'ވަގުފްގޯތީގެ ފަތް'' މިހެން ލިޔެފައިވާ ނަންކަރުދާސްކޮޅެއް.
(Size: 4" x 3.2")
K - Male' - Writing (Name tag)
1344ހ ޖުމާދިލްއައްވަލް 6(1925މ ނޮވެންބަރު 23)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަތިރީގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ ކާފަ، އަހުމަދު ދޮށިމޭނާކިލެގެފާނަށް މިލްކުވެގެންވާ މާފަންނު ކޮލިހިގާމަގުން ދެކުނުންއޮތް ހައިރުއްލޯ ގޯތިއޭ ކިޔާ ގޯތި، އެކާފަގެ، އެންމެހާ ބެހެނިވެރިން، އޭނާއަށް ހިބައިން ދީފި ކަމުގަޔާ، އަދި އެގޯއްޗާއި، ކޮލިގޭ ހާޖީގެ ދޮންކަމަނަގެ ވައްވެޔޮދޮށުގާ އޮތް ގޯއްޗާއި ބަދަލުކޮށް ދެގޯތި ލާޖައްސާ، އެ ވައްވެޔޮދޮށުގާ އޮތް ގޯތި، އޭނާއަށް މިލްކުވެފާވާ ކަމުގާ ބުނެ، އެކަންކަމުގެ މައްޗަށް، އެތަންތަނުގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1928މ)ގާ، މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެ ހައިރުއްލޯ ގޯތި އެއީ، އަހުމަދު ދޮށިމޭނާ ކިލެގެފާނުގެ މިލްކުތަނެއް ކަމުގާ ސާބިތުވެ، އަދި ބުޗާ މުހައްމަދު ތަންޑެހި ތައްހާނުއާއި، ބަނޑޭރި ދޮންހުސެއިންގެ ދޮންތުއްތުއާއި، އެ މަޖިލީހުގާ، އެތަނުގެ ބެހެނިވެރިން ކުރެ މާލޭގާ ތިބި މީހުންގެ ފަރާތުން، އެކަމަށް އިގުރާރުވެ، އަދި މާލޭގާ ނެތް މީހުން، ސިޓީއިން އެކަމަށް އިގުރާރުވުމުންނާއި، އަދި، 1340ހ(1922މ)ގާ، ހަމަ އެ މަޖިލީހުން، އެތާގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތަކުން، އެ ވައްވެޔޮދޮށުގާ އޮތް ގޯތި އެއީ، ކޮލިގޭ ދޮންކަމަނަގެ މިލްކެއް ކަމުގާ ސާބިތުވުމުން؛ އެ މުއާމަލާ ސައްހަކަމުގަ ނިޔާކޮށް، އެދެތަނުގެ މިން އަޅާ، ހައިރުއްލޯ ގޯތިން ބޮޑުވިތަން، އަބްދުލް މަޖީދު ދީދީ، ދޮންކަމަނައަށް ހިބައިން ދިންކަމާއި، މިއެންމެހާ ކަންކަން ބަޔާންކޮށް، އެދެގޯތީގެ އިމާއި މިންހިމަނާ، އައްނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް..
Real estate document for Maafannu Asrafeege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
K - Male' - M.Asrafee Goathi (Housing Plot), M.Hairuhloa Goathi (Housing Plot) - Private Property
1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ތިލަދުންމަތި ނޮޅިވަރަންފަރުގާ ހުންނަ ހދ.އަތޮޅުއޮފީސް(ހ)އިން، އެ ވުޒާރާގެ، 3-62/59ނަންބަރު ސިޓީގެ ޖަވާބުގާ؛ އެ އަތޮޅު ނޭކުރެންދޫގާ ދިވެހި ރުކާ ކަށިކެޔޮ ހަށްދާފާވާ، ނޭކުރެންދޫ ނަސީބުކަލޭގެ ވަގުފް ރުއްގަނޑު ކިޔާ ރުއްގަނޑެއް އޮތްކަމާ، ވަގުފްކޮށްފާވަނީ، ބިން ނުލާ، އެތާގާ ހުރި ރުއްގަސް އެކަނި ކަމާ، އެރުއްގަނޑުގާ ހުރީ އެ ނަސީބުކަލޭގެ އިންދާ ތައްޖަށްސާ، އޭގެ ތެރެއިން އޭނާއަށް އަމިއްލަވީ ބައި، އޭނާގެ ދަރިންނަށް ހަވާލުވެރިކަންދީ، ވަގުފްކޮށްފާވާ ކަމާ، އަދި އެރަށު މީހުން ބުނާގޮތުގާ، އެތަނުގެ ފަތެއް އޮށްވާ، ޔޫސުފް ކަތީބުގެ ވެރިކަމުގާ، އެފަތް މަހްކަމަތުލް ޝަރިއްޔާއަށް ގެންގޮސްފާވާކަމާ، އޭރު އެވަގުފްގެ ހަވާލުވެރިއެއް ނެތުމުން، އެދަރިކޮޅުގެ ބައިވެސް ބަންޑާރަވެ، އޭގެ ކުޑަދުވަސްކޮޅެއްކުރިޔާ ޖެހެންދޭ ވަރުވާޔަށް، ވުޒާރަތުލް ދާހިލިއްޔާއިން، އެކިމީސްމީހުންނަށް ދީފާވާ ކަމާއި، އަދި އޭގެ ކުޑަދުވަސްކޮޅެއް ކުރިން، މަގުކޮށާ، ބިންވަކިކުރުމުން އެރި އޮޅުމަކުން، އެތާގާވާ ބަންޑާރަ އަދި އަމިއްލަ(ވަގުފް)ބައި، ވުޒާރަތުލް އައުގާފުގާ ލިޔެގެން މީހަކު އުޅޭކަމާ، އަދި އެރަށުގާ އޭގެ އިތުރަށް، ވަގުފް އެއްވެސް އެއްޗެއް، އަމިއްލަ ބިމެއް، އޮތްކަމެއް ނޭނގޭކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއިލް ނަސީރު، ސޮއިކޮށްފާވާ ސިޓީ/ނަކަލު؟ Size: 8.2" X 6.5"
H.Dh.Neykurendhoo - letter(Endowment for property)
1352ހ ޖުމާދިލްއާހިރު 24(1933މ ސެޕްޓެންބަރު 15)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 32ވަނަ އަހަރު، މާޅޮސްމަޑުލު އުތުރުބުރި(ރ.) ރަސްމާދޫ، މުދިން އަލީ ގެދަރި ހަސަންއަށް ރަސްމާދޫ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for a island chief (Size: 13.2" X 8.15")
R - Rasmaadhoo - Shrine endowment letter
1348ހ ރަމްލޯނު 29(1930މ ފެބްރުވަރީ 28)ގާ، އެއްފުށުގާ 'ފިތުރު ދިން ކަރުދާސް' މަތީގާ ޖަހާ، ތަންތަނުގެ ނަން(މސލ:ކުޑަކިބާބަދިގެ..ބެލެވޭގޮތުގާ ފިތުރު ޒަކާތް ދިން ފަރާތް)ޖަހާ، ނިސްބަތްވާ އަދަދު ޖަހާ، އަދި އަނެއްފުށުގާ އެކި މީހުންގެ ނަމާއި(ލިބުނު ފަރާތް)ދިން އެއްޗެތި ޖަހާފާވާ، ލިޔުމެއް. List of Zakat Fitr recipients and tha amounts given to each (Size: 8.5" X 10.5")
K - Male' - Royal Palace - Writing(Zakat)
1370ހ ޒުލްހައްޖު 2(1951މ ސެޕްޓެންބަރު 4)ގާ، މަހްކަމަތުލް ދަހިލިއްޔާއިން؛ އަބްދުއްލަތީފު ހުސެއިން މަނިކު ގެނައި ބޮޑުފުޅަށްގޭ މަނިކުގެ ރޯޝަނީގޯތީގެ 1208ހ(1794މ)ގެ ފަތް ބަލާގެންފާ ދިން، އާފަތެއް ހަދާ އަތުލާފާވާ ރަސީދެއް.Receipt for real estate documents: Machchangoalhi Roashaneege (Size: 4.5" X 4.6")
K - Male' - Ma.Roashanee Goathi (Housing Plot) - Accounts (housing plot)
މަތީގާ، 'ޑިއުޓީފްރީފޯމު' ޖަހާފާވާ، ދައުލަތުން، ރާއްޖެއަށް، ތަކެތި ގެނައުމަށް ބޭނުންކުރުމަށްޓަކާ، ޗާޕްކޮށްފާވާ، ފޯމުގެ (ހުސް) ފޯމެއް.
މީގެ 8 ފޯމު އެބައޮތް.
Duty free import declaration form used for declaration of duty free goods imported into the Maldives (Size: 12.95" X 8.3")
1349ހ ޝައުބާން 13(1931މ ޖަނަވަރީ 2) ތާރީހުކޮށް، 'ބޮއިދޮންތުއްތުއަށްބަހެ' ޝުރުހީކޮށް، 'އެތެރެބަޑަހަލަށް' އަރިމަތީ ޝުރުހީއަކަށް ޖަހާ، އެކިއެކި ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3")
K - Male' - Royal Palace - list
(ތާރީހެއް ނެތް) އެއްފުށުގާ ހިސާބުތަކެއް ޖަހާފާވާ، އަދި އަނެއް ފުށުގާ، އެތެރެ ބަނޑަހަލަށް، ހަޑުލާ، ލޮނު ދީފާވާ އަދަދު ޖަހާފާވާ ކަރުދާހެއް. Note with mathematical calculations (Size: 7.8" X 6.15")
K - Male' - Royal Palace - Writing - Thaana, Numbers
1106ހ(1695މ މާޗް)ގާ، ސުވަސްތިސިރީ މަތަމަހާސިރީ ފުރަސިތުރަ އައުދާނަސިރި ކުލަރަންމީބަ އައުދަކީރިތި ބޮވަނަ މަހާރަދުން(މުހައްމަދު ރަސްގެފާނު-ދެއްވަދޫ(ރަދުންގެ ނަން ތާރީހަށް ބަލާފާ)، އައްޑުއަތޮޅު މީދޫ ދޮންއަލީގެ ދަރި އަބޫބަކުރު، އެރަދުންގެ ދަރުބާރުގާ، އޭނާގެ ބައްޕަގެ ހުރިހާ މިލްކެއް، އޭނާގެ އެދުމުގެމަތިން، ރަންދިޔާގެފާނު(ރަދުންގެ ފުރަތަމަ އަންހެންބޭފުޅާ؟)އާއި، އަދި އެދޮންއަލީއަށް ދަރުމަ ލިބުމަށް ވަގުފްކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން...(ފެންނަށް އޮތީ، މިހިސާބަށް ލިޔެފާވާ، މިފަތު ފުރަތަމަ ސަފްހާ)Size: 10" X 8"
Sh .Meedhoo - Deed for housing plot, Housing plot (Property)