1309ހ ޝައުބާން 10(1892މ މާޗް 10)ގާ، އަބްދުލް ގާދިރު އަލް ނަސްކީ އަލް ގާހިރިއްޔާ ގެދަރި އަލްގާޒީ ހާޝިމުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ މަޖިލީހަށް، ހަސަން ޝާހު ބަންދަރު ވެލަވަޅުނާ މަނިކުފާނު ހާޒިރުވެހުރެ، އޭނާ، -/211 ރުފިޔާ ދީފަ ގަތް ހެންވޭރު ކޮލިހިނގާ މަގުގެ ދެކުނުން، އަތިރީ ހަކުރާގެއާއި ޖެހިގެން އިރުން، އަތިރީގޭ ހުޅަނގުން އޮތް ވެޔޮދޮށުގެ ކިޔާ ގޯތި، އެ ގޯތީގެ ވެރިން، އެ ފައިސާ އޭނާއަށް ދައްކާ، އަނބުރާ އެގޯތި އެމީހުންނަށް ލިބެންދެން، އޭނާގެ އަނބި، ސިއްތި އަށް، އެގޯތީގެ ވަގުފް ހަވާލުކޮށް، އެގޯތި އާއި އެގޯތީގާ އޭނާ އަޅާފާވާ ގޭގެ ކޮޓަރި އާއި، އެ ސިއްތިޔަށް ދެއްވައިފި ކަމަށާއި، އޭނާގެ ދަރިޔަކަށްވެސް އެކަމާ ދައުވާއެއް ނުކުރެވޭނެ ކަމާ، އެގޯތީގެ ވެރިން، އެގޯތި ބޭނުންވީ ދުވަހަކުން، އެއްފަހަރާ، -/211 ރުފިޔާ ސިއްތިޔަށް ދައްކާ އެގޯތި ލިބިގަތް ދުވަހަކާ ޖެހެންދެން، އެގޯތިން ކޮންމެ ފައިދާއެއް ނެގިޔަސްވެސް، ގޯތިވެރިންނަށް ނުބެހެވޭނެ ކަމަށާއި، އަދި އެ ސިއްތި އެކަންކަން ގަބޫލުކުރަށްވައިފި ކަމަށާއި، މި ހުރިހާކަމެއްގެ މައްޗަށް ފަތެއް ދެއްވުމަށްއެދުމުން؛ އެކަންތައް ބައްލަވާ، އެގޮތަށް ފަތެއް ލިޔުމަށް ކުރެއްވި އަމުރަށް، ހަސަންލް މުލައްގަބް މާރަދަލް މުލަކީ ގެދަރި އައްނައިބު އަލްކަބީރު މުހައްމަދު މިން ނަވާއިބު އަލް މަހަލްދީބިއްޔާ ނައިބު މަނިކުފާނު ލިޔެދެއްވާފާވާ ފަތެއް.(Size:12.05" × 8")Al Ghaazee Haashimuddin
K.Male' - H.Veyodhoshuge (Housing Plot) - Deed for housing plot
1349ހ ސަފަރު 27(1930މ ޖުލައި 24)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 29ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހައްދުންމަތީ(ލ.)ގަން މަހަމޫދު ގެދަރި އައްނައިބު ހުސެއިން އަފީފުއްދީނު ބަންޑާރަނައިބުގެ ދަރިކޮޅުން ބަޔަކު، އެމީހުންގެ ކާފަ، އަފީފުއްދީނު، އެރަށުގާ އަޅާދިން މިސްކިތަށް، 1140ހ(1728މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު(ދިޔަމިގިލީ) ގެދަރި އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ދެއްވި ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެފަތް ބެއްލެވިއިރު، އޭގާ އެމިސްކިތުގެ ބޯގަޔަކަށް، ގަމުގެ އޮތް، އެތަނުގެ އުތުރުން ކީރިޔަ ފަންނާއި އިންވެ، ދެކުނުން ކަބޯގެ ފަންނާއި އިންވެ އޮތް، މާހިންނައާއި އެތާގެ ގޮއިފާލައްބަ، ވަގުފްކޮށް، އެ ލަށްވާ، އެމިސްކިތުގެ މުދިމާއި އަދި އިތުރު ދެމީހަކު، ވާރުން ކެނޑި(ޓެކްސް ނުދެއްކުން)، އަދި އެމުދިމަކު ބަންޑާރަ މަސައްކަތް ކުރަން ނުޖެހޭނެ ކަމާއި އެތަނުގެ ހަވާލުވެރިންނަކީ، އަފީފުއްދީނު އާއި، އޭނާގެ އެއްބަނޑު އަލްހަތީބު މޫސާ އާއި އައްނައިބު އަލީ އާއި މިތިން މީހުންގެ ދަރިކޮޅު ކަމުގާ ވުމުން، އެ މާހިންނައިގެ މިން ހަމަކޮށް، ކުރީގެ ފަތުގާވާ ފަދައިން، ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިއެފާވާ ފަތެއް.(Size:22" × 10.05")
L.Gan - Gan Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1357ހ ޖުމާދިލްއައްވަލް 22(1938މ ޖުލައި 20)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު އަށް، މާލޭގާ ވިޔަފާރިކުރާ، ސޯޅިޔާއިން ނާއި މަލަބާރީން(އިންޑިޔާ ބަޔެއް)؛ އެރަދުންގެ ރަސްކަން ދެމިހުރަމަށް ދުއާކޮށް އެމީހުންނަކީ ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގާ، މާލޭގާ ވަރަށް ގިނަ ޒަމާންވަންދެން ވިޔަފާރިކުރަމުންދާ ބަޔެއްކަމާއި، އެމީހުންނަށް ރާއްޖޭގެ ސަރުކާރުން ބަހަށްޓާ ހެޔޮކަމަށް ޝުކުރުކޮށް، އަދި އެރަދުންނަށާއި، ރަސްކަމުގެ ބޮޑުންނަށާއި އަދި އެންމެހާ ރައްޔިތުންނަށް، އުފަލާއި ބާއްޖަވެރިކަން ލެއްވުމަށް ދުއާކުރާކަމާއި، މި އެންމެހާ ކަންކަން ލިޔެ، ލިޔުންގަނޑު ވަށާ ކުރެހުން އަޅާ ތައްޔާރުކޮށްފާވާ ހަނދާނީ ފަތެއް.Letter expressing best wishes(Size:11.4" × 8.85")
K.Male' - Writing(Commemoration)
(ތާރިހެއް، ރަދުންގެ ނަމެއް ނެތް... އަދި ރަދުންގެ ލަގަބުވެސް ވަނީ ބައިބައި ފޮހެވިފަ) އެރަދުންގެ ބޭއި(ހީވާގޮތުގާ ދެބެންގެދެދަރި) އަލްގާޒީ އިބްރާހީމް ފާށަނާ ކިލެގެފާނު ޒިޔާރަތުގެ ބޯގަޔަށް، އަރިއަތޮޅު ހަންޏާމީދޫ ބަންޑާކިބައަށް(ބަންޑާރަޔަށް) ހުރި ބިންބިމާ، އެއަތޮޅު ދިއްދޫއާއި، މިލަދުންމަޑުލު(ނ.)މަނަދޫގާ އޮތް، ހަ(ނި)މާދޫ ދޮންއަހައްމަދު ކަލޭގެ ދަރިން އަތުން ބައްލަވައިގެންފާވާ، ބޮޑު ހިންނަ އާއި، ދެއްވާ، އެބޯގައިގެ ހަވާލުވެރިކަން، ހަންޏާމީދޫ، ދޮންއަލީ މުގުރި ކަލޭގެ ދަރިކޮޅަށް ލެއްވި ކަމާއި، މިކަންކަމަށް އަމުރުކުރެއްވުމުން، އެރަދުންގެ ސިއްކަ ޖަހާ ލިޔެފާވާ(ލިޔުމުގެ ފަހަތްކޮޅު ނެތުމުން،ލިޔުނު މީހެއް ނޭނގެ) ފަތުގެ ނަކަލެއް.(Size:9.9" × 6.65")
A.Hangnyaameedhoo - Kalaafaanu Shrine - Endowment for Shrine (ziyaaraiy)
1284ހ ރަޖަބް(1867މ ނޮވެންބަރު)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު 4ގެ ރަސްކަމުގެ 34ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ގދ.(ހަވަރު)ތިނަދޫ މޫސާގެ ދަރި (ލަފާކުރެވެނީ)އަލީ (ނަންއޮތްތަން ވީދި ގޮސްފަ) އައިސް، އޭނާ އަޅާފާވާ، އެރަށު މެދުމިސްކިތަށް ބޯގަޔެއް ދެއްވުމަށް އެދުމުން، އެއަތޮޅު މަޑަވެލި އާއި ހޯޑެއްދޫ އާއި ދޭތެރޭ، ހުޅަނގުން އޮތް ހާދޫ ކިޔާރަށް، އެމިސްކިތުގެ ބޯގަޔަށް ލައްވާ، އެކަމުގެ މައްޗަށް ދެއްވި ފަތެއް
.(Size: 10.85" × 4.75")
G.DH.Thinadhoo - Medhu Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1147ހ ރަމްލޯނު 24(1735މ ފެބްރުވަރީ 17)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ރަންނަވަ ލޯކަ މަހާރަދުން، ގެ ދަރުބާރުގާ، ފީވަކު މުހައްމަދުގެ ދަރި އައިސަ، ގޮލޮޅުގާ އޮތް، އޭނާ ބައްޕަގެ ގޯތި، އޭނާގެ ފިރިމީހާ ހުސެއިން، އޭނާޔަށް ނުދޭންއުޅޭ ކަމުގާ ބުނެ، އެގޯތި އޭނާޔަށް ހޯދާދެއްވުމަށް އެދުމުން، އެގޯތި އޭނާޔަށް ހޯދާދެއްވާ، އެކަމުގ މައްޗަށް، ލިޔެފާވާ ފަތެއް.
މި ކަރުދާސް ލިޔެފާވަނީ، ފިލިނުޖަހާ ތާނައިން.
(Size: 7.85" × 5")
K.Male' - G.Feevaku Mohamed ge Goathi - gift(Housing Plot)
(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، 'މުޒްހިރުއްދީނު މިސްކިތް' މިހެން ތާނައިން ޖަހާފާވާ، އަރަބިން ލިޔެފާވާ ފަތެއް. (މިފަތުގެ ތަރުޖަމާއަކީ F0-100ކަމުގާ ބެލެވޭ)(Size: 17" × 12.2")
K.Male' - Muzhiruddeen Mosque
(ތާރީހެއް އިނގޭކަށް ނެތް) އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ދަރިކަލުން، އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ ސިއްކަޖަހާފާވާ ދިވެސް އަކުރުން ލިޔެފައިވާ ފަތެއް.
ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ 'ކައްޗޭ މީދޫމިސްކިތުގެ ބޯގަ' އަދި 'ރ.މީދޫ' މިހެން ލިޔެފާވޭ.
Size: 12.1" X 10.5"
R.Meedhoo - Meedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1326ހ ޖުމާދިލްއައްވަލް 17(1908މ ޖޫނު 17)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ރަސްކަމުގެ 6ވަނަ އަހަރު އެރަދުންގެ ދަރުބާރުގާ މުލަކުއަތޮޅު(މ.) ކޮޅުފުށީ ރައްޔިތުން، އެމީހުންގެ ރަށުގާ، އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު އަޅުއްވާފާވާ މިސްކިތަށް، އިހު ރަސްރަސްކަލުން ދެއްވި ފަތްތައް ބާވެގެން އަލުން ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މިސްކިތުގެ އިހުފަތް ބެއްލެވިއިރު، އެއީ، އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު ދެއްވި ފަތަކާ، އެފަތުގެ މައްޗަށް އައްސުލްތާނު އަލްގާޒީ ހުސެއިން ފާމުލަދޭރި ކިލެގެ ދެއްވި ފަތަކާ، އެފަތުގެ މައްޗަށް، އައްސުލްތާނު އަލްގާޒީ އިބްރާހީމް އިސްކަންދަރު ލިޔެދެއްވި ފަތެއް ކަމާ، އެ ފަތްތަކުގާ، އެ މިސްކިތު ބޯގަޔަށްވާ، ކޮޅުފުށީގެ ފާލައްބަޔާ އެންމެހާ ތަކެތި، އެރަށު ދެކުނުން އޮތް ދިއްތުނޑި، އެރަށުގެ ދެ ފިރިހެނުންގެ ރަސް ބޮލި، އެމިސްކިތު ގޯތީ (ހަރިންމަ)ގާ ވަޅުލާ ކޮންމެ މީހެއްގެ ސަންދޯކުގާ އެޅި ފޮތިގަނޑު، އެރަށުގެ ގުލާމުން(އަޅުން)، އެރަށުން ކުރި ކޮންމެ މަސްވެރިކަމަކުން މަސްބަޔެއް، އޮޑި އޮޑީގެ ގޮއި މަސް، ކަހަނބަށްދާ ކޮންމެ ދިއުމަކުން ބައެއް އަދި ކޮންމެ ރާއެރުމަކުން ބަޔަކާ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެތަނުގެ ހަވާލުވެރިކަން އެރަށު، ހަސަން އޮޅިގިނާކަލޯގެ ދަރިކޮޅަށް ލަށްވާ، އެރަށުގެ ހަތީބުކަމަށް، އެ ދަރިކޮޅަށް އިސްކަން ދޭންވާނެ ކަމާ، ބޮޑުތަކުރުފާނު ދެއްވި ފަތުގާ، އެއަތޮޅު ނާލާފުށި އަދި މެދުފުށި، އެ މިސްކިތަށް ލައްވާފާވާ ކަމާ، އެފަތުގާވާ ނާލާފުށީގެ މަތިކިބާ ދޮން ބީނާ ރުއްރުކަކީ އެހާތަނަށް އާއިރު މިސްކިތަށް ވެގެންވާ އެއްޗެއް ނޫން ކަމާއި، ބޮޑުތަކުރުފާނު ލިޔެދެއްވި ފަތުގާވާ މުހައްމަދު ހަތީބު ކަލޯއަށް ލައްވާފާވާ ރުކާއި ވަކަރުގަނޑުވެސް އެޒަމާނަށް އާއިރު އެނގިފެނިވެ ނުވާކަމާއި، މިއެންމެހާ ކަންކަމުގެ، އަމުރު، އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މާކޮށާރު ބަނޑޭރީގެ ދަރި ހުސެއިން ލިޔެފާވާ ފަތެއް. Size: 18.65" X 12.15
M.Kolhufushi - Mosque built by Bodu Thakurufaanu - Endowment for Shrine (ziyaaraiy)
(ތާރީހެއް ނެތް) އައްސުލްތާނު މުހައްމަދު ފަރީދު ދީދީ، 'ނިލަންދެ އަތޮޅު''(މިބައި ފުރާފާ) ރައްޔިތުންނަށް، މަތީގާ ދިވެހިރާއްޖޭގެ ނިޝާން ޖަހާފާ، 'ދިވެހިރާއްޖޭގެ ކީރިތި މަހާރަދުންގެ ކިބައިން، ރައްޔިތު އެންމެން ތަކަށް ބަހެއް.' މިހެން ފަށްޓާފާވާ، ރާއްޖެތެރޭގެ އެކިއެކި މަގާމް ދިންކަމާއި، އެމަގާމްގެ ޒިންމާއާ، އެރަށެއްގެ މީހުން އެކަން ގަބޫލުކޮށް، އޭނާގެ އެންގާ އެންގުމަށް ކިޔަމަންވާން ޖެހޭނެކަމާ، އޭނާޔާ ނުލާ ޖަމާއަތު ކަންކަން ނުކުރެވޭނެކަމާ، އެކަންކަމާ ހިލާފްވެއްޖެއްޔާ، އަދަބު އޮންނާނެކަމުގާ ލިޔެ، ފުރާލުމަށް ހުސްތަން ދޫކޮށް، ސޮއިވެރިއަކަށް އައްސުލްތާނު މުހައްމަދު ފަރީދުލްއައްވަލުގެ ނަން ޖަހާ، ޗާޕް ކޮށްފާވާ، ފުރިހަމައަށް ނުފުރާ އޮތް، ސިޓީ ފޯމެޓެއް. Letter from Al Sultan Muhammed Fareed Didi to the people of Faaf Atoll/Dhaal Atoll (Size: 13.3" X 8.4")
F/DH Nilandhe Atholhu - Appointment letter (Format)