Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-F1-65 · Item · 1956
Parte de Documents

1956މ ނޮވެންބަރު 21(1376ހ ރަބީލްއާހިރު 18)ގާ، ޖޯސަފް ނަމަކަށް ކިޔާ މީހަކު، ދިވެހިރާއްޖޭގެ ރަސްގެފާނަށް، ރާއްޖޭގެ ކޯޕަރޭޝަން ޓެކްސްއާ ބޭންކުކުރުމުގެ ކަންތަކާ، ދެގައުމު-ރައްޔިތުކަން ރާއްޖޭގާ ގަބޫލުކުރޭތޯއާ، މިކަންކަމާ މެދު ސުވާލުކޮށް އެކަންކަމާ ބެހޭ މައުލޫމާތު ލިބިދިނުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Joseph Olter Kresl to Sultan Muhammed Fareed Didi on November 21, 1956, requesting for information on the availibility of banking services in the Maldives, and whether a person with two citizenship can enter the Maldives (Size: 10" X 8")
America - letter (Foriegn)

Sem título
NAM DOC-MN-N-96 · Item · 1903
Parte de Documents

1903މ މާޗް 17(1320ހ ޒުލްހައްޖު 17)ގާ، ރާއްޖޭގެ ރަދުންނަށް، ކޮޅުނބުގާ ހުންނަ 'ތޯމަސް ކުކް އެންޑް ސަންޒް، ބޭންކާޒް އެންޑް ޖެނެރަލް ޕެސެންޖާ އޭޖެންޓްޒް' ކުންފުނީން ސްވޭޒްއަށް ފޮނުވި ކޭބަލް(ޓެލެގްރާފް)އަކަށް، އަހުމަދު ދީދީ ދެއްކެވި 50/10،105 ރުޕީޒް، ގެ ފައިސާގެ ރަސީދު(އިނގިރޭސިން) އަދި މިކަރުދާހުގެ ނުފުށުގާ އޮތް، މިރަސީދުގެ ދިވެހި ތަރުޖަމާގާ ފައިސާ ދެއްކީ، އެއްގަމުގޭ އަހުމަދު ދީދީ ކަމުގާ ލިޔެފާ ލިޔުމެއް.(Size: 5.15" x 7.45)
Sri Lanka - Thomas Cook & Sons - Account(Money)

Sem título
NAM DOC-MN-D-13 · Item · 1937
Parte de Documents

(Size: 13.3" × 8.3) -- 1355ހ ޒުލްހައްޖު 23(1937މ މާޗް 7)ގާ، 1ވަނަ ސަފްހާގާ، 'ވާރާއި ފުނަވާރުގެ ތެރެއިން ފަރާތްފަރާތައް ދެއްވިފައިހުރި ތަކެތި' މިހެން ސުރުހީކޮށް، އަރިމަތީ ސުރުހީޔަށް އަތޮޅުއަތޮޅުގެ ނަން ޖަހާ، އޭގެ ދަށުގާ، ރަށްރަށުގެ ނަން ލިޔެ، އެރަށްރަށުގެ ޒިޔާރަތް، މިސްކިތް ފަދަ ތަންތަނައް ދީފާވާ ތަކެއްތި ލިޔެ، ނިސްބަތްވާ ދިމާލުގާ އަގުޖަހާފާވާ 2 ސަފްހާގެ ލިސްޓެއް.
K.Male' - list(Tax)

Sem título
NAM DOC-MN-F5-20 · Item · 1932
Parte de Documents

1351ހ ޖުމާދިލްއާހިރު 7(1932މ އޮކްޓޯބަރު 8)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުންގެ ޝަރީޔަ މަޖިލީހުގާ، އަލްވަޒީރު މޫސާ ދަހަރަދަ ކަލޭފާނުގެ ދަރި މުހައްމަދު މަނިކުގެ ދަރި އިބްރާހީމް ދީދީ، މައްޗަންގޯޅި މައިޒާންދޮށަށް ހިނގާމަގާއި، އެމަގުން ހުޅަނގަށް ހިނގަން އޮތް މަގާއި، 2މަގު ދައުލަތުން ސީދާކުރިއިރު، އެދެމަގާ އިންވެގެން އޮތް، އޭނާ މާމަ، ބޮޑުފުޅަށްގޭ އައިޝަތު މަނިކަގެ ގޯތީގެ ބޮޑުމިން ތަފާތުވެފާވާތީ، އެތަނުގެ މިން ހަމަކޮށްދެއްވާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބެއްލެވުމަށްޓަކާ، އެގޯތީގެ، 1318ހ(1900މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ސިއްކަޖަހާ، އަލްފަގީހު އަލީ ދީދީ އާއި އަލްފަގީހު އައްޝެއިހު މުހައްމަދު އާއި ދެބޭފުޅުންގެ މަޖިލީހުން ލިޔެފާވާ ފަތަކުން، އެގޯއްޗަކީ ބޮޑުފުޅަށްގޭ އައިޝަތު މަނިކެގެ މިލްކެއް ކަމާއި އަދި އެގޯތީގެ އިމާއި މިން ސާބިތުވާން އޮތުމުން، އެފަތުގާވާ ބޮޑުމިން ހަމަކުރައްވާ، އެގޯއްޗަކީ، ބޮޑުފުޅަށް އައިޝަތު މަނިކެގެ ދަރި މުހައްމަދު މަނިކުގެ ދަރީންނަށް މިލްކުވެފާވާ ގޯއްޗެއް ކަމާއި، އެތާގެ އިމާއި މިން ހިމަނާ، އެމަހްކަމާއިން، އައްނައިބު އަބްދުލް ގައްޔޫމު ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 8 October 1932 regarding the ownership of the land Machchangoalhi Kudadhaharaage (Size: 10" X 7.35) Chief Justices - Al Ghaazee Hussain Salahuddin
K.Male' - Ma.Kudadhaharaage (Housing Plot) - Private Property

Sem título
NAM DOC-MN-F10-25 · Item · 1951
Parte de Documents

1370ހ ޒުލްހައްޖު 6(1951މ ސެޕްޓެންބަރު 8)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ އައްޑޫ އަހުމަދު ދީދީ ގެ ތުއްތު ދީދީ، އެ މަހްކަމާއަށް ގެންދިޔަ ފަށަވާޅުގޯތީގެ އަދި 1248ހ(1832މ) އަދި (1275ހ(1859މ)ގެ ފަތާއި، ދާހިލިއްޔާގެ ނަންބަރު 51 ގެ ފަތާއި، އެޔާއެކު ގެންދިޔަ، 1350ހ ރަޖަބް 27(1931މ ޑިސެންބަރު 7)ގާ، ޝަރުއިއްޔާގެ ސިޓީއަކާ ބަލައިގެންފާ ދީފާވާ ރަސީދެއް.
Receipt issued by authorities when renewing the real estate document (Size: 5.4" X 4.6")

Sem título
NAM DOC-MN-F10-14 · Item · -
Parte de Documents

(ތާރީހެއް ނެތް)ގަނޑު މާލޫދަށާއި މިސްކިތު މާލޫދަށް ފޮޅިއާއި ހިކިރިހަ ކަށްކަން، ބަނޑޭރިގެއިން ކަލާސީނުން ކާއްޓާއި އަދި މަސް ގެންނަންވީ އަދަދު ޖަހާފާވާ ކަރުދާހެއް.
List of coconut and smoked tuna quantities for a religious celebration (Mauloodh) (Size: 7.75" X 6.2")

Sem título
NAM DOC-MN-F10-13 · Item · 1930
Parte de Documents

1349ހ ސަފަރު 19(1930މ ޖުލައި 16)ގާ، 'ބޮއި ދޮންތުއްތުއަށް ބަހެ' އަދި 'އެތެރެ ބަޑަހަލަށް ދޭނޭ ކުކުޅުބިހުގެ ހިސާބު' މިހެން ޖަހާ، އެކިކަންކަމަށް ބިސް ދޭނެ އަދަދު ޖަހާފާވާ ކަރުދާހެއް.
List of expenses for purchasing eggs (Size: 5.4" X 5.7")

Sem título
NAM DOC-MN-F10-17 · Item · -
Parte de Documents

(ތާރީހެއް ނެތް) ކޮންއެއްޗެއްކަން ބަޔާންނުކޮށް، 7މުޅި ދިހަނާޅި އަށް ވީ ރުފިޔާ 7ބަޔަށް ބެހުމުގެ ހިސާބު ޖަހާފާވާ ކަރުދާހެއް.
Note with mathematical calculations (Size: 5.1" X 4.0")

Sem título
NAM DOC-MN-F10-22 · Item · -
Parte de Documents

(ތާރީހެއް ނެތް) އެކި ބަދިގެއާއި، ގަނޑުވަރުތަކާއި، ބޭބޭކަލުންނާއި، އެއްޗެތިކޮޅު ބަޔާންކޮށް، އެއެއްޗެއް ކައިރީ އަދަދު ޖަހާ ލިސްޓުކޮށް، ރަސްގެލާފާވާ(ޗެކްކުރާގޮތަށް)ވާ ކަރުދާހެއް.
List of palace kitchens and their staff (Size: 8.65" X 6.85")

Sem título