1345ހ މުހައްރަމް17(1926މ ޖުލައި 27)ގާ، މަހްކަމަތުލް ޝަރީޔާއިން، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަޔަތު މަޖިލީހުގާ، ބޮޑު ހަސަންކޮއެގެ ދަރި ލޮނު ޒިޔާރަތުގެ ހާދިމު އަލްހާއްޖަ މޫސާކަލޭފާނު، އެމީހުންގެ ފޭދޫކޮށި ކިޔާ ވަގުފް ގޯތީގެ ބެހެނިވެރިންގެ ތެރެއިން، މާލޭގާ ތިބި މީހުންގެ ރުހުމާއިއެކު، އޭނާގެ ބައްޕަޔަށް ވީބައިން، އޭނާގެ އެއްބަފާ، ދޮންކޮއްކޮ، ކުޑަގޮއްޔެ އަދި ދޮށީކޮއެގެ ދޮންއަލިފުޅު އެތިންބެއިންނަށް ވީބައި، އޭނާއަތުން، އެމީހުން /-42ރުފިޔާ ހިފާފަ އޭނަޔަ ހަވާލުކޮށްފި ކަމުގާ ބުނެ، އެތަނުގެ މިން ހަމަކޮށް ފަތެއް ލިޔެދެއްވުމަށް އެދުމުން، ފޭދޫކޮށި ގޯއްޗަކީ އެބމީހުންގެ ދަރިކޮޅުގެ ގޯއްޗެއް ކަން ސާބިތުކޮށް، އަދިއެތިން ބެއިން، އެމީހުންގެ ބައި، އެބުނި އަގު ހިފާ އޭނާޔާ ހަވާލުކުރިކަމުގާ އިގްރާރުވުމުން، އެއީ ސައްހަ މުއާމަލާތެއް ކަމުގަ ނިޔާކޮށް، ފޭދޫކޮށީގޭ އެބައި އެއީ އެ މޫސާކަލޭފާނުގެ ހަވާލުގާވާތަނެއް ކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، މޫސަލް މަހައްލީ ލިޔެފާވާ ފަތެއް.(Size: 13.1" X 7.5")Chief Justices - Al Naaibu Hussain Salahuddin
K.Male' - Feydhookoshee Goathi (Housing Plot)) - Deed for housing plot
1347ހ ރަބީލްއައްވަލް 22(1928މ ސެޕްޓެންބަރު 7)ގާ، އިބްރާހީމް ނޫރައްދީނު އިސްކަންދަރު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 27ވަނަ އަހަރު، މާލެގާ ހުރި، އައްސުލްތާނު ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިޔާރަތް(ބިހުރޯޒުކަމަނާ މިސްކިތު ތެރޭގާ) ބެލެހެއްޓުމުގެ ކަންތައްތައް ރަނަގަޅު ގޮތަކަށް ދެމިހުންނާނެ ގޮތް ހެދުމަށްޓަކާ، އެންމެހާ ވަޒީރުންނާއި، ބޮޑުންނާއި މަޝްވަރާކޮށް، ކ.މާފުށި، އެ ޒިޔާރަތުގެ ބޯގަޔަށް ލަށްވާ، އެއިރަކު ރަސްކަމުގާ ހުންނަވާ ބޭފުޅަކު އެޒިޔާރަތް ބަލަހައްޓަން މީހަކު އިސްކުރައްވަންޖެހޭނެ ކަމާއި، މާފުށިން ލިބޭ އެއްޗެހިންނާއި، އެ ޒިޔާރަތަށް ނަދުރަށް ގެނެވޭ އެއްޗެހިން، އެ ޒިޔާރަތުގެ ވިނަނޮޅާ ކުނިކެހުމާ، ދޮރާށި ދެފަރާތުގާ 2 ބަނޑިޔާކޮޅު ބެހެއްޓުމަށާ، ބޭރުފާރު ވަށާ 4 ލަންޓަން ބެހެއްޓުމާ، ކޮންމެ އަހަރަކު 'ފަސްހެޔޮރޭ'(4ބޯފޮޅި ދުވަހާއި ރަމްލާނު 29ރޭ) އެ ބަނޑިޔާ ދިއްލުމަށާ، އަހަރަކު އެއްފަހަރު ފާރުގާ ހުދުއުވަލާ، ކޮންމެ ފާތިހާދުވަހަކު އަސުރުނަމާދަށްފަހު 10މީހުން ލަށްވާ ފާތިހާ ކިޔެވުމާއި، ހުކުރުހޯމަ ވިއްލޭރާ 40މީހުން ލަށްވާ ޒިޔާރަތުގާ ޔާސީން ކިޔެވުމާއި، ކޮންމެ ހުކުރުދުވަހަކު ޒިޔާރަތުގެ ދޮރޯށި ހިރަފުސްފޮޅާ ސާފުކުރުމަށާއި، ފަރުދާ، ސަނދުވާ، ޒިޔާރަތުގާ ނަގާ ދިދަ އާއި، ދަވާދުލުމާއި، ވަޑާމުގެ ކަންކަންކުރުމާއި، އެއްޗެތި އާކުރުމުގެ ކަންކަން ބެބަލަހަށްޓަން ޖެހޭނީ ބައިތުލްމާލުން ކަމާއި، އަދި ކޮންމެ އަހަރަކު އެއްފަހަރު ހުދުއުވަލުމުގެ ކަންތަކަށް ބައިކަނޑި އުވައާއި، ޒިޔާރަތުގާ ލާ ދޮންވެލި މާފުށީ މީހުން ގެންނަން ޖެހޭނެ ކަމާއި، މިއެއްޗެތި ގެނެއުމަށް މާފުށީ މީހުންނަށް ދަތުރުކުރުމަށް އޮޑިއެއް އޮންނަންވާނެ ކަމާއި، މިހުރިހާ ކަމެއް، ދުނިޔެއޮތްހާތަ ދުވަހަކު ދެމިހުންނަންޖެހޭނެ ކަމުގާ އަމުރުނެރުއްވުމުން، ފުރަމާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި އައްނައިބު އަބްދުއްލާ ލިޔެފާވާ ފަތެއް. Size: 18.5" X 10.6"
K.Maafushi - Ghaazee Shrine (Bihuroazukamanaa Miskiiy) - Endowment for Shrine (ziyaaraiy)
1208ހ މުހައްރަމް(1793މ އޯގަސްޓް)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރުގާ ދޮށުންގެ 8 މީހުން، މަހިބަދޫގާ، އަލްގާޒީ ހުސެއިން ވެލާނާކިލެގެފާނު ހުންނަވައިގެން ދެއްވި ފަތްކޮޅު ބާވެގެން، އާކޮށްދެއްވުމަށް އެދުމުން، މިފަތް ބަށްލަވާ، އެފަތަކީ، މާލޭ ހުކުރު މިސްކިތަށް ބޯގައެއް ނެތުމުން، އޭރުގާވެސް ދޮށުންގެ 8 މީހުން ދެންނެވި ދެންނެވުމުން، އޭރުގެ ވަޒީރުންނާއި، ބަނޑޭރިން ގެންނަވާ އެމިސްކިތަށް ލާނެ ބޯގައެއް ބެލުމަށް އެންގެވުމުން، އެމީހުން އެކަން ބަލާ، ފުރަބަންޑާރައިން އެކަމަށް ލާނެ އެއްޗެއް ނެތޭ ބުނުމުން، ވޭވަށުގެ ރަސްބޮލިން، 4ކޮށްޓޭ ބޮލި ހަތީބު(ކަތީބު)އަށް ނަގާފާ، ދެންހުރި ހުރިހާ އެއްޗެއް އެ މިސްކިތަށް ލެއްވިކަމަށާއި، އެއްވެސް މީހަކު، މި ވޭވަށުގެ ރަސްބޮލި އެނޫން އެހެން ގޮތަކަށް ބޭނުން ނުކުރުމަށް އަމުރުކޮށްފާވާ، އަލީ ވެލާނާގެ ދަރި މާބަނޑޭރި، ރަންނަބަނޑޭރިގެ ދަރި އަލީ ހަކުރާވެތި، ހަސަން ފާމުލަދޭރިގެ ދަރި އަލީ، ހަކުރަވެތީގެ ދަރި މުހައްމަދު އަދި މުހައްމަދުގެ ދަރި ހަސަން ރަނަހަމާދި؛ މިމީސްމީހުން ހެކިކޮށް ލިޔެދެއްވާފާވާ ފަތެއްކަމަށް ވުމާއެކު، ހަމަ އެގޮތަށް މިފަތް އާކޮށްދިނުމުގެ އަމުރަށް، އަލް ހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިއުމުން، ފަސްމަންދޫ އަލީ ހަކުރަވެތިގެ ދަރި ފުރަމާލޭ އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 17.2" X 11.7"
K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
F0-64ގެ 2އެކޭ އެއް ލިޔުމެއް.(Size: 10" X 8.4")Chief Justices - Al Ghaazee Moosa Badhuruddin
K.Male' - Endowment for Shrine (ziyaaraiy)
މިކަރުދާހުގާ 3 ފަތެއް ވެއެ:
- 1213ހ ޝައުބާން(1799މ ޖަނަވަރީ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ، ކޮޅުމަޑުލު (ތ.)ވިލުފުށިގާ، ބަންޑާރަޔަށް އޮތް ފާލަށްބައަށްވީ އެއްޗަކުން، 8ކޮއްޓޭ ބޮލި އެރަށުގެ މިސްކިތް، ބެލެހެއްޓުމަށްމ، ބޯގަޔަށް ދެއްވާ، އެބޯގައިގެ ހަވާލުވެރިކަން، އެރަށު ރައްޔިތުންނަށް ލަށްވާފި ކަމުގެ އަމުރަށް، ލިޔެފާވާ ފަތެއްގެ ނަކަލެއް؟/ތަރުޖަމާއެއް؟.
- 1171ހ ރަމްލޯނު(1758މ މޭ)ގާ، ހުސެއިން އަފީފުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނު ގެދަރި އަލްގާޒީ މުހައްމަދު މުހީބުއްދީނުގެ ޝަރީއަތު މަޖިލީހަށް، ކޮޅުމަޑުލު(ތ.) ވިލުފުށީ މިސްކިތުގެ ވަގުފަށް ލަށްވާފާވާ ފުށިފަރަށް، އެއަތޮޅު ބުރުނީ މީހުން އަރާ، ރުއްއަޅާ، ހިތްތަލަ ކޮނެ، ރުއްތައް ކަނޑާ، އެރަށް ހަލާކު ކުރާކަމުގެ މައްސަލަޔާއެކު، ކުރީގެ ރަސްރަސްކަލުންނާއި، ފަނޑިޔާރުން ދެއްވާފާވާ ފަތްކޮޅު ހިފައިގެން، އެ މިސްކިތުގެ ވަގުފްގެ ހަވާލުވެރިން ކަމުގާވާ، ގުރައިދޫ ކެޔޮޅު ދޮންތަކުރުގެ ދަރިކޮޅާއި އައިމިނާފާނުގެ ދަރިކޮޅުގެ މީހުން ގޮސް، އެކަން ބަށްލަވާ، ކޮޅެއްގާ ޖައްސާދެއްވުމަށް އެދުމުން، ބުރުނީ މީހުންނަށް މާލެ އައުމަށް އެންގެވުމުން، އެމީހުން މާލެ ނައިސް، ހަމަ، އެކަންކަން ކުރަމުންގެންދާ ކަމާއި، އެމިސްކިތުގެ ވަގުފާއި ހިލާފުވާކަން، ފަތްފަތުން ސާބިތުވެ އޮތުމުން، އެކަންކަން ކުރަމުންދާ ކަމުގެ ހެކި ހޯދާ، އެ ހެކިވެރިން ލަށްވާ ހުވާކޮށް، އެއްވެސް މީހެއްގެ ބަހަކަށް ޖެހިލުމެއްނުވެ މިގޮތަށް ޝަރީޔަތްކޮށް، ކުށް ސާބިތުވެއްޖެ ހިނދު، އެމީހުން މައްޗަށް، ތައުޒީޒުކޮށް(ދުއްރައިގެ އަދަބުދިނުން) އަދި މާލެ އައުމުގެ އަމުރަށް ނުކިޔަމަންވީކަމުގެ ކުށަށްވެސް، ހަމަ އެއަދަބު ދިނުމަށާއި، އެމީހުން އެޅި އަދި ކެނޑިހާ ރުކަކާއި، ކޮނުނުހާ ހިތްތަލައަކަށާއި، ދިންހާ ގެއްލުމަކަށް، ގަދަކަމުންނަމަވެސް، އެރަށުގެ ވެރިންނަށް އޮތް އެއްޗަކުން އަތުލާ، ވިލުފުށީ މީހުންނަށްއެ އަތޮޅުގެ އަތޮޅުވެރިޔާ، ހުސެއިން މަނިކުއަށް، އަންގަވާފާ އޮތް ފަތެއްގެ ތަރުޖަމާ؟/ނަކަލެއް؟.
- 1289ހ ޖުމާދިލްއާހިރު 15(1872މ އޯގަސްޓް 20)ގާ، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ މަޖިލީހުގާ، ވިލުފުށީ އުމަރުގެ ދަރި ހަސަން، އޭނާގެ މިލްކުގާވާހާ ރުއްގަހުގެ 'ވަތުމާލު'ން ވަގުފް ސައްހަވާ ކޮންމެ އެއްޗެއް، އޭނާގެ ދެ އަންހެން ދަރިންނާއި އެމީހުންގެ ދަރިކޮޅަށް މަތިކޮށް ވަގުފްކޮށްފާ، އައްނައިބު އަހުމަދު ބަންޑާރަނައިބު މަނިކުފާނު، ފަތެއް ލިޔެދެއްވާފާ ވަނިކޮށް، އޭގެފަހުން ލިބުނު ފިރިހެންދަރިފުޅަށް، ބުނެވިދިޔަ ދެ އަންހެން ދަރިންގެ އިޒްނަ ލިބި، އެވަގުފްގެ ހަވާލުވެރިކަން ދީފިކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެދެ އަންހެން ދަރިން އިޒްނަދިން ކަމުގާ، ދެ ހެކިން ބުނުމުން، އެވަގުފް ސައްހަކަމުގާ ނިޔާކޮށް، އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރު ލިޔެފާވާ، ތަރުޖަމާއެއް/ނަކަލެއް؟
- Three waqf documents for residential land, a mosque and a royal decree on the use of palm trees and agricultural land (Size: 10.7" X 8.7"), 2. (Size: 10.7" X 8.7")Chief Justices - Al Ghaazee Mohamed Muhibbuddin, 3.(Size: 10.7" X 8.7")Chief Justices - Al Ghaazee Moosa Badhuruddin
1.Th.Vilufushi, 2.Th.Thimarafushi, 3.Th.Vilufushi - Vilufushi Miskiiy (Mosque) - 1.Endowment for Shrine (ziyaaraiy), 2.Order (Trees), 3.Endowment for Trees
- Three waqf documents for residential land, a mosque and a royal decree on the use of palm trees and agricultural land (Size: 10.7" X 8.7"), 2. (Size: 10.7" X 8.7")Chief Justices - Al Ghaazee Mohamed Muhibbuddin, 3.(Size: 10.7" X 8.7")Chief Justices - Al Ghaazee Moosa Badhuruddin
1127ހ(1715މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު(ދިޔަމިގިލި)ގެ ދަރުބާރުގާ، ނިލަންދެ އަތޮޅު (ދ.)ދިގުވާނީ(ވާނީ) މުހައްމަދުގެ ދަރި މާވަޑި ހަސަން، އެރަދުންގެ މަންމަޔަށް، އެރަށު މީހުން، އެމީހުންގެ އަމިއްލަ ރުއް އިންދައިގެން އުޅޭ އިސްވަރި(އިއްސަރި) ކިޔާ ރަށް، ވާނީ މީހުންނަށް ވަގުފަށް ލެއްވުމަށް އެދުމުން، އެކަން ގަބޫލުކުރަށްވާ، އެ ރަދުންގެ މަންމަޔަށް ފާތިހާ އާއި ދުއާ ކުރުމަށް ޝަރުތުކުރަށްވާ، އެތަނުގެ ހަވާލުވެރިކަން އެރަށު ރައްޔިތުންނަށް ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްގާޒީ އުމަރު ޝިހާބުއްދީނު ބަނޑޭރި ފަޑިއަތް ކިއުމުން، އައްނައިބު ހަސަން ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1352ހ ޖުމާދިލްއައްވަލް 22(1933މ ޖުލައި 15)ގާ، ކޮށްފާވާ ތާނަ ތަރުޖަމާއެއް، Size; 13.2" X 8.2"
Dh.Vaanee' - Isvari - Endowment for Trees
1070ހ ޝައުބާން 9(1660މ އޭޕްރިލް 19)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1(ތާރީހަށް ބަލާފާ)، މާފިލާފުށީ ހަތީބު އުމަރު (ފަތުގާ އޮތީ 'ކިމަރު')އަށް، މާފިލާފުށީ މުހައްމަދު ފާށަނާކިލެގެ ސިއްތި ބޮޑުކަމަނާއިން ލިބުނު ދަރި، ދުނިޔެހުންނެވި އޮނަހަތްތެރި(69)އަހަރުގެ ތެރެއިން 63 އަހަރު ރަނިކަން ކުރަށްވާފާވާ، ކަނބާ އައިސަ ކިލެގި އަވަހާރަވުމުން، އޭނާގެ ދަރިކަލުން، އިސްކަންދަރު ރަދުން، ހުކުރު މިސްކިތުގާ ހެއްދެވި ޒިޔާރަތުގާ(ކަނބާ އައިސަ ޒިޔާރަތް)ވަޅުލެވިފާވާ ކަމާއި، އަދި މި ޒިޔާރަތުގާ، އެއްމަސް ދުވަހު ކިޔަވާ، ހައިރާތު ދެއްވާ، ހުރިހާ ރައްޔިތުންނަށް މާކެއުން ދެއްވި ކަމާއި، އަދި އެކަންކަން ކުރަން 5 މީހުން އައްޔަން ކުރަށްވާ، މީގެ ތެރެއިން އެކަކު ބަންގީގޮވަން އިސްކުރަށްވާ، އެ ޒިޔާރަތުގެ ފަންގިއަށް، ކ.ހިންމަފުށީން ސަތޭކަ ރުށް ލަށްވާ، އަދި ކޮޅުމަޑުލުގާ އޮތް ކަނބާ އައިސަގެ އަމިއްލަ ރަށް ކަމުގާވާ، ދޫރިހާފުށި އާއި ފުޅައުރިހާ ކިއާ ފުށްޓާއި، މި ދެ ރަށް، އެ ޒިޔާރަތުގެ ބޯގަޔަށް ލަށްވާ، މި ތަންތަނުން، އެ ރާނީ އަށާ، އޭނާގެ ދަރިން، އިސްކަންދަރު ރަދުންނާއި، ވަޒީރު ހަސަން ފާށަނާކިލެގެ އަށް، ކޮންމެ ދުވަހަކު ޔާސީން ސޫރަތް ކިޔަވާ، ކޮންމެ އަހަރަކު އަންނަ 'ހޮބަފަސްދާ'؟އަކު، ފަރިވަޅުކަށްކާ ފާތިހާ ކިޔަވާ، އެކަންކަން ކުރުމަށް އަމުރުކުރެއްވި ކަމުގެ ހަނދާނަށް، މާލޭ ހުކުރު މިސްކިތުގެ އުތުރަގާ އޮތް ކަނބާ އައިސަ ޒިޔާރަތުގެ ތަނބެއްގާ، ދިވެސްއަކުރުން ލިޔެފާވާ ލިޔުމެއްގެ، ހުސެއިން ފަހުމީ ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް.
އަދި މި ކަރުދާހުގާ އެވާ ތަރުޖަމާގެ ތިރީގާ:
(ތާރީހެއް ނެތް) މަތީގާ ބުނެވިފާވާ ލިއުމުގާ އޮތް އެއްޗެއް މާނަކޮށް، ހުސެއިން ފަހުމީ ދީދީގެ ސޮއި ކޮށްފާވާ ލިޔުމެއް.
Size; 10.3" X 8.2"
K.Male' - Kan'baa Aisa Shrine, Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1161ހ(1748މ)މިތާރީހު، ފަތުގެ 13ވަނަ ފޮޅުވަތުގާ އަރަބި ހިސާބުއަކުރުން ލިޔެފާ، އަދި 2ވަނަ ފޮޅުވަތުގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
އަދި ފަތުގެ ނުފުށުގާ، 'އޮޅުވެލިފުށި މިސްކިތު ބޯގަ' މިހެން ތާނައިން ލިޔެފާވޭ.
Size: 12.5" X 11.4"
Lh.Olhuvelifushi - Lh. Olhuvelifushi Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1357ހ ރަބީލްއައްވަލް 4(1938މ މޭ 5)ގާ، މަތީ ސުރުހީއަކަށް، 'އައްތާރަފަނީން'، މިހެން ޖަހާ، ހަތަރު ކޮލަމަކަށް ބަހާ، ފުރަތަމަ ކޮލަމުގާ 'ނެވިކަލުންގެ ވަރު'ގެ ދަށުގާ: ފާމުދޭރި ތަކުރުފާނު، ހިޔަލަގެ އަހުމަދު ކަލޭފާނު، މައްޗަންގޯޅި ކޮއި، ހިރުދޫ ދޮންތުއްތު، ތުލުސްދޫ މުހައްމަދުފުޅު، ކާޅުގޭ ދޮންތުއްތު އަދި ހުސެއިންފުޅުގެ އީސާފުޅު، އޭގެ ތިރީގާ، 'ނެވިކަލުންގެ ވަރުބައިމަތި'ގެ ދަށުގާ: ލޯޖެހި ޅަތުއްތު، ފުއްލާ އިބްރާހީމްފުޅު، ހޯޑިން ދޮންކޮއި، މާދުގޭ ދޮންތުއްތު، މުންޑު ކުޑަފުތު، ކުޅުދުފުށީ ދޮންތުއްތު އަދި މަގޫދޫ ދޮންކަލޯ، ދެވަނަބައިގާ، 'ސަރަނގުންގެ ވަރު'ގެ ދަށުގާ؛ ދައްޕަރު އިބްރާހީމް ދީދީ، މުދިން ޅަކޮއި، ދޮންބަބުރު ދޮންކޮއްކޮ، ދައްޕަރު އަލިމަނިކު، ދައްޕަރު މޫސާ މަނިކު، ދުންބޮއިތަ އަލިފުޅު، ސީވަލު ދޮންތުއްތު އަދި ބޮއި ދޮންކޮއްކޮ، އޭގެ ތިރީގާ، 'ސަރަނގުންގެ ވަރުބައިމަތި'ގެ ދަށުގާ: ސިންދަ އުމަރުފުޅު، މީދޫ މޫސާ ތައްހާނު، ޒައިނަބުފުޅު ދޮންމަނިކު، ހުޅުދަލީ ދޮންކަލޭފާނު ތުއްތު އަދި ސިނީ ކުޑަމަނިކު، ތިންވަނަ ބައިގާ، 'މަލިމުންގެ ވަރު'ގެ ދަށުގާ: މާދޫގޭ އަހުމަދު ކަލޭފާނު، ފަހާގޭ އާދަމްފުޅު، މާދޫގޭ ކުޑަތުއްތު، ޑިންހަޑޭ އާދަމްފުޅު، ފެލިދޫ އިބްރާހީމް، ކަނޑޫދޫ ދޮންމޫސާ އަދި ފޭދޫ ޅަތުއްތު، އޭގެ ތިރީގާ، 'މަލިމުންގެ ވަރުބައިމަތި'ދަށުގާ: ސިއްކަ އަލިމަނިކުފާނު، ކާޅުގޭ ދޮންކޮއްކޮ، ފޭދޫ މުހައްމަދުފުޅު، ފާމުދޭރި އަހުމަދު މަނިކު، ނައިބުގޭ ދޮންތުއްތު، ކަނޑޫދޫ ހަސަންފުޅު އަދި ތަލޯ އަލީ، އަދި ހަތަރުވަނަ ބައިގާ، 'ސާއްބުންގެވަރު'ގެ ދަށުގާ: ކަތީބު މަނިކުފާނު ތުއްތުދީދީ، ސިނީ ދޮންމަނިކު، ރަތްމަސް އިސްމާއީލް މަނިކު، ގިރާވަރު ޔޫސުފްފުޅު، ގޯނބިލި ދޮންކަލޭފާނު އަދި ފޫޅު އާދަމްފުޅު، އަދި އޭގެ ތިރީގާ، 'ސާއްބުންގެ ވަރުބައިމަތި'ގެ ދަށުގާ: ހޯޑިން އާދަމް ކަލޭފާނު، ގާފަރު ހުސެއިންފުޅު، އެގޭ ދޮންމަނިކު، ނައިވާދޫ ދޮންތުއްތު، ހުޅުދޫ ހުސެއިން، މާންބެ އަދި ކަނޑޫދޫގޭ މެދުތުއްތު، މިނަންތައް، މިގޮތަށް ޖަހާފާވާ ލިސްޓެއް. List of names (Size: 13.4" X 16.5")
K.Male' - List
(ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'އަސްކަރުން'، މިހެން ޖަހާ، ފަސް ބަޔަކަށް ބަހާ، ފުރަތަމަ ހަތަރުބައި، 'މާފަތްގެ އަގުރަންނައޮޅި މި ނަމުގާ: މުހިއްދީނު އާދަމް ކަލޭފާނު، ކައިރު ދަންޑެހިލު ތައްހާނު، ހުވަރަފުށީ ކާސިން ތައްހާނު، ހައްދުންމަތީގޭ އަލިމަނިކު، ޅަކަލޯ، މުރައިދޫ ކާސިން ތައްހާނު، ލަންދޫ މޫސާ ކޮއި، މިރުސް ތުއްތު، މިރުސް މޫސާ ކަލޭފާނުގެ ދޮންތުއްތު، ހިކަނދި އީސާފުޅު، ކޮއްޔަ ތައްހާނު، މިރުސް އީސާފުޅުގެ ދޮންތުއްތު އަދި ގުއިކަރު އާދަމްފުޅު، ދެވަނަ ބައި، ހަކުރާގޭ އޮމާއޮޅި މި ނަމުގާ؛ ފާމުދޭރިގޭ ތުއްތުދީދީ، މާމާގެ އިދުރީސް ތައްހާނު، ދަލޭކާފުޅު ދޮންތުއްތު، ވަޑިކޮއި ދޮންތުއްތު، ޅަކޮއި އާދަމް ތައްހާނު، ކާށިދޫ އިބްރާހީމް ތައްހާނު، ބަބުރުކޮއި މޫސާފުޅު އަދި އުބުށެން ތައްހާނު، ތިންވަނަ ބައިގާ، ވެލާނާގޭ މުސްކުޅި އޮޅި، މިނަމުގާ: ފެންތަށި އާދަމް ކަލޭފާނު، މިރުސް ދޮންތުއްތު، ހޭނަ ޔަހުޔާ، ސިއްކަ އަލީ ދީދީ، ސިއްކަ މޫސާ ދީދީ، ފައްކާ މުހައްމަދު މަނިކު، ހޮޅިކޮށީ އެދުރު މަނިކު، ހިމިތީ ދޮށީކޮއި އަދި އޮޅިތެރި ދޮންތުއްތު، އަދި ހަތަރުވަނަ ބައި، ދޮށިމޭނާގެ މި ނަމުގާ: ހިތާދޫ ދޮން ތައްހާނު، މިރުސް އާދަމް ފުޅު، ސޯޅިޔާ ދޮންހުސެއިން، ބިލާލު އިސްމާއީލް ދީދީ، ހަނީފާ ދޮންކަލޭފާނު، ގާފަރު އަލީ، އަދި ބުޅި ހާޖީ، އަދި ފަސްވަނަބައިގާ(ބައިގެ ނަމެއްނެތް)، ކާފޯގޭ އިސްމާއީލް މަނިކު، ބަނޑިދޫ އުމަރު ތައްހާނު، ދައްޕަރު ތުއްތުދީދީ، ސީވަލު ކުޑަތުއްތު، ކަޅުފުތު އިސްމާއީލްފުޅު، ފިނދަނު އަލިފުޅު، ކުކުޅުކޮއި އަދި ކޮލިގޭ އީސާފުޅު، އެމީސްމީހުންގެ ނަން ޖަހާފާވާ ލިސްޓެއް. List of names of royal guards listed in five columns. The first Maafaige Aguranna'olhi, lists: 1. Muhhidheen Adamkaleyfaan 2. Kairu Dhandahilu Thahhaan 3. Huvarafushee Kaasain Thahhaan 4. Hadhunmatheegey Alimanku 5. Lhakalo 6. Muraidhoo Kaasin Thahhaan 7. Landhoo Moosaakoi 8. Mirus Thuthu 9. Mirus Moosa Kaleyfaanuge Dhonthuthu 10. Hikandhi Easaafulhu 11. Koyya Thahhaan 12. Mirus Easaafulhuge Dhonthuthu 13. Guikaru Adamfulhu. The second column “Hakuraagey Omaan'olhi” lists: 1. Faamudheyrigey Thuthu Dīdī 2. Maamaage Idhurees Thahhhaan 3. Kaashidhoo Ibrahim Thahhaan 5. Baburukoi Moosaafulhu 6. Ubushen Thahhaan. The third column “Velaanaage Muskulhi'olhi”: 1. Fenthashi Adamkaleyfaanu 2. Mirus Dhonthuthu 3. Heynaa Yahya 4. Sikka Ali Dīdī 5. Sikka Moosaa Dīdī 6. Fakka Muhammed Manik 7. Holhikoshee Edhuru Maniku 8. Himithee Dhosheekoi 9. Olhitheri Dhonthuthu. The fourth column “Dhoshimeynaage” lists: 1. Hithaadhoo Dhon Thahhaan 2. Mirus Adamfulhu 3. Soalhiyaa Dhon Hussein 4. Bilal Ismail Dīdī 5. Haneefaa Dhonkaleyfaanu 6. Gaafaru Ali 7. Bulhi Haajii. The fifth column is untitled, listing the names of: 1. Kaafoage Ismail Maniku 2. Banddidhoo Umaru Thahhaan 3. Dhapparu Thuthu Dīdī 4. Kalhufuthu Ismailfulhu 5. Finndhanu Alifulhu 5. Kukulhukoi 6. Koligey Easafulhu. (Size: 13.4" X 16.5")
K.Male' - list (Royal Gaurds)