރުވާގެ އެއީ، ތަކަންދޫ ހުސެއިންގެ އަލީގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، އެ މަޖިލީހުން ނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މި ކަރުދާހުގެ 3ވަނަ ގަނޑުގާ:
1350ހ ޝައްވާލް 29(1932މ މާޗް 7)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ތަކަންދޫ ހުސައިނުގެ އަލީ އަތުން ބޮއިގަސްދޮށުގޭ އަހުމަދު ކަލޭފާނުތުއްތުގެ ދުންބުރުވާ ކުޑަމަނިކު -/400 ރުފިޔާއަށް ގަނެ، މއ.ދުންބުރުވާގެ، އެކުޑަމަނިކަށް މިލްކުވެއްޖެކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ، އެމަޖިލީހުން ނައިބު އަބްދުއްލޯ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Machchangoalhi Dhunburuvaage (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
1962މ އޭޕްރިލް 17(1381ހ ޒުލްގައިދު 12)ގާ، ށ.އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ، ހ.3-62/10ނަންބަރު ސިޓީގެ ޖަވާބެއްގެ ގޮތުން؛ އެއަތޮޅުގާ އެއްވެސް ވަގުފް އިމާރާތެއް، ބިމެއް ނެތްކަމާއި، އެކަމަކު، ފީވަށް، މަރޮށި، ގޮއިދޫ، ބިލެތްފަހި، މިރަށްރަށް ވަގުފް ކުރެވިފާ އޮތްކަމާ، އެކަމަކު ވަގުފްކޮށްފާ ފަރާތެއް އިނގެން ނެތްކަމާ، ފަތްތައް ވަނީ ވުޒާރަތުލް މާލިއްޔާއަށް ގެންގޮސްފާކަމާ، އޭރު އެރަށްރަށް އޮންނަނީ، މީހުންގެ އަމިއްލަ ރަށްރަށުގެ ގޮތުގާ ކަމުގަޔާ، އަދި އެއަތޮޅު، މާކަނޑޫދޫގާ، 'ދޮންސޮރު އައިހާ(އައިސަ)ކަނބުލޭގެ ވަގުފް' ކިޔާ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، 12 ރުކުގެ، ވަގުފް އަކާއި، 'ކަނދިކަނބުލޭގެ ވަގުފް' ކިޔާ، 80ވަރަކަށް ރުކުގެ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، ވަގުފެއް އޮންނަ ކަމާ، އެތަންތަނުގެ ފަތް ކުރީގާ އޮތްކަމުގާ ވިއަސްވެސް، އޭރު، އެއްވެސް ލިޔުމެއް އެތާ ނެތް ކަމުގަޔާ، އިތުރު ވަގުފްހުރިތޯ ބަލަމުންގެންދާ ކަމުގާ ބަޔާންކޮށް؛ އަތޮޅުވެރިޔާ، މޫސާ އިބްރާހީމް ލިޔެފާވާ ސިޓީއެއް. Letter sent by the Shaviyani Atoll Office regarding a waqf endowment (Size: 8.2" X 6.5")
1.Sh.Feevah, 2. Sh.Maroshi, 3.Sh.Goidhoo, 4.Sh.Bilehfahi, 5.Sh.Maakan'doodhoo - Letter (Endowed housing plot), letter(Endowment for property)
1351ހ ޝައުބާން 5(1932މ ޑިސެންބަރު 3)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތު، އޭނާގެ ބައްޕަގެ ތަރިކަމުދާ ބަހައިގެން އޭނާއަށް މިލްކުވެފާވާ، މައްޗަންގޯޅި ހޮޅުދޫ ހާޖީގެ ގޯއްޗާއިންވެ އިރުން އޮތް ގޯތި، އޭނާގެ ރުހުމުގާ ބައިތުލްމާލަށް ނަގާ، އޭގެ ބަދަލުގާ، ބައިތުލްމާލުން އޭނާއަށް ދިން ގޯތީގެ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1929މ)ގާ، ހަމަ އެ ޝަރީއަތުގެ މަޖިލީހުން ލިޔެފާވާފަތަކުން އެގޯތީ އެއީ އެ ދޮންތުއްތުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި ބަދަލުގާ ބައިތުލްމާލުން ދިން ގޯތީގެ މިން ހަމަކޮށް؛ އެތަނުގެ ދެކުނުބިތް ހޮޅުދޫ ހާޖީގެ ގޯތީގެ ދެކުނުން އޮތް މަގާ އިންވެ، އިރުބިތް، އައްސައްޔިދު މުހައްމަދު ސައީދުއްލޯ ޒުހުރީ ހެންވޭރު ހަތީބު މަނިކުފާނުގެ ގޯއްޗާ އިންވެ އޮތް ގޯތި(މ؟.ހިރިކުއްޅަގެ ގޯތި)، އެއީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތުގެ މިލްކުވެއޮތް ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Maafannu Hirirkulhlhage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
1332ހ(1914މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، އަރިއަތޮޅު ދެކުނުބުރި(އދ.) އޮމަދޫ، މުހައްމަދު ގެދަރި ހުސެއިންއަށް އޮމަދޫ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.2")
Adh - Omadhoo - Shrine endowment letter
1370ހ ޒުލްހައްޖު 10(1951މ ސެޕްޓެންބަރު 2)ގާ، މަހްކަމަތުލް ދާހިލިއްޔާއިން، މާފަންނު ސަރުދާރު ލިޔާކޮއި ކަޅުތުއްތު ގެނައި، އޭދަފުށީ ދޮށީސޮރުގެ ގޯތި (ކުރިކިހަށްފިލާގޯތީގެ) ފަތާއި އެފަތާއެކު އޮތް 3 ސިޓީ ބަލައިގެންފާ ދިން، އާފަތެއް ހަދާ އަތުލާފާވާ ރަސީދެއް.
Size: 4.6" X 4"
K - Male' - M.Kurikihahfilaa Goathii (Housing Plot) - Accounts (housing plot)
އެއްފުށުގެ މަތީގާ، 'ހާއްސަ އިނާޔަތެއްގާ ކަރައަށް ތަކެތި ފޮނުވާ ޑިކްލަރޭޝަން ފޯމް' ޖަހާ، އެކިބައި ފުރާލުމަށް ފަރުމާކޮށް، އަދި އަނެއްފަރާތުގާ، 'އެންގުން'، މަތީގާ ޖަހާ، ރާއްޖެއަށް، ތަކެތި އެތެރެކުރުމާއި ބޭރުކުރުމާއި ރީއެކްސްޕޯޓްކުރުމުގާ، އެކި ފަރާތްފަރާތުން، ޑިއުޓީ ނެގޭނެ ގޮތާއި މިންވަރު، އަދި އެހެން މައުލޫމާތު ލިޔެ، މާލޭ ކަސްޓަމްގެ ނަމުގާ ޗާޕްކޮށްފާވާ، (ހުސް) ފޯމެއް.
މީގެ 5 ފޯމު އެބައޮތް.
Export declaration form used by Maldives Customs (Size: 6.5" X 8.25")
1344ހ ޝައުބާން 18(1926މ މާޗް 3) ތާރީހުކޮށް، 'ރަންފުޅު ދޮންމަނިކުއަށް ބަހެއް' ޝުރުހީކޮށް، 'އެތެރެބަޑަހަލަށްރޯދަމަހުގެ' އަރިމަތީ ޝުރުހީއަކަށް ޖަހާ، އެކިއެކި ކެއިމުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ލިޔުމެއް.List of ingredients (Size: 12.9" X 8.2")
K - Male' - Royal Palace - list
ހިސާބުތަކެއް ޖަހާފާވާ ކަރުދާހެއް.
Note with mathematical calculations (Size: 6.3" X 4.2")