Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-F10-35B · Item · 1930
Parte de Documents

1349ހ ޝައުބާން 9(1930މ ޑިސެންބަރު 29)ގާ، ބޮޑުބަނޑޭރިގެއިން، އަރިއަތޮޅު(އދ.) ހިޔަފުށިއަށް އަރާ މީހުންނަށް؛ ޝަމްސުއްދީނު ރަދުން3 (ރަދުންގެ ނަމެއްނެތް.. ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 30ވަނަ އަހަރުގެ ރަޖަބް މަހުން ފަށައިގެން، އެރަށުގެ ވަރުވާ، ހަންޏާމީދޫގެ ރައްޔިތުންނަށް އަހަރުންއަހަރަށް ހަމަޔަށް ދެއްކުމަށް؛ އަންގާ ލިޔެފާވާ ފަތެއް.Size: 5.55" X 4.2"
Adh - Hiyafushi - Order

Sem título
R00121_B; ރ – (ކައްޗޭ)މީދޫ - ...... - .......
NAM DOC-MN-F0-107 · Item · -
Parte de Documents

(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ކައްޗޭމީދޫ ފަތް' މިހެން ލިޔެފާވާ، ދިވެސްއަކުރު ފަތެއް. Document written in Dhives Akuru with the word 'Kachchey Meedhoo' written in Thaana on the reverse (Size: 10.8" X 8.1")
R.Meedhoo - kahchei

Sem título
NAM DOC-MN-F0-4 · Item · 1890
Parte de Documents

1308ހ ރަބީއުލްއަށްވަލް 21(1890މ ނޮވެންބަރު 4)ގާ؛ އަބްދުލް ގާދިރު އައްނަސްކީ އަލްގާހިރިއްޔާ އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ދަރި އަލްގާޒީ އަލީ ހުޝާމުއްދީނުގެ މަޖީލުހުގާ، ހެންވޭރު ކޮލިހިނގާ މަގުގެ ދެކުނުން އަތިރީ ހަކުރާގެއާ އިންވެ އިރުން އަތިރީގެގެ ހުޅަނގުން އޮތް، ހުކުރުމިސްކިތު މަލިންމަނިކުފާނުގެ ދަރި އަލްވަޒީރު ހަސަން ޝާހު ބަންދަރު ވެލަވަޅުނާ(ވެލާނާ) މަނިކުފާނު، ވާދޫ ދަންޑެހެލުގެ، ވެޔޮދޮށު ގޯތި، އެ ދަންޑެހެލުގެ ދަރިން ކުރެން، ވަށްޓާލާ އިބްރާހީމް ކަލޭފާނު އިނދެގެން އުޅުނު ކެޔޮޅު ހުސެއިން ކަލޭފާނުގެ އަންހެންދަރިޔަށް ވީބައި ނޫން، އެހެން ހުރިހާ ބައެއް، އެބައިބައިގެ ބެހެނިވެރިން، އޭނާޔަށް -/211ރުފިއާއަށް ވިއްކާފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެއީ ވަގުފް ގޯއްޗެއް ކަމާއި އަދި އެ ފައިސާ ދީ ހަލާސްކޮށްފިކަމުގާ ސާބިތުވި ނަމަވެސް، އެވިޔަފާރި ސައްހަ ނޫންކަމުގަޔާ، އަދި އެފައިސާ އަނބުރާ އެމަނިކުފާނަށް ދިނުމަށް އަންގަވާ، އަދި އެފައިސާ ދެއްކެންދެން އެތަނުގެ ހަވާލުވެރިއަކީ، ވެލާވަޅުނާ މަނިކުފާނުކަމުގާ ނިޔާކުރެއްވުމުން؛ އެތަނުގެ އިމާއި މިން ހިމަނާ، ހަސަންލް މުލައްގަބް މާރާދަލް މުލަކީ ގެދަރި އައްނައިބު އަލްކަބީރު މުހައްމަދު ލިޔެފާވާ ފަތެއް. (Size: 11.7" X 8.6") Chief Justices - Al Ghaazee Ali Husamuddin
K.Male' - Part of H.Veyodhoshu goathi (housing plot) - Deed for housing plot

Sem título
NAM DOC-MN-N-89 · Item · 1908
Parte de Documents

1908މ ޑިސެންބަރު 1(1326ހ ޒުލްގައިދު 7)ގާ، ރާއްޖޭގެ އެންބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީއަށް، ކޮޅުނބުގާ ހުންނަ ކޮލޯނިޔަލް ސެކެޓްރީގެ އޮފީހުގެ ނަމުގާ، އޭ.އާރް ސްލޭޓާ ކިޔާ މީހަކު ފޮނުވާފާވާ، 18985 ނަންބަރު ސިޓީ(އިނގިރޭސި) ނަކަލުކޮށް ލިޔެ، އޭގެ ތިރީގާ، 1908މ ޑިސެންބަރު 3(1326ހ ޒުލްގައިދު 9)ގާ، އެސަފީރު ސޮއިކޮށް މާލެ ބޮޑުބަނޑޭރިގެޔަށް؟؟؛ މަތީގާ އެވަނީ، އޭނާ އެތާގެ ސަރުކާރަށް، މުހައްމަދު ދީދީމެން ކޮޅުނަބަށް ގޮސް އުޅޭ ވާހަކ ލިޔުމުން އޭގެ ޖަވާބުގާ ފޮނުވި ސިޓީގެ ނަކެލެއް ކަމާ، އަދި އެބައިމީހުން ރާއްޖެ ދާން އުޅޭ ހަބަރު އިވޭ ކަމާ، އޮޑިފަހަރުން މިކަހަލަ ހަބަރު ނުފޮނުވެނީ، އެ އޮޑިފަހަރުތަކަށް އޮންނަ އިތުބާރުކުޑަކަމުންކަމާ، ނައިފަރު އަދި ހިންނަވަރު އޮޑިފަހުރގެ މީހުން އަލީ ދީދީ މެން ތިއްބަވާ ގެޔަށްދިޔަ ވާހަކަ މަރަށްކާރު ބުނި ކަމާ، އަދި އެހެންވެ އެއޮޑިފަހަރު މާލެ ދާނެ ގޮތް ހެއްދެވުން ރަނގަޅުވާނެ ކަމާ، އެއިން އެބޭފުޅުންގެ ސިޓީ ގެންގޮސްފާނެ ކަމުގާ ހީވާކަމުގާ ލިޔެ؛ އޭނާ ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.
(Size: 10.15" x 7.85")
Sri Lanka - Maldivian Embassy - letter(Official)

Sem título
NAM DOC-MN-N-76 · Item · 1938
Parte de Documents

1357ހ ރަބީލްއާހިރު 7(1938މ ޖޫނު 6)ގާ، މިސުރުގެ ގާހިރާ އިން، އިބްރާހީމް ދީދީގެ ދަރި އަބްދުލް މަޖީދު ދީދީ، ދިވެހިރާއްޖޭގެ ކީރިތި މަހާ ރަދުންނަށް ރަސްކަމަށް ކޮލިލެއްވުމުގެ ކަންތައް ތަރުތީބުކުރަށްވާ ކޮމިޓީގެ ރައީސް(ވަކި ނަމެއް ނެތް)އަށް؛ 1357 ރަބީލްއައްވަލް 14(1938މ މޭ 15)ގާ އެ ފަރާތުން ފޮނުއްވާފާވާ ސިޓީޔާ(N-33)ގެ، އެކީގާ ފޮނުވާފާވާ ލިސްޓު(N-34)ލިބުނު ކަމާ، އެސިޓީގާ، ރަސްކަމަށް ކޮލިލާދުވަހު ގުރަނދަ ކިޔާނެ މީހަކު ބުނުމަށް އެދިފާވާތީ، އޭނަޔަށް ފެނިވަޑައިގަންނަވަނީ، ފަލީލަތުއް ޝެއިހު އައްސައީދު އަފީފުއްދީނު މަނިކުފާނާ ފަލީލަތުއް ޝެއިހު މޫސާ މަލިންކަލޯގެފާނާ ދެބޭކަލުން ކުރެ ރަދުން ހިތްޕުޅުހަމަޖެހޭ ބޭފުޅެއް ކަމުގާ ބުނެ، އެވާހަކަ ރަދުން އަރިހުގާ ދަންނަވަން އެދި؛ ފޮނުވާފާވާ ސިޓީއެއް.(Size: 9.8" x 7.75)
Egypt - Coronation day - Letter

Sem título
NAM DOC-MN-N-41 · Item · -
Parte de Documents

5.....(އަހަރު ލިޔެފާވަނީ މިހެން) ޑިސެންބަރު 10ގާ، ކޮޅުނބުގާ ހުންނަ ކޮލޯނިއަލް ސެކެޓްރީއަށް(ނަމެއް ނެތް)؛ ފަތުހުލް މަޖީދު ކިޔާ ނަވު/ބޯޓު، 28ގާ ފުރާގޮތަށް ތައްޔާރަށް އޮތް ކަމާ، އަދި އެހެންކަމުން އަނބުރާ ދިޔުމުގެ 'ހަދިޔާ' ވީހާވެސް އަވަހަކަށް ފޮނުވާދިނުމަށް އެދިފަޔާ، އަދި އަނބުރާ ދިޔުމުގެ ހަދިޔާ ދިނުމުގެ ކަންތަކުގާ، ވޭތުވެ ދިޔަ 18އަހަރާ ހިލާފަށް، އެ އަހަރު، ދިވެހި ތަރުޖަމާނަކު ހާޒިރުވެ ނެތްކަމާ، ޒަމާނުއްސުރެ، އެ ހަދިޔާޔާ، ހަވާލުވާންދެން، ތިރީގަ ތިބޭ 'ބަޒްނައިކާ މުހަންދިރަމް'؟؟ އާއި 'ޕަޑިކާރާ މުހަންދިރަމް'؟؟ ދެމީހުންވެސް ނުތިބޭކަން ފާހަގަ ކުރެވިފާވާ ކަމާއި، އަދި، ޒަމާންވީ، އެ ރީތި އާދަކާދަ، ބަދަލެއްނެތި ދެމެހެއްޓުމަކީ، ސިލޯނު ސަރުކާރުން އެދޭއެދުމެއް ކަމުގާ ގަބޫލުކުރާ ކަމާއި، އަދި މިކަންތައްތައް މިހެން ލިޔުމަކީ، ޝަކުވާއެއް ކަމުގާ ނުބަލާނެ ކަމުގާ އުއްމީދުކުރާ ކަމާއި މިކަންކަން ލިޔެ؛ ފޮނުވާފާވާ(ކޮންފަރާތަކުން ކަމެއް އިނގޭކަށް ނެތް) ސިޓީއެއްގެ ކޮޕީއެއް.(Size: 9.9" x 7.85")
Sri Lanka - Fathul Majeed (Schooner) - letter(Official)

Sem título
NAM DOC-MN-N-50B · Item · 1905
Parte de Documents

1905މ އޯގަސްޓް 8(1323ހ ޖުމާދިލްއާހިރު 3)ގާ، 'ގުންޖާ އަލީމަޑާލް'؟؟؟(ލިޔުން ކިޔަން އުދަނގޫ)ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ކޮޅުނބުއިން، 1904މ ސެޕްޓެންބަރު 15(1322ހ ރަޖަބް 5)ގާ ރާއްޖެއަށް ފޮނުވާ އަދި ވިއްކާފާވާ 250 ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 467.91 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.(Size: 10.25" x 7.95")
Sri Lanka - Mesaaz Delmege Forsyth Company

Sem título
NAM DOC-MN-N-59A · Item · 1908
Parte de Documents

1908 އޭޕްރިލް 30(1326ހ ރަބީލްއައްވަލް 28)ގާ، ޝްރީލަންކާގާ ހުންނަ، ދިވެހި އެންބަސީއިން، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، އޭނާގެ ރަސްމީ 'ލެޓާހެޑް'ގާ، މާލެ ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ މަތީގާ 'މިދާ ޔޫސުފް ބަހީގެ ސަފްދަރީން ސަރުކާރަށް ފޮނުވާ ތަކެތީގެ ހިސާބު-'، މިހެން ސުރުހީކޮށް، އެ އުޅަދުން ފޮނުވާފާވާ ތަކެތީގެ ލިސްޓެއް.(N-59ގާ، ބުނެފާވާ)
(Size: 10.1" x 7.85")
Sri Lanka - Maldivian Embassy - list(Package)

Sem título
NAM DOC-MN-N-66 · Item · 1907
Parte de Documents

1907 ޑިސެންބަރު 31(1325ހ ޒުލްގައިދު 25)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، ކޮޅުނބުގާ ހުންނަ ދިވެހި ސަރުކާރުގެ އެންބަސީ އަށް ފޮނުވާފާވާ، 05/363 ރުޕީޒްގެ ބާކީ(ބެލަންސް)އޮތް، ނޮވެންބަރު 30ން ޑިސެންބަރު 19ޔަށް ވާ ހިސާބުކިތާބު ކަރުދާހެއް.
(Size: 10.55" x 8.25")
Sri Lanka - Walker Sons & Co. Ltd - Account

Sem título
NAM DOC-MN-N-40 · Item · 1908
Parte de Documents

1908މ ޖުލައި 3(1326ހ ޖުމާދިލްއާހިރު 4)ގާ، ޝްރީލަންކާގާ ހުންނަ ބްރައުން އެންޑް ކޮންޕެނީ ލިމިޓެޑް އިން، އެތާގާ ހުންނަ ދިވެހި ސަފީރަށް، ތަކެއްޗަށް އެދޭ 12449 ނަންބަރު ފޯމުއާ ހަވާލާދީ، އެ ތަކެތި ފޮނުވި ކަމުގާ ލިޔެފާވާ ތަކެތި ފޮނުވިކަމުގެ ބިއްލަޑީ(ބިލް އޮފް ލޭޑިން)(Size: 8.55" x 5.85")
Sri Lanka - Brown & Co. Ltd - Account

Sem título