1208ހ ޖުމާދިލްއާހިރު 17(1794މ ޖަނަވަރީ 19)ގާ، އައްސުލްތާނު ގާޒީ ހަސަން އިއްޒުއްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރަށް؛ މާންދޫ ބޮޑު ބަނޑޭރިތަކުރުފާނުގެ ދަރި ކުޑަބަނޑޭރި ތަކުރުފާނުގެ ދަރި މަރިޔަމް މަނިކެގެ ދަރި އަލިމަނިކު ހާޒިރުވެ ހުރެ؛ އޭނާގެ މަތިފުށުންއައިސް އޭނާޔަށް މިލްކުވެފާވާ، ރައްދެބައިމަގުގެ ދެކުނުގާ އޮތް މާންދޫ ގޯއްޗާއި އެގޯއްޗާ އިންވެގެން 'ނޮރިންމަކަނު'(ދެކުނުހުޅަނގު)ކަނުގާ އޮތް، ފަށަވާޅު ކޮށްޓާއި، އެދެގޯތި ވަށާ އޮންނަ 119ބަމަ ހިންނަ ބިމާއި، އެބިމަށް އޮތްހާ ތަކެއްޗާއި، އެގޯތީގެ އުތުރުން އިންވެގެން، ބިހުރޯޒު މިސްކިތުގެ ދެކުނުން އޮތް 54ބަމަ ހިންނަ ބިމާއި، އެބިމުގާ ވާހާ ތަކެއްޗާއި، މާންދޫގޯތި ދެކުނުން އޮތް ކޮލިހިނގާ މަގާ އިންވެގެން، ވަށާ 48ބަމަ އޮތް ހިންނަބިމާއި، އެތަނުގާ ވީހާ ތަކެއްޗާއި، އެ ގޯއްޗާ އިންވެ އުތުރަށް އޮތް ކަދުކޮށްޓާއި ޖެހިގެން އިންވެ ދެކުނަށް އޮތް ބަންޑާރަ ބިމާއި އިންވެގެން ފޫރުއްބަ(އިރުމަތިން) އޮތް، ބަންޑާރަ ބިމާއި، ދޮށުންގެ ބިމާއި މިދެބިމާއި އިންވެ، އުތުރަށް އޮތް ކަލާފާނު މިސްކިތު ބިމާއި، ފާމުލަދޭރި ކިލެގެފާނު މިސްކިތު ބިމާއި، އެދެބިމާއި އިންވެ ދެމެދުގާ އޮތް، ފަށަވާޅުކޮށިން ބޮޑު ބަންޑާރައިންގެ ބިމަށް 61ބަމަ ލައި، ވަށަމިނުގާ 193ބަމަ ހުރި މާންދޫގޭ ބިމާއި، އެބިމުގާވާހާ ތަކެއްޗާއި، އެ އަލިމަނިކުގެ މިލްކުން ކަނޑާ، އައްސުލްތާނު ހަސަން ނޫރައްދީނަށާއި، އެރަދުންގެ މައިކަމަނާ އައިމިނަ މަނިކުފާނަށާއި، ބައްޕާފުޅު އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނަށް ވަގުފްކޮށް، ހަވާލުވެރިކަން އެ ރަދުންގެ ދަރިކޮޅަށް ދީ، އަދި، އެ އަލިމަނިކުގެ، ހައްދުއްމަތީ ގަމުގެ މަތިމަރަދޫގާ ހުރި މިސްކިތު ބޯގަ އާއ، މުކުރު ހިންނައާއި، އަދި އެ މިސްކިތުގެ ބޯގަޔަށް ވާހާ ތަކެއްޗާއި، އެމިސްކިތް ހުރި ހިންނައާއި، ގަމުން އަލީމަނިކަށް މިލްކުވާހާ ބިމާއި، އެބިންބިމުގަ ވާހާ ތަކެއްޗާއި، މާންދޫ އާއި ފޮނަދޫއިން އޭނަޔަށް ވާހާ ތަކެއްޗާއި، ކުޑަފެންރެހާ އާއި އައްލަންދޫ އާއި، އެތާނގާ ހުރިހާ ތަކެއްޗަކާއި، މިހުރިހާ ހިންނައާއި ތަކެތި 'ފޫރުއްބަ ރަސްބައި'(ޓެކްސް) ކަނޑާ، ގަމުގެ މަތިމަރަދޫ މިސްކިތައް ވަގުފަށް ލަށްވާ، އެ އަލީމަނުކު މައްޗަށް އޮތް ހަވާލުވެރިކަން 'ރަންދިޔަގެފާނު'(ރަދުންގެ އަނބި/އަންހެން ދަރި؟؟)ޔަށް ވަގުފަށް ލަށްވާ، ހަވާލުވެރިކަން ރަދުންނާއި ރަދުންގެ ދަރިކޮޅަށް ލަށްވައިފިކަމަށާއި، އެ މިސްކިތުގެ މުދިމަށް 'ވާރުކޮޑި'(ވާރު އޮޑި؟؟/ވާރުން އިސްތިސްނާވުން؟) ލަށްވައިފި ކަމުގާ، އެއަލީމަނުމު ބުނުމުން، އެމަގަށް ފަތް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިން ކިޔުއްވުމުން، ފުރަމާލޭ ފަތެއްލިޔާ އަލީ ލިޔެފާވާ ފަތެއް. Size; 35.5" X 14.7"
K.Male' - Maandhoo Goathi (Housing Plot) - Deed for housing plot
(ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'އަސްކަރުން'، މިހެން ޖަހާ، ފަސް ބަޔަކަށް ބަހާ، ފުރަތަމަ ހަތަރުބައި، 'މާފަތްގެ އަގުރަންނައޮޅި މި ނަމުގާ: މުހިއްދީނު އާދަމް ކަލޭފާނު، ކައިރު ދަންޑެހިލު ތައްހާނު، ހުވަރަފުށީ ކާސިން ތައްހާނު، ހައްދުންމަތީގޭ އަލިމަނިކު، ޅަކަލޯ، މުރައިދޫ ކާސިން ތައްހާނު، ލަންދޫ މޫސާ ކޮއި، މިރުސް ތުއްތު، މިރުސް މޫސާ ކަލޭފާނުގެ ދޮންތުއްތު، ހިކަނދި އީސާފުޅު، ކޮއްޔަ ތައްހާނު، މިރުސް އީސާފުޅުގެ ދޮންތުއްތު އަދި ގުއިކަރު އާދަމްފުޅު، ދެވަނަ ބައި، ހަކުރާގޭ އޮމާއޮޅި މި ނަމުގާ؛ ފާމުދޭރިގޭ ތުއްތުދީދީ، މާމާގެ އިދުރީސް ތައްހާނު، ދަލޭކާފުޅު ދޮންތުއްތު، ވަޑިކޮއި ދޮންތުއްތު، ޅަކޮއި އާދަމް ތައްހާނު، ކާށިދޫ އިބްރާހީމް ތައްހާނު، ބަބުރުކޮއި މޫސާފުޅު އަދި އުބުށެން ތައްހާނު، ތިންވަނަ ބައިގާ، ވެލާނާގޭ މުސްކުޅި އޮޅި، މިނަމުގާ: ފެންތަށި އާދަމް ކަލޭފާނު، މިރުސް ދޮންތުއްތު، ހޭނަ ޔަހުޔާ، ސިއްކަ އަލީ ދީދީ، ސިއްކަ މޫސާ ދީދީ، ފައްކާ މުހައްމަދު މަނިކު، ހޮޅިކޮށީ އެދުރު މަނިކު، ހިމިތީ ދޮށީކޮއި އަދި އޮޅިތެރި ދޮންތުއްތު، އަދި ހަތަރުވަނަ ބައި، ދޮށިމޭނާގެ މި ނަމުގާ: ހިތާދޫ ދޮން ތައްހާނު، މިރުސް އާދަމް ފުޅު، ސޯޅިޔާ ދޮންހުސެއިން، ބިލާލު އިސްމާއީލް ދީދީ، ހަނީފާ ދޮންކަލޭފާނު، ގާފަރު އަލީ، އަދި ބުޅި ހާޖީ، އަދި ފަސްވަނަބައިގާ(ބައިގެ ނަމެއްނެތް)، ކާފޯގޭ އިސްމާއީލް މަނިކު، ބަނޑިދޫ އުމަރު ތައްހާނު، ދައްޕަރު ތުއްތުދީދީ، ސީވަލު ކުޑަތުއްތު، ކަޅުފުތު އިސްމާއީލްފުޅު، ފިނދަނު އަލިފުޅު، ކުކުޅުކޮއި އަދި ކޮލިގޭ އީސާފުޅު، އެމީސްމީހުންގެ ނަން ޖަހާފާވާ ލިސްޓެއް. List of names of royal guards listed in five columns. The first Maafaige Aguranna'olhi, lists: 1. Muhhidheen Adamkaleyfaan 2. Kairu Dhandahilu Thahhaan 3. Huvarafushee Kaasain Thahhaan 4. Hadhunmatheegey Alimanku 5. Lhakalo 6. Muraidhoo Kaasin Thahhaan 7. Landhoo Moosaakoi 8. Mirus Thuthu 9. Mirus Moosa Kaleyfaanuge Dhonthuthu 10. Hikandhi Easaafulhu 11. Koyya Thahhaan 12. Mirus Easaafulhuge Dhonthuthu 13. Guikaru Adamfulhu. The second column “Hakuraagey Omaan'olhi” lists: 1. Faamudheyrigey Thuthu Dīdī 2. Maamaage Idhurees Thahhhaan 3. Kaashidhoo Ibrahim Thahhaan 5. Baburukoi Moosaafulhu 6. Ubushen Thahhaan. The third column “Velaanaage Muskulhi'olhi”: 1. Fenthashi Adamkaleyfaanu 2. Mirus Dhonthuthu 3. Heynaa Yahya 4. Sikka Ali Dīdī 5. Sikka Moosaa Dīdī 6. Fakka Muhammed Manik 7. Holhikoshee Edhuru Maniku 8. Himithee Dhosheekoi 9. Olhitheri Dhonthuthu. The fourth column “Dhoshimeynaage” lists: 1. Hithaadhoo Dhon Thahhaan 2. Mirus Adamfulhu 3. Soalhiyaa Dhon Hussein 4. Bilal Ismail Dīdī 5. Haneefaa Dhonkaleyfaanu 6. Gaafaru Ali 7. Bulhi Haajii. The fifth column is untitled, listing the names of: 1. Kaafoage Ismail Maniku 2. Banddidhoo Umaru Thahhaan 3. Dhapparu Thuthu Dīdī 4. Kalhufuthu Ismailfulhu 5. Finndhanu Alifulhu 5. Kukulhukoi 6. Koligey Easafulhu. (Size: 13.4" X 16.5")
K.Male' - list (Royal Gaurds)
1218ހ ޒުލްހައްޖު 12(1804މ މާޗް 24)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނުގެ ޝަރީއަތު މަޖިލީހުގާ، ރިނބުދޫ ދޮންމޫސާ ހަތީބު ތަކުރުފާނުގެ ދަރި ދޮންއަލީ ކަލޭގެ، މައްޗަންގޯޅި ރަށްދެބައިމަގަށް އަތިރިއަށް އެރޭ މަގުގެ ވައަތުފަޅީގާ އޮތް، ކުޅުދުފުށީ ހުސެއިން ތަކުރުފާނުގެ ގޯތި ބަހާ، އެތަކުރުފާނުގެ ދަރިން ހައްވާބީ އާއި ވާތީ އަހަންމާބެ، އަދި އެތަކުރުފާނުގެ އަނބި ހައްވާފާނުއަށް ވީތަން ނޫން އެހެން ހުރިހާތަނެއް، އެ ދޮންއަލީ ކަލޭގެ ގަނެ މިލްކުކޮށްފި ކަމުގަޔާ، އަދި އެގޯއްޗާ އެތަނުގާ ވީހާ ރުއްގަހާ އަދި އެތާގާ ވީހާ ތަކެއްޗެއް، އޭނަގެ މިލްކުން ކަނޑާ، އެތަން ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ ތިބިއްޔާތިބި ދަރިއަކަށާ، އަދި އެދަރިން ނެތްނަމަ، އެދަރިންގެ ދަރިކޮޅަށް ލަށްވާފިކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެޝަރީއަތު މަޖިލީހުން ލިޔެވާފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މިފަތުގާ ބުނެފާވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތްލިއެދީފާވާ ކަމުގާ، ބުނެފާވާ ލިޔުމެއް.
Court order arranging for the division of a plot of land owned by Kulhudhufushi Hussein Thakurufaanu on the road to the sea on the left side of Machangoalhi Rahdhebai Magu. It is stipulated that it be divided between his children: Hawwaabee Ahannmaabe and Vaathee Ahannmaabe, and his wife Hawaafaanu, after which the remainder shoudl be sold to Dhon Alikileyfaanu, son of Rinboodhoo Dhonmoosa Hatheebu Thakurufaanu. Kulhudhufushi Hussein Thakurufaanu also endowed palm trees and other assets to his descendants. On the reverse is written a note recording that the order of the court was executed on October 23, 1953, and copied by Elaa. (Size:15.8" X 10.6") Chief Justices - Al Ghaazee Moosa Muhyiddin
K.Male' - Kunnaaru Goathi (Housing Plot) - Deed for housing plot
1162ހ(1749މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 29ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް، މާޅޮސްމަޑުލު ކިނޮޅަސް، އުނޑުދޫ، ފުނަދޫ، ކުޑަރިކިލު އަދި ކެންދޫ މީހުން ގޮސް، ކިނޮޅަސް މީހުން، އެމީހުން އަންޒަމާނުއްސުރެ ފަރުހިލާ، މަސްހިފާ ތަންތަންކަމުގާވާ، ދިގުފަރު، ފެންބޮއްތިބޭ އަންހެންފުށި އަދި އެރަށުގެ ފަޅު، ކަށިއުރި ފަޅު އަދި ގާގަނޑުފަރު، މިތަންތަނުން ބޮލިހިލާ، މަސްހިފާ ހެދުން، އަނެއް ހަތަރުރަށުގެ މީހުން މަނާކޮށްފި ކަމުގާ ބުނެ، އެކަން ހަމަޖަށްސަވާދެއްވުމަށް އެދުމުން؛ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މިބައިމީހުން ފޮނުއްވާ، އެމަޖިލީހުގާ، އެތަންތަނަކީ، ކިނޮޅުހު މީހުން އަންޒަމާނުއްސުރެ ބޮލިހިލާ، މަސްހިފާ، އެފަދަ ކަންތައް ކުރާ ތަންތަން ކަމުގާ، އަނެއް ހަތަރު ރަށުގެ މީހުން އިގުރާރުވުމުން، އެތަންތަން ކިނޮޅަހު މީހުންނަށް ލައްވާފިކަމުގާ ނިޔާކުރެއްވުމުން، އެ މަޖިލީހުން، އުމަރު ގަދަހަމާދީ ލިޔެފާވާ ދިވެސްއަކުރުގެ ފަތުގެ، 1340ހ ޝައުބާން 13(1922މ އޭޕްރިލް 11)ގާ، ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 12.22" X 8.3"
R.Kinolhas - Dhigurah, Anhenfushi, Kashiuri Falhu, Gaagan'dufaru - Order (Reef)
1339ހ މުހައްރަމް 24(1920މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާލެއަތޮޅު ގުރައިދޫ މިސްކިތުގެ ހަވާލުވެރިން ކަމުގާވާ، ގުރައިދޫ އަލިމަނިކުފާނުގެ ދަރިން، އެމިސްކިތުގެ އިމާރާތް އާކޮށްފިކަމާއި، އެމިސްކިތުގެ ކުރީގެ ބޯގަ ފަތް ވަނީ ބާވެފާކަމުގާ ބުނެ، އެ ފަތް އާކޮށްދެއްވުމަށް އެދުމުން، 1209ހ(1795)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު އާކޮށްދެއްވާފާވާ ފަތް ބަށްލަވާ، އޭގާ ވާގޮތުގެ މަތިން، މިލަދުންމަޑުލު (ށ.)ދަށުކޮމަންޑޫ އާއި، (ނ.)ހުޅުއްދޫ އާއި މާލެއަތޮޅު ފިހާޅޮހި އާއި، ގުރައިދޫ ރަސްގެތުނޑިއޭ ކިޔާތަނުގެ 400ބަމަ އާއި، މާމިސްކިތް މަގާ އިންވެގެން، ދެކުނަށް އޮތް ހިންނަބިންގަނޑާއި، އެތާގާވީހާ ތަކެއްޗާއި، އަދި އެ މިސްކިތް ހުރިބިމުގެ 457ބަމަ އާއި އެބިމުގާ ހުރިހާ އެއްޗެއް، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެ މިސްކިތުގެ ހަވާލުވެރިޔާކަން، އިބްރާހީމް އިސްކަންދަރުގެ މަންމަ، ކަނބާއައިސަ ރަނި ކިލެގެއަށާއި، އޭނާގެ ދަރިކޮޅަށް ލަށްވާ، އާ ފަތެއް ލިޔުމަށް އަމުރުނެރުއްވުމުން، ފުރަމާލޭ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެ ދަރި އަބްދުއްލޯ ލިޔެފާވާ ފަތެއް. Size: 17" X 9.4"
K.Guraidhoo - Guraidhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހެއް ނެތް) އައްސުލްތާނު އިބްރާހީމް އިސްކަންދަރު(ފަތަކުނެތް... ހުކުރުމިސްކިތް ބިނާކުރެއްވީ އެރަދުން ކަމުން) އެމިސްކިތް(ހުކުރު މިސްކިތް) ބިނާކުރަށްވާފާ، މިހުރާބުގޭ ފަސް މުދިމުން، ކޮންމެ ހުކުރު ދުވަހަކު ބަންގީ ސޮލަވާތް ގޮވާ، މާމުދިމަކު މަހާ ވޮޑިގަތުމަށް އެދި(މާނަ ނޭނގޭ.... ހީވަނީ ރަސްގެފާނުން ވަޑައިގަތުމަށް އެހުން ހެން)، ކޮއިލު ސޮލަވާތް ގޮވާ، ސުއްޖާދު(ރަދުންގެ މުސައްލަ)އުފުލާ، ހުތުބާ ކިޔާ، އައުދަ(ކަނޑި)ނަގާދީފާ، ދެންތިބި މުދިމުން، ކަތީބަކު ބަލާދިއުމާ، ސޮލަވާތް ފޮތާއި ފޭލި ގެނެސް ރަދުންނަށް ދިނުމަށާއި، އަދި ކޮންމެ ހުކުރު ދުވަހަކު ޒިޔާރަތްކައިރީގާ ޔާސީން ކިޔެވުމަށާއި، އަދި ކޮންމެ ދުވަހަކު 3 ފަހަރު އިހްލާސް ސޫރަތް ކިޔެވުމަށް އަންގަވާފަޔާ، އަދި، ދޮށުން ދޭ 18ލާރިއާ، ތުލުސްދޫއިން 136ބަމަ ހިންނައަކާ، މާލޭ މައްޗަންގޯޅިން 136ބަމަ ހިންނައަކާ، 'މަލަގުރައިދޫ'؟(އ.ނަލަގުރައިދޫ؟/މާލެއަތޮޅު ގުރައިދޫ؟)ގެ ދެބައިކުޅައެއްބަޔާ، 'ކުނާމީދޫ'؟ (ރ/ދ/ސ؟)އާއި، ދ.ވެލަވަރު؟ ރަސްބޮއްޔާ، ގަމުއަތޮޅު ގަމުން(ލ.ގަން؟؟) 100ބަމަ ހިންނައަކާ، 'މަގަތައްލާބަދުވާ'؟؟އާއި މިހުރިހާއެއްޗެތީން، މިކަންތައް(ހުކުރުމިސްކިތް ބެލުން؟؟؟) ކުރުމަށް ލެއްވި ކަމުގާ ހުކުރުމިސްކިތުގެ މެދު މިސްކިތުގެ ދެކުނުއިރުމަތީ ތަނބުގާ ހުރި ދިވެސްއަކުރު ލިޔުމެއްގެ ތާނަ ތަރުޖަމާއެއް. Size: 10.2" X 8.3"
K.Male' - Hukuru Miskiiy (Mosque) - Order
1350ހ ރަޖަބް 27(1931މ ޑިސެންބަރު 7)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، މުރީދުގޭ ކުޑަމަނިކުގެ ތުއްތު އާއި ޔޫސުފް މަނިކުގެ ދޮންމަނިކެގެ ފިރި އަހުމަދު ދީދީ، ގަލޮޅު ދަހަރާގެއާ އިންވެގެން ދެކުނުން އޮތް ވަގުފް ގޯތިން، އެތުއްތުގެ ބައްޕަ، ކުޑަމަނިކުއަށް ވީތަން، ކުޑަމަނިކުގެ ދެބެއިންނަށް ބަހާ، ކުޑަމަނިކުގެ ތުއްތުއަށްވީ ބައި، އޭނާގެ ބޭބެގެ ދަރި ދޮންމަނިކެ އަތުން، -/200 ރުފިޔާ ނަގާ އޭނާޔާ ހަވާލުކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ތުއްތު ވިޔަސް އޭނާގެ ދަރިކޮޅު މީހަކަށް ވިޔަސްވެސް، އަނބުރާ އެ ފައިސާ އާއި އެމަނިކެ ކޮށްފާވާ އިމާރާތުގެ އަގު ނުދީ، އެތަން ނުނެގޭނެކަމުގާ ނިޔާކޮށް، ލިޔެފާވާ ލިޔުމެއް. (Size: 6.2" X 9") Chief Justices - Al Ghaazee Hussain Salahuddin
K.Male' - Order (Housing plot)
1161ހ(1748މ)މިތާރީހު، ފަތުގެ 13ވަނަ ފޮޅުވަތުގާ އަރަބި ހިސާބުއަކުރުން ލިޔެފާ، އަދި 2ވަނަ ފޮޅުވަތުގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
އަދި ފަތުގެ ނުފުށުގާ، 'އޮޅުވެލިފުށި މިސްކިތު ބޯގަ' މިހެން ތާނައިން ލިޔެފާވޭ.
Size: 12.5" X 11.4"
Lh.Olhuvelifushi - Lh. Olhuvelifushi Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ، 'ކައްޗޭމީދޫ މިސްކިތަށް އޮތް ފަތެއް' މިހެން ތާނައިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް. Size: 16.2" X 12.7"
R.Meedhoo - Mosque - Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް) މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ހަންޏާމީދޫ މީހުން ގެނައި' މިހެން ޖަހާފާވޭ. Size: 15.1" X 11.5"
A.Hangnyaameedhoo - A.Hangnyaameedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy), Order