(ތާރީހެއް އިނގޭކަށް ނެތް) މިއީ، F0-140Tގެ، ދިވެސްއަކުރު ފަތް. Size: 9.9" X 7.8"
N.Holhudhoo - Island Mosque
(ތާރީހެއް ނެތް) ރ.މީދޫ މީހުން، އަލްވަޒީރު އަލްހާއްޖަ އިސްމާއީލް ދޮށިމޭނާ ކިލަގެފާނާއި، އަލްވަޒީރު އަލްހާއްޖަ އިބްރާހީމް މާފަތް ތަކުރުފާނާއި، އަލްވަޒީރު ހަސަން ހަކުރަވެތި ތަކުރުފާނާއި، އަލްވަޒީރު މުހައްމަދު ވެލަވަޅުނަ ތަކުރުފާނާއި، އަލްވަޒީރު އިބްރާހީމް ދަހަރަދަ ތަކުރުފާނާއި، ފަހޮޅީ 15 މުސްކުޅި ބޭކަލުން ކައިރީގާ، އެރަށު ބަޔެއް، އެރަށު މިސްކިތުގެ ބޯގައަށް އެއަތޮޅު ދިގެލި(ދިގަލި)އޮތް ފަތް ފޮރުވާ، އެރަށުން ލިބޭ ފައިދާ ބޭނުންކުރަނީ ކަމުގާ ދައުވވާކުރުމުން، އެކަން ބައްލަވާ، މީދޫ މިސްކިތް މައްޗަށް ދިގަލީ ބޯގަޔަށް ލަށްވާ، އެރަށު އެންމެންނަށް ހަވާލުވެރިކަން ދެއްވާ، ދޮންމުހާ(މޫސާ؟) ތަކުރުފާނު ލިޔެދީފާވާ ދިވެސްއަކުރު ފަތުގެ 1352ހ ޝައުބާން 11(1933މ ނޮވެންބަރު 29)ގާ ކޮށްފާވާ، ތާނަ ތަރުޖަމާއެއް. Size: 6.8" X 8.2"
R.Meedhoo - Meedhoo Mosque - Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، 'ހެންވޭރު ބޮޑުކާށިމިސްކިތުގެ ވަގުފް ފަތް' މިހެން ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size: 31.5" X 11.6"
K.Male' - Bodukaashi Miskiiy (Mosque)
(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، 'ލ.ފޮނަދޫ ކުޑަމިސްކިތް' މިހެން ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size: 21.9" X 14.8"
L.Fonadhoo - Kuda Miskiiy (Mosque)
(ތާރީހެއް ނެތް) އައްސުލްތާނު މުހައްމަދު ފަރީދު ދީދީ، 'ނިލަންދެ އަތޮޅު''(މިބައި ފުރާފާ) ރައްޔިތުންނަށް، މަތީގާ ދިވެހިރާއްޖޭގެ ނިޝާން ޖަހާފާ، 'ދިވެހިރާއްޖޭގެ ކީރިތި މަހާރަދުންގެ ކިބައިން، ރައްޔިތު އެންމެން ތަކަށް ބަހެއް.' މިހެން ފަށްޓާފާވާ، ރާއްޖެތެރޭގެ އެކިއެކި މަގާމް ދިންކަމާއި، އެމަގާމްގެ ޒިންމާއާ، އެރަށެއްގެ މީހުން އެކަން ގަބޫލުކޮށް، އޭނާގެ އެންގާ އެންގުމަށް ކިޔަމަންވާން ޖެހޭނެކަމާ، އޭނާޔާ ނުލާ ޖަމާއަތު ކަންކަން ނުކުރެވޭނެކަމާ، އެކަންކަމާ ހިލާފްވެއްޖެއްޔާ، އަދަބު އޮންނާނެކަމުގާ ލިޔެ، ފުރާލުމަށް ހުސްތަން ދޫކޮށް، ސޮއިވެރިއަކަށް އައްސުލްތާނު މުހައްމަދު ފަރީދުލްއައްވަލުގެ ނަން ޖަހާ، ޗާޕް ކޮށްފާވާ، ފުރިހަމައަށް ނުފުރާ އޮތް، ސިޓީ ފޯމެޓެއް. Letter from Al Sultan Muhammed Fareed Didi to the people of Faaf Atoll/Dhaal Atoll (Size: 13.3" X 8.4")
F/DH Nilandhe Atholhu - Appointment letter (Format)
(ތާރީހެއް ނެތް) އައްސުލްތާނު މުހައްމަދު ފަރީދު ދީދީ، 'އަރިއަތޮޅު ފެންފުށީގެ''(މިބައި ފުރާފާ) ރައްޔިތުންނަށް، މަތީގާ ދިވެހިރާއްޖޭގެ ނިޝާން ޖަހާފާ، 'ދިވެހިރާއްޖޭގެ ކީރިތި މަހާރަދުންގެ ކިބައިން، ރައްޔިތު އެންމެން ތަކަށް ބަހެއް.' މިހެން ފަށްޓާފާވާ، ރާއްޖެތެރޭގެ އެކިއެކި މަގާމް ދިންކަމާއި، އެމަގާމްގެ ޒިންމާއާ، އެރަށެއްގެ މީހުން އެކަން ގަބޫލުކޮށް، އޭނާގެ އެންގާ އެންގުމަށް ކިޔަމަންވާން ޖެހޭނެކަމާ، އޭނާޔާ ނުލާ ޖަމާއަތު ކަންކަން ނުކުރެވޭނެކަމާ، އެކަންކަމާ ހިލާފްވެއްޖެއްޔާ، އަދަބު އޮންނާނެކަމުގާ ލިޔެ، ފުރާލުމަށް ހުސްތަން ދޫކޮށް، ސޮއިވެރިއަކަށް އައްސުލްތާނު މުހައްމަދު ފަރީދުލްއައްވަލުގެ ނަން ޖަހާ، ޗާޕް ކޮށްފާވާ، ފުރިހަމައަށް ނުފުރާ އޮތް، ސިޓީ ފޯމެޓެއް. Letter from Al Sultan Muhammed Fareed Didi to the people of Fenfushi (Size: 13.3" X 8.4")
A.Dh.Fenfushi - Appointment letter (Format)
(ތާރީހެއް ނެތް) އައްސުލްތާނު މުހައްމަދު ފަރީދު ދީދީ، 'އަރިއަތޮޅު ފެންފުށި މޫސާ''(މިބައި ފުރާފާ).. ރައްޔިތުންނަށް، މަތީގާ ދިވެހިރާއްޖޭގެ ނިޝާން ޖަހާފާ، 'ދިވެހިރާއްޖޭގެ ކީރިތި މަހާރަދުންގެ ކިބައިން، .......... ރައްޔިތު އެންމެން ތަކަށް ބަހެއް.' މިހެން ފަށްޓާފާވާ، ރާއްޖެތެރޭގެ އެކިއެކި މަގާމް ދިންކަމާއި، އެމަގާމްގެ ޒިންމާއާ، އެރަށެއްގެ މީހުން އެކަން ގަބޫލުކޮށް، އޭނާގެ އެންގާ އެންގުމަށް ކިޔަމަންވާން ޖެހޭނެކަމާ، އޭނާޔާ ނުލާ ޖަމާއަތު ކަންކަން ނުކުރެވޭނެކަމާ، އެކަންކަމާ ހިލާފްވެއްޖެއްޔާ، އަދަބު އޮންނާނެކަމުގާ ލިޔެ، ފުރާލުމަށް ހުސްތަން ދޫކޮށް، ސޮއިވެރިއަކަށް އައްސުލްތާނު މުހައްމަދު ފަރީދުލްއައްވަލުގެ ނަން ޖަހާ، ޗާޕް ކޮށްފާވާ، ފުރިހަމައަށް ނުފުރާ އޮތް، ސިޓީ ފޯމެޓެއް. Letter from Al Sultan Muhammed Fareed Didi to the people of Fenfushi (Size: 13.3" X 8.4")
A.Dh.Fenfushi - Appointment letter (Format)
(ތާރީހެއް ނެތް) މަތީގާ ދިވެހިރާއްޖޭގެ ނިޝާން ޖަހާފާ، 'ދިވެހިރާއްޖޭގެ ކީރިތި މަހާރަދުންގެ ކިބައިން، ރައްޔިތު އެންމެން ތަކަށް ބަހެއް.' މިހެން ފަށްޓާފާވާ، 'އައްސުލްތާނު މުހައްމަދު ފަރީދު ދީދީ، މާޅޮސްމަޑުލު ދެކުނުބުރި ދަރަވަންދޫ ރައްޔިތުންނަށް(މިބައި ފުރާފާ)، ރާއްޖެތެރޭގެ އެކިއެކި މަގާމް ދިންކަމާއި، އެމަގާމްގެ ޒިންމާއާ، އެރަށެއްގެ މީހުން އެކަން ގަބޫލުކޮށް، އޭނާގެ އެންގާ އެންގުމަށް ކިޔަމަންވާން ޖެހޭނެކަމާ، އޭނާޔާ ނުލާ ޖަމާއަތު ކަންކަން ނުކުރެވޭނެކަމާ، އެކަންކަމާ ހިލާފްވެއްޖެއްޔާ، އަދަބު އޮންނާނެކަމުގާ ލިޔެ، ފުރާލުމަށް ހުސްތަން ދޫކޮށް، ސޮއިވެރިއަކަށް އައްސުލްތާނު މުހައްމަދު ފަރީދުލްއައްވަލުގެ ނަން ޖަހާ، ޗާޕް ކޮށްފާވާ، ފުރިހަމައަށް ނުފުރާ އޮތް، ސިޓީ ފޯމެޓެއް. Letter from Al Sultan Muhammed Fareed Didi to the people of Dharavandhoo (Size: 13.3" X 8.4")
B.Dharavandhoo - Appointment letter (Format)
(ތާރީހެއް ނެތް) އައްސުލްތާނު މުހައްމަދު ފަރީދު ދީދީ، 'ފާދިއްޕޮޅު ނައިފަރު ރައްޔިތުންނަށް، ޅ.ނައިފަރު އަލްމުހްތަރަމް އަލްމަރްހޫމް ތަންހަޅި ޔޫސުފްގެ ދަރި އްލަމުހްތަރަމް'(މިބައި ފުރާފާ)، މަތީގާ ދިވެހިރާއްޖޭގެ ނިޝާން ޖަހާފާ، 'ދިވެހިރާއްޖޭގެ ކީރިތި މަހާރަދުންގެ ކިބައިން، ރައްޔިތު އެންމެން ތަކަށް ބަހެއް.' މިހެން ފަށްޓާފާވާ، ރާއްޖެތެރޭގެ އެކިއެކި މަގާމް ދިންކަމާއި، އެމަގާމްގެ ޒިންމާއާ، އެރަށެއްގެ މީހުން އެކަން ގަބޫލުކޮށް، އޭނާގެ އެންގާ އެންގުމަށް ކިޔަމަންވާން ޖެހޭނެކަމާ، އޭނާޔާ ނުލާ ޖަމާއަތު ކަންކަން ނުކުރެވޭނެކަމާ، އެކަންކަމާ ހިލާފްވެއްޖެއްޔާ، އަދަބު އޮންނާނެކަމުގާ ލިޔެ، ފުރާލުމަށް ހުސްތަން ދޫކޮށް، ސޮއިވެރިއަކަށް އައްސުލްތާނު މުހައްމަދު ފަރީދުލްއައްވަލުގެ ނަން ޖަހާ، ޗާޕް ކޮށްފާވާ، ފުރިހަމައަށް ނުފުރާ އޮތް، ސިޓީ ފޯމެޓެއް. Letter from Al Sultan Muhammed Fareed Didi to the people of Naifaru (Size: 13.3" X 8.4")
Lh.Naifaru - Appointment letter (Format)
1298ހ މުހައްރަމް 26(1880މ ޑިސެންބަރު 28)ގާ، އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ ޝަރީއްޔަތު މަޖިލީހުގާ، ޝެއިހު މުދިން ކަލޭފާނުގެ ދަރި ފާތުމާފުޅު، އެމީހުންގެ ހަނދުބަލާ ގޯއްޗޭ ކިޔާ ގޯތިން އޭނާޔަށް މިލްކުވެއޮތް ބައި، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން އޭނާ ނެތުމަށްފަހު އޭނާގެ ދަރިކޮޅަށް ލަށްވައިފިން ކަމާއި، އެބައިގެ އިމާއި މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަޖިލީހުން ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާއެވާ ގޯތި ތ.އެލާއިން ނަގާ، އާފަތެއް ލިޔެދިން ކަމުގާ ބުނެފާވާ ލިޔުމެއް.
(Size: 13.1" X 8") Chief Justices - Ismail Bandaara Naaibu Thakurufaanu
K.Male' - G.Maandhoo Goathi (Housing Plot), G.Han'dhubalaa Goathi (Housing Plot) - Deed for housing plot