1341ހ ރަބީލްއައްވަލް 2(1922މ އޮކްޓޯބަރު 23)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ޝަމްސުއްދީނު 3، މާލޭ ގަލޮޅު ހަދީބީކަމާނާގެ މިސްކިތް، ބާވެ ހަލާކުވަމުންދާތީ، ހަމަ އެރަދުން، 1335ހ ސަފަރު 6(1916މ ޑިސެންބަރު 2)އެމިސްކިތުގެ، 910ހ(1504މ)ގާ، ޅައިމަގު ރަންނަބަނޑޭރިކަލޯގެ ދަރި ހަދި(ހަނދި) މާބަނޑޭރިކަލޯ އާއި ހަދި އައިސާ ކަނބުލޯއާއި، މި ދެމަފިރިންނަށް، އެ މިސްކިތް ވަގުފްކޮށް ލިޔެފާވާ ފަތެއް ބާވެގެން، 1173ހ(1760މ)ގާ، މަލަބާރިން، އައްސުލްތާނު އަލްމުކައްރަމް މުހައްމަދު އިމާދުއްދީނު އިސްކަންދަރު އަތުލައިގަނެގެން ދިޔުމުން، އެރަދުންގެ އަންހެން ދަރިކަނބަލުން، ކަނބާ އައިމިނަ ރަނިކިލެގެފާނު ތަހުތުގާ އިންނެވި ދުވަސްކޮޅު، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ލިޔެދެއްވާފާވާ ފަތެއް ގެންނަވާ ބެއްލެވިއިރު، އެމިސްކިތަށް ބޯގަޔަށް ހުރި އެއްޗިއްސާއި، އަދި ތައުލިއްޔާވެރިކަމުގެ ނާޒިރުންގެ(ހަވާލުވެރިކަން) ދަރިފަސްކޮޅުވެސް، ރަނގަޅަށް އޮޅުންނުފިލުމާއި، އަދި މިސްކިތުގެ ކަންކަންވެސް ޒަމާނުއްސުރެ ނުކުރެވިހުރުމާއި އެކު، އެކަން ބެއްލެވުމަށްޓަކާ، ހަވާލުވެރިންގެ އާއިލާގެ ތިބި މީހުން، މަޖިލީހަށް ހާޒިރުކޮށް، ވާހަކަދަށްކާ އޮޅުންފިލުވުމުން، އެމިސްކިތުގެ ބޯގަޔަށް ހުރީ: މާލެއިން، އެ މިސްކިތް ހުރި ގޯއްޗާއި، ގަލޮޅު މައިޒާންދޮށު ހިންނައާ، މިސްކިތުގެ އިރުންއޮތް މަގުގެ އިރުން އޮތް ހިންނަ އާ، ހެންވޭރު ބޮޑުވެޔޮ ހިންނަގެ ދެކުނު އިރުމަތީ ކަނުގާ އޮތް ހިންނައާ، މާފަންނު އަނދިރިއަނދިރި މަގުގެ ވައަތްފަރާތުގަޔާ ކަނާތްފަރާތުގާ އޮތް ދެ ހިންނައާ، މައްޗަންގޯޅި ދަނބުފަލު ހިންނަ އާ، މައްޗަންގޯޅި މައިޒާންދޮށު ހިންނައާ، މިލަދުންމަޑުލު ށ.މާއުނގޫދޫ ގޮއިއާ، ނ.ވަވަތި އާ، މާޅޮސްމަޑުލު ރ.ހުޅުދުއްފާރުގެ 248ބަމައިގެ ތުނޑިއާ، ކ.ކާށިދޫ، ތުއްކަނބާފާނު ރުކުތެރެ ހިންނަ އަދި މެތޮށަލި ހިންނަ އާ، ފެލިދިއަތޮޅު ވ.އަންބަރަ އާ، ބޮޑުފުށިއާ، މ.މުލަކު ރަސްގެ ހިންނައާ، ކޮޅުމަޑުލުން ފެންމީރުފުށިއާ، ކޮޅުމަޑުލު ކަޅުދޭފުށިއާ، ކަނޑޫދޫ ބޮޑު ހިންނަ އާއި މެދު ހިންނަ އާއި، ވޭމަންޑޫ ހިންނަ އާއި: މިންތަންތަން ކަމަށް ނިންމަވާ، 1339ހ ޖުމާދިލްއައްވަލް 11(1921މ ޖަނަވަރީ 21)ގާ، ބަންޑާރައިން، އެމިސްކިތް އަލުން އިމާރާތްކޮށް ނިންމަވާ، މަތީގާއެވާ، އެމިސްކިތުގެ ބޯގަޔަށްވީ ތަންތަނުން، ހުޅުދުއްފާރު ތުނޑިއާއި، އަންބަރާއި، ބޮޑުފުށްޓާއި، ފެންމީރުފުށްޓާއި، ކަޅުދޭފުއްޓާއި، މިފަސް ތަން ފުރަބަނޑާރަޔަށް ނަގާ، ދެން ހުރި ހުރިހާ ބޯގަޔަކީ، އެމިސްކިތު ބޯގަ ކަމަށް ލަށްވާ، މާލެ ހުކުރުމިސްކިތުގެ، އަށް ދޮށުންނާއި އެމިސްކިތް ހަވާލު ކުރެއްވި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަ މާލޭ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާއަޅާގެ ދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު ލިޔެފާވާ ފަތެއް. Size; 26.6" X 17"
K.Male' - G. Hadheebee Kamanaa Miskiiy (Mosque) - Endowment for Mosque
(ތާރީހެއް އިނގޭކަށް ނެތް) ދިވެސްއަކުރު ފަތެއް. Size: 20.95" X 14.04"
Sans titre1332ހ ޖުމާދިލްއާހިރު 18(1914މ މޭ 14)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، އެ ރަދުންގެ ދަރުބާރުގާ، ނިލަންދެއަތޮޅު (ފ.)ދަރަނބޫދޫ މީހުން، އެމީހުންގެ ރަށުގާ ހުރި ދެ މިސްކިތް ބެލެހެއްޓޭނެ ގޮތެއް ނެތް ކަމުގާ ބުނެ، އެމިސްކިތަށް އެއްޗެއް ދެއްވުމަށް އެދުމުން، ދަރނަބޫދޫގެ އިހުގެ ފަތް ބެއްލެވުމުން އެފަތްތަކަކީ، ވަނީ އެރަށު ދެމީހެއްގެ ދަރިކޮޅަށް، އެދެމީހުންގެ ހުރި ރުއްގަސް ވަގުފްކޮށްފާވާ ކަމާއި، އަދި އޭރު ހުންނެވި ރަދުން، އެ ރުއްގަހުގެ ބިންބައި)ބިމުގައި ހައްދާތަކެތީން ބިންވެރިޔާއަށް އޮންނަބައި( ކަނޑުއްވާ، ބޯގަޔަށް ލިޔެދެއްވާފާވާ ފަތަކާއި، އޭގެފަހުން، އެ ދެ ދަރިކޮޅުގާ އަރާރުންވެ އުޅޭތީ، އެކަން ސުލްހަ ކޮށް ދެއްވާފާވާ ފަތް ކަމުގަޔާ، އަދި، އެޒަމާނަށް އާއިރު، އެދަރިކޮޅުގެ އެއްވެސް މައުލޫމާތެއް ނެތުމުންނާއި، އެ ދެ މިސްކިތް ބެލެހެއްޓިފާ ނެތްކަމުން، އެ ފަތްތައް އުވާލަށްވާ، އެރަށު ގޮއިފާލަށްބައިގެ ބިންބައިގެ ހުރިހާ ތަކެއްޗެއް، އެ ދެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެއިރެއްގާ ހުންނަވާ ރަސްގެފާނެއް، އެ ދެ މިސްކިތް ބަލަހަށްޓާނެ ބަޔަކު ކަނޑައަޅުއްވާނެ ކަމާއި، އެރަދުން، އެބޯގައިގެ ހަވާލުވެރިކަން، އެރަށުގެ ރައްޔިތުންނަށް ލަށްވައިފި ކަމުގެ ފަތް ލިޔުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަމާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތެއް. Size; 19.9" X 11.9"
F.Dharan'boodhoo - Endowment for Shrine (ziyaaraiy)
1086ހ(1675މ)ގާ، (ނަމެއްނެތް... ތާރީހަށް ބަލާފާ) އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ 28ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މަހަމޫދު ފަނޑިޔާރު، އޭނާއާއި ރަންދިޔަގެފާނާއި، އައްޑޫ މީދޫ ލެޑިކޮޅު ކިޔާތަނުގާ ބިނާކުރި މިސްކިތް ބެލެހެއްޓޭނެ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށް، އައްޑޫ މީދޫ އުތުރުން އޮތް ހިކަހެރަ އާއި، ހިރިއަދާހުރާ؟ އާއި، މީދޫ ހުޅަނގު ފަރާތު އުތުރުން ގައްލަނޑު ދޮންއައިހާ ބިބީގެ ފަންނުން(ގޮނޑުދޮށަށް އަރާފައިބާ އޮންނަ ހާއްސަ ދިމަދިމާ)އިރަށް ގޮސް މެދުމަގުން ދެކުނަށް، ވާދީ އަހައްމަދުގެ ފަންނުން ހުޅަނގަށް ދާއިރު، މިދެމެދުގާ އޮންނަ އުރައިލައިކާ ދަނޑުބިން ނޫން އަތިރިމަތީ އަތިރިމަތީ ރުއް އިންދާފާވާހާ ބިންބަޔާ، ގަމުގާ ހުރި، ބަންޑާރަ ބިން ނޫން އެހެން ބިންތަކުގެ ރަސްބަޔަށް ވާ 10ބައި ތެރެއިން ބަންޑާރަޔަށް އޮންނަ 250 ބޮނޑި ދީފާ، ދެން ބާކީ އޮތްބަޔާއި، މިރަށު ފަރަކު.... (ލިޔެފައެއްނެތް)...... ފެމުސެއްރި(އަޅުމީހާ، ނޯކަރު)އަކާއި، މިއަޅުން(ރަސްގެފާނުގެ ބޭބޭފުޅުން؟؟؟) އިންދާފާވާ ރުއްހުރި ބިންތަކާއި، އަދި އެ ތަކެތިން ލިބޭ ފައިދާއަކުން، އެމިސްކިތުގެ ހުރިހާ ކަންކަމެއް ކޮށްފާ ބާކީވާ އެއްޗަކުން، ރަދުންނާއި، ރަދުންގެ މަންމާފުޅު، އައިޝާކނަބާ އާއި ބައްޕާފުޅާއި، އޭރުގާ ހުންނެވި އަނބިކަނބަލުން، ސިރާޖުލް އާލަމް އައިމިނާ ރަނި ކިލެގެފާނުންނާއި، މި އެންމެހާ ބޭބޭފުޅުންނަށް، ކޮންމެ ރޯދަމަހަކު ހަތިމެއްކޮށް، ކޮންމެ ރަބީލްއައްވަލް މަހަކު، ދިހަ މީހުންލަށްވާ ބާރަދުއާ ކިއުމަށާ، މިއެންމެހާ ކަންކަމުގެ އަމަރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރިން ކިއުމުން، މާމުދިން އިބްރާހީމް، ލިޔެފާވާ، ދިވެސްއަކުރުގެ ފަތު(F0-99)ގެ، 1378ހ ރަމްލޯނު 6(1959މ މާޗް 16)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size; 13" X 7.9"
S.Meedhoo - Mahumoodhu Ghaazee Miskiiy (Mosque)- Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް)އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، އާއި، އެދެ ވަގުފްގެ ހަވާލުވެރިންކަމުގާ އިން، އެކުޑަދަހަރާ ތަކުރުފާނުގެ ކަދީދާ ފާނު ގެދަރި ތުއްބީފާނު، އެ ދެވަގުފްގެ މައްޗަށް އިހުގެ ހުރިހާ ފަތެއް، މުލަކަށް ދިޔަ ކިލެގެފާނުންނާ އެކީގާ އައި އިނގިރޭސިން ގެންގޮސް އަންދާ، ނަގައިލައިފި ކަމުގާ ބުނެ، އެ ދެ ވަގުފަށް އަލުން ފަތް ލިޔެދެއްވުމަށް އެދުމުން، އެކަން ބެއްލެވިއިރު، އެ ކުޑަދަހަރާ ތަކުރުގެ ވަގުފެއް ކަމުގާ ސާބިތުވެ އޮތީ، ހުވަދޫއަތޮޅު(ގއ.) މަދިރި ވިލިނގިލި އާއި ޖެހިގެން އޮތް ފޭންދޫ؟؟ އާއި، ގދ. ކާޑެއްދޫއާ ޖެހިގެން އޮތް ރަހަދޫ، ދެއްވަދޫ ރަސްގެފާނު ނަންގަވާފާ، ދެއްވި، މާޅޮސްމަޑުލު ދެކުނުބުރި(ބ.) ހިރުންދޫ(ހިރއްދޫ) އާއި، މިލަދުންމަޑުލު(ށ.)ފޯކައިދޫ ގަޔާ މާޅޮސްމަޑުލު(ބ.)ކަމަދޫގާ ހުރި، އެ ތަކުރުފާނުގެ މިލްކު ރުއްގަހާއި، ދަނޑުފަގަ(ގަސްގަހާގެހި ހައްދާ ދަނޑާއި އާމްދަނީ ލިބޭ، ހިންނަފަދަ ތަންތަން) އާއި، ފޭދޫގާ އޮތް ރައްކާފުތު ހިންނައާއި، އަރިއަތޮޅު(އދ.)އޮމަދޫ އާއި މިތަންތަން ކަމާއި، އަދި ދީދީ ފަޑިއްތަކުރުފާނުގެ ދަރި ދީދީ ތަކުރުފާނު ވަގުފްކުރިކަމުގާ ސާބިތުވީ ކިހާދޫގާ ހުށި އެތަކުރުފާނުގެ...(ދެންއޮތް ބައި، ހަލާކުވެ ކިޔަން އިނގޭވރެއް ނޫން.) މިމަގަށް އޮތް ފަތެއް. މިފަތް މިއީ،(R-16އަކީ، މީގެ އާކުރި ފަތް) Size: 11.2" X 7.9"
K.Male - Deed for housing plot - Housing Plot
1320ހ ސަފަރު 6(1902މ މޭ 14)ގާ، އައްސުލްތާނު އަލްހާއްޖަ މުހައްމަދު އިމާދުއްދީނުގެ ދަރުބާރުގާ، ހަސަން ދީދީގެ ދަރި އަލްހާއްޖަ އަލީ ދީދީ ފަނޑިޔާރުގެ ޝަރީއްޔަތު މަޖިލީހުގާ، ރިނބުދޫ ދޮންއަލީގެ ދަރި ދޮންމޫސާފުޅު، އެމީހުންގެ ގޯތީގެ ފަތް ބާވެގެން، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އާކޮށްދެއްވި ފަތްވެސް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތުގާ ވާގޮތުގެ މަތިން، ފާދިއްޕޮޅު ހަކުރާ ތަކުރުފާނުގެ ދަރި އަހުމަދު މަނިކުގެ ދަރި އިބްރާހީމް މަނިކު އާއި އޭނާގެ އެއްބަފާ ހުސެއިން މަނިކު، އެދެބެންގެ ބައްޕަގެ މިލްކުގާވާ، މައްޗަންގޯޅި.....(ކިޔަންނޭގޭ ބައެއް).. އިންވެގެން އުތުރުން އޮތް ގޯތި، ރިނބުދޫ މޫސާކަލޭގެ ދަރި ދޮންއަލީ ކަލޭގެޔަށް، ސިއްކަ އަހުމަދު ތަކުރުފާނުއާ، އެތަކުރުފާނުގެ އެއްބަފާ ހުސެއިން މަނިކު ބަންޑާރަ ނައިބު، ހެކިކޮށް، 50ކޮށްޓޭއަށް ވިއްކާ، އެގޯއްޗާއި، ގޯތީގާވާހާ ތަކެތި، ދޮންއަލީޔަށް މިލްކުވެފާވާ ކަމުގާ، އާފަތެއް ލިޔެދިނުމަށް އެންގެވުމުން، މުހައްމަދު މުލަކީ މަނިކުފާނުގެ ދަރި އައްނައިބު މޫސާ ދީދީ ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތިގާ ބުނެވިފާ އެވާ ގޯތި ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދީފާވާ ކަމުގާ ބަޔާންކޮށްފާވަ ލިޔުމެއް. (އެކަމު މަތީގާ އެވަނި ވަގުފް ފަތެއް ނޫން.)
List of private house in Machchangoalhi Kunnaarugoathi, Malé (Size: 13.2" X 9.5") Chief Justices - Al Haajja Ali Didi
K.Male' - Ma. Kunnaaru Goathi (Housing Plot) - Private Property
1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، މަހްކަމަތުލް ޝަރީޔާއިން؛ 1365ހ ޝައުބާން 17(1946މ ޖުލައި 17)ގާ، މަހްކަމަތުލް ދާހިލިއްޔާއިން ފޮނުވި، 1-4/4ނަންބަރު ސިޓީއާއި، 1368ހ ޝައުބާން 22(1949މ ޖޫނު 19)ގާ، މަހްކަމަތުލް އައުގާފުން ފޮނުވި، 3ނަންބަރު ސިޓީގާ އަންގާފާވާ ގޮތުގެ މަތިން، ހުރާ ދޮންމުހައްމަދު ކަލޭގެ ގެދަރި ހަސަންކަލޭގެގެ ވަގުފް ގޯތި ހެންވޭރު ދޮންހުރާ ގޯތި، ސަރުކާރަށް ބޭނުންވެގެން، އެތަނުގެ ބަދަލުގާ، އެގޯއްޗާ ޖެހިގެންއޮތް ބަންޑާރަގޯތިން އެ ބޮޑުމިނަށް ގޯތި ނަގާ، ލާޖައްސާ، (ކުރީގެ)ދޮންހުރާގޯތި ބަންޑާރަވި ކަމާއި، އަދި އެތަނާ ޖެހިގެން އޮތް ބަންޑާރަ ގޯއްޗަށް ދޮންހުރާ ގޯތި ނަންދީ، އެއީ، އެ ހަސަން ކަލޭގެގެ ގޯއްޗެއް ކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ، އެމަހްކަމާގެ ސިއްކަޖަހާ ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިނީ ކަމާއި، ވީމާ މިފަތް ބާތިލްވީ ކަމާއި، އަދި ބުނެފާވާ ގޯތީގެ މުސްކުޅި ވަގުފް ފަތަކީ، 1213ހ ރަމްލޯނު(1799މ ފެބްރުވަރީ)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު ލިޔެދީފާވާ ފަތެއް(F0-83A) ކަމުގާ؛ ލިޔެފާވާ ލިޔުމެއް.
Size; 15.8" X 11.9"
K.Male' - Dhonhuraa Goathi (Housing Plot) - Deed for housing plot, Housing plot (government)
1365ހ ސަފަރު 24(1946މ ޖަނަވަރީ 28)ގާ، މަހްކަމަތުލް ޝަރީޔާއިން؛ 1364ހ ޖުމާދިލްއާހިރު 3(1945މ މޭ 15)ގާ، މަހްކަމަތުލް ދާހިލިއްޔާއިން ފޮނުވި، ހ.4/4ނަންބަރު ސިޓީގާވާ ގޮތުގެމަތިން، ގުރައިދޫ އަލިމަނިކުފާނުގެ ދަރި ފާތުމަތު މަނިކުފާނު ވަގުފްކުރެއްވިކަމަށް، އުމަރު މާފަތް ފަތް ލިޔެދެއްވާފާވާ، ދީދީ ގަނޑުވަރޭ ކިޔޭ 'ކަކާގޭ ވަގުފް'؟؟؟، ދާންނާ ގޯތީގެ ބަދަލުގާ، އެ ގޯތީގެ ބޮޑުމިނަށް، މާފަންނު ބޮޑުދިއްގާގަސްދޮށު ކަންމަތިން، އީދަށް ވަޑައިގަންނަވާ މަގުގެ އުތުރުން އޮތް ބަންޑާރަ ގޯތިން ބިން ނެގުމަށާއި، ދާންނާގޯޗަށް އޮތް ހުކުމް މިގޯއްޗަށް ލަށްވާ، ދާންނާގޯތި ބަންޑާރަކޮށް، އެ ދެގޯތި ލާޖައްސާ، ބޮޑުދިއްގާގަސްދޮށުގާ އޮތް، އެ ވަގުފް ގޯތި، ފާތުމަތު މަނިކުފާނުއަށް ހަވާލުވިކމުގާ ނިޔާކުރުމުން، މިކަންކަން ބަޔާންކޮށް، އިމާއި މިން ހިމަނާ ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިނީ ކަމުގާ؛ ލިޔެފާވާ ލިޔުމެއް.
Size: 15.8" X 11.9"
K.Male' - M.Dhidhee Gan'duvaru (Palace) - Deed for housing plot
1959މ ޑިސެންބަރު 30(1379މ ޖުމާދިލްއާހިރު 29)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެމެރިކާގެ ނިއުޔޯކްގެ 'އެލަން ގްރޮޕާރ' ކިޔާ ކުއްޖަކު، އޭނާ އެއްކޮށްފާވާ، 'އޮޓޯގްރާފް' ތަކަށް، 1959ގާ ތިބި ދުނިޔޭގެ ވެރިންގެ އޮޓޯގްރާފް އެއަކުރަން އުޅޭތީވެ، އެރަދުންގެ އޮޓޯގްރާފަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by a boy named Allen Gropper, New York on December 30, 1959, requesting for an autograph of Sultan Mohamed Fareed Didi (Size: 10.5" X 7.2")
America - letter (Foriegn)
1208ހ ޖުމާދިލްއާހިރު 17(1794މ ޖަނަވަރީ 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ވަގާރު ހުސެއިން އަޅާގެ ދަރި ކޮރު މުހައްމަދު، އޭނާގެ މިލްކުގާވާ ހެންވޭރު ބާމިސްކިތުގެ ދެކުނުން އޮތް ގޯއްޗާއި އެގޯތީގެ ގޮއިފާލައްބައިން، އެގޯއްޗަށް ވާހާ ތަކެއްޗެއް، އޭނާގެ މިލްކުން ކަނޑާ، ރަދުންނަށް ހިބައިން އެރުވުމުން، އެކަން ގަބޫލު ކުރަށްވާ، އެރަދުން، އެގޯތި ބަންޑާރަ ކުރަށްވާ، އޭގެ ބަދަލުގާ، ހެންވޭރު ރަންނަބަނޑޭރިގެގެ އުތުރުން ގަސްދަށުގޭ ފަކުސަމައިން(ހުޅަނގުން) އޮތް ބަންޑާރަ، ރަސްދޫ ގޯތި މިލްކުރަށްވާ، އެ ގޯއްޗާއި، އެގޯތީގެ ގޮއިފާލަށްބައިން އެގޯއްޗަށްވީހާ ތަކެތިން ލިބޭ އެއްޗަކުން އެރަދުންނާއި، އެރަދުންގެ ބައްޕަ، އަލްގާޒީ ހަސަން އިއްޒުއްދީނާއި، މަންމަ އައިމިނާ މަނިކުފާނަށް ފާތިހާ ކިޔެވުމަށް ޝަރުތުކޮށް، ވަގުފްކުރަށްވާ، އެތަނުގެ ހަވާލުވެރިކަން، އެރަދުންގެ ދަރިކޮޅަށް ލަށްވައިފިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތީގެ ދަރި އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 20.8" X 14.2"
K.Male' - H.Rasdhoo Goathi (Housing Plot) - Deed for housing plot