1333ހ ޝައްވާލް 18(1915މ އޯގަސްޓް 19)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ މަޖިލީހުގާ، ށ.ބިލެއްފަހި ރަނަހަމާދި ކަލޭފާނުގެ ދަރި ފޭދޫ އަލީ ކަލޭފާނުއާ، ގާލީ ކޮއިއާ، ފޭދޫކޮށީގޭ އިބްރާހީމް ފުޅު، އެމީހުންގެ ފޭދޫކޮށި ކިޔާ ވަގުފް ގޯތީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ ކުރީގެ ފަތް ކަމުގާވާ 1252ހ(1836މ)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު އުއްތަމަ ފަނޑިޔާރު، އެތަނުގެ މިން ހިމަނާ ލިޔެދެއްވާފާވާ ފަތުން، އެގޯއްޗަކީ، ގަލޮޅު ފާރުރީތި މިސްކިތުގެ އިރުން، ބިލެތްފަހި ރަނަހަމާދިކަލޭގެ ދަރިން މައްޗަށް ވަގުފްވެ އޮތް ގޯއްޗެއް ކަމުގާ ސަބިތުވެ، އަދި އޭގެފަހުން، ކިހާދޫ އިބްރާހީމް ތަކުރުގެ ދަރި އައިސާފާނުގެ ދަރިން، އެމީހުންގެ މާމަގެ ވަގުފް މާވަތްކަޑަ ގޯތި، އެ ފޭދޫކޮށީ ގޯތި ތެރޭ އޮތްކަމަށް ބުނުމުން، އެތަނުގެ އިހު ފަތް ގެނެސް ބެލިއިރު، އެއީ، ގަލޮޅު ކޮލިހިނގާމަގު(މަޖީދީމަގ)ގެ ދެކުނައް އޮތް ގޯއްޗެއްކަމާއި، ހަވާލުވެރިންނަކީ އައިސާފާނުގެ ދަރި އައިމިނާފާނުއާ، އިސްމާއީލް ފާމުލަދޭރި ތަކުރުފާނުގެ ދަރި މުހައްމަދު މަނިކުގެ، ދަރިކޮޅު ކަމުގާ، 1251ހ(1835މ)ގާ، ހަމަ އެ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތެއް ކަމާއި، އެގޯތި ފޭދޫކޯށީގޯތީގެ އުތުރުން އިރުވައި(އިރުއުތުރު؟؟)ކަނުގާ އޮންނަކަމަށް ސާބިތުވުމުން، މާވަތްކަޑަ ގޯތީ ވަކިކޮށް، ފަތެއް ލިޔެދެއްވަން ނިޔާކޮށް، ހަބަރުއިނގޭ ދުވަސްވީ މީހުންނާ، ދޮށުންގެ ބޭކަލުންނާ، ނައިބުބޭކަލުންނާ، ދޭވާނިން އެތަނަށް ހާޒިރުވެ، މިންއަޅާ، ކުރީގާއޮތްގޮތަށް މާވަތްކަޑަ ގޯތި ވަކިކޮށް، ފޭދޫކޮށިގޯތިން މަދުވީ ތަންކޮޅު، އެގޯތި ދެކުނުންއޮތް ބަންޑާރަގޯތިން ނަގާ، އެތަނުގެ އިމާއި މިން ހިމަނާ، ނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް. (Size: 17.4" X 11.2") Chief Justices - Al Naaibu Hussain Salahuddin
K.Male' - G. Feydhookoshee Goathi (Housing Plot) - Deed for housing plot
1341ހ ރަބީލްއައްވަލް 2(1922މ އޮކްޓޯބަރު 23)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ޝަމްސުއްދީނު 3، މާލޭ ގަލޮޅު ހަދީބީކަމާނާގެ މިސްކިތް، ބާވެ ހަލާކުވަމުންދާތީ، ހަމަ އެރަދުން، 1335ހ ސަފަރު 6(1916މ ޑިސެންބަރު 2)އެމިސްކިތުގެ، 910ހ(1504މ)ގާ، ޅައިމަގު ރަންނަބަނޑޭރިކަލޯގެ ދަރި ހަދި(ހަނދި) މާބަނޑޭރިކަލޯ އާއި ހަދި އައިސާ ކަނބުލޯއާއި، މި ދެމަފިރިންނަށް، އެ މިސްކިތް ވަގުފްކޮށް ލިޔެފާވާ ފަތެއް ބާވެގެން، 1173ހ(1760މ)ގާ، މަލަބާރިން، އައްސުލްތާނު އަލްމުކައްރަމް މުހައްމަދު އިމާދުއްދީނު އިސްކަންދަރު އަތުލައިގަނެގެން ދިޔުމުން، އެރަދުންގެ އަންހެން ދަރިކަނބަލުން، ކަނބާ އައިމިނަ ރަނިކިލެގެފާނު ތަހުތުގާ އިންނެވި ދުވަސްކޮޅު، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ލިޔެދެއްވާފާވާ ފަތެއް ގެންނަވާ ބެއްލެވިއިރު، އެމިސްކިތަށް ބޯގަޔަށް ހުރި އެއްޗިއްސާއި، އަދި ތައުލިއްޔާވެރިކަމުގެ ނާޒިރުންގެ(ހަވާލުވެރިކަން) ދަރިފަސްކޮޅުވެސް، ރަނގަޅަށް އޮޅުންނުފިލުމާއި، އަދި މިސްކިތުގެ ކަންކަންވެސް ޒަމާނުއްސުރެ ނުކުރެވިހުރުމާއި އެކު، އެކަން ބެއްލެވުމަށްޓަކާ، ހަވާލުވެރިންގެ އާއިލާގެ ތިބި މީހުން، މަޖިލީހަށް ހާޒިރުކޮށް، ވާހަކަދަށްކާ އޮޅުންފިލުވުމުން، އެމިސްކިތުގެ ބޯގަޔަށް ހުރީ: މާލެއިން، އެ މިސްކިތް ހުރި ގޯއްޗާއި، ގަލޮޅު މައިޒާންދޮށު ހިންނައާ، މިސްކިތުގެ އިރުންއޮތް މަގުގެ އިރުން އޮތް ހިންނަ އާ، ހެންވޭރު ބޮޑުވެޔޮ ހިންނަގެ ދެކުނު އިރުމަތީ ކަނުގާ އޮތް ހިންނައާ، މާފަންނު އަނދިރިއަނދިރި މަގުގެ ވައަތްފަރާތުގަޔާ ކަނާތްފަރާތުގާ އޮތް ދެ ހިންނައާ، މައްޗަންގޯޅި ދަނބުފަލު ހިންނަ އާ، މައްޗަންގޯޅި މައިޒާންދޮށު ހިންނައާ، މިލަދުންމަޑުލު ށ.މާއުނގޫދޫ ގޮއިއާ، ނ.ވަވަތި އާ، މާޅޮސްމަޑުލު ރ.ހުޅުދުއްފާރުގެ 248ބަމައިގެ ތުނޑިއާ، ކ.ކާށިދޫ، ތުއްކަނބާފާނު ރުކުތެރެ ހިންނަ އަދި މެތޮށަލި ހިންނަ އާ، ފެލިދިއަތޮޅު ވ.އަންބަރަ އާ، ބޮޑުފުށިއާ، މ.މުލަކު ރަސްގެ ހިންނައާ، ކޮޅުމަޑުލުން ފެންމީރުފުށިއާ، ކޮޅުމަޑުލު ކަޅުދޭފުށިއާ، ކަނޑޫދޫ ބޮޑު ހިންނަ އާއި މެދު ހިންނަ އާއި، ވޭމަންޑޫ ހިންނަ އާއި: މިންތަންތަން ކަމަށް ނިންމަވާ، 1339ހ ޖުމާދިލްއައްވަލް 11(1921މ ޖަނަވަރީ 21)ގާ، ބަންޑާރައިން، އެމިސްކިތް އަލުން އިމާރާތްކޮށް ނިންމަވާ، މަތީގާއެވާ، އެމިސްކިތުގެ ބޯގަޔަށްވީ ތަންތަނުން، ހުޅުދުއްފާރު ތުނޑިއާއި، އަންބަރާއި، ބޮޑުފުށްޓާއި، ފެންމީރުފުށްޓާއި، ކަޅުދޭފުއްޓާއި، މިފަސް ތަން ފުރަބަނޑާރަޔަށް ނަގާ، ދެން ހުރި ހުރިހާ ބޯގަޔަކީ، އެމިސްކިތު ބޯގަ ކަމަށް ލަށްވާ، މާލެ ހުކުރުމިސްކިތުގެ، އަށް ދޮށުންނާއި އެމިސްކިތް ހަވާލު ކުރެއްވި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަ މާލޭ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާއަޅާގެ ދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު ލިޔެފާވާ ފަތެއް. Size; 26.6" X 17"
K.Male' - G. Hadheebee Kamanaa Miskiiy (Mosque) - Endowment for Mosque
1208ހ ޖުމާދިލްއާހިރު 17(1794މ ޖަނަވަރީ 19)ގާ، އައްސުލްތާނު ގާޒީ ހަސަން އިއްޒުއްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރަށް؛ މާންދޫ ބޮޑު ބަނޑޭރިތަކުރުފާނުގެ ދަރި ކުޑަބަނޑޭރި ތަކުރުފާނުގެ ދަރި މަރިޔަމް މަނިކެގެ ދަރި އަލިމަނިކު ހާޒިރުވެ ހުރެ؛ އޭނާގެ މަތިފުށުންއައިސް އޭނާޔަށް މިލްކުވެފާވާ، ރައްދެބައިމަގުގެ ދެކުނުގާ އޮތް މާންދޫ ގޯއްޗާއި އެގޯއްޗާ އިންވެގެން 'ނޮރިންމަކަނު'(ދެކުނުހުޅަނގު)ކަނުގާ އޮތް، ފަށަވާޅު ކޮށްޓާއި، އެދެގޯތި ވަށާ އޮންނަ 119ބަމަ ހިންނަ ބިމާއި، އެބިމަށް އޮތްހާ ތަކެއްޗާއި، އެގޯތީގެ އުތުރުން އިންވެގެން، ބިހުރޯޒު މިސްކިތުގެ ދެކުނުން އޮތް 54ބަމަ ހިންނަ ބިމާއި، އެބިމުގާ ވާހާ ތަކެއްޗާއި، މާންދޫގޯތި ދެކުނުން އޮތް ކޮލިހިނގާ މަގާ އިންވެގެން، ވަށާ 48ބަމަ އޮތް ހިންނަބިމާއި، އެތަނުގާ ވީހާ ތަކެއްޗާއި، އެ ގޯއްޗާ އިންވެ އުތުރަށް އޮތް ކަދުކޮށްޓާއި ޖެހިގެން އިންވެ ދެކުނަށް އޮތް ބަންޑާރަ ބިމާއި އިންވެގެން ފޫރުއްބަ(އިރުމަތިން) އޮތް، ބަންޑާރަ ބިމާއި، ދޮށުންގެ ބިމާއި މިދެބިމާއި އިންވެ، އުތުރަށް އޮތް ކަލާފާނު މިސްކިތު ބިމާއި، ފާމުލަދޭރި ކިލެގެފާނު މިސްކިތު ބިމާއި، އެދެބިމާއި އިންވެ ދެމެދުގާ އޮތް، ފަށަވާޅުކޮށިން ބޮޑު ބަންޑާރައިންގެ ބިމަށް 61ބަމަ ލައި، ވަށަމިނުގާ 193ބަމަ ހުރި މާންދޫގޭ ބިމާއި، އެބިމުގާވާހާ ތަކެއްޗާއި، އެ އަލިމަނިކުގެ މިލްކުން ކަނޑާ، އައްސުލްތާނު ހަސަން ނޫރައްދީނަށާއި، އެރަދުންގެ މައިކަމަނާ އައިމިނަ މަނިކުފާނަށާއި، ބައްޕާފުޅު އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނަށް ވަގުފްކޮށް، ހަވާލުވެރިކަން އެ ރަދުންގެ ދަރިކޮޅަށް ދީ، އަދި، އެ އަލިމަނިކުގެ، ހައްދުއްމަތީ ގަމުގެ މަތިމަރަދޫގާ ހުރި މިސްކިތު ބޯގަ އާއ، މުކުރު ހިންނައާއި، އަދި އެ މިސްކިތުގެ ބޯގަޔަށް ވާހާ ތަކެއްޗާއި، އެމިސްކިތް ހުރި ހިންނައާއި، ގަމުން އަލީމަނިކަށް މިލްކުވާހާ ބިމާއި، އެބިންބިމުގަ ވާހާ ތަކެއްޗާއި، މާންދޫ އާއި ފޮނަދޫއިން އޭނަޔަށް ވާހާ ތަކެއްޗާއި، ކުޑަފެންރެހާ އާއި އައްލަންދޫ އާއި، އެތާނގާ ހުރިހާ ތަކެއްޗަކާއި، މިހުރިހާ ހިންނައާއި ތަކެތި 'ފޫރުއްބަ ރަސްބައި'(ޓެކްސް) ކަނޑާ، ގަމުގެ މަތިމަރަދޫ މިސްކިތައް ވަގުފަށް ލަށްވާ، އެ އަލީމަނުކު މައްޗަށް އޮތް ހަވާލުވެރިކަން 'ރަންދިޔަގެފާނު'(ރަދުންގެ އަނބި/އަންހެން ދަރި؟؟)ޔަށް ވަގުފަށް ލަށްވާ، ހަވާލުވެރިކަން ރަދުންނާއި ރަދުންގެ ދަރިކޮޅަށް ލަށްވައިފިކަމަށާއި، އެ މިސްކިތުގެ މުދިމަށް 'ވާރުކޮޑި'(ވާރު އޮޑި؟؟/ވާރުން އިސްތިސްނާވުން؟) ލަށްވައިފި ކަމުގާ، އެއަލީމަނުމު ބުނުމުން، އެމަގަށް ފަތް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިން ކިޔުއްވުމުން، ފުރަމާލޭ ފަތެއްލިޔާ އަލީ ލިޔެފާވާ ފަތެއް. Size; 35.5" X 14.7"
K.Male' - Maandhoo Goathi (Housing Plot) - Deed for housing plot
1017ހ ޝައްވާލް 28(1609މ ފެބްރުވަރީ 3)ގާ، 'ދޮޅަސްދެގުރާބު'(24؟؟؟) ގުރާބުގާ އައި ހަސަދަވެރި ހޮޅިންނާއި، އަލްގާޒީ މުހައްމަދު ބޮޑުތަކުރުފާނުގެ ދަރި އައްސުލްތާނު އަލްގާޒީ އިބްރާހީމް ފާށަނާކިލެގެފާނު(ކަލާފާނު) ހަނގުރާމަކުރަށްވަނިކޮށް، އެބައިމީހުން އެއްލި ލޮންސިއަކުން އެކިލެގެފާނު ޝަހީދުވުމުން، ހަށިކޮޅު ހަންޏާމީދޫއަށް ގެންގޮސް، އެތާ ފަސްތާނުލާ، މަހާނަގާ ޖަހާ، ކިޔަވާ މިކަންކަންކުރުމަށްފަހު، ކަލާފަނުންގެ ދަށު(ހަގު؟؟)ދެ އަނބިން ކަމުގާވާ، އައިސާ ބިބީ އާއި ނަސްރަތު ކަމަނާއާއި، ކަލާފާނުންގެ ހަކުރަވެތި ކަލޯ އާއި، ވެލަވަޅުނާ(ވެލާނާ)ކަލޭގެ އާއި، މާބަނޑޭރިކަލޭގެ އާއި، ކޮށަރިކަލޭގެ އާއި، އަދި ކަލާފާނުގެ ހުރިހާ ހަނގުބޭކަލުންނާއި، މިއެންމެން، އެވަގުތު، އެތާ ތިބެގެން ކަލާފާނުންނަށް ޒިޔާރަތެއް ބިނާނުކޮށްފިއްޔާ، ދުވަހަކުވެސް ޒިޔާރަތެއް ބިނާނުކުރެވޭނެ ކަމުގާ، ކިޔާ، ޒިޔާރަތް ބިނާކުރުމަށް ކަނޑައަޅައި، މާކަނޑޫދޫ ވާތީ އައްލާ އާ، މަނަދޫ އަލީގެ ދަރި ހަސަންއާ، ލަންދޫ 'ދަރުވޭހުންގެ'؟؟ ދެބަފައިންނާ، ހިމަންދޫ އަލީ ރައިވެރިޔާއާ، މަހިބަދޫ ހިކަ އާއި ކިރަޑީ އައްލާއާ، އުކުޅޮހު 'ރަހުދާނާ'؟؟(ރަހުމާނާއި)، ކައްދޫ މޫސާގެ ތިންބަފައިންނާ، ދިޔަމިގިލީގާ ހުންނަ ހުސެއިންއާ، ކޮޅުމަޑުލު ކަނޑޫދޫ މުހައްމަދުގެ ދަރިން އައްލާއާއި، އުމަރުއާ، މިއެންމެންގެ އަތުގާ ހުރި ރުއްގަހާއި، އަދި ބަރެސްދޫ އުމަރުއާ، މުންޑޫ ހަސަންއާ، މަޑިފުށީ މަރުދޫ ހެއިވާގެ ދަރި މުހައްމަދުއާއި އޭނާގެ 'މަލާއި'(އަންހެންދަރި/އަނަބި؟؟)، މިއެންމެންގެ އަތުގާހުރި ބަންޑާރަ ރުއްގަހާއި، ތިމަރަފުށީގާ ހުންނަ ހުވަދޫ މުހައްމަދުކަލޯ އާއި، އޭނާގެ އަތުގާ ހުރި ދެބަނދި ރާރުކާއި، ވޭމަންޑޫގަ ހުންނަ ހުވަދޫ އުމަރުކަލޭ އާއި، އޭނާ އަތުގާ ހުރި ދެ ބަނދި ރާރުކާއި، އެއިން ކޮންމެ ރާވެރިއެއްގެ އަތުގާ ހުރި މަތީ ރާ؟؟ އާއި، އަތްމަތީ ރުއްހުރި ރާވެރިއެއްވިއްޔާ އެބައެއްގެ ރުކުރާއާއި، މާލޭ ފުނަދޫގާ ކަލާފާނު އިންދެވި ރުކުން މުޑުވަށްކޮށްގެން، އެ ކިލެގެފާނަށް ވީހާ ރުކާއި، އަރިއަތޮޅު ކުރަމަތީ މުޅިރަށާއި، އެރަށުން ބަންޑާރަޔަށްވީ ހުރިހާ އެއްޗަކާއި، ކޮޅުމަޑުލު ފެންފުށި ކިޔާ ރަށާއި، ހަނިމާދޫ ނޫރައްދީނު ފަނޑިޔާރުކަލޭފާނުންގެ ދަރި ހުސެއިން އަތުން ކޮޅުމަޑުލު ކަނޑޫދޫންވާ ރުކަށް އަގުދެއްވާ ކަލާފާނުން ބައްލަވައިގެންފާވާ އެރަށު ރަށްކޮޅު މިސްކިތުގެ ދެކުނުންއޮތް، ފާހިތި(72)ބަމަ ހުރި ހިންނައާއި، މިހިންނައިގާ ހުރި، ބައްލަވައިގެންފާވާ ރުއްގަހާއި، ކޭލާއި، ފަލަމަޑިއާއި، ކޮޅުމަޑުލު ކަނޑޫދޫ މީހުންގެ އަތުން ހަސަން ކައިއުޅަންނާކަލޯ އަގުދީ ވާރުންގަތް ކަނޑޫދޫ ހިންނަގެ އުތުރުން އޮތް ރަނިކިލެގެ ހިންނައާއި، އެ ހިންނަގެ ދެކުނުންއޮތް ފާށަނާ ކަލޯގެ ހިންނައާއި އިންވެ ދެކުނަށްއޮތް މުހައްމަދު ކަލޯ ހިންނައާއި އިންވެ ފޫރުއްބައިން(އިރުމަތި) ވިނަރެހާއި އިންވެ، މިހުރިހާ ހިންނައެއްގެ މެދުގާއޮތް ސައުހައްޓި(66)އަގުލު ބަމައިން، ދެއްސަފަނަސް(240)ބަމަ ހުރި، 'ބޮލިވަށްޗަށްކެވޭކައިއުޅަންނާއި'ކަލޯގެ ދަރިން ކަލާފާނަށް އަރުވާފާވާ ހިންނައާއި، އެ ހިންނައިގާވާ އެންމެހާ ރުއްގަހާއި، ކޭލާއި، ފަލަމަޑިއާއި، ހަންޏާމީދޫގާ، އެކިލެގެފާނު ފަސްތާނުލެވިފާވާ ބިންގަނޑާއި، މިހުރިހާ އެއްޗެއް، މި ޒިޔާރަތަށް މިސްކިތެއް އިމާރާތްކުރުމުގެ މައްޗަށް ލައްވާފާވާކަމާއި، މިޒިޔާރަތް އެޅުމަށާއި، މިފަތުގާ ބުނެވިފާވާ ތަކެތީން ލިބޭ ފައިދާއިން ކައިބޮއި އުޅޭ ކޮންމެ މީހަކު، ކޮންމެ ދުވަހަކު، ސޫރަތުލް ފާތިހާޔާ އާއި އިހްލާސް އާއި ފަލަގިއްނާސި ދެ ސޫރަތާއި ކިޔަވާ، ދުއާކޮށް ޒިޔާރަތް ކުނިކެހުމާއި، ކޮންމެ ހުކުރުވިއްލޭރެޔަކު، ކޮންމެ މީހަކު ހަނޑޫ ލާއްސެއްގެ ކެއިމެއް، އެ ޒިޔާރަތުގެ މިސްކިތްދޮށަށް ގެންގޮސް 10 އިސްލާމުންނަށް ކާންދީ، ސޫރަތުލް ފާތިހާ ކިޔެވުމަށާއި، އެކަން، އެހެން، ނުވެއްޖެ ހިނދަކު، ކޮންމެތާކުތިބެގެންވެސް އެކަންކުރުމަށާއި، އަދި ކޮންމެ އަހަރެއްގެ، އެ ކިލެގެފާނުން ޝަހީދުވީ ދުވަހު، ދިހަ މީހުންނަށް ކެވޭވަރުގެ ކެއުމެއް އެޒިޔާރަތަށް ގެންގޮސް، ތިރީސް ޖަޒްވާ(މާލޫދު ބައެއް؟؟) ކިޔުއްވާ، ކާންދީ، އެކިލެގެފާނަށް ދުއާކޮށް، މިހުރިހާ ކަންކަމެއް ކުރުން ޝަރުތުކޮށް، އެތަނުގެ ހަވާލުވެރިކަން، ހަންޏާމީދޫ ވަތަބަނޑޭރިކަލޯގެ ދަރި ކުޑަބަނޑޭރިއަށާއި، އަޑަފިކަލޯގެ ދަރި މުހައްމަދު ކަލޯއަށާއި، ހިރިއިމާންތިކަލޯގެ ދަރި ހަސަން ކަލޯއަށާއި، ވަތަބަނޑޭރީގެ ދަރިން މުހައްމަދު ކަލޯއާއި، އަލީކަލޯއަށާއި، ކުޑަބަނޑޭރި ކަލޯގެ ދަރިން މުހައްމަދު ކަލޯއާއި ހަސަން މާރާދަކަލޯ އަށާއި، މިކަލޯގެ 'މައުރަ'ކަލޯ އަށާއި، މިކަލޯގެ ދަރި މުހައްމަދު ކަލޯ އާއި، ރަމުދާނު ކަލޯގެ ދަރި މުހައްމަދު ކަލޯ އާއި، މި ދިހަ މީހުންނަށް ލަށްވާ، އެމީހުން އެކަން ގަބޫލުކޮށް، އަދި ފަތުގާ ބުނެފާވާ ތަކެތި ހަމަވިޔަސް ނުވިޔަސް އެ ކަންތައްތައް ކުރުމަށް މިދިހަމީހުން ހަވާލުވެއްޖެ ކަމާއި، މި ދިހަ މީހުން ކުރެ މީހަކު މަދުވެއްޖެ ނަމަ، އަލުން، އެރަށުން ރަނގަޅު މީހަކު އެކަމަށް ހޮވާ، ދިހަމީހުން ހަމަކުރާނެ ކާމަށާއި، އަދި ދުނިޔެއޮތްހާދުވަހަކު މި މިސްކިތުގެ ބަންގި ސޮލަވާތް ކިޔެވުމަށް، އެ ދެ ރަނިންނާއި ހުރިހާ ބޭކަލުން، ކަލާފާނު ޒިޔާރަތް އިމާރާތް ކުރުމަށް މިކުރި ވަގުފާއި އެއްވެސް މީހަކު ހިލާފުނުވުމަށާއި، މިއެންމެހާ ކަންކަމުގެ މައްޗަށް، މި އެންމެބޭކަލުން އެދުމުން، ރައްކައު ފަޑިއައް ކަލޯ ދިވެސްއަކުރުން ލިޔެފާވާ ފަތުގެ، ތާނަ ތާނަ ތަރުޖަމާއެއް.
މިފަތުގެ ތިރީގާ: 'މިފަތު ހުށިމަގަށް މާފުށީ ދޮންމުހައްމަދު ކަލޯގެ ދަރި އުމަރު ހަތީބު އާއި އަލްހަތީބު ހަސަން ފާމުލަދޭރިކަލޭގެ ދަރި އިސްމާއީލް މާފަހަތްކަލޭގެ އާއި، ހެކިވެ، އަސްކުޑަ ބަނޑޭރިކަލޯގެ ދަރި އަލްހަތީބު އިބްރާހީމް ވަތަބަނޑޭރި ލިޔުނު' މިހެން ލިޔެވިފާވޭ(ތަރުޖަމާ ކުރި މީހުންގެ ނަން ކަމުގާ ވެދާނެ)
މިއީ، (F0-105)ގެ ތަރުޖަމާއެއް.
Size: 16.6" X 12.5"
A.Hangnyaameedhoo - Kalaafaanu Shrine - Endowment for Shrine (ziyaaraiy)
1213ހ ރަމްލޯނު 24(1799މ މާޗް 1)ގާ، އަލްގާޒި މޫސާ މުހިޔިއްދީނު ފަނޑިޔާރުގެ މަޖިލީހުގާ، ހުރާ ދޮންމުހައްމަދުގެ ދަރި ހަސަން ކަލޭގެ، ހެންވޭރު ކެނބުއަޅާމަގުގެ އިރުމަތީ އޮތް އޭނާގެ މައިންބަފައިންގެ ގޯތި ބަހާ، އޭނަޔަށް ވީހާތަނާއި، އަޅާފާހުރި ގެޔާއި، އެތާގާވާހާ ރުއްގަހާއި، ގެންގުޅޭ ގެކަންވާރާއި(ހިފާ ގެންގުޅޭ ސާމާނު)، އެގޯތީގާވާ އެންމެހާ ތަކެތިން، އޭނާގެ މިލްކު ކަނޑާ، ވަގުފްކޮށް، އެ ވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރި އާބަކުރު އަށާއި އެބަކުރުގެ މަންމަ ހައްވާބީ އަށާއި، އެ ހައްވާޔަށް ލިބޭ، ހަސަންގެ ހުރިހާ ދަރިންނަށާއި، އެމީހުންގެ ދަރިކޮޅަށް، ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް.
އަދި ފަތުގެ ނުފުށުގާ: 'ދޮންހުރާގޯތީގެ ވަގުފް ފަތެއްކޮޅު' މިހެން ލިޔެފާވެއެ.
(Size: 13.2" X 9") Chief Justices - Al Ghaazee Moosa Muhyiddin
Endowment for property, Deed for housing plot
1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، މަހްކަމަތުލް ޝަރީޔާއިން؛ 1365ހ ޝައުބާން 17(1946މ ޖުލައި 17)ގާ، މަހްކަމަތުލް ދާހިލިއްޔާއިން ފޮނުވި، 1-4/4ނަންބަރު ސިޓީއާއި، 1368ހ ޝައުބާން 22(1949މ ޖޫނު 19)ގާ، މަހްކަމަތުލް އައުގާފުން ފޮނުވި، 3ނަންބަރު ސިޓީގާ އަންގާފާވާ ގޮތުގެ މަތިން، ހުރާ ދޮންމުހައްމަދު ކަލޭގެ ގެދަރި ހަސަންކަލޭގެގެ ވަގުފް ގޯތި ހެންވޭރު ދޮންހުރާ ގޯތި، ސަރުކާރަށް ބޭނުންވެގެން، އެތަނުގެ ބަދަލުގާ، އެގޯއްޗާ ޖެހިގެންއޮތް ބަންޑާރަގޯތިން އެ ބޮޑުމިނަށް ގޯތި ނަގާ، ލާޖައްސާ، (ކުރީގެ)ދޮންހުރާގޯތި ބަންޑާރަވި ކަމާއި، އަދި އެތަނާ ޖެހިގެން އޮތް ބަންޑާރަ ގޯއްޗަށް ދޮންހުރާ ގޯތި ނަންދީ، އެއީ، އެ ހަސަން ކަލޭގެގެ ގޯއްޗެއް ކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ، އެމަހްކަމާގެ ސިއްކަޖަހާ ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިނީ ކަމާއި، ވީމާ މިފަތް ބާތިލްވީ ކަމާއި، އަދި ބުނެފާވާ ގޯތީގެ މުސްކުޅި ވަގުފް ފަތަކީ، 1213ހ ރަމްލޯނު(1799މ ފެބްރުވަރީ)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު ލިޔެދީފާވާ ފަތެއް(F0-83A) ކަމުގާ؛ ލިޔެފާވާ ލިޔުމެއް.
Size; 15.8" X 11.9"
K.Male' - Dhonhuraa Goathi (Housing Plot) - Deed for housing plot, Housing plot (government)
1365ހ ސަފަރު 24(1946މ ޖަނަވަރީ 28)ގާ، މަހްކަމަތުލް ޝަރީޔާއިން؛ 1364ހ ޖުމާދިލްއާހިރު 3(1945މ މޭ 15)ގާ، މަހްކަމަތުލް ދާހިލިއްޔާއިން ފޮނުވި، ހ.4/4ނަންބަރު ސިޓީގާވާ ގޮތުގެމަތިން، ގުރައިދޫ އަލިމަނިކުފާނުގެ ދަރި ފާތުމަތު މަނިކުފާނު ވަގުފްކުރެއްވިކަމަށް، އުމަރު މާފަތް ފަތް ލިޔެދެއްވާފާވާ، ދީދީ ގަނޑުވަރޭ ކިޔޭ 'ކަކާގޭ ވަގުފް'؟؟؟، ދާންނާ ގޯތީގެ ބަދަލުގާ، އެ ގޯތީގެ ބޮޑުމިނަށް، މާފަންނު ބޮޑުދިއްގާގަސްދޮށު ކަންމަތިން، އީދަށް ވަޑައިގަންނަވާ މަގުގެ އުތުރުން އޮތް ބަންޑާރަ ގޯތިން ބިން ނެގުމަށާއި، ދާންނާގޯޗަށް އޮތް ހުކުމް މިގޯއްޗަށް ލަށްވާ، ދާންނާގޯތި ބަންޑާރަކޮށް، އެ ދެގޯތި ލާޖައްސާ، ބޮޑުދިއްގާގަސްދޮށުގާ އޮތް، އެ ވަގުފް ގޯތި، ފާތުމަތު މަނިކުފާނުއަށް ހަވާލުވިކމުގާ ނިޔާކުރުމުން، މިކަންކަން ބަޔާންކޮށް، އިމާއި މިން ހިމަނާ ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިނީ ކަމުގާ؛ ލިޔެފާވާ ލިޔުމެއް.
Size: 15.8" X 11.9"
K.Male' - M.Dhidhee Gan'duvaru (Palace) - Deed for housing plot
(ތާރީހެއް އިނގޭކަށް ނެތް) 'އައްސުލްތާނު އިބްރާހީމް އިސްކަންދަރު'، މިހެން، 2ވަނަ ފޮޅުވަތުގާ، އަރަބިން ޖހާފާވާ، ދިވެސްއަކުރުފަތެއް.
މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ގަމުމިސްކިތު ބޯގަ' މިހެން ޖަހާފާވޭ.
Size: 14.6" X 11.5"
L.Gan - Endowment for Shrine (ziyaaraiy)
1348ހ ޒުލްހައްޖު 28(1930މ މޭ 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ މާވެޔޮދޮށުގެ ދޮންމަނިކުއާއި ފަހާ އާބަކުރު، ފަޑިޔާރުގޭގާ ހާޒިރުވެ ތިބެ، އެދޮންމަނިކުގެ ބައްޕަ، އިބްރާހީމް މަނިކުގެ ދަރަނި އަދާކުރުމަށްޓަކާ، އެއިބްރާހީމް މަނިކުގެ ގޯތި، ގަލޮޅު މައިޒާންދޮށު ގޯއްޗާއި އެތާ އޭނާ އަޅާފާވާ ގެ، އެއާބަކުރުގެ ހަވާލުގާ ބަހަށްޓާފާ، -/1500ރުފިޔާ ނެގިކަމާއި، އަދި އެ އެއްހާސް ފައްސަތޭކަ ރުފިޔާ، ހަމަޔަށް ނުދައްކަނީސް، އެއެއްޗެތި އަނބުރާ ނުނެގޭނެކަމަށާއި، އާބަކުރަށް އެ ގޯތީގެ 4 ފަތް ހަވާލު ކުރެވުނު ކަމުގާ ބަޔާންކޮށްފާވާ ލިޔުމެއްގެ، އެ މަހްކަމާގެ ސިއްކަ ޖަހާފާވާ ނަކަލެއް. Document providing security in exchange for money (Size; 9.8" X 7.9")
K.Male' - Maizaandhoshuge (Housing Plot) - Mortgage
1350ހ ރަޖަބް 27(1931މ ޑިސެންބަރު 7)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، މުރީދުގޭ ކުޑަމަނިކުގެ ތުއްތު އާއި ޔޫސުފް މަނިކުގެ ދޮންމަނިކެގެ ފިރި އަހުމަދު ދީދީ، ގަލޮޅު ދަހަރާގެއާ އިންވެގެން ދެކުނުން އޮތް ވަގުފް ގޯތިން، އެތުއްތުގެ ބައްޕަ، ކުޑަމަނިކުއަށް ވީތަން، ކުޑަމަނިކުގެ ދެބެއިންނަށް ބަހާ، ކުޑަމަނިކުގެ ތުއްތުއަށްވީ ބައި، އޭނާގެ ބޭބެގެ ދަރި ދޮންމަނިކެ އަތުން، -/200 ރުފިޔާ ނަގާ އޭނާޔާ ހަވާލުކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ތުއްތު ވިޔަސް އޭނާގެ ދަރިކޮޅު މީހަކަށް ވިޔަސްވެސް، އަނބުރާ އެ ފައިސާ އާއި އެމަނިކެ ކޮށްފާވާ އިމާރާތުގެ އަގު ނުދީ، އެތަން ނުނެގޭނެކަމުގާ ނިޔާކޮށް، ލިޔެފާވާ ލިޔުމެއް. (Size: 6.2" X 9") Chief Justices - Al Ghaazee Hussain Salahuddin
K.Male' - Order (Housing plot)