Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F1-24 · Item · 1957
Part of Documents

1957މ ޖަނަވަރީ 13(1376 ޖުމާދިލްއާހިރު 12)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، ޕޯލް އެލް ޗެޕްމަން، އެރަދުންގެ ސޮއެ(އޮޓޯގްރާފް)އަށް އެދި، ލިޔެފައިވާ، 2 ސްޓޭންޕް ޖަހާފާވާ، ކާޑެއް. Letter sent by Paul L Chapman to Sultan Mohamed Fareed Didi on January 13, 1957, requesting an autograph (Size: 3.2" X 5.5")
America - card (foriegn)

National Archives of Maldives
NAM DOC-MN-F1-23 · Item · 1960
Part of Documents

1960މ މާރޗް 11(1379ހ ރަމްލޯނު 13)ގާ، (ވަކިމީހަކަށް މުހާތިބު ކޮށްފައެއް ނެތް) "ހެލެން ފުލްޑް ހެލްތް ފައުންޑޭޝަނުން"ގެ ލިއޮނާޑް ފެލިކްސް، އެމީހުން، ދުނިޔޭގެ އެކި ގައުމުތަކުގެ ނަރުހުންގެ ޔުނިފޯމު އެއްކޮށް، މައުރިޒެއް ބާއްވަން އުޅޭތީ، ދިވެހިރާއްޖޭގެ ނަރުހުންގެ ޔުނީފޯރމެއް ފޮނުވަން ނޫނީ ވިއްކުމަށް އެދި، ފޮނުވާފާވާ ސިޓީއެއް.Letter sent by Leonard Felix of the Helene Food Health Foundation, New Jersey, USA, on March 11, 1960, requesting Maldivian nurse uniforms for an exhibition on nurse uniforms from around the world (Size: 3.2" X 5.5")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-22 · Item · 1958
Part of Documents

1958މ ޖަނަވަރީ 23(1377ހ ރަޖަބް 3)ގާ، ދިވެހި ރަދުންނަށް، އާތާ އެފް ބެލް ކިޔާ އެމެރިކާ މީހެއް، ރަދުންގެ ސޮއެ(އޮޓޯގްރާފް)އަށް އެދި ލިޔެފައިވާ ސިޓީއެއް. Letter sent by Arthur F Bell to Sultan of the Maldives on January 23, 1958, requesting an autograph (Size: 11" X 8.5")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-21B · Item · 1955
Part of Documents

1955މ ޑިސެންބަރު 17(1375ހ ޖުމާދިލްއައްވަލް 2)ގާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ 9 ޕެންސްގެ ޕޯސްޓު ކޫޕަނެއް. Size: 3.9" X 4.1"
United Kingdom - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-21A · Item · 1955
Part of Documents

1955މ އޯގަސްޓް 17(1374ހ ޒުލްހައްޖު 28)ގާ، "ކޮމަންވެލްތް ރިޕްލައި ކޫޕަން" މިހެން އިނގިރޭސިން ލިޔެފައިވާ، ރަތްކުލައިގެ 3 ޕެންސްގެ ޕޯސްޓު ކޫޕަނެއް. Size: 3" X 4.2"
United Kingdom - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-21 · Item · 1955
Part of Documents

1955މ ޑިސެންބަރު 26(1375ހ ޖުމާދިލްއައްވަލް 11)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އިނގިރޭސިވިލާތުގެ އެގްރިކަލްޗަރާ ބެހޭ ނޫސްވެރިޔެއް، ލޯރެންސް ޑީ ހިލްސް، ދިވެހިރާއްޖެޔަކީ، އޭރުގާ ދުނިޔޭގާ އޮތް، ހަތަރެސްކަން ރިޔާ ނަގާފާވާ އޮޑިފަހަރު ހުންނަ ހަމައެކަނި ފްލީޓު ކަމުގާ ބުނެ، އަދި ރާއްޖޭގާ އެފަދަ އޮޑި ބަނދެފާ އެހުންނަހާ ޗާލުކޮށް ދުނިޔޭގެ އެއްވެސް ތަނެއްގާ އޮޑިފަހަރު ނުބަނދެވޭ ކަމާ، އެމެރިކާ އަދި އިނގިރޭސިވިލާތަށް ރާއްޖެޔާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭކަމާ، އަދި ރާއްޖޭގެ މީހުންނަކީ، އޮޑިދޯނި ބަނުމުގާ ދުނިޔޭގެ މައްޝޫރުކަން ހައްގުވެގެންވާ ގަދަ ކިއްސަރުވަޑިން އަދި ގަދަ ނެވިން ކަމާ، އަދި މިކަން އިޝްތިހާރުވެއްޖެއްޔާ، އެކަމުގެ ސިނާއަތެއް ރާއްޖޭގާ އުފެއްދި، ރާއްޖޭގެ ތަރައްގީވާނެ ކަމުގާ ލިޔެ، މިސިޓީ އެކަމާ ބެހޭ އޮފީހަކަށް ހަވާލުކޮށްދެއްވުމަށް އެދި، އަދި އޮޑިފަހަރުގެ ފޮޓޯޔާއި، އޮޑީގެ ދިގުމިން، އޭގާ އާންމުކޮށް އުފުލާ މުދާ، ފަޅުވެރިންގެ އަދަދު، އެންމެފަހުން އޭގެ އޮޑިއެއް ބައިން އިރު، ބަންނަން ދާ ހަރަދު، މިފަދަ މައުލޫމާތު ފޮނުވަން އެދި، އޭނާޔަކީ، ފޮތް ޝާއިއުކުރާ ކުންފުންޏެއްގެ އޭޖެންޓެއް ކަމުން ރާއްޖޭގެ އޮޑިފަހަރުގެ ވާހަކަ ލިޔުމަށްޓަކާ، އިނގިރޭސި އިނގޭ ކެޕްޓަނެއް ވޭތޯޔާ، އަދި ނެތިއްޔާވެސް، އެމީހުންގެ އެހީއާއެކު އެކަންކުރެވޭނޭކަމާއި، ދުނިޔޭގާވާ، އެވަށްތަރުގެ ރިޔާނެގި އެންމެފަހުގެ އޮޑިފަހަރެއްގެ ކައްޕިއެއްގެ ވާހަކީ މުޅިދުނިޔެވެސް ކިޔާނެ ކަމާއި، އެފޮތުން ރާއްޖެޔަށް އާމްދަނީ ލިބޭނެކަމާ، އަދި އޭނާ އެއުޅެނީ ލާރިކޮޅެއް ހަދާލަން ނޫންކަމާ، އޭނާ ބޭނުންވަނީ ރާއްޖެޔާ ރާއްޖޭގެ އޮޑިފަހާރާ ދުނިޔެއަށް އަންގާދޭންކަމާ، ދިވެހި އޮޑިޔަކީ، ޗާލު، މަދު އަދި ދުރުގާވާ އެއްޗެއްކަމާ، އދވސ.، ލިޔެ ފޮނުވާފާވާ ސިޓީއެއް. Letter sent by Lawrence D Hills, an agricultural reporter of Braintree, Essex, UK, to Sultan Mohamed Fareed Didi on December 8, 1955. Hills was interested in merchant ships of the Maldives and suggested various ideas to disseminate knowledge of Maldivian ships (Size: 8" X 5")
United Kingdom - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-20 · Item · 1958
Part of Documents

1958މ މާރޗް 3(1377ހ ޝައުބާން 12)ގާ، ދިވެހިރާއްޖޭގެ ރަދުން، އައްސުލްތާނު މުހައްމަދު ފަރީދް ދީދީއަށް އެޑްރެސްކޮށް، ނުފުށުގާ، 'ލިއޯރާ ސްޕިއާޒް 211 މާޝަލް ޑްރައިވެ ލުއިސްވިލް 7، ކެންޓަކީ'ގެ އެޑްރެސް ޖަހާ، ސްޓޭންޕްއާއި އެކީ އޮތް ސިޓީއުރައެއް. Envelope sent from Louisville, Kentucky, USA, to Sultan Mohamed Fareed Didi in 1958 (Size: 4.1" X 6")
America - Envelope

National Archives of Maldives
NAM DOC-MN-F1-19 · Item · 1959
Part of Documents

1959މ އޯގަސްޓް 25(1379ހ ސަފަރު 24)ގާ، ދިވެހިރާއްޖޭގެ ރަދުން އައްސުލްތާނު މުހައްމަދު ފަރީދް ދީދިއަށް، 'ބާރަ ހާސް ރަށުގެ(އައިލަންޑު) ރަދުން' ނަށް އެޑްރެސްކޮށް، އެމެރިކާގެ 'ވިލްކޮންސަން އެވެނިއު، ސްޓެރެޓްފޯޑް'ގެ އެޑްރެސް ޖަހާ، ސްޓޭންޕް އާއި އެކީ އޮތް ސިޓީއުރައެއް. Envelope sent from Stratford, Connecticut, USA, to Sultan Mohamed Fareed Didi on August 25, 1959 (Size: 4.6" X 6.2")
America - Envelope

National Archives of Maldives
NAM DOC-MN-F1-18 · Item · 1957
Part of Documents

1957މ ޖުލައި 8(1376ހ ޒުލްހައްޖު 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، ތުރުކީގެ ކުރީގެ ޖެނެރަލެއް ކަމުގާވާ ބުރުހާނުއްދީން އަހުމަދު އެރިލްގޫން ކިޔާ މީހަކު، އެމެރިކާގެ މަޖައްލާއަކުން، ދިވެހިރާއްޖޭގެ ވާހަކަ ކިޔުމަށްފަހު، ތުރުކީގެ މައުލޫމާތު ކޮޅެއް ލިޔެ، ދިވެހިރާއްޖެއަށާ، ރަދުންނަށް ތައުރީފުކޮށް، ހެޔޮ ދުއާ އާއި ތަހުނިޔާ ފޮނުވާފާވާ ސިޓީއެއް. Letter sent by Buruhaanu Deen Ahmed Erilguun, a retired Turkish General from Istanbul, to Sultan Mohamed Fareed Didi on July 8, 1957 (Size: 9.9" X 7.2")
Turkey - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-17 · Item · -
Part of Documents

(ތާރީހެއް ނެތް) އައްސުލްތާނު މުހައްމަދު ފަރީދް ދީދީއަށް، ޖޯން ބީ ޑައުނިންގް، އިނގިރޭސި ސިފައިންގެ މީހެއް، އޭނާ އެކި ގައުމުތަކުގެ ސިފައިންގެ ބެޖް އެއްކުރާތީ، ދިވެހިރާއްޖޭގެ ސިފައިންގެ ބެޖަކަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by John B Downing, a police officer from Worcestershire, UK, to Sultan Mohamed Fareed Didi, requesting a Maldivian Police badge (Size: 7" X 5.4")
United Kingdom - letter (Foriegn)

National Archives of Maldives