(ތާރީހެއް އިނގޭކަށް ނެތް) މި ދިވެސްއަކުރު ފަތަކީ، F0-111T އަދި ގެ އަސްލު. Size: 58.5" X 11.6"
Kanbaa Aisa Miskiiy (Mosque) - Endowment for Mosque
މިއީ F0-112ގެ އަސްލު ފަތެ. އަދި މި ފަތް ވީދި ބައިބައި ވެފާ އޮތުމުން، މަރާމާތްކޮށް، R-7/F0-110 ނަންބަރު ކޮށްފާވާ ފަތެއް. Size: 19.5" X 12"
A.Hangnyaameedhoo - Kalaafaanu Shrine, Thuhkamanaa Shrine - Endowment for Shrine (ziyaaraiy)
1208ހ ޖުމާދިލްއާހިރު 17(1760މ ޖުލައި 7)ގާ، އައްސުލްތާނު ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު ދަރުބާރަށް؛ މާންދޫ ބޮޑު ބަނޑޭރިތަކުރުފާނު ގެދަރި ކުޑަބަނޑޭރި ތަކުރުފާނުގެ ދަރި މަރިޔަމް މަނިކެގެ ދަރި އަލިމަނިކު ހާޒިރުވެ ހުރެ؛ އޭނާޔަށް ވާރުތަވެ މިލްކުވެފާވާ، ރައްދެބައިމަގުގެ ފަކުސަމަ(ހުޅަނގު) ފަރާތުގާ އޮތް މާންދޫ ގޯއްޗާއި އެ ގޯއްޗާ އިންވެ 'ނޮރިންމަކަނު'(ދެކުނުހުޅަނގު)ކަނުގާ އޮތް، ފަށަވާޅު ކޮށްޓާ، މިދެގޯތި ވަށާ އޮންނަ 119ބަމަ ހިންނަ ބިމާއި ތަކެއްޗާ، އެގޯތީގެ އުތުރުން އިންވެގެން، ބިހުރޯޒު މިސްކިތުގެ ދެކުނުން އޮތް 54ބަމަ ހިންނަ ބިމާއި، މިބިމުގެ މައްޗަށް އޮތްހާ ތަކެއްޗާއި، މާންދޫގޯތި (ދަކުސަނަ)ދެކުނުން އޮތް ކޮލިހިނގާ މަގާ އިންވެގެން، ވަށާ 48ބަމަ އޮތް ހިންނަބިމާއި، މިތަނަށް އޮތްހާ ތަކެއްޗާއި، އެ ގޯއްޗާ އިންވެ ހުޅަނގު އޮތް ކަދުކޮށްޓާއި ޖެހިގެން އިންވެ ފޫރުއްބަ(އިރުމަތިން)އިގާ އޮތް ބަންޑާރަ ބިމާއި އިންވެގެން އިރުމަތިން އޮތް، ބަންޑާރަ ބިމާއި، ދޮށުންގެ ބިމާއި މިދެބިމާއި އިންވެ، އުތުރަށް އޮތް ކަލާފާނު މިސްކިތު ބިމާއި، ފާމުލަދޭރި ކިލެގެފާނު މިސްކިތު ބިމާއި، މިދެބިމާއި އިންވެ ދެމެދުގާ އޮތް، ފަށަވާޅުކޮށިން ބޮޑު ބަންޑާރައިންގެ ބިމަށް 61ބަމަ ލައި، ވަށަމިނުގާ 193ބަމަ ހުރި މާންދޫގޭ ބިމާއި، އެބިމުގާވާހާ ތަކެއްޗާއި، އަލީމަނުކުގެ މިލްކުން ކަނޑާ، އައްސުލްތާނު ހަސަން ނޫރައްދީނަށާއި، އެރަދުންގެ މައިކަމަނާ އައިމިނާ މަނިކުފާނަށާއި، ބައްޕަ އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނަށާއި މިތިން ބަފައިންނަށް، ވަގުފްކޮށް، ހަވާލުވެރިކަން އެ ރަދުންގެ ދަރިފަސްކޮޅަށް ލަށްވާ، ފަތެއްލިޔުމަށް އަމުރުކުރެއްވުމުން، ވިދާޅުވެ އަމުރުކުރެއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފުރަމާލޭ ހުސެއިން ލިޔެފާވާ ފަތެއް. (މިއީ F0-85 ފަތުގެ ފުރަތަމަ 4/3ގާވާ ލިޔުން އޮތް، ވަކިފަތެއް.) Size; 25.4" x 11.3"
K.Male' - Maandhoo Goathi (Housing Plot) -Deed for housing plot
1251ހ ރަބީލްއާހިރު(1835މ އޯގަސްޓް)، ފަތުގެ ތިރީގާ ތާރީހުކޮށް، އަރަބިން ލިޔެފާވާ ފަތެއް.
ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ބޮލިމުލަކު މިސްކިތުފަތްކޮޅު' މިހެން ލިޔެފާވޭ.
Size: 20.8" X 13.9"
M.Mula (Boli) - Mula Miskiiy (Mosque)) - Endowment for Shrine
(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ކައްޗޭމީދޫ ފަތް' މިހެން ލިޔެފާވާ، ދިވެސްއަކުރު ފަތެއް. Document written in Dhives Akuru with the word 'Kachchey Meedhoo' written in Thaana on the reverse (Size: 10.8" X 8.1")
R.Meedhoo - kahchei
1173ހ ޒުލްހައްޖު(1760މ ޖުލައި)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ރަސްކަމުގެ 2ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ ނިލަންދެ އަތޮޅު ހުޅުދެލީ މީހުން، އެމީހުން އަންޒަމާނުއްސުރެ ކުޑަހުވަދޫ ފަރުހިލަމުން އަންނަނިކޮށް، އެކަން މަނާކޮށްފި ކަމުގާ ދައުވާކުރުމުން، އެކަން ބަށްލަވާ، ޝަރީޔަތް ކުރަށްވާ، އިހު ފަތުގާ ހުރި މަގަށް؛ ހުޅުދެލީ މިސްކިތުގެ ބޯގަޔަށް، ހުޅުދެލި ލަށްވާ، އެބޯގަޔަށް ވީއެއްޗެހި ނޫން، އެރަށުގެ ހުރިހާ ތަކެއްޗަކީ އެރަށުމީހުންނަށްވާ ތަކެއްޗެއް ކަމާއި، އެއަތޮޅު މާދެލީ ފަޅަކީވެސް އެމިސްކިތަށް އޮތް އެއްޗެއްކަމާއި، އެއަތޮޅު ދެރަންގަލި(ރަންގަލި ފިނޮޅު)އާއި، އަދި އެފިނޮޅުގެ، ހުޅުދެއްޔާ ވީކޮޅަށް އޮތް ފަޅު، ހުޅުދެއްޔާ ހަމަޔަށް، ހުޅުދެލި މިސްކިތަށާއި، ހުޅުދެލި މީހުންނަށް އޮތްކަމަށާއި، އަދި އެފަޅުން ކުޑަހުވަދޫ މީހުންނަށް އެއްވެސްކަމެއް ނުކެރެވޭނެ ކަމާއި، އަދި ރަހުރާ(ބަންޑާރަޔަށް އޮންނަ ރުކުރާ)ވެސް އެމިސްކިތައް ހުންނަންވާނެ ކަމާއި، އަދި އެރަށުގާ މިލްކެއް ނެތް މީހަކަށް އެރަށުގާ ރުކެއް ނުއިންދޭނެކަމާއި، އެރަށުމީހުން ދިރުއުޅެން އެހެން ރަށަކަށް ނުދިއުމަށާއި، އަދި އެރަށު މީހުން ކުރާ ކެއުޅުކަމާއި، އަތްކަމެއް މަނާ ނުކުރެވޭނެ ކަމާއި، އެރަށުން ރުކެއް ކެނޑޭނީ، ރުކަށްވާވަރަށް ރިހި ދީފާކަމަށާއި، އަދި ދެއްވަދޫ ރަސްގެފާނު ދެއްވާފާވާ ފަތުގާ ވާގޮތުގެ މަތިން، އެރަށުން ރުއް ނުކަނޑާ، މާދެލިން މިފަދަ.... ފަތުގެ އަނެއްބައެއް ނެތް Size: 12.1" x 7.2"
Dh.Hulhudheli - Hulhudheli Miskiiy (Mosque) - Endowment (Island), Endowment for Shrine (ziyaaraiy)
މިއީ (F0-84)އެކޭ އެކަށްޗެކެ.
F0-105ގެ 1381ހ ޒުލްގައިދު 6(1962މ އޭޕްރިލް 11)ގާ ފޮރި ހަސަން ދީދީ، ކޮށްފާވާ، ތާނަ ތަރުޖަމާއެއް. އެކަމަކު މިތަރުޖަމާގާ ފަތުގެ ތާރީހް:1017ހ ޝައްވާލް 22(1609މ ޖަނަވަރީ 28) އާއި F0-84ގާ އޮތް ތާރީހު: 1017ހ ޝައްވާލް 28(1609މ ފެބްރުވަރީ 3)ކާއި، 6ދުވަހުގެ ތަފާތެއް އެބައޮތެ. އަދި F0-84 ތަރުޖަމާކޮށްފާވާ ތާރީހެއް ނެތެ.
Size: 11" X 8.55"
A.Hangnyaameedhoo - Kalaafaanu Shrine - Endowment for Shrine (ziyaaraiy)
މި، ދިވެސްއަކުރު ފަތުގެ ތާނަ 2 ތަރުޖަމާ އަކީ (F0-105T އަދި F0-84) Size: 31" X 12.5"
A.Hangnyaameedhoo - Kalaafaanu Shrine - Endowment for Shrine (ziyaaraiy)
1224ހ ޖުމާދިލްއާހިރު(1809މ ޖުލައި)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނުގެ ދަރި އައްސުލްތާނު ހާޖީ ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 11ވަނައަހަރު، އެރަދުންގެ ދަރުބާރަށް، ނިލަންދެ އަތޮޅު ނިލަންދޫ މީހުން، އައްސުލްތާނު މުހައްމަދު މަހާރަދުން، އެރަށުގާ މިސްކިތެއް ބިނާކުރަށްވާ، ނިލަންދޫ ފާލައްބަ އާއި، އެ އަތޮޅު ފާންދޫއާއި، ކަޑުފުއްޓާއި، އަރިއަދެއަތޮޅު(އަރިއަތޮޅު) މާފަރާއި، ތިލަދުންމަތި މާރަންދޫގާ އޮތް 200ބަމަ ހުރި ވައިފަލެ ކިޔާ ބިންގަނޑު، އެމިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ފަތް ހިފައިގެން ގޮސް، އެރަށުގާ އެހެނިހެން ވަގުފްތައް އުފެދި އަދި ފަތްވެސް ލިއެވި ވުމާއެކު، އެމިސްކިތުގެ ބޯގަޔަށް ވީތަކެތި ވަނީ، ގެއްލި މަދުވެގެން ގޮސްފާ ކަމުގާ ބުނެ، އެކަމަށް ހަށްލެއް ހޯދާދެއްވުމަށް އެދުމުން، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުންގެ މަޖިލީހުން އެމީހުން ގެނައި ފަތް ބައްލަވާ، އެފަތް ސައްހަ ކަމުގާ ނިޔާކުރަށްވުމުން، ރަދުން އެއަމުރު އިއްވެވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު އަލްހާއްޖަ މޫސާ ހަނދޭގިރި ކިޔުމުން، ފަތްލިޔާ އިބްރާހީމް މާބަނޑޭރި، ދިވެސްއަކުރުން ލިޔެފާވާ ފަތުގެ(F0-104)ގެ، 1378ހ ޝައުބާން 24(1959 މާޗް 5)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9"
F.Nilandhoo - Nilandhoo Miskiiy (Mosque)) - Endowment for Shrine (ziyaaraiy) e
(ތާރީހެއް އިނގޭކަށް ނެތް) މި ދިވެސްއަކުރު ފަތުގެ ތާނަ ތަރުޖަމާ އެއީ(F0-104T)އެ. Size: 20.8" x 13.9"
F.Nilandhoo - Nilandhoo Miskiiy (Mosque)) - Endowment for Shrine (ziyaaraiy)