Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-N-1 · Item · 1691
Parte de Documents

1102ހ ޝައްވާލް(1691މ ޖުލައި)ގާ، އައްސުލްތާނު މުހައްމަދު މުހްޔިއްދީނު އާދިލް(ރަދުންގެ ނަމެއް ނެތް... ކޮލިނަން: ސުވަސްތިސިރީ މަތަމަހާސިރީ ދިރިކުސަ ފުރަދާނަސިރީ، ނަވަރަންނަ ކުލަސުންދަރަ ބޮވަނަ މަހާރަދުން އަދި ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ ފުރަތަމަ އަހަރު، އެރަދުންގެ ދަރުބާރުގާ، (މުލަކުއަތޮޅު)ނާލާފުށި ރައްޔިތުން، ނާލާފުށީގެ މާމިސްކިތުގެ އިހުގެ ފަތްކޮޅު އާކޮށްދެއްވުމަށް އެދި ދެންނެވުމުން، އެ ފަތްކޮޅުގާ ވީފަދައިން އެފަތް އާކޮށްދިނުމުގެ އަމުރަށް، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އަލީ ހަނދޭގިރި ކިއުމުން، އަލީ މާމުދިން ލިޔެފާވާ ދިވެސް އަކުރު ފަތުގެ، 2 ޖުމާދިލްއާހިރު(އަހަރެއްނެތް)ގާ، ކޮށްފާވާ ތަރުޖަމާ.(Size: 13.5" X 8.35")
M - Naalaafushi - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sem título
NAM DOC-MN-N-29 · Item · 1908
Parte de Documents

1908މ ޖުލައި 11(1326ހ ޖުމާދިލްއާހިރު 12)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް، ކޮލޮންބޯ އަޔަން ވާކްސް އިން، ދަ މޯލްޑިވިއަން ؟؟؟(އަތުލިޔުން ކިޔާކަށް ނޭނގެ.. ބޯޓެއްގެނަން)، މާލެގެ ނަމުގާ 1500.00ރުފިޔާ ލިބި، އެ އެކައުންޓަށް އެފައިސާ ލައިފިކަމުގާ ބަޔާންކޮށް، ސިލޯނުގެ 5 ސެންޓުގެ އިސްޓޭމްޕެއް ޖަހާފާވާ ރަސީދެއް.(Size: 8.01" x 5.55")
Sri Lanka - Walker Sons & Co. Ltd - Account(Money)

Sem título
NAM DOC-MN-N-3 · Item · 1908
Parte de Documents

1908މ ސެޕްޓެންބަރު 3(1326މ ޝައުބާން 7)ގާ، ޝްރީލަންކާގެ ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ، އިނގިރޭސި 'ލެޓާހެޑް' އެއްގާ)، އޭނާ ސޮއިކޮށް، ފޮނުވާފާވާ '- ސަރުކާރުގެ ހިސާބު – ތިރިނާކޮޅު އައީ އަގޮސްތުން 22 ދުވަހު އެވެ' ޖަހާ، 1908މ އޯގަސްޓް 22(1326ހ ރަޖަބް 24)އިން 1908މ ސެޕްޓެންބަރު 2(1326މ ޝައުބާން 6)ގެ ނިޔަލަށް، ބަލަހަށްޓާފާވާ ހިސާބް ކަރުދާހެއް.(Size: 13.5" X 8.35")
Sri Lanka - Maldivian Embassy - Account

Sem título
NAM DOC-MN-N-30 · Item · 1908
Parte de Documents

1908މ ޖުލައި 3(1326ހ ޖުމާދިލްއާހިރު 4)ގާ، ކޮޅުނބުއިން، ރާއްޖޭގެ ސަފީރުގެ ނަމުގާ، ބްރައުން އެންޑް ކޮންޕެނީ ލިމިޓެޑް އިން ހަދާފާވާ 'އިންވޮއިސް' އެއް.(Size: 5.7" x 8.9")
Sri Lanka - Brown & Co. Ltd - Account

Sem título
NAM DOC-MN-R-32 · Item · 1667; 1707; 1708; 1825
Parte de Documents

މިކަރުދާހުގާ 4 ލިޔުމެއް ވެއެ.
1ވަން ލިޔުމަކީ: 1120ހ ރަޖަބް 15(1708މ ސެޕްޓެންބަރު 30)ގާ؛ އަލްގާޒީ ހަސަން ތާޖުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ތ.ވިލުފުށީ ތުއްބޭބެ އާއި އޭނާގެ އަނބި އައިސަދައިތަ އާއި ދެމީހުން، ވިލުފުށީގާ ހުރި އެމީހުންގެ މިލްކުގާވާ، ފޯދުނު 60 ރުކާއި، ނުފޯދޭ 60 ރުކާއި އަދި 3 ދަނޑު، ވަގުފްކޮށް، އެ ވަގުފްގެ ހަވާލުވެރިކަން، އެމީހުންގެ ދަރި ސަންފާ، މަރިޔަމް، އަދި ޒުލޭހާ މަންޖެއަށް، އަދި އެމީހުން ނެތިއްޖެ ނަމަ އެމީހުންގެ ދަރިކޮޅަށް ލަށްވާ، އެ، ތިން ބެއިން އެކަން ގަބޫލުކޮށްފި ކަމުގާ ބުނެ އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށްއެދުމުން، އެމަގަށް؛ އެ މަޖިލީހުން ލިޔެދެއްވި ފަތުގެ، ތާނަ ތަރުޖަމާއެއް.
2ވަނަ ލިޔުމަކީ: 1240ހ ޖުމާދިލްއައްވަލް(1825މ ޖަނަވަރީ)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު 1ގެ ރަސްކަމުގެ 27ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ތ.ވިލުފުށި ރައްޔިތުން، އެރަށު ފަޅުތެރޭގާ އޮންނަ ރަކިފުށި ކިޔާ ރަށް، ވިލުފުށީ ރައްޔިތުންގެ މިލްކެއް ކަމުގާ ހައްދަވާ، އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށް އެދުމުން، އެ ރަކިފުށިއަކީ، ވިލުފުށި މީހުންގެ މިލްކެއްކަމުގާ ނިޔާކުރައްވާ، ފަތް ލިޔުމުގެ ހުއްދަ ދެއްވުމުން، އެ ރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު ހާޖީ މުހައްމަދު ރަންހަނދޭގިރި ކިޔުމުން، ފަތްލިޔާ އިބްރާހީމް ލިޔުނު ފަތުގެ ތާނަ ތަރުޖަމާއެއް.
3ވަނަ ލިޔުމަކީ: އަހަރެއް ނެތް) ރަދުންނަށް ބަލާފާ...)1078ހ ސަފަރު(1667މ އޯގަސްޓް)ގާ، ސުވަސްތިސިރީ މަތަމަހާސިރި ރަންނަވަލޯކަ އަބާރުނަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ބޮވަނަ މަހާރަދުން އައްސުލްތާނު އިބރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގެ 20ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ތ. ވިލުފުށި މީހުން، އެރަށު މީހުން ބޮލިހިލާ، މަސްހިފާ ކަންތައްތައް ކުރަމަށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ދެއްވި ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެކަމާ މުހާތިބުވާ ރައްރަށުގެ މީހުންނާއި ވިލުފުށީ މީހުން ޝަރީޔަތަށް ފޮނުއްވާ، އެރަދުންގެ ބައްޕަ ވިލުފުށީ މީހުންނަށް ފަޅެއްދެއްވި ކަމުގާ ސާބިތުވުމުން، އެރަށުގެ ފަޅުން، ރަކިފުށި ބޮޑު ކޯރުން ފަށައިގެން ޅޮހި ފަޅުގެ ކޮޅާ ހަމަޔަށް އޮތް ތަނާއި، އެތާގާ ވާހާ ރަށަކާ އެމީހުންނަށް ލަށްވާ، އެވިލުފުށީ މީހުންގެ ރުހުމަކާ ނުލާ، އެތަނަށް އެއްވެސް އެހެން ރަށެއްގެ މީހަކު ވަދެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމުގާ ނިޔާކުރަށްވުމުން އެރަދުން ފަތް ލިޔުމަށް އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މަތީގަމު މޫސާ މޭނާ ގެދަރި އަލްވަޒިރު ދޮންއަލީ ދަހަރާދަ ގެދަރި އުމަރު ގަދަހަމާންދި ލިޔުނު ފަތުގެ ތާނަ ތަރުޖަމާއެއް.
4ވަނަ ލިޔުމަކީ: 1119ހ(1707މ)ގާ، ސުވާސްތިރީ މަތަމަހާސިރީ ކުލަ ސުންދުރަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބޮވަނަ މަހާރަދުން، އައްސުލްތާނު މުޒައްފަރު މުހައްމަދު އިމާދުއްދީނު(ރަދުންގެ ނަމެއް ނެތް...ތާރީހަށް ބަލާފަ)ގެ ރަސްކަމުގެ 4ވަނަ އަހަރު، ވިލުފުށި ހަސަން ކަލޯ ގެދަރި މުހައްމަދު ކަލޯ، އޭނާގެ މިލްކުގާވާ އެންމެހާ ރުއްގަސް، ދަނޑުފަގު، އަދި ވިލުފުށި މެދުރަށުވާ ކިޔާ ތަނާއި، ކަށުވަޅުބިން ކިޔާތާގާ ހުރި ހުރިހާ ރުކަކާއި، އެ އެންމެހާ ތަކެތިން ލިބޭ އެއްޗަކުން އޭނާޔަށާއި، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ރަދުންނަށް، ފާތިހާ ކިޔެވުމުގެ މައްޗަށް ވަގުފްކޮށް، އެ ވަގުފް ފުއްދުމުގެ ހަވާލުވެރިކަން، އޭނާގެ ދަރިކޮޅަށް ލައްވާ، އެމީހުން އެކަން ގަބޫލުކޮށް، މިކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ގަބޫލުކޮށް، ފަތް ލިޔުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އުމަރު ފަޑިއަތް ތަކުރު ކިއުމުން، ހަސަން ހަތީބު ލިޔެފާވާ ފަތުގެ ތާނަ ތަރުޖަމާއެއް.
(Size: 10.8" × 8.7")Al Ghaazee Hassan Thajuddin
Th.Vilufushi - Thubbeybe's Coconut Grove and Farmland - Deed for housing plot

Sem título
NAM DOC-MN-R-30 · Item · 1913
Parte de Documents

1331ހ ރަޖަބް(1913މ ޖޫނު(ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ، ޝަރީޔަތު މަޖިލީހަށް، ތުޅާދޫގޭ (...ވީދިފަ) ގެދަރި އިސްމާއީލް މަނިކުގެ އިބްރާހީމް މަނިކު ހާޒިރުވެ ހުރެ، އެމީހުންގެ ކާފަގެ ގޯތިތައް ބަހައިގެން، އޭނާގެ ބޮޑުބޭބެ މޫސާ މަނިކު އަށް ވީ ދެގޯތިން، ކުޑަކޮށީގާ އޮތް ވަގުފް ގޯތީގެ ވަގުފް، އެ މޫސާ މަނިކުގެ ދެ ފިރިހެން ދަރިން، އޭނާޔާ ހަވާލުކުރި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށްއެދުމުން؛ އެގޯތީގެ އިހު ފަތް ބެއްލެވިއިރު، އެގޯއްޗަކީ، ތުޅާދޫގޭ މުހައްމަދު މަނިކުގެ މަންމަ އާއި، މަންމަގެ އެއްބަނޑު އެއްބަފާ ފާތުމާފުޅު އާއި އަދި ދޭވާނިގޭ ދޮން...(ވީދިފަ)ފުޅާއި، މި ތިން ބެއިންގެ ވަގުފް ގޯއްޗެއް ކަމާއި، އަދި އެގޯތި ތުޅާދޫގެ މުހައްމަދު މަނިކުގެ ހަވާލުން، އޭނާގެ ދަރި މޫސާ މަނިކުއަށް، އަދި އޭގެ ފަހުން އެ މޫސާ މަނިކުގެ ދެދަރިންނަށް ހަވާލުވެފާވާ ކަމުގާ ސާބިތުވެ، އަދި، އެ ދެމީހުން، އެ އިބަރާހީމް މަނިކު އާއި ގޯތި ހަވާލުކުރިކަމުގެ ހެކިބަސް ގަބޫލުކުރަށްވާ؛ އެގޯތީގެ ވަގުފް އެއީ އެ އިބްރާހީމް މަނިކުގެ ހަވާލެއް ކަމުގާ އެ މަޖިލީހުން ނިޔާ ކުރުމުން، މޫސަލް މަހައްލީގެ ދަރި އަބްދުއްލޯ ލިޔެފާވާ ފަތެއް.
އަދި ނުފުށުގާ:
1346ހ ޖުމާދިލްއައްވަލް 24(1927މ ނޮވެންބަރު 19)ގާ، މި ގޯތީގެ ހުރިހާ ބެހެނިވެރިންގެ ގަބޫލުގާ، ތުޅާދޫގެ ހުސެއިން މަނިކުގެ ދަރި އިބްރާހީމް މަނިކާއި ހަވާލުކުރިކަމުގެ މައްޗަށް ލިޔެފާވާ ލިޔުމަކާ،
އަދި، މި ގޯތީގެ ބޮޑުމިން، ފަނޑިޔާރުގޭގެ ފަތްލިޔާ 4 ނަންބަރު ފަތްލިޔާ ދަފްތަރުގެ 14ވަނަ ސަފްހާގާ ވާނެކަމަށް، އެހެން އިރެއްގާ، ކޮށްލާފާވާ ނޯޓެއް.
(Size: 9.65" × 8.1")Al Naaibu Hussain Salahuddin
K.Male' - M.Meybiskadhuruge (Housing Plot in Male) - Deed for housing plot

Sem título
NAM DOC-MN-F5-14 · Item · 1959
Parte de Documents

1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1262ހ(1846މ)ގާ، އަލްގާޒި މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން ލިޔެދެއްވާފާވާ ފަތަކުން، ހ.ކާނޭޝަންމާގެ ކިޔޭ ގޯއްޗަކީ، ފެންނުވަރާ އަލީ ތައްހާނުގެ މިލްކެއް ކަމާއި، އޭނާ ނިޔާވުމުން، އޭނާގެ ބެހެނިވެރިން އަތުން، ދޮންހުރާގޭ އަލްވަޒީރު އިބްރާހީމް ދަހަރާ ތަކުރުފާނު އެގޯތި ގަނެ މިލްކުކޮށް، އޭނާ ނިޔާވުމުން، އޭނަގެ ދަރިކޮޅުގެ، ދަނޑިކޮށީގޭ މީހުންނަށް ވީތަން، ގުރައިދޫ ކުޑަމޫސާ ކަލޭފާނު ގަނެ، ދެން އޮތް ބައިން، މާކަނާ ކުޑަތުއްތު ދީދީ އަށް ވީ ތަނާއި، އެގޯތީގެ އެހެނިހެން ބެހެނިވެރިންގެ އަތުން ކުޑަތުއްތު ދީދީ ގަނެފާވާ، ތަންތަންވެސް ގުރައިދޫ ކުޑަމޫސާ ކަލޭފާނުން ގަނެ، މުޅި އެގޯތި އޭނާޔަށް މިލްކުވެފާވާ ކަމާއި، އަދި އޭނާ ނިޔާވުމުން، އޭނާގެ ދަރިން، ކަމަނަ، އިބްރާހީމް ހަލީމް، މުހައްމަދު ހަލީމް އަދި އަހުމަދު ހަލީމް އަށް ވީ ބައިބައި، ކުޑަމޫސާ ކަލޭފާނުންގެ ދެންހުރި ދަރި، ތުއްތު ގަނެ، މުޅި އެގޯތި އޭނާއަށް މިލްކުވެ، ތުއްތު ނިޔާވުމުން އޭނާގެ ދަރި ދޮންތުއްތުއަށް އެ ގޯތީގެ 8/7ވެ، ތުއްތު އިނދެގެން އުޅުނު އައިޝާފުޅުއަށް ވީ 7/1، އޭނާ އެ ދޮންތުއްތު އަށް ދިން ކަމާއި، މިއެންމެ ކަންކަން، 1377ހ ޝައްވާލް 20(1958މ މޭ 10)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ދާހިލިއްޔާއަށް ފޮނުވާފާވާ 2/131ނަންބަރު ސިޓީއިން ސާބިތުވެ؛ މުޅި އެގޯތި އެއީ ގުރައިދޫ ކުޑަމޫސާ ކަލޭފާނުގެ ތުއްތުގެ ދޮންތުއްތުގެ މިލްކެއްކަމުގާ ބަޔާންކޮށް، ލިޔެފާވާ ފަތުގެ ނަކަލެއް. A copy of the report originally written on 26 November 1959 regarding the ownership of the land Henveiru Kaanashionmaage (Size: 10" X 7.35)
K.Male' - H.Carnationmaage (Housing Plot) - Private Property

Sem título
NAM DOC-MN-F6-20 · Item · 1920
Parte de Documents

1339ހ މުހައްރަމް 17(1920މ ސެޕްޓެންބަރު 30)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ހުކުރު މިސްކިތް އަދި ކުޑަ މިސްކިތް، އެރަދުންގެ އަމުރުފުޅަށް، ހަދާ، އާކޮށްފިކަމުގަ ބުނެ، އެދެތަން ބެލެހެއްޓޭނެ ފަދައެއް ހަމަޖަށްސަވާދެއްވުމަށް އެދުމުން؛ އެދެތަނުގެ އިހުފަތް ބަށްލަވާ، 1266ހ(1850މ)ގާ، އޭރުގެ ރަދުންގެ، އަލްގާޒީ މުހިއްބުއްދީނުގެ ޝަރީއަތު މަޖިލީހުން، އެރަށުގެ ގޮއެފާލަށްބައަށް، އެދެމިސްކިތުގެ ހަވާލުވެރިން އަރާރުންވާތީވެ، އެތަން ބަންޑާރަޔަށް ލަށްވާފާވާކަން ސާބިތުވެ، އަދި، 1197ހ(1783މ)ގާ، މުހައްމަދު މުހިއްބުއްދީނުގެ ލިޔެފާވާ ފަތުން، އަލްވަޒީރު ހަސަން ދަހަރާދަ، އެކުޑަމިސްކިތް މައްޗަށް، ނ.ރާފުށި ވަގުފްކޮށްފާވާ ކަމުގާ ސާބިތުވެ، ހުކުރު މިސްކިތު ބޯގައަށް، ނައިފަރު ގޮއިފާލަށްބަ ލަށްވާ، އަދި ކުޑަ މިސްކިތަށް ވަގުފްވެ އޮތް ނ.ރާފުށި، އެގޮތަށް ބޭއްވުމަށާ، އެދެތަނުގެ ހަވާލުވެރިން އެނގި ނެތުމުން، ވަގުތީގޮތުން، ނައިފަރު ރައްޔިތުންގެ މައްޗަށް އެކަން ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މޫސާ ދީދީގެ އަބްދުއްލޯ ދީދީ(އަބްދުއްލާ ކަމާލުއްދީނު)، ލިޔެދީފާވާ ފަތުގެ ނަކަލެއް. Size: 8.8" X 5.5"
Lh.Naifaru - Hukuru Miskiiy (Mosque), Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy), Endowment for Mosque

Sem título
NAM DOC-MN-F3-7 · Item · 1921
Parte de Documents

1339ހ ޒުލްޙައްޖު(1921މ އޯގަސްޓް)ގާ، މޫސާމަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ގެދަރި އަލްހަތީބު ހުސެއިން ގެދަރި ވެލިދޫގޭ މުހައްމަދު ދީދީ އައިސް؛ އޭނާގެ މައިފުށު މީހުންގެ، މައްޗަންގޯޅި އައުގެގެ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތް ބެއްލެވިއިރު، އެއީ 1242ހ(1827މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން، އަހުމަދު މާލިމީގެ ދަރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނާއި، އޭނާގެ އެއްބަނޑުއެއްބަފާ މަރިޔަމްފާނު އާއި އެދެބެންގެ މަންމަގެ ގޯތިކަމަށްވާ މައްޗަންގޯޅި އައުގެ، އެދެބެންނަށް އެއްވަރަށް ބައްސަވާ، އުތުރުބައި މަރިޔަމްފާނަށް އަދި ދެކުނުބުރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނަށް ލިބި، އެދަބައި އެއްކޮށް ވަގުފްކޮށް، މުޅި އެ ގޯއްޗާއި އެގޯތީގާވާހާ ތަކެއްޗެއްގެ ހަވާލުވެރިކަން، އެދެބެއިންނާއި އެދެބެންގެ ދަރިފަސްކޮޅަށް ލައްވާ، އައްނައިބު މުހައްމަދު ބަންޑާރަނައިބު ލިޔުއްވާފާވާ ސައްހަ ފަތެއްކަމަށް ސާބިތުވުމުން އެފަތް އޮތްގޮތަށް އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - Ma.Auge/Huvarafusee Kudage (Housing Plot) - Deed for housing plot

Sem título
NAM DOC-MN-F6-19 · Item · 1923
Parte de Documents

1342ހ މުހައްރަމް 29(1923މ ސެޕްޓެންބަރު 11)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ދެކުނުކޮޅުގާ ހުރި އާމިސްކިތް ބާވެ ހަލާކުވެފާވާ ކަމުގާ ބުނެ، އެމިސްކިތް އާކުރުމުގެ ހުއްދަޔަށް އެދުމުން؛ އެކަމަށް އިޒްނަދެއްވާ، އަދި އެރަށުގާ އިހު ހުރި ދެ މިސްކިތުގެ ބޯގައިން، އެ މިސްކިތުގެ 'ކުނަލަވެރިކަމުގެ ނާޒިރުކަން' އެރަށު ރައްޔިތުންނަށް ލަށްވާފި ކަމުގާ އަމުރުނެރެއްވުމުން، އެރަދުންގެ ސިއްކަޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު، ލިއެފާވާ ފަތުގެ ނަކަލެއް.Document approving the renovation of the old mosque at the request of the people of Naifaru and the allocation of assets (Size: 8.8" X 5.5")
Lh.Naifaru - Aa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sem título