(ތާރީހެއް ނެތް) 'ރަސްކަމަށް ކޮލިލާދުވަހަށް އޮޅުދޫކަރާ ސަރުކާރުގެ ފަރާތުން މޮޅުބަޔަކު އަތުވެއްޖެ ނަމަ ކަންތަށް ކުރާނެގޮތް' ސުރުހީކޮށް، އެކަންކަން ބަޔާންކޮށް، އަރަބި އަކުރުން ސިލްސިލާ ނަންބަރު ދީ، 7 ނުކުތާއަކަށް އޮތް، އެކުލަވާލާފާވާ ޕްރޮގްރާމެއް.(Size: 9" x 6.95")
K - Male' - Royal Palace -Coronation(Programme)
(Size: 7.45" × 11.8") -- 1353ހ ރަބީލްއަށްވަލް 13(1934މ ޖޫނު 25)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ ތިލަދުންމަތި ދިއްދޫ އަދި އުތީމުގެ މީހުންގެ މައްސަލައެއް ހުށައެޅުމުން، އެރަދުންގެ ދަރުބާރަށް 1339ހ(1921މ) ދިއްދޫ ރައްޔިތުން ހާޒިރުވެ އެރަށް އެނދިއިރު އެރަށުގެ ފަތްތައް އަނދައިގެން، އާކޮށްދެއްވާފާވާ ތިންފަތެއްގެ ވާހަކަޔާ (ފަތުގެ އެއް ފަޅީގެ ވަރަށް ބޮޑު ބައެއް އުނިވެފަ) .. ދިއްދޫގާ ހުރި ބޮޑުތަކުރުފާނު މިސްކިތު ބޯގައަށް ހއ. ދޮނަކުޅި އަދި އެރަށު ހުކުރު މިސްކިތުގެ ބޯގަޔަށް، ހއ. ނަރިދޫ ލެއްވި ކަމާއި، އަދި އުތީމު ގަނޑުވަރަށް އުތީމު މީހުން ބިންބައި ދެއްކުމުގެ ގޮތުން، މީހުންއުޅޭ ކޮންމެ ގެޔަކުން އަހަރަކު ބޮޑު ލާރިއެއް ދޭންވާނެކަމާ، މިފަދަ ކަންތައްތައް ބަޔާންކޮށް އެރަދުންގެ ސިއްކަ ޖަހާ، ހުރާ ހަސަންގެ ދަރި މާލޭ ފަތްލިޔާ މޫސަލް މަލިމް ލިޔެފާވާ ފަތެއް.(މިފަތް އޮތީ ކުދިކުދިވެފއެ...ކަރުދާސްކޮޅުތަށް އެއްކޮށްލައިގެން އިނގެން އޮތީވެސް މިވަރަށެ.)
H.A.Dhi'dhoo - Utheem - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1214ހ ސަފަރު(1799މ ޖުލައި)ގާ؛ އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީއްޔަތު މަޖިލީހުގާ، ފާދިއްޕޮޅު ހަކުރާ ތަކުރުފާނުގެ ދަރި އަހުމަދު މަނިކުގެ ދަރިން އިބްރާހީމް މަނިކު އާއި ހުސެއިން މަނިކު، އެމީހުންގެ ބައްޕަގެ މިލްކު، މައްޗަންގޯޅި ރަށްދެބައިމަގު ކަނާއަތުން އަތިރިޔަށް އެރޭތާ، ތާޅަފިލިކަލޭގެ ހުރި ގޯއްޗާ އިންވެ އުތުރުން އޮތް ގޯތި، ރިނބުދޫ މޫސާކަލޭގެގެ ދަރި ދޮންއަލީ ކަލޭގެއަށް ވިއްކައިފި ކަމުގަޔާ، އެތާ ތިބި ހެކިންނަކީ، ސިއްކަ އަހުމަދު ތަކުރުފާނު، ފާދިއްޕޮޅު އަހުމަދު މަނިކުގެ އެއްބަފާ ހުސެއިން މަނިކު، އަދި ބަންޑާރަނައިބު މުހައްމަދު ކަލޭފާނު ކަމާއި، އަދި މި އަހުމަދު މަނިކުގެ ދަރިން، އިބްރާހީމް މަނިކާ، ފާތުމާމަނިކެއާ އަދި ހުސެއިން މަނިކު، މި މުއާމަލާތު ގަބޫލުކުރާ ކަމާއި، އެތަނުގެ ދިގުމިނުގާ 36ރިޔަން އަދި ފުޅާމިނުގާ 25ރިޔަން ހުންނާނެ ކަމުގާ ބުނެ، ދޮންއަލީ ކަލޭގެއަށް އެގޯތި މިލްކުވެއްޖެ ކަމުގާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަގަށް، އެއުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
(ތާރީހެއް ނެތް) ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާވާ، މަލިކު ހުސެއިން ތަކުރުގެ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެފާވާ ކަމުގާ؛ ބުނެފާވާ ލިޔުމެއް.
(Size:8.9" X 7.5") Chief Justices - Al Ghaazee Moosa Muhyiddin
K.Male' - Deed for housing plot
1352ހ ރަބީލްއައްވަލް(1933މ ޖުލައި)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު، އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީޔަތު މަޖިލީހުގާ، ކަންދޫގެ އައިމިނާ މަނިކެ، އެމީހުންގެ ކާބަފައިން ވަގުފްކޮށްފާވާ، ގަލޮޅު، ތުއްކަނބާ ހިންނައިގެ ދެކުނުން، ކޮލިހިނގާ މަގާ އިންވެ އިރުން، ކަޅުތުއްކަލާ މަގާއިންވެ އޮތް، ގޯތީގެ ވަގުފް ފަތުގާ އެގޯތީގެ މިން ނެތުމުން އެގޯތި ކުޑަވަމުން ދާތީ، މިން ބަޔާންކޮށް ފަތެއް ދެއްވުމަށް އެދުމުން، އެގޯތީގެ، އިމާއި، މިން ހިމަނާ، އެ މަޖިލީހުން ލިޔެދީފާވާ ފަތެއް.(Size: 12" × 8.15")
K.Male' - G.Kandhoo - Deed for housing plot
1347ހ ޖުމާދިލްއާހިރު 4(1928މ ނުވެންބަރު 17)ގާ؛ އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ހުވަދޫ އަތޮޅު ތިނަދޫ މީހުން، އެރަށު މާމިސްކިތް މައްޗަށް އޮތް ބޯގަ ފަތް ބާވެއްޖެކަމުގާ ބުނެ، އެ ފަތް އާކޮށްދެއްވުމަށް އެދުމުން، އިހުގެ ފަތް ބަށްލަވާ، އޭގާ ވާގޮތަށް، އެއަތޮޅު މެންތަންދޫ އާއި ބޮޑުރަހާ، އެ މިސްކިތް މަށްޗަށް ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ތިނަދޫ ރައްޔިތުންނަށް ދެއްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާގެ ދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް.Size: 16.8" X 9"
G.DH.Thinadhoo - Thinadhoo - Endowment for Shrine (ziyaaraiy)
(Size: 13.3" × 8.3) -- 1355ހ ޒުލްހައްޖު 23(1937މ މާޗް 7)ގާ، 'މައިވާރާއި ފުނަވާރާއި ފަރާތްފަރާތަށް ދެވިފާހުރި ތަކެއްތީގެ އެކުއަގުކޮށްވީވަރު' މިހެން ސުރުހީކޮށް، އޭގެ ދަށުގާ 'މައިވާރަށް އެކު ނެގުނު ތަކެތީގެ އަގަށްވީ ރުފިޔާ' ގެ އަރިމަތީ 39/67074 ޖަހާ، އެޔާ ނިސްބަތްކޮށް ގުރާބު، އަދި އޮޑީގެ ނަންތައް ޖަހާ އެ އެއްޗިއްސަށް ނިސްބަތްވާ އަގު ޖަހާ، އެ ދެބަޔާ ނިސްބަތްވާގޮތަށް، ރަނަހަމާންތި ކަލޭގެފާނު، ފާމުދޭރި ތައްހާނު، ކަޅުބެކޮއްކޮ، މާދޫ ދަންޑެހެލު ތައްހާނު، ކައިރު ދަންޑެހެލު ތައްހާނު، ބުޗާ ދަންޑހެލު ތައްހާނު، ވައިކަރދޫގޭ ކުޑަތުއްތު، ފުއްލާ ދަންޑެހެލު ތައްހާނު، ގަރަހިތަ މުހައްމަދު ފުޅު، ސައިކުރާ ހަސަން ކަލޭފާނު، ފުރަހަނި ދަންޑެހެލު ތައްހާނު، ހާޖީ އަލީ ދަންޑެހެލު ތައްހާނު އަދި ކުޑަނެވި ހަސަން މަނިކު'، މިނަންތައް ޖަހާ، ޖުމްލައަކަށް 112/74400 ޖަހާފާވާ ލިސްޓެއް.
K.Male' - list(Tax)
1300ހ(1936މ)ގައި، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރު، މީދޫގާ(އަތޮޅެއްނެތް) ހުރި ބަންޑާރަ ވަޑާމުގެ ރުކާއި، އަތޮޅުވެރިންނަށް ހުރި ރުކާއި، އެއެންމެހާ ރުއްރއް، އިހުގެ ފަތުގާވާ ގޮތަށް، މީދޫގެ ހުކުރު މިސްކިތަށް ލަށްވައިފި ކަމާއި، އެއިން އެއްވެސް ރުކެއް ނުކެނޑުމަށް ކުރެއްވި އަމުރުގެ، ފަތެއް. Size: 6.3" X 4.5"
R./M./S.Meedhoo - Meedhoo Mosque - Endowment for Shrine (ziyaaraiy)
(Size: 21.3" × 16.5") -- (ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'އުތީމް މިސްކިތު ބޯގަ، ނަންބރު 79'، މިހެން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
H.A.Utheem - Endowment for Shrine (ziyaaraiy)
(ތާރީހެއް ނެތް) މިފަތުގެ މަތީގާ، 'އަލްހަތީބުލް މުހައްމަދުލް މަޝްހޫރު އަލްހަތީބުލްގާޒީ މުހައްމަދުލް އިބުނުލްހާޖީ އަލީ' ، އަދި ތިރީގާ، 'އައްނައިބު އިބްރާހީމް އިބްނު އަލްގާޒީ ހަސަންލް މަޝްހޫރު'، މިހެން، އަރަބިން ލިޔެފާވެއެ. Size:9.4" X 7.5" Endowment for Shrine (ziyaaraiy)
Sin título1326ހ ރަޖަބް 18{1908މ އޯގަސްޓް 16..(ލިޔުމުގާ އޮތީ19....އޮޅުމެއް)}ގާ، މަލިކު މީހުންގެ ވެރިޔަކަށް އިސްކޮށްފާވާ، ފަތްތިލަގޯތި އިބްރާހީމް ތަކުރު، ކޮޅުނބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު އަބްދުލް ހަމީދު ދީދީ އަށް، އޭނާ ވިދާޅުވެފާ، އޭނާގެ ބައްޕައަށް(އިބްރާހީމް ދޮށިމޭނާ ކިލެގެފާނު) ފޮނުވުމަށް އެދި، ބޮޑުގަނޑުވަރު މަނިކުފާނާއި، ތިބި އެހެން ބޮޑުންނާއި، ނިޔަމިންނާއި އަދި އެންމެހާ ރައްޔިތުންނަށް މުހާތިބުކޮށް؛ މާލޭ ބޮޑުބަނޑޭރިގެއިން، އެމީހުންނަށް އަންގަވަން ކުރައްވާފާވާ އަމުރުތަކުގެ ސިޓީ، ރަޖަބް 15ވީ ބުރާސްފަތި ދުވަހު ލިބުމުން، 16ވީ ހުކުރުދުވަހު އެންމެން އެއްކޮށް އެސިޓީގާ ބުނެފާވާ: ސިޓީ ލިބުމަށްފަހު، ދިވެހިރާއްޖޭގެ ރަސްގެފާނާ އިދިކޮޅަށް އެރަށަށް ދިޔަ އެއްވެސް މީހަކަށް އެއްވެސް ކަހަލަ އެހީތެރިކަމަކާ، އެއްބައިވަންތަކަމެއް ނުބަހަށްޓާ، ރަދުންނަށާއި ރަދުންގެ ބޮޑުންނާއި އެކުގާ ތިބިއްޔާ، ކުރީގާ އޮތްފަދައިން، މާލެ އައިސްގޮސް އުޅުވޭނޭ ކަމުގާ ވައުދު ކުރަށްވާފާ ވައުދު ގަބޫލުކޮށް އެކަމާ އެމީހުން އުފާވާ ކަމާއި، އެމީހުންނާއި އެމީހުންގެ ދަރިފަސްކޮޅުވެސް އެ ރަސްކަމުގެ ދަށުގާ ގެންގުޅުއްވާން އެދިދަންނަވާ، އަދި އެގޮތުގާ އޭރު އެތާގާ ތިބީ، އިސްދޫ މަނިކު ހާޖީ އާއި ވާދޫގޭ ޔޫސުބު ކަމާ، އޭގެފަހުން އެދެމީހުންނާ، އެއްވެސް ކަހަލަ ގުޅުމެއް އެހީތެރިކަމެއް، އެމީހުން ނުބާއްވާ ކަމާއި، އެކަމަކު އޭރުގާ، އެރަށުގެ ސަރުކާރުން އެމީހުންގެ ހަވަރުގެ ބާރު ދުއްވާލާފާވާތީވެ، މީހަކު ހިފާ ރަށުން ބޭރުކުރުން އެއީ ކުރެވޭނެކަމެއް ނޫންކަމާ، އެކަމަކު ސަރުކާރާ ގުޅައިގެން އެކަންބަލާ ކަމާ، އަދި އެ އަމުރުފުޅު ލިބުމުގެ ކުރީގާ، އެ މަނިކު ގެންގުޅުނު ބަނގަލާ ބޯޓު އެރަށުގާ އުޅޭ ސޯޅިޔާ ވިޔަފާރިވެރިއަކަށް ޗާޓަރަށް ދޫކުރުމުން، އޭނާ އެރަށުގެ ފަޅުވެރިން ލައިގެން އެބޯޓު ދުއްވަމުން ދާ ކަމާ، އެހެންވެ އެކަން ހުއްޓުވައިފިއްޔާ، އެމީހުން ކުއްވެރިވާނެކަމާއި، އެދެމީހުން އެރަށުގާ މުޅިއުމުރަށް ތިއްބަސް، އެއްވެސް ކަހަލަ އެހީއެއް، ރަހުމަތްތެރިކަމެއް، މަލިކު މީހުންގެ ފަރާތުން ނުލިބޭނެ ކަމާ، އަދި އެރަށުގެ އެންމެން، އެދެމީހުން ކައިރިޔަށް ގޮސް، އެމީހުން އެރަށުގާ ތިބެން ބޭނުމިއްޔާ ދިވެހި ސަރުކާރުން ސިޓީއެއް ގެނައުމަށާ، އެހެންނޫނީ އެރަށުގާ ނުތިބެވޭނެ ކަމުގެ އިންޒާރު ކުރިކަމާއި، އަދި އޭގެ ފަހުން، ދިވެހި ސަރުކާރުގެ ސިޓީއެއް ނެތިއްޔާ، އެއްވެސް ދިވެއްސަކަށް އެރަށަށް ނޭރޭނެ ކަމާ، އެމީހުންގެ ކިބައިން، އެއްވެސް ހިތްހަމަނުޖެހޭ ކަމެއް ވެފާވާނަމަ، އެކަން އަންގަވާ އެކަމާ އަޅާނެ ފިޔަވަޅެއްވެސް އެންގެވުމަށް އެދި، 14 މީހުންގެ ނަންޖަހާ، ނަމާދިމާލުގާ ސޮއިކޮށް، މަތީ ވައަތު ކަނުގާ....'މިއީ މަލިކުން އައި ސިޓީއެކެ- އެމީހުން މަޑުވެތިބިއްޔާ، އިހުއުޅުނު ފަދައިން ރާއްޖެ ގޮސްއުޅުން ދެބައިމީހުންނަށް ރަގަޅެވެ...1908މ/10/10'(1326ހ/9/14)ލިޔެ، އެ ސަފީރު، ސޮއިކޮށް ފޮނުވާފާވާ ސިޓީއެއް.
މި ކަރުދާސް(ސިޓީ)ގެ އަނެއްފަރާތުގާ ވެސް ލިޔެފާވެއެ... އެކަމަކު ފަހުގެ ކޮންމެސް އިރެއްގާ އެފަރާތުގާ ފަހަތް އަޅާފާވުމުން އެބައި ވަނީ (މިވަގުތަށް) ގެއްލިފައެ.
Minicoy - letter(Official)
(Size:13" x 16.4")