1955މ ޑިސެންބަރު 26(1375ހ ޖުމާދިލްއައްވަލް 11)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އިނގިރޭސިވިލާތުގެ އެގްރިކަލްޗަރާ ބެހޭ ނޫސްވެރިޔެއް، ލޯރެންސް ޑީ ހިލްސް، ދިވެހިރާއްޖެޔަކީ، އޭރުގާ ދުނިޔޭގާ އޮތް، ހަތަރެސްކަން ރިޔާ ނަގާފާވާ އޮޑިފަހަރު ހުންނަ ހަމައެކަނި ފްލީޓު ކަމުގާ ބުނެ، އަދި ރާއްޖޭގާ އެފަދަ އޮޑި ބަނދެފާ އެހުންނަހާ ޗާލުކޮށް ދުނިޔޭގެ އެއްވެސް ތަނެއްގާ އޮޑިފަހަރު ނުބަނދެވޭ ކަމާ، އެމެރިކާ އަދި އިނގިރޭސިވިލާތަށް ރާއްޖެޔާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭކަމާ، އަދި ރާއްޖޭގެ މީހުންނަކީ، އޮޑިދޯނި ބަނުމުގާ ދުނިޔޭގެ މައްޝޫރުކަން ހައްގުވެގެންވާ ގަދަ ކިއްސަރުވަޑިން އަދި ގަދަ ނެވިން ކަމާ، އަދި މިކަން އިޝްތިހާރުވެއްޖެއްޔާ، އެކަމުގެ ސިނާއަތެއް ރާއްޖޭގާ އުފެއްދި، ރާއްޖޭގެ ތަރައްގީވާނެ ކަމުގާ ލިޔެ، މިސިޓީ އެކަމާ ބެހޭ އޮފީހަކަށް ހަވާލުކޮށްދެއްވުމަށް އެދި، އަދި އޮޑިފަހަރުގެ ފޮޓޯޔާއި، އޮޑީގެ ދިގުމިން، އޭގާ އާންމުކޮށް އުފުލާ މުދާ، ފަޅުވެރިންގެ އަދަދު، އެންމެފަހުން އޭގެ އޮޑިއެއް ބައިން އިރު، ބަންނަން ދާ ހަރަދު، މިފަދަ މައުލޫމާތު ފޮނުވަން އެދި، އޭނާޔަކީ، ފޮތް ޝާއިއުކުރާ ކުންފުންޏެއްގެ އޭޖެންޓެއް ކަމުން ރާއްޖޭގެ އޮޑިފަހަރުގެ ވާހަކަ ލިޔުމަށްޓަކާ، އިނގިރޭސި އިނގޭ ކެޕްޓަނެއް ވޭތޯޔާ، އަދި ނެތިއްޔާވެސް، އެމީހުންގެ އެހީއާއެކު އެކަންކުރެވޭނޭކަމާއި، ދުނިޔޭގާވާ، އެވަށްތަރުގެ ރިޔާނެގި އެންމެފަހުގެ އޮޑިފަހަރެއްގެ ކައްޕިއެއްގެ ވާހަކީ މުޅިދުނިޔެވެސް ކިޔާނެ ކަމާއި، އެފޮތުން ރާއްޖެޔަށް އާމްދަނީ ލިބޭނެކަމާ، އަދި އޭނާ އެއުޅެނީ ލާރިކޮޅެއް ހަދާލަން ނޫންކަމާ، އޭނާ ބޭނުންވަނީ ރާއްޖެޔާ ރާއްޖޭގެ އޮޑިފަހާރާ ދުނިޔެއަށް އަންގާދޭންކަމާ، ދިވެހި އޮޑިޔަކީ، ޗާލު، މަދު އަދި ދުރުގާވާ އެއްޗެއްކަމާ، އދވސ.، ލިޔެ ފޮނުވާފާވާ ސިޓީއެއް. Letter sent by Lawrence D Hills, an agricultural reporter of Braintree, Essex, UK, to Sultan Mohamed Fareed Didi on December 8, 1955. Hills was interested in merchant ships of the Maldives and suggested various ideas to disseminate knowledge of Maldivian ships (Size: 8" X 5")
United Kingdom - letter (Foriegn)
1148ހރަބީލްއައްވަލް(1735މ އޯގަސްޓް)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 2ގެ 15ވަނަ އަހަރު، މިރަދުންގެ މަންމަ ބޮޑުމަނިކުފާނާއި، އެ ކަނބަލުންގެ ހުރިހާ ދަރިން، އެ ކަނބަލުންގެ މާމަ، ކަނބާ މަރިޔަމް ރަނިކިލަގެ، މާލޭގެ ގަލޮޅު އާމިސްކިތުގެ ދެކުނު ފާރާ އިންވެ އޮތް، ދޭވާނީ އަލީގެ އަންހެން ދަރީގެ އަތުން ގަނެ، އެގޯއްޗާ، އެތާގަ ވާހާ ތަކެއްޗެއް، ފެންފުށީ ހަސަން ހަތީބުގެ ދަރި އައިޝާބީއަށް ހަވާލުވެރިކަން ލަށްވާ ވަގުފްކޮށްފާވާ ގޯތީގެ ވަގުފްގެ ހަވާލުވެރިކަން، އަހަރުން އަހަރަށް، އެކަނބާފާނާއި، އޭނަގެ މަންމަގެ ފާތިހާދުވަހު، ޔާސީން ކިޔަވާ، ކޮންމެ ހުކުރުވިއްލޭރެއަކު ފާތިހާފަރިއްކޮޅު ކިޔެވުމަށް ޝަރުތުކޮށް، އެ އައިސާބީގެ ދަރި ދޮންއަލީ އާއި، އޭނަގެ ދަރިކޮޅަށް ލަށްވާފި ކަމުގާ އިގުރާރުވެ، އެކަމުގެ މައްޗަށް ފަތްލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޝައުބާން 12(1959 ފެބްރުވަރީ 20)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 23.8" X 8"
F0-113 ( K.Male' - Kakaage (Housing Plot) - Deed for housing plot - Thaana - 1 Page
1357ހ ޖުމާދިލްއައްވަލް 22(1938މ ޖުލައި 20)ގާ؛ އައްސުލްތާނު ހަސަން ނޫރައްދީނުއަށް، ވަޒީރުންގެ މަޖިލީހުން ފޮނުއްވާފާވާ، 'ވަޒީރުންގެ މަޖިލީހުގެ ތަހުނިޔާ' ސުރުހީކޮށް، އެރަދުންނަކީ ދިވެހި ދައުލަތުގެ ކަންތައްތައް، ދުސްތޫރީ ގާނޫނެއްގެ މަތިން، އިންތިހާބުވެ، ތަހުތަށް އިސްކުރެވުނު ފުރަތަމަ ރަދުން ކަމާއި، އެރަދުންނަށް ތައުރީފާ ހިތްވަރާ އަދި ހެޔޮދުއާގެ ބަސްކޮޅެއް ލިޔެ، ކުރެހުމުން ބޯޑަރު އަޅާ ޒީނަތްތެރިކޮށް، އެރަދުންނަށް ފޮނުވާފާވާ، ތަހުނިޔާގެ ލިޔުމެއް. Congratulatory card to Al Sulṭān Hassan Nuraddeen (Size: 13.1" X 8.1")
K.Male' - Ministers - Letter of felicitation
1958މ މާރޗް 3(1377ހ ޝައުބާން 12)ގާ، ދިވެހިރާއްޖޭގެ ރަދުން، އައްސުލްތާނު މުހައްމަދު ފަރީދް ދީދީއަށް އެޑްރެސްކޮށް، ނުފުށުގާ، 'ލިއޯރާ ސްޕިއާޒް 211 މާޝަލް ޑްރައިވެ ލުއިސްވިލް 7، ކެންޓަކީ'ގެ އެޑްރެސް ޖަހާ، ސްޓޭންޕްއާއި އެކީ އޮތް ސިޓީއުރައެއް. Envelope sent from Louisville, Kentucky, USA, to Sultan Mohamed Fareed Didi in 1958 (Size: 4.1" X 6")
America - Envelope
1955މ ޑިސެންބަރު 27(1375ހ ޖުމާދިލްއައްވަލް 12)ގާ، ދިވެހިރާއްޖެގެ ރަދުންނަށް އެޑްރެސްކޮށް، (އެއްކޮޅުން ކަނޑާފާވާ) 6 ސްޓޭންޕް ޖަހާފާވާ ސިޓީއުރައެއް. Envelope sent to the sultan of the Maldives on December 27, 1957 (Size: 3.4" X 5.9")
United Kingdom - Envelope
1957މ މޭ 25(1376ހ ޝައްވާލް 25)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް އެޑްރެސްކޮށްފާވާ، އިސްޓޭމްޕާއި އެކު އޮތް(އެއްކޮޅުން ކަނޑާފާވާ) ސިޓީއުރައެއް. Envelope sent from Wellingborough, UK, to Sultan Mohamed Fareed Didi on May 25, 1957 (Size: 3.5" X 5.1")
United Kingdom - letter (Foriegn)
1958މ ޖަނަވަރީ 23(1377ހ ރަޖަބް 3)ގާ، ދިވެހި ރަދުންނަށް، އާތާ އެފް ބެލް ކިޔާ އެމެރިކާ މީހެއް، ރަދުންގެ ސޮއެ(އޮޓޯގްރާފް)އަށް އެދި ލިޔެފައިވާ ސިޓީއެއް. Letter sent by Arthur F Bell to Sultan of the Maldives on January 23, 1958, requesting an autograph (Size: 11" X 8.5")
America - letter (Foriegn)
1960މ މާރޗް 4(1379ހ ރަމްލޯނު 6)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، ޖަރުމަނުވިލާތުގެ ރުޑޮލްފް ވަސީމް، ފޮނުވާފާވާ ސިޓީއެއް. Letter sent by Rudolf Wasem to the sultan of the Maldives on March 4, 1960 (Size: 11.6" X 8.2")
Germany - letter (Foriegn)
1957މ ނޮވެންބަރު 15(1377ހ ރަބީލްއާހިރު 22)ގާ، ރާއްޖޭގެ ރަދުންނަށް، ލެލަންޑް އައި. ނެފް ކިޔާ މީހަކު، ސްޓޭންޕް ނެރޭ ގައުމުތަކުގެ ތާރީހާ ބެހޭ ފޮތެއް އޭނަ އެކުލަވާލާތީވެ، ރާއްޖޭގެ އެކަމުގެ ތާރީހާ ބެހޭގޮތުން، ކުރު ލިޔުމަކާ، ރަދުންގެ ސޮއިކުރި ފޮޓޮއަކާ، އަދި ނެރެފާ ހުރި ސްޓޭންޕް ކޮޅަކާ ފޮނުއްވާދިނުމަށް އެދި، އަދި އޭނާގެ ފޮތުގެ ކޮޕީއެއްވެސް ފޮނުވާނެކަމަށް ބުނެފާވާ ސިޓީއެއް. Letter sent by Leland I Neff on November 15, 1957, requesting for information on the Maldives, Sultan's autograph and stamps (Size: 9.95" X 7.2")
America - letter (Foriegn)
1956މ ސެޕްޓެންބަރު 3(1376ހ މުހައްރަމް 27)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ކެތްރީން އެމް.ކުއިން، އެރަދުންގެ ސޮއެ(އޮޓޯގްރާފް) ބޭނުންވެގެން ފޮނުވި ސިޓީގެ ޖަވާބު ނުލިބިގެން، އަނެއްކާވެސް އޮޓޯގްރާފްއަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Kathryn MQuinn to Sultan Muhammed Fareed Didion on September 3, 1956, requesting an autograph (Size: 7.8" X 5.9")
America - letter (Foriegn)