1349ހ ރަބީލްއާހިރު 30(1930މ ސެޕްޓެންބަރު 24)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު 3، އެރަދުންގެ ރަސްކަމުގެ 29ވަނަ އަހަރު، ނިލަންދި އަތޮޅު ދެކުނުބުރި(ފަތުގާ އޮތީ އުތުރުކަމަށް)(ދ.)ބަނޑިދޫގެ ފާލައްބަކޮށް(ގަސްރުކުގެ ތެރެއިން ސަރުކާރަށް ނަގާބައި ވަކިކޮށް، ތައްޖަހައި ފާހަގަ ކުރުން)އެފާލައްބައިގެ 2/1 އެރަށު މާމިސްކިތު ބޯގަޔަށް ލަށްވާ، އަނެއްބައި، އަހަރަކު 50ކޮއްޓޭ ބޮށްޔަށް، ބޮލިކޮއްޓޭއަކަށް 2ރުފިއާގެ މަގުން، އަހަރުންއަހަރަށް، ދޮށުން(ހުކުރު މިސްކިތާ މެދުޒިޔާރަތުގެ މިސްކިތް ބަލަހަށްޓަން، ރަސްގެފާނުން ހޮށްވަވާފާ ތިބޭ މީހުން)ނަށް ދިނުމަށް އަމުރުކުރެއްވުމުން، އެކަން އަންގާ، އެރަށު ރައްޔިތުންނަށް، ބޮޑުބަނޑޭރިގޭން، ސިއްކަ(ވީދިގެން ކޮންތަނެއްގެކަން ނޭނގޭ)ޖަހާ، ލިޔެފާވާ ފަތެއް.
Dh.Ban'didhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(Size: 8.45" x 5.75")
(ތާރީހެއް އިނގޭކަށް ނެތް)،'އައްސުލްތާނު އިބްރާހީމް އިސްކަންދަރު'، މިނަން 2ވަނަ ފޮޅުވަތުގާ އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.(Size: 17.9" x 10.15")
National Archives of Maldives(ތާރީހެއް އިނގޭކަށް ނެތް)، 'އައްއްސުލްތާނު މުހައްމަދު އިމާދުއްދީނު'، މިނަން 11ވަނަ ފޮޅުވަތުގާ، އަދި 'އައްސުލްތާނު މުހައްމަދު'، މިނަން، ފަހަތުން 5ވަނަ ފޮޅުވަތުގާ، އަރިބިން،ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
Dh.Hulhudheli - Endowment for Shrine (ziyaaraiy)(Size: 21.8" x 16.55")
(ތާރީހެއްނެތް) އައްސުލްތާނު ހަސަން ނޫރައްދީނު، ކައްތިރި ބަވަނަ މަހާރަދުންގެ ދަރުބާރުގާ، އަރިއަތޮޅު ދަނގެތި ރައްޔިތުން، އެރަށުގާ ބޮޑުކަނބާފާނު ބިނާކުރެއްވި ދަނާރު(މިސްކިތް)އަށް، އައްސުލްތާނު އިބްރާހީމް އިސްކަންދަރު ނަވަލޯކަ މަހާ ރަދުން ދެއްވި ފަތްކޮޅު ވަނީ އުވިފާކަމުގާ ބުނެ، އެ މިސްކިތް ބެލޭނޭ ފަދަ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތަށް ބޮޑުކަނބާފާނުންވެސް ލެއްވި ވަގުފްކަމުގާވާ، ރަށު ގޮއިރުކާ...(މިފޮޅުވަތުގާ މެދުބައި އޮތީ ހުހަށް... ލިޔެފާވާ އެއްޗެއް ތަރުޖަމާނަށް ނޭގިފަކަމުގާ ދެކެން).. އަދި ރުއްއަރައިފި ދުވަހަކުވެއްޖެއްޔާ، ރާ އަޑުބައެއް، ބީރަށްޓެއްސަކު ރުއް އެރިއްޔާ ރާ ކުޅަ(ކުޅައި..ރުނބާއެއް)ލެއް، އެރަށު މީހަކު އެހެން ރަށެއްގެ ރުއްއަރައިފިއްޔާ ބޮލި ކޮއްޓޭއެއް ދޭންޖެހޭނެ ކަމާ، އެރަށާ ޖެހިގެން އޮތް ކުޑަފުށި ކިޔާ ރަށް ލަށްވާ، އެރަށުގެ ކަތީބު އަލީ އާއި އޭނާގެ ދަރިކޮޅު މަތިކޮށް، އަދި ކަނބާފާނުގެ ދަރިކަލަކު ނުވަތ ދަރިކަނބަލަކު ވިޔަސް، އެ ވަގުފްއާ ދެކޮޅުހަދައިގެން ނުވާނެ ކަމުގެ އަމުރުނެރުއްވުމުން، އަހުމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ ހަސަން ދިވެސްއަކުރުން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ، ދިވެސްއަކުރު ފަތުގެ، 1340ހ ޝައުބާން 25(1922މ އޭޕްރިލް 23)ގާ ކޮށްފާވާ ތާނަ ތަރުޖަމާއެއް.
A.Dh.Dhan'gethi - Mosque - Endowment for Shrine (ziyaaraiy)
(Size: 12.2" x 16.2")
1900މ ޑިސެންބަރު 30(1318ހ ރަމްލޯނު 8)ގާ، ސިލޯނުގެ 12 ފަރާތެއް ސޮއިކޮށް، އެމީހުންގެ އަމިއްލަ ނަމުގަޔާ، ސިލޯނު(ޝްރީލަންކާ)ގެ ހުރިހާ މުސްލިމުންގެ ނަމުގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުއަށް ސިލޯނަށް ވަޑައިގަތުމަށް މަރުހަބާ ކިޔާ، އަދި އެރަދުން އެއީ، ޝްރީލަންކާޔަށް ވަޑައިގެން އެންމެ ފުރަތަމަ ދިވެހި ވެރިޔާ ކަމުގާ ވުމުން އެކަމަށް ތަހުނިޔާ ދަންނަވާ، އެކިއެކި ތައުރީފްކޮށް، ފަށުވި އިބާރާތުން ލިޔެ، ފަހަތާއި ކާރި، އަޅާ، ތައްޔާރުކޮށްފާވާ ހަނދާނީ ފަތެއް.
Sri Lanka - Mosque - Writing(Commemoration)
(Size: 17.65" x 11.3")
1900މ ޑިސެންބަރު(ދުވަހެއްނެތް)(1318ހ ރަމްލޯނު)ގާ، 12 ފަރާތެއް ސޮއިކޮށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ޝްރީލަންކާއަށް ވަޑައިގަތުމަށް މަރުހަބާކިޔާ، އަދި އެރަދުން އެއީ، ޝްރީލަންކާޔަށް ވަޑައިގެން އެންމެފުރަތަމަ ދިވެހި ވެރިޔާ ކަމުގާވުމުން އެކަމަށް ތަހުނިޔާ ދަންނަވާ، އެކިއެކި ތައުރީފާއި ހުޝާމަތުކޮށް، ފަށުވި އިބާރާތުން ލިޔެ، ފަހަތާއި ކާރި އަޅާ، ތައްޔާރުކޮށްފާވާ ހަނދާނީ ފަތެއް.
Sri Lanka - Mosque - Writing(Commemoration)
(Size: 19.35" x 11.8")
1215ހ(1800މ)ގާ، އައްއްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު، މިނަން، 2ވަނަ ފޮޅުވަތުގާ، އަދި، ފަހު ފޮޅުވަތުގާ، އަލްހާޒިނު އަލްކަބީރު މުހައްމަދު، މިނަން، އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
(Size:14.85" x 12.2")
1326ހ ޒުލްހައްޖު 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 7ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހުވަދުއްމަތީ(ހުވަދޫއަތޮޅު) މަދިރި ވިލިނގިލި(ގއ.ވިލިނގިލި) ރައްޔިތުން، ސިރީ ކުލަ ރަންމަނި މަހާރަދުން އަލްހާއްޖަ އަލީ ތުއްކަލާ ގެދަރި އައްސުލްތާނު އަލްގާޒީ މުހައްމަދު މަހާރަދުން، އެރަށުގެ ކުޑަމިސްކިތް މައްޗަށް، ދެއްވި ބޯގަ ފަތް، އެރަށް އެނދި އިރު އަނދައިގެން ދިޔުމުން، 1287ހ(1870މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ކައްތިރި ބަވަނަ މަހާރަދުން، ދެއްވި ފަތްކޮޅު ވަނީ ބާވެފާ ކަމުގާ ބުނެ، އެފަތުގެ މައްޗަށް ފަތްކޮޅެއް ދެއްވުމަށް އެދުމުން؛ އެ ފަތްކޮޅު ބައްލަވާ އޭގާވާގޮތަށް، އެ މިސްކިތުގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ބޯގަޔަށް، ގއ.ފަޅުވެރިރެހާ އާއި ރާވެރިރެހާ އާއި ދެރަށް، ވިލިނގިލިން 81 ކާށި ރުށް، 28 ރާރުށް އަދި ފުޅަހި؟؟ ފުޅަފި؟؟ ކޮޑި ލަށްވާ، އަދި، އެ މިސްކިތަށް މުދިމަކާ، ރާވެރިއަކާ، ކެއުޅަކާ ބަހަށްޓާ އެމީހުންގެ ވާރުން އެ މިސްކިތަށް ކޮޑި؟؟(ބަޔެއް؟؟)އޮންނަން ޖެހޭނެކަމާ، އަދި، ދ.ރިނބުދޫ މާނާގާއިން ފަށައިގެން ގއ.ވިލިނގިލިގެ ކޮޅާ ދެމެދު އޮތް ފަޅުގާ، އެހެންރަށެއްގެ ބަޔަކަށް، ވިލިނގިލި މީހުންގެ އިޒުނަޔަކާ ނުލާ، އެއްވެސް ކަމެއް ނުކުރެވޭނެކަމާއި، އަދި، އެ މިސްކިތުގެ ތައުލިޔާމޫލަ ވެރިކަން(ހަވާލުވެރިކަން) އެ ވިލިނގިލީގެ ރައްޔިތުންނަށް ލަށްވާ، މިކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލެ ބޮޑުގަލު މާކޮށާރު ބަނޑޭރި މުސާ ގެދަރި ހުސެއިން ލިޔެފާވާ ފަތެއް.
G.A.Villin'gili - Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(Size:19" x 11.85)
1304ހ ޝައުބާން 24)1887މ މޭ 18)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގެ، އައްޝެއިހު އަލީ ނަސްކީ އަލްގާހިރީގެ ޝަރީއްޔަތު މަޖިލީހުގާ، މަންނާރީ މުހައްމަދު ކަލޭގެ ގެދަރި ފާތުމާފާނު ގެދަރި އައިމިނާފުޅު ގެދަރި މޫސާ ކަލޭފާނު، އޭނާގެ މާމަގެ މިލްކުގާވާ، އީދުމިސްކިތް ދޮށުގާ އޮތް ގޯތީގެ ގެއްލިފާވާ ފަތް ފެނިއްޖެކަމާ، އަދި އެފަތުގާ އެވާ ގޯތި އެމީހުންނަށް ދެއްވުމަށް އެދުމުން؛ އެ ފަތް ބެއްލެވިއިރު އެއީ، އައްސުލްތާނު ހަސަން ނޫރައްދީނު، މާލޭގެ އަމިއްލަ އަދި ބަންޑާރަ ގޯތިތަށް ބަލާ ވަކިކުރުމަށް، ނެރުއްވި އަމުރުގެ ދަށުން، ބަނޑޭރި ބޭކަލުންގެ 6 ބޭކަލުންގެ މަޖިލީހަކުން، އީދު މިސްކިތް ކައިރީގާވާ، ވަށަމިނުގާ، 65ބަމަ ހުރި، އެ ފާތުމާފުޅުގެ މިލްކެއްކަން ސާބިތުވެ، އޭގެ ބަދަލުގާ، އީދު މިސްކިތަށް ހިނގާ މައިމަގު ދެކުނުން އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުގެ ގޯތީގެ ހުޅަނގުން އޮތް މަގާ އިންވެގެން ހުޅަނގުން އޮތް، އުތުރު ބިތުގާ 7ބަމަ 13އަނގޫ، އިރު ބިތުގާ 24ބަމަ 12އަނގޫ، ދެކުނު ބިތުގާ 12ބަމަ 1ރިޔަން 10އަނގޫ އަދި ހުޅަނގު ބިތުގާ 21ބަމަ ބާރަ އަނގޫ، ބޮޑިމިން ހުރި ގޯތި، އެ ފާތުމާފުޅަށް ދެއްވި ކަމުގާ ލިޔެފާވާ ފަތެއްކަމުން، އެގޯތީގެ މިލްކުވެރިކަން ސާބިތުވެ؛ އެ މަޖިލީހުން ލިޔެއްދެއްވި ފަތެއް.
K.Male' - Private Property
(Size:13.4" x 9.9")
(ތާރީހެއް އިނގޭކަށް ނެތް)،'އަލް ހަތީބު އަލް ގާޒީ މުހައްމަދު'، 15ވަނަ ފޮޅުވަތުގާ އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
މިފަތުގެ ނުފުށުގާ:
'ރ.މަޑުއްވަރި، ހޮނުށްފުށި،(އަ..ދިޔަ ހަދޭގިރިންގެ ވަގުފް)' އަދި، ވަޒީރުލް އައުޒަމް އޮފީހުގެ ސިޓީއަކާ އެކު، 24/9/79ހ(1960މ މާޗް 22)ގާ މިފަތް، މާލިއްޔާއަށް ފޮނުވި ކަމުގާ ލިޔެފާވެއެ.
(Size:16.85" x 13.2")
R.Maduvvari - Endowment (of Han'dheygiri Vizier)