(ތާރީހެއް ނެތް)، 'ރަސްކަމަށް ކޮލިލާދުވަހު ރަދުން ވަޑައިގެން ދަރުބާރުގެއަށް ވެދެވަޑައިގަތުމަށްފަހު ކުރާންވީ ކަންތައް' މިހެން ސުރުހީއަކަށް ޖަހާފާވާ، އަރަބި އަކުރުން ނަންބަރު ޖަހާ، 27 ނުކުތާއަކަށް، ލިސްޓުކޮށްފާވާ، ކޮލިލުމުގެ މުނާސަބަތުގެ ހަރަކާތްތަކުގެ ޕްރޮގްރާމުގެ ދެވަނަބައި.Programme for a coronation ceremony (Size: 13.25" x 8.25")
K - Male' -Royal Palace - Coronation(Programme)
1908މ ޑިސެންބަރު 4(1326ހ ޒުލްގައިދު 10)ގާ، ކޮޅުބުގާ ހުންނަވާ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ؛ ޝްރީލަންކާ ސަރުކާރުން އޭނާޔާ ބައްދަލުކުރަށްވާ، ވިލާތުން އެ ސަރުކާރުގާ، ރާއްޖޭގާ އުޅޭވައްތަރުގެ ދެތިން ވާލަށް އެދިފާވާވާހަކަ ބުނެ، އެއެއްޗެތި ކުނިނުވެ ގެންދާނެގޮތް ލިޔެފާ އިނގިރޭސިވިލާތުން ފޮނުވާފާވާ، އެސަފީރަށް އަތްޕުޅަށް ދެއްވި، ލިޔުމެއްގެ ކޮޕީއެއްގާ، އޭނާ، އެ ބައްދަލުވުމުގެ ވާހާކަ ވިދާޅުވެ، ދިވެހިސަރުކާރަށް ލިޔުއްވައިގެން އެކަންތައް ކޮށްދެއްވިދާނެކަމުގާ އޭނާ ވިދާޅުވި ކަމާ، އެކަމަށް ބޭނުންވާތަކެތި ޝްރީލަންކާ ސަރުކާރުން ދޭންބުނުމުން، އެކަން ދިވެހި ސަރުކާރުން ކުރެވިދާނެކަމުގާ ވިދާޅުވި ކަމާ، އަދި އެއްޗެތި ކުނިނުވެ ފޮނުވާނޭގޮތް ދިވެހިން ލިޔުއްވާ، އަދި ވީހާވެސް އަވަހަކަށް އެކަން ކޮއްދެއްވުމަށް އެދި؛ ރާއްޖޭގެ ބަނޑޭރި ގެޔަށް ފޮނުވާފާވާ ސިޓީއެއް.A letter requesting to sent a sample of a Maldivian bat species, togehter with instructions for its preparation for shipment (Size: 13.1" x 8")
Sri Lanka - Maldivian Embassy - letter(Official)
(ތާރީހެއް ނެތް)، 'ރަސްކަމަށް ކޮލިލާދުވަހު ރަދުން ވަޑައިގެން ދަރުބާރުގެއަށް ވެދެވަޑައިގަތުމަށްފަހު ކުރާންވީ ކަންތައް' މިހެން ސުރުހީއަކަށް ޖަހާފާވާ، އަރަބި އަކުރުން ނަންބަރު ޖަހާ، 12 ނުކުތާއަކަށް ލިސްޓުކޮށްފާވާ، އެދުވަހުގެ ހަރަކާތްތަކުގެ ޕްރޮގްރާމުގެ ތިންވަނަބައި.Programme for a coronation ceremony (Size: 13" x 8.25")
K - Male' - Royal Palace - Coronation(Programme)
1906 ޖަނަވަރީ 23(1323ހ ޒުލްގައިދު 27)ގާ، 'ޓީ. އޭ؟؟ ނޫރުބާއި' އަދި ހެކިންގޮތުގާ 3 މީހަކު ސޮއި ކޮށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެ ނޫރުބާއި އަށް ދެއްވަން އޮތް 20،000.00 ރުފިޔާ ގެ އެންމެފަހުބައި ކަމުގާވާ 10،000.00 ރުފިޔާ، ދިވެހި ސަފީރު އަބްދުލް ހަމީދު ދީދީ މެދުވެރިކޮށް، އެ ނޫރުބާއި ލިބިއްޖެ ކަމުގެ، ސިލޯނުގެ 5 ލާރީގެ އިސްޓޭމްޕެއް ޖަހާފާވާ، ރަސީދެއް.
އަދި މި ކަރުދާހުގެ އަނެއްފުށުގ:
ހާޖީ އިމާދުއްދީނު މަނިއްޕުޅު، ތައްޔިބު އަލީ ޖީވަންޖީ ނޫރުބާއީ އަށް ދެއްވާން އޮތް ފައިސާ، ދިވެހި ސަރުކާރުން ދެއްވަން ނިންމަވާ، އެފައިސާގެ 2/1، 1322ހ(1904މ)ގާ، އަހުމަދު ކުޑަދޮށިމޭނާ ކިލެގެފާނުގެ އަތުގާ ފޮނުއްވާ، ދެއްކެވިކަމާ، ބާކީ އޮތް 10،000.00 ރުފިޔާ، 1323ހ(1905މ)ގާ، އަބްދުލް މަޖީދު ދީދީ އަތުގާ ފޮނުއްވާ، ކޮލޯނިއަލް އޮފީހުގާ، ޝްރީލަންކާ ސަރުކާރުގެ ވެރިންގެ ހާޒިރުގާ، ތައްޔިބު އަލީ އަށް ދެއްވާ، އެ ދަރަނި ދައްކާ ހަލާސްވެފާވާ ކަމުގާ، އެ ޖީވަންޖީ އަތުން އަތުލި ރަސީދު، މިހެން، ތާނައިން ލިޔެފާވެއެ.(N-21އާ ގުޅޭ)
A receipt with five Laari Sri Lankan stamp on it (Size: 13.55" x 8.3")
Sri Lanka - Nur Bhai - Account(Money)
1903މ ޖޫނު 23(1321ހ ރަބީލްއައްވަލް 27)ގާ، ކޮޅުބުގާ ހުންނަ ކޮލޯނިއަލް ސެކެޓްރިގެ އޮފީހުން، މެސާޒް، ޓީ.އޭ.ޖޭ ނޫރުބާއީ އެންޑް ކޮންޕެނީޔަށް، ދިވެހިރާއްޖެއިން ފޮނުވާފާވާ 3 ސިޓީ ހިމަނާ، އެކޮންޕެނީ ފޮނުވި ސިޓީ ލިބިނުކަމުގާ ލިޔެފާވާ ސިޓީއެއް.Notificaion of the receipt of letters from T.A.J Noorbai&Company (Size: 13.4" x 8.5")
Sri Lanka - Office of the Colonial Secretary - letter(Official)
1904 ޑިސެންބަރު 6(1322ހ ރަމްލޯނު 28)ގާ، 'ޓީ. އޭ؟؟ ނޫރުބާއި' އަދި ހެކިންގޮތުގާ 3 މީހަކު ސޮއި ކޮށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެ ނޫރުބާއި އަށް ދެއްވަން އޮތް 20،000.00ރ ގެ ފުރުތަމަބައި ކަމުގާވާ 10،000.00 ރުފިޔާ، ދިވެހި ސަފީރު އަބްދުލް ހަމީދު ދީދީ މެދުވެރިކޮށް، އެ ނޫރުބާއި ލިބިއްޖެ ކަމުގެ، ސިލޯނުގެ 5 ލާރީގެ އިސްޓޭމްޕެއް ޖަހާފާވާ، ރަސީދެއް.
އަދި މި ކަރުދާހުގެ ތިރީގާ:
ހަމަ އެތާރީހުކޮށް،... ހާޖީ އިމާދުއްދީނު މަނިއްޕުޅު، ތައްޔިބު އަލީ ޖީވަންޖީ ނޫރުބާއީ އަށް ދެއްވާން އޮތް ފައިސާގެ ދިވެހި ސަރުކާރުން ދެންވަން ނިންމަވާ، އެފައިސާގެ 2/1 ކަމުގާވާ 10،000.00 ރުފިޔާ 1322ހ(1904މ)ގާ، އަހުމަދު ކުޑަދޮށިމޭނާ ކިލެގެފާނުގެ އަތުގާ ފޮނުއްވި 10،000.00 ރުފިޔާ، ކޮލޯނިއަލް އޮފީހުގާ، ޝްރީލަންކާ ސަރުކާރުގެ ވެރިންގެ ހާޒިރުގާ ތައްޔިބު އަލީއަށް ދެއްވާ، އަތުލެއްވި ރަސީދު، މިހެން، ތާނައިން ލިޔެފާވެއެ. (N-19އާ ގުޅޭ)
A receipt with five Laari Sri Lankan stamp on it (Size: 13.5" x 8.25")
Sri Lanka - Nur Bhai - Account(Money)
1906މ ޖޫނު 8(1324ހ ރަބީލްއާހިރު 15)ގާ، ކޮޅުބުން ފޮނުވާފާވާ(ދެކެވޭގޮތުގާ... ކަރުދާސް އޮތީ ފުދޭވަރަކަށް ހަލާކުވެފަ)، މާލޭގާ އިމާރާތް ތަކެއް ކުރުމަށް ދިޔަ ހަރަދުގެ ހިސާބު ކަރުދާހެއް.An expense ledger for the construction of houses in Malé (Size: 13.5" x 8.25")
Sri Lanka - Maldivian Embassy - Account
1326 ރަމްލޯނު 6(1908މ އޮކްޓޯބަރު 2)ގާ، ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ ޝައުބާން މަހު 26ވަނަ ދުވަހު، ވެލިދޫގޭ ބައްތެލި، ގާފަރުބޭރުން ނުކުމެ މާލެޔަށް އައުމުގެ މަގުމަތީ، ގަދަވެގެން، ބެހިގެންގޮސް، ޝްރީލަންކާގެ، އުސްވެތިކެއިޔަވަޔޭ ކިޔާ ހިސާބަކަށް އުރި، އެހިސާބުގާ ތިބި މީހުން އެމީހުންނަށް އެހީވުމުން ފުރާނަޔަކަށް ގެއްލުންނުލިބި ސަލާމަތްވީ ކަމުގާ އެބައްތެލީގާ ތިބި މީހުން ބުނި ކަމާ، އެމީހުން ރޯދަމަހުގެ 4ވަނަ ދުވަހު ކޮޅުނބަށް ގެނެސް، އޭރު އެމީހުން ތިބީ މަރަށްކާރުގޭގާ ކަމާ، އެމީހުންގެ އަތްކަނޑުވާފާ(ކަށިވިދުރި ވެކްސިން ދިނުން؟؟؟) ވީހާވެސް އަވަހަކަށް މާލެ ފޮނުވާނެ ކަމާ، އެބައްތެލީގާ ތިބީ ކުޅުދުފުށީ މީހުންކަމާ، އެމީހުންނަކީ: އަލީ، ކަނބުރު ހުސެއިންގެ ދަރި އާދަނު، އެދުރު އީސާގެ އަލީ، ރާވެރި އަހުމަދު، ހައްވާ އަލީގެ މޫސާ ކަމުގަޔާ، އޭގާ ހުރިކަމުގާ ބުނާ ތަކެއްޗަކީ: 700 ރޯނުބޮނޑި، ހުތްހަކުރު 15ބާގަ ކަމާ، އެއްޗެތިން ސަލާމަތްވީ 263 ރޯނުބޮނޑި ކަމުގަޔާ، އަދި މިހާދިސާޔާ ގުޅޭގޮތުން ބަދަލުވި ސިޓީތައް ފޮނުވި ކަމާ، އޭގެތެރެއިން އިނގިރޭސިން ހުރި ސިޓީ އަނބުރާ ފޮނުއްވާދެއްވުމަށް އެދި، 'އަބްދުލް ހަމީދު ދީދީ ދިވހިރާއްޖޭގެ ސަފީރު'ގެ 'ލެޓާހެޑް' ގަނޑެއްގާ ލިޔެ، އޭނަ ސޮއިކޮށް، މާލެ ފޮނުވާފާވާ ސިޓީއެއް.A letter sent to Malé updating a report on a ship that was wrecked in a storm off Sri Lanka (Size: 13.1" x 8.4")
Sri Lanka - Maldivian Embassy - letter(Official)
1923މ ސެޕްޓެންބަރު 17(1342ހ ސަފަރު 6)ގާ، މާލޭގެ ބޮޑުބަނޑޭރި މަނިކުފާނަށް، މުހައްރަމް 20ގާ، އެ ބަނޑޭރިގޭން ލިޔުނު ސިޓީގާ އެދިފާވާ ގޮތުގެ މަތިން، ހުވަދޫއަތޮޅަށް ދިޔަ، ރޯޔަލް އިންޑިޔަން މެރީންގެ، އިންވެސްޓިގޭޓާ ކިޔާ ބޯޓާ ބެހޭގޮތުން ވިލާތު(އިނގިރޭސި؟؟) ސަރުކާރުން، އަބްދުލް ހަމީދު ދީދީއަށް ފޮނުވި ސިޓީތަކުގެ އަސްލު، ބަނޑޭރިގޭގާ ބެހެއްޓުމަށް އެދިވަޑައިގެންފާވާތީ، އެސިޓީތައް، މިސިޓީއާއެކީ ފޮނުވި ކަމާ، އެކަން އެގޮތަށް ކުރަން، އޭނާޔަށްވެސް ފެންނަކަމުގާ، އަބްދުލް ހަމީދު ދީދީގެ 'ލެޓާހެޑް' ގަނޑެއްގާ ލިޔެ، އޭނާ ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.Notification that letters for the Royal Indian Marine Investigator had been sent to Ba'ndeyrige (Size: 8.1" x 4.95")
Sri Lanka - Maldivian Embassy - letter(Official)
(ތާރީހެއް، ތަނެއް، ނެތް) ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް، ސަފަރު 25ގާ ލިޔެ ފޮނުވާފާވާ ސިޓީއަކާ، އެސިޓީއާ އެކީ ފޮނުވި 1900.00 ރުފިޔާގެ ހުންޑީ(އަނެކާގެ ހަވާލުގައި ހުންނަ، ތިމާގެ ފައިސާ، ދިނުމަށް ދޭ ސިޓީ) ލިބި، އެ ހުންޑިޔާ، އީޖީ އާދަމް އަލީ ކުންފުންޏަށް، ފޮނުވާ އެފައިސާ ގެނެސް ބަހަށްޓާފާވީ ކަމާ، 2 ޑޯކާޓް؟؟(ގޯކާޓް؟؟)ނުނިމޭ ކަމާއި، އެ ނިމިގެން ބިލާއެކީ ގެނައުމުން، އެފައިސާ ދަށްކަފާނެކަމާއި، އަބްދުލް ހަމީދު ދީދީގެ ހާލު ރަނގަޅުވަންދެން، އަބްދުލް މަޖީދު ދީދީ އެންގެވި ފަދައިން، ހުރިހާ ބޭފުޅުންގެ ހާލުކޮޅާއި، ގަނޑުވަރުގެ ކަންތައްތައް ބަލާނެކަމާ، އަދި، ބަންގާޅުން، ވަންދޫ މޫސާފުޅު، އެމަހު 12 ދުވަހު ލިޔެފާވާ ސިޓީގާ، ނަސްރު ހަމީދު 10ވަނަ ދުވަހު އަދި އަމާނަތުއްރަހުމާނު 11ވަނަ ދުވަހު، ފުރައިފިކަމާ، އަތިއްޔަތުއް ރަހުމާނުވެސް ވީހާވެސް އަވަހަކަށް ފުރުވާލާނެ ކަމާ، އާގުބޯޓެއްގާ އުޅެނިކޮށް ހާނިއްކަވެގެން ބޭސްކުރަމުންދާ ކުމުންދޫ އީސާ، އޭނާ މާލޭގެންދަން އާދޭސް ކުރާ ކަމާ، މަލިކު މީހަކުވެސް މަތީރަށުގެ ނަދުރަށް ދާން އާދޭސް ކުރާ ކަމާއި ލިޔެފާވާތީ، އެ ކުމުންދޫ އީސާ މާލެ ގެންދަން އެންގި ކަމާ، މަލިކު އެހެން މީހުންވެސް ނަދުރަށް ގެންދާކަން އެގޭތީވެ، އެ މަލިކު މީހާވެސް ގެންދަން، މަލިކު މީހުންނަށް އަމުރު ދިންކަމުގާ ބުނެ؛ ހަތީބު ސީދީ ގެ ނަމުގާ، ފޮނުވާފާވާ ސިޓީއެއް.A letter on a government policy (Size: 10.65" x 8.3")
Sri Lanka - Maldivian Embassy - letter(Official)