Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-N-26 · Item · 1938
Part of Documents

1357ހ ރަބީލްއައްވަލް 28(1938މ މޭ 29)ގާ، ވުޒާރަތުލް ހާރިޖިއްޔާއިން، ދިވެހި ދައުލަތުގެ 'މުޝްތަޝާރުލް އައުޒަމް' އަލްއަމީރު އަބްދުލް މަޖީދު ދީދީ އަށް، ރަސްކަމަށް ކޮލިލުމުގެ ކަންތަކުގާ، އެވަގުތަށް ގަސްތުކުރެވިފާވާ ގޮތުގެ ލިޔުން، ސިޓީ އާއި އެކު ފޮނުވިކަން އަންގާ، ވަޒީރުލް ހާރިޖިއްޔާ،(ނަމެއް ނެތް) ސޮއިކޮށް ފޮނުވާފާވަ ސިޓީއެއް.(Size: 10" x 8.01")
K - Male' - Vuzaarathul Khaarijiyyaa - Coronation(letter)

National Archives of Maldives
NAM DOC-MN-N-27 · Item · -
Part of Documents

(ތާރީހެއް ނެތް)، 'ރަސްކަމަށް ކޮލިލުމާ ގުޅިގެން ކުރާންވީ ކަންތައް' މިހެން ސުރުހީއަކަށް ޖަހާފާވާ، އަރަބި އަކުރުން ނަންބަރު ޖަހާ، 12 ނުކުތާއަކަށް ލިސްޓުކޮށްފާވާ، އެދުވަހުގެ ހަރަކާތްތަކުގެ ޕްރޮގްރާމުގެ ބައެއް.(Size: 13.3" x 8.25")
K - Male' - Royal Palace - Coronation(Programme)

National Archives of Maldives
NAM DOC-MN-N-28 · Item · -
Part of Documents

(ތާރީހެއް ނެތް)، 'ރަސްކަމަށް ކޮލިލާދުވަހު ކީރިތި މަހާ ރަދުން ގަނޑުވަރުން ނުކުމެވަޑައިގެން ދަރުބާރު ގެޔަށް ވެދެވަޑާއިގަތުމުގެ ގޮތްތައް' މިހެން ސުރުހީއަކަށް ޖަހާފާވާ، އަރަބި އަކުރުން ނަންބަރުކޮށް، 5 ނުކުތާއަކަށް ލިސްޓުކޮށްފާވާ، ކޮލިލުމުގެ މުނާސިބަތުގެ ހަރަކާތްތަކުގެ ޕްރޮގްރާމުގެ އެއްވަނަބައި.(Size: 13.3" x 8.25")
K - Male' - Royal Palace - Coronation(Programme)

National Archives of Maldives
NAM DOC-MN-N-29 · Item · 1908
Part of Documents

1908މ ޖުލައި 11(1326ހ ޖުމާދިލްއާހިރު 12)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް، ކޮލޮންބޯ އަޔަން ވާކްސް އިން، ދަ މޯލްޑިވިއަން ؟؟؟(އަތުލިޔުން ކިޔާކަށް ނޭނގެ.. ބޯޓެއްގެނަން)، މާލެގެ ނަމުގާ 1500.00ރުފިޔާ ލިބި، އެ އެކައުންޓަށް އެފައިސާ ލައިފިކަމުގާ ބަޔާންކޮށް، ސިލޯނުގެ 5 ސެންޓުގެ އިސްޓޭމްޕެއް ޖަހާފާވާ ރަސީދެއް.(Size: 8.01" x 5.55")
Sri Lanka - Walker Sons & Co. Ltd - Account(Money)

National Archives of Maldives
NAM DOC-MN-N-30 · Item · 1908
Part of Documents

1908މ ޖުލައި 3(1326ހ ޖުމާދިލްއާހިރު 4)ގާ، ކޮޅުނބުއިން، ރާއްޖޭގެ ސަފީރުގެ ނަމުގާ، ބްރައުން އެންޑް ކޮންޕެނީ ލިމިޓެޑް އިން ހަދާފާވާ 'އިންވޮއިސް' އެއް.(Size: 5.7" x 8.9")
Sri Lanka - Brown & Co. Ltd - Account

National Archives of Maldives
NAM DOC-MN-N-31 · Item · 1938
Part of Documents

1357ހ ރަބީލްއާހިރު 3(1938މ ޖޫނު 2)ގާ، ހަސަން ނޫރައްދީނު، އޭނާގެ 'ބޭބެ'، އަބްދުލް މަޖީދުއަށް، އޭނާ ރަސްކަމަށް ކޮލިލާދުވަހަކީ، ޖުމާދިލްއައްވަލް މަހު 22 ނުވަތަ 23 ދުވަހު ކަމުގާ ކަނޑައަޅައިފި ކަމާއި، އެދުވަހަށް، އަބްދުލް މަޖީދު މާލެ ވަޑައިގަތުން އެއީ އޭނާގެ ވަރަށްބޮޑު އެދުމެއް ކަމުގާ ލިޔެފާވާ ސިޓީއެއް.(Size: 10.12" x 6.8")
K - Male' - Royal Palace - Coronation(letter)

National Archives of Maldives
NAM DOC-MN-N-32 · Item · 1908
Part of Documents

1908މ ޖަނަވަރީ 13(1325ހ ޒުލްހައްޖު 9)ގާ، ގަނޑުކޮށް ބޭސް ވިއްކާ، ދަ ކޮލޮންބޯ އެޕޮތިކެރީޒް ކޮންޕެނީ ލިމިޓެޑް ކިޔާ ކުންފުންޏެއްގެ، -/14 ރުފިޔާގެ، ފައިސާދަށްކާފާވާ ބިލެއް.(Size: 8.5" x 5.5")
Sri Lanka - The Colombo Apothecaries Co. Ltd - Account

National Archives of Maldives
NAM DOC-MN-N-33 · Item · 1938
Part of Documents

1357ހ ރަބީލްއައްވަލް 14(1938މ މޭ 15)ގާ، ރަސްކަމަށް ކޮލިލުމުގެ ކަންތައް ތަރުތީބުކުރާ ކޮމިޓީގެ ރައީސް(ނަމެއްނެތް)، ދިވެހި ދައުލަތުގެ މުޝްތަސާރު(އެޑްވައިޒަރު)، އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް؛ ރަސްކަމަށް ކޮލިލާދުވަހު ގުރަނދަ(މަތިފުށް- ކޮލިލާއިރު ކިޔާ) ކިޔަން ނިންމި ކަމާ، އެ ގުރަނދަ ކިޔާން، އޭނާއަށް ފެނިވަޑައިގަންނަވާ ފަރާތެއް އެންގެވުމަށް އެދި؛ ފޮނުވާފާވާ ސިޓީއެއް.(Size: 9" x 6.9")
K - Male' - Committee for Gong Proclamation Ceremony - Coronation(letter)

National Archives of Maldives
NAM DOC-MN-N-34 · Item · -
Part of Documents

(ތާރީހެއްނެތް) 'ރަސްކަމަށް ކޮލިލާދުވަހު، ކޮއްޔާއި އެކު ދާން ގަސްތު ކުރެވުނު މީހުން'، މިހެން ސުރުހީކޮށް، އެކަމުގާ ދާން 8 މަގާމެއް ލިސްޓުކޮށް، އަދި އެކަމުގާ ގެންދާ 4 އެއްޗެއްވެސް ލިސްޓުކޮށްފާވާ ކަރުދާހެއް. (N-33 ސިޓީއާ އެކުފޮނުވި) (Size: 8.45" x 4.85")
K - Male' - Committee for Gong Proclamation Ceremony - Coronation(list)

National Archives of Maldives
NAM DOC-MN-N-35 · Item · 1908
Part of Documents

1908މ ޖޫނު 11(1326ހ ޖޫނު 11)ގާ، ކޮޅުނބުއިން، ދިވެހި ސަރުކާރުގެ ނަމުގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން ފޮނުވާފާވާ 'އިންވޮއިސް'އެއް.(Size: 6.95" x 8.1")
Sri Lanka - Walker Sons & Co. Ltd - Account

National Archives of Maldives